“އޭން! ކޮންކަމަކާ ތި ހެވެނީ މާވަރަކަށް؟!!” ފަހަތުން އައިސް އިޝާގެ ފޯނަށް ބަލާލަމުން އަރޫ އަހާލިއެވެ.”އެއީ މީހެއްނޫން” ސިއްސައިގެންގޮސް އިޝާއަށްބުނެލެވުނެވެ. “މީހެއްނޫނޭ؟؟….ބަަލަ ކާކުތަ ބުނީ މީހެކޭ..ގައިމު މަށެއް ނުބުނަން” ދެބުމަ ކޮޅަށްޖަހަިލަމުން އަރޫ ބުނެލިއެވެ. އަރޫ އެހެން ބުނުމާއެކު އިޝާއަށް ލޯމަރާލެވުނީ ދެވުނު ޖަވާބާއި މެދު ވިސްނާލެވުމުންނެވެ. “ދެން ބުނޭ ކާކުކަން” އިޝާގެ ފޯން ޖަހައިގަންނަން މަސައްކަތް ކުރަމުން އަރޫ ބުނެލިއެވެ. ނަމަވެސް އިޝާގެ ހުޝިޔާރުކަން މާ ވަރުގަދައެވެ. އަރޫގެ ކޮންމެ ސުވާލަކަށް އިޝާގެ ޖަވާބަކަށްވީ ފަހުން […]
އެއީ އަޖައިބެއް ކަހަލަ ލޯތްބެކެވެ. އަހަރެންގެ މުޅި މިޒާޖު ބަދަލުކޮށްލި ހަލާކެކެވެ. އަހަރެން މޮޔަކޮށްލި މަސްތެކެވެ. އަޖައިބުން ފުރިގެންވި ޖާދޫއެކެވެ. އެހެންނޫންނަމަ އަހަރެން ތި ކަސްތޮޅުގައި ހައްޔަރުވެފައި ހުންނާކަށް ނުޖެހުނީހެވެ. ކަލާގެ ހިމޭން އަނިޔާތައް ލިބިގަންނާކަށް ނޫޅުނީހެވެ. ކަލާގގެ ކުށަކީ އެއީއެވެ. އަހަރެންނަށް ލޯބި ދަސްކޮށްދިންކަމެވެ. އަހަރެންގެ ހިތުގައި ފުން ލޯތްބެއްގެ ބިންގާ އަޅައިދިންކަމެވެ. އެތައް ދުވަހަކަށް ފަހުވެސް އެލޯބި ހަމަ އޭގެ އަސްލު ގޮތުގައި ތާޒާ ކަމާއިއެކު އަހަރެންގެ ހިތުގައި ވިއެވެ. އަހަރެންގެ އުމުރުން އަށާރަ […]
“މައި ކީއްވެ ތިއްތިގެ ވާހަކަތައް ދައްކާއިރު ތިހާ އުފާވަނީ” ހަމްދާން މައިޝާ ގަޔާއި ދުރުކޮށްލަމުން އެހެން އެހިއިރު މައިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. “ހެހެ..ދާންގެ ތިއްތި ވީމަ މައިވެސް އުފާވާނެ އެއްނު”. ހަމަޖެހޭގޮތް ދައްކާލަމުން މައިޝާ ގޮޑީގައި އިށީނެވެ. ވަރަށް ގިނަ ފަހަރު ނާނުގެ ވާހަކަ ހަމްދާން ގާތުގައި އަހަން ބޭނުންވެއެވެ. ނަމަވެސް އެކަމާ ފަސްޖެހެވެނީ ކީއްވެ ކަމެއް ޚުދު މައިޝާއަކަށްވެސް ނޭގެއެވެ. މައިޝާގެ ޚިޔާލަށް އައީ މީގެ ތިން އަހަރު ކުރީގެ ހަނދާންތަކެކެވެ.*************************************** […]
ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ކަނޑުމަޑު ވަރަށް ނަލަ ދުވަހެކެވެ. އާލިކާއި، އަޖުވަދު ހުރީ އަތިރީގައި ދަތުރަށްދާން ރެޑީވެގެންނެވެ. ގަޑިން 6:30 ހިނގީއެވެ. އެމީހުން އިންތިޒާރު ކޮށްގެން ހުރީ އެމީހުންގެ ދަތުރުގެ ބައިވެރިން އަންނާނެ އިރަކަށެވެ. އިރުކޮޅަކުން އާލިކްގެ ފޯނަށް ކޯލެއް އައެވެ. “ އޭ މިދަނީ އިނގޭ. ދަގަނޑުތައް ތޫނު ކޮށްލަންވެގެން ލަސްވީ. މިހާރު މިނައްޓާލަނީ. ދޯނި ކައިރި ކޮށްލާތި އިނގޭ. “ ދަތުރުގެ ބައިވެރިއެއްކަމަށްވާ ފިނާޒް ބުންޏެވެ. “ އޯކޭ. “ ފޯނު ކަނޑައިލަމުން […]
“އެންމެން އައިސް އެބަތިބި. ރޭޝަމް ނައިސްގެން ނުފެށިފަ މިތިބީ.” ދިމްނާ ބުނެލިއެވެ. ރޭޝަމްއާއި ދިމްނާ، ރޭގަނޑު އޮފީސް ކުދިންތައް ނެރެގެން އޮފީސް ތައްޔާރުކުރަމުން ދިޔައީ އެމީހުންގެ އޮފީހުގެ ވެރިޔާ ބަދަލުވެ، މާދަމާއިން ފެށިގެން އާ ވެރިއެއް އޮފީހާއި ހަވާލުވާތީ މަރުޙަބާ ކިޔުމަށެވެ. ***** “ވާއު! ރޭޝަމް! އަހަރެން ހިފަހައްޓާ. އަހަރެން މިއޮއް ވެއްޓެނީ.” ލާރާ އައިސް ރޭޝަމްގެ އަތުގައި ހިފާލަމުން ރޭޝަމްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. “ލާރާ! ތިވަރު ވަންޏާ އެމްބިއުލެންސަށް ގުޅަންވީނު.” އެތަނުން އަންހެންކުއްޖަކު ބުނެލިއެވެ. […]
“އަހަންނަށް ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!” ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ ރޮވިފައިވާ […]
ފުރަތަމަ ބައި..(1) ވީ ބޯތް ވާ ޔަންގް ވެން އައި ފަސްޓް ސޯ ޔޫ ” ލަވައިގެ ރާގާ އެއްވަރަށް ފައި ތަޅުވަމުން ދިޔައިރު މައިޝާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އަތުގައި އޮތް ފޮޓޯއަށެވެ. އެ ފޮޓޯއަށް ބަލަހައްޓައިގެން އޭނަ އިންއިރު މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. “ދަރިފުޅާ އަދިވެސް ނުނިދަންތަ؟” ކުއްލިއަކަށް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަން ސައީދާ އަށް ނުފެންނަހެން އަތުގަ އޮތް ފޮޓޯ މައިޝާ ފޮތުތެރެއަށް ލައި ފޮރުވާލިއެވެ. ” ނޫނޭ މަންމާ. […]
ފަރްހީންވެސް ޒިޔާންއަށް ޝުކުރު އަދާކުރުމަށްފަހު އެގެއަށް ވަނުމަށް ދައުވަތު ދިނެވެ. ޒިޔާން އުޅެނީ ހުޅުމާލޭގައި ކަމުން ވާރޭ ހުއްޓަންދެން އެގޭގައި މަޑުކޮށްލަން ނިންމިއެވެ. ފަރްހީން އާއެކު ވަދެގެން އައި ޒިޔާންގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައީ ގޭތޭރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާފެނިފައެވެ. ކުޑަކުއްޖެއް ފަހަތުން ދުވަމުން ދިޔަ މި އަންހެން ކުއްޖާ އޭނާއަށް ސިފަވީ ހޫރު ޕަރީއެއްފަދައިނެވެ. ޝަމްހާވެސް ބެލުމެއްނެތި ދުވަމުން އައިސް ޒިޔާންގެ ގައިގައި ޖެހުމާއެކު ދެމީހުން ވެއްޓުނެވެ. ދާދި ގާތުގައި މަންޒަރު ބަލަންހުރި […]
ޔައިނާ ކުއްޖަކަށްވެގެން ގޮސް އެނދުމަތީ އޮށޯތީ އިތުރަށް ޔާއިން ރުޅި ނާރުވާ ކުޑަކޮށް ލޯބިން އުޅެލާށެވެ. ޔާއިން ހަމަޖެހުމަށްފަހު އެނބުރުނުއިރު ޔައިނާ އޮތީ އެނދުމަތީގައެވެ. މިވީގޮތުން ލޯ ސީދާކޮށްލަންވެސް ނުކެރޭނެއެވެ. އެކަމާ ނުވިސްނާ ޔާއިން ކަށިގަނޑުހިފައިގެން ގޮސް ގޮނޑިކައިރިކޮށްލާ އިށީނެވެ. ޔައިނާ މާ ފާޑަކަށް ޔާއިންއަށް ބަލާކަން އިނގުމުން ހިސާބަކަށް އޭނާ ލަދުވެސްގަތެވެ. ނަމަވެސް އޭނާގެ މޫނަށްވެސް ބަލައިނުލާ ޔާއިން ޔައިނާގެ ހިތާވީ ދިމާލުގައި ކަށިގަނޑު ޖެއްސިއެވެ. އެއަށްފަހު އޭނާގެ ބީޕީވެސް ބެލިއެވެ. ޔައިނާގެ އަތް ނަގައި […]