Skip to content
އެސްފިޔަ

ދަ ލެޖެންޑްރީ ވޯރިއާރސް

ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ކަނޑުމަޑު ވަރަށް ނަލަ ދުވަހެކެވެ. އާލިކާއި، އަޖުވަދު ހުރީ އަތިރީގައި ދަތުރަށްދާން ރެޑީވެގެންނެވެ. ގަޑިން 6:30 ހިނގީއެވެ. އެމީހުން އިންތިޒާރު ކޮށްގެން ހުރީ އެމީހުންގެ ދަތުރުގެ ބައިވެރިން އަންނާނެ އިރަކަށެވެ. އިރުކޮޅަކުން އާލިކްގެ ފޯނަށް ކޯލެއް އައެވެ.

“ އޭ މިދަނީ އިނގޭ. ދަގަނޑުތައް ތޫނު ކޮށްލަންވެގެން ލަސްވީ. މިހާރު މިނައްޓާލަނީ. ދޯނި ކައިރި ކޮށްލާތި އިނގޭ. “ ދަތުރުގެ ބައިވެރިއެއްކަމަށްވާ ފިނާޒް ބުންޏެވެ.
“ އޯކޭ. “ ފޯނު ކަނޑައިލަމުން އާލިކް ބުންޏެވެ. އާލިކް އަޖުވަދު އަތަށް ދަބަސް ދީފައި ދޯންޏަށް އަރަން ދިޔައެވެ. ޢަޖުވަދު، އާލިކަށް އެހީވުމަށްޓަކާ ދަބަސްތައް ބަހައްޓާފައި ދޯނިދޮށަށް ދިޔައެވެ. މިކަމުން ނިމުނުތަނާހެން ފިނާޒްމެން އަތުވެއްޖެއެވެ. މިގުރޫޕުގައި އުޅެނީ، ފިނާޒް، އައްލާމް، އާލިމް، އާލިކާއި އަދި އަޖުަވަދެވެ.

ދޯންޏަށް އެއްޗެހި އެރުވުމަށްފަހު މަޑުއްވަރީއަށް ދާން ފުރައިފިއެވެ. ވަރަށް ނިޔާމަ ދަތުރެކެވެ. ކުދިަކުދި ދޯނިކޮޅުކޮޅު ވަދާ ދުއްވާތަން ފެނެއެވެ. ދޯނި ނެރުން ނިކުތީއްސުރެ، އާލިކް އުޅުނީ ވަދުނަނެއް ހެދޭތޯއެވެ. މަޑުއްވަރީއަށް ލެފުނުއިރުވެސް ނަނު ނުހެދިގެން އުޅެއެވެ. އެންމެން އެކަމާ ހީ ހީ ހަލާކުވެއްޖެއެވެ.
“ ބްރޯ، ތިކަން ދެން ނުވާނެ ކައެއަކަށް. ތީތި ބާއްވާފަ ހިނގާ އެތިކޮޅުބާލަން. “ ފިނާޒް ހެމުން ބުނެލިއެވެ.
“ އާނ. ހިނގާދޯ. “ ނަނު ފޮއްޓަށް ލަމުން އާލިކް ބުނެލިއެވެ. ދޯނިން އެއްޗެތިތަށް ބާލާފަ ދޯނި އަޅާފަ އެންމެން އެއްޗެތިތަށް ހިފައިގެން އެއްގަމަށް ހިނގައިގަތެވެ. ރީތި ހިތްގައިމު ތަނެއް ފެނޭތޯ ހިނގަމުން ދަނިކޮށް ރަނގަޅު ހިސާބެއް ލައްވާލައިފިވެ. އެއްޗެހިތައް ބެހެއްޓުމަށްފަހު، އައްލާމް ހެނދުނުގެ ސައި ރެޑީކޮށްލިއެވެ. ސަޔަށް ހުރީ ފާރޮށި މޮޑެފައެވެ. ސައި ނިންމާލާފަ އެންމެން ރަށުތެރެ ބަލައިލަން ދިޔައެވެ. ސަކަރާތް ޖަހަމުން މަޖާކުރަމުންނެވެ. ވަކި ހިސާބަކުން ކުޅިއާ ދިމާވިއެވެ. އެތާ ތިބެ ފެންގަނޑަށް އެކަކު އަނެކަކު ވައްޓާ ފޮޓޯ ނަގައިގެން އެހެން ދިމާލަކަށް ހިނގައްޖެވެ. މެންދުރުވުމުން މަސްހިފާން އެންމެން މޫދަށް ދިޔައެވެ. މޫދުން އެރިއިރު ހުރީ ހަވީރުވެފައެވެ. އެންމެން ތިބީ ބަނޑުހައިވެގެންގޮސް ހާންތިވެފައެވެ.
އައްލާމާއި، އާލިކް އަވަހަށް ކައްކަން ރެޑީކުރަން ދިޔައެވެ. ހިފިފަ އޮތީ 5 ގުރުވައާއި، 4 ބޯވައާއި، އިއްސެކެވެ. ދެންހުރި މީހުން ވަލަށް ފަން ހޮވަން ވަނެވެ. ފަންހޮވާ ނިމިގެން އައި އިރު ކައްކަން ހުރީ ރެޑީކޮށްފައެވެ.
“ އޭ ކޮބާ ފިނާޒް؟ އާލިމްމެންނާއެކު ނޫންތަ ދިޔައީ؟ “ އާލިކް އަހާލިއެވެ.
“ މަ ހީކުރީ ކަލޭމެންނާއެކު ކައްކަން ރެޑިކުރަންކަމަށް އޭނަ ހުރީ. “ އާލިމް ބުންޏެވެ. އެކަކަށްވެސް އޭނަ ދިޔައީ ކޮންތާކަށްކަމެއް ނޭނގެއެވެ.
“ ވެދާނު މޫދުން އަދި ނާރަނީކަމުގަ. މަ މޫދުގަ އޮއްވާ ދާން ހިނގާށޭ އޭނަ ކައިރީ ބުނިން. އޭނަ ބޮލުން އާއެކޭ ބުނި. “ އަޖުވަދު ފަންތައް ބަހައްޓަމުން ބުންޏެވެ. އާލިކާއި އަޖުވަދު ފިނާޒް ހޯދަން އަތިރިއަށް ދިޔައެވެ. ދިޔައިރު މާދުރުނޫން ހިސާބަކުން މޫދުން މީހަކު އަވަދިނެތި އުޅޭތަން ފެނިއްޖެއެވެ. އިރުކޮޅަކުން ބޯ ހިއްލާލާފަ އާލިކުމެން ފެނިގެން އައުމަށް ހަނާއަޅާލިއެވެ. އާލިކާއި އަޖުވަދާ ދެމީހުން ދުވެފަ އެއްގަމަށް އަރައި މާސްކާ ފިންސާ ހިފައިގެން މޫދަށް ދިޔައެވެ.

Comments (11)

  1. Azu

    Nimuneetha???

  2. ,,hell,,

    mi dhen koacheh mi hyvany thuthu kuhjahku liyefa othythi hen ,,,,dhen evves plan eh ney FUNNY GUY kuraanekameh nethiyyaa gui ryfa eyhga dhandin thalhaa eyrun gayah thiki burima fenvaraigen nidaa thuthu baba

  3. error

    haha korean drama copy kureeta?/

  4. HANDIAN

    mi hyywany thuhtthu kudhinge vaahaka ehhen ??? dhathuraku gos kuri majalaai,mas hifaigen kei vaahaka ????????? miah vure rangalhu vaane gr:1 ge dhivehi fothuga hunna vaahaka thah ves….????????????

  5. Anonymous

    Ekkala baigadhu feshee ey kaleymennah thi ahvvuren reethi koh vaahakadhakkan neygeneebaa meehunliyefa Hunanh vaahakathakaa beyheygothun faadhufaadhuge comment kuraairu furathama islaahukuranvee kaleymenge anga thi angain nukunna basbas ekan islaahukohffa ehenkamakah visnaa

  6. saamii

    Agreed anonymous

  7. Funnyguy

    Adhi mee feshun… Magey furathama faharu… Baby vaahaka akah vany kyhve? Loabiveringe kameh nethyma dhw… Loabyge vaahakathakaky ma kiyaahihvaa vaahakathakeh noon… Mee adhi furathama bai…

  8. Ibbe 22

    Ok. Keep it up funnyguy. KIYAAHIH NUVAA MEEHUN NUKEEMA NIMUNEE.

  9. zio ✴✴

    just wow ???????????

  10. mos

    Handian meehunge vaahaka nudhakkaa liyan feshi vaahaka ninmeytho belun ragalhu kanneyge

  11. Fa

    Keep it up funnyguy. Its interesting

Comments are closed.