އެއީ އަޖައިބެއް ކަހަލަ ލޯތްބެކެވެ. އަހަރެންގެ މުޅި މިޒާޖު ބަދަލުކޮށްލި ހަލާކެކެވެ. އަހަރެން މޮޔަކޮށްލި މަސްތެކެވެ. އަޖައިބުން ފުރިގެންވި ޖާދޫއެކެވެ. އެހެންނޫންނަމަ އަހަރެން ތި ކަސްތޮޅުގައި ހައްޔަރުވެފައި ހުންނާކަށް ނުޖެހުނީހެވެ. ކަލާގެ ހިމޭން އަނިޔާތައް ލިބިގަންނާކަށް ނޫޅުނީހެވެ. ކަލާގގެ ކުށަކީ އެއީއެވެ. އަހަރެންނަށް ލޯބި ދަސްކޮށްދިންކަމެވެ. އަހަރެންގެ ހިތުގައި ފުން ލޯތްބެއްގެ ބިންގާ އަޅައިދިންކަމެވެ. އެތައް ދުވަހަކަށް ފަހުވެސް އެލޯބި ހަމަ އޭގެ އަސްލު ގޮތުގައި ތާޒާ ކަމާއިއެކު އަހަރެންގެ ހިތުގައި ވިއެވެ. އަހަރެންގެ އުމުރުން އަށާރަ […]