ކުރިމަތީ ތިބި ދެމީހުންފެނި ސިނާގެ ދެލޯ ބޮޑުވިއެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީ ތިބީ އަމިއްލަ ފިރިމީހާއާއި ފިރިހެން ދަރިފުޅެވެ. “މަންމަ ކައިރީ ހަމަ މިކިޔަނީ ދިޔާން އޭ.. އެކަމުވެސް މަންމަ އަޑެއް ނާހާވިއްޔަ “ ގުދުގައި ފިރުމާލަމުން ދިޔާން ބުނެލިއެވެ. “އަޅެ މަގޭ ވައިފް ހާާދަ ލޯބިންނޭ ތި ވެލްކަމްކީ.. މިވެލްކަމްއެއް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ “ ދާނިޝްވެސް ، ތަދުވެފައި ހުރެ ނަމަވެސް ގަދަކަމުން ހީލަމުން ބުނެލިއެވެ. އެވަގުތު މީހަކު އަޑުން އަޑު ނަގާ ހޭ […]
“މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ.” ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ. މެހެނާޒް ދެންވެސް އޭނަގެ މަންމައަށް ވިސްނައިދެވޭތޯ އުޅުނެއްކަމަކު އޭނަގެ އެއްވެސް ޢުޒުރެއް އަޑު ނޭހުމުން އޭނަގެ ބަލީގެ ވާހަކަ އެމީހުންގާތު ބުނަންވީތޯ މެހެނާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް އެހެން ގޮތެއް އޮތްތޯ […]
އެނަމާ (މިއަދަކީ މިހާދިޘާއަށް ތޭރަ އަހަރު ފުރުން ދުވަސްކަމުން އަޅުގަނޑު މިހާދިޘާގެ މައްޗަށް ބިނާކޮށް މި ވާހަކަ މިލިޔަނީއެވެ. އަދި ދަންނަވަމެވެ. މިވާހަކައިގައި ވާ އެއްވެސް ނަމަކާ ހިނގާ ހާދިޘާއަކީ އަޅުގަނޑު ހޯދި ހޯދުންތަކުގެ މައްޗަށް ބަލައިގެން ލިޔާއެއްޗިއްސެވެ. އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކަށް ނިޞްބަތް ކޮށްފަކައިނޫނެވެ.) އަހަރެން އަބަދުވެސް ވަރަށް ފުޓުބޯޅަ ކުޅޭހިތް ވެއެވެ. ކިޔާވިތް ވިޔަސް އެއަށްވުރެ ބޮޑަށް އަހަރެން ކުރާހިތްވާ ކަމަކީ ފުޓުބޯޅަ ކުޅުމެވެ.އެހެން ކަމުން ގްރޭޑް ދިހައެއް ނިންމުމަށް ފަހު އަހަރެން […]
” ޔަލް އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެ… އިންސާނާގެ ހިތަކީ އެނބުރޭ ވަހުތާނެއްހެން ބަދަލުވާ އެއްޗެކޭ ބުނެއެއްނު… އަހަރެންނާ ޔަލްއާ ދުރުގަ އުޅޭތާ މި ވީ ފަސް އަހަރު.. އެހެން ވީމަ އަހަރެންގެ ހިތް ބަދަލު ނުވާން ވީ އެއްވެސް ސަބަބެއް އެބައިންތަ؟؟؟ އަހަރެންގެ ހިތް ބަދަލުވުމަކީ އަހަރެން އަމިއްލައަށް ކުރާނެ ކަމެއްތަ؟؟؟ ޔަލްދެކެ ކިތަންމެ ލޯބިވާން މަސެއްކަތް ކުރިޔަސް އެ ލޯބި ޔަލްއަށް ނުދެވުންއެއީ އަހަރެންގެ ކުށެއްތަ؟؟؟ އަހަރެން ކުރިން ޔަލް […]
ބާރުއަޑުފައްގަނޑަކާއެކު ބޮޑު ދޮރު ވައްޓާލެވުނު އަޑު އިވުނެވެ. ޝަމްހާއަށް ބިރުން ފަރްހީންގެ ގައިގައި ބާރަށް ބައްދާލިއެވެ. ފަރްހީން ހަމަޖެހުމަށް ބުނުމުން ޝަމްހާއަށް މިއީ ފަރްހީން ކުރާކަމެއް ކަން އިނގުނެވެ. ދެމީހުންވެސް ބާރަށް ބަޔަކު ވާހަކަ ދައްކާތީ ނިކުތެވެ. އޭރު ހަތަރު ފުލުހުން ތިއްބެވެ. ޝަމްހާއަށް އުފަލުން ރިޮވުނެވެ. ސަތާރަ އަހަރު ވަންދެން ކުރި ދުއާ އިޖާބަ ކުރެއްވުމުން ޝުކުރުގެ ސަޖިދައެއް ޖަހާލިއެވެ. ކުއްލިއަކަށް މުޅިތަނުން ކަރަންޓު ކަނޑައިގެން ދިޔައެވެ. ރޮމުން ރޮމުން ޝަމްހާގެ ކުޑަދަރިފުޅު ދުވެފައި ނިކުތީ […]
އޭރު އަހަރެންގެ އުމުރުން ވާނީ 15 ވަރަކަށް އަހަރެވެ. އެއީ އަތޮޅު ޤުރުއާން މުބާރާތަށް އަހަރެމެން ރަށު ސުކޫލްގެ ފަރާތުން އަހަރެން ދިޔަ ފަހަރެކެވެ. އާދައިގެ މަތިން މުބާރާތަށް ގޮސްވެސް އަހަރެން އުޅުނީ ފޮޓޯނެގުމުގައެވެ. އަތުން ކެމެރާ ދޫކޮށްލެވޭ ވަގުތެއް އަހަންނަކަށް ނާދެއެވެ. ވާނީ ވެސް އެހެންތާއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ދެކެމުންއައީ ފޮޓޯ ގުރަފަރ އަކަށް ވުމުގެ ހުވަފެންތަކެވެ. މުބާރާތް ފެށެނީ ރޭގަނޑުގެ ވަގުތެއްގައި ކަމުން އަހަންނާއި އަހަރެންގެ އުމުރުގެ ކުދިންތަށް ހަވީރުގަޑީގައި ބޭރަށް […]
“އައްޔާދް.. އައްޔާދް.” އޭނާގެ ނަން ގޮވާލި އަޑު އިވެމުން ދިޔަ ނަމަވެސް މެރިފައިވީ ދެލޯ ހުޅުވާލާނެހައި ހިތްވަރެއް ނުލިބުނެވެ. ފުން ނިދިން ހޭލަން ބޭނުންވި ނަމަވެސް ހީވަނީ އިތުރަށް ނިދީގެ ތެރެއަށް ގެނބިގެން ދާ ހެންނެވެ. މަޑު އަތްތިލައެއް އޭނާގެ ކުރު އިސްތަށި ކޮޅުގައި ބީހިލި ކަމުގެ އިހުސާސް ވުމުން އައްޔާދް ސިހިފައި ދެލޯ ބޮޑުކޮށްލިއެވެ. އޭރު އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެވުނު ގޮތުން ކަރަށް ނާރެއް އަރާފައި ވީއިރު ކުއްލިއަކަށް ހޭލެވުމުން ބޮލަށް ވެސް ގޮތެއް […]
“ކިހިނެއްތަވީ؟” އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ. މެހެނާޒް އެ ރުމާލުގައި ބާރަށް ހިފަހައްޓާލިއެއްކަމަކު ދެންވެސް މައްޗަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މެހެނާޒް ހީކުރީ އޭނަ ޖަވާބެއް ނުދިނުމުން އެކުއްޖާ ހިނގައިދާނެ ކަމަށެވެ. […]
ޑރ ނާފިޒް އެތަނުގެ އިންޗާރޖަކަށް އެވަގުތު ހުރުމުގެ ސަބަބުން އޭނާވެސް އަވަސް އަވަހަށް އެތަނަށް ވަތްތަން ޔާއިންއަށް ފެނުނެވެ. އެތަށްއިރެއްފަހުން ސުމާ އާއި މާޒިން ނިކުތެވެ. ޔާއިން ކިތަންމެ އަހަން ބޭނުންވެފައި ހުއްޓަސް ކެތްކޮށްލައިގެން އިނީ މާޒިން ހުރީމައެވެ. ސުމާ އަށް އެކަން އިނގުމުން ޔާއިން ކައިރި އިށީނެވެ. “ލޭ ވަރަށް ބޮޑަށް މަދުވެފައި ހުރީ، އެހެންވެ އެނބުރުން އެރީ، ޔަނާ އަކީ އަބަދުވެސް މި ދުވަސްކޮޅު ޕްރޮބްލަމް ހުންނަ ކުއްޖެއް….މިފަހަރު މާ ބޮޑުވަރުވީ ކަންނޭނގެ.. ނުވެސް […]