Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މައިޝާ ދެވަނަ ބައި..(2)

X-girl
March 19, 2017
4 Mins Read
54 Views
14 Comments

“މައި ކީއްވެ ތިއްތިގެ ވާހަކަތައް ދައްކާއިރު ތިހާ އުފާވަނީ” ހަމްދާން މައިޝާ ގަޔާއި ދުރުކޮށްލަމުން އެހެން އެހިއިރު މައިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ހެހެ..ދާންގެ ތިއްތި ވީމަ މައިވެސް އުފާވާނެ އެއްނު”. ހަމަޖެހޭގޮތް ދައްކާލަމުން މައިޝާ ގޮޑީގައި އިށީނެވެ. ވަރަށް ގިނަ ފަހަރު ނާނުގެ ވާހަކަ ހަމްދާން ގާތުގައި އަހަން ބޭނުންވެއެވެ. ނަމަވެސް އެކަމާ ފަސްޖެހެވެނީ ކީއްވެ ކަމެއް ޚުދު މައިޝާއަކަށްވެސް ނޭގެއެވެ. މައިޝާގެ ޚިޔާލަށް އައީ މީގެ ތިން އަހަރު ކުރީގެ ހަނދާންތަކެކެވެ.***************************************                          “މޭއި. އައި ހޭވް ސަމްތިންގ ފޯ ޔޫ. ލޯ މަރާލަބަ.” މައިޝާ ރަކި ހިނިތުންވުމަކާއެކު ލޯ މަރާލިއެވެ. “ނާނު، މީ ކޯއްޗެއް.” ލޯ ހުޅުވާލިއިރު މައިޝާ އަށް ފެނުނީ ސްކޫލު ހަރަކާތެއްގައި އުޅެނިކޮށް ނަގާފައިވާ ނަޖާހުއާއި މައިޝާގެ ވަރަށް ރީތި ފޮޓޯ އެކެވެ. ފޮޓޯގެ ތިރީގައިވާ އިބާރާތްކޮޅު ކިޔާލުމުން މައިޝާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. -ނާނު އެންޑް މޭއި ފޯއެވަރ- މަޑު މަޑުން މައިޝާއަށް ކިޔާކެލެވުނެވެ.

މައިޝާ އާއި ނަޖާހުއަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެކަކު އަނެކަކަށް ދިމާވާ ހުރިހާ ކަމެއް ހިއްސާކުރެއެވެ. ސްކޫލްގެ ހުރިހާ ކަމެއްގައިވެސް އުޅެނީ އެއްކޮށެވެ. ބައެއް މީހުން މި ގުޅުމަށް އެހެން ނަމެއް ދިނަސް ،ރަހްމަތްތެރިކަން ފިޔަވާ އިތުރު ގުޅުމެއް މި ދެމެދުގައި ނުވެއެވެ. އެހެން ނަމަވެސް ނަޖާހު ފެނުމުން މައިޝާއަށް ތަފާތު އިޙުސާސް ތަކެއް ކުރެވެއެވެ. އަބަދުވެސް އޭނާ ކައިރީގައި ހުންނަން ބޭނުންވެއެވެ. އަބަދު އެ ދުލުން މޭއި އޭ ކިޔާ ގޮވާލާ އަޑު އަހާ ހިތްވެއެވެ. ނަމަވެސް މައިޝާ ހީކުރީ އެއީ ނަޖާހު ފިޔަވައި އިތުރު ރައްޓެއްސެއް ނެތުމުން ކުރެވޭ އިޙުސާސްތަކެއް ކަމަށެވެ. ނަޖާހު އަކީ މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމުން އޭނާގެ މައިންބަފައިން ބޭނުންވީ މަތީ ސާނަވީ ހާސިލްކުރުމަށް އޭނާ މާލެ އަށް ދިޔުމަށެވެ. ނަޖާހު މާލެ ބަދަލުވުމުން މައިޝާގެ ހަޔާތަށް އައީ ފޫނުބެދޭވަރުގެ ފަޅުކަމެކެވެ. މައިޝާގެ އެހާ ގާތް އިތުރު ރައްޓެއްސެއް ނެތުމުން އަބަދުވެސް ހުންނަނީ ފޫހިވެފައެވެ. ގެއިން ބޭރަށްވެސް ނުކުންނަނީ މަދު ފަހަރެއްގައެވެ. ގިނަ ވަގުތު ހުރެވެނީ ނަޖާހުގެ ޚިޔާލުގައެވެ. މައިޝާގެ އުޅުމަށް މިއައި ބަދަލު ސައީދާއަށްވެސް ފާހަގަވިއެވެ. މައިޝާ ހުރިހާ ވާހަކައެއް މަންމަ ކައިރީގައި ހިއްސާ ކުރިއެވެ. އަދި މަންމަގެ ނަސޭހަތުން އިތުރަށް ކިޔެވުމާއިގެން އުޅެން ފެށިއެވެ.************************************************

“މަރިޔަަމް މައިޝާ މާޖިދު”. މައިޝާގެ ޚޔާލީ ދުނިޔެއިން ހޭވެރިކަންވީ އެޓެންޑެންސް ނެގުމަށް ސަރ ގޮވުމުންނެވެ. “ޕްޕްޕްރެޒެންޓް ސަރ..” އަޅައަޅައިގަންނަމުން އަވަހަށް މައިޝާ ބުނެލިއެވެ. މުޅި ދުވަސް ސްކޫލުގައި މައިޝާ އުޅެންޖެހުނީ ވަރަށް ބުރަކޮށެވެ.

ކައްދޫ އެއަރޕޯޓުގެ ވެއިޓިންގ އޭރިއާގައި މިރާން އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ބައްޕަ މާޖިދު ނުކުންނާނެ އިރަކަށެވެ. ނޫކުލައިގެ އަތްދިގު އޮފީސް ގަމީހެއްގައި މިރާން ފެންނަނީ ވަރަށްވެސް ސްމާޓް ކޮށެވެ. އެތާގައި ތިބި އަންހެންކުދިންގެ ތޫނު ނަޒަރުން މިރާން އަށް އަމާޒުވާން ފެށުމުން އަތުގައި އޮތް އަވި އައިނު ނަގާ ލޮލަށް ހެޔޮވަރު ކޮށްލިއެވެ. ފިރިހެނަކަށްވިޔަސް އެހާވަރަށް ބަލަންޏާ އޭނާވެސް ލަދުގަންނާނެ ނޫންހެއްޔެވެ. އަތު ކުރީ އޮތް ގަނޑިއަށް ބަލާލާފައި އިސްއުފުލާލިއިރު ކުރިމަތުން ފެންނަ މަންޒަރު މިރާން ހުރީ ގަބޫލު ނުކުރެވިފައެވެ. ކަޅު ކުލައިގެ ޖިލްބާބެއްގައި ރަތް ކުލައިގެ ޝޯލް އެއް އަޅައިގެން މެދު އުމުރު ފުރައިގެ އަންހެނެއްގެ އަތުގައި ހިފައިގެން ހިނގާލާފައި އައި އަންހެންކުއްޖާ ފެނިފައި މިރާން ހުރީ އާޝޯޚްވެފައެވެ. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން ގޮތެއްނުވާ މިރާންގެ ހިތް މިއަދު އެކުއްޖާ ގުޑުވާލައިފިއެވެ. ” އަހާ ދަރިފުޅާ. މާ ބޮޑަށްވެސް ލަސްވެއްޖެ ދޯ؟” ފަހަތުން އިވުނު ބައްޕަގެ އަޑަށް މީހާ ހަމައަކަށް އަޅުވާލަމުން މިރާން ބައްޕަޔާ ވާހަކަދައްކަން ފެށިއެވެ. “އެހާ ލަހެއް ނުވޭ އަދި. ބައްޕަ ކިހިނެތްތޯ؟ އަވަހަށް ހިނގާ ދަމާ. މަންމަ ހުންނާނެ މިހާރު ލަސްވެފަ.” ބައްޕަގެ ފޮށި ހިފައިގެން ނުކުންނަމުން މިރާން ފަސްއެބުރި ބަލާލީ އެ އަންހެންކުއްޖާ އަދި އެއްފަހަރު ދެކިލުމުގެ ބޭނުމުގައެވެ. ނަމަވެސް  އެ ދެލޯ ހޯދާ ފަރާތް ނުފެނުމުން އަދި ބައްދަލުވާނެކަމުގެ އުއްމީދުގައި މިރާން ގެއަށް ދިޔައެވެ.

“މަންމާ..ބައްޕައާއި ދޮންބެ އަދިވެސް ނާދޭތަ؟” ކުޑަކުއްޖެއްހެން މައިޝާ ޝަކުވާކޮށްލިއެވެ. ” އަހާ. މިއޮތް އައީނު. މިހާރު މައި ޝަކުވާވެސް ކޮށްފި ލަސްވެގެން”. ދޮރުން ވަދެގެން އައި މިރާން އާއި މާޖިދަށް ބަލާލަމުން ސައީދާ ބުނެލިއެވެ. ” އަދިވެސް ބައްޕަގެ މައި ބޮޑެއްނުވޭދޯ. ދަރިފުޅު ބޭނުންވިކަހަލަ ދަބަހެއް އޮންނާނެ ގެނެސްފަ. ކޮބާ ޒާލް. ޒާލްއަށްވެސް އޮންނާނެ ހަދިޔާ.” ވަރަށް ގިނަ ދުވަސްތަކަކަށްފަހު މައިޝާގެ އާއިލާ އެންމެން އެއްކޮށް މެންދުރުގެ ކެއުން އިންސާފުކުރިއެވެ. ސުފުރާމަތީގައި ދެކެވެމުން ދިޔައީ މާޖިދުގެ އޮފީސް މީޓިންގ ކުރިއަށް ދިޔަ ގޮތުގެ ވާހަކައެވެ.

މެންދުރުގެ ކެއުމަށްފަހު މައިޝާ ނުކުމެލީ އެގޭގެ ފަހަތުގައި އޮންނަ ކުޑަ ބަގީޗާއަށެވެ. އެއީ ސައީދާ ވަރަށް ލޯބިން ބަލަހައްޓަމުން އަންނަ ބަގީޗާއެކެވެ. ސައީދާ އަކީ އަބަދުވެސް ގަސް ހެއްދުމަށް ލޯބިކުރާ އަންހެނެކެވެ. މިފަހަރުވެސް މާޖިދު މާލެއިން އައީ ސައީދާ އަށް އާ ވައްތަރެއްގެ މާގަހެއް ގަނެގެންނެވެ. އެ ގަސް ފެނުމުން މައިޝާއަށް އޭނާގެ މަންމަ އާއި ބައްޕަގެ ލޯބި ހަނދާންވެ އެ ލޯބި އަބަދަށް ދެމެހެއްޓުމަށް ދުޢާ ކުރެވުނެވެ. މައިޝާ ފޫހިވެގެން ބަގީޗާ ތެރޭގައި އިނީ އިސްލާމް ފޮތް ކިޔަވާށެވެ. ކަޅުކުލައިގެ ޖީންސްއަކާއި ސްޓްރައިޕްސް ޓޮޕް ކޮޅެއްގައި މައިޝާ އިންއިރު އޭނާގެ ފަން އިސްތަށިގަނޑު ވަނީ ވަޔާއި ވިހުރެން ދޫކޮށްލާފައެވެ. ހިސާބަކަށް ހިޔާދީފައި އޮތަސް އިރުގެ ދޯދިތަކުން އެ މޫނުގެ ދޮންކަން އިތުރުކޮށްދެއެވެ. ބަލާފޫހިނުވާފަދަ ރީތި ކަމެއް ޤުދުރަތުން މައިޝާއަށް ލިބިފައިވިޔަސް އޭނާއަކީ ރީތިކަމަށް ބޮޑާވެ އުޅުނު ކުއްޖެއްނޫނެވެ. އޭނާ އެހެން އިންއިރު މިފްޒާލް އާއި އޭނާގެ ރައްޓެހިން ގޭމް ކުޅެން ތިބެ ޖަހަމުންދާ ސަކަރާތުގެ އަޑު އިވިއިވި ހުއްޓެވެ. އެމީހުންގެ ލާނެތް ބަސްތަކުން މައިޝާވެސް އިނީ ހީލަހީލައެވެ. ލާނެތް ކުދިންތަކެކެވެ. ގޭމް ކުޅެން ވަރަށް ފޯރި އެބަހުރިތާއެވެ.

މީހެއްގެ ހިލަންވެގެން މައިޝާ ބަލާލިއިރު ހަމްދާން އާއި އޭނާގެ ރައްޓެހި ސަމާހު ހުއްޓެވެ. ”  ދަނޑާ ދިމާލަށް ދަމުން މައި އެކަނި އިނީމަ ގޮވާލާފަ ދާންވެގެން ވަދެލީ މި.” އަތުގައި އޮތް ކޯކުފުޅިން ކޯ ވަރެއް ބޯލުމަށްފަހު މައިޝާއަށް ދިއްކޮށްލިއެވެ. “ތޭންކްސް. ޒާލް މެން ގޭމް ކުޅެން ތިބީމަ ކިޔަވާލަންވެގެން މިއިނީ އެންޑް އަންނަ ވީކްގަ ޓެސްޓުތައްވެސް ފެށެއެންނު. ކޮންއިރަކު މެޗް އޮތީ؟”. “4:30 ދޯ ސަމާހު.ދައްޗޭ ބަލަން” އަގައަށް ވައްތަރެއް ޖައްސާލަމުން ހަމްދާން ސަމާހުއަށް ދޯ ދިނެވެ. ” ޔަޤީނުންވެސް ދާނަން. އަނެއްކާ މިފަހަރު އަނެއް އަތް ބިންދާނުލާތި އެހެންނޫނީ މުޅި އުމުރު ދުވަހު މިރަށުގަ ހުންނަން ޖެހޭނީ.” ހީނގަނެފައި މައިޝާ އެހެން ބުނުމުން ހަމްދާން އާއި ސަމާހުއަށްވެސް ހެވުނެވެ.

ހަމްދާންގެ އާއިލާއަކީ އެންމެ ކުރިއްސުރެވެސް މާލޭގައި ދިރިއުޅެމުން ދާ ބައެކެވެ. ހަމްދާން ކުޅެން އުޅުމުގެ ތެރޭގައި އަތަށް އަނިޔާވުމުން ދިވެހިބޭސް ކުރުމަށް ރަށަށް އަންނަންޖެހުނީއެވެ. ހަތަރު މަސް ދުވަހަށް ދިވެހިބޭސް ކުރަން ޖެހުމުން ހަމްދާންގެ މައިންބަފައިން ބޭނުންވީ އޭނާ 10 ނިމެންދެން ރަށު ސުކޫލުގައި ކިޔެވުމަށެވެ. ހަމްދާން އުޅެމުން ދަނީ އޭނާގެ ބޮޑުދައިތަމެންގެ ގޭގައެވެ.

ހަމްދާންމެން ދިޔުމުން ކިޔަވަން އިން ފޮތް ލައްޕާލުމަށްފަހު މައިޝާ އަވަސްވެގަތީ މެޗް ބަލަން ދާން ތައްޔާރުވުމަށެވެ. ” މަންމާ. މިއަދު ހަވީރު އެބައޮތް ސްކޫލު މެޗެއް. ދާންވެސް ކުޅޭނެ. މައި ކައިރީގަ ބުނި މެޗު ބަލަން ދާން.” މައިޝާ ހުއްދައަކަށް އެދޭފަދަ ގޮތަށް ވާހަކަދެއްކިއެވެ. ” ޒާލްވެސް ގޮވައިގެން ދޭ. އެއިރުން ދަރިފުޅު އެކަންޏެއް ނުވާނެއެންނު.” ސައީދާގެ ޖަވާބާއެކު މައިޝާ މިފްޒާލްއަށް ގޮވަން ދިޔައެވެ.

މެޗު ފެށެން ތިރީސް މިނެޓަށްވީއިރު ހުރިހާ ކުޅުންތެރިން ވާމްއަޕް ކޮށް މެޗަށް ތައްޔާރުވަމުން ދިޔައެވެ. އެވަގުތު ހަމްދާންގެ ނަޒަރު ހުއްޓުނީ ދަނބުކުލައިގެ ދޫ ހެދުމެއްގައި ހުރި މައިޝާއަށެވެ. ބެއިޚްތިޔާރުގައި ހަމްދާނަށް ހީލެވުނެވެ. އެވަގުތަކީ މައިޝާވެސް ހަމްދާނަށް ބަލާލި ވަގުތެެވެ. ހަމްދާނަށް ވޭވްކޮށްލަމުން އަތުގެ އިޝާރާތުން ބެސްޓް އޮފް ލަކް އޭ ބުނެ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” އޭތް! ކަމެއްތަ އަނެއްކާ؟” ސަމާހު މަޖާ ރާގެއްގައި އެހެން އެހުމުން ހަމްދާން ސަމާހުގެ އަތުގައި ބޮޑިއެއް އަޅުވާލިއެވެ. ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު ހަމްދާންމެންގެ ޓީމް މޮޅުވެ މެޗު ނިމުނެވެ. ” މައެބަ އަންނަން ބަންޤި ދިނުމުގެ ކުރިން މިތާ ހުރި ފިހާރަ އަކަށް ވަދެލާފަ. ކައެ މަޑުކުރާތި.” ” މަށަށް އިގޭ ކަލޭ ތިދަނީ އެ މަންޖެ ކައިރިއަށް ކަން.” ހަމްދާން އާއި ދިމާކޮށްލުމުގެ ގޮތުން ސަމާހު ބުނެލިއެވެ. ” ދިމާކުރާނެ ވަރަކަށް ދިމާކުރޭ. ބަޓް ޝީ އިޒް ދަ ގާލް…” ހަމްދާން އެހެން ބުނުމަށްފަހު އެބުރުނުވަގުތު އޭނާއަށް ފެނުނީ އެގަޑީ އެތަނުން ފެންނާނެކަމަށް އުއްމީދު ކުރި މީހެއް ނޫނެވެ.

ނުނިމޭ…

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

X-girl

Other Articles

Previous

ދަ ލެޖެންޑްރީ ވޯރިއާރސް

Next

ދެވަނަ ބާބު

Next
March 19, 2017

ދެވަނަ ބާބު

Previews
March 19, 2017

ދަ ލެޖެންޑްރީ ވޯރިއާރސް

14 Comments

  1. Windy says:
    March 19, 2017 at 9:11 pm

    Nice varah but thankolheh kurudhw kone irarakun next part………

    1. X-girl says:
      March 19, 2017 at 9:57 pm

      Thnkyou windy..in sha allah, tmrw nyt

  2. Bella says:
    March 19, 2017 at 9:13 pm

    Waahaka reethi ekm haadha kurukoh thi gennaniy..

  3. Ram says:
    March 19, 2017 at 9:51 pm

    VV reethi.ekamu thankolhe kuru.kuras avaha up kurachaa ragalhu vaane.

  4. Anonymous says:
    March 19, 2017 at 9:57 pm

    V reethi story. Bodah heevany hageegee vaahaka eh hn

    1. X-girl says:
      March 19, 2017 at 10:10 pm

      This is a fictional story, if this story is related to anyone it is just a coincidence.. Thnkyu

  5. Me says:
    March 19, 2017 at 9:59 pm

    Wave ge dhivehi word akee hoorun.. Ekahala thanthaa dhivehi bas beynun kolla ingey.. Eyrun salhi vaanee

    1. X-girl says:
      March 19, 2017 at 10:57 pm

      Thnkyu me, next parts tah liyaairu thi kantakah visnaaanan?

  6. Baby says:
    March 20, 2017 at 12:48 am

    Nice story eh. Thankolhe kuree… Waiting 4 the next part…

    1. X-girl says:
      March 20, 2017 at 8:32 am

      Thnkyu..next prt dhigu koh genesdheynan in sha allah

  7. aysh says:
    March 20, 2017 at 8:58 am

    vrh salhi mi part ves…
    waiting for the next part…

  8. Bubbliano says:
    March 20, 2017 at 11:22 am

    V reethi.ekm thankolheh dhigukoh genesdhyba 🙂

  9. Maisha says:
    March 20, 2017 at 1:46 pm

    Not nice story

  10. princess says:
    March 20, 2017 at 8:56 pm

    wrh lwbi story eh.. waiting for the next part… nd avahah up kuracchey ngey

Comments are closed.

All Right Reserved!