ފިނާޒްއާ ހިސާބަށް ދެވުނު ތަނާ ފިނާޒް އާލިކުމެންނަށް ދައްކައިލީ ބޮޑު މާސިންގާ ބޯވައެކެވެ. އާދަޔާ ޚިލާފަށް ބޮޑު މި ބޯވާގައި ހައިރާންކޮށްލަނިވި އެހެން ކަމެއް ފެނުނެވެ. އެއީ އެހެން ބޯވަތަކާ ޚިލާފަށް މި ބޯވާގައި ދިހަވަރަކަށް ފައި ފެންނަން ހުރުމުންނެވެ. “ ބްރޯ، ތީ ޖިންނި ބޯވައެއްތަ؟ ހާދަ ފައި ގިނައޭ. “ އަޖުވަދު ފެނުން މައްޗަށް ބޯހިއްލާލާފަ ބުންޏެވެ. “ ހެހެހެ. ކަލޭ މޮޔަވީތަ؟ އެއީ އައިބު އެއްޗެކޭ. އެހެންނޫނަސް މިހާ ފައިގިނަ ބޯވައެއް ކިހިނެއް […]
ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ކަނޑުމަޑު ވަރަށް ނަލަ ދުވަހެކެވެ. އާލިކާއި، އަޖުވަދު ހުރީ އަތިރީގައި ދަތުރަށްދާން ރެޑީވެގެންނެވެ. ގަޑިން 6:30 ހިނގީއެވެ. އެމީހުން އިންތިޒާރު ކޮށްގެން ހުރީ އެމީހުންގެ ދަތުރުގެ ބައިވެރިން އަންނާނެ އިރަކަށެވެ. އިރުކޮޅަކުން އާލިކްގެ ފޯނަށް ކޯލެއް އައެވެ. “ އޭ މިދަނީ އިނގޭ. ދަގަނޑުތައް ތޫނު ކޮށްލަންވެގެން ލަސްވީ. މިހާރު މިނައްޓާލަނީ. ދޯނި ކައިރި ކޮށްލާތި އިނގޭ. “ ދަތުރުގެ ބައިވެރިއެއްކަމަށްވާ ފިނާޒް ބުންޏެވެ. “ އޯކޭ. “ ފޯނު ކަނޑައިލަމުން […]