Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ދެވަނަ ބާބު

Aiksh
March 19, 2017
4 Mins Read
42 Views
9 Comments

އެއީ އަޖައިބެއް ކަހަލަ ލޯތްބެކެވެ. އަހަރެންގެ މުޅި މިޒާޖު ބަދަލުކޮށްލި ހަލާކެކެވެ. އަހަރެން މޮޔަކޮށްލި މަސްތެކެވެ. އަޖައިބުން ފުރިގެންވި ޖާދޫއެކެވެ. އެހެންނޫންނަމަ އަހަރެން ތި ކަސްތޮޅުގައި ހައްޔަރުވެފައި ހުންނާކަށް ނުޖެހުނީހެވެ. ކަލާގެ ހިމޭން އަނިޔާތައް ލިބިގަންނާކަށް ނޫޅުނީހެވެ. ކަލާގގެ ކުށަކީ އެއީއެވެ. އަހަރެންނަށް ލޯބި ދަސްކޮށްދިންކަމެވެ. އަހަރެންގެ ހިތުގައި ފުން ލޯތްބެއްގެ ބިންގާ އަޅައިދިންކަމެވެ. އެތައް ދުވަހަކަށް ފަހުވެސް އެލޯބި ހަމަ އޭގެ އަސްލު ގޮތުގައި ތާޒާ ކަމާއިއެކު އަހަރެންގެ ހިތުގައި ވިއެވެ.
އަހަރެންގެ އުމުރުން އަށާރަ އަހަރުގައި މާއިދު އާއި ކައިވެނި ކުރީ ވަރަށް ލޯބިންނެވެ. ނަމަވެސް ކައިވެންޏަށް ދިހަ އަހަރު ވާން ގާތް ވީއިރުވެސް އަހަރެމެންނަށް ދަރިއަކު ނުލިބުންވީ ދެމަފިރިންގެ ދެމެދުގައި ކުދިކުދި ކުނިޖެހެން ފެށިކަމަކަށެވެ. ކުރިން ދުވަހަކަުވެސް ކަމަކާއި ދެބަސްވެފައި ނެތް އަހަރެމެން ދެމަފިރިން އެކަކު އަނެކަކު މަތިން ފޫހިވާންފެށިއެވެ. ނަތީޖާއަކަށްވީ މާއިދު ހަޔާތުން އެހެން އަންހެނަކަށް ޖާގައެއް ލިބުމެވެ. ލުބުނާ އާއި މާއިދު ރައްޓެހިވީކަން އެނގުނު ދުވަހަކީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި އެއް ދުވަހެވެ. ނަމަވެސް އަމިއްލަ ނުކުޅެދުން ހިތަށް އަރުވާލާފައި މާއިދުގެ އުފަލަށް ވިސްނާލީމެވެ. އެއަށްފަހު އެގުޅުމަށް އާނބަސް ބުނީމެވެ.
މާއިދު އާއި ލުބުނާގެ ކައިވެނިކުރެވުނީ އަހަރެންގެ ރުހުމުގައެވެ. އަހަރެންވެސް އެ މަޖިލިހުގައި ހުރެގެންނެވެ. އޭރު މާއިދުގެ އިހު ބަހަކަށްވެސް ފަހު ބަހަކަށްވެސް ވީ ޝާޒްލީ އަކީ ތިމަންނަގެ އަލަތު އަނބިމީހާއެވެ. އޭނާއަކަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަމެވެ. ނަމަވެސް އެބަސް ހަނދާންނެތޭކަށް މާގިނަ ދުވަހެއް ނުވިއެވެ. ދެވަނަ ކައިވެންޏަށް ހަތަރު މަސް ވީއިރު ލުބުނާ އިނީ ބަލިވެއެވެ. އަހަރެންނަށް އެކަން އެނގުނު އިރަށް ވަގުތުން އެގެއަށް ގޮސްފީމެވެ. މާއިދުގެ ދެމަފިރީންނަށް މަރުހަބާކިޔުމަށެވެ.
ލުބުނާގެ ގެއަށް ވަނުމަށް ދޮރު ހުޅުވާލަން އަހަރެން އިސްކުރި އަތް މަޑުޖެހިލީ ގޭތެރެއިން އަހަރެންގެ ނަންކީ އަޑު އިވުމުންނެވެ.
“ދެންއެކަމާ ނުވިސްނާ. އަހަރެން ލުބުނާ ބުނި ކޮންމެ ކަމެއް ކޮއްދޭނަން. މިރޭ ގޮސް ޝާޒްލީ ގާތުގައި ވަރީގެ ވާހަކަ ދައްކާނަން.” މާއިދު ބުނެލި އަޑު އިވުނެވެ.
ކަރުނައިން ފުރިފައިވީ ދެލޯ ފޮހެލުމަށްފަހު އަހަރެން ހިނގައިގަތީ އެނބުރި ގެއަށް ދިޔުމަށެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެންގެ ގެއަށް ވަދެ ދޮރު ލެއްޕީމެވެ. ސޯފާގައި އިން އިރުވެސް ވިސްނެނީ ދެންމެ އިވުނު އަޑާއި މެދުއެވެ. އެހެން ބުނީ ހަމަ މާއިދު ހެއްޔެވެ؟ އޭނާ އަހަރެން ދެކެ ލޯބި ނުވަނީ ހެއްޔެވެ؟ އޭނާއަށްޓަކައި އަހަރެންގެ ހަޔާތުން ގުރުބާންކުރި ދިހަ އަހަރު ބޭކާރުވީއެވެ. އެއްވެސް އަގެއް ނެތް ހުސް ވަގުތުތަކަަކަށް ވީއެވެ. އަހަރެން ދެކެ އޭނާ ވީ ލޯތްބަކި ވެލިރާޅުފަށުގައި އަޅާލެވުނު ރޮނގެއް ފަދައިން ފޮހެވިގެން ދިޔައީތާއެވެ. ކުރާނެ ކަމެއްނެތެވެ.
އިރުއޮއްސި އަނދިރިވުމާއި އެކު މާއިދު މިސްރާބު އަހަރެން އުޅުނު ގެއަށް އައެވެ. ނަމަވެސް އޭނާއަށް މަރުހަބާކީ ފަޅުކަމާއި އަނދިރިކަމެވެ. ހިމޭންކަމާއި އެކަނިވެރިކަމެވެ. މާއިދު ގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އެކަކުވެސް ނެތެވެ. ދޮރު ލައްޕަން ހިފާލި ތަނުން ލޮލުގައި އަޅައިގަތީ އަހަރެން ބާލީސް މަތީގައި ބޭއްވި ސިޓީއުރަ އާއި ނޯޓެވެ.
“ލޯބިވާ މާއިދަށް
ވެދުން ސަލާމަށް ފަހު ލިޔަމެވެ.
އަހަރެން މާއިދު ދެކެ ވަރަށް ލޯބިވަމެވެ. އެހެނަސް މިއަދު މާއިދު އަށް ކުރަން ޖެހިފައި ތިވަނީ ވަރަށް އުނދަގޫ ކަމެވެ. އެކަން ފަސޭހަކޮށްދޭނަމެވެ. ސިޓީއުރައިގައި އެވަނީ އަހަރެން ސޮއިކޮށްފައިވާ ވަރީގެ ފޯމެވެ. ފުރާލާފައި ލާށެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބޭނުންވަނީ މާއިދު އުފަލުގައި އުޅުމެވެ. އަދި ބުނަމެވެ. އަހަރެންގެ ދިރިއުޅުން މިބަދަލުކުރީ އަހަރެންގެ އަމިއްލަ ރަށަށެވެ.
މާއިދު ދެކެ ލޯބިވާ
ޝާޒްލީ”
އެއް ހަފްތާ ފަހުން އަހަރެންނަށް އައީ ކޯޓު ޗިޓެކެވެ. ވަރިވާށެވެ. މާއިދު އާއި ލުބުނާ ބޭނުންވީ ގޮތަށެވެ. އެވަރުންވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ.
ދުވަސްތައް މާޒީ ވަމުންގޮސް މާއިދުއާއި އަހަރެން ވަރިވިތާ ހަތަރު ހަފްތާ ވެއްޖެއެވެ. ކުރިން ނުވާ ފަދަ ގޮތްތަކެއް އަހަރެންނަށް ވާކަން އިހުސާސްވިއެވެ. ހެނދުނު ގަޑީގައި މޭ ނުބައިކުރުމާއި ހޮޑުލެވެން ފެށުނެވެ. ކުރިން މީރުވަސްދުވާ މާމަލުން ދުވާ ވަސް ބަދަލުވިއެވެ. ގަވާއިދުވެ ދިމާވާ ކަންކަން ދިމާނުވުމުން ތެޅިތެޅި އޮތް ހިތަކާއި އެކު އަހަރެން ދިޔައީ ސިއްޙީ މަރުކަޒަށެވެ. ކުރި ތަހުލީލުތަކުގެ ނަތީޖާއައީ އަހަރެން އެންމެ ބޭނުންވީ ގޮތަށެވެ. އާއެކެވެ. އަހަރެން ބަލިވެއިނީއެވެ. ޑޮކްޓަރުގެ ބަހުން ނަމަ ބަނޑަށް އެއް މަހެވެ. ވީއުފަލުން އަހަރެންނަށް ނަށައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. ގެއަށް ދިޔަ މަގުމަތީގައި މިސްކިތަށް އަރައި ޝުކުރުގެ ސަޖިދަވެސް ޖެހީމެވެ.
ގެއަށް ވަދެވުމާއި އެކު އަހަރެން އަވަސްވެގަތީ މާއިދުއަށް އެ އުފާވެރި ހަބަރު ދޭށެވެ. ދެފަހަރަކު ރިންގު ވުމަށްފަހު ފޯނު ނެގީ ލުބުނާއެވެ. ލުބުނާ ގާތު މާއިދުއަށް ގޮވާލަދިނުމަށް އެދުނީމެވެ.
“މާއިދު ބޭނުމެއް ނުވޭ ކަލެޔާ ވާހަކަ ދައްކާކަށް. އޭނަ ބޭނުންވަނީ ކަލޭގެ ތި ސުންޕާކަން އަހަރެމެންގެ ހަޔާތަށް އަނދިރިނޭޅުން. މީގެ ފަހުން މާއިދަށް ނުގުޅާތި.” ހަރުކަށި ރާގަކަށް އަމުނާލުމަށްފަހު ލުބުނާ ފޯނު ކަނޑާލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. އަހަރެން ބަލިވެ އިނީއްސުރެ އަހަރެން ގެ މައިންބަފައިންގެ އެހީތެރިކަން އިންތިހާއަށް ލިބެމުންދިޔައެވެ. ރައްޓެހިންގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ދެރަވެ، މޮޅިވާކަށް ނުޖެހުނެވެ. ދުވަސް ފުރެމުން ދިޔަވަރަށް ދިމާވާ އުނދަގޫތައް ގިނަވަމުން ދިޔައެވެ. ރޭގަނޑު ނުނިދޭ ރޭރޭ ގިނަވާންފެށިއެވެ. މީހާ ފޮއްސިވެ، ފައިތިލަ ދުޅަވާންފެށިއެވެ. ނަމަވެސް، މިއިން ކޮންމެ އުނދަގުލަކާއި އަހަރެން ކުރިމަތިލީ ކެރިގެންނެވެ. އަހަރެން ގެ ދަރިފުޅަށް ޓަކައެވެ. އޭނާއަށް ނުލިބޭ ބައްޕަގެ ލޯބިވެސް ހޯދައިދިނުމުގެ ނިޔަތުގައެވެ. އާއިލާއާއި ރައްޓެހިންގެ އެހީގައެވެ.
އަހަރެންގެ ބަނޑުގައި ރިއްސައިގަތީ އެއް ރެއެއްގެ ދަންވަރުއެވެ. ކުއްލިއަކަށް ރޮއިގަތް އަޑަށް ގާތުގައި ނިދާފައި އޮތް މަންމަ ދިޔައީ ހަތަރެސްފައި ކޮޅަށް ޖެހިގެންނެވެ. ވަގުތުން ބައްޕައަށް ގޮވައި އެމްބިއުލާންސަށް ގުޅައި، އަހަރެން ތައްޔާރުކުރަން ފެށިއެވެ. އަހަރެންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމުން އެމީހުން އަހަރެންގެ އެއްވެސް ކަމެއްގައި ޒައްރެއްގެ މިންވަރުވެސް ދޫކޮށެއްނުލައެވެ. އެމްބިއުލާންސްގައި އަހަރެން ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ބައްޕަ އިނީ އަހަރެންގެ ދެފައި މޮޑެދޭށެވެ. މަންމަ އަހަރެންގެ ދެއަތުގައި ހިފަހައްޓައިގެން އިން ގޮތުން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައެވެ.
ވިހަން ވެއްދީއްސުރެ އަހަރެންގެ ހަނދާނަށް އަންނަނީ މާއިދުއެވެ. އެންމެފަހުން ކެތް ނުކުރެވިގެން ނަރުސް ކުއްޖެއް ގާތު އޭނާއަށް ގުޅައި ދިނުމަށް އެދުނީމެވެ.
“މަ…މާއިދު. އަހަރެން ވިހަނީ. މާއިދުގެ ދަރިއެއް.” ވަރުބަލިވެފައިވާ އަޑަކުން ބުނީމެވެ.
“ޝާޒްލީ. މިވަގުތު އަހަރެން މިހުރީ އޭ.ޑީ.ކޭ ގަ. ލުބުނާ ވިހަން ވައްދާފަ އޮތީ. ކިހިނެއް ތި ރަށަށް ދާނީ. މާދަމާ އޮފީހަށް ފޯމު ފެކްސްކޮށްލާ. އަހަރެން ސޮއި ކޮއްލާފަ ރަށު އޮފީހަށް ފޮނުވައިދޭނަން.” އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލުމަށްފަހު މާއިދު ފޯނު ކަނޑާލިއެވެ.
އިރުކޮޅަކުން ތަދު ބޮޑުވާން ފެށިއެވެ. ނަމަވެސް ވިހެވޭ ކަމުގެ އެއްވެސް އިހުސާސެއް އަހަރެންނަކަށް ނުކުރެވެއެވެ. މިގޮތުގައި ދެ ގަޑިއެއްހާއިރު ވޭތިވުމަށްފަހު ޑޮކްޓަރ ހަދީޖާ ބޭރަށް ނުކުތުމަށްފަހު އަހަރެންގެ މަންމަމެންނަށް ގޮވާލިއެވެ.
“ޝާޒްލީ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. ސަލާމަތް ކުރެވޭނީ ކޮންމެވެސް އެކަކުގެ ފުރާނަ. ކިހިނެއް ހަދަންވީ؟” އޯގާތެރިކަމާއި އެކު ޑޮކްޓަރ ހަދީޖާ އެހިއެވެ.
“މަގޭ ދަރިފުޅު ސަލާމަތްކޮށްދީ” ރޮއިގަނެފައި ބައްޕަ ބުނެލިއެވެ.
ގާތް ގަނޑަކަށް ބާރަ ގަޑިއިރު ވިއްސާ ކޮޓަރީގައި ބޭއްވުމަށްފަހު އަހަރެން ނެރުނު އިރު މުޅި މީހާ ވަނީ މޫނުމަތިން ފެންދެމިފައެވެ. ވަރުބަލިވެގެން ލޯ ނުހުޅުވޭފަދަ ހާލަތުގައެވެ. ވޯޑުގައި އޮތްއިރުވެސް އަހަރެންނަށް ހޯދެނީ އަހަރެންގެ ދަރިފުޅެވެ.
“މަންމާ. ދަރިފުޅު ކޮބާ؟ އެ ދަރިފުޅު ގެނެސްދީ. އަހަރެން ބޭނުން އުރާލަން.” އެވވަގުތު މަންމަ އާއި ބައްޕަގެ ލޮލުން ފޭބި ކަރުނަ ފެނިފައި އިތުރަށް އޮޅުން ފިލުވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ބުނަންޖެހޭ، އެކަމަކު ނުބުނެވިވާ ހުރިހާ ވާހަކައެއް އެމީހުންގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކުން އަހަރެންނަށް ކިޔައިދިނެވެ. އެހެނަސް އަހަރެން ބާރަށް ރޮއެނުގަންނަމެވެ. އިސްތަށިގަނޑަށް ދަމާ، ހެދުން ވީދައި ނުހަދަމެވެ. މަޑުމައިތިރިކަމާއި އެކު ފޯނު ނެގީމެވެ. އަދި މާއިދަށް މެސެޖުކޮށްލީމެވެ.
ހަތް ދުވަސް ފަހެވެ. އަހަރެން ހުރީ ކޮޓަރީގައެވެ. ފެންވަރައިގެން ނުކުމެ ބޮލުގައި ފުނާ އަޅާށެވެ. ދޮރު މައްޗަށް މީހަކު ހުއްޓުހެން ހީވެގެން އަހަރެން އެނބުރިލީމެވެ. ދޮރުމަތީގައި ހުރި މީހާ ފެނުމުން އަހަރެންގެ އަތުން ފުނާ ދޫވެ، ބިންމައްޗަށް ވެއްޓުނެވެ. ދެލޯ ތަން މިނަށް ހުޅުވި، ތަަލިން ކުޅު ހިކުނެވެ.
“ޝާޒްލީ. އަހަރެންނަށް މާފް ކުރާނަންތަ؟” ތުއްތު ކުއްޖަކު އުރައިގެން ހުރި މާއިދު އަހާލިއެވެ. “ވިހެއުމުގެ ތެރޭގައި ލުބުނާ ނިޔާވީ. އަހަރެންނާއި ޝާޒްލީއަށް ލިބުނު ފިރިހެން ދަރިފުޅު ނިޔާވި ވަގުތާއި މި ތުއްތު ލުޝާގެ މަންމަ ނިޔާވި ވަގުތަކީ އެއް ވަގުތެއް. މި ދަރިފުޅަށް މަންމައެއްގެ ލޯބި ދީ. އަހަރެންނަށް ލުބުނާ ވަނީ ހުރިހާ ވާހަކައެއް ކިޔާދީފައި. ޝާޒްލީ ބަނޑުބޮޑުވި ވާހަކަ އޭނާ އޮތީ އަހަރެންނަށް ސިއްރުކޮށްފައި. އެހެން ނޫންނަމަ އަހަރެން އަންނާނެތާ މިހާރު ކޮން ދުވަހެއް. އަހަންނާއި ލުބުނާއަށް މާފު ކޮށްދީ https://erektilemed.de/.”
“އަހަރެން ގެއިން ނުކުތީވެސް ލުބުނާއާއި މާއިދަށް މާފްކޮށްފަ. ތީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ލޯބި.” އަހަރެން ބުނީމެވެ.
އެހިސާބުން އަހަރެންގެ ހަޔާތުގެ ފުރަތަމަ ބާބު ނިމި، ދެވަނަ ބާބު ފެށީމެވެ. މާއިދު އާއި ލުބުނާގެ ދަރިފުޅު ލުޝާ އާއި އެކުގައެވެ. އުފާވެރި ހަޔާތެއްގެ ހުވަފެން ދެވަނަ ފަހަރަށް ދެކެމުންނެވެ.

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aiksh

Believe in yourself. You'll get there. ~Aiksh

Other Articles

Previous

މައިޝާ ދެވަނަ ބައި..(2)

Next

އާވާ ހަނދާން (ފެށުން1) 1

Next
March 19, 2017

އާވާ ހަނދާން (ފެށުން1) 1

Previews
March 19, 2017

މައިޝާ ދެވަނަ ބައި..(2)

9 Comments

  1. AkkO_AngeL says:
    March 19, 2017 at 9:19 pm

    Mivaahakaige kurii baiii eii ehcheh ge copy eh dhw… I’m absolutely sure about it!!! I hv read tht stry 2 tyms…. Thiithi kada dhw… Amilla ah vaahaka eh ge feshumeh liyelinama… Copy kurumuge beynumeh neh dhw… Thivarun stry liyany kyhkuran… Copy kohgn stry nuliyunyyaa rangalhiii….
    Amilla ah stry ehge feshumeh hadhaalinama… It wud be cool…
    Ekanthah rangalhu kohlahchey nge… Dont take it personal… Its just an advice… Keep it.. Or leave it

    1. Kikki says:
      March 19, 2017 at 9:41 pm

      Ehen meehun ge lava thakaa lhen thah ves beynun kurey dhehtho?

    2. Aiksh says:
      March 19, 2017 at 9:43 pm

      Mi vahaka akee kurin ehen website eh ga shaaiu kurevifaivaa vahaka eh.

    3. AkkO_AngeL says:
      March 19, 2017 at 11:22 pm

      Yahh . but for yu r kind information… Miikii lhemeh or lava or farisseh noondhw.. Its a stry.. ??

  2. hello Hola hi hey(HHHH) says:
    March 19, 2017 at 9:26 pm

    Nice….

  3. AkkO_AngeL says:
    March 19, 2017 at 11:20 pm

    But eyru kee vaahakaiga vany thihenneh noon… N ulheny thi baiverinneh vx noon… Thts why ehn mibuny…

  4. naiiher says:
    March 19, 2017 at 11:37 pm

    Mi vaahakaige moral reethi varah. Ekamaku i agree with akko. Bcoz i hv written evaahakaige kurii kolhu in my dairy. Just kinda same thin happened tu me as well. Ehnve dairy ga save kohlin. If i said i hv read it thn fine. Bunevidhaane handhaan nethuny ey. Maybe vedhaaney dhogakah. But liyegen gengulhunyma mihen mibuny. Handhaan eba huhttey. Ekanthah rangalhu kohla

  5. Kurangi says:
    March 19, 2017 at 11:42 pm

    Masha allah
    Vara furihama
    Hama bunelaane baheh nei
    Furihama liuntheri ehge furihama liumeh ❤️?

  6. aysh says:
    March 20, 2017 at 9:35 am

    vrh rythi…

Comments are closed.

All Right Reserved!