Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން (ފެށުން1) 1

maroon
March 19, 2017
3 Mins Read
77 Views
7 Comments

“އޭން! ކޮންކަމަކާ ތި ހެވެނީ މާވަރަކަށް؟!!” ފަހަތުން އައިސް އިޝާގެ ފޯނަށް ބަލާލަމުން އަރޫ އަހާލިއެވެ.”އެއީ މީހެއްނޫން” ސިއްސައިގެންގޮސް އިޝާއަށްބުނެލެވުނެވެ.

“މީހެއްނޫނޭ؟؟….ބަަލަ ކާކުތަ ބުނީ މީހެކޭ..ގައިމު މަށެއް ނުބުނަން” ދެބުމަ ކޮޅަށްޖަހަިލަމުން އަރޫ ބުނެލިއެވެ. އަރޫ އެހެން ބުނުމާއެކު އިޝާއަށް ލޯމަރާލެވުނީ ދެވުނު ޖަވާބާއި މެދު ވިސްނާލެވުމުންނެވެ.

“ދެން ބުނޭ ކާކުކަން” އިޝާގެ ފޯން ޖަހައިގަންނަން މަސައްކަތް ކުރަމުން އަރޫ ބުނެލިއެވެ. ނަމަވެސް އިޝާގެ ހުޝިޔާރުކަން މާ ވަރުގަދައެވެ. އަރޫގެ ކޮންމެ ސުވާލަކަށް އިޝާގެ ޖަވާބަކަށްވީ ފަހުން ކިޔާދޭނަމެވެ. އެހެން ނަމަވެސް ގޮތްދޫނުކުރުމުގެ އާދަ ރަނގަޅަށް ހިފާފައި ހުރި އަރޫ އޭނާގެ ސުވާލުތައް ގިނަ ކުރަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.

ދެ ކުދިންގެ ކޯޅުންގަނޑު ހުއްޓުމަކަށްއައީ އޮފީހުގެ އިސްވެރިޔާ އައުމުންނެވެ. އަވަހަށް އެކުއްޖެއް އެކުއްޖެއްގެ މަސައްކަތަށް  އެބުރި ދިޔައީ އިސްވެރިޔާގެ ރުޅުވެރިކަމުގެ ޝިކާރައަކަށް ވުމަށް ނޭދޭތީއެވެ. އެހެންނަމަވެސް އިޝާއަށް މާގިނަ އިރަކު މަސައްކަތަށް ސަމާލުކަންދީގެން ނީދެވުނެވެ. ވައިބާ އިން ފުލުފުލުގައި މެސެޖުތައް އަންނަން ފެށިއެވެ. ” ބެސްޓީސް” ނަން ދެވިފައިވާ ގްރޫޕަށް އަރޫގެ ޝަކުވާއާއި ޖެއްސުމުގެ މެސެޖްތައް އަންނަމުން ދިޔައެވެ. އިރުކޮޅެއްނުވެ ފަޒޫވެސް އަރޫއާއި ބައިވިއެވެ. ދެން ފެށުނީ ވަރުގަދަ ޗެޓަކަށެވެ. ތިން އެކުވެރިންގެ މެދުގައި ސަމާސާގެ ޒުވާބެއް ފެށުނެވެ.

އިޝާ، ފަޒޫ އަދި އަރޫއަކީ ވައިބާ ގްރޫޕުގައިވާ ގޮތަށް “ބެސްޓީސް” އެވެ. ހުރިހާ ކަމެއްގައި އެކަކު އަނެކަކަށް އެހީވާ ލާމަސީލު 3 އެކުވެރީންނެވެ. ރަހުމަތްތެރިކަމަކީ ކޮބައިކަން މިކުދީން ރަގަޅަށް ދަނެއެވެ. ސާނަވީ ތައުލީމް އަރޫ އަދި ފަޒޫ ކިޔެވީ އެއްކޮށެވެ. އިޝާ މިރަހްމަތްތެރިކަމުގެ އެއްބައި ކަމުގައިވީ އޮފީހުގެ މާހައުލުން އަރޫއާއި ދިމާވި ހިސާބުންނެވެ. އެކުގައި 3 ކުދިން މިހޭދަކުރި ވަގުތުތައް އަގު ނުކޮށްލެވޭހާ ބޮޑެވެ. އެހާވެސް ވަރުގަދަ ގުޅުމެކެވެ.

“އޯކޭ…..މިރޭ މީޓްކޮށްދެވޭތޯ ބަލައިދޭނަން” އިޝާ މެސެޖް ލިޔެލުމަށްފަހު ފޮނުވާލިއެވެ. އަދިއަވަސް އަވަހަށް އަރޫގެ މޫނަށް ބަލާލެވުނީ ހެވިލާފައެވެ. އެވަގުތު އަރޫ ފްލައިން ކިސް އެއް އިޝާއަށް ފޮނުވާލިއެވެ.


“ދަރިފުޅާ” އަރޫ އޮފީހުން އައިސް ގެއަށް ވަނުމާއެކު އަމީރާ އެނާގެ އެންމެ ހަގު ދަރިފުޅަށް ގޮވާލިއެވެ. “ލައްބަ މަންމާ” ފަހާފޮށީ ކައިރީގައި އިން އަމީރާގައިގައި ބައްދާލަމުން އަރޫ ބުނެލިއެވެ.

“މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު ގޮތަށް ހުނިރޮށި ފިހެފަ. އަވަހަށް ތާޒާ ވެލައިގެން އާދޭ ކާން. ބައްޕަ އެބަހުންނެވި ދަރިފުޅުގެ އިންތިޒާރުގަ” މަންމަގެ ކޮލަށް ދޮނެއް ދިނުމަށްފަހު އަރޫ ހިގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.

ތާޒާވެލައިގެން ބަދިގެއަށް ދިޔައިރު މަންމަ އާއި ބައްޕަ ކާމޭޒު ދޮށުގައި ތިއްބެވެ. ބައްޕައަށް ގޮވާލާއި ޝާހިދު ކައިރީގައި ހުރި ގޮޑީގައި އަރޫ އިށީދެލިއެވެ.  “ދަރިފުޅާ އޮފީސް ކިހިނެތް؟” ތައްޓަށް ބަތް އަޅަމުން ޝާހިދު އަހާލިއެވެ. “އޮފީސް ވަރަށް ބުރަށްކޮށް މިދުވަސްކޮޅު މިއުޅެނީ. އާޕުރޮޖެކުތަށް ފަށައިގެން އުޅޭތީ ބައެއް ރޭރޭ އިތުރުގަޑިއަށްވެސް ދާންޖެހޭ. އެހެންވެ ކިޔަވަންވެސް ތަންކޮޅެއް އުނދަގޫ ވެފަ އޮންނަނީ” ޝަކުވާގެ ރާގެއްގައި އަރީޝާ ބުނެލިއެވެ.

“ދަރިފުޅާ ދެން ތިހެން އުޅެންޖެހޭނީ ކުޑަ ދުވަސްކޮޅަކު. ދޮންބެ ކިޔަވައި ނިމިގެން އައިހާ އަވަހަކަށް 3 ކުދިންގެ ނަން މައްޗަށް އޮފީސް ބަދަލުކުރާނަން. އޭރުން އޮފީސް ހިންގުމުގެ ހުރިހާ ޒިންމާއެއް ބައްޕަ ދޭނީ ތިކުދިންނަށް”

“ކީއްވެތޯ މިހާރު ނޫނީ” ކުރި ސުވާލުގެ ޖަވާބު ރަގަޅަށް އެގިހުރެ އަރޫ ސުވާލުކޮށްލިއެވެ. “ދަރިފުޅަށް ހަމަ ރަގަޅަށް އެގެއެއްނުން އެކީއްވެކަން. މަންމަ ތިން ކުދިން މެދުގައި ހަމަހަމަ ކުރަން ބޭބުންވާތީ ބައްޕަގެ ކުންފުނީގައި އަދި މަސައްކަތް ކުރެވެން ނެތީ. އިންޝާﷲ ވަރަށް އަވަހަށް އެކަން ވާނެ. އެހެންނޫނަސް ބައްޕަމެނެން ބޫނީމެއްނު ދަރިފުޅު ކޯސް ނިމެންދެން ބައްޕަމެން ހުރިހާ ހަރަދެއް ކުރާނަމޭ. ދަރިފުޅު ނުޖެހޭނޭ އެއްވެސް ކަމަކާ ކަންބޮޑުވާކަށް” ދަރިފުޅަށް ނަސޭހަތް ދެމުން ޝާހިދު ބުނެލިއެވެ.

“އަދި ކިރިޔާ ހަނދާންމިވީ. ބައްޕަމެންނަށް އެގޭތަ ބޭބެ އާއި ދޮންބެ އަމިއްލަ ބިސްނަސްއެއް ފައްޓަން އުޅޭކަން؟” އަރޫ އެހެން ބުނެލުމާއެކު ޝާހިދާއި އަމީރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. “އޭން…..” ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ” ކޮންއިރަކު މަގޭ ދަރިން ކުރި ހިޔާލެއްތީ .. އަހަރަމެން ކައިރީ ނުވެސްބުނެ..؟” ހިތްހަމަނުޖެހުމަތްވުރެ ބޮޑަށް އަމީރާ ވީ ދެރައެވެ. އެހާ ބޮޑު ނިންމުމެއް އެމީހުންނަށް ނާންގާ ނިންމީތީއެވެ.

“ދެން އެހާ ބޮޑަށް ދެރަ ނުވޭ. އެކުދިން އެހާ ބުރަކޮށް އުޅެމުން ނުބުނެވުނީ ކަމަށްވާނީ.. އަޝްފާން ގެ ޓެސްޓް ދުވަސްކޮޅެއްނު މީ. އެހެން ނޫނަސް އަހަރަމެން ކައިރީގަ އުޅޫ އަޝްފާގުވެސް ލޮލަށް މިފެންނަނީ ހެދުނު އޮފީހަށް ދާ ގަޑީގަ އެކަނި. އަބަދު އޮފީސް ކަންތަކާ އެއުޅެނީ.. އަހަރަމެން އެކުދިން ބަލައި ކިޔަވައިދީ ހަދައިފިން. މިއީ ދެން އަމިއްލަ ފައިމައްޗަށް ތެދުވަންވީ ވަގުތު. ވަގުތު އައިސް ޖެހުނީމަ ބުނާނެ. އެހާ ދެރަ ނުވޭ..”

“މޮމް.. ދޭ ލަވް ޔޫ. ޑޯންޓް ވޮރީ” ޖޫސް ތަށިން ފޮދެއް ބޯލަމުން އަރޫ ބުނެލިއެވެ.


ގެ ހުންނަ ގޯޅިގަނޑަށް ވަނުމާއެކު ފަޒޫގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. އިސްޖަހައިގެން ކުރިއަށް ހިގައިގަތީ ގޯޅިގަނޑު ތެރޭ އުޅޭ މީހުންގެ އުނދަގޫ މަޑުވާނެ ކަމަށް ބަލައިގެންނެވެ. “އޭ މަންޖޭ…. ރުޅިއައިސްތަ މިއަދުވެސް.” ފަހަތުން އައިސް ފަޒޫގެ ކޮނޑުގައި އަތްލަމުން ބޯހާވާލައިގެން ހުރި މީހަކު ބުންޏެވެ. ލިބުނު ކުއްލި ސިހުމާއެކު ފަޒޫ އަށް ދުއްވައިގަނެވުނެވެ. ސިޑިން މައްޗަށް އެރީވެސް ދުވެފައި ކަހަލަ ގޮތަކަށެވެ. އަވަސް އަވަހަށް ގެއަށް ވަދެ ތަޅުލިއެވެ. އަދި ދެތިންފަހަރު ތަޅުލެވުނު ތޯ ޔަގީންވެސް ކޮށްލެވުނެވެ. އެއަށްފަހު ފުުން ނޭވާއެއް ލެވުނީ ވެފައިހުރި ހާސްކަން ފިލުވާލާށެވެ.

މަންމަ އާއި ބައްޕަ ކުޑަ އިރު ވަކިވުމަށްފަހު ފަޒޫ ދިރިއުޅުނީ މަންމައާއި އެކީ ރަށުގައެވެ. މަންމަ ފަރާތުގެ އިތުރު މީހެއް އެހީ ލިބޭން ނެތުމުގެ ސަބަބުން ދިރިއުޅެންޖެހުނީ މަންމަ ފަހައިގެން ލިބޭ ކުޑަ އެތިކޮޅުންނެވެ. ނަމަވެސް މިގޮތުގައިވެސް މާގިނަ ދުވަހު އުޅެވޭގޮތް ނުވީ މަންމަ އަށް ޖެހުނު ހާރޓް އެޓޭކެއްގެ ސަބަބުންނެވެ. ރަށުގެ ބޭސްފަރުވާގެ ނިޒާމް ދަށްވުމާއި މާލެ ގެންދަން މާލީ ގޮތުން އެހީ ވެދޭނެ މީހެއް ނެތުމުންނެ. އުމުރުން ދިހަ އަހުރުގައި ޖެންޑާއިން ފަޒޫ ކުޑަކުދިންގެ ހިޔާއަށް ބަދަލްކުރަން އުޅުމުން ފަޒޫގެ ބައްްޕަ، ނާޒިމް އެކަމާ ދެކޮޅުހެދީ އޭނަށް ލިބިދާނެ ހުތުރު ނަމަކަށް ބަލާފައެވެ. އެހެންކަމުން ސާނަވީ ތައުލީމް ނިމެންދެން ފަޒޫ ބެހެއްޓީ އޭނާ އާއި އެކީ  މިހާރުގެ އަބިމީހާ ކައިރީގައެވެ. އެގޭގައި ހޭދަވި 5 އަހަރު ތެރޭގައި ދޮންމަންމައިން ދޮންނިޔަދުރަކާ އެއްފަދަ ކުރާ ސަބަބު ފަޒޫއަށް ރަގަޅަށް ސާފުވިއެވެ. އެހެންކަމުން ބައްޕަގެ ހަރަދު ގައި ވަކިން ގެއަކަށް ބަދަލުވެ މަތީ ސާނަވީ ނިއްމައި މިހާރު ގާނޫނީ ދާއިރާއިން ކިޔެވުން ކުރިއަށް ގެންދިޔައެވެ. ބައްޕަ ގޭގެ ކުލި ހަމަޖެއްސި ނަމަވެސް އެހެން ހަރަދުތައް ނުކުރެއެވެ. އެހަރަދުތަކުގެ ޒިއްމާ ފަޒޫ ނަގައެވެ. އޮފީހުން ކޮލެޖަށް ދަމުން އުޅޭންޖެހީ ބުރަކޮށެވެ.

 

59
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

maroon

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ދެވަނަ ބާބު

Next

އެޕާރޓްމަންޓް 4ބީ (ނުވަވަނަބައި)

Next
March 19, 2017

އެޕާރޓްމަންޓް 4ބީ (ނުވަވަނަބައި)

Previews
March 19, 2017

ދެވަނަ ބާބު

7 Comments

  1. hello Hola hi hey(HHHH) says:
    March 19, 2017 at 9:28 pm

    Fahun varah reethi….ummeedhu kuran huttaanulhaaa gendhaanekamah….

  2. Thaa says:
    March 19, 2017 at 11:47 pm

    Varah reethi mivaahakaves haadha commenteh nethey kobaa vaahaka kiyaaa kudhinthah

    1. Hoooooo says:
      March 20, 2017 at 1:32 pm

      Thaa ah engeytha mi site ga gina kudhin ah engeyni liyun therin ge liyumugaa huri unikankan dhahkan. Varah madhu kudhin kolhey rangalhah comment kuraani

  3. Azuna says:
    March 19, 2017 at 11:58 pm

    Feshun reethi. Baraa barah up vaane kamah heekuran

  4. Bubbliano says:
    March 20, 2017 at 9:36 am

    V reethi.. Mi vaahaka up kurany kn dhuvasthakehga?

  5. Rai says:
    March 20, 2017 at 4:40 pm

    V reethi kondhuvas thakehga vaahaka up kuraaany..?

    1. maroon says:
      March 22, 2017 at 7:46 pm

      in sha allah 3 times a week thanku for all the good comments

Comments are closed.

All Right Reserved!