ޔައިނާ ކުއްޖަކަށްވެގެން ގޮސް އެނދުމަތީ އޮށޯތީ އިތުރަށް ޔާއިން ރުޅި ނާރުވާ ކުޑަކޮށް ލޯބިން އުޅެލާށެވެ. ޔާއިން ހަމަޖެހުމަށްފަހު އެނބުރުނުއިރު ޔައިނާ އޮތީ އެނދުމަތީގައެވެ. މިވީގޮތުން ލޯ ސީދާކޮށްލަންވެސް ނުކެރޭނެއެވެ. އެކަމާ ނުވިސްނާ ޔާއިން ކަށިގަނޑުހިފައިގެން ގޮސް ގޮނޑިކައިރިކޮށްލާ އިށީނެވެ. ޔައިނާ މާ ފާޑަކަށް ޔާއިންއަށް ބަލާކަން އިނގުމުން ހިސާބަކަށް އޭނާ ލަދުވެސްގަތެވެ. ނަމަވެސް އޭނާގެ މޫނަށްވެސް ބަލައިނުލާ ޔާއިން ޔައިނާގެ ހިތާވީ ދިމާލުގައި ކަށިގަނޑު ޖެއްސިއެވެ. އެއަށްފަހު އޭނާގެ ބީޕީވެސް ބެލިއެވެ. ޔައިނާގެ އަތް ނަގައި އަތުގެ ދޮންހަމުގައި ހިފަހައްޓާލާފައި ދޫކޮށްލިއެވެ. އެކަން ދެފަހަރު ތަކުރާރުކޮށްލުމަށްފަހު ޔައިނާއަށް ބަލާލިއިރު އޭނާވެސް އޮތީ ޔާއިންއަށް ބަލާށެވެ. “ވަރަށް ބޮޑަށް ލޭ މަދުވެފަ ހުރީ…. ޔޫ ބެޓަރ އީޓް މޯރ ފުރުޓްސް އެން ރަނގަޅީ ޓެސްޓް ހެދިއްޔާ… އައި ނޯ ޔޫ ހޭވް ޕްރޮބްލަމްސް ވިދް ޔޯރ ޕީރިއަޑްސް ސޯ ބެޓަރ ޔޫ ޑޫ ދަ ޓެސްޓްސް…” ޔާއިން އެހެން ބުނެލީ ހެވިފައި އޮތް ޔައިނާ ރަކިކޮށްލުމަށްޓަކައެވެ. އޭނާއަށް މަލާމަތްކުރީތީ އޭނާ އަށް އަދަބުދޭށެވެ. ޔައިނާގެ ހިނިތުންވުން ފަނޑުވުމުން ޔާއިންއަށް ހެވުނެއްކަމަކު އެކަން ކޮންމެހެން ދައްކާކަށް ބޭނުމެއްނުވިއެވެ.
” ކޮންމެ ދެމީހަކުން އެއް މީހަކު އައިސް ތިހެން ނުބުންޏަސް ހަދަން ޖެހޭކަން އިނގެޔޭ..” ޔައިނާ އެހެން ބުންޏެވެ.. “ދެން އެހެންވީމަ ހަދަންވީނު…” ޔާއިން ބުނެލީ ހިތްހަމަނުޖެހިފައެވެ. ޔައިނާ އަނގަބަންދުވިއެވެ. “އަމިއްލައަށް ފެނުނީމަ ހަދާނަމޭ… ކީއްކުރަން ޔާއިން…. އުޕްސް.. ބައްޕަ އެންމެ ލޯބިވާ ދޮށީ ދަރިފުޅު މިކަމާ ބެހެންވީކީ…” ޔައިނާ ތެދުވަމުން ބުންޏެވެ.. ޔާއިން ދުރަށް ނަޒަރު ހިންގާލަމުން ކަށިގަނޑު އޭނާގެ ކަންފަތުން ނެގިއެވެ. އަދި ދާން ތެދުވިއެވެ.
ޔައިނާ އެހާ ފަސޭހައިން ޔާއިން ދޫކޮށްލަން ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ޔާއިންގެ ހިތުގެ އެދުންތަށް ޔާއިން އަމިއްލަ އަށް އަޑުއަހާށެވެ. އޭނާއަށްވެސް ލޯބިދީ ޔާއިންގެ ހިތަށްވެސް ލޯބިދެވޭނެ ދޮރު ހުޅުވައިދޭށެވެ. ފަހަރުގައި އޭރުން މާޒިން އަދިވެސް އެ ނިންމުމާއި ދޭތެރޭ ވިސްނާލަފާނެއެވެ.
އެންމެ ފަސޭހައިން ސިކުނޑިއަށް ވަތް ހިޔާލާއި އެއްގޮތަށް ކަންތަށްކުރަން ޔައިނާ ނިންމިއެވެ. އެ ކިތަންމެ މޮޔަ ހިޔާލެއްވިޔަސް ހެވެވެ. “މަންމާ!!!!” ޔައިނާ ދެކަންފަތުގައި އަތް އަޅާލަމުން ބާރަކަށް ހަޅޭލަވައިގަތެވެ. ދޮރު ހުޅުވި ޔާއިން ވެސް ބިރުން ފަސްއެނބުރުނުއިރު ދެލޯ ހުރީ ބޮޑުވެފައެވެ. ޔައިނާއާއި ދިމާލަށް ދާން ކަބަޑުމަތީ އެއްޗެހި ބެހެއްޓިކަމެއް ނޭނގެ އެނދުން ފުންމާލައިގެން ދެލޯ މަރާލައިގެން ޔައިނާ އެއަންނަނީ އޭނާއާއި ދިމާލަށެވެ. އެވަގުތު މާޒީގެ ދުވަހެއް ސިފަވެގެން ދިޔައެވެ. ޔައިނާ ޔާއިން ކައިރިއަށް ގޮސް މަޑުކޮށްލީއެވެ. ގައިގާ ބައްދައިގަންނަން ބޭނުންނުވީއެވެ. ޔާއިން ޔައިނާއަށް ބަލައިލީ ވީ ކީއްތޯ ބަލާލާށެވެ. “ކުރަފި.. އެތާ އެބައިން…” ޔައިނާ ބުނެލީ އެނދާއި ދިމާލަށް އިޝާރާތްކުރަމުންނެވެ. ޔާއިންއަށް ފުން ނޭވައެއް ދޫކޮށްލެވުނީ ބޮޑުކަމެކޭ ހިތާ ގަތް ބިރު ހިންދާލާށެވެ. “އުޅޭ އެއްޗެއް އުޅޭނެއެއްނު… ޔައިނާ ތީ އަމިއްލައިން އުޅޭ މީހެއްވީމަ އެކަންވެސް އަމިއްލަ އަށް ކުރޭ.. ބައްޕަ އެންމެ ލޯބިވާ ދޮށީ ދަރިފުޅަށް ކޮން ބެހޭކަމެއް..” ޔާއިން ހަމަ ޔައިނާ އޭރު ބުނި ޖުމްލަ ތަކުރާރުކޮށްލީ މަލާމާތުގެ ރާގަކަށެވެ. ޔައިނާ ލޯ އަޅާލިއެވެ. “ދެން އެހެންވިއްޔާ ދޭ..” ޔައިނާ ޔާއިން ގެ އެއްޗެހިތަށް އެ އަތްމައްޗަށް ލައިދެމުން ބުނެލީ ކޮށްޕާލާފައެވެ.
ޔައިނާ ޕްލޭން ފޮލޮޕް ވުމުން ރުޅިގަދަވީއެވެ. ޔާއިނާ ދޮރުލެއްޕިޔަ ނުދީ ޔާއިން ހިފެހެއްޓިއެވެ. “އޯކޭ އޯކޭ ސޮރީ ދައްކަ ހޯދާނަން ކުރަފި..” ޔާއިން ބުނެލީ ޔައިނާ ގަދަ ހަދާފައި ކޮށްޕަމުން ދިޔަ ދޮރުގައި އެއްއަތުން ހިފަހައްޓާލާ ފައި ވިއްދާލަމުންނެވެ. ޔައިނާ ބިރުގަންނާނެކަން ޔާއިންއަށް އިނގެއެވެ. “ބޭނުމެއްނޫން ދާން އުޅޭ މިތަނުން.. އެކުރަފި އައިސް ކާލަފާނެއެއްނު ދެން މަރުވީމަ އެންމެންނަށްވެސް ފަސޭހަވާނެއެއްނު” ޔައިނާ އެހެން ބުނެލުމާއި އެކު ޔާއިންގެ ހުރިހާ ބާރެއް ކެނޑުނެވެ. ހަމައެވަގުތު ޔައިނާ ދޮރު ބަންކިޔާފައި ޖެހިއެވެ. ޔާއިން ފުން ނޭވައެއް ދޫކޮށްލަމުން އޭނާގެ ކޮޓަރިއަށް ދިޔައީ އެއްޗެހިތަށް ބަހައްޓާށެވެ. އަދި ޖެނީމެންކައިރި ބުނެ ޔައިނާއަށް ކާއެއްޗެއް ތައްޔާރުކުރާށެވެ. އޭރު ޖެނީ ހުރީ ޔާއިލް ސުކޫލަށް ބަލައިދާން ތައްޔާރުވެގެންނެވެ. ސުމާއަށް ނާދެވޭނެ ވާހަކަ ބުނެގެންނެވެ. ދެން ހުރި ނީނާ ހުރީ ބަދިގޭގައެވެ. ނީނާ ހުރީ ކައްކާށެވެ. “ނީނާ! ޓްރޭއަކަށް ކާއެއްޗެއްސާއި އާފަލުކޮޅެއް ރެޑީކޮށްލެވިދާނެތަ؟” ޔާއިން އަހާލުމުން ނީނާ އާއެކޭ ބުންޏެވެ. އަދި ކުރަންހުރި މަސައްކަތް ބަހައްޓާފައި އެކަމާއި އުޅުނެވެ.
ޓްރޭ ތައްޔާރުވުމާއި އެކު ޔާއިން އެ ހިފައިގެން ޔައިނާ ކޮޓަރިއަށް ދިޔައީ ނީނާ ކައިރި އިތުރަށް ނުބުނާށެވެ. މިގަޑީގައި އޭނާ އެކަނި ހުރިއިރު ކެއްކުމަށްވެސް ބުރުއަރާނެއެވެ. ޔާއިންގެސް ޔައިނާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. އެވަގުތު ހަނދާނަށް އައީ ޔައިނާ ކާންދޭން ޖެހޭ ބޭސްތަކެވެ. ދެފަހަރު ޓަކި ޖެހިތަނުން ޔައިނާ ދޮރު ހުޅުވިއިރު ހުރީ ދެލޯ ހަނިކޮށްލާއިގެންނެވެ. “ވަރަށް އަވަހަށް މި ހިފާލަންވީނު އެބަ އަންނަން…” ޔާއިން އެހެން ބުނެފައި ޔައިނާއާއި އެ ހަވާލުކުރިއެވެ. އަދި ބޭސް ކޮތަޅު ހިފައިގެން އައިސް އަނެއްކާވެސް ވަނެވެ. އޭރު ޔައިނާ އިނީ އާފަލުކޮޅުތަށް ކާށެވެ. “މިހިރީ ބޭސް.. ނަސީބަކުން ހުރިހާ ބޭހެއްވެސް ހުރީ ކެއުމަށްފަހު، އެހެންވީމަ ރަނގަޅަށް ބަލައިގެން ކެއުމަށްފަހު ކާންޖެހޭ އެއްޗެހި ކާތި… ކޮންމެ އިރަކު ބަލާނަން ކައިފިތޯ، ނުކައިފިކަން އިނގިއްޖެއްޔާ އިންޖިކްޝަނެއް ގެނެސްގެންވިޔަސް ބޭސް އަނގަޔަށް އަޅާނަން..” ޔާއިން ބުންޏެވެ. ޔައިނާ ތުން އަނބުރާލުމުން ޔާއިން ހިނގައިގަތެވެ..
……..
ރޭގަނޑެވެ. ޔައިނާ ކާން ނުދިޔުމުން ޔާއިލް އައިސް ޔައިނާ ދަމައިހަލައިގެން ކަހަލަ ގޮތަކަށް ގެންދިޔައެވެ. އޭރު ކާން ތިބީ ސުމާ އާއި މާޒިންއާއި ޔާއިލްއެވެ. ޔާއިން އެއް ނެތެވެ. “މިހާރު ރަނގަޅުތަ ޔައިނާ؟” މާޒިން އަހާލުމުން ޔައިނާ ހޫމް އޭ ބުންޏެވެ.. އެމީހުން ތިބީ ޔައިނާ ހޮސްޕިޓަލުން އެގޮތަށް އައީމާ ހިތްހަމަނުޖެހިފައެވެ. ހަވީރު އައިގޮތަށް ނަސޭހަތްފަށެއް ދީފިއެވެ.
ޔައިނާ ކައިގެން ބޭސްވެސް ކާންޖެހުނެވެ. އޭރު ސުމާވެސް ނިދަންދަނީއޭ ކިޔައިފައި ވަނީ އޭނާ ވަރުބަލިވެފައި ހުރުމުންނެވެ. ޔާއިލްވެސް ވީ ގޮހެވެ. ޔައިނާ ކޮޓަރިއަށް ވަތް ގޮތަށް އެނދުމަތީ އޮށޯތެވެ. ހަނދާނަށް އަންނަމުން ދިޔައީ ޔާއިންއާއި ދެމެދު ހިނގި ކަންތަކެވެ. އެއާއި އެކު ދެލޮލުން ކަރުނައައެވެ. ނުބުންޏަސް މިވީ 3 އަހަރު ޔާއިން ލޯބިވާކަން އަބަދުވެސް ޔައިނާއަށް އިނގެއެވެ. ނަމަވެސް ރުޅި އާދެވުނީ އޭނާ އެލޯބި ކޮޅުފައިން ޖަހާ ކޮށްޕާލާފައި ދިޔުމުންނެވެ. އެ ލޯބި ހާސިލްކުރަން ޔައިނާހެން އޭނާ މަސައްކަތްކުރިނަމަ ލިބުނީހެވެ. މާޒިން އާއި ވާހަކަދެއްކި ނަމަ އެއްބަސްވީހެވެ. ނަމަވެސް މާޒިން ގެ އެ ކުޑަ ކުޑަ ހިތްހަމަނުޖެހުމާއި އެކު އޭނާ އެ ލޯބި މަތިން ހަނދާން ނައްތާލައިފިއެވެ.
ނުނިދިގެން ދެކޮޅަށް އެނބުރި އެނބުރިފައި ޔައިނާ ތެދުވެގެން ޓެރެހަށް ދާން ނިންމިއެވެ. އެހެންރޭތަކޭ އެއްފަދައިން މިރޭވެސް ހިތުގެ އާދޭސް އިއްވާލާށެވެ. ޔައިނާ ދިޔައިރު އެކަކުވެސް ނެތެވެ. އޭނާ ގޮސް ކުރިން އިންނަތާ ހަމަޖެހުނެވެ. ފިނި ފިނި ރޯޅި އޭނާގެ ކުރު އިސްތަށިކޮޅާއި ކުޅެލުމުން ރީތިގޮތަކަށް އިސްތަށިތަށް ނަށާލިއެވެ. ޔައިނާއަށް ލޯ މަރާލެވުނެވެ. އެވަގުތު ކުރިމައްޗަށް ސިފަވީ ހަނދާންކުރަން ބޭނުންނުވި އެ ރޭގެ ހަނދާންތަކެވެ. ހިތަށް ތަދުވީވަރުން އޭނާ ހިތާއި ދިމާލުގައި އަތް އަޅާލެވުނެވެ. ރޯން ބޭނުންނުވިޔަސް އޭނާއަށް ރޮވެނީއެވެ. ޔައިނާ ބޭނުންވީ ލައްގަނެލާށެވެ. ދަށްބަނޑަށް ތަދުވާގޮތުން މިހެން އިނީމާ މާ ތަދުވެޔޭ ހިތާ އޭނާ ގޮސް ދޮރު ކައިރި ހުރި ފާރުގައި ލައްގަނެލިއެވެ. އެހިސާބަށް އެޅިފައި އިން އިމާރާތެއްގެ ހިޔަނި އެޅި އެތަން އިނީ އަނދިރިވެފައެވެ. ޔައިނާ ލައްގަނެލާފައި ކުޑަކޮށް ހަމަޖެހުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ހަނދެވެ. ޔައިނާ ހަނދަށް ބަލަހައްޓައިގެން އިނީ ހިނިތުންވެލައިގެންނެވެ.
ކުއްލިއަކަށް ޔައިނާ ސިހުނީ މީހަކު ދޮރު ހުޅުވި އަޑަށެވެ. އެދިމާ ބަލާލިއިރު އެއީ ޔާއިންއެވެ. ޔައިނާ ދެލޯ ބޮޑުކޮށްލާފައި ކުޑަކޮށް އެތެރެއަށް ދެމިގަތީ އޭނާ އައި ބޭނުން ބަލާށެވެ. ޔާއިން ގޮސް ރެއިލިންގައި ދެއަތުން ހިފެހެއްޓިއެވެ. ސިފަވަމުން ދިޔައީ ޔާއިންއާއި ޔައިނާއާއި ދެމެދު ވީ ކަންތަކެވެ.
“ޔާ ﷲ.. މިހިތަށް ވިސްނައިދޭން ބޭނުންވިޔަސް ކީއްވެތަ ނުވިސްނެނީ…. އެއީ މިދުނިޔޭގައި އިތުރު ބައެއް ނެތްއިރު ހުރިހާ އުފަލެއް ދީ އަމިއްލަ ލޭ ނޫންކަމުގައި ވިޔަސް ހުރިހާ ކަމެއް ކޮށްދީ ބޮޑު ކުރި މަންމައާއި ބައްޕަގެ ދަރިފުޅު.. ދެން ކީއްވެތަ މިއަދުވެސް އެ ގާތްކަން އިތުރު ކުރަން ބޭނުންވީ… ކީއްވެތަ؟؟” ޔާއިން ރެއިލިންގައި ޖެހިއެވެ. ޔައިނާ ތެދުވެފައި ޔާއިން އާއި ދިމާލަށް ދިޔައިރު އެދެލޮލުން ކަރުނަ ފައިބައެވެ.
ޔައިނާ ގޮސް ޔާއިން ކައިރި މަޑުކުރިއެވެ. “އެއީ ޔާއިން އަމިއްލަ ފައިން ކޮށްޕާ ދުރަށްލި ލޯބީގެ ބާރަކީ….” ޔައިނާ ބުންޏެވެ.. ޔާއިން ސިހިފައި ޔައިނާއަށް ބަލައިލިއެވެ. “ކިހާ މަޖާ، ޔާއިން އަކަށް މަންމައާއި ބައްޕައަށް ދެރައެއް ދޭކަށެއް ބޭނުމެއްނުވޭ….. އެކަމް ތިހިތުގައި އުފެދޭ އިހްސާސްތަށް ހުއްޓުވޭކަމަކަށްވެސް ނުވޭ…” ޔައިނާ ބުނީ މަލާމާތުގެ ރާގަކަށެވެ. ޔާއިން އެތަނުން ދާން ހިނގައިގަތް ވަގުތު ޔައިނާ ޔާއިންގެ އަތުގައި ހިފެހެއްޓިއެވެ.”ޕްލީސް ޔާއިން… ޕްލީސް…. ތިހެން ނުހަދަބަ… ޕްލީސް… އަހަރެން މަރުވެދާނެ……. ޕްލީސް…” ޔައިނާ އާދޭސްކުރާ ރާގަކަށް ބުނެލިއިރު އެ އަޑު ކުރެހިގެންދިޔައެވެ. ޔާއިން ޔައިނާގެ އަތުން އޭނާގެ އަތް ދަމައިގަތެވެ. “އެއްފަޅީގައި އެހުރީ އަހަރެން މި ދުނިޔޭގައި އުޅެން ދަސްކޮށްދިން އަދި އަހަރެންގެ ހަމައެކަނި ތިބި މީހުން.. އެމީހުން އަހަރެންނަށް ވީ ޤުރުބާނީތަށް ހަނދާން ނައްތާކަށް ބޭނުމެއްނޫން…. އަދި ޔައިނާ ތި ހީކުރާހާ ގޮތަކަށް ނޫން މި ވިސްނަނީކީވެސް…. ސޯ އަމިއްލައަށްވެސް ވިސްނިގެން ރީއްޗަށް އުޅުން ރަނގަޅުވާނީ..” ޔާއިން ބުންޏެވެ.
“ޕްލީސް ޔާން…. ޕްލީސް…. އަހަރެން މަރުވެދާނެ..” ޔައިނާ ތަށިމުށިމައްޗަށް ވެއްޓިގަތެވެ. “ޔަނާ މި ހުރިހާ ދުވަހުވެސް އުޅުނީނު އެހެންވީމަ މިހާރުވެސް އުޅެވޭނެއެއްނު… މަރެއްނުވެއެއްނު…” ޔާއިން ބުންޏެވެ. އެއާއި އެކު ޔައިނާ ޔާއިންއަށް ބަލައިލެވުނެވެ. “މަރުނުވެޔޭ؟ ޔާއިން!! މިހެން ކޮށްޅަށް ހަމަޖެހިލައިގެން ހުއްޓަސް އަހަރެން އެތަކެއްމަރަކުން މަރުވެއްޖެ… އެކަމް… މަރުވެދާނަން އެހެންވިއްޔާ. އޭރުން ދޯ ޔާއިންމެން ގަބޫލުކުރާނީ…….” ޔައިނާ އެހެން ބުނެފައި ތެދުވެ ރެއިލިންގައި ހިފެހެއްޓިއެވެ. ޔާއިން ފަހަތަށް އެނބުރުނީ ޔައިނާ ބުނިގޮތުން ކަމެއް ކުރަން އުޅެނީކަން އިނގިއެވެ. ޔައިނާ ރެއިލިން މައްޗަށް އަރާތަން ފެނި ޔާއިންގޮސް ޔައިނާ ހިފެހެއްޓިއެވެ. “ނޫން ނޫން ދޫކުރޭ… މަރުވިޔަ ދީ.. ޔާއިން އަށް ކޮންކަމެއް ޔާއިން ތިއުޅެނީނު ހަމަ…” ޔާއިން ކޮށްޕާލަމުން ޔައިނާ އެހެން ބުނެފައި ރެއިލިންގައި ހިފަހައްޓާ ފުންމާލަންއުޅުނެވެ. ހިނދުކޮޅަކަށް ހަމަ ބުއްދި ފިލައިގެން ދިޔައިރު އޭނާއަށް ކުރެވޭ ނުކުރެވޭއެއް ނޭނގެއެވެ. ހިނދުކޮޅަކަށް ހިތްވަރުގަދަ ޔައިނާ ފިލައި ފިނޑި ޔައިނާއަށް ބަދަލުވެއްޖެއެވެ. ޔާއިން ތެޅިގަނެފައި ގޮސް ޔައިނާގެ ގައިގާ ހިފަހައްޓާފައި އޭނާއާއި ދިމާލަށް ގެނައެވެ. ޔައިނާ ހީވަނީ މޮޔައެއްހެންނެވެ. ރޮމުން ރޮމުން ޔާއިންގެ އަތުން ވީއްލިގެން ދާން ބޭނުންވިއެވެ.
ޔާއިން ޔައިނާގެ ގައިގާ ހިފަހައްޓާފައި ތަޅުވައިގަތީ އޭނާ ހަމައިން ނައްޓަފާނެތީއެވެ. “ޔައިނާ!!!” ޔާއިން ގޮވާލުމާއި އެކު ޔައިނާ ޔާއިންގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު އެ ދެލޮލުން ފެންނަމުން ދިޔަ އެއްޗެއް ގެ މާނަ ޔައިނާއަކަށް ނޭނގުނެވެ. އޭނާގެ އަނގައިން މަޑު އާހެއް ނިކުތެވެ. ހިތުގައި ކިތަންމެ އެއްޗެއް ޔައިނާއަށް ކިޔަން ބޭނުންވިޔަސް އޭނާ ހަމަޔަކަށް އެޅިއްޖެކަން އިނގުމުން ޔާއިން މަޑުމަޑުން ޔައިނާގެ ހަށިގަނޑުން ދެއަތް ދޫކުރިއެވެ. ޔައިނާ އަށް ހުރެވުނީ ޔާއިންގެ ބާރުގައެވެ. ހަމަ ދޫކޮށްލުމާއި އެކު ހުރިތަނަށް އޭނާ ތިރިވެވުނެވެ. “ޕްލީސް ޔާން…. ޕްލީސް…… ޕްލީސް… ބައްޕަ އަށް އަންޑަސްޓޭންޑް ވާނޭ.. އެކަމް އަހަރެން އެކަނިން އުޅެގެންނެއް ނުވާނޭ…. ޔާންވެސް ޖެހޭނެޔޭ ބައްޕައަށް ވިސްނައިދެން.. ޕްލީސް ޔާން….. ޕްލީސް…” ޔައިނާ އާދޭސްކުރިއެވެ. އަނެއްކާވެސް އެ ލޮތްބަށް ސަލާންޖަހަންފެށިއެވެ. އިތުރަށް ކެތްނުވީއެވެ.
ޔާއިން ޔައިނާގެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާ ނެގިއެވެ. އަދި ރެއިލިންގައި އެ ހަށިގަނޑު ޖައްސާލަމުން ޔައިނާގެ ކުރިމައްޗަށް އެރިއެވެ. އެދެލޮލުގައިވެސް ކަރުނަ ވާކަން ޔައިނާއަށް އެވަގުތު އިނގުނެވެ. “ޔައިނާ!! އެއީ ޔައިނާގެވެސް މަންމައާއި ބައްޕަ… އެމީހުން ނުރުހޭ ކަމެއްކުރަން ކެރޭނެތަ؟ ކޮން އުފަލެއް ލިބޭނީ އެމީހުން ރުޅިއަންނަކަމެއް ކޮށްގެން؟ ޔަނާއަށް ފަހަރުގައި ތިހެން ރުޅިއައިސް އުޅުމުގެ ހައްޤު އެބައޮތް.. އެއީ ޔައިނާގެ އަމިއްލަ ބައްޕަ ވީމަ.. އެކަމް އަހަރެންގެ ކޮންބައެއް އެއީ؟.. އެއްވެސް ގުޅުމެއް ހުރި ބައެއް ނޫނޭ އެއީ އެކަމް ލޯބިން ދަރިފުޅާ އޭ ގޮވާލާ ދޮށީ ދަރިފުޅޭ ބުނެ އެ ލޯބިދޭތީ ވަރަށް އުފާވެ…. އަހަރެންނަކަށް އެމީހުންގެ ނަން ވެއްޔާ މޮޑެގެން ދާނެކަހަލަ ކަމެއް ކުރާކަށް ބޭނުމެއްނޫން…. ޔައިނާ ޕްލީސް ވިސްނާލަބަލަ.. އިތުރަށް އާދޭސްނުކޮށްބަލަ ޕްލީސް…” ޔާއިން ވަރަށް ރީއްޗަށް ވިސްނައިދެވޭތޯ ބެލިއެވެ. ޔައިނާ ދެކޮޅަށް ބޯ ހަރަކާތްކުރަން ފެށިއެވެ.
“ނޫން…. ޔާއިން…. ދެން.. ދޭ..! ޔާއިން އެއްވެސް ލޮތްބެއް ނުވޭ.. ލޯބި ވެގެނެއްވެސް ނޫން ތި ހުރިހާ އެއްޗެއް ކީކީ… މިވަރަށް އާދޭސްކުރާއިރު ތި ހިތުގައި ލޯބި އޮތްނަމަ ޔަޤީނުންވެސް ކުޑަ ހަރަކާތެއްކޮށްލިސް ތި ލޯބި އަންގަން.. އެކަމް ޔާއިން ބޭނުންވަނީ މި ހިތް ހަލާކުކޮށްލާކަށްނު… އަހަރެން މަރާލާކަށްނު.. އަހަރެން އިތުރަށް މަރުވަންޏާ މަރުވާނީ މުޅި އުމުރަށް.. ތި އެންމެން އަހަރެން މީގެ 3 އަހަރު ކުރިން މަރާލައިފި…. ތި ހިތުގައި ކުޑަވެސް ލޮތްބެއް ނެތް… ރަހުމެއް ނެތް… މީގެ އަހަރުތަކެއް ކުރިންވެސް އަދި މިހާރުވެސް… ޖަސްޓް ގޯ..” ޔައިނާ ހީވީ މޮޔައެއްހެންނެވެ. ޔާއިން ކޮށްޕާލަމުން އޭނާ ރެއިލިންގައި ލައްގަނެފައި ރޯންފެށިއެވެ. ޔާއިން އާއި މެދު ޔައިނާ ކޮންމެ ގޮތަކަށް ދެކުނަސް ހެވެވެ. ޔާއިން ދާން ފަސްއެނބުރުނެވެ. ހިތްވަރުކޮށްފައި ފުރަތަމަ ފިޔަވަޅު އެޅިއެވެ. އެއަށްފަހު ހިނގައިގަތެވެ.
“ޔާއިން އެންމެ ފިޔަވަޅެއް އިތުރަށް އެޅިޔަސް އަހަރެން މަރުވާނަން….” ޔާއިންގެ ފިޔަވަޅުތަށް ހުއްޓުނީ ޔައިނާ އެހެން ބުނެލިއަޑަށެވެ. އޭނާ ފަހަތަށް އެނބުރުނު އިރު ޔައިނާ ހުރީ ރެއިލިންކައިރި ކޮޅަށް އޭނާއަށް ފަސްދީގެންނެވެ. “ޔައިނާއެއްނު ދެންމެ ތި ބުނީ ދާށޭ؟؟” ޔާއިން ބުންޏެވެ.. “އެދުވަހު ދިޔައީ ދާށޭ ބުނީމަތަ؟ މިހާރު އިނގިއްޖެ ތި ހިތުގައި ހަމަ ކުޑަކޮށްވެސް ލޮތްބެއް ނެތްކަން…. ޔާއިން މިރޭ އަހަރެން މަރުވާތަން ބަލާފައި ނޫނީ ތިތާކުން ނުކެރޭނެދާކަށް..” ޔައިނާ ބުނެލީ ރެއިލިންގައި އަތުން ޖަހާލަމުންނެވެ.
“ޔައިނާ މޮޔަވީތަ؟” ޔާއިން ބުންޏެވެ. ހުރި ފިޔަވަޅުމަތީ އޭނާ އޭރުވެސް ހުއްޓެވެ. “މޮޔަވާނެ މިހެން އުޅެގެން… އެންމެންވެސް އުޅެނީ އަހަރެން ދުނިޔެއިން މޮޔަނުވެގެންނެއް ނު… ޔާއިންވެސް ތިއުޅެނީނު ހަމަ ރީއްޗަށް… ޔާއިން ނުވެޔޭ ހަމަ އެއްވެސް ލޮތްބެއް.. ޔަޤީން ވެއްޖެ މިހާރު….” ޔައިނާ ބުނެފައި ކުޑަކޮށް އޭނާގެ ހަށިގަނޑު ރެއިލިންއާއިލާ ފިއްތާލިއެވެ.
ޔާއިން އަށް އިތުރަށް ކެތްކުރާކަށް ނުކެރުނެވެ. ލޯބިވާ ޔައިނާ އިތުރަށް ތެޅޭތަން ބަލާކަށް ނޭދެވުނެވެ. އޭނާ މޮޔަވެދާނެއެވެ. ޔާއިންހާ ޔައިނާ ހިތްވަރުގަދައެއް ނޫނެވެ. އެހާ އަޒުމްވަރުގަދައެއް ނޫނެވެ. ކިތަންމެ ހިތްވަރުގަދަ ބަޔަކަށް އަންހެނުން ވިއެއްކަމަކު އެމީހުންގެ ވެސް ކެތް ތެރިކަން ކޮޅުންލައިދާނެއެވެ. ޔާއިން އިހްތިޔާރަކާއި ނުލާ ޔައިނާއާއި ދިމާލަށް ދެވުނެވެ. އަދި ޔައިނާގެ އަތުގައި ހިފަހައްޓާލަމުން އޭނާއާއި ދިމާލަށް އަނބުރާލީ ކުއްލިއަކަށެވެ. އެއަށްފަހު ޔައިނާ ރެއިލިންގައި ޖައްސާލަމުން ޔައިނާގެ ކުރިމައްޗަށް އެރިއެވެ. “ދުވަހަކުވެސް ލޯބިނުވެޔޭ ނުބުނައްޗޭ.. މާތް ﷲ ދެނެވޮޑިގެންވާނެ މިހިތުގައި ޔައިނާއަށްޓަކައި އޮތް ލޯބި…..” ޔާއިން ބުނެލީ ސީދާ ޔައިނާގެ ދެލޮލަށް ބަލަންހުރެފައެވެ. އެވަގުތު ޔައިނާގެ ދެލޮލުން ޔާއިން އަށް އެ ބުނެދެނީ ކޯޗެއްކަމެއް ނުވިސްނުނެވެ. ޔައިނާ ލޯ މަރާލީ ދެލޯ ފުރި ކަރުނަތަށް ފައިބަން ހެދުމުންނެވެ. ޔާއިން ޔައިނާގެ ކަރުނަތަށް ފޮހެދިންވަގުތު ޔައިނާ ދެލޯ ހުޅުވިއެވެ.
އެވަގުތު ދެމީހުންގެ ހަށިގަނޑުގައި ކުޅެލީ ކޮންކަހަލަ ރާގެއްކަމެއް އެދެމީހުންނަށްވެސް ނޭނގުނެވެ. ޔާއިން ޔައިނާގެ މޫނުމަތީ ދެއަތުން ހިފެހެއްޓިއެވެ. އެ ހުރިހާއިރު އޭނާ ދިޔައީ ހިތަށް އިސްކަންދެމުންނެވެ. ސިކުނޑި އޭނާއަށް އެލާރމް އަޅަމުންދިޔައިރު އޭނާއަށް އެ އަޑެއްނޭހުނެވެ. މަޑުމަޑުން ދެމީހުންގެ މޫނު ކައިރިވަމުން ދިޔައެވެ. ޔައިނާގެ ދެލޯ މެރުނެވެ. ޔާއިންގެ ތުންފަތް އޭނާގެ ތުންފަތުގައި ޖެހުނުވަގުތު ލޯލިތަށް ކޮޅަށް ޖެހުނެވެ. ޔާއިން ޔައިނާގެ ތުންފަތަށް ބޮސްދޭންފެށިއެވެ. އެތަށް ދުވަހެއްގެ ރުއިމާއި ވޭން އެ ހިނދުކޮޅަކަށް އެދެމީހުން ހަނދާންނެތުނެވެ. މުޅި ދުނިޔެމަތިން ހަނދާން ނެތުނެވެ. އެދެމީހުންގެ މަޖުބޫރީތަށް މަތިން ހަނދާންނެތުނެވެ. ހިތަށްވެސް ކެތްވާނީ ވަކިވަރަކަށް ނޫންހެއްޔެވެ.؟
އެވަގުތު ކޮޅު މެދުކަނޑާލީ ޔައިނާއެވެ. ނަމަވެސް ޔާއިން ދެންވެސް ޔައިނާގެ ތުންފަތަށް ބޮސްދިނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ހިތަށް މާބޮޑަށް ބަރުވެ ހިތް ހަލާކުވީއެވެ. ސިކުނޑި ސުމަކަށް ދިޔައީއެވެ. ޔައިނާ އޭނާގެ މޫނުމަތީ ހިފަހައްޓާލެވިފައިވާ ޔާއިންގެ އަތުގައި ހިފަހައްޓާލަމުން ދުރަށް ޖެހުނެވެ. އަދި ޔާއިންގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އެވަގުތު ފަޅިވެފައިވާ އެތިކޮޅުތަށް ގުޅުނުކަހަލައެވެ. ޔާއިންއަށްވެސް ވީ ގޮތެއް ނޭނގުނެވެ. ގަދަ އަޒުމެއްގައި ހުރި ޔާއިން ހަމަ އެންމެ ސިކުންތެއްގައި ހަމައިން ނައްޓައިފިއެވެ. ނަމަވެސް އެމީހުން އެވަރަށް ކެތްކޮށްފިތާއެވެ. ކެތްކުރުމުގެ ހައްދެއްވެސް ވާނެއެވެ. އެ ހައްދުން ނައްޓާ ކެތްތެރިކަން ކޮޅުންލާ ދާއިރު އަމިއްލަ ނަފްސް ކޮންޓްރޯލްއަށް ގެނައުމަކީ އުނދަގޫކަމެކެވެ.
ޔާއިން ޔައިނާ އޭނާގެ އަތް ދަނޑި މައްޗަށް ލިއެވެ. ޔައިނާއަށްވެސް ވާގޮތެއް ނުވެސް އިނގޭކަހަލައެވެ. ޔާއިން ލުއިފަތެއްހެން ޔައިނާ ނަގައިގަނެގެން ހިނގައިފައި ދިޔައެވެ. އަދި ޓެރެހުން ފައިބައިފައި މަޑުމަޑުން ގޮސް ޔައިނާގެ ކޮޓަރި ދޮރު ހުޅުވިއެވެ. އެއަށްފަހު ޔައިނާ އައިސް އެނދުމަތީ ބޭއްވިއެވެ. އެ ހުރިހާ އިރު ޔައިނާ އޮތީ ޔާއިންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.
ޔާއިން އިސްޖެހިއެވެ. އަދި ދާން ތެދުވި ގަޑީގައި ޔައިނާ އެ އަތުގައި ހިފަހައްޓާލަމުން ތެދުވިއެވެ. އެ ދެލޮލުގައިވަނީ އާދޭހެވެ. އެ ލޯބި ދޫކޮށްފައި ނުދިޔުމަށެވެ. އެކަނި ކޮށްނުލުމަށެވެ. “ޕްލީސް ނުދޭ” ޔައިނާ ބުންޏެވެ. ޔާއިން ދެކޮޅަށް ބޯ ހަރަކާތްކޮށްލަމުން ޔައިނާގެ އަތުން އަތް ނެއްޓުވިއެވެ. އަދި ފަސްއެނބުރި ދޮރާއި ދިމާލަށް ދިޔައެވެ. ޔައިނާ ދުވެފައި އައިސް ފުރަގަހުން ޔާއިންގެ ގައިގާ ބައްދާލިއެވެ. “ނޫން ޕްލީސް ޔާން ޕްލީސް…. ނުދޭ…” ޔައިނާ ބުންޏެވެ.”ޕްލީސް ޔައިނާ…” ޔާއިން އެހެން ބުނެފައި އެ ދެއަތް ނައްޓުވާލަމުން ހިނގައިގަތެވެ. ޔައިނާ ގޮސް ދޮރު މައްޗަށް އަރާ ޔާއިންގެ ކުރިބެއްދިއެވެ. އަދި ދެކޮޅަށް ބޯ ހަރަކާތްކުރަންފެށިއެވެ.
“ޔާން….. ޕްލީސް….” ޔައިނާ ރޮއެގަތެވެ. އިސްޖަހާލައިގެން ހުރި ޔާއިން ޔައިނާގެ މޫނަށް ބަލައިލިއެވެ. ދެމީހުން އެއްކަމަކަށް އެދެވުނެއްކަމަކު ދުނިޔޭގެ އެންމެން އެ ގުޅުމާއި ދެކޮޅުވާނެއެވެ. ހުދު މަންމައާއި ބައްޕަ އެކަނިވެގެން އެ ގުޅުމަށް އާބަސް ބުންޏަސް ގައިމުވެސް އެދެމީހުން ގުޅުނީހެވެ. ޔާއިން ޔައިނާ އާއި ކައިރިވިއެވެ. “ޕްލީސް.. އޯކޭ މިރެއަށް އެކަނިވިޔަސް.. ޕްލީސް… ދުވަހަކުވެސް ޔާން ކައިރި އިތުރަކަށް ނާހާނަން.. މިރޭ ދޫކޮށްލާފައި ނުދޭ.. ޕްލީސް… އައި ނީޑް ޔޫ ޔާން ޕްލީސް މިރޭ ނުދޭ ޕްލީސް….” ޔައިނާ ދެއަތް ޖޯޑުކޮށްލަމުން ހުރިތަނަށް ތިރިވިއެވެ. ޔާއިން ދެލޯ މަރާލީ ކަރުނަތަށް ހިންދާލާށެވެ.
އޭނާވެސް ދުވަހަކުވެސް ޔައިނާ ބޭނުންނުވާ ވަރަށް މިރޭ ވެއްޖެއެވެ. އެއީ މިއަދު ކަންތަށް ވީ ގޮތުން ކަންނޭނގެއެވެ. ޔާއިން ޔައިނާއާއި ހަމާއަށް ތިރިވެލަމުން ޔައިނާގެ ކޮލުގައި ފިރުމާލިއެވެ. “ޕްލީސް ޔަނާ ޑޮންޓް ކްރައި…” ޔާއިން ޔައިނާގެ ނިތުގައި އޭނާ ނިތް ޖައްސާލަމުން ބުންޏެވެ. “މިރޭ ނުދޭ ޔާން ޕްލީސް… ދެން ނުވެސް އަހާނަމޭ… ދެން ހަމަ ކުރިން އުޅެހެން އުޅޭނަން.. އެކަމް މިރޭ ނުދޭ… ޕްލީސް.. އައި ނީޑް ޔޫ…. ޕްލީސް…” ޔައިނާ އާދޭސްކުރަމުންދިޔައެވެ. ޔައިނާ ކުއްލިއަކަށް ޔާއިންގެ ގައިގާ ބައްދައިގަތެވެ. އެއަތުގެ ހިމާޔަތަށް އޭނާ އެދޭތާ ކިތަށް އަހަރުހެއްޔެވެ. ޔާއިން ޔައިނާގެ ހަށިގަނޑު އެ ދެއަތް ތެރެއަށް ގެނެސް ލިއެވެ. ޔައިނާ ޔާއިންގެ ޓީޝާޓުގައި ހިފަހައްޓައިގެން އިނދެ ރޮމުންދިޔައެވެ. އެވަގުތު ޔާއިން އޭނާ ދުރަށްޖެއްސިއެވެ.. އަދި ދޮރުގައި އޭނާ ލައްގަނެލަމުން އޭނާގެ ފައިމަތީ ޔައިނާ ބޭންދިއެވެ. “ދެން ނުރޮއްޗޭ ތިހެން… މިހިތް ހަލާކުވެދާނެ.. ޔަނާ ރޯ ކޮންމެފަހަރަކު ހީވަނީ މިހިތަށް މީހަކު އަލިފާން އަޅާހެން….” ޔާއިން ބުނެލީ ޔައިނާގެ ކަރުނަތަށް ފޮހެދެމުންނެވެ. އެދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. މޫނުމަތީވެސް ހުރީ ރަތްކަމެކެވެ.
ޔާއިން ޔައިނާގެ ބޮލުގައި ތުންފަތް ޖައްސާލައިގެން އިނީ ޔައިނާ ހަމަޔަކަށް އެޅޭނެ އިރަކަށެވެ. “ނުދާނަންދޯ ޔާން..؟” ޔައިނާ އަހާލުމުން ޔާއިން ބޯ ޖަހާލީ އިތުރަށް އެ މޭތެރޭ ޔައިނާ ބޮނޑިކޮށްލަމުންނެވެ. އެވަގުތު ޔައިނާ ޔާއިންއަށް ބަލައިލިއެވެ. އެ އަތުތެރެއަށް ޔައިނާ ލަމުން ޔާއިން އެ ތުންފަތަށް ބޮސްދޭންފެށިއެވެ. ދެމީހުންގެ ނޭވައި އަވަސްވެ ހިތްވަނީ އަވަސްވެފައެވެ. އެ ހިނދުކޮޅު މެދުކަނޑާލީ ޔައިނާއެވެ. ދުރަށްޖެހިލުމުގެ ކުރިން ޔާއިން އެ ދެއަތުން ޔައިނާގެ މޫނުމަތީ ހިފަހައްޓާލާ އަނެއްކާވެސް ކައިރިކުރިއެވެ. އަދި ހަމަ އަނެއްކާވެސް ޔައިނާގެ ތުންފަތަށް ބޮސްދޭންފެށިއެވެ. ޔައިނާ ދެންވެސް ދުރަށްޖެހުނެވެ. ޔާއިން ޔައިނާގެ މޫނަށް ބަލައިލީ އެއްޗެއް ބުނަން އޭނާ އުޅޭހެން ހީވުމުންނެވެ. ދެމޫނު ދޭތެރޭ މާ ބޮޑު ދުރުކަމެއްވެސް ނެތެވެ. ޔާއިންގެ ހޫނު ނޭވައި ދިޔައީ ޔައިނާގެ މޫނަށް އެޅެމުންނެވެ. “ބުނެބަލަ އެންމެ ފަހަރަކުވެސް ލޯބިވެޔޭ ޔާން.. ޕްލީސް..” ޔައިނާ އެހެން ބުނުމުން ޔާއިން އޭނާގެ ކޮލުގައި ހިފަހައްޓާލިއެވެ. މިރޭ އޭނާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވުނީތީ ދެރަވިއެވެ. ނަމަވެސް އެގޮތަށް ޔައިނާ ތެޅެން ދޫކޮށްލެވޭނެހެއްޔެވެ؟ އޭނާ އެދެނީ ހަމައެކަނި މިރެއަށް ވިއްޔާއެވެ؟ ޔައިނާ ފަދައިން ޔާއިންވެސް މިރޭ ލޯބިން އުޅެލަން ބޭނުންވެއެވެ.
109122 Comments
Comments are closed.
Ryn
March 18, 2017 at 9:28 amSalaam!! and a very good morning. And i guess there r maybe 3 or 4 parts.. Anyway thankx for the good lucks 😉 Take a very good care ??
f
March 18, 2017 at 9:43 amwhat the **** is this
SaSha
March 18, 2017 at 10:03 amwhats wrong ?
Ryn
March 18, 2017 at 10:26 amIt’s something I would love if u stop reading so that u won’t have to say bad words. ?❤
ryn ge fan
March 18, 2017 at 9:49 ammind ur language f.. ryn ur the best ilove u.. so sad yana moya v ma.. i want yaan… f kahala meehun v gaddaa vaane
Ryn
March 18, 2017 at 10:27 amThank you darling. ❤ ilyt. ❤❤?
sonaalee
March 18, 2017 at 9:53 amV v v reethi…konirakun next part
Ryn
March 18, 2017 at 10:28 amThank you ❤? in sha Allah next part Monday ga. ??
Yoonii
March 18, 2017 at 9:58 amMe fst dhw…. Alhe haadha reehchey….. Yaain aa yainaa gulhuvaba plxxxx… Next part konirakun….
Ryn
March 18, 2017 at 10:28 amThank you ❤? and let’s see dhw emyhun ah vaagoii.. in sha Allah next part Monday ga. ??
Shiu
March 18, 2017 at 10:08 amV salhi
Btw dear ge exam kihineh
When next part
Hama dhera vany mi part kiyaafa
Ryn
March 18, 2017 at 10:30 amThank you ❤? and my exam was average not so awesome. ??.. In sha Allah next part Monday ga. ??
Isha
March 18, 2017 at 10:20 amVarah reethi mi part ves… Ekamu ehen nahadhaba ryn haadha dhereh vaaneyeh yaain aar yainaa aa emieehun gulhavadhiee ?
Ryn
March 18, 2017 at 10:30 amThank you ❤? and let’s see what will happen next dhw. ??❤
ReeXa
March 18, 2017 at 10:23 amMihaaru vaahaka ah ituhur furihama kameh aisfi. . Dhn avahah yaain aa yainaa aa gulhuvabala. ..
Ryn
March 18, 2017 at 10:31 amThank you so much.❤?
luhan
March 18, 2017 at 10:44 amV salhi…U r the best.
Maazin
March 18, 2017 at 10:47 amYaaan. Thi tha bappa ge dhoshi dhari ulhen vi gothaki. Bappa ge hurinaa unmeedhey veyaa modevijje. ???
sonaalee
March 18, 2017 at 10:56 amRom baa leema mihaar vaahaka v v furihama..finally yana n yaain gulhijje..lakka dhuvahu keiykoffi….v v v reethi
AN
March 18, 2017 at 11:02 amnice
Hiafa
March 18, 2017 at 11:03 amTbh miee varah viyaanudhaa kanthah thakeh fathuran liyefa oih vaahaka eh..
beyru thanthaa vex myhun ulheyne kudhin adapt kohgen… Ekam noolhey ekaku anekakaa hithaa vegenneh
Mi story ga dhemyhunnah vex kurin ingifa onnanee eiee siblings kamah
So dhemyhun hithaavegen loabivun eiee varah huthuru kameh
Writer beynun vedhaane thafaathu story eh gennan
But this is not right
(My opinion ?
My opinion
March 18, 2017 at 11:45 amBala shinege storygaves hama neyngi thibe loabi veveny. Ekam ryn ah v ma dhw thihen thi commnt kury. Shine aa dhimaalah keehvetha nubunany?
Psst
March 18, 2017 at 12:15 pmTrue Hiafa. Just what I wanted to say. And mihaaru dhemyhun maa gaaiy kurany
Btw ‘My opinion’ shine ge story ga loabiveveny beybe kokko kan neyngi, and fahun they try to control themselves. Ekam mivaahakaiga loabivany hama engihure…. so mii varah huthuru kameh….
And I don’t even know shine and ryn personally, so kommehen shine rangalhu kuranyky noon. Shine vs liyaa echcheh ga kamunudhaa kameh vaanama bunaanan kamaku nudhe ey
Aaisha
March 18, 2017 at 1:11 pmVaahaka liyaa iruvex thankolheh bodah visnaalun muhimmu
I believe that cousins aar gulhun eiee dheenuga huhdha kameh kan
Ekam mi story ga yaain n yaaina ingeynee eiee kokko aar beybe kan
So siblings dheytherey mifadha mududhaaru gulhun ufedhey vaahaka liyumakee varah hadi kameh
Shine ge stories ga loabi vevenee eiee siblings kan neyngi
I do like ryn stories but this is bull shit ?
No offense btw
Hope ryn ah visneyne kamah ?
En
March 18, 2017 at 2:41 pmHaifa kairy kaaku buny mi vaahaka kiyaashey.. Haifa viyaanudhaathy ve mikahala viyaanudhaa vaahaka kiyany… Aslu vaagothaky Ryn v ma hajam nukureveny
Ely
March 18, 2017 at 5:40 pmEn hajjam plx ragalhah dhivehi nudhana kujjaku heyvifahuri hadieh miey
SaSha
March 18, 2017 at 11:48 ami’m with the writer .
Riff Rif
March 18, 2017 at 12:18 pmVrh salhi….avahah nxt prt up khdhy….wtng wtng
I'm serious
March 18, 2017 at 12:44 pmRyn seriously thi dheveniy varah kada message eh mujuthamauah!!!
???????????
Mihaaru thidhaa gotheh kamaku nudhe!!
Kameh vaairakah nujehey dw maruvaaka!!!
And konmedhuvahaku eh vaahakaeh adu iv iv foohivey ehba
And udaaa dhimaalah balaigen huregen Rashi enmennah adu ivey varkah nun dua kuraanikiy!
Dhua kuraaniy hushuai theri kamaai eku!!!
Shine and ryn have to think about the messages you guys are giving to the society!!!!!
Soora
March 18, 2017 at 12:45 pmV huthuru loeh beh mee dhen yaain ves dad ah vaudhuvefa kokko ah loabi dhenytha v bad edhemeehun dhurukohba
Shaa
March 18, 2017 at 12:52 pmMaikamoo..vaahaka reethi :p
kiya
March 18, 2017 at 12:54 pmV v vvvvvv salhi
haw shia shaba shi r
March 18, 2017 at 1:18 pmMashaa Allah v reethi mi part ves,keep it up,next part kiyaa hithun kehnuvey,heart is beating too fast,
sad
March 18, 2017 at 1:19 pmkithamme defend kurias huthuru kameh reeccheh nuvaane. shaithoana vanee reethi huthuru olhuvaalafa. ehen v ma aharemenna huthuru kan kan reethi vanee. mihen bunaa meehaa v goas vaane ingey ekam hithuga oh ehcheh bunumakun goaheh neh dhw. wen I read these parts I think of d scene wen yaina vihaigen yaain ulhunu goiy. suddenly ekkoh dhiri ulhemun gos ishgy lowbi e dhemedhu ufedhen v keevve kameh nuves ingey. beybey aa kokko aee leyge gulhumeh nethives. e kahala nazarakun dhekeven v ves keevve? amilla beybey reethi vegen gos e gothah visnieema ekan reethi kamakah vanee kihineh tho? aee saafu thoahiru loaibbah v keevvee??
alhungadu mi visnenee goas koh tho??? 🙁
shuha
March 18, 2017 at 1:27 pmgoas kameh goas vaane emme eaa ekkolhah thibias. mihen buneema eba beney kudhin shine aa dhimaalah nubune ey ehchekey. mee akee kommehen vaki meeheh v ma bunaa ehcheh noon. story kiyaafa ufedhey hiyaal eyge edhemeehun meet vaairu nuves ingey kaaku kan. fahun inguneem dhuruvey. ekam meega hama ekee kuda irussure ulhemun ais fahun ishqy loabi v ma character aa medhu suvaalu ufedhey. mee kee rangalhu idea eh noon. my request to all writers please even if u want to write a different story pls dnt include something that’s so unacceptable in our society as well as islam. we should always write something remembering that we r muslims not keeping in mind hindi dramas english ets
Kaai
March 18, 2017 at 1:37 pmAgree
Me
March 18, 2017 at 3:33 pmTotally agree
R
March 18, 2017 at 7:10 pmAgree…Ryn pls think about it
Ammaar
March 18, 2017 at 10:05 pmTotally agree n plus gina vaahaka thakuga ziney ah magufahivaagothah liyaakamy v dhra kameh. Mihaar gina vaahaka thakuga ziney koffa fahun thaubaa vy kamah liyaa kamy e kamah magufahivaa kameh…?
Y
March 19, 2017 at 8:35 amAgreed!!!
Plus this love story of yaain and yaina doesnt make any sense to me ;/ if they grew up together falling in love with each other seems odd!!
As their parents loved both of them equally without letting them know they both werent related!!!
So writers, if you guys are writing any thing just write something we’ll all agree with!!
Just a request!!!!
shau
March 18, 2017 at 1:31 pmCmn guy’s. Mee storyeh real life eh noon. MashaAllah varah reethi mi part ves
aimi
March 18, 2017 at 1:57 pmvarah huthuru vahaka akas.
SaSha
March 18, 2017 at 2:04 pmhuthuriyyaa nukiyaaba aimi.
fathun
March 18, 2017 at 2:07 pmryn pls mi story liyun huttaa nulaathi.
aimi
March 18, 2017 at 2:28 pmhuthuru vegen kiyun huttaly, miadhu vahaka up koffa inyma balaly irah kamaku dhaakah nei midhen bodu varu dho. beybe aka eku gulhun hinga iru ladhun boa halaku
shau
March 18, 2017 at 2:32 pmThey don’t even know they are cousins yet they are continuing to go against their religion. This is incest please make this stop you are conveying a very wrong message.
aisha
March 18, 2017 at 2:49 pmVVV REETHI KEEP IT UP
QB
March 19, 2017 at 8:42 amShau storys deliver us massages and we follow it.
Maybe we might think “its just a story! What does it do in my life I dont care about it” but ideas are meant to change!! In real life we all want to have a life described in the story with is not suppose to come true!!
So think about all these stuffs!!!
imagination
March 18, 2017 at 1:39 pmkon irakun next parrt?
Meemi
March 18, 2017 at 2:01 pmMi vaahaka vrh reethi. ? waiting for the next part. ??
SaSha
March 18, 2017 at 2:03 pmguys pls they are not siblings dhw. pls. ryn we love u . keep it up
Meemi
March 18, 2017 at 2:05 pmVaahaka huthurunama nukiyaane.
Happy?
March 18, 2017 at 2:25 pmMi story yan comment kuraa meehunakan novey rangalhu engonves..bayen faharu bunaanea yaain and yaina maadhurey .mihaaru thi bunany maa kairiyea..haha..vreethi story wait next part?
shau
March 18, 2017 at 2:37 pmmi story kia emmenge visnun ehgoi vakah nujehey dho
marsha
March 18, 2017 at 2:40 pmAsluves hairaan vany emyhunge medhuga lobi ufedhunyma.. my vvv nuvaane kameh.. and v thafsylkoh ehen rombaithah nugenesbala.. myhunge hiythakuga faahish kan kamah lobi ufedhun noon kameh nuvaane.. v hithaamaverikameh my aslu.. misaalakah demyhun lobikohliey liyunas ehaa thafsyl nikuraa nama dhw.. admin vx dhw mikan kan balaa nama kihaa rangalhu.. dhn bunaane hadiyya nukiyaashey..
Ammaar
March 19, 2017 at 11:45 amAsluves.good point☺
zahu
March 18, 2017 at 2:43 pmOkay so mi vahaka kiya kiyuntherinnah ingey they are cousins kan. but the characters in this story doesnt know that dho. so mi kahala gulhumeh ufedhumuge kurin ekan characters ah ves engi nama kiyuntherin eha hiy hama nujehigen noolheyne kamah gabool kurevey. afterall cousins aa marriage hudha dho. but mi story ga they think they are siblings born to suma and maazin :/
Happy?
March 18, 2017 at 3:17 pmMi story yen ..not real life ..
curious person
March 19, 2017 at 7:40 amzahu they do know they are cousins kan mihaaru. yaina australia aah furumuge kurin they knew it. suma revealed the truth. so emeehun ekuraa kan kamakee e ee siblings noon kan engi thibe kuraa kameh. but not saying they are doing a good thing. 🙂
Zahara
March 18, 2017 at 2:55 pmVarah controversial story eh dho.
mine
March 18, 2017 at 3:33 pmVvvv reethi ?? waiting for next part ????
Sheyou
March 18, 2017 at 3:55 pmEy hellow
Kon kameh goasvegen tha miulheny
Edhemyhun loabivi episode ah thi comment thah kuri nama fudhey
Ekam mihaaru uthuri araigen eulheny edhemyhunge dhemedhuga othy kaiveni heyo gulhumehkan egunyma
Loabivegen ulhunu iru dhw thihen buneveyby ves
Dhen mihaaru hurihaa kameh egi saaf vegen edhemyhundheytherey gulhun ufedhigen mivaahaka rythive kiyaaane eccheh neygunyma adhives eccheh kiyaalany thi
Hagygathaky mivaahaka kithamme ragalhah genayas thimyhun mivaahaka ah kada comment kuraa kan
Thy mithaa ulhey baeh writer in thakakah hajam nuvegen eki nan namuga kiyaa ecchehi thakeh
Bunelan othy thikan issue akah nagan vy dhuvahu nunaga sana kiyaafa mivaguthu thikan negyma v joke eh
hello Hola hi hey(HHHH)
March 18, 2017 at 7:14 pmNegative comment koffa huri myhun buNY the Dhu vaahakaeh…..
Faathee
March 18, 2017 at 9:00 pmGud point ☺
hiafa
March 18, 2017 at 3:59 pmstory eh ga viyas mikahala badhuahlaagee vaahaka liyumakee baliganevey kameh noon
kameh goas kkoh kuranyaa rangalhu koh dhinumakee kusheh kameh kamuga nudheken
Eyra
March 18, 2017 at 5:51 pmStory superb
Furathama feshigen ves yanaa vy yaain ge princess ah
Ryn youbare an amazing writer
Kyp it up
Anonymous
March 18, 2017 at 6:26 pmVv hadi ibaarah kurun hadi sifakurume neh vaahaka luya writer mee mi nukiyan vee foosakun ekam comment kiyathee comment e know kohllee
Anonymous
March 18, 2017 at 6:27 pmVv hadi ibaarah kurun hadi sifakurume neh vaahaka liya writer mee mi nukiyan vee foosakun ekam comment kiyathee comment e know kohllee
fan
March 18, 2017 at 7:37 pmwell, this story is nice and i do always read ryns stories. Ryn ah kaamiyaabee ah edhen. Just wanted to give some advice, we are muslims and should in no way write anything which differs with our religion. vaahaka liyaairu visnaalun muhimmu dheena fushu araa ehchihi nuliyun for eg having any kind of intimacy like kissing is haram before marriage, therefore please think about this point. and please dont write stories on concepts which disregards the values of our religion. visnaalias ingey v hadi kameh dw lobe between two siblings..mikahala stories liyumun fithuna fasaadha ah magu fahivegen hingaidhaane,,meehunnah eiy maa bodu kameh gothuga hynuvaan fashaane. mujuthamauga mikahala kanthah aamuvegen hingaidhaane. media is a great power can bring about big changes in the world as we are witnessing the current world events now..Ryn visnaane kamah ummeedhu kuran.
??
March 18, 2017 at 8:25 pmTruth?
Goyye
March 18, 2017 at 8:31 pmMashah heevani maazin fenigen dhemeehun ufuraalaani kanneyge hahaha..
Ffff
March 18, 2017 at 8:48 pmDheeenee Gothun beliyas loaibakee Allah insaanunge hithugai lahvaa ihusaaseh….edhemeehunge leyge ehves gulhumeii neh iru ehves mahsalaeh noon dw aey….
Lol
March 18, 2017 at 10:00 pmHohoho leyge gulhun ovey dho rangalhah story kiyanveenu cousins veema onanne dho leyge gulhun lololol
Rain
March 18, 2017 at 11:18 pmSubhaanallah.. mifadha thanakah aharumenge maai ilaah ge ismufulhu nuves gehnaathi ingey.. ekalaange lobi lehvi iru kaivenyge kurin hinga gulhunthakah v bodah ruhivodi nugahnavaa..
ar
March 19, 2017 at 11:52 amHageegee loabakee kaivenyge fahun vevey loabi..e ah vure kurin vany loabeh noon..this is the reality
Faathee
March 18, 2017 at 9:05 pmKhonme gothaka story liyunas kamudhaane meehunaa kamu nudhaane meehun thibeyne. So ekamaa maa boda alhaanulaa story kuriya gengos nimaalaa. All the best ryn ??. Keep going girl.
Kudu
March 18, 2017 at 10:18 pmAslu bunan tha enmen ves ebunany rangalhu vashaka eh. Egothah siblings medhu efadha gulhun thakaki haraam kanthah.. amudhun ekudhinnah neyge siblings noon kameh. Dhen ehn veeru efadha gulhun ufedhumakives vrh naadhiru kameh. So in point of view writer should be more careful about these things. We are muslims. And ethan kolhu rangalhu kohlani koh story vrh furihama vaane
Kudu
March 18, 2017 at 10:20 pmThose who are saying mee story ekey shame on all of you.. even if this is a story aee vrh hadi kameh.. hithuga eemaam theri kameh nethima ekahala ehchehi bunnaany.
Aish
March 18, 2017 at 9:06 pmMahsala aky kohko aa beybekan egi hure loabivun
who am i?
March 18, 2017 at 9:15 pmwow v nice. ???
Good work!
keep it up ryn
Ish
March 18, 2017 at 11:47 pmDhen ajaibennu. Vaahaka ehgga ziney kuryma jeheytha gos kuran? Vaahakaiga vaahaa kameh kuraakah nujehey bundhk dhevvaafavany heyo nubai visnan dho. E meehun siblings ah nuveema ennu e feeings ufedhuny? Dhen beynun haa gothakah change kurevey echcheh noon feelings aky. Depression is real. Imagine someone going through this for 6-10 years. Madhu dhuvaheh nooney. Baeh faharu vaa gothun ekahala moya khiyaalu ves annaane. Dhen ehen noonas vaahakaiga haadhisaa onnan jehey. Kommehen real life ga vaahen komme dhuvahaku kuraa kanthakuge journal eh noon meekee. Evaru neyngenyya nukiyaa heyo nuvaane. Dont demotivate the writer!
Ish
March 18, 2017 at 11:50 pmSiblings kamah heekurevunu iru they DID feel guilty. And hadi kameh ves nukurey!
zeyn
March 19, 2017 at 12:16 amYaina kujjakah vegen endhuga othey…seriously ryn!! Why dont she be a cat ? Loooolllllllllllllll
Hehehehe
March 19, 2017 at 9:38 amMore like she could be a annoying ?
haw shia shaba shi r
March 19, 2017 at 1:39 amHaw akah nengunu edhe meehun liabi vun ehaa huthuru kamakah v keeve kameh,dheenugai ves cousin marry kurun hudha,,
H
March 19, 2017 at 9:43 amKaaku tha buniy cousins akah marry eh nukureveyey.
We are talking about there unacceptable behavior and the confusing love story of a brother and a sister which seems odd!!!
haw shia shaba shi r
March 19, 2017 at 1:45 amSaabas ehen noonas hiyaalee vaahaka ekey,hageegahtah dhiriukhumuga ebahuri own brother and sister ves rahtehivegen ulhefa,so
I
March 19, 2017 at 9:47 amSo you mean we should support those relations!!!
Brother and sister rahtehivegen my foot!!!
M
March 19, 2017 at 9:55 amGreat!!
Welcome to the society corrupted by the ugly culture of the Europeans!!!
ffff
March 19, 2017 at 12:39 pmbala mamma aa dhariaa ehn lowbi wey tha??
haw shia shaba shi r
March 19, 2017 at 1:48 amGageegathuga mihaaru mi site ga in ehme reethi vaahaka mee,waiting for next part
Faathee
March 19, 2017 at 3:17 amAdhi bayaku mithaa mi varu dhakaa varu kameh hiye nuvey mi vaahakaa ga vehje hen. Kurin e 2 meehun loabi ve vunu iru e 2 meehunah neynge e meehun eii eh bandu ehbafaa 2 meehun noon kame. Ehenve e 2 meehun ves thibee e meehun ge ihusaas tha eii faafa eh kama hitha aruvaan dhuru ga. Ekamku mihaaru e meehunah ves eba ingey e 2 meehun eii eh bandu ehbafaa 2 meehun noon kan. Dhn kobaa tha meega mahsala akee. Dhen ehbayaku eba oi bunefa adopte kohgen ves meehun kudhin gen gulhey vaahaka, Ekamku mi khala kameh medhuveri eh nuve ey. Ekamku adopt kohgen gen gulhey kudhin mi khala gothaka hithuga loabi ufedhey than dhakaa film thakun ves. Dhen buney eii beyru meehun ufadhaa kaafarun ge film thakuga ey ehen vanee ves. Ekamaku aharemen Muslimun anga mahcha jahaan thibenee e balan ves. Mi vaahakaa ga naadhey beybe kokko eh medhuga noan nan jeheyne kahala gulhumeh hingaa vaahaka eh
Kudu
March 19, 2017 at 6:22 amPoint it they think they are siblings. People you should never understand this. Shame on you
Kudu
March 19, 2017 at 6:22 amPoint it they think they are siblings. People like you should never understand this. Shame on you
Faathee
March 19, 2017 at 12:29 pmNo. Mihaaru e meehunah ingey e meehun eii siblings noon kan. Ok.
Faathee
March 19, 2017 at 12:34 pmKuda how can u judge me? How can you say people like me don’t know never understand it? Do you know me personally? I don’t think so.. btw u better read the whole story once more. Eyrun ingeyne e 2 meehunah mihaaru othee engifa kan eii siblings noon kan. Ekan neyngeynee e familyn beyru meehunah. Ok got it
HANDIAN
March 19, 2017 at 10:05 amkudhin kudhinah haadha varekey mi vany…?? e 2myhunnah kurin loabi vevunas sirru kohgenneh nun ulhuny??adhi e loabi hithun nofohevigen nun tha ulhuny?? ei dhn massala ehtha??
HANDIAN
March 19, 2017 at 10:10 amkobar tha handi thah?? aslu mi vaahakaage hurihaa prt ah ves comment kuran bt ehn names ga ☺
X
March 19, 2017 at 10:30 amBala kurin ves adhi fahunves koko akaa bebeyakaa lobivumak y naadhirukameh !!
HANDIAN
March 19, 2017 at 11:44 ambala kurin ves fahun ves e2 myhun leyge gulhumeh noannaane. and kurin ves adhi fahun ves miee vaahakaeh. adhi kurin ves adhi fahun ves vaahaka thakuga ginain vany naadiru kanthah!! ?????????????????????????????????
HANDIAN
March 19, 2017 at 11:53 ambala kurin ves adhi fahun ves e2 myhun nuvaane layge gulhume huri bayakah!! and kurin ves adhi fahun ves vaahaka thakuga ginain vany naadhiru kan kan…! ????
Kaai
March 19, 2017 at 12:51 pmBala thimaage myhun vex eiee leyge gulhun hunna baekey ?
Vaahaka thakuga mikahala naadhiru kanthahah thakun hiyaalu hoadhaigen thimaage amilla dharinge dhemedhu mikahka gulhu meh othihyyaa keekey baa bunaanee
Dhn buney dhiriulhumuga vex hingaanee naadhiri kanthah thakey ??
GF
March 19, 2017 at 4:03 pmAre you guys making fun??
Cuz what your talking about is seriouse!!
Story sites are the most popular among people, and if you guys are writing stuffs like”THIS” its bad news !!
HANDIANS you are a writer so think about the effects that your story can do to the society!!!
Be for its too late:/
Maahy
March 19, 2017 at 2:37 pmV reethi ?
Mamma
March 19, 2017 at 6:09 pmRyn you could still change the story. However i think your giving a bad advice to people
Kiara
March 19, 2017 at 7:15 pmI dont think its giving bad advice.
Eii vaahaka kiyaa iru ves ingen jehey this is not real but only imagination.
W
March 19, 2017 at 8:56 pmMiss kiara that is a bad advice weather its an imagination or reality.
Clean your mind!!!
O
March 19, 2017 at 9:06 pmMiss ryn for god sake marry them ASAP.
Cuz the way you are getting both closer are highly annoying and unacceptable in this society !!!!
Meemi
March 19, 2017 at 7:16 pmSaabahey. . Miothy vaa kameh.
Asluves
March 19, 2017 at 7:38 pmDhen huntaalaba…ryn kuriyan gendhey story..waiting
Anonymous
March 19, 2017 at 8:53 pmWait and watch what this story can lead!
Just dont say we didnt warn ya
Ninnu
March 19, 2017 at 9:38 pmI have a adopted brother when i saw about 3. And i grew up not knowing that he wasnt my own blood. Me and both my brother knew it when i was like 15 and he was 13. Kokko and mashakah neynge aharun mi aslu blood related noon kameh. But i never not even m drean thought of something so filthy about my baby brother. And he never did. And after reading this honestly hodu lavany. Ryn please think about it. ?
Ninnu
March 19, 2017 at 9:40 pmI have a adopted brother when i saw about 3. And i grew up not knowing that he wasnt my own blood. Me and both my brother knew it when i was like 15 and he was 13. Kokko and mashakah neynge aharun mi aslu blood related noon kameh. But i never not even once thought of something so filthy about my baby brother. And he never did. And after reading this honestly hodu lavany. Ryn please think about it. ?
Shimy
March 20, 2017 at 10:00 amDear kon irakuntha vaaahaka up kohdheyny.. irukolhukolhaa balaalevey up vefa intho.. plxx avahah up kohdhyba.. I luv ur story.. keep it up☺☺?
Mari
March 20, 2017 at 10:11 amRyn !! Ryn !! Ryn!! Speechless?,mind low in?,outstanding❤,love it?,awesome?..your the best writer in this site and my favorite????..I love you and ur stories ..waiting for the next part.❤
Hunr
March 20, 2017 at 10:13 am??inthixaaruga hurin ge inthixaar ga mi inee❤..avahah up koh dheeba rynn puhlease
Aish
March 20, 2017 at 10:25 amKobaa. Vaahaka update kollaba.kiyaahithun mihaaru hureveniki nun. Vr vr reethi vaaahaka
r
March 20, 2017 at 11:58 amNice!
Ain
March 20, 2017 at 12:21 pmRyyyynn. .
Kobaa, today is Monday ehnu..
Avas kohlabala. .
vishaa
March 20, 2017 at 12:50 pmkobaatha story
Meemi
March 20, 2017 at 1:23 pmRyn Kobaatha story. mihaaru kiyaa hithun keh vany kee noon. ?
Meemi
March 20, 2017 at 1:27 pmHaadha inthizaareh kure vijjey Monday ah. Haadha reechey vaahaka. ??