މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދުޔައީ މަރުފަދަ ހިމޭން ކަމެވެ. މިހިމޭންކަން ގެއްލުވާލީ އެވްލީންގެ އެ ޖާދޫވީ އަޑުންނެވެ. “ޔައީޝް. އަހަރެން މިކިޔާ އެއްޗެއް ވަރަށް ކަނުލައި އަޑުއަހާތި.” އެވްލީން މަޑުމައިތެރި ކަމާއިއެކު ބުނެލިއެވެ. ބަސް އަހާ ޅަކުއްޖެއްހެން ޔައީޝް އެއްބަސްވިއެވެ. ޔައީޝްގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “ވެލް.! ޔައީޝް އައް އަނގޭނެ އަހަރެން ޔައީޝް ދެކެ ކުޑަކޮށް ވެސް ލޯބިނުވާކަން. އެކަމް. އަހަރެން ޔައީޝް އާއި ރައްޓެހިވިޔަސް ޔައީޝްގެ ތިހިތައް […]
ﷲ ހެއްދެވި ހުރިހާ އެއްޗެއްގައި ވެސް މަޤްޞަދެއްވާނަމަ އޭނަ ދުނިޔޭގައި އެއްވެސް މަޤްޞަދެއް ނެތި މިހިރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު އަޒާންގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވިއެވެ. ހަމަ އެއާއެކު އެ މަޤްޞަދަކީ ކޮބައިތޯ ވެސް އޭނަގެ ހިތަށްއެރިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް އަޒާން ގެއްލެން އުޅެނިކޮށް އޭނަގެ ކޮޓަރީގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ހިސާބެއްގެ ޙައިރާންކަމަކާއެކީ އަޒާނަށް އެ ދޮރާއި ދިމާލަށް ބަލާލެވުނީ އެއީ އައިމަންކަން ޔަޤީންވުމުންނެވެ. އައިމަން ދެވަނަ ފަހަރަށް […]
އެހެން ބުނުމަށް ފަހު އެވްލީން ތެދުވީ އެތަނުން ދިޔުމަށެވެ. ނަމަވެސް ސަމާ ބުނި އެއްޗެއް އަޑުއަވިފައި އެވްލީން އައް ހުއްޓެން މަޖުބޫރު ކުރުވިއެވެ. “ތީ އަހަރެންގެ ރަހްމަތްތެރި އެއް ނަމަ އެވީ އޭނައާ ރައްޓެހިވާނެ.” މިހެން ބުނުމަށް ފަހު ސުމާ އެތަނުން ދިޔައެވެ. އެވްލީން އައް ހުރި ތަނަށް ތިރިވެވުނެވެ. އަދި އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ. “ކީއްވެތަ އެއްމެން އަހަރެންނަށް މަޖުބޫރު ކުރުވަނީ؟ އަދި އެވެސް އެންމެ ގާތް އެކުވެރިޔާ. އަހަރެން އޭނައާ ރައްޓެހި […]
“ދަރިފުޅާ ތިޔަ ހިމޭންކަމުގެ ސިއްރަކީ ކޮބާ؟ ހިތުގައި ގިލަންވެރިކަމެއް ވާނަމަ މިދައްތަޔާ ވާހަކަ ދައްކާލާ މާބޮޑު ކަމެއް ނުކޮށްދެވުނަސް ޔަގީނުންވެސް ހެޔޮދުޢާ ކޮށްދޭނަން. މި ކޮނޑު ހުންނާނީ ދަރިފުޅުގެ ހައްގުގާ. މީގައި ބޯ ބާއްވާލާފަ ހިތްހަމަ ޖެހޭވަރަށް ރޯލާ. ދަރިފުޅުގެ ބޮޑުދައިތަގެ ރަނގަޅު ކަން ދަރިފުޅަށް އެހީވުމަށް ދުންޔާ މިގޭގައި ބެހެއްޓުން.މިހާރު ފުރިހަމަ 9 މަސްވީ ދެން ކޮއްކޮ އެގޭގެ ކަންތަައްވެސް ކުރަންޖެހޭނެ އަބަދަކު ހިލޭގެއެއްގަވެސް ނުހުރެވޭނެނެނު.ބޮޑުދައިތަވެސް އެގޭގައި އެއުޅެނީ އެކަނިވިއްޔަ. މިހާރު ބޭބީގެ ކަންތައް ދަރިފުޅަށްވެސް […]
“ބުނެބަލަ އެންމެ ފަހަރަކުވެސް ލޯބިވެޔޭ ޔާން.. ޕްލީސް..” ޔައިނާ އެހެން ބުނުމުން ޔާއިން އޭނާގެ ކޮލުގައި ހިފަހައްޓާލިއެވެ. މިރޭ އޭނާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވުނީތީ ދެރަވިއެވެ. އެއްޗެއް ނުބުނެ އޭނާ އިންގޮތަށް އިނެވެ. ކިތަންމެ ލޯބިވާ ވާހަކަ ބުނަން ބޭނުންވިޔަސް އޭނާ މަޑުމައިތިރިކަން އިހްތިޔާރު ކުރިއެވެ. ފަރާތުން ޖަވާބެއް ނައުމުން އޭނާ ބޯ އަރިކޮށްފައި ބަލާލިއިރު ޔައިނާއަށް ނިދިއްޖެއެވެ. ޔާއިން އެ ހަށިގަނޑު އޭނާއާއި ތަންކޮޅެއް ބޮޑަށް ކައިރިކުރިއެވެ. އަދި އިސްތަށިގަނޑުގައި ބޮސްދިނެވެ. “ވަރަށް ލޯބިވޭ…” ޔާއިން […]
ފިނާޒްއާ ހިސާބަށް ދެވުނު ތަނާ ފިނާޒް އާލިކުމެންނަށް ދައްކައިލީ ބޮޑު މާސިންގާ ބޯވައެކެވެ. އާދަޔާ ޚިލާފަށް ބޮޑު މި ބޯވާގައި ހައިރާންކޮށްލަނިވި އެހެން ކަމެއް ފެނުނެވެ. އެއީ އެހެން ބޯވަތަކާ ޚިލާފަށް މި ބޯވާގައި ދިހަވަރަކަށް ފައި ފެންނަން ހުރުމުންނެވެ. “ ބްރޯ، ތީ ޖިންނި ބޯވައެއްތަ؟ ހާދަ ފައި ގިނައޭ. “ އަޖުވަދު ފެނުން މައްޗަށް ބޯހިއްލާލާފަ ބުންޏެވެ. “ ހެހެހެ. ކަލޭ މޮޔަވީތަ؟ އެއީ އައިބު އެއްޗެކޭ. އެހެންނޫނަސް މިހާ ފައިގިނަ ބޯވައެއް ކިހިނެއް […]
ކަޅުފޮއި ރެއެކެވެ. ހަވީރު ވެހެން ފެށި ވާރޭ އަދިވެސް ނުހުއްޓައެވެ. މަންމާ”. އެވްލީންގެ ތޫލި ހަޅޭކުގެ އަޑު މުޅި ކޮޓަރި ތެރޭ ހިފާލިއެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ހަމަޖެހުމުގެ ނޭވާ އެއް ފަޒާގެ ތެރެޔަށް ދޫކޮށްލިއެވެ. ކަންނެތް ކަމާއެކު އެވްލީން ފާޚާނަ އަށް ވަދެ މޫނު ދޮވެލާ ހަދައިގެން ނިކުތެވެ. އޭރު ގަޑިން ދަންވަރު ދޭއް ޖަހާ ބޮޑު ވެއްޖެއެވެ. މިއީ އެވްލީން އާއްމުކޮށް ކިޔަވަން ތެދުވާ ގަޑއެވެ. މިިރޭ ކިޔަވާނީ މްމްމް މހިސާބު ހަދާނީ. ނޯވޭ! […]
“އުޝާ މީ ދިޔާން..އެކަމު އަހަރެން ލޯބިން ކިޔަނީ ޔާން..އުޝާވެސް ބޭނުމިއްޔާ ލޯބިން ހަމަ ޔާން ކިޔަންވީ އިނގޭ” ދިމްރާ އެހެން އެބުނީ ދިޔާންއަށް ވީ ގޮތް ފެނިގެންކަން ދިޔާންއަށް އެނގުނެވެ. ދިމްރާ އެހެން ބުނުމުން އުޝާ ގާތަށް އައީ ހިންޏެވެ. “ދެން! ދިޔާން މީ އުޝާ. މައި ބެސްޓީ..އެންޑް ޔާން އެއީ ކާކުކަން އުޝްއަށް އިނގޭނުން.. މިއީ އަހަރެން ދޮންބެގެ ހުރި ފޮނި ފިރިހެން ދަރި” ދިމްރާ އެހެންބުނުމުން ، ފެނުނީ ދިޔާން ހިނިތުންވެލާފައި އިސްޖަހާލިތަނެވެ. “ކޮބާތަ […]
ފަރްހީންއަށް ނިޒާމްގެ އަނިޔާ ވެރިކަމާ ބެހޭ ގޮތުން އެއްތައް ވާހަކަތަކެއް އަޑު އިވިފައި ވީއިރު މިއީ އޭނާގެ ފަހަރޭ ހިތަށް އެރިއެވެ. ދެން ސަލާމަތެއް ނުވެވޭނޭ ފަރްހީންގެ ހިތްބުނެލި ހިނދު އަނެއްކާވެސް ފަރްހީންއަށް ރޮއެގަނެވުނެވެ. ނަމަވެސް ނިޒާމްގެ ހިތަކށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ މަޑުމަޑުން ފަރްހީން އާ ގާތްވަމުން ދިޔައެވެ.ފަރްހީން ރޮމުން އާދޭސް ކުރަމުން ގެންދިޔއައީ އޭނާއަށް އެހެން ނުހެދުމަށެވެ. ނިޒާމްއަށް އެއިން އެއްވެސް އެއްޗެއް އަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ހިނދެއް ހިނދަކަށް ގާތްވަމުން […]