Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (7)

Psenhi Level 410 Stories100 Comments100 Login
April 11, 2017 5 Mins Read
32 Comments

ސީމާއަށް ގެއަށް އާދެވުންއިރު ލައިބާއާއި ސަމާ ނިދަން އޮޝޯވެއްޖެއެވެ. ސީމާވެސް ހެދުން ބަދަލު ކޮށްލުމަށްފަހު އެނދުގައި އިށީނދެލިއެވެ. އަދި އޭނާގެ އަތުގައިވާ ކުޑަ ފޮށި ހުޅުވާލިއެވެ. “ވާއު. ތީ ކޮންކަމެއް” ސަމާ އަނގަގަދަ ކުރިއެވެ. އެއާއިއެކު ސީމާގެ މޫނު ރަތްވެގެން ދިޔަތަން އެދިމާއަށް އައި ލައިބާއަށްވެސް ފެނުނެވެ. “ލުކް ޝީއިޒް ބްލަޝިން. ދެޓް މީންސް” “ހީ ޕްރޮޕޯޒްޑް މީ” ލައިބާގެ ޖުމްލަ ފުރިހަމަ ކޮށްދިނީ ސީީމާއެވެ. އެއާއިއެކު ތިންކުދިންގެ ހަޅޭކާއި ހުނުމުގެ އަޑު ގޭގައި ގުގުމާލިއެވެ. ސިޓިންރޫމްގައި ތިބި ލީީލާ އާއި ނިޒާމްވެސް އެކޮޓަރިއަށް ބޯދިއްކޮށްލިއެވެ. ނަމަވެސް ކަމެއް ނުވާކަމަށް ބުނުމުން އެނބުރި ދިޔައެވެ. ސީމާ ރެސްޓޯރެންޓްގައި ވީގޮތް އަލިފުން ޔާއަށް އަނެއް ދެކުދިންނަށް ކިޔާދިނެވެ.

ގަޑިން ހެނދުނު އަށެއްޖެހީ ލައިބާ އޮފީހުގައި ހުއްޓައެވެ. ސައިން އިން ވުމަށްފަހު މެނޭޖަރ ހަސަން އާއި އެކު އޮފީސްތެރެ ބަލާލަން ދިޔައެވެ. ލީޑް ކޮމްޕެނީއަކީ ތަފާތު ގިނަ ފުޅާ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެއްކަން ހަސަންގެ ފަރާތުން ލައިބާ ދެނެގަތެވެ. އޭގެ ތެރެއިންވެސް ރިޒޯޓަކާއި މާލޭގައި ހުންނަ އަގުބޮޑު ހޮޓެލް އެއްކަމަށްވާ ‘ލިވް ލައިފް ހޮޓެލް’ ފާހަގަކޮށްލެވެއެވެ. އަދި އޭގެފަހުގައި އޮފީހުގެ އެހެން މުއައްޒަފުން ތަޢާރަފް ކޮށްދިނެވެ.

ފިރިހެން ހުރިހާ މުއައްޒަފުންގެ ފަރާތުން ހިނިތުންވުމާއިއެކު މަރްހަބާކީއިރު އަންހެން ގިނަ މުއައްޒަފުންގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފެންނަން ހުއްޓެވެ. ލައިބާ މިކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ލައިބާއަށް ހާއްސަ ކުރެވިފައިވާ މޭޒުދޮށުގައި އިންއިރު އިރުއިރުކޮޅާ ބޭރު ދޮރާ ދިމާއަށް ބަލާލައެވެ. ޝައިމް އަދިވެސް އޮފީހަށް ނާންނާތީއެވެ.

“މޯނިން ސާރ” ” މޯނިން” ލައިބާގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ ފަހަކު މީހަކު މޯނިން ކިއާ އަޑަށެވެ. އެވަގުތު ޝައިމްވެސް ލައިބާ އޮފީހިށް އައިތޯ އެދިމާއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ޝައިމްގެ ތުންފަތައް ކާމިޔާބުގެ ހިނިތުންވުން ފާޅުވިއެވެ. ޝައިމް ހިނިތުންވެލާފައި ހުއްޓާ ލައިބާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ލައިބާއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ. ދެން ފެނުނީ ޝައިމް ގޮސް ގެއްލުންތަނެވެ.

ޝައިމްގެ ފަރާތުން މަދުންނޫނީ ނުފެންނަ ހިނިތުންވުންފެނި ހުރިހާ މުއައްޒަފުންވެސް ތިބީ ހައިރާންވެފައެވެ. ބައެއް ފިރިހެން ކުދިން އައިސް ލައިބާއަށް މަރްހަބާކިޔާ ދިމާކޮށް ހެދިއެވެ. އަނހެން މުއައްޒަފުން އެކަކު އަނެކަކަށް ސިއްރުން ކުދިކިޔަމުން ދިޔައެވެ.

“އަހަރެން އެނގޭދޯ މިހާރު. އަހަންނަށް ކިޔަނީ އައްޒަ” ރަތްދޮންކުލައިގެ މޫނުގެވެރި އަންހެން ކުއްޖާ ލައިބާއަށް ތަޢާރަފްވެލިއެވެ. މަޑުނޫކުލައިގެ ޓޮޕްކޮޅަކާއި ކަކުލާ ހަމައަށް އަންނަ ސްކާޓެއް ލައިގެން ހުރިއިރު ރަތްކުލަ ޖައްސާފައިވާ ފަން އިސްތަށިކޮޅު ކަނދުރާއާއި ހަމައަށް ކޮށާލާ ދޫކޮށްލެވިފާވެއެވެ.  އައްޒަ   އައިސް ލައިބާގެ ކައިރީ ހުއްޓިލިއެވެ. ލައިބާ ބޯ ޖަހާލުމުން އަނެއްކާވެސް ވާހަކަ ދެއްކީ އައްޒައެވެ. “މީގެ މަސައްކަތަކީ ކުރިން އަސްލު މިތަނަށް އަންނަ ސިޓީތަކާ މެއިލްތައް ޗެކްކޮށް އެއަށް އާންސް ކުރުން. ބަޓްނައު ދެޓްސް ޔުއަރ ޖޮބް. ޝައިމްސާރ ބޭނުންވަނީ ސާރގެ ޕާސަނަލް ސެކެޓްރީގެ ހުރިހާ ރެސްޕޯންސިބިލިޓީއެއް މީނަގަން. ސޯ ޔޫ އަރ ހިސް ޕާސަނަލް ސެކެޓްރީ އޮންލީ ފޯރ އަ ނޭމް. އެނގޭދޯ އެހެން އެހެދީ ކީއްވެކަން. ކޮޒް ހީ ޑިން ވޯންޓް ޔޫ ޓުބީ ވިތް ހިމް. މިސްޓަރ ޝާހިދުގެ އެދުމަކަށް ތިޖޮބް ދީފަ ތިއިނީވެސް. އަދަރ ވައިސް ލައިބާ މި އޮފީހަށް ވަދުނަވެސް ނުދޭނެ ސާރ އެއް.” އައްޒަ ހިތުގައި އޮތް ގޮތަށް ހުރިހާ އެއްޗެއް ކިޔާލިއިރު ލައިބާއަށް ލިބުނީ އުފާވެރިކަމެކެވެ. އެގޮތައް އެކަންވީތީ އޭނާހުރީ އުފަލުންނެވެ. ލައިބާ އޮފީހަށް އައީ އޭނާގެ ބައްޕައަށް ޓަކައެވެ. އެހެންނޫންނަމަ އެ ބޮޑާ ފިރިހެނާގެ ހިޔަނިވާ ހިސާބަށްވެސް އޭނާ ނާންނާނެއެވެ.

ސީމާ އޮފީހަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ކަނާތު ކަށި އިނގިލީގައި އަޅާފައި އިން ރިހި އަނގޮޓިއާއި ކުޅެލިއެވެ. މެދުގައި ޖަހާފައިވާ ނޫކުލައިގެ ބޮޑު އެހުގައި ފިރުމާލިއެވެ. “ގުޑްމޯނިން ސްވީޓްހާރޓް” ދާސްގެ އަޑު ނުހަނު ގާތުން އިވުމުން ސީމާގެ އަތުގައިވާ ލޯލިތައް ކޮޅަށްޖެހުނެވެ.

“ގުޑް މޯނިން. ހޯޕް ޔޫގޮޓް މައި އާާންސް.” ފުޅާ ހިނިތުންވުމަކާއިއެކު މިހެން ބުނެފާ ސީމާ ދާސްއާއި ދިމާއަށް އެނބުރިލިއެވެ. އޭރު ދާދި ގާތުގައި ސީމާއަށް ބަލަހްއްޓައިގެން ދާސް ހުއްޓެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެންނެވެ. ދާސްއާއި ހަތަރުކަޅި ހަމަވި ވަގުތު ސީމާއަށް އުފާވެރިކަން އިހްސާސްވިއެވެ. އެދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

“ލައި! ސައިބޯން ނުދަންތަ؟ އާދޭ އަހަރެންނާއިއެކު” އޮފީހުގެ އެކައުންޓެންޓް ޖިނާން ސައިބޯން ދަމުން ލައިބާއަށް ގޮވާލީ އެންމެން ދިޔައިރުވެސް ލައިބާ ސައިބޯން ނުދިއުމުންނެވެ. ގެއިން ސައިބޮއިގެން އައިނަމަވެސް ލައިބާ މިހާރު ހުރީ ބަނޑުހައި ވެފައެވެ. އެހެންކަމުން ހޭންޑްބޭގް ކޮނޑުގައި އަޅުވާލަމުން ޖިނާންގެ ފަހަތުން އޮފީހުން ނިކުތެވެ.

ލައިބާއާއި ޖިނާން ގޮސް ވެނީ އެއިމާރާތުގެ އެންމެ ތިރީ ފްލޯގާހުރި ރެސްޓޯރެންޓަށެވެ. އޭރުވެސް ދަންނަ ބައެއް މޫނުތައް އެތާނގައި ސައިބޯން ތިއްބާ ލައިބާއަށް ފެނުނެވެ. ހެދިކާ ނަގައިގެން ކަޅުސައި ތައްޓެއް ގެނައުމަށް ބުނެ ރުފިޔާ ދެއްކުމަށްފަހު ލައިބާ ގޮސް އިށީނީ ތަންކޮޅެއް ދުރުގައި ހުހަށް ހުރި މޭޒުދޮށުގައެވެ. ޖިނާންވެސް އައިސް ލައިބާގެ ގާތުގައި އިށީނެވެ. ދެކުދިން ވާހަކަ ދައްކަމުން ދިޔައިރު ޖިނާންގެ މަޖާ މިޒާޖު ލައިބާ ދެނެގަންނާކަށް ގިނައިރުތަކެއް ނުނެގިއެވެ. ޖިނާންއަކީ ލައިބާއަށްވުރެ ދެއަހަރު ދޮށީ ކުއްޖެއްކަމާއި ލައިބާ ފަދައިން ރާއްޖެތެރެއިން ކޯސް ފުރިހަމަކުރަން މާލެ އައިސް ހުރި ކުއްޖެއްކަން ލައިބާއަށް އެނގުނެވެ. ދެކުދިން ހީ ސަކަރާތް ޖަހަމުން ދިޔައިރު އެދިމާއަށް ބަލަހައްޓައިގެން މީހަކު ހުރިކަމެއް އެމީހުންނަށް ރޭކާވެސް ނުލައެވެ.

“ޖިނާންއާ ދުރުގަ ހުރޭ! އެއީ އަހަރެންގެ މީހެއް!” ޒޭބާ އަމުރުވެރި ރާގަކަށް އެހެން ބުނުމުން ސިހުނެއްކަމަކު އެކަން ފޮރުވަމުން ލާނެއް ހިނިތުންވުމެއް ލައިބާ ރައްދުގައި ދިނެވެ. އެއީ ޖިނާން އެކުއްޖެއްގެ ވާހަކަ މިއަދު ދެއްކި ކުއްޖާއެވެ. ޖިނާންގެ ފަތުން އަޅައިގަނެގެން އުޅޭ އެއޮފީހުގެ މުއައްޒަފެކެވެ. ލައިބާ ޒޭބާއަށް މާބޮޑު ސަމާލުކަމެއް ނުދީ އަވަސް ހިނގުމެއްގައި ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ގެއަށް ވަދެގެންދިޔަ ލައިބާއަށް އުފަލުން ދުވެފާދެވުނީ ލޯބިވާ ބައްޕަ ފެނުމުންނެވެ. ނިޒާމުއާއި ވާހަކަ ދައްކަންހުރި އަދުނާނުއަށްވެސް ވީ ހަމަ އެވަރެވެ. އެ ބައްޕަގެ ފުރާނަފަދަ ދަރިފުޅާ ދުރުގަ ދުވަސްކޮޅަކު ހުރުންވެސްވީ އަދުނާނަށް ދަތިކަމަކަށެވެ. ލައިބާ ފެނުމުން އަދުނާނުގެ ލޮލުތެރޭ ކަރުނަ ޖަމާވިއެވެ. ބައްޕަގެ އަތުގާ ބާރަށް ހިފައްޓައިގެން ކޮނޑުގާ ބޯއަޅާލައިގެން ލައިބާ އިރުކޮޅަކު އިނެވެ. ދެން ކްލާހަށް ދާން ގަޑިޖެހެނީ ކަމަށްބުނެ އަވަސްކޮށްލާފައި ކާލައިގެން ވަނީ ކޮޓަރިއަށެވެ.

ރޭގަނޑުގެ ހުރިހާ ވަގުތެއް ލައިބާ ހުސްކުރީ ބައްޕައާއި އެކު ވަގުތު ހޭދަކުރުމަށެވެ. ކިޔެވުމުގެ ކަންތައްތައް ހުރި ގޮތާއި އަލަށް ޖޮއިންކުރި އޮފީހުގެ މަޖާ ވާހަކަތައް ކިޔާދިނުމުގައެވެ. އެއަށްފަހު ބައްޕަ ގޮވައިފެން ވިޔަފާރި ކުރުމުގައެވެ. ފިހާރައިން އައިސްވެސް ބައްޕައާއި އަނގަތަޅަން އެތައް އިރަކު އިނުމަށްފަހު އެންމެފަހުން ކޮޓަރިއަށް ވަނީ އާފުރެން ފެށުމުންނެވެ.

މިއަދަކީ ހުކުރު ދުވަސްކަމުން އެންމެން ގޭގާއުޅެއެވެ. މެންދުރުގެ ކެއުމަށް ރައްޓެއްސެއްގެ ގެއަށްދާން ދައުވަތު ލިބިފާވާ ވާހަކަ ހެނދުނު ބައްޕަ ބުނެފާއޮތުމުން އަދުނާނު ހުކުރުން އަންނަންވާއިރަށް ލައިބާ ތައްޔާރުވެލިއެވެ. އަދުނާނު ކައިރީގައި ހުރުމުން ލައިބާ އެހެން ދުވަސް ދުވަހަށްވުރެ ބޮޑަށް ޗާލުވާން މަސައްކަތް ކުރިއެވެ. މިގޮތުން އޭނާ މިއަދު ލީވެސް އަތުގައިއޮތް އެންމެ ގަޔާވާ ހެދުމެވެ.

ޓެކްސީއިން ފައިބާ ލައބާގެ އަތުގައި ހިފައިގެން އަދުނާނު ހިނގައިގަތީ ކުރިމަތިން ފެންނަންހުރި ގޭޓާއި ދިމާއަށެވެ. ގ. ލޮޓަސްގެ ގޯތިތެރެއަށް ވަދެގެންދިޔަ ލައިބާހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ވާނީވެސް އެހެންތާއެވެ. މާލޭގާވެސް މިފަދަ ބޮޑެތި ގޯތި ހުންނަކަމެއް ލައިބާއަކަށް ކުރިއަކުން ނޭނގެއެވެ.

ގޭޓުން ވަންނަ ދިމާގައި ހަނި މަގައްގޮތަށް ގާޖަހާފައވާއިރު ދެފަރާތުން އެއްވަރަށް ކޮށާލާފައިއޮތް ފެހިކަންގަދަ ވިނަގަނޑު ފެންނަލެއް ވަރަށް ހިތްގައިމެވެ. ފާރު ކައރީގައި ދެފަރާތުގައި ރުއް ހައްދާފައިވެއެވެ. ކުރިމަތީހުރި ތިންބުރީގެ އިމާރާތް ޑިޒައިންކޮށްފައިވާ މީހެއްގެ ކުޅަދާނަކަމެވެ. ހިންދީ ފިލްމުގަ އެދައްކާ މުއްސަނދިންގެ ގެއެކޭ ތަފާތެއް ނެތެވެ. މުޅިގޭގެ ބޭރުގައި ވަނީ ހުދުކުލަލާފައެވެ.

ގޭގެ ދޮރުމައްޗަށް އަރާލުމާއިއެކު ގޭގެ ދެފަރާތުގައި ހައްދާފައިވާ އެކި ކުލަކުލައިގެ ފިނިފެންމާ ގަސްތަކުގައި ފޮޅިފައިވާ މަލުގެ ވަސް ނޭފަތުގައި ޖެހުނެވެ. ގޭގެ ބެލް ޖަހާލުމާއިއެކު އެތެރެން ދޮރު ހުޅުވީ ބޭރުމީހެކެވެ. އެއީ ގޭގައި ގެންގުޅޭ ރާދާއެވެ. “ރާދާ! އެމީހުން ގޮވައިގެން ކާކޮޓަރިއަށް އާދޭ!” އެތެރެން އެއިވުނީ އަނީސާގެ އަޑެވެ.

ގޭތެރޭގައިވެސް ލާފައިވަނީ ހުދުކުލައެވެ. ހުރިހާ ފާރނޗާތައްވެސް ހުދުކުލައިގާވުމުން ގޭގެ ހައިބަތުބޮޑުކަން އިތުރަށް ހާމަކޮށްދެއެވެ. ސާފުޠާހިރުކަމުގެ ނަމޫނާއެކެވެ. ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ގެއެކެވެ.

ކާމޭޒު ދޮށުގައި ލައިބާއާއި އަދުނާނު އިންތިޒާރު ކުރަމުން އެދަނީ ޝާހިދު އެބަ އަންނަކަމަށް އަނީސާ ބުނުމުން ޝާހިދުއާއިއެކު ކާންފަށާށެވެ.

ކާމޭޒުމަތީގައި ނަންހުސްކޮށް ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްފާ ހުއްޓެވެ. ތަފާތު ނަންނަން ކިޔާ ބަތާއި އެކި ވައްތަރުގެ ރިހައެވެ. ހިކިކޮށް ހަދާފައިހުރި ކުކުޅާއި އަލުވި ހުއްޓެވެ. ދެވައްތަރެއްގެ ސެލެޑާއި ޕާޕަރުވެސް ހުއްޓެވެ. ތަފާތު ގިނަ ވައްތަރުގެ މޭވާއާއި ފޮނިކާ އެއްޗެތިވެސް ތައްޔާރުކޮށްފާވެއެވެ. ހތަރު ވައްތަރެއްގެ ޑްރިންކްވެސް ހުއްޓެވެ. މިހާ ފުރިހަމަ ކެއުމަކަށް ލައިބާއަށް ދައުވަތުލިބުން މީ ފުރަތަމަ ފަހަރެވެ.

ހުކުރުން ފައިބައިގެން އާންމުކޮށް ގެއަށް އަންނަން އާދަވެފާނެތް ޝައިމް މިއަދު ގެއަށް އެއައީ މާބޮޑަށް ބޮލުގާ ރިއްސާތީއެވެ. އަނީސާ ފެންނަން ނެތުމުން ކާކޮޓަރިއާއި ދިމާއަށް ޝައިމް މިސްރާބުޖެހީ މިވަގުތަކީ އަނީސާ ކާކޮޓަރީގައި އުޅޭނެ ވަގުތެއްކަން ޔަޤީނާ ގާތަށް އެނގޭތީއެވެ.

“މޯމް. އައިނީޑް މެޑިސިން. ވަރަށް ބޮޑަށް ބޮލުގާ…” ޝައިމްގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

އެވަގުތު ލައިބާއަށްވެސް ދޮރާދިމާއަށް ބަލާލެވުނީ އިވުން އަޑާއިމެދު ޔަޤީން ނުކުރެވޭ ހާލުގައެވެ. ކާއެއްޗެތި އަނގައަށް އަޅައިގެން އިން ލައިބާ ވަގުތުން ކޮށިއެރިއެވެ.

ލައިބާއަށް ވީގޮތްފެނި އަނީސާ އަވަހަށް ފެން ތައްޓެއް ދިއްކޮށްލިއެވެ. އަދުނާނުވެސް ކެއުން ހުއްޓާލުމަށްފަހު އިނީ ލައިބާއަށް ބަލަހައްޓައިގެންނެވެ.

ނޭވައި ރަނގަޅަށް ލެވޭވަރުވުމުން ލައިބާ ދޮރާ ދިމާއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އޭރުވެސް ޝައިމްހުރީ ކަޅި ޖަހާނުލާ ލައިބާއަށް ބަލާށެވެ. ލައިބާއަށް ދެން އެންމެ ކާއެތިކޮޅެއްވެސް ދިރޭ ގޮތެއް ނުވިއެވެ. އެހެންކަމުން ފަނިފޮދު ހުސްކޮށްލުމަށްފަހު ފެންފޮދެއް ބޮއިގެން އެބަ އަންނަން ކަމަށް ބުނެ ފޯނަށް ނަޒަރު ހުއްޓާލައިގެން ސިޓިންރޫމަށް ނިކުމެލިއެވެ.

“ކޮންފަދަ ފަރިކަމެއްތަ؟ މީ އަނެއްކާ މި ދުނިޔޭގެ ކަމެއްބާ؟” މިސުވާލުތައްވީ ޝައިމްގެ އޮޅުންބޮޅުންވެފައިވާ ސިކުނޑީގައެވެ.

ލައިބާގެ އޮމާން ދޮން މޫނާއި ދިގު އެސްފިޔަތަކުގެ ތެރެއިން ފެންނަ ބޮޑު ދެލޯ މިއަދު ޝައިމްގެ ހިތް އަތުލައިފި ކަހަލައެވެ. އެ ތުންފަތުގެ ރީތިކަން އިތުރުކޮށްދިނީ ޖައްސާފައިހުރި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނޫނެވެ. އާދަޔާ ޚިލާފް ހިނިތުންވުމެވެ. ފަޔާއި ހަމައަށް ހުރި ރަތްކުލައިގެ ދިގު ހެދުމާއިއެކު އޮރެންޖުކުލައިގެ ޝޯލްއެއް އަޅާފައިވުމުން ލައިބާގެ ފަރިކަން އިތުރުކޮށްދެއެވެ.

ބޭރަށް ނިކުންނަންދިޔަ ލައިބާގެ ކުރިމަތީ ޝައިމްއަށް އަތް ހުރަސްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މި މަންޒަރު އަދުނާނަށް ނުފެނުނެއްކަމަކު ބޭސްކާޑު އަތަށް ލައިގެން އައި އަނީސާއަށް ވަރަށް ރީއްޗަށް ފެނުނެވެ. ޝައިމްއާއި ލައިބާގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ޝައިމްގެ ލޮލުން އެފެނުނު އަސަރުތަކަކީ އަނީސާއަށް މީގެ ކުރިން ދުވަހަކުވެސް ޝައިމްގެ ފަރާތުން ފެނިފައިނުވާ އިޙްސާސް ތަކެކެވެ. އަނީސާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އިއުނާސް – ޓްރެއިލަރ

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (15)

Next
April 11, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (15)

Previews
April 11, 2017

އިއުނާސް – ޓްރެއިލަރ

32 Comments!

  1. Ana says:
    April 11, 2017 at 5:28 pm

    Alhe dhen haadha kurey 🙁

  2. ReeXa says:
    April 11, 2017 at 5:32 pm

    Reethi

  3. Bleuu says:
    April 11, 2017 at 5:36 pm

    Wow…. varah varah rythi
    Miadhu adhi eh part genesdheveynetha??

  4. Azuna says:
    April 11, 2017 at 5:44 pm

    Asluves maa kuru koh up kurany

  5. meeeeee says:
    April 11, 2017 at 5:47 pm

    aslu v hadi…ehcheh nehthaa ragalhu

    1. koooo says:
      April 11, 2017 at 5:51 pm

      dhw…. vaahaka liyamey bunanvegen liyelaafa dhw

    2. masheh noon says:
      April 11, 2017 at 5:54 pm

      pis pis. beykaaru vagutheh mi dhuhvaalevuny..

  6. Kittiy. says:
    April 11, 2017 at 5:49 pm

    Wow!! Varah salhi….❤

    1. cenhi says:
      April 11, 2017 at 6:01 pm

      Thnkx kittiy.

  7. Shinnu says:
    April 11, 2017 at 5:53 pm

    Reehthi

  8. aysh says:
    April 11, 2017 at 5:56 pm

    aslu hama vrh salhi…
    next part avahah up kohdhehchey..
    can’t wait…

  9. cenhi says:
    April 11, 2017 at 5:59 pm

    Thankx ol. Ithurah dhigukireveykahneh story Sry readers. Midhuvaskolhu v bxy. Who ol r interested can read. Just ignore if u don’t like 🙂

    1. girl says:
      April 12, 2017 at 5:03 pm

      thihaa rude vege readers ge lowbeh nulibeyne! and waahaka liyaa iru male ga dhen thihaa bodu goathi thakeh noanna thanehgga goathyge bodukan haama kohffa oiy goiy ehaa hama eh nujehey
      mi vaahaka ves hama bynely me

    2. cenhi says:
      April 13, 2017 at 9:48 am

      Rude vykynun. Egothah readers ah feel kurevuniyya Sry. Wot I ment was eves majboorukameh nethey mivahaka kiyakah. Kamunudha vahakaeh viyya nukias k ye hama. Me vahaka cont kuranan kiyahivva kudhinnah. Dhn mee khiyaly vahakaeh Inge n konme kahala comenteh kurias I HV no hard feelings

  10. Maree says:
    April 11, 2017 at 6:00 pm

    Alhey asluves v reethi dhen konirakuntha v

  11. Razeena says:
    April 11, 2017 at 6:00 pm

    Haadha kurey.

  12. Inaath says:
    April 11, 2017 at 6:44 pm

    Vaahaka rythi
    Interesting
    Kuru vyma kadaee
    Ekam daily up kuranya ekam ves ok kanneyge

  13. shau says:
    April 11, 2017 at 6:45 pm

    MashaAllah. Ekm miahvure dhigu nukureveynetha

  14. ssss? says:
    April 11, 2017 at 7:06 pm

    Varah rythi??… Mirey adhi eh part up kohdhevidhaane tha?

  15. Mifu says:
    April 11, 2017 at 7:23 pm

    Story vara reethi… plx next avaha up koladhee

  16. Baby says:
    April 11, 2017 at 7:35 pm

    Mi vaahaka genes dheyleh thankolhe kuree. Pls than kolhe dhigu koh dheeba. Story varah reethi. ??

  17. Afy says:
    April 11, 2017 at 7:51 pm

    V salhi ??????????????????????????????

  18. mine says:
    April 11, 2017 at 8:20 pm

    V reethi ? ekam V kuru????

  19. Areesha says:
    April 11, 2017 at 9:20 pm

    Vvv lobi vaahaka…8vana bai avahah genesdhy….waitin4 next part…

  20. kiya says:
    April 11, 2017 at 9:28 pm

    Varah reethi vaahaka but thankolheh kuru

  21. masha says:
    April 11, 2017 at 10:14 pm

    v v reethi <3 ;D

  22. cenhi says:
    April 12, 2017 at 7:11 am

    Thanks ol

  23. Afy says:
    April 12, 2017 at 11:22 am

    Love koba miadhuge part

  24. Maree says:
    April 12, 2017 at 2:56 pm

    Cenhi next part kobaa

  25. cenhi says:
    April 12, 2017 at 3:09 pm

    Havyr fennane insha Allah

  26. xim says:
    April 13, 2017 at 9:20 am

    keep it up sis?

    1. san says:
      April 29, 2017 at 11:35 am

      salhi

Comments are closed.

Next Episodeހިތް އެދެނީ (8)←


All Right Reserved!