Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ގޮތެއްވޭ 9

Pinkish
April 10, 2017
4 Mins Read
29 Comments

ޒޭން ހިނފާލާފަ ގޮސް ޒެއިނާ އާ ޖެހިގެން އިން ގޮނޑީގައި އިށީއިނެވެ. ޒެއިނާ ޒޭން އަށް އެއްވެސް ސަމާލުކަމެއްނުދީ ކެއުމުގައި އުޅުނެވެ. “އައިމް ސޮރީ” ޒޭން މަޑު މަޑުން ބުނެލިއެވެ. ނަމަވެސް ޒެއިނާ އަޅާނުލިތާ ބަލާވެސް ނުލާ މޭޒުގެ ތަންކޮޅެއް ދުރުގައި ހުރި ފެންފުޅި އަތުޖެހޭތޯ އުޅުނެވެ. ޒޭން ފެންފުޅި ނަގާ ޒެއިނާ އަތަށް ދެމުން އައިމް ސޮރީއޭ އަނެއްކާވެސް ދަމާލާފަ ބުނެލިއެވެ.

“އަހަރެ ކީއްވެ ރުޅި އަންނަން ވީ. ނާދެ” ޒޭން އަތުން ފެންފުޅި ދަމާގަންނަމުން ޒެއިނާ ބުނެލިއެވެ. “ހެހެ. އަހަރެ ނާހަމޭނުން ރުޅި އައިއްސަ ހެއްޔެކޭ. އަހަރެ މިބުނީ ކާން ނާދެވުނީމަ ސޮރީއޭ” ޒޭން ވާހަކަ ދެއްކިއެވެ. “އެހެންދޯ” ޒެއިނާ ކޭތަށި ދޮވެލާފަ ޒޭން އަށް ބަލާލުމެއް ނެތި ކޮޓަރިއަށް ދިޔައެވެ.

“ޒެއީ އަބަދު ގޭގަ އޮންނަން ފޫހިއޭނުން. މާދެން އަހަރެ އޮފީހަކަށް ނުދަން. ހިނގާ ދާން ކޮންމެވެސް ތާކަށް” ޒޭން ޒެއިނާގެ މޫޑު ރަގަޅުކުރުމަށްޓަކައި ބުނެލިއެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. “ޔެސް. ހިނގާބަލަ.” ޒެއިނާ ހީވީ ޒޭންގެ ގަޔަށް އަރާލަފާނެހެންނެވެ. “ކެތްތެރި ވޭ އިންސާނާ. މާދެން ހަވީރު ދާނީ.” ޒޭން ބުނެލިއެވެ. ޒެއިނާ ބޯ ޖަހާލަމުން ހީލިއެވެ.

ޒޭން އަށް މިރޭ ނިދޭގޮތެއް ނުވިޔެވެ. ޒެއިނާ ގައިގަ ބައްދާލާ ހިތް ވަނީއެވެ. ލޯބި ވާވާހަކަ ބުނަން ބޭނުން ވަނީއެވެ. ނަމަވެސް ޒެއިނާ އޭނަ ދެކެ ލޯބިވޭބާއެވެ. ޒޭން ނިދިފައި އޮތް ޒެއިނާ އަށް ބަލާލިއެވެ. ނިދާފަ އޮންނައިރު ކިހާ މައުސޫމު ހެއްޔެވެ. ޒެއިނާ ނިދާފަ އޮތްގޮތުން ބަނޑުގެ ބޮޑުތަން އޮތީ ފެންނާށެވެ. ޒޭން އެ ބަނޑުގައި ފިރުމާލިއެވެ. އެވަގުތު ދަރިފުޅު ތޮޅެލި ކަމުގެ އިހުސާސް ކުރެވުނެވެ. ޒޭން އަށް ހިނިތުން ވެވުނެވެ. “ޑެޑީ ލަވްސް ޔޫ ބޭބީ. ކަމް ސޫން” ޒޭން މިހެން ބުނެލަމުން އެ ބަނޑުގައި ބޮސްދިނެވެ. އެވަގުތު ޒެއިނާ ފުރޮޅިލިއެވެ. ޒޭން އަވަހަށް އަނެއްފަރާތަށް އެނބުރި ނިދާކަމަށް ހެދުނެވެ.

ޒެއިނާ ގެ އަޑެއް ނީވުމުން ޒޭން މަޑުމަޑުން ބޯ ހިއްލާލައިފަ ބަލާލިއެވެ. ޒެއިނާ ނުހޭލާކަން އިނގުމުން ފުންނޭވާއެއް ލިއެވެ. ޒޭން ޒެއިނާގެ ނިއްކުރިއަށް ބޮސްދިނެވެ. އެއަށްފަހު ތުންފަތުގައި ވެސް މަޑުމަޑުން ބޮސްދިނެވެ. “އައި ލަވް ޔޫ” ޒޭން ވައިއަޑުން ބުނެލިއެވެ. އެއަށްފަހު ނިދޭތޯބެލިއެވެ.

އިރުގެ ރަންދޯދިތަކުން މުޅި ފަޒާ އަލިކުރަނީއެވެ. ޒެއިނާ އަށް ލޯ ހުޅުވާލެވުނެވެ. ގަޑި ބަލާލީ މާ އަވަހަށް ހޭލެވުނީ އޭ ހިތާއެވެ. ޒޭން ވެސް ނިދަން އޮތީމައެވެ. ޒެއިނާގެ ދެލޯ ބޮޑުވިއެވެ. ގަޑިން 9 ޖަހާ ފަސް މިނެޓް ހިނގީއެވެ. ޒެއިނާ ޒޭން އަށް ގޮވަން ފެށިއެވެ. ޒޭން އޮތީ ގަދަ ނިދީގައެވެ. “ހޫން އޮވޭ. ދެން ފަހުން ނުބުނާތި އަހަރެ ނުގޮވީމައޭ އޮފީސް.” ޒޭން މިއަދު އޮފީހަށް ނުދާނަމޭ ބުނިކަން ޒެއިނާ ކުއްލިއަކަށް ހަނދާންވިއެވެ. އެހެންވެ ޒޭން ނިދަން ބާއްވާފަ ފާހާނައަށް ވަދެފަ ތާޒާވެލިއެވެ. އެއަށްފަހު ސައި ބުއިމަށްޓަކައި ނިކުތެވެ.

“ކޮބާ ޒޭން އޮފީހަށް ނުދާ ދުވަހަކީތަ؟” ޒާހިދާ ސައިބޯން އިން ޒެއިނާ އަށް ސުވާލު ކުރިއެވެ. ޒެއިނާ ބޯ ޖަހާ ލުމަށް ފަހު އަދިވެސް ނުހޭލާ ކަމަށް ބުނެލިއެވެ.

ޒޭން އަށް ހޭލެވުނު އިރު ހުރީ 11 ޖަހާފައެވެ. “އަދި މިއިނގުނީ ތިޔަކީ ވަރަށް ގަދަޔަށް ނިދާ މީހެއްކަން.” ޒެއިނާ ސުވާލު ކުރީ އެނދުމަތީ ފޯނަށް ކުޅެން އޮތް ޒޭން އަށެވެ. ޒޭން އަށް ޒެއިނާ ދެއްކި ވާހަކަ އަޑު އިވުނެވެ. ނަމަވެސް އަޑު އިވުނުކަމަކަށް ނެހެދިއެވެ. “އޭތް” ޒެއިނާ އަނެއްކާ ގޮވާލިއެވެ. މިފަހަރު ވެސް ޒޭން ގަސްތުގައި އިވޭކަމަކަށް ނެހެދިއެވެ. ބޭނުމަކަށް ވީ ޒެއިނާ އައިސް އޭނަ ފޯނު ބެލުމެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ޒެއިނާ ޒޭން ކުރަނީ ކީއްތޯ ބެލުމަށް މަޑު މަޑުން އައިސް ފޯނު ބަލާލިއެވެ. ޒޭން އިނީ ހުދާ އާ މެސެޖް ކުރާށެވެ. ޒެއިނާ ހަށަން ބަނެލިއެވެ. އެއަށްފަހު ސާބަހޭ ކިޔާފަ ކޮޓަރިން ނިކުމެގެން ދިޔައެވެ.ޒޭން ގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

ޒެއިނާ ތައްޔާރު ވަމުންދިޔައީ ޒޭން އާއެކީ ބޭރަށް ދާށެވެ. ޒެއިނާ ބަނޑުބޮޑު ވިޔަސް އެ ލޫޅާފަތި ހަށިގަނޑަށް އެއްވެސް ބަދަލެއް ނާދެއެވެ. ތަފާތަކީ ބޮޑު ބަނޑެއް އިންކަމެވެ. ކަޅު ކުލައިގެ ޓޮޕް ކޮޅަކާ ކަޅު ކުލައިގެ ސްކިނީ އެއްގައި ޒެއިނާ ފެންނައިރު ވަރަށް ވެސް ރީއްޗެވެ. އެ ފަން ކަޅު ކަޅު އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. އެއިސްތަށިގަނޑުން އެއްބައި އޮތީ މޭމައްޗަށް ވައްޓާލާފައެވެ. މަޑު މަޑު ލިޕްސްޓިކް އިން އެ ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

“ރެޑީ އެއް ނުވެވާތަ. އަހަރެ ތައްޔާރުވެއްޖެ ތާ ކޮންއިރެއް” ޒޭން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ޒޭން އަށް ޭއިނާ ފެނުމުން ބަލަން ހުރެވުނެވެ. ޒެއިނާ އަށް ވެސް ވީ އެވަރެވެ. ޒޭން ހުރީ ހުދު ކުލައިގެ ކުރެހުމެއް ކުރުހައިފައިވާ ކަޅު ކުލައިގެ ޓީޝާޓަކާ ޖީންސް އެއްލައިގެންނެވެ. އެފަން އެހާ ދިގުނޫން އިސްތަށި ކޮޅުވަނީ ޒަމާނީ ގޮތަށް ޖެލް ލައި މައްޗަށް ހިއްލާލާފައެވެ. ދޮން މޫނުގައި އަވި އައިނެއް އަޅާފައި ހުރުމުން ފިރިހެން ވަންތަކަން އިތުރުވެގެން ދެއެވެ.

“ދަރިފުޅާ ޒެއިނާ ހިނގާ މަންމަ އާއެކީ ބީޗް އަކަށް ދާން” ދެމީހުންނަށް ސިހުން ލިބުނީ ޒާހިދާގެ އަޑުންނެވެ. ޒާހިދާ ބުނި އެއްޗަކުން އެދެމީހުންނަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ. “ދަރިފުޅުމެން ތާކަށް ދާން ދޯ ތިއުޅެނީ. ގޮސްލާ މަންމަ އާއެކީ ދާނީ އެހެން ދުހާކުން” ޒާހިދާ މިހެން ބުނެ ނިކުމެގެން ދިޔައެވެ. “އަމް. ހިނގާ” ޒޭން އަތުގެ އިޝާރާތުން ބޭރު ދައްކާލަމުން ބުނެލިއެވެ. ޒެއިނާ އޭނަގެ އަވި އައިނު އަޅާލަމުން ޒޭން އާއެކީ ނިކުމެގެން ދިޔައެވެ.

ޒޭން މެން ކާރުގޮސް މަޑު ކޮށްލީ ރެސްޓޯރެންޓެއް ކައިރިއަށެވެ. ޒޭން އަދި ޒެއިނާ ކާރުން ފޭބުމަށްފަހު އަތުގައި ހިފާލައިގެން އެތަނަށް ވަންނަން ދިޔައެވެ އޭރު ގިނަ ލޯ ތަކެއް އެ ޖޯޑަށް ބަލަމުން ގެނދިޔައީ ރީތިކަމުންނެވެ. ޒޭންމެން ގޮސް އެތާ ހުރި ހުސް މޭޒެއް ކައިރި އިށީއިނެވެ “ޒޭން އަށް އިގޭތަ އަހަރެ ހާދަ ބިރެއް ގަނެޔޭ ވިހަން ކައިރިވާ ވަރަކަށް. ވަރަށް ތަދުވާނޯ. ބައެއް މީހުން މަރުވެސް ވެޔޯ. އަހަރެ މަރުވެއްޖިއްޔާ ދަރިފުޅު ރަގަޅަށް ބަލާތި” ޒެއިނާ ވާހަކަ ދައްކަން ފެށިއެވެ. ޒޭން ހުރީ ދެބުމަ ކައިރި ކޮށްގެންނެވެ.

“ކޮން މޮޔައެއް ތި ގޮވަނީ. ސާބަސް” ޒޭން ހިތްހަމަނުޖެހުނެވެ. “ބިރުގަނެޔޭ” ޒެއިނާ ވެސް ބުނެލިއެވެ. “އޯކޭ. މިސާލަކަށް އަހަންނަށް ޒެއީ ވިހާއިރު ކައިރީގަ ނުހުރެވިއްޖިއްޔާ ކީއްކުރާނީ” ޒޭން ސަމާސާ ކޮށްލިއެވެ. “އަމްމްމް. ދަރިފުޅު ވިހޭމަ ޒޭން ހުރިތާކަށް ގޮއްސަ ބަވާނީ އަހަރެ އެއްމެ ބޭނުން ވާގަޑީ ނެތީމަ” ޒެއިނާ ހީލާފާ ބުނެލިއެވެ. “ހެހެ. ކޮންނަމެއް ބޭބީ އަށް ކިޔާނީ” ޒޭން އަހާލިއެވެ. “ބޯއީ އެއް ވިއްޔަ ކިޔާނެ ނަން ހޯދާފިން. ގާލް ގެނަން ހޯދަނީ މި. ހެހެ. ނޫން ޒޭން ހޯަދަބަލަ ގާލް ނޭމް. އިނގޭ” ޒެއިނާ ޒޭން އަށް ބުނެލިއެވެ. “ އޯކޭ” މިރޭ ހޯދާފަ ބުނާނަން. ކޮބާ ބޯއީ އެއް ވިއްޔާ ކިޔާ ނޭމް އަކީ” ޒޭން ޝައުގުވެރިކަމާއެކީ އަހާލިއެވެ. “ޒަޔާން ޒެއިން” ޒެއިނާ ހިޔާލީ ގޮތަކަށް ބުނެލިއެވެ. ޒޭން ސަޅި އޭ ކިޔާފަ ހިނިގަނޑެއް ޖަހާލިއެވެ.

އެމީހުން ގެއަށް އާއިރު ހުރީ ރޭނގަޑު 8 ޖަހާފައެވެ. ޒެއިނާ ވެފަ ހުރި ވަރުބަލި ކަމުން ދިޔަ ގޮތަށް ގޮސް އެނދަށް ވެއްޓިގަތެވެ. “ނުކާނަންތަ” ޒޭން އަހާލިއެވެ. “ވަރަށް ފުލް” ޒެއިނާ އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. “އެކަމް ނިދުމުގެ ކުރިން ވާނެ ޖޫސް ތައްޓެއް ވިޔަސް ބޯލަން” ޒޭން ބޯ ޖަހާލިއެވެ. ޒޭން ލެޕްޓޮޕް ނަގައިގެން އެނދުގައި އިއްތާލިއެވެ. “ސާބަސް. އޮފީހަށް ނުދިޔަޔަސް އަބަދު މަސައްކަތެއް ކުރުމުގައި” ޒެއިނާ މަލާމާތް ކޮށްލިއެވެ. “ސާބަސް. ބޭބީ ނޭމް އެއް ހޯދަން މިއުޅެނީ” ޒެއިނާ އޯ އޭ ބުނެލިއެވެ.

ޒޭންގެ ފޯނު ރިންގްވާން ފެށީ ކުއްލިއަކަށެވެ. ޒޭން އަށް ވުރެ ކުރިން ޒެއިނާ އެ ނަގާ ބަލާލިއެވެ. ގުޅަނީ ހުދާ އެވެ. “ޒޭންގެ ހުދާ” ޒެއިނާ މިހެން ބުނެ ޒޭން އަތަށް ފޯނު ދިނެވެ. ޒޭން ފޯނުގައި ހިފާފާ ފޯނު ނެގިއެވެ.

“އަހަރެން ދާންޖެހިއްޖެ. ހުދާ ކޮންމެސް ގެއަކަށް ލާދެން އާދެބަލާށޯ” ޒޭން މިހެން ބުނެ ލެޕްޓޮޕް ލައްޕާލިއެވެ. “ޒޭން ޑްރައިވަރަކަށްވެސް ވީތަ” ޒެއިނާ އަހާލިއެވެ. “ހުދާ އަށްޓަކައި” ޒޭން އެއްލޯ މަރާލަމުން ބުނެލިއެވެ. ޒެއިން ދެބުމަ އަރުވާލިއެވެ. ޒޭން ނިކުމެގެން ދިޔުމުން ޒެއިނާ ފުން ހިޔާލަކަށް ގެނބުނެވެ.

އަހަންނަށް މިހާ އުނދަގޫ ވަންޏާ އަދި ހުދާ އަށް ބަވާލެވޭނެ އެވެ. ނުބަވަންޏާ ދެރަ ހެއްޔެވެ. ޒޭން އަކީ އަހަރެގެ ފިރިމީހާ ވިއްޔާއެވެ. އޭނަ އާ ކައިރި ވެގެން ހުދާ ނުވާނެއެވެ. އެކަމަކު އަހަންނަށް ކީއް ހެއްޔެވެ. އަނެއްކާ ލޯތްބޭ ކިޔާއެއްޗެއް ޒޭން ދެކެ ވެވުނީ ބާއެވެ. ޒެއިނާ ސިކުނޑިއަށް ވެރިވި ހިޔާލުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ނޫނެކެވެ. އެޔަކީ ލޯތްބެއް ނޫނެވެ. އަހަރެންގެ ބެސްޓް ފްރެންޑް ވީމަ ވާ ގޮތެއް ކަންނޭގެއެވެ. އަހަންނަކަށް ދުވަހަކު ވެސް ޒޭން ދެކެ ލޯބި ވެވޭނެ ހެއްޔެވެ. ޒެއިނާ ހީލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެހެން އޮވެ ޒެއިނާ އަށް ނިދުން އިރެއް ވެސް ނޭނގެއެވެ.

ޒޭން ކާރު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ކުއްލިއަކަށް އައި ބަހެއްގައި ޒޭން ގެ ކާރު ޖެހުނެވެ. އޭރު ޒޭންގެ ހަޅެލެވުމުގެ އަޑު މުޅި ފަޒާގައި ގުގުމާލިއެވެ.

“ޒޭން” ޒެއިނާ އަށް ފުންމައިގެން ތެދުވެވުނެވެ. “އޯއި. ކީއްވެ މާ ބާރަށް ތި ގޮވަނީ” ލޯގަނޑު ކުރިމަތީ އޮފީހަށް ދާން ތައްޔާރު ވާން ހުރި ޒޭން އަހާލިއެވެ. ޒެއިނާ އަށް ފުންނޭވާއެއް ލެވުނެވެ. ފެނުނީ ހުވަފެނެއްކަން އިގުނީމައެވެ. “ކަމެއްނުވެ” ޒެއިނާ ބުނެލިއެވެ. “އަހަރެ އެހާ ވަރަށް ޖޫސް ބޮއިގެން ނިދާށޭ ބުނީމަވެސް ރޭގަ ނިދީ އޭނުން. އަހަރެ އާއިރު މާގަދަޔަށް ނިދާފަ އޮތީމަ ނުކެރުން ގޮވާކަށް ވެސް” ޒޭން ހިތްހަމަނުޖެހިފައި ބުނެލިއެވެ. “އަހަންނަށް ވެސް ނޭނގޭ ނިދުން އިރެއް. ނިދާކަށް ނޫނޭ އޮތީ” “ހޫމް އޯކޭ. ދެން ދޭ ސައި ބޯން” ޒޭން ބުނެލިއެވެ.

“މިއަދު ހާދަ އަވަހަކަށް ދާން ތިއުޅެނީ” ޒެއިނާ ޒޭން ދާން އުޅުނު ލެއް އަވަސް ކަމުން ބުނެލިއެވެ. “ހުދާ އޮފީހަށް ލާފަ ދާން ޖެހެނީ” ޒޭން މިހެން ބުނެ ނިކުމެގެން ދިޔައެވެ. “ޕިސް ޕިސް. މިހިރީ ވަރުގަދަ ހުދާ އެއް ލިބިފައި” ޒެއިނާ ހިތާހިތުން ކިޔާލިއެވެ.

ނުނިމޭ

47
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Pinkish

...

Other Articles

Previous

އާވާ ހަނދާން 10

Next

ހިތް ނުރޮއްވާ…….!!!!!!

Next
April 10, 2017

ހިތް ނުރޮއްވާ…….!!!!!!

Previews
April 10, 2017

އާވާ ހަނދާން 10

29 Comments

  1. Pinkish says:
    April 10, 2017 at 7:48 pm

    Finallyy hope that couple hunna goiy kiyaa dhevijje.. hehe.. hope yuh all will like this part.. next part Wednesday.. enjoy episode 9.. ?

  2. Hajja says:
    April 10, 2017 at 8:06 pm

    Dhen Pinkish e dhemeehun gulhuva bala avahah…mihaaru ves v reethi

    1. Pinkish says:
      April 10, 2017 at 8:15 pm

      Thikan kureveythw miulhenyy.. hehe.. thankx Hajja.. ??

    2. Pinkish says:
      April 10, 2017 at 8:16 pm

      Awwnn.. i m srryy dear.. Thankx shiu.. ??

  3. shiu says:
    April 10, 2017 at 8:14 pm

    V nice.. Bt story Haaadha kurey .. V kiyaaa hithun huttaaa nimuny …

    1. Pinkish says:
      April 10, 2017 at 8:17 pm

      Awwnn.. i m srryy dear.. Thankx shiu.. ??

  4. ReeXa says:
    April 10, 2017 at 8:31 pm

    Reethi.. Wednesday ge kurin vaahaka nugen dheveynee thr

    1. Pinkish says:
      April 10, 2017 at 8:52 pm

      Maadhen bxyy.. but let me try.. maadhen veythw balaanan igeyy.. thankx ReeXa ??

  5. Azu says:
    April 10, 2017 at 8:41 pm

    Pinkish….adhi kihaa dhuvahehge masahkathuntha e dhekudhin gulhuveynee……v vey edhuvas dhekey hiy…heheh …. vaahaka vv reethi….mee adhi first commnt me ge….but vaahaka kiyan abadhuves….????

    1. Pinkish says:
      April 10, 2017 at 8:54 pm

      Hehe.. yeah neiy dhn maa gina dhuvaheh.. feel happy abadhuvx kiyaathyy… kuriah oiy thaa vx Azu ge comment eh fennaane kamah hykuran.. thankx dear ??

  6. Kiara says:
    April 10, 2017 at 8:53 pm

    Wohoa..??
    Salhi..?
    Sifa kohladhineema thankx..?
    Varah salhi mi bai liyefa oiy goih.. ?

    Emme fahun Hudha r hedhi dhemeehun fani nuviyya ragalhu..
    Zeyn nuny zeyna maraa nulahcheh anehka..heheh?

    Next part ah waitinggg..

    1. Pinkish says:
      April 10, 2017 at 9:03 pm

      Haha.. lets see vaagotheh.. so happy that yuh liked this part.. keep waiting.. thankx Kiara ??

  7. Saniyya says:
    April 10, 2017 at 9:20 pm

    v reethi keep it up
    me ge furathama comment mi Inge

    1. Pinkish says:
      April 10, 2017 at 9:28 pm

      Ohh thankx dearr.. adhi vx comment kurahcheyy.. thankx again saniyya ??

  8. Ainy says:
    April 10, 2017 at 9:40 pm

    Haadha kuru koshey mi vaahaka genes midheni next part than kolhen dhigu koh genes dheyne kamah ummedhu kurah… vahaka dhen salhi ingey

    1. Pinkish says:
      April 10, 2017 at 9:46 pm

      Aslu vx v try kuran.. Thankx Ainy ??

  9. Sheena says:
    April 10, 2017 at 9:48 pm

    Mi story v nice

    1. Pinkish says:
      April 10, 2017 at 10:00 pm

      Oww.. thankx so much Sheena ??

  10. xee says:
    April 10, 2017 at 10:28 pm

    Mi story hama damn love nge… I like it.. Mashah vrh Hervey thi kulhufhuffushy kujjeh hen.. M I rite???

    1. Pinkish says:
      April 10, 2017 at 10:55 pm

      First of all thankxx.. Hama c koh miakyy k fushi kuhjeh noon.. i live in male. Ekm aslu ehn rasheh.. Thankx again xee.. ??

  11. Zeyn says:
    April 11, 2017 at 6:06 am

    Vaahaka vrh rythi.bt thankolheh kury..

    1. Pinkish says:
      April 11, 2017 at 11:37 am

      Thankx zeyn.. ??

  12. Maree says:
    April 11, 2017 at 8:49 am

    V reethi

    1. Pinkish says:
      April 11, 2017 at 11:38 am

      Thankx maree.. ??

  13. Aki says:
    April 11, 2017 at 8:57 am

    v reethi…haadha lahun up kuranee

    1. Pinkish says:
      April 11, 2017 at 11:40 am

      Dhedhuhun ehdhuhu hama bunaa dhuhaakah upp kuran.. thankx aki.. ??

    2. Pinkish says:
      April 11, 2017 at 11:42 am

      Hey guyx.. i think story ga dhn iny baaky 2 episodes.. ehnve pinkish mivisnany next part wednesday ga and last part friday ga upp kuran.. so keep waiting.. ?

  14. Nikko says:
    April 11, 2017 at 7:45 pm

    abadhu vx konme. dhuhuku up vey.thw balan gavaidhun kiyan.. i. think this is my first comment.. for you. varah reethi alhey. avahah up kohdhehchey.. esfiyaiga nyhnaaneh nukiyaa ehvx vaahaka eh.. gavaidhun all kiyan .. varah bodu suppirtareh ingey.. zain aa zaina gulhuvaa plx avahah.. waiting.. keep on working keet it up… waiting. for. the nxt

    1. Pinkish says:
      April 11, 2017 at 8:37 pm

      Alhey.. thank you so much dear.. so happy to here that… keep waiting Nikko ??

Comments are closed.

All Right Reserved!