Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 10

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
April 10, 2017 8 Mins Read
28 Comments

“އަހަންނަށް މާފުކޮށްދީ. އަހަރެންނަށް ފަޒޫއަށް ތަދު ކުރެވުނީމަ” ފަޒުނާގެ ކޯތާފަތުގައި ހިފައި ހަތަރުކަޅިހަމަ ކޮށްލަމުން އަޝްފާން ބުންޏެވެ.

ފަޒުނާއަށް އިސްޖަހައިލެވުނެވެ. އަޝްފާންގެ އެތޫނު ބެލުމަށް އޭނާއަށް ކެތްނުކުރުވުނީއެވެ. އަދި އަޝްފާނަށް ފުރަގަސްދީ ބެލްކަންޏާއި ދިމާލަށް އެބުރެވުނެވެ.

“އަހަންނަށް މާފްނުކުރިއަސް ޕްލީސް ނުރޮއެއި. އަހަރެނަށް ވެސް ރޮވިދާނެ އަންހެން ކުއްޖެއް ރޯތަން ފެނިފަ. އަދި އަމުދުން އަހަރެންނާއި ހެދި ނަމަ. އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގައިގަ ޖަހާފައެއް ނޯންނާނެ. އެކަމަކު ރޭގަ ކޮއްކޮ ލާމިއު އާއި އެއްކޮށް ފެނުނީމަ ރުޅި ކޮންޓުރޯލް ނުވެވުނީ. ހުރި ހަމައެކަނި ކޮއްކޮއަށް އެއްވެސް މީހަކު ކުޑަ ނަމަވެސް އަނިޔާއެއް ލިބޭތަން ދެކޭކަށް އަހަރެން ބޭނުންނުވީ. ” އަޝްފާން އޭނާއަށް ފުރަގަސްދީގެން ހުރި ފަޒުނާގެ އަތުގައި ހިފާލަމުން ބުންޏެވެ.

އަޝްފާންގެ ވާހަކަތައް އަޑުއަހަމުން ދިޔަ ފަޒުނާއަށް އަޝްފާންގެ އަޑުގައި ވި ތެދުވެރިކަން އިހްސާސްކުރެވުނެވެ.

“އިޓްސް އޯކޭ. އަހަރެން މާފްކޮށްފިން. އަޝްފާން ކަހަލަ ބޭބެއެއް ލިބޭނީ ވަރަށް މަދު ބަޔަކަށް” ފަޒުނާ އަޝްފާންއާއި ދިމާލަށް ބަލާލަމުން ބުންޏެވެ. ރުއިން ހުއްޓާލި އިރު ފަޒުނާގެ ދިގު އެސްފިޔަތައް ވަނީ ކަރުނައިން ތެމިފޯވެފައެވެ.

“ޔަގީންތަ މާފް ކުރިކަން… އަހަރެންމީ ފަޒޫގެ އާއިލާ މީހެއްކަމުގައި ނުވިއަސް އައި ވިލް ބީ ދެއާ ވެން ޔޫ ނީޑް މީ. އެހެޔޮ ކަނޑުމަތީ ހުއްޓަސް އަދި ދަންވަރު އެކެއްޖެހި ނަމަވެސް. ހަނދާން ކުރާތި.. ސްޕަމޭންއަށްވުރެ އަވަސްވާނެ ” އަޝްފާން އެހެން ބުނެލުމާއެކު ފަޒުނާއަށް ހެވުނެވެ.

“ކޮން ނަމެއް ކިޔާ ސްޕަހީރޯއެއް ތީ” ފަޒުނާ އަޝްފާންއާއި ސަމާސާ ކުރިއިރު ދެންމެ ވީ ހުރިހާ ކަމެއް އޭނާގެ ހިތުންފުހެލި ކަހަލައެވެ. އަޝްފާންއަށް ފަޒުނާގެ އެ ސަމާސާކުރުމުން ހިތަށް ފިނިކަމެއް ލިބުނެއެވެ. އަދި ފަޒުނާގެ ހިތް އޭނައާއި މެދު ސާފުކަން އެނގުމުން ހިނިތުންވެވުނެވެ.

“އެ ސީކުރެޓްއެކޭ… އެކަމަކު ފަޒޫ ކައިރީ ބުނާނަން އިނގޭ އަހަރެންގެ އޭޖެންޓު ކައިރީ ހުއްދަ ހޯދައިގެން. އޭނަ ވަރަށް އިސްކަންދޭ ކަމެއް އަހަރެންގެ ސެކިއުރިޓީއަކީ” އަޝްފާން ބޭނުން ވީ އޭނާގެ ސަމާސާއިން ފަޒުނާގެ މިލާވައިވާ މޫނަށް އާރޯކަން ގެނެސްދޭށެވެ.

ދެމީހުންނަށް އެކަކު އަނެކަކާއި ސަމާސަކުރަން އެތައް އިރަކު ތިބެވުނު އިރު ވަގުތު ފާއިތުވެގެން ދިޔަ ގޮތެއް ނޭނގޭއެވެ. ދެމީހުންވެސް އެކަކު އަނެކަށް ދިމާވެފައި ހުރި މަޖާކަންތައް ހިއްސާކުރެވެމުން ދެވުނީ ހީހީފައެވެ. މިހާތަނަށް އަޝްފާން ފަޒުނާ ދެކެމުން އައީ ހަމައެކަނި އޭނާގެ ކޮއްކޮގެ ގާތް އެކުވެރިޔާގެ ގޮތުގައި ކަމުގައި ވީ ނަމަވެސް މިއަދު މި ޖަހާ ސަކަރާތުގެ ސަބަބުން ދެމީހުންގެ ގުޅުން އެއަށްވުރެ އިތުރަށް ބަދަހިވެއްޖެކަން އަޝްފާނަށް އިހްސާސްވިއެވެ.


 

ގޭތެރޭ އުޅޭ އުޅުމުން ފަޒުނާ އަދި އަޝްފާންގެ ގުޅުން ވަރަށް ބަދަހިކަން އަމީރާއަށް ފާހަގަވިއެވެ. ދެމީހުން އެކަކު އަނެކަކާއި ހީސަމާސާކޮށް އުޅޭ ތަން ފެނި އަމީރާއަށް ހިތްހަމަޖެހުން ގެނެސްދެއެވެ.ފަޒުނާ ކަހަލަ ރަގަޅު ކުއްޖެއް އޭނާގެ ދަރިފުޅުގެ ހަޔާތަށް އައުމަށް އޭނާ އަބަދުވެސް ބޭނުންވެއެވެ.

“ދަރިފުޅާ ފަޒުނާ. ދޭބަލަ މި ކޮފީތަށި އަޝްފާނަށް ދޭން. މީޓިންއަކަށް ދާން ގަޑިޖެހިގެން އެއުޅެނީ. “ފިނިކޮށް ގިރާލައިފައިވާ ކޮފީ ތަށި ދިއްކޮށްލަމުން އަމީރާ ބުންޏެވެ.

“ގުޑް މޯނިން.. އެއޮތް ގަޑި ޖެހެނީއޭ” ޓައި އަޅަން ލޯގަޑު ކުރިމަތީ ހުރި އަޝްފާން އާއި ފަޒުނާ ވާހަކަ ދެއްކިއެވެ.

“”ގަޑި ޖެހޭނެއެއްނު. މިއޮތް ޓައީއެއްވެސް ނޭޅުނު ވިއްޔާ” ގަޑި ޖެހޭތީ ހާސްވެފައި ހުރި އަޝްފާން ޓައި ރަގަޅަށް ނޭޅުމުން ހުރީ ހިތްހަމަނުޖެހިފައެވެ.

“ގެނޭ އަހަރެން އަތަށް..” މޭޒުމަތީ ކޮފީތަށި ބަހައްޓަމުން ފަޒުނާ އަޝްފާންގެ ޓައި އަޅުވަދޭން އުޅުނެވެ.

“ތޭންކް ޔޫ ފަޒޫ. ފަޒޫ އާއި ނުލައި އަހަރެން ކީއްކުރާނީ” އަޝްފާންގެ އެބަސްތަކުން ފަޒުނާއަށް ކުރުވީ އެހެންކަހަލަ އިހްސާސެކެވެ. އަޝްފާނަށް ބަލައިލެވުނީ މުޅި އުމުރަށްވެސް ތިބާގެ ހިދުމަތުގައި ހުންނާނެ ކަމުގެ ޔަގީންކަންދޭ ފަދައަކުންނެވެ.

“ދަނީއޭ.. ވިޝްމީ ލަކް” އެދުމަތީ އޮތް ސޫޓްކޭސް އަތަށް ނަގައިގެން އަޝްފާން ބޭރަށް ނުކުތްއިރު ހީވަނީ ޕުރޮފެޝަނަލް ބިސްނަސް މީހެއް ހެންނެވެ.


 

އަޝްފާން އިޝާއާއި ވަކިން މީޓްކޮށްލަން ބޭނުންވިއެވެ. އޭނާގެ ހިތުގައި އެބުރެމުންދާ އެތައް ވާހަކައެއް ކިޔާދިނުމަށެވެ. އަދި އެތައް އިހްސާސްއެއް ފާޅުކުރުމަށެވެ. އެހެންކަމުން އޭނާ ވަގަށް އަރޫޝާގެ ފޯންނަގައި މެސެޖެއް ކޮށްލިއެވެ.

“ވަރަށް މުހިއްމު ކަމަކު ވާހަކަ ދައްކަން އެބައޮތް. ރެޑީވޭ 7 އަށް. ދޮންބެ ދާނެ އިޝާ ބަލައި” އަރޫޝާއަށް ހެދިގެން އަޝްފާން މެސެޖުކޮށްލިއެވެ.

7 ޖެހި އިރަށް އިޝާ ގެއަށް ދިޔައިރު އޭނާގެ އިންތިޒާރުގައި ހުރި އިޝާ ފެނުމުން އަޝްފާނަށް ހީލެވުނެވެ.

“އަރާ ކުރީ ސީޓަށް. ފަހަތު ސީޓް ހަލާކުވެފަ ހުރީ” އިޝާ އަށް ފަހަތު ސީޓުގެ ދޮރު ހުޅުވުމުގެ ކުރިން އަޝްފާން ކުރީ ސީޓުގެ ދޮރު ހުޅުވާލިއެވެ.

ކާރު ބޮޑުތަކުރުފާނު މަގުން އަރޫޝާގެ ގެ ހުރަސްކޮށް ދިޔުމުން އިޝާއަށް އަޝްފާނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.

“އިޝާ އައި އޭމް ސޮރީ. އަހަންނަށް އިނގޭ އަހަރެންނާއި ބައްދަލުކުރަން އިޝާ ނާއްނާނެކަން. އެހެންވެ ރުޝްކަމަށް ހެދިގެން އަހަރެން މެސެޖު ކުރީ.” ކާރު މަގުގެ އެތް ފަރާތެއްގައި ޕާކުކުރަމުން އަޝްފާން ބުންޏެވެ.

“ކީއްވެ މީޓްކުރަން ” އިޝާ ކުޑަކޮށް ބިރުގެންފައިވާ ގޮތަކަށް އަހާލައެވެ.

“ވާހަކަ ދައްކާލަން”

“އިޝާ.. އަހަންނަކަށް ނޭނގެ އިޝާއާއި ބެހޭ މާ ބޮޑު އެއްޗެއް. އެކަމަކު އަހަންނަށް އެނގޭ އެއްޗެއް ބުނެފާނަން. ޔޫ ޑޯންޓު ހޭވް ޓު ވޭސްޓް ޓައިމް ވެއިޓިން ފޯ ސަމްވަން ހޫ ޑޯންކް ކެއާ. އިޝާގެ އިހްސާސްތައް ނުދަންނަ މީހަކަށްޓަކައި ތި ދެލޮލުން ކަރުނަ ނުއޮހޮރުވާ… އަހަންނަށް އެގިފައިން އެއްޗެއް ދޮގަކަށް ނުވާނަމަ ތިމީހަކު އިޝާއަށް އެންމެ ކުޑަމިނުން މެސެޖެއްވެސް ނުކޮށްލާތާ މިހާރު ދެ މަސް ފާއިތުވެ މިދަނީ. ވައި އާ ޔޫ ވޭސްޓިން ޔޯ ޓައިމް” އަޝްފާން އޭނާގެ ހިތުގައި އެބުރެމުން ދިޔަ ވާހަކަތައް ޖެހިލުމެއްނެތި ފާޅުކުރިއެވެ. އިޝާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

“ކީއްވެ އެއްޗެކޭ ނުބުނަނީ. އިޝާއަށްވެސް މި ވާހަކަތައް ގަބޫލުކުރެވޭ ދޯ” އަޝްފާން އިޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން އިތުރަށް ސުވާލުކޮށްލިއެވެ.

“އިޝާ އައި އޭމް ޓޯކިން ޓު ޔޫ. ކިތައްމެ ވަރަކަށް އަޑު ނީވޭ ކަމަކަށް ހަދައިގެން އިނަސް އަހަންނަށް އިނގޭ އިޝާއަށް މިކަމާ ދޭތެރޭ ކުޑަކޮށް ނަމަވެސް އެބަ ވިސްނޭކަން” ގަބުވެ ކާރުން ބޭރަށް ގެއްލިފައި އިން އިޝާގެ އަތުގައި ހިފާލަމުން އަޝްފާން ބުންޏެވެ.

“އެއީ އަދިވެސް ލޯބިވާތީ” އިޝާގެ އެޖުމްލަ އަޝްފާނަށް ސާފުވީ ހަމަ ކިރިޔަކިރިޔާއެވެ. އިޝާގެ އަޑު އެހާވެސް މަޑެވެ.

“އިޝާތި ކުޑަ ކުއްޖެއްނޫނެއްނު. އެކަކު ލޯބިވެގެން ކިހިނެތް ދިރިއުޅުމެއް އުޅޭނީ”

“އޭނަ އަދި އަންނާނެ” އިޝާއަށް ބުނެވުނެވެ.

“އިޝާ މީ ފެއާރީ ޓެއިލްއެއް ނޫނޭ. އިޝާގެ ތި ޕްރިންސެއް ކޮން ދުވަހަކުންތަ އަންނާނީ. ތީ ސްލީޕިން ބިޔުޓީތަ ނޫނީ ސްނޯވައިޓްތަ ޕުރިންސް ހޯސްއެއްގަ އައިސް އިޝާއާއި ކިސްކުރަންދެން ހާލުގަ ޖެހިފަ އޮންނަން.. މީ ރިއަލް ލައިފް. ތިމާ ސަލާމަތް ކުރާނީ ތިމާ. އިޝާއަށް ޑިސާވްވާ ލޯބި ހޯދަން ޔޫ ޝުޑް ފައިޓް” އަޝްފާން އިޝާއަށް ވިސްނައިދެވޭތޯ އުޅުނެވެ.

“ގެއަށް ގެންގޮސްދީ” އަޝްފާން ދެއްކި ވާހަކަތަކަށް އިޝާ ރައްދުދޭން ބޭނުންނުވިއެވެ.

“އޯކޭ. އަހަރެން ގެއަށް ލައިދީފާނަން . އެކަމަކު އަހަރެންގެ ވަރަށް ބޮޑު އެދުމެއް އަހަރެންގެ މިވާހަކަތަކަށް އިޝާ ކުޑަކޮށް ނަމަވެސް ވިސްނާލުން. އޭރުން އައި އޭމް ޝުއާ ޔޫ ވިލް އަންޑާރސްޓޭންޑް ކޮންމެސް އެއްޗެއް” ކާރުގެ ހުންގާނުގައި ހިފައި ކުރިއަށް ދުއްވާލަމުން އަޝްފާން ބުނެލިއެވެ.

އިޝާގެ ގެއަށް ދިޔަ މަގުމަތީ ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަޝްފާނަށް އިރުއިރުކޮޅާ އިޝާއަށް ބަލާލެވެއެވެ. އިޝާ އޭނަ ދެއްކި ވާހަކައާއި ދޭތެރޭ ކޮންމެސް އެއްޗެއް ބުނެލާތޯ އިންތިޒާރު ކުރެވުނެވެ. އެހެންނަމަވެސް އިޝާ އިނާ ކާރަށް ފުރަތަމަ އަރާ އިންގޮތަށް ބޭރު ބަލަހައްޓައިގެންނެވެ. ފުން ހިޔާލެއްގެ ތެރޭގައެވެ.

“މިއާދެވުނީ. ގުޑް ނައިޓް”ކާރު އިޝާގޭ ކުރިމައްޗަށް މަޑުކުރަމުން އަޝްފާން ބުނެލިއެވެ.

“ތެންކް ޔޫ. އެކަމަކު ދެން ފަހަރަކު ވާހަކަ ދައްކާއިރު ހަގީގަތް ބަލާފަ ވާހަކަ ދެއްކުން ބުއްދިވެރި” ކާރުގެ ދޮރު ހުޅުވާލަން އަތް ދިއްކޮށްލަމުން އިޝާ މިބުނި ޖުމްލައިން އަޝްފާނަށް އިޝާއަތުގައި ހިފެހެއްޓި ކާރުން ފޭބުމަށް ހުރަސް އެޅުނެވެ.

“ކޮބާތަ ތިބުނާ ހަގީގަތަކީ. އިޝާ ދައްކަބަލަ އަހަރެން މިރޭ ދެއްކި ވާހަކާއިގަ އެއްވެސް ދޮގެއް އޮތް ނަމަ”

އަޝްފާން ކާރުގެ ދޮރު ލޮކް ކުރިއެވެ. އިޝާއަށް މިކަން އެނގި އަޝްފާންގެ މޫނަށް ބަލާލެވުނެވެ.

“އަހަރެން ބޭނުން މިރޭ އަހަރެން ދެއްކި ވާހަކާއިގަ އެއްވެސް ކުށެއް އޮތްތޯ ބަލާލަން” އިޝާގެ އެބެލުމުގައި ވި ސުވާލަށް އަޝްފާން ޖަވާބު ދިނެވެ.

“އަޝްފާން އަށް އިނގޭތަ ލޯތްބަކީ ކޯއްޗެއްކަން. އައިމް ސޮރީ.. އަޝްފާން ތީ ލޯބީގެ ޑިގްރީއެއް ނަގައިގެން ހުރި މީހެއް. އެހެންވެ އެއްނު ދުވާލަކު އެއްކުއްޖެއް ދެކެ ލޯބި ވެވެނީ” އިޝާ ކޮށްލީ ވިހަ ސަމާސާއެކެވެ.  “ދެރަ.. އަހަންނަށް ލޯބިވެވުނީ އެއްމެ މީހެއް ދެކެ. އަދި އަޝްފާން ތިބުނާ ޕްރިންސް ގޮތަށް އެންމެ ނަޒަރަކުންނެއް ނޫން. ހީ ކެއާޑް އެބަޓު މީ. ލޯބިދިން. އިޝާގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރި…އަދި…”

“ހަހަހަ… ތީތަ ލޯތްބަކީ.. ކެއާޑް. ލޯބިދިން.. ކޮންމެ ކަމެއް ކުރި… އެއްމެ ސުވާލެއް.. މިހާރު ތިބުނާ ކެއާ އާއި ލޯބިދޭތަ.”  ހެމުން އަޝްފާން ބުނެލިއެވެ. އަޝްފާންގެ އެސުވާލުން އިޝާގެ ބަސްހުއްޓުނު ކަހަލައެވެ. އަޝްފާނަށް ބަލާލުމަށްފަހު އިޝާ ކާރުން ނުކުތެވެ. އަދި ބާރަށް ދޮރުލައްޕާލުމަށްފަހު ގެއާ ދިމާލަށް ހިނގައިގަތެވެ. އަޝްފާން އިޝާ އޭނާގެ ލޯކުރިމަތިން ދަންދެން ބަލަހައްޓައިގެން ހުއްޓެވެ. އަދި ބާރު ސްޕީޑުގައި ކާރު ދުއްވާލީ އެވަގުތު އައިސްހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ.


 

އަޝްފާންގެ ކުންފުނި ހިންގަން ފައްޓައިގަތުމަށް ކުރަން ބޭނުންވާ ހުރިހާ ކަމެއް އެންމެ ބާރު މިނުގައި ހިނގަމުން ދެއެވެ. އަރޫޝާ މިހާރު އުޅޭ އޮފީހުން ވަކިވެ ފަޒުނާވެސް ދަނީ އޮފީސް ހިންގުން ފެއްޓުމަށް އެހީތެރިވެދެމުންނެވެ. އިޝާވެސް އެމީހުންނާއި އެކީ އެއްއޮފީހުގައި މަސައްކަތް ކުރުމަށް އެދުމުން އިޝާވަނީ އޮފީހުން ވަކިވާން ސިޓީ ހުށަހަޅާފައެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން އޭނާ އޮފީހަށް އައިސް އެހީވެދީ ހަދައެވެ.

ފަޒުނާ އަދި އަރޫޝާގެ އެއްމެ އިސް މަސައްކަތަކީ މީހުން މަގާމްތަކަށް ނެގުމެވެ. އަދި މީގެ އިތުރުން އޮފީހުގެ އިދާރީ ކަންކަމުގައި އަޝްފާނަށް އެހީތެރިވުމެވެ. އިޝާއަކީ އިންޓީރިޔާ ޑިސައިން ކުރުމުގައި މޮޅު ކުއްޖަކަށް ވުމުން އޭނާ މިވަގުތު ހަވާލްވެގެން ހުރީ އެކަމާއެވެ.

މިއަދަކީ އޮފީހަށް މުވައްޒަފުން ނެގުމަށް އިންޓަވިއު އޮންނަ ދުވަސްކަމުން އެންމެން ހެދުނު ހެދުނާ އޮފީހަށް އައިސް އެކި ކަންކަމުގައި މަޝްއޫލުވެ އުޅުނެވެ. އިޝާވެސް އޭނާ މިހާރު އުޅޭ އޮފީހުން ޗުއްޓީ ދުވަހެއް ނަގައި އެމީހުންނަށް އެހީތެރިވެދޭން އައިސް އެބައުޅެއެވެ.

ރޭގައި އޮފީހުން ގެއަށް ދެވުނީ ވަރަށް ދަންވި ފަހުން ކަމުން އަޝްފާން ހުރީ އަދިވެސް ނިދި އަންނަ ގޮތްވެފައެވެ. އެހެންކަމުން އިންޓަވިއު ފެށުމުގެ ކުރިން ކޮފީއެއް ބޯލައި ބޯ ހަމަޖައްސާލަން އޭނާ ބޭނުންވިއެވެ. އަރޫޝާމެން ބިޒީކޮށް އުޅޭތަން ފެނި އުނގަދޫނުކުރަން އޭނާ އަމިއްލައަށް ކޮފީ ތައްޓެއް ހަދާލަން އަޝްފާން ސައި ކޮޓަރިއަށް ވަނެވެ. ސައި ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އޭނާގެ މޫނުމައްޗަށް ހިތްހަމަނުޖެހުން ގެނެސްދިނެވެ.  މުޅި ސައިކޮޓަރިއަށް ނަޒަރު ހިންގާލުމަށް ފަހު އަޝްފާން ބާރު ހިނގުމެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އަދި އަވަސްއަވަހަށް އިޝާގެ ނަންބަރަށް ގުޅާލައި އެތަނަށް އައުމަށް އެދުނެވެ.

އިޝާ އަޝްފާންގެ ކެބިންއަށް ވަން އިރު އޭނާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. މީގެ ހަފްތާއެއްގެ ކުރިން އެދެމީހުންގެ މެދުގައި ހިނގި ޒުވާބުގެ މަތިން އަދިވެސް ހަނދާންނުނެތޭ ހަކަލައެވެ.

“ކިހިނެއްތޯ ވީ” މާތް ބަހުން ވާހަކަ ދެއްކިއަސް އެއަޑުގައި ވަނީ ފޫހިކަމެވެ.

“ކީއްނުވަނީ. ކާކު ބުނެގެން ސައިކޮޓަރީގެ ކުލަ ބަދަލުކުރީ.”އަޝްފާން އެހެން ބުނެލިއަޑު މުޅި އޮފީހުގެ ތެރޭގައި ގުގުމާލިއެވެ.

“އަޅުގަނޑު ހިތަށް ކުލަ ކަމުދިޔައިމަ. މައްސައެއް ތޯ” އަޝްފާންގެ ރުޅިވެރިކަން އިޝާގެ ހިތަށް އެއްވެސް އަސަރެއް ކުރިހެން ހީނުވެއެވެ.

ދެމީހުންގެ ޒުވާބު ހޫނުވެ އަޑު ބާރުވެގެން ދިޔައެވެ. މެއިން ރޫމްގައި ތިބި ފަޒުނާއާއި އަރޫޝާއަށް ވެސް ދުވެފައި އާދެވުނީ ވަނީކީއްކަން ބެލުމަށެވެ.

“ކޮންކަމަކާތަ ދެމީހުން މާވަރެއް އަރުވާލައިގެން ތިއުޅެނީ” ވާނުވާ ނޭގި އަރޫޝާއަށް އަހާލިއެވެ.

“މީ ދޮންބެގެ އޮފީސް . މިތާ ހުރިހާ ކަމެއް ހިނގަންޖެހޭނީ އަހަރެންގެ ހުއްދަ ލިބިގެން. އިޝާ ނުޖެހޭނެ ދޮންބެއަށް ވަގަށް ސައިކޮޓަރީގެ ކުލަ ބަދަލުކުރާކަށް. ޝީ ޑޯންޓް ހޭވް ދަ ރައިޓް” އަޝްފާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.

“އެކީއްވެ ރައިޓް ނެތީ. އިޝާ އޮފީހުން ވަކިވާން ކޮންވިންސް ކޮށްފަ މިތަނަށް ހަޔާ ކުރީ މިތަން ޑިސައިން ކުރުމަށް ނޫންތަ” އިޝާވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

“އާން.. އެކަން ކުރުމަށް ކޮންވިންސް ކުރެވިއްޖެ މިނެޓެއް ތެރޭ. އެކަމަކު އެހެންކަމެއް ކުރުމަށް ހިތްވަރު ހުންނަ މީހެއްތަތީ”

“އާން ހިތްވަރު އެބަހުރި. ހިތްވަރާއި ތިމާ ލޯބިވާ އެއްޗެއް ދޫކޮށްލުމާ ވަރަށް ތަފާތު. ހީކުރީ ދޯތިމާ އަތުގަ ފައިސާއާއި ބާރު ހުރީމަ އެހެންމީހުންގެ އެހުސާސްތައް ގަނެވިދާނޭ. އެއްވެސް މީހެއް ތިކުލަ ލާކަށް ބޭނުމެއްނޫން”

“ރުޝް، ފަޒޫ ބުނެބަލަ މިހާރު ހުރި ކުލަ ރީތިތަ. ޑޯންޓް ވޮރީ. ހުތުރޭ އަދި ކޮންމެ އެއްޗެކޭ ބުންޏަސް އިޝާ މާފްކުރާނެ. ވަރަށް ކައިންޑް ހާޓެޑް އަދި ހޯޕްފުލް ކުއްޖެއް އެއީ” އަރޫޝާ އާއި ފަޒުނާއާއި ދިމާލަށް ބަލާލަމުން އަޝްފާން އެހިއެވެ. ނަމަވެސް އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ މިވަނީ ކީއްކަން ނޭނގޭ އޭ ބުނާ ފަދަ ބެލުމަކުންނެވެ.

“ސާބަސް ދޭވަރުވޭ ދެމީހުންނަށް. މިތަނަށް އިންޓަވިއުއަށް އައި ކުދިންނަށް ޝޯއެއް ދެނީތަ ދެމީހުން. އިޝާ އައި ޑިޑިންޓް ނޯ ތިހާ ވަރަށް ޓޯކްކުރާ ކުއްޖެއް ކަމަށް ތީ. ދެން ދޮންބޭ. ޔޫ ޑޯންޓް އީވެން ކެއާރ އެބައުޓު މިކަހަލަ ކަންތަކާ. ކީއްވެ މިކަން މާ ބޮޑުކޮށްލައިގެން ތިއުޅެނީ. އެއީ ހަމަ އެކަނި ކުލައެކޭ. އަހަރެން ދެން ކުލަ ޗޫސްކުރާނީ” އަރޫޝާ އަޝްފާން އާއި އިޝާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ.

“ނޫން” އިޝާ އަދި އަޝްފާންއަށް އެއްފަހަރާ ބުނެވުނެވެ.

“އަހަ.. ތިދެމީހުންނަށް އެއްގަލަކަށް ނޭރެންޏާ އެހެން ހަދާނީ ދެން”

“ފަޒޫ ދޭ އިޝާ ގޮވައިގެން . އަހަރެން ދޮންބެއާއި އެކީ އިންޓަވިއު ކުރިއަށް ގެންގޮސްފާނަން”

ފަޒުނާ އިޝާ އަތުގައި ހިފައި ބޭރަށް ގެންދިޔުމާއެކު އަރޫޝާ އޭނަގެ ދޮންބެއާއި ދެންމެ ހިގައި ދިޔަ ކަންތަކުގެ ވާހަކަ ދައްކަން ފެށިއެވެ.

“ދޮންބޭ އައި އޭމް ވެރީ ހެޕީ އިޝާ އޭނަގެ ފީލިންގްސްއަށް ސްޓޭން އަޕްކޮށް ވާހަކަ ދެއްކީތީ. އެކަމަކު ބިރުވެސް ގަނެއްޖެ. ދޮންބެ އޭނައަށް ކީއް ކޮށްގެންތަ އެހާ ރުޅި އައިސްފަ އެހެރީ”

“މާބޮޑު ކަމެއް ނުވޭ. ދޮންބެ ހަމައެކަނި ބުނީ އެމީހާ މަތިން ހަނދާން ނައްތާލާފަ މޫވް އޮން ކުރާށޭ.. ދެން އޭނަ ނާންނާނޭ”

“ދޮންބެ ކީއްވެ ކަމެއް ނޭނގެ އިޝާއާއި މެދު ކޮންސާން ތިވީ. އަހަރަމެން ވެސް ވަރަށް ބުނަން އޭނަ މަތިން ހަނދާން ނައްތާލާށޭ. ޝީ އިޒް ޓުރައިން ހާ ބެސްޓް. މާ ބޮޑަށް ޕުޝްނުކުރޭ”


 

“ކޮން ކަމަކާ ދެމީހުން މާ ހޫނުކޮށްލައިގެން. ކުލަ އަކާއި ހެދި ނޫންކަން ޔަގީން” ފަޒުނާ އިޝާ ގޮވައިގެން ފިނި ބުއިމަކަށް ރެސްޓޯރެންޓަކަށް ވަނެވެ.

“ކަމެއް ނުވޭ. އައި އޭމް ޖަސްޓު ޓަޔާޑް.. އޮފީހުގަވެސް އެހާ ބިޒީ. ކޮލެޖް އެހާ ސްޓެރެސްފުލް. ދެން މިލިބޭ ކުޑަ ވަގުތު ކޮޅުގަ ޑިސައިން ކުރުމުން އެކަނި އަހަރެންގެ ބޯ ކުޑަކޮށްވެސް ހަމަޖެހެނީ. އެކަން ވެސް ބޭނުންވާ ގޮތަށް ނުދިޔައިމަ ހިތް ހަމަނުޖެހުނީ”

“އޮފީހުން ކުޑަ ބުރޭކެއް ނަގާލަންވީއެއްނު. ބޯހަމަ ޖައްސާލަން” ފަޒުނާ ލަފާ ދިނެވެ.

“ނޯ އިޓްސް އޯކޭ.. މާދަން އެބައޮތް އޮފީސް ޓްރިޕެއް ލާމަށް. ހަފްތާއަކަށް ދާން އޮތީ. އިޝާ މި ވިސްނަނީ އިތުރު އެއް ވީކް ހޮލިޑޭއް ގޮތަށް ނަގާލަން.އެކޮޅުގަ ތިބޭނެ ފުރެންޑްސްވެސް. އެވީކް ނިމޭއިރު އަނެއް އޮފީހުން ވަކިވެފަ ހުންނާނީ. މިކޮޅަށް އައިސް ވަގުތުން މި އޮފީހާއި ގުޅޭނަން”

“ޓޫ ވީކްސް. ވަރަށް މިސްވާނެ އިނގޭ”


 

ފްލައިޓް އެއާރޕޯޓް ގައި ޖެއްސުމާއެކު އަޝްފާގު އޭނާގެ އުރީދޫ ސިމް ފޯނަށް ލައްވާލައި ހުޅުވާލިއެވެ. މިއާކު ފުލުފުލުގައި މެސެޖް އަންނަން ފެށިއެވެ. ގިނައީ އިޝާގެ މެސެޖްތައް ނަމަވެސް އަޝްފާގު އެންމެ މެސެޖެއްވެސް ނުކިޔާ ހުރިހާ މެސެޖެއް ޑިލީޓްކޮށްލިއެވެ. އިޝާގެ ބޭވަފާތެރިކަން އޭނާގެ ލޯކުރިމަތީ އަދިވެސް ސިފަވަމުން ދަނީ އިއްޔެ ވީ ކަމެއް ފަދައިންނެވެ

“ދަރިފުޅާ، އަރޫޝާ އާދެބަލަ ވަރަށް އަވަހަށް” އަމީރާ ބަދިގޭގައި ހުރި އަރޫޝާއަށް އިވޭ ވަރަށް ގޮވާލިއެވެ.

“ބަލާބަލަ މިހިރަ ސަޕްރައިސްއެއް” ސޯފާގައި އިށީދެގެން އިން އަޝްފާގް ދައްކާލަމުން އަމީރާ ބުންޏެވެ.

“ބޭބޭ. އައި މިސްޑް ޔޫ. ރުޝްއަށް ހަދިޔާ ގެނައިންތަ. އެއްކޮށް ދޯ ތިއައީ” އަރޫޝާ އަޝްފާގުގެ ގައިގައި ބައްދާލިއެވެ.

“ނުގެންނަން ދޯ ބޭބޭ. އަޅުގަނޑު މިކޮޅަށް އައިމަ އެންމެ ފުރަތަމަ ހާލުވެސް އަހާނުލާ އެހީ ހަދިޔާގެ ވާހަކަ” އެވަގުތު އެތަނަށް އައި އަޝްފާން ސަމާސާކޮށްލިއެވެ.

“ތެދެއް.. ހަދިޔާ ގެނައިން އިނގޭ.. މަންމާ ކޮބާ ބައްޕަ” ޝާހިދު ނެތްކަން އެނގުމުން އަޝްފާގު އަހާލިއެވެ.

“ކުޑަކޮށް ބޮލުގައި ރިއްސާތީ މިރޭ ތަންކޮޅެއް އަވަހަށް ނިދަން އެރީ. މާދަން ދެން ބައްޕައާއި ބައްދަލްކުރާނީ.އާދޭ ހުރިހާ ކުދިން ކާންދާން”

އަމީރާ ހުރީ އޭނާގެ ތިންކުދިން އެތައް ދުވަހަކަށްފަހު އެއްކޮށް އޭނާ ކައިރީގައި ތިބުމުން އުފަލުން ހެވި ދިއްލިފައެވެ. އެއްމެން އެއްކޮށް ކެއުމަށް އިންސާފުކުރެވެމުން ދިޔަ އިރު ދެކެވެމުން ދިޔައީ އެކި ވާހަކައެވެ.

“އަޅުގަނޑު އެހިން ބޭބެ ބިޓެއް ހުންނަ ވާހަކަ.ކޮން ދުވަހަކުން ފަހަރިއާއި މީޓްކޮށްދޭނީ” އަޝްފާން އަހާލިއެވެ.

“ފަހަރި އާއި މީޓްކޮށް ދެވިދާނެ އެއްނު. ކޮބާ އަޝްފާން ގެންގުޅޭ ކުދިންކޮޅު” އަޝްފާން ސުވާލަށް ސީދާ ޖަވާބެއް ނުދީ އަޝްފާގު ވާހަކަ ދެއްކިއެވެ.

“އަޝްފާން މިހާރު އެކަން ހުއްޓާލާއިފިން ދޯ ދަރިފުޅާ..މަންމަވެސް ވަރަށް ބޭނުން ތިކުއްޖާއާއި ބައްދަލުކޮށްލަން. މިގެއަށް ގެނެސްބަލަ” އަމީރާ އޭނާގެ ވާން އުޅޭ ދަބިދަރި ދެކިލާ ހިތްވާކަން ހާމަކުރިއެވެ.

އަޝްފާގް އޭނާގެ މަންމަގެ މިއެދުން ފުއްދާނީ ކހިނެތް ހެއްޔެވެ؟ މަންމަމެން ކިތައްމެ ވަރަކަށް އިޝާ ދެކިލަން ބޭނުން ވިޔަސް އެ ބޭވަފާތެރިޔާގެ މޫނު ދެކޭކަށް އަޝްފާގުގެ ހިތެއް ނޭދެއެވެ.

“އާން ބަލާލަން.. ރުޝް ކޮން އިރަކުންނޯ މެރީ ކުރަނީ”އަޝްފާގު ވާހަކަ އޮޅުވާލަން މަސައްކަތްކުރިއެވެ.

“ލާމި ކޯސް ނިމޭނެ 2 މަންތުސްއިން. ދެން އެވީ މެރީ ކުރަން. ބޭބެ އަންނަން ވާނެ އަޅުގަނޑު ވެޑިންއަށް”

“2 މަސްތެރޭ ޕްރޮޖެކް އެއްކޮށް ނިއްމާލެވި އާދެވޭނެ މިކޮޅަށް”

އާއިލާގެ މި އުފާވެރި ވަގުތުކޮޅު ނިއްމާލީ އެންމެގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އަދި ދެން އަންނަ ބުރާސްފަތީގައި ދަތުރު ދާން ރާވާލަމުންނެވެ.

ދޮންވެލި ބީޗްމަތީގައި އިން ފަޒުނާއަށް ގެއްލިފައި އިދެވުނީ މޫދުން ފައިބައިގެން އެދިމާލަށް އަންނަ އަޝްފާންއާއި ދިމާލަށެވެ. އޭނާގެ ހަނދާނަށް އައީ އެއްމެ ފުރަތަމަ ދުވަހު އަޝްފާން ފެނުނު ދުވަހުގެ މަތިންނެވެ. އެހަމަ އެދުވަހާއި އެއްގޮތަށް އަޝްފާން ގެ އިޝްތަށިގަނޑު ވަނީ ހޭވިފައެވެ. އަދި ފެންތިކިތައް އޭނާގެ ތެމިފައިވާ ބޮލުން ކަދުރާއަށާއި މޫނަށް ފައިބަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ރީތިކަން މާ ފުރިހަމަކަން ފަޒުނާއަށް ފާހަގަވިއެވެ. އަޝްފާން އައިސް ފަޒުނާ ކައިރީ ވެލިގަޑު މަތީ އޮތްއިރު އޭނާގެ ހަށިގަނޑުން ފެންތިކިތައް އިރުގެ އައްޔާއި އެކީ ބަބުޅަމުން ދިޔައެވެ.

“އަހަރެން ފަތަން މޮޅުކަމުން ދޯ ތިހާވަރަށް އާޝޯހުވެފަ ތިއިނީ” އަޝްފާން ހެމުން ހެމުން ސަމާސާކޮށްލިއެވެ.

“ނޫން” ފަޒިނާގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ލަދުވެތިކަމެވެ. އެވަގުތު ޖެހުނު ވައިރޯޅިއާއި އެކު ދޫކޮށް އައްސައިވާ ފަޒުނާގެ އިސްތަށިގަނޑު ވިހި އޭނާގެ މޫނުމައްޗަށް އެޅި އުނދަގޫ ކުރުވިއެވެ. އެހެންކަމުން ބޮލުގައި އައްސާފައިވާ ވޫލް ކޮޅު ނައްޓާލައި ބޯ ވިހުރާލިއެވެ.

“އޯ މައިގޯޑް. ތިއޮތް ރީތި އިސްތަށިގަނޑެއް. ޔޫ ޝުޑް ބީ މައި ވައިފް” ފަޒުނާގެ އިސްތަށިގަނޑު ފެނި އަޝްފާން ދިޔައީ އާޝޯހުވެގެންނެވެ.

( ދެން އަންނަ ބައިގެ ތެރެއިން: “ފަޒޫއާއި ދުރުގަ ހުރޭ.. ޝީ އިޒް މައި ވައިފް. އޭނަގައިގަ އިގިލިކުރި ޖަހާލިއަސް އަހަރެން ގެ ހުރި ނުލަފާކަން ދައްކާލާނަން” އަޝްފާންގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. އެވަގުތު އަޝްފާންގެ ގައިގައި ބައްދާލައިގެން ހުރި ފަޒުނާއަށް މުޅި އުމުރަށް އެހިމާޔަތުގެ ދަށުގައި އޮވެވޭނެ ނަމައޭ ހިތަށް އެރިއެވެ.)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތް އެދެނީ (6)

Next

ނޭނގޭ ގޮތެއްވޭ 9

Next
April 10, 2017

ނޭނގޭ ގޮތެއްވޭ 9

Previews
April 10, 2017

ހިތް އެދެނީ (6)

28 Comments!

  1. Miny says:
    April 10, 2017 at 7:43 pm

    Varah reethi. Komme dhuvahaku genesdhey nama

    1. maroon says:
      April 10, 2017 at 9:43 pm

      Thanku MINY. Kiyavamun jobah dhamun v busy koh ulheythy nuvevenee. M trying my best

  2. , says:
    April 10, 2017 at 8:33 pm

    ashfag varah fake. ishaa beyvawafa eh nuvey hageegah haama koh dheeba ashfag ah please

    1. maroon says:
      April 10, 2017 at 9:45 pm

      Thanku dear for reading…
      Ashfaq ah egeynama dhw ?

  3. Kiara says:
    April 10, 2017 at 9:13 pm

    Ainn..?
    Kihineh mi v..
    Ashgaq anna irah ishaa e dhiya ee..

    “My wife ey” yageen kurin behunu meeha aeekan anehkaa fazu r behen..? ekm ashfan bunelaa ehchehin fazu ah fake hope eh eba kurevey..
    Fazu ah fahun hurt vaane kanne..

    Dhn vaa goih balaalaa hih vey..

    1. maroon says:
      April 10, 2017 at 9:46 pm

      His flirting skills are too much dhw.
      Thanku for reading

  4. shelly says:
    April 10, 2017 at 9:21 pm

    salhi yey dhariyaaa varahh loabs

    1. maroon says:
      April 10, 2017 at 9:48 pm

      Thanku SHELLY ❤

  5. Amm says:
    April 10, 2017 at 11:24 pm

    Wow ….. v v v v reethi
    Amm heekuri gothah hama e v
    Ashfag ah angabala isha beyvafa thiri nuvaa kan
    N Faxu n Ashfaan v gulhey ❤
    Dhen vaanee kihineh baa???

    1. maroon says:
      April 10, 2017 at 11:27 pm

      Thanku AMM. It is always nice to see ur comment ❤❤❤

  6. Naash says:
    April 10, 2017 at 11:26 pm

    V reethi. Waiting for the next part.

    1. maroon says:
      April 10, 2017 at 11:28 pm

      Thanku NAASH

  7. Maree says:
    April 11, 2017 at 7:31 am

    vv reethi next part inthizaarukuran

    1. maroon says:
      April 11, 2017 at 8:04 am

      Thanku MAREE ❤

  8. maroon says:
    April 11, 2017 at 7:32 am

    Thanku for reading everyone?
    If u like the story plz leave a comment ? it will be very encouraging for my next episodes
    If u dnt even like it plz tell me what i am doing wrong ?
    ❤❤

  9. Lucky says:
    April 11, 2017 at 11:11 am

    Wow varah nice mi story.waiting for next part

  10. vishaa says:
    April 11, 2017 at 12:20 pm

    nice..keep it up..when next epsd

  11. smile says:
    April 11, 2017 at 2:22 pm

    ވާހަކަ ވަރަށް ރީތި، އަނެއްބައި ކޮންއިރަކުންބާ؟

    1. maroon says:
      April 11, 2017 at 2:33 pm

      Thanku SMILE ❤ soon in sha allah

  12. maroon says:
    April 11, 2017 at 2:31 pm

    Thanku visha and lucky.. ❤

  13. Maureen says:
    April 11, 2017 at 4:43 pm

    V furihama kon irakuntha next part genesdhyny pls up kohladheeba

  14. ithuu says:
    April 11, 2017 at 5:27 pm

    stry v kuru 。。plus mihaaru ehaa rhcheh niin.ashfag aa irah ishaa dhiyaaii .. kn iraku emyhun myt vany… abadbu hama eh baeh sad vyma hadi .. adhi dhn anna part miah vureh fhrihama vaaneh kamah hykurann

  15. Waiting says:
    April 12, 2017 at 5:45 pm

    Adhi ves next episode naydhey

  16. Afy says:
    April 12, 2017 at 6:00 pm

    Maroon loabi. Koba aneh bai
    Anekka maroon ok tha

  17. Smile says:
    April 12, 2017 at 7:41 pm

    Haadha lahey update vaaleh 🙁

  18. lin says:
    April 14, 2017 at 1:49 am

    update nukuranytha?

  19. hhhh says:
    April 15, 2017 at 1:16 am

    vahaka nuliyevenya nuliyebala dhw

  20. Hunr says:
    April 15, 2017 at 11:00 am

    Masha allah ?..avahah aneh baii up koh dheeba.!and up nukoh dheveh yaa dhnn upkoh dheveney dhuvaheh buney dheeba..puhlease..!

Comments are closed.

Next Episodeއާވާ ހަނދާން 11←


All Right Reserved!