Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 35 (ފަހުބައި)

ShaiShy Level 410 Stories100 Comments500 Comments
April 10, 2017 7 Mins Read
51 Comments

އިކުރާމުގެ އަތްދަނޑި މައްޗައް ސީމާ ނެގުމަށްފަހު އެތާހުރި އެނދުމަތީގައި ބޭއްވިއެވެ. އަދި އޭނާ ގެންގުޅޭ ސާމާނުތަކުން ކަތުރެއް ހިފައިގެން އައިސް ސީމާގެ އަންނައުތައް ކަފާ ކުދިކޮށްލިއެވެ.

“ވާއު….ޖަޒް ވާއު..ޒީ އަށްވުރެވެސް ފުރިހަމަ..އަހަރެންގެ ބޭނުން ފުދުނީމަ ކަލޭވެސް ދާނެ އެ ޒީ އޮތްތަނަށް..އަހަރެން އޮންނާނެ އޭނަގެ ޕޯސްޓް މޯޓަމް ހަދާފަ ކަލެއާ އެއް ވަޅެއްގައި ވަޅުލަން ބާއްވާފަ..” ސީމާގެ ގައިމައްޗައް ޖެހިގަންނަމުން އިކުރާމު އޭނަ ލައިގެން ހުރި ފަޓުލޫނު ބޭލިއެވެ.

ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަތް ޝަމާން އަށް އަށް ފެނުނު މަންޒަރުން އެނބުރުން އަރައިގެން ނުދިޔައީ ކިރިޔާއެވެ. މިފަދަ މަންޒަރެއް ފެނިދާނެކަމަށް އޭނާ ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ. އޭނާގެ ބޮޑުބެ މިފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގާފާނެކަމަށް ހިޔާލަށް ވެސް ނުގެނެވެއެވެ. ނަމަވެސް މިވަގުތު ލޯކުރިމަތިން އެފެންނަނީ އިކުރާމުގެ އަސްލު ސިފައެވެ. ޝަމާން ދުވެފައިގޮސް އިކުރާމު ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފާ އެނދުމަތިން ތިރިއަށް ވައްޓާލިއެވެ. އެއަށްފަހު އަވަސްވެލީ ސީމާގެ ހަށިގަނޑު ނިވާކުރުމަށެވެ. އެނދުގައި އޮތް ބެޑްޝީޓް ނަގައި ސީމާގެ ގައިގައި އޮޅާލަމުން ޝަމާން ބަލާލީ އިކުރާމާއި ދިމާއަށެވެ. އޭރު އިކުރާމު ފަޓުލޫނުލަމުން ބޭރަށް ނިކުންނަނީއެވެ.

“މިކަން ޕޮލިހަށް އަންގާނަށް…ހީނުކުރާތި މިފަހަރުވެސް އަހަރެން މާފު ކުރާނެއޭ..ނެވަރ..!!” ރުޅިވެރިކަމާއެކު ޝަމާން ބުނެލި ބަސްތަކުން އިކުރާމު މަޑުޖެހިލިއެވެ.

“ތިކަމެއް ނުވާނެ ދުވަހަކުވެސް..ޕޮލިހަށް ރިޕޯޓްކޮށްފިއްޔާ ސީމާވެސް ބަދުނާމުވާނެ…އެކަން ހަނދާން ކުރާތި..” އިކުރާމު ގަދަވެލިއެވެ. ޝަމާން އެހެން ބުންޏަސް އެކަން ނުކުރާނެކަން އިކުރާމަށް ޔަޤީންވިއެވެ. ސީމާ ބަދުނާމުވާފަދަ ގޮތަކަށް ޝަމާން އެއްވެސް ކަމެއް ނުނިންމާނެކަން އިކުރާމަށް އިނގެއެވެ.

“ތީ ކުރެވޭ ކުށްހީއެއް..މިހާރު މިގުޅަނީ ޕޮލިހަށް…އައި ކޭން ހޭންޑަލް އިޓް…ސީމާގެ ނަމަށް އެއްވެސް ކިލަނބުކަމެއް ނާންނަގޮތަކަށް އައި ކޭން ޕުޓް ޔޫ އިން ޖެއިލް..” ޖީބުގައި އޮތް ފޯނުނަގަމުން ޝަމާންގެ ފަހު ނިންމުން އިއްވާލިއެވެ. އެވަގުތު ވަރުބަލިގޮތަކަށް ދެލޯހުޅުވާލި ސީމާއަށް ޝަމާން ފެނުމާއިއެކު ރޮއެގަނެފައި ޝަމާންގެ ގައިގައި އޮޅުލައިގަތެވެ. ޝަމާންގެ ހިތް ހަމްދަރުދީއިން ފުރިގެން ބަންޑުންވިއެވެ. މިއަދު އޭނައަށް އާދެވުނުކަން އެއީ ހަމަ ނަސީބެކެވެ. އެހެން ނޫންނަމަ މި ނާޒުކު މާ މިލާ މޯޅިވީހެވެ. އޭރުން ޝަމާން އަށް އަމިއްލަ ނަފުސަށް މާފެއް ނުކުރެވޭނެއެވެ. ދެވަނަފަހަރަށް ވެވުނު ލޯބި އޭނާ ބޮޑުބޭބެގެ ވަކިތަކުން ސަލާމަތް ވުމުން އެކަމަށް ޝަމާން ޝުކުރުވެރިވިއެވެ.

“އައި އޭމް ސޯ ސޮރީ…އަހަރެންގެ ސަބަބުން ސިމާއަށް ކުށެއްނެތި އަނިޔާއެއް ލިބުނީތީވެ..އައި ލަވް ޔޫ ސޯމަޗް” ސީމާގެ ބޮލުގައި ޝަމާންގެ ދަތްދޮޅި އަޅުވާލަމުން ބުނެލިއެވެ. ސީމާގެ ދެލޯ ފުރިގެން އައީ ތަޒާ ކަރުނައިންނެވެ. އެބަސްކޮޅަށް އިންތިޒާރު ކުރާތާ ހާދަ ގިނަދުވަހެއް ވެއްޖެއެވެ. އެންމެ ފަހުން ސީމާއަށް އޭނާގެ ލޯބި ކާމިޔާބު ކުރެވުނީއެވެ. ޝަމާން އާއި ކުޑަކޮށް ދުރުވެލަމުން ސީމާ ގައިގައި އޮޅާލެވިފައިވާ ބެޑްޝީޓްގައި ދެއަތުން ހިފަހައްޓާލިއެވެ.

” އަހަރެންނަށް އިނގޭ މީ އެންމެ ރަނގަޅުވަގުތެއް ނޫންކަން މިވާހަކަ ބުނަން..އެކަމަކު ދެން އަހަރެން އެންމެ ސިކުންތެއްވެސް ލަސްކުރާކަށް ބޭނުމެއްނޫން..ވިލް ޔޫ ބީ މައިން ފޯރ ދި ރެސްޓް އޮފް ޔުއަރ ލައިފް” ޖީބުން ނެގި މަހުމާފޮށްޓެއް ހުޅުވާލަމުން ޝަމާން ބުނެލިއެވެ. ހީވަނީ ޝަމާން އެކަމަށް ތައްޔާރުވެގެން ހުރިހެންނެވެ. އެހެން ނޫންނަމަ އަނގޮޓިއެއް ހިފައިގެން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެ؟

“ޔެސް..ޔެސް…ސީމާ އޭނާގެ ހިމަ އަތްތިލަ ދިއްކޮށްލަމުން ހަޅޭލަވާގަތެވެ. މީ އަދި އޭނާ އުއްމީދުކޮށްގެން ހުރި ކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް މިއަދު ކުއްލިއަކަށް ޝަމާން ކައިވެންޏަށް އެދުމުން ސީމާގެ އުފާވެރިކަން ދެގުނަވިއެވެ. ސީމާގެ އަތުގައި އަނގޮޓި އަޅުވާލުމަށްފަހު ޝަމާން އަށް އެތުނި ތުންފަތުގައި ބޮސްދެވުނެވެ. ލޯބީގެ ޖަޒުބާތުގައި ބެހިގެންދިޔަ ދެހިތް ވިންދުޖަހަނީ އެކަކު އަނެކަކަށްޓަކައިކަން ޔަޤީނެވެ.

“އޯހް..ލަވް ބަރޑްސް..ހާދަ ފާސްޓް ކޮށްލައިގެން ތިއުޅެނީ…އަނެއްކާ މިތާނގަ ހަނީމޫނު ކަންތައްވެސް ނިންމާލަނީތަ؟” ދެމީހުންވެސް ސިހިގެން ދިޔައީ ދާދި ކައިރިން އިވުނު އިކުރާމުގެ އަޑުންނެވެ. އިކުރާމުގެ އަތުތެރޭގައި އޮތް ތުއްތު ކުއްޖާފެނި ސިމާގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ.

“އާފްރީން..” އެނަންވެސް ސީމާއަށް ބުނެލެވުނީ ވައިރޯޅިއަށްވެސް ސިއްރުންނެވެ. ޝަމާންގެ ނިތަށް ރޫގިނަވެގެންދިޔަ ހިނދު ހިތުގައި ބިރުވެރިކަމެއްވެސް ވިއެވެ. އަނެއްކާ އޭނައަށް ހީކުރެވެނީ ރަނގަޅަށް ހެއްޔެވެ؟

” މީ މަގޭ އާލާ..އެކަމަކު މަ ނެތް ދުނިޔެއެއްގަ އާލާވެސް ނުހުންނާނެ..” އެތުއްތު މޫނުގައި އެއްއަތުން ފިރުމާލަމުން އިކުރާމު ބުނެލިއެވެ. ބާލާލި ކޮންމެ މީހަކަށްވެސް އޭނާ މިވަގުތު އެހުރީ ހަމައެއްގައި ނޫންކަން އެނގޭނެއެވެ.

“އިނގޭތަ މީކޮން އެއްޗެއްކަން..؟ މީ ސިރިންޖެއް …މީގަ މިހުރީ އަހަރެންގެ ލޭ..އޭގަ ހުންނާނީ އެޗް އައި ވީ ވައިރަސް..” އިކުރާމު ޖީބުން ނެގި ސިރިންޖެއް ދައްކާލުމަށްފަހު ބުނި ވާހަކަ އަކުން ސިމާ އާއި ޝަމާން އަށް ޝޮކެއް ލިބިގެންދިޔައެވެ. އިކުރާމަށް ހަމަ އަސްލުވެސް އެވަނީ އެފަދަ ނުބައި ބައްޔެއް ޖެހިފައި ހެއްޔެވެ؟ އަނެއް އިކުރާމު އޭނާގެ ލޭ ސިރިންޖަކަށް ނަގައިގެން އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ އޭނާގެއަތުގައި އެއޮތީ ކާކުގެ ދަރިއެއް ހެއްޔެވެ؟ ޝަމާންގެ ސިކުނޑި ސުވާލު މާރކުތަކަކުން ފުރުނެވެ. އެހެންހުއްޓާ ސިހިގެން ދިޔައީ ސީމާ އޭނާގެ އަތުގައި ކޮށްޓާލުމުންނެވެ.

“އާފްރީން…މިކީގެ ބޭބީ އެއީ…އަހަރެންނަށް ހަމަ ޔަޤީން އެއީ އާފްރީންކަން..އެކުއްޖާގެ ލޯކައިރީގައި އެއިން ކަޅުކުލައިގެ ލަފުން އަހަރެންނަށް ފާހަގަ ކުރެވުނީ..” ސީމާ ވަރަށް ސިއްރު ސިއްރުން ބުނެލިއެވެ. ޝަމާން ހުރީ ބުނާނެ ބަހެއް ނޭނގިފައެވެ. އޭނަގެ ބޮޑުބޭބެމީ ހަޤީގަތް ނޭނގޭ ސިހުރުވެރި އިންސާނެކެވެ. ނޫނެކެވެ. އިންސާނުންގެ ގިންތިން ބޭރުވެފައިވާ ހައިވާނެކެވެ. ޝަމާން ވީ ފޫއްސާއި އެއްވަރަށް ރުޅިވެސް އަތުވެއްޖެއެވެ.

” އާނ!! މީ އާފްރީން…އެ މިކްޔާގެ ދަރި…އެ ސުންޕާ މަގޭ ދެދަރިން މަރާލީ..އަހަރެން އޭނަގެ ދަރި މަރައެއް ނުލާނަން..އެއަށް ވުރެ ބޮޑު ޝަޒާއެއް ދޭނީ..އަހަރެން މި ވައިރަސް މިކުއްޖާގެ ހަށިގަނޑަށް ފޮނުވާލާނީ…އޭރުން އޭނައަށްވެސް އިނގޭނެ އަހަރެންގައިގައި އަޅަމުންދާ ވޭން…ދެން އެ ސުންޕާ މިކްޔާ ހުންނާނީ މަންޒަރު ބަލަން..ހަހަހަހަ…” އިކުރާމު ހީވަނީ މޮޔަވެފަހުރި މީހެއް ހެންނެވެ. އޭނައަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގެއެވެ.

“ޕޮލިސް..!” ކުއްލިއަކަށް ސީމާ ހަޅޭލަވާގަތީ ހައިރާންކަން އެކުލެވިގެންވި އަޑަކުންނެވެ. އެވަގުތު އިކުރާމު ސިހިގެންދިޔަވަރުން އަތުގައި އޮތް ސިރިންޖް ވެސް ވެއްޓިއްޖެއެވެ. ދަނޑިވަޅުބަލާފައި ޝަމާން އެދިޔަ ގޮތަށް ގޮސް އިކުރާމުގެ އަތުގައި އޮތް އާފްރީން ޖަހައިގަތެވެ. އެވަގުތު އެކުއްޖާ ރޯންފެށިއެވެ.

“ދޭ ގެއަށް..އެން ކޯލް ދި ޕޮލިސް..” ސީމާގެ އަތަށް އާފްރީން ދެމުން ޝަމާން ބުނެލިއެވެ. އޭރުވެސް އިކުރާމު އުޅުނީ އޭނަ އަތުން ވެއްޓުނު ސިރިންޖް ހޯދުމުގައެވެ.

“ކޮބާ އެސިރިންޖް..އަހަރެން ކަލޭމެން އެންމެން ގަޔަށް އެއިޑްސްގެ ވައިރަސް އަޅާނަން…މިހާރު ކިތައް މީހުންގެ ގަޔަށް އަޅައިފިން…އަހަރެން އެކަނިން މަރެއް ނުވާނެ…ކަލޭމެން އެންމެން މަރާލާނަން…ކޮބާ މަގޭ އާލާ..ގެނޭ އާލާގެ ގަޔަށްވެސް އަޅާނަން..އޭރުން އާލާ މަރުވާނީ އާލާގެ ބައްޕައާއި އެކު…މީ އާލާގެ ބައްޕަ..” އިކުރާމް ދައްކަމުން ދަނީ ބުއްދިހަމަނުޖެހޭފަދަ ވާހަކަތަކެވެ. އެންމެފަހުން ޝަމާންއަށް ކެތް ނުވެގެން އިކުރާމުގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް އަޅުވާލިއެވެ. އެވަގުތު އިކުރާމު އެތާނގައި ހުރި ގޮނޑިތެރެއަށް ގުޅައަކަށް ޖެހުނެވެ. އެޖެހުނުގޮތަށް އެއްވެސް ބަހެއް ނުކިޔާ އިނީއެވެ. ޝަމާންވެސް އިތުރަށް ވާހަކަދައްކަން ހިޔާލެއް ނުކުރެއެވެ. އެއަށްވުރެ އޭނާގެ ސިކުނޑިވަނީ ހާސްވެފައެވެ.

އޭގެ ވިއްސަކަށް މިނިޓްފަހުން ޕޮލިހުން އެތަނަށް އައިސް މައްސަލަ ތަހުޤީގު ކުރަން ފެއްޓިއެވެ. އެއްބަޔަކު ޝަމާންގެ ބަޔާން ނެގުމަށްފަހު އިކުރާމުގެ އަތުގައި ބިޑިއަޅުވަގެން ނެރުނެވެ. ބާކީ ތިބި މީހުން އެއިމަރާތް ބަލާ ފާސް ކުރަންފެއްޓިއެވެ. ސްޓޯރ ރޫމް ޖަހާފައިހުރި ކޮޓަރިއެއްގެ ތެރެއިން ކޮށާލެވިފައިވާ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނުނެވެ. ރަހުމުކުޑަގޮތަކަށް މަރާލެވިފައިވާ އެމީހަކީ ޒީޝާކަން ލަފާކުރެވެނީ ހަމަ އެކޮޓަރިން ފެނުނު އަތްދަބަސް ތެރޭގައި ހުރި ޕާސްޕޯރޓާއި އެހެނިހެން ސާމާނުންނެވެ. އިތުރަށްވެސް ތަހުޤީގަށް ބޭނުންވާ ސާމާނު އެއްކޮށްގެން ޕޮލިހުންގެ ޓީމް އެއިމާރާތް ކްރައިމް ސީންއަކަށް ކަނޑައަޅާ ސީލް ކޮށްލިއެވެ.

ތުންތުން މަތިން އެވާހަކަ ފެތުރުމާއިއެކު އެކި މީޑިއާތަކުން އިކުރާމުގެ ގޭ ކައިރިއަށް ޖަމާވިއެވެ. ޕޮލިހުންގެ ވެހިކަލަށް އަރުވަން ގެންދިޔަ އިކުރާމުގެ ފޮޓޯ ނަގަން ފެށުމާއިއެކު އޭނާ ރުޅިގަދަވިއެވެ.

“މަރާނަން!…އެންމެން މަރާނަން!…ހުރިހާއެންމެނަށް އެއިޑްސް ޖައްސާނަން..!” ނޫސްވެރިންނާ ދިމާއަށް ހަޅޭލަވަމުން ދިޔަ އިކުރާމްގެ ބަސްތައް އިވި އެތާނގައި ތިބި މީހުންވެސް ޖެހިލުންވެ ބިރުގަތެވެ. ދާދި ކުޑަ ވަގުތުކޮޅެއްގެ ތޭރޭގައި އިކުރާމުގެ ވާހަކަ ހޫނު ހަބަރެއްގެ ގޮތުގައި ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަމުން ދިޔައެވެ. އަދި ސޯޝަލް މީޑިއާގައިވެސް އިކުރާމް ބުނި ބަސްތަކުގެ ވީޑިއޯ ދައުރުވަމުން ދިޔައެވެ. މުޅި ޤައުމަށް ލިބުނީ ކުއްލި ސިހުމެކެވެ. އެތައް ބައެއްގެ ލޯބި ހޯދާފައިވާ ޑޮކްޓަރެއްގެ އަނދިރިފަރާތް ދުނިޔެއަށް ހާމަވެގެން ދިޔައީ އެތައް ބަޔަކަށް ސިހުން ގެނުވަމުންނެވެ.

އިކުރާމެކޭ އެއްފަދައިން މިކްޔާގެ ހަޔާތަށް އެޅުނު ހިޔަންޏެއް ކަމުގައި އޭނާގެ ދޮންމަންމަ ޝަކީލާވެސް ވެއެވެ. ނަމަވެސް މިއަދު އޭނާ އެދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރެވިފައެވެ. އުމުރުދުވަހުގެ ޖަލުހުކުމެއް އައިސްފައިވާ ވާއިރު އާއިލާގެ އެއްވެސް މީހަކު ހާލު ބަލާލަން ނާދެއެވެ.
**

 

ސީމާ ވަގުތުން ސޮފިއްޔާއަށް ހަބަރު ދިނުމާއިއެކު އެއާއިލާ އެއްކޮށް މާލެ އަންނަން ހަމަޖެހުނެވެ.އެމީހުންނަށް މާލެ އާދެވުނީ ޖެހިގެން އައި ދުވަހުއެވެ.
މިކްޔާގެ އަތްމައްޗަށް ދަރިފުޅު އެރުމާއިކު އެހިތް ނުހުއްޓުނީ ކިރިޔާއެވެ.
“އަފޫ ބާލަބަ ލޯބިކަން…މަންމިގެ ދޫނި…ދަރިފުޅާއި ނުލާ މަންމަ އުޅުނު ހާލު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް..މަންމަ ދުނިޔޭގައި ހުރިނަމަވެސް ފުރާނަ ނެތްފަދަ..ދަރިފުޅު އެނބުރި މިއަތުތެރެއަށް އައުމުން އެލިބުނު ހިތަހަމަޖެހުން ބުނެދޭން ނޭނގެ…” މިކްޔާއަށް އެކުއްޖާގެ މޫނުގައި އެތައް ފަހަރަކު ބޮސްދެވުނެވެ. ހުރިހާ އެންމެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިފައިވާއިރު ހިތްތަކަށްވަނީ ހަމަޖެހުން ލިބިފައެވެ.

“އެއީ ތެދެއް ދޫނީ…މަންމި ޑެޑީއާވެސް ވާހަކެއް ނުދައްކާ..މިހާރު ދެން ދޫނި އައީމަ ހުރިހާކަމެއްވެސް ހަމަޖެހޭނެ..” މިކްޔާގެ ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށްލަމުން އައުފް ބުނެލި ވާހަކައިން މިކްޔާއަށް ހިނިތުންވެލެވުނެވެ.

“އާލިމާ! އަހަރެން މިއަދު ވަރަށް އުފާވެއްޖެ އާލިމާ އާއި ބައްދަލު ވެވުނީމަ…އަހަރެންގެ ހިތުގައި އާލިމާއަށް އެއްވެސް ހިތްބުރަކަމެއް ނެތް..އިކުރާމު ކުރި ކުށެއްގެ ޝަޒާ ހައްޤުވެރިފަރާތުން ދެއްވާނެ..ޒީޝާއަށްވެސް އެލިބުނީ އޭނަ ދުނިމަތީގައި އުޅުނު ނުބައި ގޮތްތަކުގެ ޖަޒާ..އަހަރެން އަދި މައިކަލްވެސް ޒީޝާއަށް މާފެއް ނުކުރާނަން އެއީ އޭނަ އެކުރީ މާފު ހައްޤުނޫންކަމެއްވީމަ…ވެދިޔަ ކަމެއް އެނިމުނީ.. ޒީޝާގެ މަރުގެ ހިތާމަ މައިކަލްވެސް ކުރަންބޭނުންނުވޭ އެއީ ޒީޝާއަށް އަހަރެމެންގެ ހިތުން އެވަރަށް ޖާގަ ހޯދިފައި ނުވާތީވެ..އަދި އެލޯބި ހޯދަން އޭނަވެސް މަސައްކަތް ކޮށްފައެއްނުވޭ..ޒީޝާ އަބަދުވެސް އިސްކަންދިނީ އޭނަގެ އަމިއްލަ އުފާތަކަށް..އޭނަ ނިމިގެން އެދިޔައީވެސް އެކަމުގެ ތެރޭގައިވަނިކޮށް..އިތުރަށް އެކަމާ ބެހޭގޮތުން އަހަރެން ދައްކާނެ ވާހަކައެއް ނެތް” އާލިމާގެ އަތުގައި ހިފަހައްޓައިގެން އިން ސޮފިއްޔާގެ ލޯފުސްވެފައިވަނީ ކަރުނައިންނެވެ. އެތަނުގައި ތިބި އެއްވެސް މީހެއްގެ ހިތުގައި ޒީޝާއާއި މާގާތް ގުޅުމެއް އުފެދިފައިނެތްނަމަވެސް އެފަދަގޮތަކަށް ޒީޝާ ނިމިގެން ދިޔުމުން އެހިތްތަށްވަނީ ހަމްދަރުދީއިން ފުރިފައެވެ.

” ދެން ހުރިހާއެންމެން ސޭޑް ސްޓޯރީޒް ނުކިޔަބަލަ…މިޝީގެ ބޮލުގަ ރިއްސައޭ…ދީބަލަ ތުއްތިގެ ބޭބީ ސިސް އުރާލަން…” މައިކަލްގެ ކޮނޑުގައި ބޯއަޅައިގެން އިން މިޝްޔާއަށް މާހައުލުގެ އެ އުދާސްކަން ކަމަކު ނުދިޔައެވެ. އެހެންކަމުން މިކްޔާގެ އުނގުގައިން އިން އާފްރީން އުރާލައިގެން ބޭރަށް ނިކުމެލިއެވެ.

” މިކީ..އަހަރެމެން ބޭބީ މިކޮޅުން ޑޮކްއަށް ދައްކާފަ އެހުރީ..ބުނި އެއްވެސް މައްސަލައެއް ނެތޭ…ޓެސްޓް ތަކެއްވެސް ހެދި…އެވްރިތިންގް އިޒް ނޯރމަލް..ދޯ މާން..” ޝަމާންއަށް ބަލާލަމުން ސީމާ ބުނެލިއެވެ. އެދެމީހުންގެ ދެމެދުގައި ބަދަލުކުރެވުނު ނަޒަރުތައް ހެކިދެނީ ތަފާތުކަމެއްކަން އައުފަށް ފާހަގަ ކުރެވުނެވެ. މިކްޔާވެސް އިނީ ސީމާ “މާން”ގެ ނަމުން ޝަމާން އާއި މުހާތަބުކުރުމުން ހައިރާންވި ނަމަވެސް އުފާވެފައެވެ.

“އޯކޭ..އޯކޭ ތި ދެމީހުން އިތުރަށް ބޯ ނުގޮއްވާ..އަހަރެން ބުނެފާނަން ސިއްރެއް..ވީ އާރ ގެޓިން މެރިޑް” އައުފްގެ ކޮނޑުގައި ޖަހާލަމުން ޝަމާން ބުނެލިއެވެ. އެވަގުތު ސީމާގެ މޫނުމަތިން އުޖާލާވެގެން ދިޔައިރު މިކްޔާގެ ހިނިތުންވުންވެސް ފުންވެގެން ދިޔައެވެ.

“ކޮންގްރާ އިނގޭ…އެހެންވީމަ ކައިވެނި ސައި މިކޮޅުން ނިންމައިގެން ދާނީ ދޯ މިކީ…މޯމްމެންވެސް އޯކޭވާނެހެން ހީވަނީ…ވީ ކޭން ސްޓޭ ހިއަރ ފޯރ އަ ވީކް…” އައުފްގެ އަޑުގައިވެސް ވަނީ އުފާވެރިކަމެވެ. ކުއްލިއަކަށް އެއްފަހަރާ މާގިނަ އުފާތަށް ލިބުމުން މިކްޔާ ހިތްނުތަނަވަސްވިނަމަވެސް އެކަން ފާޅު ނުކުރެއެވެ.
ހަފްތާއެއް ފަހުން ޝަމާން އާއި ސީމާގެ ކައިވެނި ކުރެވިގެން ދިޔައީ މާބޮޑު ހަފުލާއެއްނެތިއެވެ. އެއީ އެދެމީހުންވެސް ބޭނުންވިގޮތެވެ. ޝަމާން އާއި ސީމާ ކައިވެނީގެ ފުރަތަމަރޭ ހޭދަކުރީ ދޮންވެލި ތުނޑިއެއްގެ ހިތްގައިމު ކަމުގައެވެ. ވަޢުދުތަކާއި އަހުދުތަށް ކުރަމުން ދެޖިސްމު އެކުވެގެން ދިޔައީ ވަކިނުވާނެކަމުގެ ގޮށަކުންނެވެ. އޭގެ ދެދުވަސް ފަހުން މިކްޔާމެން ފުރައިގެން ދިޔައެވެ. ޝަމާން އާއި ސީމާވެސް އާލިމާ ގޮވައިގެން ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރިއެވެ. ބައެއްފަހަރު މިކްޔާމެން ސިންގަޕޫރަށް އާދެއެވެ. ދެއާއިލާގެ ރަހުމަތްތެރިކަން އަބަދުވެސް އެގޮތުގައި ގުޅުން ބަދަހިވަމުންދެއެވެ.

**
ކޮޓަރިއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ދަގަނޑު ތޭރި ތަކަކުން ފުރޭނިގެން އައިސްފައިވާ ފަނޑު އަލިކަމެއްފިޔަވާ އިތުރު އަލިކަމެއް ނެތެވެ. މުޅި ކޮޓަރީގައި ހިފާފައިވަނީ ނަޖިސްވަހެވެ. އެތަނުގައި ހުރި އެނދެގެންގައި އޮތް މީހަކީ އިކުރާމު ނޫން ދެވަނަ މީހެއް ނޫނެވެ. ހީވާގޮތުން މިރޭވެސް އެއޮތީ ތަންމައްޗަށް ކުޑަކަމު ގޮސްގެންނެވެ. އެކޮޓަރީގެ ކަނެއްގައި ފާޚާނަ ތައްޓެއް ހުއްޓަސް އެއާއި ހަމައަށް ދިޔުމަށް އިކުރާމުގެ ސިކުނޑި ނުކުޅަދާނަވެފައިވިއެވެ. މިރޭވެސް އެކޮޓރިން ބޭރަށް ފޭދިގެން އެއަންނަ އަޑަކީ ހަމަ ކޮންމެ ރެއެއްގައިވެސް އިވޭ އަޑެކެވެ.

” ލައް ލައްލާ…ހްމް ހްމް…ބައްޕަގެ ކުޑަ ދޫނި ނިދާލާ..ލާ…ލާ ”
” މަރާނަން…އެންމެން މަރާނަން…ލޭ އަޅާނީ…އެންމެން ގަޔަށް..”
“ޒީ..ސޮރީ ޒީ..ކީއްކުރަން ތިއައީ އަނެއްކާ..ކޮބާތަ އެމިކްޔާ އޭނަ މަރާނަން..ގެނޭ ސިރިންޖް..ޒީ ކޮންތާކަށް ތި ދަނީ…ޒީ ޕްލީޒް އައި ނީޑް ޔޫ…ޒީ”

ރޮމުންނާއި ހެމުން އިކުރާމު އަމިއްލަ ނަފުސައް އަޑުލަމުންދިޔައެވެ. އިކުރާމު ހައްޔަރުކޮށްގެން ޖަލަށްލީ އިރުވެސް އޭނާގެ ހަމަ ބުއްދިވަނީ ފިލާ ގޮސްފައެވެ. އެންމެ ފަހުން އެތަނުގައި ނުގެންގުޅެވުމުން މޮޔައިންގެ މަރުކަޒަށް ގެނައީއެވެ. އެއްދުވަސް ވަރެއްގައި އާރާއި ބާރު ހުރި އިކުރާމު މިއަދު އެއޮތީ އަޅާލާނެ ޔާރެއް ނެތިފައެވެ. ނުހައްޤުން މިކްޔާއަށް ދިން ކެހިވެރިކަމުގެ ހިތިރަހަ އިކުރާމުގެ ކަރުބުޑުގައި ލަމުންދިޔަ ނަމަވެސް އެކަން ވިސްނޭވަރަށް އޭނާގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ. ބަދަލު ހިފުމުގެ ރޫހު ގައި ނިކުތް އިކުރާމުގެ ހަޔާތް ބަރުބާދުވެފައި އެވަނީ ވަރަށްވެސް ހިތްދަތިގޮތަކަށެވެ. ބަދަލު ހިފުމަކުން ތިމާއަށް އަދި އަނެކާއަށްވެސް ފައިދާއެއް ނުކުރާނެކަން އިކުރާމަށް ވިސްނުނުނަމައެވެ. ނަމަވެސް މިއަދު ވަގުތު އެވަނީ ފާއިތުވެފައެވެ. ވިސްނައިފި މީހަކަށް އިކުރާމާއި ޒީޝާގެ ހަޔާތުން އިބުރަތެއް ހާސިލްވާނެއެވެ.

**
“މިހިތުގެ ފަސާނާ- އޭން އަންފޮގެޓަބަލް ޖާރނީ” ފޮތް ލައްޕާލިއިރު އާފްރީންގެ ދެލޯ ވަނީ ރަތްވެފައެވެ. އެތައް ފަހަރަކު އެ ފޮތް ނުކިއިގެން ބާއްވަން ޖެހުނެވެ.

” އަހަރެން ހިތައް އަރަނީ މިހާރު އެއިކުރާމު ކޮބައިބާއޭ؟” ނޭފަތް ދަމާލަމުން އާފްރީން ބުނެލިއެވެ.
“ހީ އިޒް ޑެޑް..މީގެ 10 އަހަރު ކުރިން..އޭނަ އޮތް ކޮޓަރިން ފެނުނީ މަރުވެގެން ހަރުއަރާފައޮއްވަ” ޝައިމަން އޭނާގެ ފޯނުގެ ސްކްރީން އާފްރީން އާއި ދިމާއަށް އަނބުރާލަމުން ބުނެލިއެވެ.

” ރީން…އައި ވޯޒް ތިންކިން ޓް ސްޓާރޓް އަވަރ ޖާރނީ ޓޫ…އާފްޓަރ އޯލް ނައު އައި އޭމް 18″ އެއްލޯ މަރާލަމުން ލާނެއް ގޮތަކަށް ޝައިމަން ބުނެލިއެވެ.

“އެން އައި އޭމް 19..ލައިކް އަ ސިސް ފޯރ ޔޫ..މޯމް…މޯމް..ޝައި ހޭޒް ގޯން މޭޑް އަގައިން..” އާފްރީން ދުވަމުން ކޮޓަރިން ބޭރަށް ދުއްވައިގަތްއިރު ޝައިމަންވެސް ފަހަތުން ދުއްވައިގަތެވެ.

ހިތްގައިމު ބަގީޗާއެއްގެ ތެރެއިން އިވެމުންދިޔައީ ހުނުމުގެ އަޑުތަކެކެވެ. މިކްޔާގެ އުނގުގައި 10 އަހަރަށްދާ އޭނަގެ އެއްމާބަނޑު ދެދަރިން ކަމުގައިވާ ޒާރާ އާއި ޒައުލް އިން އިރު ކައިރީގައި އިން ސީމާ އުޅުނީ 8 އަހަރުގެ ޝައިހާ މައިތިރި ނުވެގެންނެވެ. އެންމެފަހުން ސީމާ ދޫކޮށްލުމާއިއެކު ދުވެފައި ގޮސް ޕޫލުގައި އޮތް ޝަމާންގެ ކޮނޑަށް އެރިއެވެ. އަދި ހަމައެއާއި އެކު ކައިރީގައި އޮތް އައުފްގެ މޫނަށް ފެންތަށް ބުރުވަށް ފެއްޓިއެވެ.

“މޯމް..ބަލާބަ ޝައި ކިޔާއެއްޗެއް…” މިކްޔާމެން ތިބި ހިސާބަށް އާދެވުނު އިރު އާފްރީން ހުރީ މައިނޭވާ ލެވިފައެވެ.

“އެއީ ދޮގެއް އާންޓީ..” އާފްރީންގެ އަނގަމަތީގައި އަތް އަޅަމުން ޝައިމަން އަވަސް އަވަހާ ބުނެލިއެވެ. އަދި އާފްރީން ދަމަމުން ކަހަލަގޮތަކަށް އެތަނުން ދުރަށް ގެންދިޔައެވެ. ” ޝައިމަންގައިގައި އެހުންނަނީ ޝަމާންގެ ގޮތްގަނޑު…ވަރަށް ސަކަރާތް ޖަހާހިތްވާނެ..” ޓެރަހުގައި ތިބި ސޮފިއްޔާ އާއި އާލިމާ އަށް އެމަންޒަރުފެނި ދެފަރާތަކަށް ބޯހުރުވާލިއެވެ. މައިކަލްވެސް އަޅައިގެން އިން އައިނު ރީތިކޮށްލަމުން އަނެއްކާވެސް ލެޕްޓޮޕަށް ސަމާލުކަންދިނެވެ. މިޝްޔާވެސް ލަންޑަނުން މީހަކާ އިނދެގެން ދެދަރިން ލިބިފައިވެއެވެ. މައިކަލް ޗެޓްކުރަމުން އެދަނީވެސް އެދެކުދިންނާއެވެ.
އެދެމީހުންނަށް ބަލާލަމުން މިކްޔާއަށް ހިނިތުންވެވުނެވެ. އޭރު ޕޫލުގައި އޮތް އައުފްގެ ތޫނު ނަޒަރުވަނީ މިކްޔާއަށް އަމާޒުވެފައެވެ. ދުވަސް ވާވަރަކަށް އައުފްއާއި މިކްޔާގެ ލޯބި ފުންވަމުންދެއެވެ. ދެމީހުން އުޅޭގޮތުން އަބަދުވެސް ހީވަނީ ޒުވާން ދުވަސްވަރުގެ ދެލޯބިވެރިންހެންނެވެ. މިއަދު މިކްޔާއަކީ ފާހަގަ ކޮށްލެވޭވަރުގެ ލިޔުންތެރިއެކެވެ. ދާދިފަހުން އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށްލިޔެފައިވާ ލޯބީގެ އަސަރުގަދަ ވާހަކަ “މިހިތުގެ ފަސާނާ-އޭން އަންފޮގެޓަބަލް ޖާރނީ” ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިކެމުންނެވެ. މިކްޔާގެ ދުޢާ އަކީ އޭނާގެ މި އުފާވެރި ދިރިއުޅުމަށް ދެވަނަ އިކުރާމެއްގެ ހިޔަނިވެސް ނޭޅުމެވެ.

ނިމުނީ
**

މިކްޔާ އާއި އައުފް އަދި ޝަމާން އާއި ސީމާގެ ދިރިއުޅުމަށް ފާގަތި މުސްތަޤުބަލަކަށް އެދެމުން މިވާހަކަ ނިންމާލަމެވެ.

ޝުކުރިއްޔާ!

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ހިތް ނުރޮއްވާ…….!!!!!!

Next

ކަކުނި (ޓްރެއިލަރ)

Next
April 11, 2017

ކަކުނި (ޓްރެއިލަރ)

Previews
April 10, 2017

ހިތް ނުރޮއްވާ…….!!!!!!

51 Comments!

  1. Zee says:
    April 10, 2017 at 11:05 pm

    Just wow… ?? loved the story…
    waiting for more stories from u

    1. kayashandy says:
      April 10, 2017 at 11:10 pm

      thanku so much…? insha allah soon u gonna read a new one…keep looking ?

  2. kayashandy says:
    April 10, 2017 at 11:09 pm

    aaaah!!! finally here comes de end…? hope u all will like it…n expectations ah reach vevunu kamahves ummmeedhu kuran..?i knw m not so good at it cux this is my 1st story..insha allah kuriah oithaanga rangalhu vaane..✌
    i hv a humble request frm de readers…mihaathanahves mi story kiyamun ai ekamaku comment nukuraa kudhin mi part ah comment ei kohladhinun..i juz wnt to knw ur views abt de story…??? it duxnt matter negative viyas…eyrun dn liyaa vaahakeiga i ll look forward to it….?

    n a biiiiiigg thankx for all those who hav been with me until nw…??❤ aslu readers ge comments in varah bodah motivate vey..n i felt really bad to let down my readers in de middle of de story..? insha allah dn ehen nuvaane..love you all ? gona meet you soon…keep waiting ☺ ❤ ?

    nytzzz luvly ppl?❤❤❤

    1. Boobsie says:
      April 11, 2017 at 1:18 am

      Moya than than kolhu ves ebahuri assu! Ekm dhen ok abeh hen reethi hama?

    2. kayashandy says:
      April 11, 2017 at 10:41 am

      yeah i knw dat?? thank you so much?

  3. kayashandy says:
    April 10, 2017 at 11:12 pm

    last part ga comments kohfa ekam reply nukurevi huri kudhinnahves v bodukoh thank u…???✌? without u guys i cannot b me ??❤?

  4. Baby says:
    April 10, 2017 at 11:19 pm

    Varah salhi mi story. Will be waiting for ur next story. Keep it up

    1. kayashandy says:
      April 11, 2017 at 12:10 am

      thanku ? ❤ happy to c u liked it..?insha allah soon i ll meet u guys…??

  5. Chum handi says:
    April 10, 2017 at 11:20 pm

    Alheyy… haadha loabi story ekey… fahun nelli part thah rom v ma adhi salhee…. I love this story so so much ❤❤ waiting for your next story ? Good night ? Ly?

    1. kayashandy says:
      April 11, 2017 at 12:39 am

      alheyy chum ge comment ves v v loabi? thanks for de lovely comment? nytz to u too??

  6. Saandy says:
    April 10, 2017 at 11:24 pm

    V salhi… Ikraamge nubaikan hahdhu fahana alhaafa dhw… Zeeshaa aa gulhaalaigen ulhefa eynaves maraaly… Zeeshaaves v goas… Ekam eyna maruvi gothun v dheravi… Overall mi story v reethi… Comment nukurevunas baraabarah ky story eh mee… Dhigu muhdhathakah medhuken’difa alun up kuran feshi iruves han’dhaan huri enme fahun ky baiga veegoiy… Waiting for ur next story Kayashandy… Keep it up!! 🙂

    1. kayashandy says:
      April 10, 2017 at 11:46 pm

      oohhh really saandy….i thought saandy rulhi vee kamah..? hehhe…comment ei nufenuneema…ekam mi comment fenifa v happy vejje asluves…?? n yeah i read ur stories too…nimifa ineema dn comment nukuree…hehe..?? a big thanks to u for being a reader n writer too…love yu?

  7. Mine says:
    April 10, 2017 at 11:24 pm

    Masha Allah reethi vaahaka

  8. Raa says:
    April 10, 2017 at 11:35 pm

    Varah reethi…

    1. kayashandy says:
      April 11, 2017 at 12:08 am

      thanku Raa??

  9. Shabyyy says:
    April 10, 2017 at 11:36 pm

    V reethi mivaahaka.dhen kon dhuvahakun kayashandy ge vaahaka eh fennaany??

    1. kayashandy says:
      April 11, 2017 at 12:09 am

      thanku so much??? soon insha allah..keep waiting ☺ ❤

  10. yaalu says:
    April 10, 2017 at 11:48 pm

    V salhi stry♥♥… waiting fr ur new stry

    1. kayashandy says:
      April 11, 2017 at 12:24 am

      thank u yaalu???

  11. Naash says:
    April 11, 2017 at 12:26 am

    Story v reethi.???I like it. Waiting for a new story.

    1. kayashandy says:
      April 11, 2017 at 12:40 am

      thanku Naash..??❤

  12. RiMu says:
    April 11, 2017 at 12:40 am

    Kobaa shakeelaa?!

    1. kayashandy says:
      April 11, 2017 at 12:44 am

      oooopppsss dhw…? mind in kataafa einee…sowryy…aslu dn kurin part eiga innaane eynves mihaaru masthuge dhuniyeiga halaakuvegen dhanee ey kiyaafa so i thought dn eyna edhiyaee kamah ehenve dn fahun mind ga eyna nethy…mishya ves london meehaka marrykohge settle vefa innaaanee…ekam ebaives einee nuliyevi…? edit kohlaanan fahun…?

  13. Shahu says:
    April 11, 2017 at 12:47 am

    Mi story feshigen kiyan. Ekam adhi comment eh nukuran dhuvahaku vx. Varah reethi vaahaka genes dheefa vaa goi. Vaahakaige medhuthere inn huttuneema dhn heekuree vaahaka obaalee kamah. Varah ufaavi fahun vaahaka genesdheyn fesheema. Varah alhaigen thankolheh aei mikyaage baby gehlunu goi genes dheefa nuvaakan. Vaahaka reethi. All the best.

    1. kayashandy says:
      April 11, 2017 at 1:00 am

      yeah…dhw asluves…?? hithah eree ikraam menge plan varah kurinves highlight kuramun aeema plus zee bunefa inaane emeehun 1 month vejjey ekamah readyvanee so varah bodu plan ei veema vakin nugenesdhevunee…?? hospital in vagah nagaanee ikuraamumen…dn details nukohdhevuneema so sorry?? next time i ll keep dat in mind…thanku for de lovely comment ? ? ?

  14. Who? ? says:
    April 11, 2017 at 12:51 am

    Shaimam eiy kaaku dhari eh?

    1. kayashandy says:
      April 11, 2017 at 1:02 am

      shamaan n seemaa ge…i thought shamaan aa gulhuvaalaafa ineema specify nukohdhinas readers ah engeyne kamah…sowrryyy? n thanku for de comment n mistake ves bunedhineema…

  15. Jaan says:
    April 11, 2017 at 7:06 am

    WOW. Wonderful. Waiting for a new story.

    1. kayashandy says:
      April 11, 2017 at 10:44 am

      thanku jaan?? insha allah soon i ll start a new one…keep looking ??

  16. liyaa says:
    April 11, 2017 at 7:56 am

    nice story..??

    1. kayashandy says:
      April 11, 2017 at 10:43 am

      thank u??❤

  17. vaahaka foshi says:
    April 11, 2017 at 7:58 am

    maasha allah ! vara salhi. thivareh neh. thanks

  18. Eenoo says:
    April 11, 2017 at 8:11 am

    V reethi. Story feshigenves kiyan. Ekamaku comment nukuran. V kiyaa hithun indhaa nimuny ves.

    1. kayashandy says:
      April 11, 2017 at 10:38 am

      ehentha Eenoo…? thank u so much for de support ???

  19. lara says:
    April 11, 2017 at 8:33 am

    wow v salhi nimunves ehaa furihama

    1. kayashandy says:
      April 11, 2017 at 10:37 am

      thank u lara..? happy to c dat u liked it?

  20. Sm1 says:
    April 11, 2017 at 9:48 am

    Vrhh salhi . 🙂 i’ve waited so long and inthizaaruge nimun vrh vx foni 😛
    Good luck!

    1. kayashandy says:
      April 11, 2017 at 10:35 am

      thanku so much…? ? ? ❤

  21. ? says:
    April 11, 2017 at 11:08 am

    Shaiman aky kaaku dhari eh tha

    1. hush says:
      April 11, 2017 at 8:13 pm

      Same qestion on mind.. I guess shamaan n seema’s… Detail kohlevunu nama perfect vees

    2. kayashandy says:
      April 11, 2017 at 11:13 pm

      mihaaru innaanee ethankolhu rangalhu kohlaafa..thnkz alot for reading

  22. kiya says:
    April 11, 2017 at 11:35 am

    Vv reethi vaahakaeh

  23. Rash says:
    April 11, 2017 at 3:52 pm

    So beautiful story….

  24. unknown says:
    April 11, 2017 at 7:12 pm

    Story v furihama

  25. Dhimra and Yuan shipper says:
    April 11, 2017 at 7:26 pm

    Omg.. Wow..Just wow..v rythi

  26. Dhimyu says:
    April 11, 2017 at 8:05 pm

    Nice ☺☺☺☺

  27. Mar Sha Marsha says:
    April 12, 2017 at 4:34 pm

    Nimuny dhow… time v irah last 2 parts mi kiyaaly… rythi vaahaka eh.. nimendhen ves rythi… v lowbi mikya n auf.. n happy for shamaan n syma… zysha n ikraam ah vaany ehen dho ehaa nubai veema… salhi ingey! N btw kayashandy.. mi story ga u hv used my real name.. ☺ hehe. New story eh up koffa eba in.. will start reading asap.. mihaa salhi vaane kamah hykuran.. once again, grt story

  28. xeyboo says:
    April 17, 2017 at 3:13 pm

    wow..<3

  29. Sugarplum says:
    April 19, 2017 at 10:33 am

    This story is one of the best story I have read ❤️ I never comment but
    This stories is perfect ❤️ Just wow ❤️Waiting for a new story ❤️

  30. Sham says:
    April 26, 2017 at 10:53 am

    Alheyyy..
    Haadha reethi vaahaka ekey….omg….hiyeh ves nuvey mee you ge first vaahaka hen ves….I love this story…..ILYSM?
    Thankoo mikahala reethi vaahaka genasdheythyyve ???

  31. Snow flake❄ says:
    May 5, 2017 at 8:52 am

    Waaauu this is amazing kayashandy ??????
    I still can’t believe this is your first story.????
    This is Honestly Greattt first story aa Balaafa.❤❤❤❤
    I’ve became a Fan of youh.✨
    The Twists were fab k?????
    Well Best of luck ingeyh. ?????
    Bye bye love You???

Comments are closed.



All Right Reserved!