Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް – ޓްރެއިލަރ

Saandy
April 11, 2017
3 Mins Read
64 Comments

މިއީ ޚިޔާލީ ވާހަކައެކެވެ. ލޯބީގެ ބިރުވެރި މިވާހަކައަކީ އަޅުގަނޑު ލިޔާ ފުރަތަމަ ބިރުވެރި ވާހަކައެވެ.

“އެކަމަކު ބައްޕާ…”

“ބައްޕައަށް އެނގޭ އަދިވެސް ދަރިފުޅަށް އިއުނާސްގެ ހަނދާންތަކާ ދުރަށް ނުދެވޭކަން. އެކަމަކު ތިގޮތަށް ބޭކާރު ގޮތުގައި ދަރިފުޅުގެ އުމުރު ނަގާލާކަށް ބައްޕަ ބޭނުމެއް ނޫން. ކިތަންމެ ވަރަކަށް އެހަނދާންތައް އާކުރިޔަސް އިއުނާސް އެނބުރިއެއް ނާންނާނެ. ދަރިފުޅަށްވެސް އެކަން އެނގެއެއްނު.” މާހިރު މިއުވާންއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ.

“ލައްބަ ބައްޕާ. އެކަމަކުވެސް އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އެހަނދާންތަކާ ދުރަށް ނުދެވިގެން މިއުޅެނީ. އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން އެހަނދާންތަކާ ދުރަށް ދެވޭތޯ. އެކަމަކު ދުރަށް ދާން މަސައްކަތް ކުރާވަރަކަށް އެހަނދާންތައް އާވުން ނޫންކަމެއް ނުވޭ.” މިއުވާންގެ ދެލޮލުން ކަރުނަ ހިލުނުތަން ފެނުމުން މާހިރުވެސް ދެރަވިއެވެ.

“ބައްޕައަށްވެސް އެނގޭ ކަންތައް ދިމާވިގޮތުން ތިހެން ވާނެކަން. އެކަމަކުވެސް ދުނިޔޭގަ ނެތް މީހަކަށްޓަކާ އުމުރު ބޭކާރުކޮށްލުމަކީ މޮޔަކަމެއް ދަރިފުޅާ. ބައްޕަ މިހެން ބުނީމަ ދަރިފުޅަށް ހީވެދާނެ ބައްޕައަކީ ވަރަށް ރަހުމުކުޑަ މީހެކޭ. އެކަމަކު އެހެނެއްނޫން. ބައްޕަ ބޭނުންވަނީ ދަރިފުޅު އުފަލުގަ ހުންނަން. ދަރިފުޅުގެ ދިރިއުޅުން ތިގޮތަށް ބޭކާރުކޮށްލާތަން ދެކޭކަށް ބައްޕައަކަށް ކުޅަދާނައެއް ނުވޭ. ދަރިފުޅާ އެއް އުމުރުގެ ކުދިން މީހުންނާ އިނދެ ދަރިން ގޮވައިގެން އުޅޭތަން ފެނުނީމަ ބައްޕަ ވަރަށް ހިތަށްއަރާ ދަރިފުޅަށް އެފަދަ ނަސީބެއް ލިބޭނީ ކޮންދުވަހަކުންބާއޭ؟ ބައްޕައަށް ކާފާއޭ ކިޔާ ގޮވާލާނެ ކުއްޖަކު ލިބޭނީ ކޮން ދުވަހަކުންބާއޭ؟” މާހިރު ދެރަވެފައި ވާހަކަދެއްކި ގޮތުން މިއުވާންވެސް ދެރަވިއެވެ.

“ބައްޕާ! އަޅުގަނޑު ހިތަކަށް ނާރާ ބައްޕައަކީ ރަހުމުކުޑަ މީހެކޭއެއް. ބައްޕަ އިއުނާސްދެކެ ވީލޯބި އަޅުގަނޑަށްވެސް އެނގޭ. އިއުނާސްގެ ކުއްލި ވަކިވެދިއުމާ ގުޅިގެން ބައްޕަ ކުރި ހިތާމަވެސް އަޅުގަނޑު ދުށިން. ބައްޕާ! އަޅުގަނޑު މިބުނާ ވާހަކައަކުން ބައްޕަވެސް އަޅުގަނޑަށް ކުރައްވާނީ މަލާމާތް ކަންނޭނގެ. އެކަމަކު ފޮރުވާކަށް ނެތިން. އިއުނާސް ވަކިވެ ދިޔަތާ ފަސްއަހަރު ވީއިރުވެސް އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭ އިއުނާސް ދުނިޔޭގަ ނެތްކަމެއް.” މިއުވާން އެހެން ބުނުމުން މާހިރުއަށް ކުއްލިއަކަށް ބަލާލެވުނެވެ.

“މަގޭ ދަރި މިހިރީ ހަމަ ރަނގަޅަށްވެސް އެކުއްޖާއާ ހެދި ދީވާނާވެފަ.” މާހިރުއަށް ހިތާހިތާ ކިޔާލެވުނެވެ.

**********

މިއުވާންއާއި ރުކާންގެ ކައިވެނި ކުރާ ތާރީޚު ކަނޑައެޅިއްޖެއެވެ. އެކަމަކީ އެތައް ދުވަހެއް ކުރީއްސުރެ ފެށިގެންވެސް ރުކާން ނުހަނު އެދިހުރި ކަމެކެވެ. ނަމަވެސް މިއަދު އެކަން ހަމަޖެހުމުން އޭނާއަށް މާބޮޑު އުފަލެއް ލިބުނުހެނެއް ހިއެއްނުވެއެވެ. ސަބަބަކީ އޭނާގެ ހިތް އެމީހަކަށްޓަކައި ހިބަކޮށްފައިވާ މިއުވާން ލޯބިވަނީ މިހާރު މިދުނިޔޭގައިވެސް ނެތް މީހަކުދެކެކަމެވެ. ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ؟ ނޫންނަމަ ފަސްއަހަރު ވޭތުވެ ދިޔައިރު މިއުވާންއަށް އިއުނާސް މަތިން ހަނދާން ނައްތާލެވެން ޖެހޭނެ ނޫންހެއްޔެވެ؟

ދެއާއިލާއިން ނުހަނު ފޯރީގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައެވެ. މިއުވާންވެސް ހިތާއި ދެކޮޅަށް ނަމަވެސް އެކަމުގައި ބައިވެރިވަމުން ދިޔައެވެ. އިއުނާސް ދުނިޔޭގައި ނެތްނަމަވެސް އޭނާ އެހެން މީހަކާ ގުޅޭކަށް ބޭނުމެއްނޫނެވެ. މާހިރު އެވާހަކަ ނުދެއްކިނަމަ އޭނާ އެކަމާ ޚިޔާލުވެސް ނުކުރީހެވެ. ނަމަވެސް ބައްޕަ އެހާ ދެރަވެފައި އެކަމަށް އެދޭކަން ހާމަކުރީތީ އޭނާއަށް އެކަމާ ފުރަގަސްދޭން ނުކެރުނީއެވެ.

ކައިވެނީގެ ވަގުތު ކުޑަތަން ވަމުން ދަނީއެވެ. ރުކާން އިނީ ހިތް ނުތަނަވަސްވެފައެވެ. އެންމެންވެސް ހީކުރީ އެއީ ފުރަތަމަ ފަހަރުކަމަށް ވުމުން ވާގޮތް ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އޭނާ ނުތަވަސްވެފައި އެއިނީ މިއުވާންއަށް ދެތިންފަހަރު ގުޅުމުންވެސް ފޯނު ނުނެގިތާނގައި ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ނުފޮނުވީމައެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭހެން އޭނާއަށް ހީވަނީއެވެ.

ކައިވެނި ކޮށްދޭ މީހުން އަންނަން ބުނެފައިވަނީ އަށްގަޑި ބަޔަށެވެ. ނަމަވެސް އަށެއް ޖެހިއިރުވެސް މިއުވާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. ބަރާބަރު އަށްގަޑި ފަނަރައިގައި ރުކާންގެ ފޯނަށް މިއުވާންގެ މެސެޖެއް ލިބުނެވެ. އަވަސްވެފައިވާ ހިތަކާއިއެކު ރުކާން މެސެޖް ހުޅުވާލިއެވެ.

**********

މިއުވާންގެ ކުރީގެ ދިރިއުޅުން ވަނީ މުޅިންހެން ބަދަލުވެފައެވެ. އޭނާގެ ކިބައިން ކުރިން ނުފެންނަ ކިތަންމެ ކަމެއް މިހާރު ފެންނަމުންދެއެވެ. އޭނާއަކީ ކުރީގައި ލިޔެކިޔުމާއި ދުރު މީހެކެވެ. ނަމަވެސް މިހާރަކަށް އައިސް ލިޔުމަށްވެސް އެހުންނަނީ އާދަޔާ ޚިލާފު ފޯރިއެކެވެ. ތަފާތު މަޢުޟޫއުތަކަށް ތަފާތު ލިޔުންތައް ލިޔެ ވާހަކަ ލިޔުމަކީ އޭނާ މިހާރު އެންމެ ކުރާހިތްވާ އެއް ކަންތަކެވެ.

މިއުވާން ލިޔަން ގެންގުޅޭ ފޮތް ކިޔާލާ ހިތްވީ ކީއްވެކަމެއް ރުކާންއަކަށް ނޭނގުނެވެ. ފޮތް ހުޅުވާލުމާއެކުވެސް ފެނުނީ އިއުނާސްގެ ނަމެވެ. އެޔާއެކު އޭނާ އިތުރަށް އެފޮތް ކިޔަންވެސް ފޫހިވިއެވެ. ފޮތް މޭޒުމައްޗަށް ޖެހުނީ އައި ރުޅިންނެވެ. އޭނާގެ ހިތް ހަސަދައިން ފުރުނެވެ. ކުދިކިޔައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާއާ އިނދެގެން ހުރެވެސް މިއުވާންގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި އިއުނާސްގެ ނަމެވެ. ކައިވެންޏަށް ފަސްމަސް ވޭތުވެ ދިޔައިރުވެސް އޭނާއަށް އަދި ކައިވެނީގެ އެއްވެސް އުފަލެއް ނުލިބެއެވެ. ނިދާފައި އޮންނައިރުވެސް ހޭލާ ހުންނައިރުވެސް މިއުވާންގެ ދުލުގައި ވަނީ ހަމައެކަނި އިއުނާސްގެ ނަމެވެ. މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އިއުނާސް ދުނިޔޭގައި ހުރިނަމަ އޭނާއާ ދޭތެރޭ ވިސްނަން އެންމެ ރަނގަޅެވެ. ނެތް މީހެއްގެ މަތިން އެވަރަށް ހަނދާން ކުރުމުގެ ބޭނުމަކީވެސް ކޮބައިހެއްޔެވެ؟

**********

ރެއަކީ ފިނި ރެއެކެވެ. މިއުވާން އަރާމު ނިންޖަކުން ނިދާލާފައި އޮތްއިރު ރުކާން އޮތީ ހީކަރުވާވަރުން ނުނިދިފައެވެ. އޭސީ ނިއްވާލާފައި ވާއިރުވެސް އޭނާއަށް އާދަޔާ ޚިލާފު ފިންޏެއްވަމުން ދިޔައެވެ. އެހެންކަމުން އޭނާ މިއުވާންއާ ގާތަށް ޖެހިލާ މިއުވާން ގައިގައި ކޮއްޓާލިއެވެ. ދެތިން ފަހަރަކު އަނގައިން ކަންނެތް އަޑެއް ލައްވާލުމަށްފަހު މިއުވާން ރުކާންއާއިވީ ފަޅިއަށް އެނބުރުނެވެ. މިއުވާން ވަނީ ރުކާން އޭނާއާއި ގާތްވާން މަސައްކަތް ނުކުރުމަށް ބުނެފައެވެ. މިއުވާން ރުޅިއަންނާނެކަން އެނގިހުރެވެސް ރުކާން މިއުވާންގެ ގައިގައި ބައްދާލިއެވެ. ފިރިމީހާގެ ފަރާތުން އުފާ ހޯދުމަކީ އޭނާއަށްވެސް ލިބިފައިވާ ޙައްޤެއްކަމުން އޭނާ މިއުވާންގެ ތުންފަތުގައި ބޮސްދޭން އުޅުނު ވަގުތު ކުއްލިއަކަށް މިއުވާން ދެލޯ ހުޅުވާލިއެވެ. އެދެލޯ އަނގުރު އަލިފާންކޮޅެއްހެން ހުރިއިރު ކުއްލިއަކަށް މޫނު ރެނދުން ފުރިއްޖެއެވެ.

 

މެއި މަހު 1 ގައި އަންނަނީ… އިންތިޒާރު ކޮށްލައްވާ!!

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ކަކުނި (ޓްރެއިލަރ)

Next

ހިތް އެދެނީ (7)

Next
April 11, 2017

ހިތް އެދެނީ (7)

Previews
April 11, 2017

ކަކުނި (ޓްރެއިލަރ)

64 Comments

  1. Mary says:
    April 11, 2017 at 2:41 am

    Alhey v rythi trailor ves. V inthizaaru kurevey…..

    1. Saandy says:
      April 11, 2017 at 7:06 pm

      ThanQ Mary 🙂

  2. ❤️ Mimmi ❤️ says:
    April 11, 2017 at 2:43 am

    Wow ?
    Story varah reethi vaane hen hyvany ?
    Ekam haadha dhuvaheh eba othey dhw adhi ?
    Kiyaahithun keimadhuvefa mihiry ❤
    Wish you all the best saandy ?

    1. Saandy says:
      April 11, 2017 at 7:08 pm

      ThanQ Mimmi 🙂

  3. YammYoon says:
    April 11, 2017 at 7:09 am

    Heevey reethi vaane hen… komme dhuvahakuvx up vaanetha mi story…Saandy ge storythah kiyaa hithun kiyaa saandy ge v bodu fan eh… ?????

    1. Saandy says:
      April 11, 2017 at 7:09 pm

      ThanQ YammYoon… Insha Allah!! Konme dhuvahaku up kohdheynan… V ufaavejje Saandyge thihaa bodu fan eh hureema 🙂

  4. Love says:
    April 11, 2017 at 7:13 am

    Alhey haadha lahun genesdhey vaahaka thibuni:( Mivaahaka ves V v v reethi vaane hen heevani
    V v v kiyahithun mihury

    1. Saandy says:
      April 11, 2017 at 7:11 pm

      ThanQ Love… Aan… Ekkoh ninmaafa up kuran fashanvegen 🙂

  5. zuloo says:
    April 11, 2017 at 7:19 am

    Heevani mi vaahaka kiyan jeheyni neyvaa hifahattagen hey Vvv salhi.

    1. Saandy says:
      April 11, 2017 at 7:13 pm

      ThanQ Zuloo… Insha Allah!! Neyvaa hifahattaalan jehey kahala thanthan geneveythoa balaanan 🙂

  6. Fathun says:
    April 11, 2017 at 7:23 am

    Wow vv reethi

    1. Saandy says:
      April 11, 2017 at 7:28 pm

      ThanQ Fathun 🙂

  7. Appy says:
    April 11, 2017 at 7:45 am

    V interesting story akah vaanehen hyvany …waiting

    1. Saandy says:
      April 11, 2017 at 7:29 pm

      ThanQ Appy… Interesting story akah hedheythoa masakkaiy kuraanan 🙂

  8. Maree says:
    April 11, 2017 at 7:58 am

    biruveri vaahaka vvvvvvv kiyaahihvey inthizaarukuran

    1. Saandy says:
      April 11, 2017 at 7:31 pm

      ThanQ Maree 🙂

  9. kayashandy says:
    April 11, 2017 at 8:19 am

    wow? inthizaaruga mihuree..wish u goodluck saandy??

    1. Saandy says:
      April 11, 2017 at 7:32 pm

      ThanQ Kayashandy 🙂

  10. 3ly says:
    April 11, 2017 at 8:27 am

    saandy.. haadha dhigu inthizaareh thikiruvanee.. vvv reethi vaane kan yageeen

    1. Saandy says:
      April 11, 2017 at 7:34 pm

      ThanQ 3ly… Hama vaavaru 🙂

  11. Faxoo says:
    April 11, 2017 at 8:41 am

    vrh reethi vaane kan yageen. luv yuhr stories Saandy 😀 keep it up!

    1. Saandy says:
      April 11, 2017 at 7:35 pm

      ThanQ Faxoo 🙂

  12. Chum handi says:
    April 11, 2017 at 9:12 am

    Wow❤❤❤ vrh salhi… waiting…

    1. Saandy says:
      April 11, 2017 at 7:36 pm

      ThanQ Chum handi 🙂

  13. RiMu says:
    April 11, 2017 at 9:22 am

    Waiting for the story.. Reethi vaane henn hyvanyy..

    1. Saandy says:
      April 11, 2017 at 7:37 pm

      ThanQ RiMu 🙂

  14. zaru says:
    April 11, 2017 at 10:13 am

    wowwwww….

    1. Saandy says:
      April 11, 2017 at 7:39 pm

      ThanQ Zaru 🙂

  15. firu says:
    April 11, 2017 at 11:06 am

    OMG wow …. alhey saandy ekm heyo nuvaane.. thihaa ginadhu vahaku ketheh nuvaane…… mihaaruves kiyaahithun moyavanee….. trailer ves v salhi…. ummeedhu kuran mivaahaka ves v reethi vaane kamah….. and saandy ge vaahakathah ehaa kiyaa hiyvanee baraabarah upload kohdheythee… mivaahaka ves konme dhuvahaku up kohdhehchey 🙂

    1. Saandy says:
      April 11, 2017 at 7:41 pm

      ThanQ Firu… Konme dhuvahaku kiyaalan libeyny inthizaaru kolleema… Noony delay thah annaane 🙂

    2. Saandy says:
      April 12, 2017 at 12:18 pm

      Insha Allah!! Konme dhuvahaku up kohdheynan 🙂

  16. Eanal says:
    April 11, 2017 at 11:13 am

    I’ve Been Waiting For Yur Story Saandyy.. Love Yur Stories.. im sure This Will Be a Hit Storyy..

    1. Saandy says:
      April 11, 2017 at 7:44 pm

      ThanQ Eanal 🙂

  17. Pinkish says:
    April 11, 2017 at 11:52 am

    Yes.. and this story will also be awesome i knw that.. saandy ge vaahaka thah hama habeys.. ?

    1. Saandy says:
      April 11, 2017 at 7:50 pm

      ThanQ Pinkish… V ufaavejje Pinkish ah Saandyge vaahakathah kamudhaakan en’guneema 🙂

  18. vishaa says:
    April 11, 2017 at 12:17 pm

    woooow gonna be best story i think saandy..all the best ..

    1. Saandy says:
      April 11, 2017 at 7:51 pm

      ThanQ Vishaa 🙂

  19. imagination says:
    April 11, 2017 at 12:51 pm

    omg.. yess i was waiting for this.. <3 <3 thanks saandy.. eh dhuvahaku dhw vaahaka up vani…ehhehe.. btw. i already ik its gonna turn out to be stunning like the others. <3

    1. Saandy says:
      April 11, 2017 at 7:52 pm

      ThanQ Imagination… Aan hama 1 dhuvahakah dhw mivy 🙂

  20. ithoo says:
    April 11, 2017 at 1:13 pm

    Awwhh..waiting.. waiting.. Stry up vaane dhuhah inthixaaru kohlaanee dww..??

    1. Saandy says:
      April 11, 2017 at 7:55 pm

      ThanQ Ithoo… Hmm… Inthizaaru kollaa in’gey dhen 🙂

  21. Nana says:
    April 11, 2017 at 1:45 pm

    Rythi vaane hen hyvey vrh mi story.. Vrh dhuvahah inthixaar vx kuran eba jehey dhw.. Hehe.. Dhn inthixaar kohlaany.. Saandy viyya dhw?

    1. Saandy says:
      April 11, 2017 at 7:56 pm

      ThanQ Nana… Inthizaaruge nimun foni kolleveythoa balaanan 🙂

  22. Erzi says:
    April 11, 2017 at 2:21 pm

    Wow.. Heevey varah reethi vaanehen

    1. Saandy says:
      April 11, 2017 at 7:59 pm

      ThanQ Erzi 🙂

  23. shifu says:
    April 11, 2017 at 2:46 pm

    Alhe saandy keevve tha ehaa laskoh thi genesdheny… mihaaruves mihiry kiyaa hithun maruvefa….

    1. Saandy says:
      April 11, 2017 at 8:01 pm

      ThanQ Shifu… E-ee evves delay eh nuve story genesdheyn beynun nuvaathy… Adhi storyge v bodubai eba oiy liyan… 🙂

  24. ravupinky says:
    April 11, 2017 at 3:35 pm

    wow waiting …. heevanee varah reethi vaane henn …

    1. Saandy says:
      April 11, 2017 at 8:02 pm

      ThanQ Ravupinky… Insha Allah!! Reethi vaahaka-akah hedheythoa masakkaiy kuraanan 🙂

  25. Ninni says:
    April 11, 2017 at 4:47 pm

    Name change kollan feney.. heevanee hus firihen names hen.. vaahaka varah reethivaanekan yageen.. inthixaruga.. ??

    1. Saandy says:
      April 11, 2017 at 8:07 pm

      ThanQ Ninni… Nanthakaa gulhigen thiya faalhukolli khiyaalah shukuriyyaa… Ekam vaahakain baeh liyevifa otheema dhen nanthah change kollun ehaa faseyha kamakah nuvaane dhw… Inthizaaruga hureethy ThanQ 🙂

  26. Afy says:
    April 11, 2017 at 10:34 pm

    Varahsalhi
    ?????????

    1. Saandy says:
      April 11, 2017 at 11:39 pm

      ThanQ Afy 🙂

  27. aleena says:
    April 12, 2017 at 12:10 pm

    Wrhh kiiyaa hiewayy saandy ge stwryyy… Adhii biiruwerii stwryy ehhme kiiyaa hie wanyyy iingayy mii stwryy ryythii waane kan.. Miihaar wx miihiiryy kiiyaa hiethun kehh madhuwefa.. Lov yew saandy

    1. aleena says:
      April 12, 2017 at 12:14 pm

      Adhii waahakaiige pp pic wrhh kamudhayy… Giina waahakaiige pp pic wrhh ehh goii bella and Edward iihnaathyy ekam mii stwryyge pp pic wrhh ryythii..

    2. Saandy says:
      April 12, 2017 at 12:19 pm

      ThanQ Aleena… V ufaavejje cover pic ves ehaa kamudhiyaeema 🙂

  28. someone says:
    April 12, 2017 at 5:25 pm

    intresting…cant wait to read it 🙂

    1. Saandy says:
      April 12, 2017 at 6:34 pm

      ThanQ Someone 🙂

  29. Jjeyツ says:
    April 12, 2017 at 6:47 pm

    I’m waiting for your story Saandy?. V inthozaaru konfin biruveri vahaka akah. And finally its comming soon. Hehe. Cant wait Saandy. V biruveri and interesting vaane kamah ummeedhu kuran ingry Saandy?❤

    1. Saandy says:
      April 12, 2017 at 7:47 pm

      ThanQ Jjey 🙂

  30. Dhimra and Yuan shipper says:
    April 13, 2017 at 7:15 pm

    V rythi vaanehen hyvany.. Saandy ge stry akah v inthizaaru kohfin..Look forward to thix stry..

    1. Saandy says:
      April 13, 2017 at 8:44 pm

      ThanQ Dhimra And Yuan Shipper!! 🙂

  31. fan says:
    April 29, 2017 at 8:09 pm

    saandy u r my favorite writer..fb id libidhanetha

    1. Saandy says:
      April 29, 2017 at 9:33 pm

      ThanQ Fan 🙂
      https://web.facebook.com/SaandyAbdulla

Comments are closed.

All Right Reserved!