ސާދަވިލޭރޭގެ ފުރިހަމަ ހަނދުވެސް މިރޭ އިތުރަށް ފުރިހަމަވެފައިވިކަހަލައެވެ. ރިހިދޮންވެލި ތުނޑިއެއްގައި ހުރި ހުސްނާގެ މޫނުމަތި އުޖާލާވެފައިވާއިރު އެހިމައަތްތިލަ ގުޅުވާލެވިފައިވާ ވެރިޔާ ޒުއްނޫރުގެ ތުންފަތުގައިވެސް މާނަފުން ހިނިތުންވުމެއްވިއެވެ. ކައިވެނީގެ އެސާދާ ހެދުމުގައި ހުސްނާ ފެންނަނީ ހޫރުޕަރީއެއްހެންނެވެ. ޒުއްނޫރުގެ ލޯ ހުސްނާގެ މޫނުން ވަކި ނުވެއެވެ. އަލަތު ލޯބި ކާމިޔާބު ކުރެވުމުން އެހިތްވަނީ އުފަލުން ފޮޅިފައެވެ.
ތުނޑިމަތީގައި އަޑުގަދަކޮށްލައިގެން އުޅޭ މީހުން ފެނިފައި ހީވަނީ ރަށު ރައްޔިތުން އެއްވެގެން އުޅޭހެންނެވެ. ހައްތަހާވެސް ޒުއްނޫރުގެ އާއިލާގެ މީހުންނެވެ. ހުސްނާގެ މައިންބަފައިން ފިޔަވައެވެ. އެދެމަފިރިން އެކަހެރިކޮށްތިބީ ބީރައްޓެހިންފަދައިންނެވެ.
“ލޯބި ބަލާބަ! އަހަރެން ބުނީމެއްނު މަންމަމެން މިކައިވެންޏާމެދު ހިތްހަމައެއް ނުޖެހެއޭ..ކީއްކުރަން ލޯބި އަހަރެންނާ ކައިވެނި ކުރީ؟..މައިންބަފައިންގެ ރުހުމާއިނުލާ ކުރާ ކަމަކުން އުފަލެއް ނުލިބޭނެ..” ހުސްނާގެ އަތަށް ފިތާލަމުން ޒުއްނޫރު ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ސީދާވެފައިވަނީ ހުސްނާގެ މައިންބަފައިންނަށެވެ.
“ލޯބިވާތީވެ…އަހަރެން ނޫރު ދެކެ އިންތިހާއަށް ލޯބިވަން..އަހަރެމެން ދެމީހުންގެ މެދަށް އެއްވެސް އިތުރު އިންސާނަކަށް ނުވަދެވޭނެ..” ހުސްނާގެ ބަހުގައި ވަނީ ޔަޤީންކަމެވެ.
“އިންސާނަކަށް ނުވަދެވުނަސް ޖިންނިއަކަށް ވަދެވޭނެ..” ހުސްނާގެ ލޮލަށް ބަލަހައްޓައިގެންހުރެ ޒުއްނޫރު ބުނެލިއެވެ. ހުސްނާގެ މޫނުމަތިން ހާސްކަން ފާޅުވިއިރު ވަށައިގެން ދިމަދިމާ ހޯދަން ފެއްޓިއެވެ.
“ހާހާ…އެއީ މަޖަލަކަށޭ..ސާބަސް! ބަލާބަލަ މިހާރު ދާވެސް ހިއްލާފަ މިހުރީ..” ހުސްނާގެ މޫނުގައި އަތް ޖައްސާލަމުން ޒުއްނޫރު އޭނާގެ ހިނިގަނޑު މަތަކުރަން އަނގަމަތީގައި އަތްއެޅިއެވެ.
“އަހަރެންނަށް އޭރުވެސް އިނގޭ ޖިންނިން އެއީ އުޅޭބައެއް ނޫންކަން..މި ހޯދަނީ މަންމަމެން ފެންނަން ނެތުމުން…ވެދާނެ ދިޔައީ ކަމަށް..ހިނގާދޯ އަހަރެމެންވެސް ދަމާ…މިތިބަ މީހުން ހިޔެއް ނުވޭ ވަރުބަލިވާހެނެއް…ދަންވިހެން އިތުރަށް މަޖާ ނަގަނީ..” ހުސްނާ އެހެން ބުނެލަމުން ޒުއްނޫރުގެ އަތުގައި ހިފާ ދަމަމުންކަހަލަގޮތަކަށް އެތަނުން ނިކުމެގެން ހިނގައްޖެއެވެ.
**
ހުސްނާގެ ގެއާއި ހަމައަށް ދެވުނުއިރު ދޮރުހުރީ ތަޅުލާފައެވެ. ބޭރުގައި ފޮށްޓެއްހުރިއިރު އޭގެމަތީގައި ސިޓީއުރައެއް އޮތެވެ. ސުވާލުގެ ނަޒަރަކުން ދޮރާދިމާއަށް ބަލާލަމުން ހުސްނާ އެސިޓީއުރަ ކަނޑާލިއެވެ. “އަލިމަނިކު” ސިޓީގެ ބޭރުގައި ހުސްނާގެ ބައްޕަގެ ނަން ލިޔެފައި އޮތެވެ.
“ހުސްނާއަށް މަރުހަބާ…އެކަމަކު ހުސްނާގެ މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް ކުރި ކައިވެންޏަކަށް އަހަރެމެން މަރުހަބާއެއް ނުކިޔާނަން…މަޖުބޫރުކޮށްގެން ތި ކައިވެނީގައި ބައިވެރިވިޔަސް އަހަރެމެން ހިތުގައި ހުސްނާގެ ދެމަފިރިންނަށް ޖާގައެއް ނެތް…މިއަދަށްފަހު ހުސްނާ ކިޔާ ދަރިއެއް ހުންނަކަން އަހަރެމެން ހަނދާން ނައްތާލާނަން..” ކިތަންމެ ކުރު ބަސްކޮޅަކަސް އެކަމުން ހުސްނާއަށް ފުން ހިތާމައެއް ލިބިގެންދިޔައެވެ. އަޑުން އަޑުނަގާ ރޮއެގަނެވުނީ އެހިތަށް ކުޅަދާނަ ނުވުމުންނެވެ.
“މަންމާ! ބައްޕާ! ނޫން ތިހެން ނުބުނޭ…އަހަރެން ކިހިނެއް އުޅޭނީ މަންމައާ ވަކިން..”ހުސްނާގެ ގިސްލުމުގެ އަޑުން ޒުއްނޫރުގެ ދެލޯވެސް ފުސްވެގެން ދިޔައެވެ.
“ލޯބި ހިނގާ ދާން…އަހަރެންގެ ރަށަށް..މަންމަމެންނަށް އަދި ފަހުން ވިސްނޭނެ..އެދުވަހަކުން އަންނާނީ..” ޒުއްނޫރުގެ އަޑުގައި ވަނީ ލޯތްބާއި އޯގާތެރިކަމެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޒުއްނޫރުގެ ރަށަށްދާން ހުސްނާ އެއްބަސްވީ މިއަދު އޭނައަށް އިތުރު ގޮތެއް ނެތީމައެވެ. އޭނާގެ ބައްޕަ ގޮތެއް ކަނޑައަޅައިފިނަމަ އެގޮތުގައި ދެމިހުންނާނެކަމީ ޔަޤީންކަމެއް ކަން ހުސްނާއަށް ރަނގަޅަށްވެސް އިނގެއެވެ.
**
އާދުވަހަކަށް ދުނިޔެ އަލިވެގެން އައީ ހިތްތަކަށް އުފާވެރިކަން ގެނުވަމުންނެވެ. ނަމަވެސް އެހެންޏާ އެފެންނަ އުފާވެރިކަން މަރީނާގެ މޫނުމަތިން ނުފެނެއެވެ.
“މާތްކަލާއްކޯ!! މަގޭ ދަރި!!…” ދޮރުލައްޕާލަމުން މަރީނާ ދުވަމުން ނިކުތީ މަގުމައްޗަށެވެ. އޭރު މަގުކޮޅުން ހިނގަމުން އައި އަލިމަނިކު ފެނި އެދިމާއަށް ދުއްވައިގަނެވިއްޖެއެވެ.
“އަލިމަނިކާ!…އެކޮއެ…މަގޭދަރި ހުސްނާ..” ވަރުބަލިވެފައި ވުމުން މަރީނާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އަނެއްކާވެސް ވާހަކަދައްކަން ފެއްޓީ ހަށިފުރާ ދެތިން ނޭވާ ލުމަށްފަހުއެވެ.
“އަލިމަނިކާ ހުސްނާއެއް ނެތް ގެއަކު…އެކައްޗެއްވެސް ނެތް..އޭނާގެ ނިޝާނެއްވެސް ފެންނަން ނެތް..އަހަރެން މުޅި ގޯތި ހޯދައިފިން..އެކޮޓިތެރެވެސް އޮތީ ހުސްކޮށް…ކަބަޑުގައި ނެތް އަންނައުނެއްވެސް…އެނދުތަންޑޮށުގައި ހުރި ބޮޑުފޮށިވެސް ނެތް..” މަރީނާ ފައްޗަކަށް އަމުނާލިއެވެ. އެވަގުތު އަލިމަނިކުގެ މޫނުމަތީގެ ކުލަވަރުވަނީ ބަދަލުވެފައެވެ.
“ކޮބާ ހީވޭ ކަމެއްހެން؟…މަ އޭރުވެސް ބުނިން އެމީހަކު މަށަކަށް ކަމަކު ނުދެއޭ..ޔަޤީން އެފިލީކަން ..އެމީހަކާ ހެދި މޮޔަވެފައި ހުންނަނީ..މަ ނުބުނަންތަ އެވަރަށް އޭނައަށް މިނިވަންކަން ނުދޭށޭ؟…ހުރި ހަމައެކަނި ދަރި އަހަރެމެން އަތުން ބީވެގެން އެދިޔައީ އަހަރެމެންގެ ކުށުން..” އަލިމަނިކު އައިސްފައިވާ ރުޅިއަށްވުރެ އެހިތުގައި ރިއްސަމުންދިޔައެވެ.
“ނުވާނެ އެހެނެއް..މަގޭ ދަރި އެފަދަ ވިޔާނުދާ އަމަލެއް ނުކުރާނެ..އަލިމަނިކު ހިނގާބަލަ ކަތީބު ކައިރިއަށް..މިކަން އަންގަން..އެމީހަކުވެސް އޭރުން ހޯދިދާނެ..އަހަރެންގެ ހުސްނާ އުޅޭނެ ހާލެއް އެނގެނީއެއްނޫން..” މަރީނާ ރޮއެގަތެވެ.
“މިއޮށް ބޮޑު ރަށުން ކިހިނެއް ހޯދާނީ؟…އައްޑޫއޭ މީ…އާދައިގެ ކުޑަކުޑަ ރަށެއް ނޫން ގޭކައިރި މީހުން އެއްވެ ހޯދަން…މިތަނުގައި މީދަލެއްވެސް މި ފެންނަނީ އަތްފުނާއަޅައިގެން…އަނެއްކާ މީހުންނަށް އެނގިއްޖިއްޔާ ހާދަ މަލާމާތެއް ކުރާނެއޭ..ލަދުން ބޯހަލާކުވާވަރުވާނެ..ހިނގާ ގެއާ ދިމާއަށް އަހަރެން ވިސްނާފަ ކަމާބެހޭފަރާތަށް އަންގަންވިޔަސް އަންގާނީ” އަލިމަނިކުގެ އަޑު މަޑުކޮށްލަމުން ދެފަރާތް ހޯދާލިއެވެ. ނަސީބަކުން މީހެއްގެ ހިލަމެއްވެސް ނުވެއެވެ.
ގެއަށް ވަދެ ސަރަންފީގައި އިށީންނަމުން އަލިމަނު މޫނު ފޮހެލިއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައިހުރި ރޭޑިއޯގެ ދަށުގައި އޮތް ގަނޑެއް ވަޔާ ވިހުރިލީ ފަންކާގެ ވަޔަށެވެ. އަލިމަނިކުގެ ލޮލުގައި އެގަނޑު އަޅައިގަތީވެސް ހަމައެވަގުތުއެވެ.
“ލޯބިވާ މަންމަ އާއި ބައްޕައަށް…އަހަރެން މިއަދު މިހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ އެދުމަކީ މަންމައާއި ބައްޕަ އަހަރެން ހޯދަން މަސައްކަތް ނުކުރުމެވެ.” ހުސްނާގެ ނަމުގައި ލިޔެފައިވާ އެލިޔުން ކިޔަމުންދިޔަ އަލިމަނިކުގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންދިޔައެވެ. އެގަނޑު އަތުން ދޫވެގެންގޮސް ވެއްޓުނީ މަރީނާގެ ފައިބުޑަށެވެ. މަރީނާއަށް އެގަނޑުގައިވި ލިޔުން ފެނި މެޔާދިމާއަށް އަތް ގެންދެވުނީ މެޔަށް އެރި ތޫނު ތަދަކުންނެވެ.
**
ހއ. ތުރާކުނުގައި ހުރި ގެއެއްގެ ތެރެއިން ހުނުމުގެ އަޑު އިވެމުން ދިޔައެވެ. ޒުއްނޫރުގެ އުނގުގައި ބޯއަޅައިގެން އޮތް ހުސްނާގެ އުފުލިފައިވާ ކުޑަބަނޑުކޮޅުގައި ފިރުމާލިއިރު އެމޫނުމަތި ވަނީ އުޖާލާވެފައެވެ.
” ނޫރު ބުނެބަލަ އަޅެ ހީވޭތަ 2 މަސްވީ ބަނޑެއްހެން؟..ހާދަ ބޮޑޭ އެކަމަކު..” ހުސްނާ ބުނެލިއެވެ.
“އެއީ ލޯބި ކުރިން ވަރަށް ހިކިކޮށްހުރެފަ މާބަނޑު ދުވަސްވަރުވީމަ މިހާރު ދެން މާގިނައިން ކާތީވެ ފަލަވެފައިތިހުރީ…އަހަރެންނަށް ވަރަށް ރީތި ލޯބި ކޮންމެގޮތަކަށް ހުއްޓަސް..” ހުސްނާގެ އަނގަޔަށް މޭބިސްކަދުރެއް ލަމުން ޒުއްނޫރު ބުނެލިއެވެ.
” އަދި އިނގޭތަ؟..މިރަށު މީހުން ވަރަށް ބަލާނެ.. ބަނޑުބޮޑުވީފަހުން އަހަރެން ފެނުނަސް ބައެއް މީހުން ހުންނާނީ ބިރެއް ފެނިގެން ކަހަލަގޮތަކަށް…މިރަށު މީހުން ވަރަށް ބީރައްޓެހި ދޯ؟ މިހާރު މިކޮޅުގައި ދެމަސްދުވަސްވެގެން ދިޔައިރުވެސް އަނގައިން ބުނެލާނެ މީހެއްވެސް ނުވޭ..” ޝަކުވާގެ ރާގެއްގައި ހުސްނާ ކުސްތަޅާލިއވެ. ހަޤީގަތުގައިވެސް މިރަށު މީހުންނަކީ އަޖައިބެއް ކަހަލަ ބައެކެވެ. ހުސްނާ މިހާރު ގެއިންވެސް ނުނިކުންނަނީ ޒުއްނޫރު ހިތްހަމަ ނުޖެހޭތީވެއެވެ. ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ޒުއްނޫރު ގެއަށް ގެނެސްފައި ބަހައްޓަނީ ހުސްނާއަށް ފަސޭހަ ކުރުމަށެވެ. އެކަމުންވެސް އޭނަ ހުސްނާ ދެކެ ވާލޯބި ހާމަވެގެން ދެއެވެ. ޝަކުވާ ކުރާނެ ފުރުސަތެއް ނުލިބެއެވެ. އިންތިހާއަށް ލޯބިވާ ފިރިއެއް ލިބުމުން ހުސްނާ އިންނަނީ އަބަދުވެސް ހެވިލާފައެވެ. މިފަދަ ދިރިއުޅުމެއް ބޭނުން ނުވާނީ ކާކުހެއްޔެވެ؟
“އަންނާނަން އިނގޭ …ބަލައިގެން އުޅޭނީ…ގެއިން ބޭރަށް ނުނިކުންނާތި އިރުއޮއްސެނީއެ…” އުނގުގައި އޮތް ހުސްނާގެ ބޯދަށަށް ބާލީހެއް ލަމުން ޒުއްނޫރު ހިނގައިގަތީ ކޮޓަރިން ބޭރަށެވެ.
އެތަށް ދުވަހަކަށްފަހު މަންމަ މަތިން މާބޮޑަށް ހަނދާންވުމުން ހުސްނާ ފޯނުނެގީ އަލިމަނިކަށް ގުޅާލުމަށެވެ. އާދައިގެ މަތިން މިރޭވެސް ފޯނު ރިންގްވެފައި ކެނޑުނީއެވެ. މާޔޫސްވެފައިވަ ހިތަކާއި އެކު ހުސްނާ ފޯނު ކަންފަތާ ދުރުކޮށްލިވަގުތު ހިތަށްއެރި ނަމަކުން ދެވަނަ ފަހަރަށް ނަމްބަރަކަށް ގުޅާލިއެވެ. ރިންގް ވުމާއެކު އެކޮޅުން ފޯނަށް ޖަވާބުދިނެވެ.
“ހަލޯ..ކާކު.” އެކޮޅުން އިވުނީ އަންހެން އަޑެކެވެ.
“ހަލޯ..މަޖޫ..މީ މަށޭ..ހުސްނާ..” ހުސްނާ ބުނެލިއެވެ. މަޖުދާ އަކީ ހުސްނާގެ އެންމެ ގާތް ރަހުމަތްތެރިއާއެވެ.
“އަސްލުވެސް ހުސްނާތަ ތީ؟…ކޮންތާކު ތިއުޅެނީ؟..މިރަށުގައި ހުސްނާއޭ ކިޔާފަ ވަރަށް އަޑުފެތުރި..އަހަރެން ޤަބޫލެއް ނުކުރަން..ބުނެބަލަ ކޮންތާކު ތިހުރީ؟..މަގޭ ފޯނަކަށް ނަމްބަރެއް ނުފެނޭ…ހަމައެކަނި ރިންގްވާ އަޑު އިވުނީ..ވަރަށް ބިރުން ހުރެ މި ނެގުނީވެސް ކުއްލިއަކަށް..” މަޖުދާ އެއްނޭވައިން ކިޔާލިއެވެ.
“ކޮބާ މަންމަމެން…ރަނގަޅުތަ؟” ހިތުގައި އެތަށް ސުވާލުތަކެއް އެނބުރުނަސް ހުސްނާ ބޭނުންވީ އޭނާގެ މައިންބަފައިގެން ހާލު އޮޅުންފިލުވާށެވެ.
“ނޭނގޭތަ؟ މަރިންތަ ނިޔާވެއްޖެ…އެކަމެއް ހިނގި ދުވަހު….ހުސްނާގެ އެކުޑަ ނޯޓްކޮޅު ފެނި ވަގުތުން ހާރޓްއެޓޭކެއް ޖެހުނީ…މަނިކުބޭ ވަރަށް ރޮއެފައި އުޅުނު…ރަށު މީހުން ކިޔަނީ ހުސްނާ ކޮންމެވެސް ފިރިހެނަކާއެއްކޮށް ފިލީއޭ ކިޔާފަ…އަހަރެންނަށް ނޭނގި އެވަރުގެ ކަމެއް ނުހިނގާނެ ދޯ..” މަޖުދާގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ހަޤީގަތް އެނގެން އޭނަވެސް ބޭނުމެވެ. އެންމެ ގާތް ރަހުމަތްތެރިޔާ ކުއްލިގޮތަކަށް “ގެއްލުމުން” މަޖުދާ ވަރަށް ހިތާމަ ކުރިއެވެ.
ހުސްނާއަށް އަދިވެސް ވާނުވާއެއް ނޭނގެއެވެ. މަންމަ ނިޔާވީއޭ؟ އެވަރުގެ ކަމެއް ހިނގިއިރުވެސް އެކަކުވެސް އޭނައަށް ގުޅާލީއެއް ނޫނެވެ. ކޮން ނޯޓެއް ލިޔެގެން ހެއްޔެވެ؟ އޭނަ ބައްޕަ ވަނީ ވަރުގަދަ ސިޓީއެއް ލިޔެފައި ނޫންހެއްޔެވެ؟ ގުޅުންވެސް ކަނޑާލީ އެމީހުންނެއް ނޫންހެއްޔެވެ؟ މަޖުދާ ދައްކަމުންދާ ވާހައިގެ ހަޤީގަތަކީ ކޮބައިހެއްޔެވެ؟
ހުސްނާ ކުރުގޮތަކަށް އޭނައާއި ޒުއްނޫރުގެ ކައިވެނި ކުރެވުނު ކަމާއި މިހާރު އެރަށުގައި ހުރިވާހަކަވެސް ބުނެލިއެވެ. އަދި ހުސްނާގެ މައިންބަފައިންގެ ނުޤަބޫލުގައި ކައިވެނި ކުރުމުން ގެއިން ނެރެލީ ގުޅުންވެސް ކަނޑާލިކަމުގައި ބުނެލިއެވެ.
“އަދި އެންމެ ހެއްވާކަމަކީ މަންމަ އާއި ބައްޕަވެސް އައި އަހަރެމެންގެ ކައިވެނި ހަފުލާއަށް..ދެން ގެއަށް ދިޔައިރުގަ ބޭރުގައި މިހުރީ ފޮށިނެރެލާފަ ވަރުގަދަ ސިޓީއަކާއެކު” ހުސްނާގެ ވާހަކައިގައިވަނީ ހިތްހަމަނުޖެހުމެވެ.
“ކައިވެންޏޭ..ކޮންތާކު؟ ކޮންއިރަކު؟ ތިބުނާރެއެއްގަ މަނިކުބޭ ނުހުންނާނެ ރަށުގައެއް..އަހަރެންގެ ބައްޕައާއި އެއްކޮށް ފަރުމަސް ބާނަންށޭކިޔާފަ ދިޔައީ ރަށުން ބޭރަށް..ދެން އެނބުރި އައީވެސް ފަތިހު..އަހަރެން ދެކުނިން ބައްޕައާއިދެމީހުން މަސްހިފައިގެން އަންނަނިކޮށް..” މަޖުދާގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ.
އެއްޗެއް ބުނަން އަނގަހުޅުވާލި ހުސްނާގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ ކުރިމަތިން ފެންނަމުންދާ މަންޒަރުންނެވެ. ފަސްމީހަކު ކޮޓަރިތެރެއަށް ވަދެގެންއާދެއެވެ. ކޮންމެ މީހެއްގެ އަތުގައި ރޯކޮށްފައިވާ އުއްބައްތިއެއް ކަހަލައެއްޗެއް ހުރިއެވެ. ކަޅުފޮއި ރެއެއްގެ އަނދިރިކަމަށްވުރެވެސް ކަޅުކަންގަދަ މޫނުތައް ފެނުމާއިއެކު ހުސްނާ އެނބުރުން އަރައިގެން ދިޔައެވެ.
ހުސްނާއަށް އޮއެވެނީ ދެބަދޭތެރޭގައިއެވެ. ވާނުވާއެއް ނޭނގެއެވެ. ބަޔަކު މީހުން އަޑުގަދަ ކުރާހެން ހީވެއެވެ. އޭނަ ނުދަންނަ ބަހަކުން އެއްޗެހިތަކެއް ކިޔަމުން ދާހެންވެސް ހީވެއެވެ. އަޑު އަންނަގޮތުން ހީވަނީ ހުސްނާ ވަށައިގެން އެމީހުން އެނބުރެނީހެންނެވެ. ކުއްލިއަކަށް ހުސްނާގެ ގަޔަށް ބާރެއް އަރައިގެން ދިޔައެވެ. ވޭނީ ހަޅޭކުގެ އަޑު ގެނބިގެންދިޔައީ ޖަހާލި ހޮނުގުރީގެ އަޑުތެރެއަށެވެ. ހަމައެއާއިއެކު ވިދާލި ވިދުވަރުން މުޅިތަން އަލިވެގެންދިޔަ ނަމަވެސް އެއްވެސް ތަނެއް ސާފެއް ނުވެއެވެ. މުޅިކޮޓަރިތެރެ ވަނީ ދުމުގެ ފުސްކަމަށް ގެއްލިފައެވެ. ވާރޭގެ ކަނިތައް ފުރާޅުގައި ތަޅަމުންދާގޮތުން ހީވަނީ ވަރުގަދަ ތޫފާނެއް އަންނަން އުޅޭހެންނެވެ.
ހުސްނާއޮތީ އެނދާ ސީލިންގްއާއި ދެމެދުގައި އެއްވެސް ތަނެއްގައި ނުޖެހިއެވެ. ކަރުބުޑުން ހަޅޭލަވަމުންދިޔައީ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކެތްނުވެގެންނެވެ. ހުސްނާގެ ވަށައިގެން ތިބި ފަސް މީހުންވެސް ތިބީ އޭނައާއި އެއްހަމައެއްގައެވެ. އެމީހުންގެ ދެލޯ އަނގުރު އަލިފާނެއްފަދައެވެ. އެފަސް މީހުންގެ އަޑު އިރަކަށްފަހު އިރެއް ބާރުވަމުންދެއެވެ. އެއަޑުތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުމާއިކު އެހެން އަޑުތައް ކެނޑިއްޖެއެވެ.
**
ވަރުބަލިކަމާއެކު ހުސްނާ ދެލޯ ހުޅުވާލިއެވެ. އޭރު އޭނަ އޮތީ ރާޅުޖަހާފަށުގައެވެ. ގައިގައި ރިހެމުންދާއިރު ބޮލަށްވަނީ ބަރުވެފައެވެ. ކުޑައިރުކޮޅެއް ކުރިން ވެދިޔަ އެއްވެސް ކަމެއް ހަނދާނުގައި ނެތެވެ. ހުސްނާ ތެދުވަން އުޅުނު ވަގުތު އޭނާގެ ބަނޑުކައިރީގަ ހުދުފޮތިގަނޑެއްގައި އޮތް ތުއްތު ކުއްޖެއް ފެނުނެވެ. ކުއްލިއަކަށް ހުސްނާއަށް އޭނާގެ ބަނޑުގައި އަތްލެވުނެވެ. ބަނޑުއިނީ ހިނދިފައެވެ. އެހާ އަވަހަށް ވިހެއީ ހެއްޔެވެ؟ އެހެންވާންވީ ކީއްވެހެއްޔެވެ؟ ޒުއްނޫރު ކޮބައިހެއްޔެވެ؟
“ނޫރު! ނޫރު! ޒުއްނޫރު… ” ހުސްނާ އަޑުކޮޅަށް ގޮވަމުންދިޔައެވެ. އެވަގުތު އޭނާގެ ފަހަތުން ނިކުތް ޒުއްނޫރު ފެނި ހުސްނާގެ މެއަށް ފިނިވެގެން ދިޔައެވެ. ހުސްނާކައިރިއަށް ގުދުވެލަމުން ކައިރީގައި އޮތް ތުއްތުކުއްޖާގެ ކަރުގައި ރޮދިފަށެއްކަހަލައެއްޗެއް އައްސާލިއެވެ.
“މީ އަހަރެމެންގެ ދަރިފުޅު…އަހަރެން އޭނައަށް ދިން ނަމަކީ އީތަން..މީ އަހަރެންގެ އަމާނާތެއް…ވަރަށް ރަނގަޅަށް ބަލާތި.. މިދަރިފުޅަށް ކުޑަނަމަވެސް ގެއްލުމެއް ވިއްޔާ އޭގެ ނަތީޖާ ވަރަށް ހިތިވާނެ.. އަދި އަހަރެން އެނބުރި އަންނާނަން.. މިއަދުން ފެށިގެން ބަރާބަރު 25 އަހަރުވާ ދުވަހު މިދަރިފުޅު ބަލާ އަންނާނީ!” ޒުއްނޫރު އިންޒާރެއްދިންފަދައެވެ.
“އަދި އެއްވަހާކަ..ހުސްނާދެކެ އަހަރެން އަދިވެސް ލޯބިވޭ..ވަރަށް ބޮޑަށް ލޯބިވޭ…ތި ލޯބީގެ ހައްޤުގައި އަހަރެން މިއަދު މިދަނީ..އެކަމަކު ހުސްނާގެ ދުލުން އެންމެ ފަހަރަކުވެސް ޒުއްނޫރަށް ގޮވާލައިފިއްޔާ އަހަރެން ހުންނާނީ ހުސްނާ ކުރިމަތީގަ..” މޫދަށް ފައިބައިގެން ދަމުން ފަސް އެނބުރިބަލާލުމަށްފަހު ހިނިތުންވެލަމުން ޒުއްނޫރު ބުނެލިއެވެ. ހުސްނާގެ ލޯކުރިމަތިން ޒުއްނޫރު ގެއްލިގެންދިޔައީ އެތައް ސުވާލުތަކެއް ކުރުވަމުންނެވެ. ވަގުތު ޖެހުމުން ހުސްނާއަށްވެސް ޖަވާބު ލިބޭނެއެވެ.
ހުސްނާގެ ފައިގައި އެއްޗެއް ޖެހޭހެން ހީވެގެން ބަލާލިއިރު އޮތީ ކުޑަ ކަކުންޏެކެވެ. ފައި ކުޑަކޮށް ދުރުކޮށްލަމުން ދަރިފުޅުކޮބައިތޯ ބަލާލިއިރު ފެންނާކަށް ނެތެވެ. ހުސްނާގެ ހިތުގެ ހިނގުން ނުހުއްޓުނީ ހަމަކިރިޔާއެވެ. ބިންމަތިން ތެދުވަމުން ދެކޮޅުހޯދަ ބަލާލާލީ އީތަން ފެނޭތޯއެވެ.އެވަގުތު ފެނުނު މަންޒަރުން ހުސްނާއަށް ހުރެވުނީ ގުޑިލާންވެސް ނޭނގިފައެވެ. މުޅި ދޮންވެލިގަނޑު ފުރާލާފައިއެވަނީ އެކި ސައިޒުގެ ކަކުނިންނެވެ.
” އީތަން!” ހުސްނާއަށް ރޮއެގަނެވުނެވެ.
79 Comments
Comments are closed.
sam
April 11, 2017 at 10:50 pmMe1th
kayashandy
April 11, 2017 at 11:03 pmthanks ???
book
April 11, 2017 at 10:51 pmMe 2 th
kayashandy
April 11, 2017 at 11:03 pmthank u??
A??
April 12, 2017 at 5:43 amMe 2nd not me 2th
kayashandy
April 12, 2017 at 6:16 pmheheh…thank u?
Jjeyツ
April 11, 2017 at 10:59 pmMe 3rd
kayashandy
April 11, 2017 at 11:03 pmthank u??
Maree
April 11, 2017 at 11:16 pmvvv reethi
kayashandy
April 11, 2017 at 11:24 pmthanku maree…happy to c dat u liked??
kayashandy
April 11, 2017 at 11:22 pmsurprise!!!??? well here is 1st part of de story..? heekuran kamudhaane kamah…? feel free to express ur views..i ll b grateful to all if u guys point out de mistakes n even if anything dat i can improve…? reader’s support helps me alot to boost my energy❤? ?? so i am hoping for ur guy’s love n support…✌❤❤
n mi vaahaka up vaanee SUNDAY-TUESDAY-THURSDAY-SATURDAY .. due to any reason if i am unable to upload it dn i ll let u knw…?
nyteeee nitzzz all de lovely ppl???
Jjeyツ
April 11, 2017 at 11:26 pmVarah reethivaane hen hevany. ? interesting. Looking forward for next part?. Good work kayashandy
kayashandy
April 12, 2017 at 12:31 amthanku so much..happy to c dat u liked it…?
Ina
April 11, 2017 at 11:28 pmFeshunves v reethi.
kayashandy
April 12, 2017 at 12:31 amthank u Ina?
Azuna
April 11, 2017 at 11:29 pmV reethi.
kayashandy
April 12, 2017 at 12:30 amthank u?
Aishath Sharumeela Sharu
April 11, 2017 at 11:30 pmVsalhi
kayashandy
April 12, 2017 at 6:29 pmthank u?
Sampi
April 11, 2017 at 11:30 pmVaahaka Ma avas aruvaalafa gendhaahen heevey..but nyc
kayashandy
April 12, 2017 at 12:30 amthanku sampi…? will try to slow down? hehhe…i ll keep dat in mind..☺
Saandy
April 11, 2017 at 11:37 pmV thafaathu vaahaka-akah vaanehen heevey… V salhi feshun… Next partah eba v inthizaaru kurevey… Kon irakun 2 vana bai genesdheyny?? 🙂
Kaai
April 12, 2017 at 12:13 amVaahaka liyun kuhjjaa CAPITAL letters in vaahaka up kuraaa dhuvasthah jahaafa oih iruvex mi saandy samaalukan hoadhan eba aha ey eba ?
kayashandy
April 12, 2017 at 12:29 aminsha allah saandy…m tryn to make it better dan my previous story..feeling happy dat u liked it? n as i said i ll up 4 days a week insha allah..?
saandy ge vaahaka ahves eba v inthizaaru kurevey???
Thahseen
April 12, 2017 at 12:29 amKaai thibunee thedhe. Attention hoadhan ulhey meehe Saandy akee. Kuraa comment ves heevaanee fake hen. ?
kayashandy
April 12, 2017 at 12:35 ammay b saandy didn’t c my comment…? fahareiga ehenves vedhaaneinnu dhw thahseen n kaai..
Saandy
April 12, 2017 at 10:30 am@Kaai @Thahseen Saandy comment fonuvi iraku neiy Kaya ge commenteh… Saandyge comment moderationga iny eyru
Baby girl
April 13, 2017 at 9:48 pmkaai & Thahseen Haadha saandy aa jahsaalaigen ulheyhen hyveye. Keehvetha hageegai nubalaa attention hoadhanshey kiyaafa zaathy gothun jahsaalaahen commnt kurany.. Alhe dheravey kudhin kudhin ekaku anekakaaa jahsaalaigen thihen commnt kuraathan fenunyma
Chum handi
April 11, 2017 at 11:38 pmVrh reethi….. biru veri vaahaka eh dho??? Waiting for the next part… Good night… ly??
kayashandy
April 12, 2017 at 12:26 ambiruveri kureveythw miulheny ? hehe..thanku chum??
nytz n ilym❤❤❤
Eyn
April 11, 2017 at 11:59 pmLet me guess this story… Kudairu kakuneege goanaa kureema kakuneege sifaiga hurii jinnii husnaa aaii alhaagathee…. ?
Dhen mii vaahakaiga ulhey zunnoor heevanee e’ ee anhen nameh hen…dhen e dhemeehun indhegen ulheythee ey buneema heevanee 2 anhenunhen…plxx change zunnooor name to noor..
That my suggestion ?
Heevanee mii vaahaka vrh reethii vaanegen.
Good luck
boring
April 12, 2017 at 12:01 amTypical dhivehii stories will be like that..lol
kayashandy
April 12, 2017 at 12:23 ami ll try my best to make sure dat this one will not be a typical dhivehi story…?
kayashandy
April 12, 2017 at 12:25 amehentha Eyn…but as they r not de lead let it b like dat…so u won’t c it often..thank u for ur comment…??
Nana
April 12, 2017 at 12:31 amVrh salhi
kayashandy
April 12, 2017 at 12:32 amthank u???
Shaai
April 12, 2017 at 12:55 amV thafaathu v reethi vaahaka eh ❤❤ feshun v nice
kayashandy
April 12, 2017 at 6:17 pmthank u so much…glad dat u liked it??
ithoo
April 12, 2017 at 2:26 amV thafaathu stry akah vaane kamah ingey mi balanee dearr..v nice hama..kyp ut up ????
kayashandy
April 12, 2017 at 6:17 pmthanku ithoo? happy to c dat u liked it..???
Riffu
April 12, 2017 at 7:07 amMiyadhu Wednesday ehhnu. Dhn Thursday ga up kohdheynan tha? V interesting feshun.. Keep it up ❤?
kayashandy
April 12, 2017 at 6:16 pmmibalanee up kureveythw…insha allah thursady night ga..keep looking??
thank u?
ssss?
April 12, 2017 at 7:21 amStory varah rythi vaanehen hiivanii… Waiting for the next part??
kayashandy
April 12, 2017 at 6:15 pminsha allah…?thank u for ur love????
?????
April 12, 2017 at 8:37 amZunnooor is a lady’s name
kookie
April 12, 2017 at 11:36 amZunnoor kiyaa boys vx ulhey.. so u can’t tell that’s a lady name ekey
kayashandy
April 12, 2017 at 6:11 pmyes kookie…thank u?
kookie
April 12, 2017 at 11:39 amZunnoor kiyaa boys vx ulhey.. So u can’t say that’s a lady’s name ekey..
kookie
April 12, 2017 at 11:41 amIt’s not only a lady’s name.. Enan kiyaa boys vx ulhey
kayashandy
April 12, 2017 at 6:11 pmyeah dhw…i asked a few freinds of mine abt dat name n they says its a unisex name so i guess i can use it for husna’s husband
kayashandy
April 12, 2017 at 6:14 pmwell it’s a unisex name…thank u?
Eanal
April 12, 2017 at 9:53 amUniQue.. ✨?
Salhi Hama Waiting For The Next Part…??
kayashandy
April 12, 2017 at 6:14 pmthank u???
Luju
April 12, 2017 at 10:03 amMi story ge trailer ga ulhey kaisha ge mom akee ves majudhaa eh dhoa.. So it means eethan marry kuranee husnaa ge best friend ge dhariakaa ey may be i guess… By the way the story is awesome … Eagerly waiting for the next part..good job..????????
kayashandy
April 12, 2017 at 6:13 pmvedhaane dhw..hehe…will c dat in upcoming parts?? thank u dear?
miss korea
April 12, 2017 at 10:26 amma gey gain hybihi nagaafi furatha part kiyaafa vx..looking forward to 2nd part
kayashandy
April 12, 2017 at 6:12 pmehntha…ehaa biruveritha? hehe…hope u ll enjoy reading this story..thank u?
shafu
April 12, 2017 at 1:20 pmvvv reethi kn irakun next part,,,,
kayashandy
April 12, 2017 at 6:09 pmThursday nyt insha allah? thank u
imagination
April 12, 2017 at 2:22 pmwooaah.. love horror stories.. impatiently waiting.. <3
kayashandy
April 12, 2017 at 6:08 pmhehehe…hope u ll love this story..?
silver mist
April 12, 2017 at 4:29 pmWaiting for the next episode
kayashandy
April 12, 2017 at 6:05 pmthank u?
Nas
April 12, 2017 at 4:47 pmVeenu vee eh neygunu. So confusing..! You can do much better than this. Good luck.
kayashandy
April 12, 2017 at 6:27 pmaslu mi vaa gothakee husna marry kuranee jinni aka n eyna wedding ga ethibee aslu mom n dad ei noon…dat note kolhu partves eii jinni kuraa kanthah so husna family aa dhuruvaane…plus eyna geillunas mammamen nuhoadhaaneinnu egothah note ei liyuneema…dn husna eulhey rashuga aslu meehunnan fennaanee ekani ulheytha cux she is wit a jinni ehenve meehun evarah strange koh balaanee…dn fahun husna ah ingeynee her huzband ei jinni eikan eyna dharifulhu vihaa reyga..
adhi vaahaka mihaathanah vefa in gothakee mee….heekuran confusion filaifi kamah n sorry dat i cudnt make it in a clear way to u…btw thank u so much for reading..hope u ll follow until de end…?
Nas
April 12, 2017 at 7:04 pmOkay. Now got it ?
No need to be sorry. ☺
someone
April 12, 2017 at 5:06 pmvery nice
kayashandy
April 12, 2017 at 6:01 pmthank u?
Pink handi???
April 12, 2017 at 8:25 pmVV unique . V vvvv salhi . Keep it up!!!!!!????
kayashandy
April 13, 2017 at 5:32 pmawwwnnn…pink handi thanks alot???❤
Pink handi???
April 12, 2017 at 8:28 pm?????????
kayashandy
April 13, 2017 at 5:33 pm??❤
fathun
April 13, 2017 at 12:12 pmThuraakunu meehun nulaahiku rangalhuvaane. Friend ves vaane. Ehkamu heevey mi story vrh salhi vaanehen. Best of luck. Thanks thuraakunu nan laagen story eh liyuneema vrh meehunah nyngeyne ohnarashehkan ehnve. Gud luck
kayashandy
April 13, 2017 at 10:28 pmhehe…ehentha..i knw wii onna rasheikan but i hav no idea abt dat island..the name jus came into my mind..thank u for reading..:)
Heyo edhey faraathe
April 13, 2017 at 4:07 pmVara kiyaa hithun kiyaa levijje
Kn me dhuvahaku upload kurachey
Inthizzaru kuran fashaifin mi haarun feshigen dhen oi part aka
Nice story YOU HAVE THE TALENT OF WRITING STORY
I VALUE YOUR TALENT
YOUR ARE THE UPCOMING BINBAA OF MALDIVES
Cute handi
April 13, 2017 at 5:37 pmNice kaya..???????????keep it up.waiting for the nxt part.and all the best?☺???????
firu
April 13, 2017 at 6:04 pmwow. asluves hama v reethi. keep it up… ❤????
Misha
April 13, 2017 at 7:00 pmNice story..
kayashandy
April 13, 2017 at 10:30 pmthank u 🙂