Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާވާ ހަނދާން 12

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
April 17, 2017 7 Mins Read
28 Comments

ކަަންފަތް ބުޑުގައި އޮތް ފޯން އެލާމް ވާ އަޑަށް އަޝްފާނަށް ހޭލެވުނެވެ. އަދި ކަންނެތްކަމާއި އެކު ތެދުވެ އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. ޓައީ އަތަށް ނަގައިގެން ގޮސް ދޮރުހުޅުވާލުމަށް ފަހު “ފަޒޫ އާދެބަލަ” އޭ ކިޔާ ބާރަށް ގޮވާލެވުނެވެ. މިއަޑު ބަދިގޭ ސައި ތައްޔާރުކުރަން ހުރި އަމީރާއަށްވެސް އިވުނެވެ.

“ދަރިފުޅާ.. ފަޒޫ މިގެއިން ދިޔަތާ އެއްހަފުތާ މިވަނީއޭ. އެކަމަކު ދެދުވަހުން އެއްދުވަހު ގޮވާނެ ފަޒޫ އޭކިޔާފަ. ”

“ހަނދާން ނެތެނީ އޭ މަންމާ. އެހެން ނޫނަސް ރޭގެ އޮފީހުގަ ވަރަށް ދަންވަންދެން އުޅުނީމަ ނިދި އައިސްފަ އަދިވެސް މިހިރީ”

“ހެހެހެ.. ދެން ތިހާ ބުރަކޮށް އުޅޭކަށް ނުޖެހޭނެއޭ.. ބޭބެ ގުޅި މަންމައަށް ރޭގަ. ބުނި މިއަދު އަންނަ ވާހަކަ. އޭރުން ދަރިފުޅަށް ތަންކޮޅެއް ފަސޭހަވާނެ އެއްނު” އަމީރާ އަޝްފާންގެ ޓައީ އަޅުވައިދެމުން ބުންޏެވެ.

“އެއްކޮށްތަ އެ އަންނަނީ މިފަހަރު”

“އާން.. އެއްކޮށް. ބައްޕަ ބުނުއްވި ތިކުދިންގެ ކުންފުނި ހަމައަކަށް އެޅުނީމަ ބައްޕަގެ ކުންފުނި ހިންގުންވެސް ތިކުދިންނާއި ހަވާލުކުރާ ވާހަކަ. މިހާރު ބައްޕަ އުޅުއްވަނީ ވަރަށް ބަލިކޮށް. އޭރުން ތަންކޮޅެއް ހަމަޖެހިލާނެ ފުރުސަތު ބައްޕައަށް ލިބޭނެ އެއްނު”

“އާން.. އިރާދަކުރެއްވިއްޔާ ކުޑަ ދުވަސްކޮޅެއް ތެރޭ ބައްޕަމެން އަޅުގަނޑުމެންނަށް ހަރަދުކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން ތިބޭނީ މަންމަމެންގެ ހިދުމަތުގައި” ލެޕްޓޮޕް އަޅައިފައިވާ ދަބަސް އަތަށް ހެޔޮވަރުކޮށްލަމުން އަޝްފާން ބުނެލިއެވެ. އަދި ލޯބިވާ މަންމަގެ ކޮލަށް ދޮނެއް ދިނުމަށްފަހު އޮފީހަށް ދާން ނުކުތެވެ.


 

“އައްސަލައިމަލައިކުމް” މީހަކު އޭނާގެ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު ސަލާމް ގޮވާލި އަޑަށް އަޝްފާނަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ކުރިމަތީ ހުރި އޭނާގެ ބޭބެ އަޝްފާގު ފެނި އުފަލުން ކޮޅަށް ތެދުވެވުނެވެ.

“ވައަލައިކުމުއްސަލާމް.. ބޭބޭ.  މަންމަ ބުނި މިއަދު އަންނަ ވާހަކަ. އެކަމަކު ހިޔެއް ނުކުރަން އޮފީހަށް އައިސްދާނެ ކަމަކަށް” އަވަސް ހިގުމެއްގައި ގޮސް އަޝްފާން އަޝްފާގުގެ ގައިގައި ބައްދާލިއެވެ.

“ސަޕްރައިސްއެއް ދޭން ބޭނުންވީއޭ.. ހުރިހާ ކަމެއް ހަމަޖައްސައިފިން ދޯ ބޭބެ އައުމުގެ ކުރިން” ވަށައިގެންވާ މާހައުލަށް އަޝްފާގު ނަޒަރު ހިންގާލިއެވެ. ކޮއްކޮގެ ކުޅަދާނަކަން ފެނި އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކޮބާ ރުޝް. ބޭބެ އަންނަކަން އެނގޭތަ އޭނައަށް”އަރޫޝާ ފެންނަން ނެތުމުން އަޝްފާގު އަހާލިއެވެ.

“އެމީހުން ދިޔައީ ލަންޗަށް. ހިޔެއް ނުވޭ ބޭބެ އަންނަކަން އޭނައަށް އެނގޭހެން. އެހެން ނޫންނަމަ އޮފީހަށްވެސް ނައީސް. ތީ އެއްނު ރުޝްގެ ފެވަރިޓް ބުރޯ އަކީ”

އަޝްފާން އަޝްފާގަށް އޮފީހުގެ ކަންތައް މިހާރު ގޮސް ގޮތް ހިސާބު ކިޔާދޭން ފެށިއެވެ. އަދި މިހާރު ފައްޓައިގެން އުޅޭ ޕުރޮޖެކްތައް ކުޑަކޮށް ހުލާސާކޮށްދިނެވެ. މީގެއިތުރުން ބައްޕަގެ ބަލިހާލަތު ހުރި ގޮތުން ދެ ކުންފުނި މާޖްކޮށްލަން ގަސްދުކުރާ ވާހަކައާއި އެކަމުގައި އަޝްފާގުގެ ހިޔާލު ހުރި ނެތްގޮތް އޮޅުންފިލުވިއެވެ. ދެމީހުން މަސައްކަތުގެ އޮލަވާހަކާއިގައި ތިއްބާ ސޮއިކުރަންޖެހޭ ލިޔުންތަކެއް ހިފައިގެން އެތަނަށް އައިސްވަނީ ފަޒުނާއެވެ.

 

“އަޝްފާގް.  އައީތަ އެއްކޮށް” ހިނިތުންވެލައިފައި ފަޒުނާ އަހާލަމުން ލިޔުންތައް އަޝްފާނާއި ހަވާލުކުރިއެވެ.

“ބޭބެ މިފަހަރު އެއްކޮށޯ.. ކޮބާތަ ދެންތިބިމީހުން ބުނެބަލަ އަންނާށޭ، ރުޝް ކައިރީ ނުބުނާތި ބޭބެ އައި ވާހަކަ.. ވާވަރެއް ބަލާލަން ބޭނުން” އަޝްފާގު ފަޒުނާއާއި ދިމާލަށް ބަލައި ހިނިތުންވިއިރު ކުރި ސުވާލުގެ ޖަވާބު ދިނީ އަޝްފާނެވެ.

ފަޒުނާ އަވަހަށް ގޮސް އަރޫޝާއާއި އިޝާ ގޮވައިގެން އައެވެ. އިޝާ ހުރީ އަރޫޝާގެ ފަހަތުގައި ކަމުން އަޝްފާން ކުރިމަތީ އިން އަޝްފާގުގެ މޫނު ރަގަޅަށް ފެންނަގޮތެއް ނުވެއެވެ.

“ބޭބޭ..” އަރޫޝާ އުފަލުންގޮސް ގޮނޑީގައި އިން އަޝްފާގުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އަރޫޝާ ފަހަތުގައި ހުރި އިޝާ ފެނި އަޝްފާގަށް އިން ގޮނޑިން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. އެއީ އިޝާއެވެ. އޭނާގެ ހިތުގެ ވެރި އިޝާއެވެ.

އިޝާއަށް އަޝްފާގުގެ މޫނު ކަޝްފުވެގެން ދިޔުމުން ލިބުނީ ކުއްލި ސިހުމާއި އެކު ދެލޯ ތަންމިނަށް ހުޅުވައިލެވުނެވެ. އޭނާގެ ކުރިމަތިން މިފެންނަމުން ދާ މަންޒަރަކީ ހުވަފެނެއް ނޫންބާއޭ ހިތާއި އެތައް ފަހަރަކު ސުވާލުކޮށްލެވުނެވެ.

“ބޭބެ.. މީ އަހަރެން ބުނި ކުއްޖާ.. އިޝާ މީ އަހަރެންގެ ބޭބެ.. ބޭބެ މީ މައި ލަވް އިޝާ” އިޝާގެ އަތުގައި ހިފައިލަމުން އަޝްފާން ބުނެލިއެވެ.

“އަޅެ ލޯއްބެއް ނޫންތަ. އަހަރެން ކުރިންވެސް ބުނީމެއްނު ބޭބެ ފޯލް ވާނޭ އެންމެ ފުރަތަމަ ނަޒަރުންވެސް” ކަޅިޖަހާލަންވެސް ހަނދާންނެތިފައި ހުރި އަޝްފާގާއި އަޝްފާން ސަމާސާކޮށްލިއެވެ. އަދި އޭނަ އިޝާ ދެކެވާ ލޯބި އަންގައި ދިނުމުގެ ގޮތުން އިޝާގެ ކޮނޑުގައި ހިފައި ކައިރިކޮށްލަމުން ނިތްކުރިއަށް ދޮނެއް ދިނެވެ.

” ހޫން. ދެން މާ ރޮމޭންޓިކް ވާނެ ކަމެއް ނެތޭ…” އަރޫޝާވެސް ހެމުންހެމުން ކޮށްލީ ސަމާސާއެކެވެ. ނަމަވެސް އަޝްފާންގެ ކޮންމެ ބަހެއްވެސް އަޝްފާގުގެ ކަންފަތުގައި ޖެހުނު އިރު ހީވީ އަލިފާން ކަނިތަކެއް ހެންނެވެ. އެހިތަށް ހަރައިލި ހަންޖަރުތަކެއް ހެންނެވެ. އޭނާގެ ކޮއްކޮގެ ހިތުގެ ވެރިޔަކީ ހަމަ އެހިތުގެވެސް ވެރިޔާއެވެ. އިޝާގެ ބޭވަފާތެރިކަން އިއްޔެ ވީ ކަމެއްހެން ސިފަވިޔަސް އަދިވެސް އެހިތުގައި އިޝާއަށް ދެވިފަވާ ލޯއްބަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އެހިތް ފެންބޮފައިގެންފައިވަނީ އިޝާގެ ލޯތްބަށެވެ.

“ބޭބެ. އަހަރެންގެ ސެކްޓަރީއެއްގެ ގޮތުގަ ވޯކް ކުރާނީ ފަޒޫ. ދެން ބޭބެއަށް ހުންނާނީ އިޝާ.. އެންޑް ފަޒޫ ވޯކް ކުރާނެ ލީގަލް އެފެއާޒްގަވެސް ދެން އިޝާ އިންޓީރިޔާ ޑިސައިން ކުރާ ބާއިގަވެސް.. ރުޝް ހުންނާނީ އެޗް.އާރު ޑިޕާރޓްމެންޓް ހިންގުމުގައި” އަޝްފާން އޮފީހުގެ މަގާމްތައް ކިޔައިދޭން ފެއްޓިއެވެ. އަދި ދެންތިބި މުވައްޒަފުންވެސް ތައާރަފުކޮށް ދިނުމާއިގެން އުޅުނެވެ.


 

ނުނިދި ދެކޮޅަށް ހެލިލަ ހެލި އޮތް އިޝާގެ ސިކުޑި ވަނީ ފުންހިޔާލެއްގެ ތެރޭގައެވެ. އަޝްފާން އޭނާ މަތިން ފޫހިވީ ބާއެވެ؟ އޭނާގެ ހިތުގައި ފިރުމާލުމަށްފަހު އަނިޔާ ދެނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ފުން ހަނދާން އޭނާގެ ހިތުގެ އެއްކަނެއްގައި އަބަދުމެ ހުންނާނެއެވެ. އަޝްފާނަށް އޭޝްއަކީ އަޝްފާގުކަން އެނގިއްޖެނަމަ ވާނީ ކިހިނަކުން ބާވައެވެ؟ ގައިމުވެސް އޭނާގެ ހިތްކުދިކުދި ވާނެއެވެ. އެހެން ވާކަށް އިޝާ ބޭނުމެއް ނޫނެވެ.

އިޝާ އޭނާއަށް ވީ ބޭފަވާ ދުވަހަކުވެސް އެހިތަކުން ނުފިލާނެއެވެ. ލޯތްބާއި އޯގާތެރިކަމުގެ އޭނާއަށް ލިބެންޖެހޭ ބަދަލަކީ އެއީ ހެއްޔެވެ؟ އަޝްފާގަށްވެސް ވިސްނެމުން ދިޔައީ އިޝާއާއި ދޭތެރޭގައެވެ.


 

އޭސީގެ  ފިނިކަން ވަނީ މުޅި ތަނުގައި ހިފައިފައެވެ. ނަމަވެސް އިޝާ އިނީ ދާހިތްލާ ފޯވެފައެވެ. އަޝްފާގުގެ ސެކަޓްރީއެއްގެ ގޮތުގައި އޭނާ ހަމަޖެއްސުމުން އިންނަން ޖެހުނީ އަޝްފާގުގެ ކެބިންގައި އޭނާއާއި ދިމާ ސީދަލަށް ވާގޮތަށްކަމުން އިޝާއަށް މަސައްކަތް ކުރަން ވަރަށް އުނދަގޫ ވިއެވެ. މިއަދަކީ ދެމީހުން އެއްކޮށް މަސައްކަތްކުރާ ފުރަތަމަ ދުވަހަށް ވުމުން އިޝާ އިނީ އަޝްފާގްގެ އޭނާއާއި ވާހަކަ ދައްކާލާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުއިރުކޮޅާއި ވައްކަޅިންވެސް ބަލާލެވެއެވެ. ނަމަވެސް މެންދުރު ވީ އިރުވެސް އެއްވެސް ކަހަލަ އިޝާރާތެއް އަޝްފާގުގެ ފަރާތުން ނުލިބުމުން ދެރަވިއެވެ.

“ދީނާ އައިސްބަލަ” އޮފީހުގެ ފޯނުން ޑައިލްކޮށްލުމަށްފަހު އަޝްފާގު ބުނެލި އަޑަށް އިޝާ ތެދުވެގެން އައިސް އޭނާ ކުރިމަތީ ހުއްޓިލިއެވެ. “ކޮން ކަމެއް ތޯ ކޮންދޭން ވީ” އިޝާގެ އަޑުގައި ވީ މަޑުމައިތިރިކަމެވެ.

“ދީނާ. މިސިޓީ އަހަރެން ނަމާދުން އަންނަން ވާއިރަށް ޓައިޕްކޮށްލަ ދެއްޗޭ” ގޮނޑިން ތެދުވުމަށްފަހު އަތުގައި އޮތް ގަނޑު އަޝްފާގް ދީނާއާއި ހަވާލުކޮށްލިއެވެ. އަދި ބޭރަށް ދާން ހިގައިގަތެވެ. އަޝްފާގްގެ މިއަމަލުން އިޝާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އެތައް އިރަކު ކުރިމަތީ އިން އިރުވެސް އެންމެ ފަހަރަކުވެސް ބަލާވެސް ނުލީއެވެ. ދަންނަ މީހެއްކަމަށްވެސް ހަދާނުލީއެވެ.


 

ފުރަތަމަ ދެ ދުވަސް މިހެން ދިޔަ ނަމަވެސް ތިން ވަނަ ދުވަހު އިޝާ ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އުފެދި ފުނިޖެހިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން އަޒުމް ކަނޑައަޅައިގެންނެވެ.

“އޭޝް އަހަރެން ކީއްކޮށްގެންތަ ތިހެން ތިހަދަނީ” ކެބިންއަށް ފުރަތަމަވެސް ވަދެ އިޝާއަށް ކުރެވުނީ ޝަކުވާއެވެ.

“އެނގޭތަ އަހަރެން ކިހާ އިންތިޒާރެއް ކުރިކަން. ކޮންމެ ދުވަހަކުވެސް ހުންނަން އޭޝްގެ ފޯން ކޯލް އަންނަތޯ. އެންމެ ކުޑަ މިނުން މެސެޖެއް ކޮށްލިނަމަ. އޭޝް ވާހަކަ ދައްކަބަލަ” އިޝާއަށް ރޮވޭ ގޮތްވިއެވެ.

“މީހުން ބުނާ އަޑުއަހަން ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ” ސަމާސާކޮށްލި ނަމަވެސް އަޝްފާގުގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.

“ރީއްޗަށް ބުނެބަލަ. ކާކުތަ އެއީ.. ކޮން ފިރިހެނެއްގެ އުގުގަ އޮތީ އެރޭ. މާ ސާލިހު މީހަކަށްވެގެން އެއްމެން ކުރިމަތީ އެބައުޅެއެއްނު. އެކްޓުކުރަންވެސް މޮޅު އިނގޭ. ކަލޭގެ ގޮތް ކޮއްކޮއަށް އެނގޭނަމަ އެއްމެ ސިކުންތަކުވެސް އޭނަ ނުހުންނާނެ” ކޮޅަށް ތެދުވެ އިޝާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން އަޝްފާގު ބުނެލިއެވެ. އަޝްފާގުގެ ވާހަކައިން އެއްވެސް އެއްޗެއް ދޭހަ ނުވި ނަމަވެސް އިޝާގެ ލޮލުން ކަރުނަ އޮއްސާލީ ފެން ކޯރެއް ހެންނެވެ. އެފަދަ އިލްޒާމެއް އޭނާގެ ބޮލުގައި އެޅުމުންނެވެ. އެއީ އަދި އޭނާ އެއްމެ ލޯބިވާ މިހާގެ ފަރާތުންނެވެ. އަވަހަށް އެންމެ ކައިރީގައި ހުރި ފާރާއި ލައްވެވުނީ ގައިގެ ވަރުދޫވާހެން ހީވުމުންނެވެ.

“ސާބަސް ދޭވަރުހާ މޮޅު. އެންމެނަށް ގޮވަންތަ ޝޯ ބަލަން އަންނަން” އަޝްފާގު ހުރީ ރުޅި ކޮންޓުރޯލުން ނައްޓާލާ ހިސާބަށް ގޮއްސައެވެ.

އަޝްފާގުގެ އެއިލްޒާމް އަޑު އިވި މުޅި ހަށިގަނޑަށް ސިހުން ލިބިފައި ހުރި އިޝާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހުއްޓުވުނީ އެތައް އިރެއްގެ ރުއިމަށްފަހުގައެވެ. ފާހަނާއިގެ ލޯގަނޑުން މޫނު ބަލަލާލިއިރު އެސްފިޔަތައް އަދިވެސް ބަބުޅަމުން ދިޔައީ ކަރުނައިންނެވެ. ދަބަހުން ފުށްދަޅު ނަގާލައި މިލާފައިވާ މޫނަށް ތަޒާކަން ގެނުވިއެވެ. ދެންމެ ވީ އެއްވެސް ކަމެއް އޮފީހުގެ އެއްވެސް މީހަކަށް އެނގެން އިޝާ ބޭނުމެއްނޫނެވެ. އިތުރަށް އަޝްފާގުގެ ކުރިމައްޗަށް އަރަން ބޭނުން ނުވާތީ ބޮލުގައި ރިއްސާތީ އޭ ކިޔައި ދޮގު ހަދާފައި ގެއަށް ދިޔައީވެސް އެހެންވެއެވެ.

 


 

އެތައް ދުވަހަކަށްފަހު ބައްޕަ އޭނާގެ ހާލު ބަލާލަން ގުޅާލުމުން ފަޒުނާއަށް ލިބުނީ ބުނެދޭން ދަތި އުފަލަކެވެ. ބައްޕަ އެގެއަށް އަންނަން ދިން ދައުވަތު ގަބޫލްކުރީ ޖެހިލުމެއްނެތިއެވެ. ދޮންމަންމަގެ ހިތް އަދިވެސް އޭނައަށް ހެޔޮ ނުވާނެކަން އެނގޭ އިރުވެސް ކޮއްކޮމެންނާއި ބައްޕަ ދެކިލާހިތް އަބަދުވެސް ބޭނުންވެއެވެ.

“ދަރިފުޅާ..އަދޭ އެތެރެއަށް” ދޮރު ހުޅުވާލުމަށްފަހު ކުރިމަތީ ހުރި ފަޒުނާއަށް އެތެރެއަށް އައުމަށް ނިޒާމް ދައުވަތު ދިނެވެ.

މަޑު ހިނގުމެއްގައި އެތެރެއަށް ވަންއިރު ފަޒުނާ ހީވަނީ ބީރައްޓެއްސެންހެންނެވެ. އުމުރުގެ ޅަ ދުވަސްތައް ހޭދަ ކުރީ މިގޭގައި ކަމުގައި ވީނަމަވެސްމެއެވެ. ވަގުތަކީ އެގޭ ހުރިހާ ކުދިން ސުކޫލުގައި ވީ ވަގުތުކަމުން ގޭތެރެވަނީ ހަމަހިމޭންވެފައެވެ. ނަމަވެސް ޓީވީގެ އަޑު ސިޓިންރޫމާއި ދިމާލަށް ދިޔަހެން ދިޔައީ ގަދަވަމުންނެވެ. ޓީވީއިން އިވެމުން ދިޔައީ ހިންދީ ޑުރާމާއެއްގެ އަޑުކަމުން ދޮންމަންމަ ލަތީފާ ގޭގައި އުޅޭކަން އެނގި ފަޒުނާއަށް ކުރިއަށް ދާން ޖެހިލުންވެވުނެވެ. ނަމަވެސް އެވަގުތު ކައިރީގައި ހުރި ނިޒާމް ފަޒުނާގެ އަތުކުރީގައި ހިފައި އެދިމާލަށް ގެންދިޔައެވެ. އެވަގުތު ޓީވީއަށް ގެއްލިފައި ދެފައި ސޯފާމައްޗަށް ލައިގެން އިން ލަތީފާ ފެނި ފަޒުނާއަށް ކުޑައިރުގެ ހިތި މާޒީ ހަނދާންވިއެވެ. އެގޭގައި އަމިއްލަ ބައްޕަ ކުރިމަތީ އޭނާ ފަލީހަތްކޮށް ދޮގު އިލްޒާމް އެޅުވީ ދޮންމަންމައެވެ. މާ ހިތްހެޔޮ މީހެއް ކަމަށް އެދިގެން އޭނާގެ ކުޑަ އިރު ހިތި ޒަހަރަކަށް ހެދީއެވެ.

” ހާދަ ބިރުގެންފަ ދަރިފުޅު. މީވެސް ދަރުފުޅުގެ ގެއެކޭ.. ސިތާރާ ދޭބަލަ މިމަންޖެއަށް ބޯނެ އެއްޗެއް ހިފައިގެން އަންނަން” ސޯފާގޮނޑީގައި ފަޒުނާ ބައިންދަމުން ނާޒިމް ބުނެލިއެވެ.

“ނޫން. ދެއްމެ މިއައީ ކައިގެން” ކިރިއާ އަޑު އިވޭވަރަށް ފަޒުނާ ބުނެލިއެވެ.

“ދެން އަހަރަމެންނަށް ވުރެ މަތީގަ އުޅޭ މީހުން ތިން އިރަށް ރެސްޓޯރެންޓުތަކުން ކައިގެން ބޮއިގެން ދޯއުޅޭނީ” ޗުސްކަނޑާލުމަށްފަހު ލަތީފާ އެހެން ބުނެލީ ހިތްހަމަނުޖެހުމާއި އެކީގައެވެ.

” އެމަންޖެއާއި ދިމާލަށް އެއްޗެހި ނުކިޔަބަލަ. ދަރިފުޅާ އަޅާނުލާ.. މިއަދު ބައްޕަ ދެކެ އައިސްހުރި ރުޅިގަނޑު އެބާލަނީ..ދަރިފުޅުގެ ކޯސް ކިހިނެތް މިހާރު. ވަޒީފާއެއްގަ ދޯ އުޅެނީ މިހާރު” ނާޒިމް ފަޒުނާއާއި ބެހޭ ގޮތުން ސުވާލުކުރިއެވެ.

“ލައްބަ. ކުރިން އުޅުނު ވަޒީފާއިން ކުޑަ މައްސަލައެއް ޖެހިގެން ވަކިވީ. ދެން މިހާރު އަރޫޝާގެ ބޭބެމެން ކުންފުނީގަ މިހާރު އުޅެނީ. ކޯސް ނިމެން ދެން އޮތީ އެއްއަހަރު” ފަޒުނާގެ ޖަވާބު ކުރުވެފައި ސާދާއެވެ. އޭނާ އިނީ ލަތީފާގެ މޫނަށް ބަލަން ނުކެރިފައެވެ. ރުޅި އައިސްފައި ހުރި ނަމަވެސް އެއަށް ވުރެ ބޮޑަށް ވީ ދެރައެވެ.

“ދަރިފުޅު އެއްވެސް އެއްޗެއް ބޭނުމިއްޔާ ބައްޕަ ކައިރީ އަހާލައްޗޭ.. ބައްޕަ ގަބޫލްކުރަން ކުރިން ކަންތައް ކުރެވުނީ ގޯސްކޮށްކަން. ދަރިފުޅުގެ މަންމައަށް އައި ރުޅިގަނޑު ނޭނގި ނަމަވެސް ބޭލުނީ ދަރިފުޅަށް. ބައްޕައަށް މާފުކުރަށްޗޭ ” ބައްޕަގެ މައާފުގެ ބަސްތަކުން ފަޒުނާއަށް ހިތްހަމަޖެހުން ލިބުނެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު ބައްޕަގެ ލޯތްބާއި އަޅާލުން ލިބެނީބާވައެވެ.

“އަޅުގަނޑުގެ ހިތަކު ދުވަހަކުވެސް ބައްޕައަށް ބަރުކަމެއް ނެތް. ކިތައްމެ ދެރަކޮށް ކަންތައް ވިޔަސް އަބަދުވެސް ދުއާކުރަން ބައްޕައަށް ….” ފަޒުނާއަށް އޭނާގެ ޖުމްލަ ފުރިހަމަކޮށް ނުލެވުނެވެ.

“ދެން އެއީ މާޒީކަމަށް ހަދައިލައި ހިނގާ ކުރިއަށް ދަމާ” ނާޒިމް ފަޒުނާއަށް ހިތްވަރު ދިނެވެ. އަދި މާޒީގެ ހިތި ހަނދާންތައް ފުހެލައި އާފެށުމަކުން ކުރިއަށް ދިޔުމަށް އެދުނެވެ. އެތައް ވަގުތުތަކެއް ދަރިފުޅާއި ބައްޕަ ހޭދަކުރަމުން ދިޔައީ އެކުވެރިކަމާއި އެކީގައެވެ. ފަޒުނާއާއި ނާޒިމް މި އާއިލީ ކުޑަ ވަގުތު ހޭދަކުރަމުން ދިޔައިރު ކައިރީގައި އިން ލަތީފާގެ ރުޅިގަނޑު ދިޔައީ އުތުރިއަރަމުންނެވެ. ދޭތެރެއަކުން އެއްޗެކޭ ބުނެލާ ފަހަރު ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ނާޒިމް އެކަންތަކާއި އަޅާނުލުމަށް އެދުމުން ފަޒުނާ އެ ވާހަކަތަކަށް ބީރުކަންފަތެއް ދޭން މަސައްކަތް ކުރިއެވެ.

“ދަރިފުޅާ.. ބައްޕަ ވަރަށް ބޮޑު ކަމަކު އެދެން އެބައޮތް. ދަރިފުޅު ހީކޮށްފާނެ މީ ބައްޕަގެ އަމިއްލަ އެދުމަށް އެދޭ ކަމެކޭ. އެހެންނަމަވެސް ދަރިފުޅު ވިސްނައިފިއްޔާ އެނގޭނެ މިކަމުގައި ބައްޕަ އެންމެ ބޮޑަށް ވިސްނައިފައި ވަނީ ދަރިފުޅުގެ އުފަލަށްކަން. އެންމެ ކުޑަ އިރު ދަރިފުޅު ބެލީ މަންމަ. ދެން އުޅުނީ މިގޭ ބައްޕަމެން ކައިރީ. އެއަށްފަހު ބައްޕަ ހޯދައިދިން އެހީގައި ބޯ ހިޔާކޮށްލާނެ ތަނެއް ލިބުނީ” ނާޒިމް ފުން ނޭވާއެއް ލާފައި ދެއްކި ވާހަކައިގެ މަގުސަދަކީ ކޮބައިކަން ފަޒުނާއަށް އެނގޭ ގޮތެއް ނުވިއެވެ.

“ކިހިނެތްވީ ބައްޕާ. ބައްޕަ ބޭނުން ކޮންމެ ކަމެއް އަޅުގަނޑު ހެޔޮހިތުން ކޮށްދޭނަން.” ފަޒުނާ އޭނާގެ ލޯބިވާ ބައްޕައަށްޓަކައި ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރިކަން އެނގުމުން ނާޒިމް ހިނިތުންވެލިއެވެ.

” ބައްޕަ 3 މިގޭ ތިން ކުދިންނަށް ހަރަދުކުރަމުން ދަރިފުޅަށް ހަރަދުކުރަން ޖެހުނީމަ މިހާރު މިއޮންނަނީ ދެކޮޅު ނުޖެހިފައި. ދަރިފުޅު މިހާރު ތިހިރީ ބޮޑު މީހަކަށް ވެފައެއްނު. ދަރިފުޅު މީހަކާއި އިންނަން އެބަ ގަސްދުކުރަންތަ” ނާޒިމް ވާހަކަ ނިއްމާލަމުން ކޮށްލީ ސުވާލެކެވެ.

“ނޫން” ފަޒުނާ ޖަވާބު ދިނެވެ.

“އެހާ ހުތުރު މީހަކާއި ލޯބިން އިންނާނެ މީހަކު ވާނެތަ.” ކައިރީގައި އިން ލަތީފާ ކޮށްލީ ވިހަ ސަމާސާއެކެވެ.

“ލަތީފާ . އަނގަމަޑުން ލައިގެން އިދެބަލަ. ހަމަކޮންމެ ތަނަކަށް އަނގަބާނެއޭ އެބަ” ނާޒިމްގެ އަޑުވަނީ ރުޅިވެރިކަމެވެ.

“ހު.. އަހަރެން އަދި އެބަ އުޅެންތަ. ތި ހުރިހާ ހާސަރެއް ނުދަމާ އޭނަ ގެނައީ ކީއްކުރަންކަން ބުނަންވެއްޖެއެއްނު” ރުޅިއައިސް ލަތީފާ އެތަނުން ދިޔެވެ. ފަޒުނާއަށް ނާޒިމަށް ބަލައިލެވުނީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.

“ދަރިފުޅާ. ބައްޕަ ކައިރިއަށް މީހަކު އައި ދަރިފުޅާއި އިންނަން ވަލީ ހޯދަން. ބައްޕަ ބެލިބެލުމުން އެއީ ވަރަށް ރަގަޅު މީހެއް. މާލޭގެ ގެދޮރުވެރި މުއްސަންޖެއް. އޭނައާއި ކައިވެނި ކުރުމަށްފަހު ދަރިފުޅު ނުޖެހޭނެ ތިހެން ބުރަކޮށް ވަޒީފާއަށް ދާކަށްވެސް. އަރާމް ދިރިއުޅުމެއް އުޅެވޭނެ. ދަރިފުޅަށް އެނގޭނެ އެއީ ކާކުކަން. އޭނަ ބުނި ގޮތުން ދަރިފުޅު ކުރިން އުޅުނީ އޭނަގެ އޮފީހުގައި. އާމިދު ނަމަކަށް ކިޔަނީ ބައްޕަ ހަނދާންވާގޮތުން” ނާޒިމްގެ ވާހަކަ ދެއްކި ނިމުނު އިރު ފަޒުނާއަށް އިދެވުނީ ހުއްޓުން އެރިފައެވެ. ބައްޕަގެ ކޮންމެ ޖުމްލައެއް އޭނާގެ ސިކުޑިއަށް ނަގައިގަންނަން ވީ ދަތިކަމަކަށެވެ.

“ދަރިފުޅާ. ކިހިނެތް ވަނީ އާމިދު” ހައިރާންވެ އެއްޗެއް ނުބުނެވިފައި އިން ފަޒުނާއާއި ނާޒިމް ސުވާލުކޮށްލިއެވެ.

މިއަދު ބައްޕަ ކައިރިއަށް އައި އިރު ފަޒުނާއަށް ހީވީ އެތައް ދުވަހަކަށްފަހު ނުލިބުނު ބައްޕަގެ ލޯބި ލިބެނީ ކަމަށެވެ. އެހެންނަމަވެސް އުއްމީދުގެ އެހުޅުކޮޅު އެނިވުނީ ކިހާ އަވަހަކަށް ހެއްޔެވެ؟

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކަކުނި 5

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (18)

Next
April 17, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (18)

Previews
April 17, 2017

ކަކުނި 5

28 Comments!

  1. aysh says:
    April 17, 2017 at 8:24 am

    vrh vrh vrh rythi mi part ves…
    next part avahah up kolla dhehchey…

    1. maroon says:
      April 17, 2017 at 2:19 pm

      Thanku aysh ❤❤
      Upkohdheynan ?

  2. lara says:
    April 17, 2017 at 8:31 am

    salhi

    1. maroon says:
      April 17, 2017 at 2:20 pm

      Thanku lara ?

  3. cenhi says:
    April 17, 2017 at 8:50 am

    Nice. Fazoo fakeerah hurihaa gothakunves dheravagoi. Ehen nahadhaa. Hehe

    1. maroon says:
      April 17, 2017 at 2:21 pm

      Thanku Cenhi
      Higaa dhw fahun vaa goiy balama ?

  4. Nana says:
    April 17, 2017 at 11:48 am

    Ooh salhi…

    1. maroon says:
      April 17, 2017 at 2:22 pm

      Thanku nana for reading ❤

  5. Maree says:
    April 17, 2017 at 1:16 pm

    vv reethi

    1. maroon says:
      April 17, 2017 at 2:23 pm

      Thanku Maree.
      Dhen onna partves kiyahchey ❤

  6. Amm says:
    April 17, 2017 at 3:05 pm

    Wow v reethi???
    Faxu ah abadhu dera goiythah thi hadhanee ☹️
    Waiting 4 next part
    Avahah up kohlahchey

    1. maroon says:
      April 17, 2017 at 7:20 pm

      Thanku AMM ❤
      Was waiting for ur comment ..
      Lets see if she gets a happy ending .. ?

  7. Kiara says:
    April 17, 2017 at 3:15 pm

    Dhn bappa emme kamaku kee ey kiyaafa e meehaa gadaa marry nukuraathi..
    Anhen kujjakah viyas no bunumuge haqqu onnnan vaane..
    Emeeha r marry kuran ulhefiyya vaahaka v vai vaane..

    1. maroon says:
      April 17, 2017 at 7:27 pm

      Thanku for reading KIARA ❤
      Next episodun egeyne fazooge nimmun . Plz keep waiting

  8. Lam says:
    April 17, 2017 at 5:11 pm

    When next part

    1. maroon says:
      April 17, 2017 at 7:28 pm

      Maadhan

  9. Khajja says:
    April 17, 2017 at 5:37 pm

    V rythi masha allah fazu e aamidh gandaa marry nukurachchey n ishaa aa Asfaag kanthah engunyma Ashfaan fazoo aa gulheyne insha allah fazu dheranuvey ekam bappage thi hushahelhun mifaharu gabool nukuraathi pls n maroon fazoo avves hiyhamajehumeh hoadha dheyn vejje ennu ehennoony heart attack eh jehidhaane ennu….?? anyway stry v rythi nxt prt kon irakun waitin waitin????????

    1. maroon says:
      April 17, 2017 at 7:25 pm

      Thanku khajja ❤❤
      Heart attack eh jeheyvaru kohnulaanan. Promise.
      Maadhan vaguthehga upkoh dheynan
      Much love ?

  10. Afy says:
    April 17, 2017 at 7:06 pm

    Please fazu ah ehen nuhadhaccheh plz

  11. Maureen says:
    April 17, 2017 at 7:28 pm

    Maureen ah kureega v reethi mi vaahaka , mihaaru v fake,a e ishaa ya asfaaqu nugulhuvaathy,?

    1. maroon says:
      April 17, 2017 at 9:08 pm

      Dear mau. Thanku for reading. Adhi neyge ennu vaane gotheh fahun.? Hope wud read

  12. Bleh says:
    April 18, 2017 at 4:00 pm

    Konirakun next part upkohdheynee???

  13. Annu says:
    April 18, 2017 at 7:02 pm

    V nice vaahaka…next part when…v wait kuran ebah vaahaka ah …avahan up kndhybala… Plxx mirey vaahakage next part …plxxx.plxxxx….

  14. Smile says:
    April 18, 2017 at 9:31 pm

    Alhe Fazu emeeha aa havaalu nukurahchey, and adhives dhigu kohlla dheynveenu

  15. maroon says:
    April 18, 2017 at 9:41 pm

    Everyone thankolheh dhigukoh upkoh dheyn ulheythy lasvanee . Sorry ?

    1. rose says:
      April 18, 2017 at 9:48 pm

      kihaa iraku ehnma up vaannyy???

  16. maroon says:
    April 18, 2017 at 10:20 pm

    18:00 ge kurin review ah fonuvadheynan .. 12 vana episode ah vure double words aai eky. Thanku for waiting.. ❤

  17. Flower says:
    April 20, 2017 at 8:24 am

    kobaatha story….haadha lahey up vaaleh

Comments are closed.


All Right Reserved!