Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 6

ShaiShy Level 410 Stories100 Comments500 Comments
April 18, 2017 6 Mins Read
51 Comments

ކައިޝާގެ ކޮޓަރީގެ ކުޑަދޮރުކައިރީ ހުރި މީހަކަށް މިމަންޒަރު ވަރަށް ރީތިކޮށްފެނުނެވެ. އެވަގުތު އީތަންވެސް މަތި ބަލާލަމުން ކަނާއަތުގެ ޝަހާދު އިނގިލި ތުންފަތާކައިރިކޮށްލިއެވެ. އަނދިރީގެތެރެއިން އެދެލޯވިދާލިއެވެ.
“ޝްޝްޝްޝް”……………………………….

އަނދިރީގެ ތެރެއިން ވިދާލި އީތަންގެ ލޯ ފެނުމާއެކު އީޝަލް ހެޔަށް ގޮތް ވެގެން އަނބުރައިގަތެވެ. އެވަގުތު އެކޮޓަރީގެ ފާޚާނާއިން ނިކުތް ކައިޝާއަށް ވެއްޓިފައި އޮތް އީޝަލް ފެނުމުން ދުވެލާފައި އެދިމާއަށް ދިޔައެވެ. ކައިޝާ ހާސްވެފައިހުރި ވަރުން އަތްވެސް ތުރުތުރުލަމުން ދިޔައެވެ. އީޝަލްގެ މޫނަށް ފެންފޮދެއް ބުރުވާލުމުން ދެލޯ ހަރަކާތް ކޮށްލިތަން ފެނުމުން ކައިޝާއަށް ހަމަޖެހުމެއް ލިބުނެވެ. ކުޑައިރުކޮޅަކު އެގޮތަށް ފެންހާކަމުން ދަނިކޮށް އީޝަލް ދެލޯ ހުޅުވާލިގޮތުން ކައިޝާވެސް ސިހިގެންދިޔައެވެ. ހޭވެރިކަން ވުމާއެކު އީޝަލް ކުޑަދޮރުން ބޭރު ބަލާލިއެވެ. ބަނބުކެޔޮގަސް ބުޑަށް ވެއްޓިފައި އޮތް އަހުނަފު ފެނުމާއެކު އީޝަލްގެ ފަހަތުގައި ހުރި ކައިޝާ އަޑުގެ ކޮޅަށް ހަޅޭލަވާގަތެވެ. އެއަށްފަހު ދުވަމުން ކޮޓަރިން ނިކުމެގެން ތިރިއަށް ފޭބިއެވެ. ކުޑަދޮރުކައިރީގައި ހުރި އީޝަލްއަށް ދެން ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. އެބަނބުކެޔޮގަސް ފަހަތުން ނިކުތް އީތަން ދެކޮޅު ހޯދާލަމުން ދުވެފައި އެގެއިން ނިކުތެވެ. އީޝަލް ހުރީ އަދިވެސް ޤަބޫލު ނުކުރެވިފައެވެ. އީތަން އެފަދަ ކަމެއް ކޮށްފާނެކަން އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް އީޝަލްއަށް އަމިއްލަ ލޮލަށް ފެނުނު ކަމެއް ދޮގު ކުރާނީ ކިހިނެއް ހެއްޔެވެ؟

“ދޮންބޭ…ޕްލީޒް ލޯ ހުޅުވާލަބަ…ކިހިނެއްވެފައި ތިއޮތީ؟…މަންމާ!….މަންމާ!”..އަހުނަފު ކައިރިއަށް ތިރިވެއިން ކައިޝާ ހުއްޓުމެއްނެތި ގޮވަމުން ދިޔައެވެ. ކައިޝާގެ ފަހަތުން އައިސް ހުރި ހައްމާދު އަވަސްވެލީ އަހުނަފުގެ ވިންދު ހުރިތޯ ބަލާލުމަށެވެ. އަތުގެ ކުޑަހުޅުގައި ހިފަހައްޓައިގެން ހުރުމަށްފަހު ކަނދުރާގައިވެސް އަތްޖައްސާލައިގެން އިރުކޮޅަކު ހުއްޓެވެ. ދެފަރާތަށް ބޯހޫރުވާލަމުން އަހުނަފު ބުނިއެއްޗެއްގެ މާނަ ކައިޝާއަށް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. އެވަގުތު ކައިޝާ ހީވީ މޮޔަވެދާނެހެންނެވެ.

“ނޫން..ނޫން..ނުވާނެ އެހެނެއް…ދެންމެގަވެސް ދޮންބެ ހުރީ ނުލާހިކު ހަމަޖެހިފައި..ދޮންބެ ނުދާނެ އަހަރެމެން ދޫކޮށްފައެއް..ބުނޭ ތީ ދޮގެކޭ…ބުނާށޭ…” ރޮމުން ގިސްލަމުން ދިޔަ ކައިޝާ ދިޔައީ އެއްއަތުން ހައްމާދުގެ މޭގައި ތަޅަމުންނެވެ. އެވަގުތު އެގޭ ދޮރުމައްޗައް އައިސް ހުއްޓުނު މަޖުދާހުރީ ކަންފަތަށް އިވުނު ބަސްތައް ޤަބޫލު ނުކުރެވިފައެވެ. އަތުގައި ހުރި ސާމާނުތައް ބިންމައްޗަށް ދޫކޮށްލަމުން ދުވެފައި އެތެރެއަށް ވަނީ ދަރިފުޅާއޭ ގޮވާ ރޮއެގަންނަމުންނެވެ. ފަހަތުން ވަދެވަދެހުރި އީތަންއާއި ހުސްނާ ތިބީ ވާނުވާގައެވެ. ކައިޝާ ދެއްކި ވާހަކެއް އެމީހުންނަކަށް ނީވިއެވެ. ނަމަވެސް މަޖުދާ އެފަދަގޮތަކަށް ދާނީ ކޮންމެވެސް ބޮޑުކަމެއް ވުމުންކަން ދެމީހުންނަށްވެސް ވިސްނުނެވެ. ހުސްނާ އަވަސް އަވަހާ ގެޔަށް ވަދެގެން ދިޔައިރު އީތަން އުޅުނީ މަޖުދާ ހިފައިގެން އައި ސާމާނުތަށް ނެގުމުގައެވެ. ގޯތިތެރެއިން މާއަޑު ގަދަވުމުން އީތަން ވެސް އަވަސް އަވަހާ އެއެއްޗެހިތަށް ނެގުމަށްފަހު ދިގު ފިޔަވަޅުތަކެއްގައި އެތެރެއަށްވަނެވެ.

ބަނބުކެޔޮ ގަސްދަށުގައި އޮތް އަހުނަފުގެ ދެފަރާތުން ތިބި މަޖުދާއާއި ކައިޝާގެ ދެލޯވަނީ ދުޅަވާން ކައިރިވެފައެވެ. ރޮމުން ގިސްލަމުން އަހުނަފު އެއްފަހަރުވެސް ތެދުވޭތޯ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އަހުނަފު އެވަނީ މިދުނިޔެއާއި އަލްވަދާޢު ކިޔާފަކަން ދެމީހުންވެސް ޤަބޫލުކުރާކަށް ބޭނުން ނުވާކަހަލައެވެ. އީތަންވެސް އަތުގައި ހުރި ކޮތަޅުތަށް އެތަނުގައި ހުރި ޖޯލިފަތީގައި ބަހައްޓަމުން ހައްމާދު ކައިރިއަށް ޖެހިލީ ވީގޮތް އޮޅުން ފިލުވާލުމަށެވެ.

“މަށަށްވެސް ނޭނގެ އަސްލު ވކިހިނެއް ކަމެއް…މަށާ އީޝަލް އާއި ދެމީހުން ސޯފާގައި ތިބީ ދެން އިޝް ބުނެފި ގެޔަށްދާން ބޭނުމޭ އެހެން ކިޔާފަ މައްޗަށް ދިޔައީ ފޮތްތައް ބަލާ…އޭގެ އިރުގަނޑެއް ފަހުން ކައިޝާ ދުވެފައި ސިޑިން ފައިބައިގެން އައި ގޮތުންވެސް މަށަށް ހީވި ކަމެއް ވެއްޖެއޭ…އިޝްއަށް ކަމެއް ވީކަމަށް ހީކޮށް އަހަރެން ސުވާލުކުރުމުން ބޭރާ ދިމާއަށް އިނގިލި ދިއްކުރަމުން ދުއްވައިގަތީމަ މަވެސް ފަހަތުން ނިކުތް އިރު އަހުނަފު ފެނުނީ…ބޭރު ފުށުން އެއްވެސް އަނިޔާއެއް ނެތް..ބަންޑުން އޮތީމާ ތެދުކޮށްލާފައި އަހަރެން ވިންދުވެސް ބަލާލިން..އެމްބިލުލާންސްއަށް ގުޅާފަވީ…ވަރަށް އަވަހަށް އަންނާނެހެން ހީވަނީ.” ހައްމާދު އޭނައަށް އެނގުނު މިންވަރުން ކަންތައް ވެދިޔަގޮތް އީތަން އާއި ހިއްސާކޮށްލިއެވެ. ހައްމާދުގެ ވާހަކައަށް ސަމާލުކަންދީގެން ހުރި އީތަންއަށް ކަމެއް އހުސާސް ކުރެވުމުން ކައިޝާގެ ކޮޓާރިއާ ދިމާ މައްޗަށް ބަލާލިއެވެ. އެތަނުގައި ހުރި އީޝަލްގެ މޫނުން ދާތިކިތަށް ވިދަންފެށީ އީތަން ބަލާލިގޮތުންނެވެ. ހަމައެވަގުތު ކުޑަދޮރު ކައިރިން ދުރައް ޖެހިލަމުން ދޮރުފޮތިތަށްވެސް ކަހާލިއެވެ.

އީޝަލްގެ ހަރާތްތައް ހުރި ގޮތުން އީތަންއަށް އެއްޗެއް ވިސްނުނުކަހަލައެވެ. އެހެންކަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެވަގުތު އެމްބިއުލާންސްގެ ސައިރަންގެ އަޑު ދުރުން އިވެމުން އާދެއެވެ. އީތަން ދުވެލާފައި ގޮސް މައްޗަށް އެރިއެވެ. ކައިޝާގެ ކޮޓަރީ އެނދުގައި އިން އީޝަލް އިނީ ހާސްވެ ކަންބޮޑުވެފައެވެ. ދޮރު ހުޅުވާލިއަޑަށް ސިހިގެން ދިޔަ އީޝަލްއަށް ކޮޅަށް ތެދުވެވުނީ ކޮޓަރިއަށް ވަދެގެން އަންނަ އީތަން ފެނުމުންނެވެ. އީޝަލްގެ ހިތުގެ ތެޅުން އަވަސްވެގެންދިޔައީ އީތަން ހުރި ގޮތުންނެވެ.

“ޑިޑް ޔޫ ސޯ ސަމްތިން…ބުނެބަލަ އީޝަލްއަށް އެއްވެސް ކަމެއް ފެނުނުތަ؟..މިހެން މިބުނީ އައި ކޭން ސީ ސަމްތިން އިން ޔުއަރ އައިސް..ތި ދެލޮލުން ފެންނަމުންދާ ބިރާއި ސިހުމުން މަށަށް ޔަޤީން އީޝަލް ކަމެއް ސިއްރު އެބަކުރޭކަން..ވާހަކަދައްކަބަލަ…އީޝަލްއަށް ފެނުނުތަ އަހުނަފު މަރުވުމުގެ ކުރިން އެތަނުން…ޖަވާބު ދީބަލަ..ކޮންއެއްޗެއް ފެނުނީ؟” އީޝަލްގެ ކުރިމައްޗަށް ހުއްޓެމުން އީތަންގެ ފަހު ޖުމްލަ ބުނެލީ އީޝަލްގެ ދެކޮނޑުގައި ހިފަހައްޓައި ތަޅުވާލަމުންނެވެ. އެވަގުތު އީޝަލް ގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމުން އީތަންއަށް އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. އީތަން އޭނާގެ ދެއަތް ތިރިކޮށްލިއެވެ. އީޝަލް ކަމެއް ސިއްރު އެބަކުރެއެވެ. އެކަކަމަކު ކީއްވެހެއްޔެވެ؟ އެވަގުތު އީތަންއަށް އިތުރު ސުވާލެއް ކުރާނެ ޗާންސެއް ނުލިބުނީ އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު ހައްމާދު ފެނިފައެވެ.

“އެމްބިއުލާންސް އައިސްފި..ހިނގާ ދާން ދޯ…އިޝްވެސް އާދޭ ދާން…އިޝް ބޭނުމިއްޔާ އަހަރެން އިޝްގެއަށް ލައިދޭން ދާނަން ހޮސްޕިޓަލަށް ގޮސްފަ…އޯކޭ ދޯ..” ހައްމާދު އައިސް އީޝަލްގެ އަތުގައި ހިފައިލަމުން އީތަންއަށް ބަލާލިއެވެ. އީތަންގެ ލޮލުން އިޝާރާތް ކޮށްލީ ކުޑަކޮށް އެއްފަރާތަކަށް ޖެހިލުމަށެވެ. އީޝަލްއަށް އެދިމާއަށް ކަޅިއެއް ނޭއްލާ ނުހުރެވުނެވެ. ލޮލުގެ ހިމަކޮޅުން ހައްމާދުއާއި ދިމާއަށް ބަލާލެވުނީ އީތަންގެ ހުރި ނުބައިކަމުން އަނެއްކާ ހައްމާދުވެސް މަރާލަފާނެތީވެއެވެ. އީތަން އެކޭ ވަގު ހިޔަޅޭކޭ ތަފާތެއް ނެތެވެ. ސިއްރުވެރިކަމުގެ އިންތިހާއެވެ. ހައްމާދުގެ ފަރާތުންވެސް އީޝަލްއަށް އެނގިފައި އޮތީ އީތަންގެ ހުރިހާކަމެއް ހައްމާދުއަށްވެސް ނޭނގޭކަމެވެ. ބައެއްފަހަރު އީޝަލްއާއި ހައްމާދާއި ދެކެވޭވާހަކަތަކުގައި އީތަންގެ ވާހަކަވެސް ވަނީ ދެކެވިފައެވެ.

“މަށަށް ހީވަނީ އީޝަލް ކޮންމެވެސް ކަމެއް ސިއްރު އެބަކުރޭހެން…މިބުނީ އަހުނަފުގެ މަރާބެހޭ ވަރަށް މުހިއްމުކަމެއް އީޝަލްއަށް އެބައިނގެޔޭ އަހަރެންގެ ހިތްބުނޭ..ކަލޭ މިތާ މަޑުކުރޭ އިނގޭ..އަހަރެންދާނަން ހޮސްޕިޓަލަށް..އީޝަލް ކައިރީގައި އަހާބަލަ..ޔޫސް ޔުއަރ ސްކިލްސް އިނގޭ…ދެން ދަނީއޭ..އެއިވެނީ މަންމަ ގޮވާއަޑު..” ހައްމާދުގެ ކޮނޑުގައި ޖަހާލަމުން އީތަން އެހެން ބުނެލީ ހަމައެކަނި އެދެމީހުންނަށް އަޑު އިވޭވަރަށެވެ. ދުރުގައި ހުރި އީޝަލް ހުރީ އެދެމީހުންނާ ދިމާއަށް ފާޑާކަށް ބަލަހައްޓައިގެންނެވެ. އީތަން ދިޔުމުން ހައްމާދު އީޝަލްކައިރިއަށް ޖެހިލިއެވެ. އޭރު އީޝަލް އިނީ ކައިޝާގެ އެނދުގައި އިށީނދެގެން ދެއަތް ދެއަތާ މޮޑޭށެވެ. އެވަގުތު އެމޫނުމަތިން ހާސްކަން ފެނި ހައްމާދުގެ ހިތުގައިވެސް ސުވާލުތަކެއް އުފެދުނެވެ. އީތަން ދެއްކި ވާހަކަތަކަށް އިތުރަށް ބާރު ލިބެނީ އީޝަލްގެ ކަންބޮޑުވުމާއި ހާސްކަމެވެ.

**
ހޮސްޕިޓަލްތެރެ ވަނީ ހަލަބޮލިވެފައެވެ. އަހުނަފުގެ ކުއްލި މަރުން އާއިލާއަށް ވަނީ ސިހުމެއް ލިބިފައެވެ. ހަމައެހެންމެ އަހުނަފުގެ ގާތް އެކުވެރިންނާ ތިމާގެ ބައެއް މީހުންވެސް އެތަނުގައި ތިއްބެވެ. ޑޮކްޓަރުންގެ ބަހެއްގެ އިންތިޒާރުގައި ތިބި ހުރިހާ އެންމެންގެ މޫނުމަތިން ހިތްދަތިކަން ފާޅުވަމުން ދާއިރު ކައިޝާއާއި މަޖުދާގެ ލޮލުން ކަރުނައެއް ނުހިކެއެވެ. އީތަންއަށް އެމަންޒަރު ފެނުމުން ހިތަށް ވަރަށް އަސަރުކުރިއެވެ. ކައިޝާ ރޮމުންދާ މަންޒަރު ބަލަން އެހިތަށް ކުޅަދާނައެއް ނޫނެވެ. މަޖުދާ ފާޚާނާއަކަށް ދިޔަވަގުތު ބަލާފައި އީތަން ކައިޝާ ކައިރިއަށް ޖެހިލިއެވެ. އެވަގުތު ކައިޝާ އިސްއުފުލާ ބާލިއިއެވެ. ދެލޯރަތްވެ ދުޅަވެފައިވާއިރު ހިކިފައިވާ ކަރުނަތައް ދެކޯތާފަތުގައި ހުއްޓެވެ. އީތަންގެ ހިތް ހަމްދަރުދީއިން ފުރިގެން ބަންޑުންވިއެވެ.

“ކައި މިވަގުތު މީ ބަލިކަށިވާންވީ ވަގުތެއް ނޫން..ކޮންމެ މީހަކުވެސް ވަގުތު ޖެހުނީމަ ދާނެ..އެކަމާ އަހަރެމެން ރޮއެ ހިތާމަކުރުމަކުން އެމީހުންނެއް އެނބުރި ނާންނާނެ..އަހަރެމެންނަށް ކޮށްދެވެން އޮތް ހަމައެކަނި ކަމަކީ ދުޢާ ކުރުން..އެހެންވީމަ ކައި ތިގޮތަށް ރޯތަން ދެކެން އަހުނަފު މިއަދު މިތާ ހުރިނަމަ ކިހާދެރަވާނެ..ކައިބޭނުންތަ ކައި ދޮންބެ ދެރަވާވަރުގެ ކަމެއް ކުރަން؟ ކައި ތިގޮތަށް އުޅެގެން މަންމައަށް އެހީތެރިވާން ހުރީ ކާކު؟ ” އީތަންގެ ކޮންމެ ބަހެއްގައި ވަނީ އޯގާތެރިކަމެވެ. ނަމަވެސް މިއަދާޖެހެންދެން ކައިޝާ ދުވަހަކުވެސް އީތަންއާއި ރީތިކޮށް ވާހަކަދައްކާފައެއް ނެތެވެ. ކައިޝާއަށް އެވަގުތު އަމިއްލަ ނަފުސު ކުށްވެރި ކުރެވުނީ އީތަންއާއި ދިމާއަށް ކިޔުނު އެއްޗެހި ހިތަށް އެރުމުންނެވެ. އީތަން އަދިވެސް އިނީ ކައިޝައާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެދެލޮލުން ފެންނަނީ ނިމުމެއް ނުވާ ލޯތްބެވެ. ކައިޝާވެސް އީތަންދެކެ ލޯބިވެއެވެ. އެހެން ނަމަވެސް ގޮތް ދޫނުކުރަންވެގެން އެގޮތުގައި ހުންނަނީއެވެ. ކައިޝާގެ ހިތްއެދި ގޮވަމުން ދިޔައީ އީތަން ހިމާޔަތަކަށެވެ. އެދެއަތު ތެރޭ ކައިޝާ ފޮރުވާލާނެނަމައެވެ. ހިތާމަތަކަށް ލުޔެއް ލިބޭނެކަން ޔަޤީނެވެ. އީތަން އޭނާގެ ކަނާއަތް ނަގާ ކައިޝާގެ ފުރަގަހުންވާގޮތަށް އުނަގަނޑުގައި ހިފަހައްޓައި ކަރި ކޮށްލިއެވެ. ހީވީ ކައިޝާގެ ހިތުގެ ގޮވުން އަޑު އިވުނީހެންނެވެ. ކައިޝާވެސް ގަދަހަދާކަށް ނޫޅެ ބޮޑަށް އީތަންއާއި ކައިރިވެލިއެވެ .އެހިނދު ލޯމަރާލެވުނީ ހިތަށް ލިބުނު އުފަލަކުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އުފާވެރިކަމުގެ ބާންޏެއް އެހިތުގައި ކުޅެލިއެވެ.

“އެކްސްކިއުޒްމީ…އަހުނަފުގެ ބެލެނިވެރިން ކޮބައިތޯ؟” އިމަޖެންސީ ރޫމު ދޮރުހުޅުވާލަމުން ޑޮކްޓަރު ގޮވާލެއްވިއެވެ. އެވަގުތު ކައިޝާ އީތަންގެ ކޮނޑުން ބޯނަގަމުން ގޮނޑިން ތެދުވެލިއެވެ. ޑޮކްޓަރުގެ މޫނުމަތިންވެސް ހެކިދެނީ ހިތާމަވެރި ޚަބަރަކަށެވެ. އެވަގުތު ކައިޝާގެ ހިތުގައިވި އުއްމީދުގެ ކުޑަ ހުޅުކޮޅުވެސް ނިވިގެންދިޔައެވެ.

ޑޮކްޓަރުން ބެއްލެވުމަށްފަހު ވިދާޅުވީ އަހުނަފަށް ވަނީ ހާރޓް އެޓޭކެއް ޖެހިފައިކަމެވެ. ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާންނެތުމުން އިތުރު ތަހުލީލުތަކެއްވެސް ކުރެވުނެވެ. އެއްވެސް މައްސަލައެއް ނެތުމުން ޑޮކްޓަރުން އަހުނަފުގެ މަރުގެ ފޯރމްވެސް ތައްޔާރުކޮށް ކައިޝާއާއި ހަވާލުކުރިއެވެ. މަޖުދާގެ ހާލު އިތުރަށް ގޯސްވެ އެނދުމަތި ކުރަންޖެހުނެވެ. ނިދާ އިންޖެކްޝަނެއްގެ އެހީގައި މަޖުދާ ނިންދަވާލީ ސިކުނޑިއަށް ގެއްލުމެއް ވެދާނެތީވެއެވެ. ކުއްލި ގޮތަކަށް ހުރި ހަމައެކަނި ފިރހެން ދަރި މަރުވުމުން އެހިތްވަނީ ފަޅިފަޅިވެފައެވެ. މަޖުދާގެ އެހީތެރިއަކަށް އިން ހުސްނާގެ މޫނުމަތިވެސް ވަނީ މިލާފައެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މީހެއްގެ އެސްފީނާ ޖެހުނީހެއްޔެވެ؟ ހުސްނާ އެތަށް ގޮތަކަށް ވިސްނަމުންގޮސް އެންމެފަހުން ނިދިޖެހުނުއިރެއްވެސް ނޭނގެއެވެ. ކައިޝާ އޭރުވީ ތިމާގެ މީހެއްގެ ގެއަށް ގޮހެވެ. އެފަކީރު ހިތްވަރު ކުރަމުން ދިޔައީ ހިތުގައި އަޅާވޭން ފޮރުވަމުންނެވެ. ކައިޝާގެ ހިތްވަރުގަދަކަން ފެނި އީތަންއަށްވެސް ހަމަޖެހުމެއް ލިބުނީ އޭނާ ދެއްކި ވާހަކަތައް ކައިޝާ އަޑު އެހީތީވެއެވެ.

އަހުނަފުގެ ކަށުކަމާކެމީގެ ކަންތައް ކުރަން އުޅުނު ވަގުތު އެތަނަށް ހައްމާދުވެސް އައެވެ. އީތަން ސުވާލުކުރީ އީޝަލް އާއި ބެހޭގޮތުންނެވެ. އޭނަކައިރީގައި ހާމަކުރަން ބޭނުންނުވާ ކަމެއް ހައްމާދު ކައިރީގައި ނަމަވެސް ބުނެފާނެކަމަށެވެ.

“ކޮންތާކު؟…މައެވަރަށް ސުވާލު ކުރުމުންވެސް އަނގައިން ބުނެނުލި..އެންމެ ފަހުން މަމިއައީ އޭނަ ގެއަށް ލާފައި..ހުވާ މިބުނީ ހާދަ ރުޅިގަދަވިއޭ..އެތަށް ގޮތަކުން އެހީމަވެސް ޗުއްޕުވެސް ބުނެނުލާ އިނީ..” އެޖަވާބުން އީތަންގެ މޫނު މިލައިގެން ދިޔަތަން ހައްމާދަށް ފެނުނެވެ. އީތަންގެ ކޮނޑުގައި ޖަހާލަމުން ހިތްވަރު ކުރުމަށް ބުނެލިއެވެ. އެދެމީހުން ވާހަކައިގައި ތިއްބާ ހައްމާދުގެ ފޯނަށް އީޝަލް ގުޅުމުން ތަންކޮޅެއް ދުރައް ޖެހިލިއެވެ.

” ހަލޯ ހައްމު ޕްލީޒް ރުޅި ނާންނައްޗޭ އިނގޭ އެކަމު އިޝް ބުނާ ވާހަކަ ޤަބޫލު ކުރާތި..އަހުނަފު މަރާލީ އީތަން..އިޝް ދެކުނިން އީތަން އަހުނަފުގެ މެޔަށް އަތް ކޮށްޕާލައިގެން ހުއްޓާ…މުޅިގައިގައި އޮތީ ހުސްލޭ..އަދި އިޝް ކައިރީ ބުނި ނުބުނާށޭވެސް..އަސްލު ބުނީކީނޫން އިޝާރާތްކުރީ އެހެން..ޕްލީޒް ހައްމު ބިލީވް މީ…އިތަން އެއީ ތި ހީކުރާވަރުގެ މާތް….” އީޝަލްއަށް އިތުރަށް ބަހެއް ނުބުނެވުނީ ހައްމާދުގެ ރުޅިވެރި ބަސްތަކުންނެވެ.

“ހުއްޓާލާ…ތިނޫން ވާހަކައެއް ދައްކަން ނޭނގުނީތަ؟ ތީ ނުވިސްނޭ ކުޑަކުއްޖެއް ނޫން ތިކަހަލަ ވާހަކަ ދައްކާކަށް..އީތަން ނޫން މީހެއްގެ ނަން ބުންޏަސް މަށެއް ޤަބޫލެއް ނުކުރާނަން.. ސަބަބަކީ އަހުނަފު މަރުވެފައި އޮއްވާ ފެނުނު އެންމެ ފުރަތަމަ އެކަކަށް މަ ހުންނާނެ އެތަނުގައި…މަށަކަށް ތިޔަ ބުނާ ލެޔެއް އަހުނަފުގެ ގައިން ނުފެނޭ.. ޑޮކްޓަރުންވެސް ކޮންފާރމް ކޮށްފި އަހުނަފަށް ހާރޓް އެޓޭކެއް ޖެހުނީކަމަށް..ސޯ ސްޓޮޕް ސޭއިން ނޮންސެންސް..” ދަތްތަކަށް ބާރުލަމުން ހައްމާދު ވާހަކަދައްކަމުންދިޔައިރު ރުޅިން އެދެލޯވަނީ ރަތްވެފައެވެ. އީޝަލްއެއް ކަމަކު އެފަދަ ވާހަކަތަކެއް ދައްކައިގެން ނުވާނެއެވެ. އީތަން އެފަދަ ކަމެއް ނުކުރާނެކަން ހައްމާދަށް ޔަޤީނެވެ. އީޝަލްއަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދީ ހައްމާދު ފޯނުކަނޑައިލީ އިތުރަށް އެތަނުގައި ހުރެގެން ޒުވާބު ނުކުރުމަށެވެ. ހައްމާދު އެނބުރިލިއިރު ދާދި ކައިރިން އީތަން ފެނުމުން ސިހިގެން ދިޔައެވެ.

“ހުރިހާކަމެއް އޯކޭތަ؟ ހާދަ ރުޅިއައިސްފަ..އަނެއްކާ ކިހިނެއްވީ؟” އީތަންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ހައްމާދުއަށް ނޭނގުނެވެ. އެހެން ކަމުން ހިނިތުންވެލަމުން ކަމެއް ނުވެޔޭ ކިޔާފަ އެތެރެއަށް ވަދެގެން ދިޔައީ ކަށުކަމާކެމީގެ ކަންތައް ދާގޮތް ބަލާލުމަށެވެ. ހައްމާދު ވަދެގެން ދިޔަ ދޮރާ ދިމާއަށް އީތަން ބަލަހައްޓައިގެން ހުރީ ފުންވިސްނުމެއްގައެވެ.

**
ދަންވަރުގެ ހަމަހިމޭންވަގުތެވެ. މަގުމަތިން އިވެނީ ފަނިފަކުސާ ރޯ އަޑެވެ. އީޝަލްގެ ލޮލަށް ނިދި ނައިސްފައި އޮތީ މިރޭ ފެނުނު މަންޒަރު ލޯމަރާމާއެކު ސިފަކުރެވޭތީވެއެވެ. އެގޮތުގައި އީޝަލް އޮންނަތާ މިހާރު އެތައް ގަޑިއިރެއްވެދާނެއެވެ. އެހެން އޮއްވާ މަޑުމަޑުން ހުޅުވެމުން ދިޔަ ދޮރާދިމާއަށް އީޝަލްއާށް ބަލާލެވުނީ އެތަނުގައި މީހަކު ހުރިހެން ހީވުމުންނެވެ. ގޭތެރެއަށް ވެރިވެފައިފާ ކަނުއަނދިރީގެތެރެއިން އެމީހެއްގެ މޫނު ސާފެއް ނުވެއެވެ. ނަމަވެސް ކުރިއަށް ޖެހިލާފައި އީޝަލްގެ ކޮޓަރިއަށް ވަތް އެމީހާ ފެނުމާއެކު އީޝަލް އަށް އެނދުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ.

” އީތަން..މިތާ މިވަގުތު..ކީއްކުރަން ތިއައީ..ކަލޭގެ ވާހަކަ އެންމެން ކައިރީ ބުނާނަން..” އެކޮޓަރި ތެރޭގައި އެހުރީ އީތަން ނޫން ދެވަނަ މީހެއް ނޫނެވެ. އީޝަލް ހަޅޭލަވާގަތީ އައި ރުޅިންނެވެ. އަދިވެސް އޭނއަށް އަހުނަފަށް ހާދާލިގޮތް ސިފަކުރެވެމުން ދެއެވެ. އީތަންގެ ލޮލަށް ރަންކުލައެއް އަރައިގެންދިޔައެވެ. އީޝަލް ގަތް ބިރުން ފަހަތަށް ޖެހެވުނެވެ. އެވަގުތު އީތަން ކުރިއަށް ޖެހިލީ ވިދުވަރެއްހާ ހަލުވި މިނުގައެވެ. އެއައި ގޮތަށް އައިސް އީޝަލް އުފުލާލަމުން އެނދުމައްޗަށް އެއްލާލީ ލުއިފަތެއް ހެންނެވެ.” އަނގަ މަޑުންލައިގެން އޮވޭ..ކަލެއަށް އެކައްޗެއްވެސް ނޭނގޭނެ..” އީތަންގެ އަޑުވަނީ ބަރުވެފައެވެ. އެނދުގައި ގޮސް ޖެހުނުލެއް ބާރުކަމުން އީޝަލްއަށް ގުޑާވެސް ނުލެވުނެވެ. ކުއްލިއަކަށް އީތަން ޖެހިގަތީ އީޝަލްގެ ގައިމައްޗަށެވެ. މިވަނީ ކީއްކަން ރޭކާލި އީޝަލް އަޑުން އަޑު ނަގާ ރޮއެގަތެވެ. ނަމަވެސް އެކޮޓަރިން ބޭރަށް އެއަޑު ނުދާކަން އެނިކަމެތި އީޝަލްއަށް އިނގެނީ ކިހިނަކުންހެއްޔެވެ.؟

އީތަންގެ ލޮލުން ނަފުރަތުގެ އަލިފާން ފެންނައިރު އީޝަލްގެ ލޮލުގައި ވަނީ އާދޭހެވެ. އެއާދޭސްތަކަށް ބީރުކަންފަތެއް ދެމުން އީތަން އަނިޔާވެރި ޝިންގާއެއްހެން އީޝަލްގެ ހަށިގަނޑުގައިވާ ހެދުން ގަޔާ ވަކިކޮށްލިއެވެ. އެވަގުތު އީތަންގެ ލޮލުން ފެންނަމުން ދިޔައީ ދަހިވެތިކަމެވެ. އީޝަލްގެ ފޭރާމެއްނެތް ހަށިގަނޑުގައ އީތަންގެ އަތުން ބީހިލިވަގުތު ހީވީ ފުރާނަ އުދުހިގެން ހިނގައިދާނެހެންނެވެ. އެހާވެސް ދިލަ ހޫނުކަމެއް އީޝަލްއަށް އިހުސާސް ކުރެވުނެވެ. ރަހުމެއްނެތި އީޝަލްގެ އިއްފަތްތެރިކަން އީތަން ފޭރިގަތީ ވަލުޖަނަވާރެއް ފަދައިންނެވެ. އީޝަލްގެ ކަރުބެދި އިތުރަށް ހަޅޭލަވާނެ ހިތްވަރެއް އެހަށިގަނޑުގައި ނެތެވެ. ލޮލުން ފޭދިގެން އައި ކަރުނަތައް ހިނދުނީ އެނދުގައި އަޅާފައިވާ ބެޑްޝީޓްތެރެއަށެވެ. އީތަން އޭނާގެ އެ މުޑުދާރު އަމަލުން ހިތް ފުރިގެން އެކޮޓަރިން ނިކުތީ ފަތިސްވާން ގާތް ވެފައި ވަނިކޮށެވެ. އީޝަލްގެ ކޮޓަރީ ދޮރުމަތިން އީތަން ގެއްލިގެންދިޔަ މަންޒަރު ފުސްވަމުންދިޔަ ދެލޮލުން އީޝަލްއަށް ފެނުނެވެ.

**
އެރޭ ފަތިސް ނަމާދަށްފަހު އަހުނަފު ވަޅުލެވުނެވެ. ހިތްތަކަށް ވެރިވެފައިވާ އުދާހުން ގޭތެރެ ވަނީ ފަޅުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ސިހުން

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (19)

Next
April 19, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (19)

Previews
April 18, 2017

ސިހުން

51 Comments!

  1. Maree says:
    April 18, 2017 at 10:00 pm

    haadha rangalhey hama balbalaa indha ey thi up kohlee

    1. kayashandy says:
      April 18, 2017 at 10:02 pm

      ehentha maree…haadha rangalhey balan inkan..hehhe..soree for de late update..n thank u:)

    2. kayashandy says:
      April 18, 2017 at 10:08 pm

      hey all v bodah soree ingey lahun up kurevuneema..i hv been tryn since 9.30 ekamves internet problem akun nuvegen ulhunee..naseebakun dnmega rangalhu evee…alhamdhulillaahi! otherwise i cudnt upload it..

      mi part thankolhei kuruvaane.. mistakes ves huredhaane ekamakuves heekuran kamudhaane kamah..i may upload a new part on tmrw nyt too but cant promise on dat..keep waiting…love u all from v bottom of my heart..my readers are my strenght..:) keep supporting 🙂 n hav a grt nyt..:*

  2. Luju says:
    April 18, 2017 at 10:06 pm

    Hama up veythoa mi beleny thnkuuuu ?

    1. kayashandy says:
      April 18, 2017 at 10:10 pm

      ehentha luju..thankuuu soooo much..:)

  3. shafu says:
    April 18, 2017 at 10:09 pm

    wowwww v reethi …….. waiting for next part

    1. kayashandy says:
      April 18, 2017 at 10:11 pm

      thankuuu shafu..keep waiting..:)

  4. ReeXa says:
    April 18, 2017 at 10:12 pm

    Adhi mi part eh nukiyan.. but ingey mi part vx varah interesting vaanekan

    1. kayashandy says:
      April 18, 2017 at 10:13 pm

      awwwwnnnn….so chweeeeet of u…thankkkuuu:)

  5. Saandy says:
    April 18, 2017 at 10:21 pm

    An’haa!! Kihineh mivy?? Alhe dhen noon… Eashal ah ehen thihedhy keehkurantha?? Ziyadhan Eathange sifa jehigen ulheneehen heevany… Eathan Kaishaa-aa maa gaaiyvaathy e 2 meehun dhurukuran… Ahunafves Eathan-aa Kai gulhen dhekolhu nuhadhaathy kanneynge eyna e maraaly… Dhen kuriah dhaavarakah en’geyny… Next partah eba v inthizaaru kurevey… I like this story v much… Keep it up Kaya 🙂

    1. kayashandy says:
      April 18, 2017 at 11:14 pm

      vedhaane dhw saandy..hehehe..eeshal ah ehenevee fennan nujehey manzarei fenuneema..:( dn hingaa balamaa kaakuthw mihurihaa kamei mi kuranee..:) thanku so much for ur support…keep waiting..:)

  6. Maree says:
    April 18, 2017 at 10:26 pm

    vvvvvv reethi v asrugadha heevee hama hageegee manzarehn

    1. kayashandy says:
      April 18, 2017 at 11:20 pm

      ehentha maree..thank u soooo much..:)

  7. Shai says:
    April 18, 2017 at 10:33 pm

    Vvvv reethi mibaivex

    1. kayashandy says:
      April 18, 2017 at 11:19 pm

      thankuu shai 🙂

  8. Fathun says:
    April 18, 2017 at 11:10 pm

    Alhey varah biruveri adhi ehaame hihdhathi eshal fakeerah mivanee kihinehbaa……

    1. kayashandy says:
      April 18, 2017 at 11:19 pm

      alhey biruveritha,,,hehehhe..thank u fathun..:)

  9. Misha says:
    April 18, 2017 at 11:13 pm

    Vv rythi mi part vc…?

    1. kayashandy says:
      April 18, 2017 at 11:15 pm

      thankku misha…:)

  10. Nana says:
    April 18, 2017 at 11:20 pm

    Eeshal ah ehn e hedhy e ulhey ziadhan dhw.. Vrh hyve ehn.. Hehe.. Vrh salhi mi part vx…

    1. kayashandy says:
      April 18, 2017 at 11:21 pm

      lets c nana..heheh..thank uuuu

  11. firu says:
    April 18, 2017 at 11:26 pm

    V reethi mi bai ves

    1. kayashandy says:
      April 18, 2017 at 11:31 pm

      thankuu firu 🙂

  12. Sweetie says:
    April 19, 2017 at 12:15 am

    V Interesting.

    1. kayashandy says:
      April 20, 2017 at 3:52 pm

      thank u sweetie..:)

  13. Mary says:
    April 19, 2017 at 12:49 am

    E ee zunnoor ge wife family myheh dhww. Alhey khneh dhen vaany. Bt stry v nyce.

    1. kayashandy says:
      April 20, 2017 at 3:55 pm

      thank u mary..:) neynge dhw ehen bunaakah kaakukamei ingeyne kuriah huri parts thakun..keep waiting…:)

  14. Ushaali says:
    April 19, 2017 at 1:39 am

    huriha baeh adhi mikiyaalevuny… masha’allah…. varah furihama vahaka eh. comment kohnula hama keinuvy…. varah inthizaaru kureveyne dhn in bayah…. thikuraa masakkathah hama saabas…. 🙂 🙂 great work kayashandy 🙂

  15. Jjeyツ says:
    April 19, 2017 at 1:59 am

    V v v v nice interesting. Its not eethan. Its ziadhan. Ehn hih bunanee. Hehe. Dhean lets see dho. Waiting for next part kayashandy. Hope you will up tomrw nyt??

  16. Mz says:
    April 19, 2017 at 1:59 am

    V salhi mivaahaka v biruveri I am wait next part

  17. Khajja says:
    April 19, 2017 at 2:12 am

    Wow v rythi masha allah aee eethan ge family myheh dhw eynage sifaiga ais ehurihaa nubaikamen ekurany … keekkuraany anyway stry v v v habeys n thanks kayashandy mikahala rythi stry eh kiyan libeythy keep it up n gud nyt?????????

  18. Yaa says:
    April 19, 2017 at 7:07 am

    Varah reethi hurihaa part eh ves.

  19. FKA twings says:
    April 19, 2017 at 8:08 am

    vvvvvvvv.. obi..especially robrt

  20. Heyo edhey faraathe says:
    April 19, 2017 at 10:13 am

    I have commented on this story first part (kakuni 1) telling that your upcoming binbaa of Maldives
    I was wrong
    The way your writing this story I can tell you have more talent then binbaa
    Waiting for next part

  21. silver mist says:
    April 19, 2017 at 11:36 am

    Alhe pls pls pls avahah next part up kodhiiibaa…. Pls pls pls I can’t wait …. V V V reethi part ves..

  22. Rainy princess says:
    April 19, 2017 at 3:11 pm

    wow mi part ves vara reethi nd eshal ah v goi kiyaafa dheravehje…waiting for the next part..good job kaya. 😀

  23. L D says:
    April 19, 2017 at 5:25 pm

    Adhi mi kee..Reethi vaahaka eh.. Varah eba visnan dhevana ethan aky kaaku kamaa medhu.. Beynun konme soora eh jeheveykan ingijje 1st episode in.. Ziyadhan ah ves thedheh vedhaane.. Ethan ge twin eh hunna kameh nuhunna kameh neynge ennu.. 2 mahaa balaafa bandu bodu vaahaka bunyma..Dhen oih suvaalaky boava fai soraky kaaku hey.. Ekaku maraifi.. Anekaku ge iffaitheri kan gossi.. Varah haijaan adhi eboih dhw???.. Really interesting

  24. faathihu says:
    April 19, 2017 at 6:54 pm

    very nice..

  25. yaloo says:
    April 19, 2017 at 11:14 pm

    Lahey tonight up kohdhehchey

  26. Fathun says:
    April 20, 2017 at 12:32 am

    Alhe kobaatha miadhu hama inthizaaru kureveni missing my Kaliningrad. ?

  27. Maree says:
    April 20, 2017 at 7:32 am

    alhugadhu mihiree kalaage inthizaaruga ingey tho vaguthu gunalaa

  28. Maree says:
    April 20, 2017 at 7:36 am

    gunaala gunaalaa

  29. princess says:
    April 20, 2017 at 2:32 pm

    Wow ! So interesting…. eagerly waiting for the next

  30. Maree says:
    April 20, 2017 at 4:29 pm

    Alhe Kaya mirey kihaairakutha up kuranee Alhe hama mirey kuhlliakah busy kameh dhimaa vehjjeh ey majuboorey dhaanves ehenve dhiumuge Kurin up kohffiyaa kiyaalaafa dheveynunun

  31. Pinkie says:
    April 20, 2017 at 5:20 pm

    Kobaaaaaaaaaa

  32. Aesh says:
    April 20, 2017 at 6:20 pm

    Thankolheh avahah upload kohdheeba waiting

  33. ella says:
    April 20, 2017 at 6:36 pm

    Where is the next part?

  34. faathihu says:
    April 20, 2017 at 6:43 pm

    ????

  35. Fathun says:
    April 20, 2017 at 8:14 pm

    Alhe bunebla konirakun the upload kurani..??

  36. XeRxeS says:
    December 18, 2019 at 6:55 pm

    Varah salhi

  37. Mary says:
    February 28, 2020 at 2:17 pm

    I wish I can see a movie just like this…. this is my first story that I loved most?

Comments are closed.

Next Episodeކަކުނި 7←


All Right Reserved!