އާދުވަހަކަށް އިރު އެރި އިރު އިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނެވެ. އެނދުމަތީ ދެފައި ދަމާލައިގެން އިނީ ވައަތު ފަޔަށް ތަދުވާ ވަރުންނެވެ. އެފައިގެ ކަކުލުން ތިރިވަނީ އެއްކޮށް ދުޅަވެފައެވެ. އެއްއަތުން ފައި މޮޑެލަ މޮޑެލަ އިން އިޝާ އިރުއިރުކޮޅާ “އައްދިއްޔޯއި” އޭ ކިޔާ ގޮވާލައެވެ. “ދަރިފުޅާ ކިހިނެތްވީ” އިޝާގެ ހާލު ފެނި ފަރީދާ އަހާލިއެވެ. “ވަރަށް ތަދުވޭ ފަޔަށް” ކައިރީގައި އެވަގުތު އިން މަންމަގެ ކޮނޑުގައި އިޝާ ބޯއަޅާލިއެވެ. އޭރު އިޝާގެ މޫނުމަތި ވަނީ ދާތިކިތަކުން […]
” ޔަލް ކެން ވީ ޓޯކް..؟ މިގަޑީ ބޭރަށް ނިކުމެވިދާނެތަ..؟ ” ފޯނު ނެގުމާއެކު ހައިކަލް ބުނެލިއެވެ. ” ހައިކް.. އާ ޔޫ ސީރިއަސް..” އަހަރެން ގަބޫލު ނުކުރެވިގެން އަހާލީމެވެ. ” ޔާ ނިކުމެބަ..” އެހެން ބުނެލާފަ ހައިކަލް ފޯނު ބޭއްވިއެވެ. އަހަރެންނަށް ގަބޫލު ނުކުރެވިފައި އިނދެ ޝަމްމުއަށް ބަލާލީމެވެ. ” އޭމް އައި ޑްރީމިންގް..؟” އަހަރެން އަހާލީމެވެ. ” ނޯ.. ވަޓް ހެޕެން..” ވާނުވާ ނޭންގިފަ އިނދެ ޝަމްމު ބުނެލިއެވެ. އަހަރެން އެބަ އަންނަމޭ ކިޔާފަ […]
ދިމްރާ ދެތިންފަހަރަކު ޔުއާން ދުރަށް ކޮއްޕާވެސްލިއެވެ.އެވަރުންވެސް ޔުއާންގެ ހަރަކާތްތަކަށް ހުއްޓުމެއް ނައެވެ.އެތައް ގަދައެއް ހަަދަހަދާފައި ދިމްރާއަށްވެސް ޔުއާންގެ އެ އަމަލާ ނޭނގިހުއްޓާ އެންމެފަހުން ވެވުނީ ބައިވެރިއެވެ. ދެލޯ މަރާލިއިރު ޔުއާންގެ އެ އަމަލުތަކަށް ދިމްރާއަށްވެސް އިޖާބަ ދެވިގެން ދިޔައެވެ. ދެމީހުންނަށްވެސް ދުރަށް ޖެހިލެވުނީ ނޭވާ ކޮޅަށް ދިއުމުންނެވެ.މައިނޭވާލަމުން ދިޔައިރު ޔުއާން ހުރީ އެމޫނަށް ބަލަހައްޓައިގެން ކަމުގައިވިޔަސް ދިމްރާއަށް ޖަހާލެވުނީ މޫނު އިސްދަށަށެވެ. ދިމްރާވެސް އެ އަމަލުގައި ބައިވެރިވީތީ ޔުއާން ހިތަށް އަރާނީ ކީކޭ ބާއޭ ދިމްރާގެ ހިތަށް […]
އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ނޫނީ މަންމައާއި ބައްޕަ ބައްދަލެއް ނުވެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ އުތުރުގެ ރިސޯޓެއްގައެވެ. އަހަރެމެން އުޅެނީ ޏ.އަތޮޅުގައެވެ. ކުރީގައި ފޯނެއް ނުހުރެއެވެ. ސިޓީއަކުން ނޫނީ ޚާލު އަޚުވާލު ވެސް އެނގޭކަށް ނޯވެއެވެ. ނަމަވެސް ދާދިފަހުން ގޭގައި ފޯނުވެސް ލައިފިއެވެ. މިހާރު ބައްޕަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކަހަލަ ގޮތަކަށް ގެއަށް ގުޅައެވެ. އެކަމަކު އަދިވެސް ބައްޕައަށް ރަށަށް އާދެވެނީ ކުރިއެކޭވެސް އެއްގޮތަށް އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ކަހަލަ ގޮތަކަށެވެ. […]
އެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް ހީވީ ގައިން ހީބިހި ނަގައިގެން ދިޔަހެންނެވެ. ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ މިއުޒިކެއް ކުޅެވިގެން ދިޔައެވެ. އެ އަޑު އަހަން އަހަންނަށް މުޅި ދުވަސް ކީއްކުރަން މުޅި އުމުރުވެސް ހޭދަ ކުރެވިދާނެއެވެ. އެހެންނަމަވެސް މިފަހަރު އެ އަޑު އަހާލަން އަހަންނަށް ލިބުނީ އެންމެ 30 ސިކުންތަށެވެ. އެ އަޑުގެ ޖާދޫގައި ޖެހި އެއްޗެއް ނުބުނެ އަހަންނަށް ހުރެވުމުން އެ އަޑުގެ ވެރިޔާ ފޯނު ބޭއްވީއެވެ. އަހަރެން އަނެއްކާވެސް ގުޅާލީމެވެ. “ލަކީ […]
އެރޭ ފަތިސް ނަމާދަށްފަހު އަހުނަފު ވަޅުލެވުނެވެ. ހިތްތަކަށް ވެރިވެފައިވާ އުދާހުން ގޭތެރެ ވަނީ ފަޅުވެފައެވެ. ޖެހިގެން އައި ދުވަހު ކައިޝާ ތައްޔާރުވަމުން ދިޔައީ އެދުވަހު އޮންނަ އެންމެ ފަހު އިމްތިހާނަށެވެ. ސިކުނޑީގައި އަދިވެސް ވަނީ އަހުނަފުގެ ކުއްލި މަރެވެ. ނަމަވެސް އިތުރަށް އެކަމާ ނުވިސްނާ ކައިޝާ އުއްމީދު ކުރަނީ ހުރިހާކަމެއް ރަނގަޅުވާނެކަމެވެ. މަންމަގެ ހައްޤުގައިވެސް ކައިޝާ ހިތްވަރުގަދަ ކުއްޖަކަށް ވާން އަޒުމު ކަނޑައެޅިއެވެ. ފާޚާނާއިގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓާއިގެން ހުރި އީތަންގެ މޫނުމަތިން ނުފިލާ ރިހުމެއް […]
ހެނދުނު ހެނދުނާ ލައިބާ ދިޔައީ އޮފީހަށެވެ. ކިޔެވުން ނިމުމަށްފަހުވެސް ލައިބާ މަސައްކަތުކުރަނީ ޝައިމްގެ އޮފީހުގައެވެ. ޝައިމްގެ އޮފީހުގެ ކަންތައްތަކާއި ހަވާލުވުމަށްފަހު އިހްސާން ވަނީ ލައިބާއަކީ އެއޮފީހުގެ އެޗް އާރ ޑިޕާޓްމެންޓްގެ ހެޑް އަކަށް ބަދަލުކޮށްފައެވެ. އެއީ މަޤާމުގެ ގޮތުން ދެމީހުން އެއްކޮށް ތަންތަނަށް މާގިނައިން ދާންޖެހުމުން އަލްކޮގެ ޝަކުވާ އަންނާތީއާވެސް އެއްކޮށެވެ. ލައިބާ އިންތިޒާރުކުރީ އޮފީސް ނިމިގެން ގެއަށް ދެވޭނެ ވަގުތަކަށެވެ. އެއީ އެހިތުގެ ވެރިޔާއާ ދެކޭހިތްވާވަރުންނެވެ. ޝައިމް މިއަދު އޮފީހަށް ނުނިކުތަސް މައްސަލައެއް ނެތްކަމާއި އަންނަ […]
ވަރަށް އަވަހަށް އަންނަނީ…….. އިންތިޒާރުކޮށް ލައްވާ………………….
“ދަރިފުޅާ. ބައްޕަ ކައިރިއަށް މީހަކު އައި ދަރިފުޅާއި އިންނަން ވަލީ ހޯދަން. ބައްޕަ ބެލިބެލުމުން އެއީ ވަރަށް ރަގަޅު މީހެއް. މާލޭގެ ގެދޮރުވެރި މުއްސަންޖެއް. އޭނައާއި ކައިވެނި ކުރުމަށްފަހު ދަރިފުޅު ނުޖެހޭނެ ތިހެން ބުރަކޮށް ވަޒީފާއަށް ދާކަށްވެސް. އަރާމް ދިރިއުޅުމެއް އުޅެވޭނެ. ދަރިފުޅަށް އެނގޭނެ އެއީ ކާކުކަން. އޭނަ ބުނި ގޮތުން ދަރިފުޅު ކުރިން އުޅުނީ އޭނަގެ އޮފީހުގައި. އާމިދު ނަމަކަށް ކިޔަނީ ބައްޕަ ހަނދާންވާގޮތުން” ނާޒިމްގެ ވާހަކަ ދެއްކި ނިމުނު އިރު ފަޒުނާއަށް އިދެވުނީ ހުއްޓުން […]