Skip to content
އެސްފިޔަ

އިޝާން

“އިޝާން ދެން އާދެބަލަ ފެންވަރައިގެން ނިދަން ދާން”

“އިޝާން އިޝާން …”

މަންމަ ގޮވާ އަޑު އިވެމުން ދިޔަޔަސް ޓީވީ އިން ދައްކަމުންދިޔަ ކާޓޫނަށް ޝައުގުވެރިވެފައި ހުރިލެއް ބޮޑުކަމުން އެ ނުނިމެނީސް ފެންވަރަން ދާކަށް އިޝާން ބޭނުމެއް ނުވިއެވެ. އިޝާންގެ ހަބަރެއް ނުވުމުން ނާފިޔާ އެންމެ ފަހުން ކޮޓަރިން ނުކުމެގެން އައިސްފިއެވެ.

“އެކަމަކުވާ ދަރިފުޅާ! ކޮން އިރެއް މަންމަ ގޮވާތާ”

“މި ކާޓޫން ނިމުނީމަ މަންމާ”

“ތި ނިމެންދެން މަންމަ އަކަށް ނުހުރެވޭނެ. ދޮންތިއާ އެއްކޮށް ސްކޫލް ބައްދަލުވުމަކަށް ވެސް ދާން ޖެހޭ” އެހެން ބުނުމަށްފަހު ނާފިޔާ ބައްދަލުވުމަށް ދާން ތައްޔާރުވާން ދިޔައެވެ. އެއްގަޑިއިރުން ތައްޔާރުވެގެން ނާފިޔާ ނުކުތްއިރު ނާފިޔާގެ ދޮށީ ދަރިފުޅު ޔޫނާވެސް ބައްދަލުމަށް ދާން ތައްޔާރުވެގެން ނުކުމެއްޖެއެވެ. އަދި ޔޫނާގެ އިތުރުން ދެން ލިބުނު ހަމައެކަނި ދަރިފުޅު އިޝާންވެސް ކާޓޫން ނިމުމުން ޓީވީ ނިއްވާލައިފިއެވެ.

“މަންމާ ކޮއްކޮ ފެންވަރަން” 6 އަހަރުގެ އިޝާން އެހެންބުނުމުން ނާފިޔާ ގަޑިއަށް ބަލާލިއެވެ.

“މިހާރު މާ ލަސްވެއްޖެ ދަރިފުޅާ! ދެން އެކަނި ގޮސް ފެންވަރާލާ. ބޮކި ދިއްލީމަ ގިފިލި އަދިރިއެއް ނުވާނެ”

“ނޫން ނޫން ކޮއްކޮ ބިރުގަނޭ. އެކަނި ދިޔައީމަ ފުރޭތަ އަންނާނެ”

“ދަރިފުޅު ކާޓޫން ބަލަން ހުރީމައެއްނު މިހެން މިވީ. ދެން ބައްޕަ އާ އެއްކޮށް ދޭ” އިޝާން ކައިރި އެހެން ބުނުމަށްފަހު ނާފިޔާ އިޝާންގެ ބައްޕަ އަދި އޭނަގެ ފިރިމީހާ ޒިޔާއު އަށް ގޮވާލިއެވެ. އަދި އިޝާން ފެންވަރުވަން ބުނުމަށްފަހު ޔޫނާ އާއެކު ގެއިން ނުކުތެވެ.

ޒިޔާއު އިޝާނާއެކު ތުވާލި އަތަށް ނަގައިގެން ގިފިއްޔަށް ވަނެވެ. އަދި ދޮރު ތަންޑު އަޅުވައިލިއެވެ.

“ބައްޕާ ކޮއްކޮ ބިރުގަނޭ ތަންޑު އެޅުވީމަ”

“ބައްޕަ ހުއްޓާ ކޮއްކޮ އަށް އެއްވެސް ކަމެއް ނުވާނެއޭ” އެހެން ބުނުމަށްފަހު ޒިޔާއު އިޝާންގެ ޖިންސުގެ ގޮށް ނައްޓާދިނެވެ. އިޝާން އެއްޗެހި ބޭލުމަށްފަހު ވަޅުން ފެންނަގަން ދާނި ނެގިއެވެ.

“އިޝާން އަށް ދާނިން ފެން ނުނެގޭނެއޭ. ބައްޕަ އަންނަންދެން މަޑުކޮށްބަލަ” އެހެން ބުނި އިރު ޒިޔާއު ޖިންސު ބާލަނީއެވެ.

“ބައްޕަވެސް ފެންވަރަނީތަ؟”

“އާނ. މިއަދު ދަރިފުޅާ އެއްކޮށް ބައްޕަވެސް ފެންވަރާނީ” ހީލުމަށްފަހު ކުޑަކޮށް ބޯޖަހަމުން ޒިޔާއު އެހެން ބުނެލިއެވެ. އަދި ދާނިން ތިން ފަހަރު ވަޅުން ފެންނަގާ ޒިޔާއުއާ އިޝާންގެ ގަޔަށް އޮއްސާލިއެވެ. އަދި ދެން ސައިބޯނި ލާންވީއޭ ބުނެ ޒިޔާއު އިޝާންގެ ގައިގައި ސައިބޯނި ލާދިނެވެ. އަދި ޒިޔާއު ގައިގައި ސައިބޯނި ލައި ނިމުމުން ޒިޔާއު އަތަށް ސައިބޯނި ދިނެވެ.

“ދެން ދަރިފުޅު ބައްޕަ ގައިގަ ސައިބޯނިލާ” އަންނަން މިއުޅެނީ ކިހާބޮޑު ކަޅު ވިލާގަނޑެއްކަން ނޭނގި ހުރެ މައުސޫމު އިޝާން ބައްޕަގެ ބަނޑުގައި ހެމުން ހެމުން ސައިބޯނި ލާދިނެވެ. ފުރޭތައަކު އައިސްދާނެތީ އެކަނި ފާހަނައަށް ވަންނަން ނުކެރުނު އިޝާނަށް އެކުގައި ފާހަނައަށް މިވަނީ އަދި މާ ވަރުގަދަ ފުރޭތައެއްކަން އޭރު ނިވިސްނުނެވެ.

“ތިރީގަ ލާ” ޒިޔާން ނުލަފާ ގޮތަކަށް ހީލަމުން ބުނެލިއެވެ.

**********************

12 އަހަރު ފަސް

އެދުމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅި އިޝާން އޮތީ ހޫނުވާވަރުންނެވެ. އޭސީ ޖައްސާފައި ހުރިއިރުވެސް މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ދޮރު ތަޅުގައި މީހަކު ހިފާލުމާއެކު އިޝާނަށް ފުންމައިގެން ތެދުވެވިއްޖެއެވެ. މީހާ ސިހުނު ކަމުގައިވިޔަސް ތަޅުގައި ހިފީ ކާކުކަން އިޝާނަށް އިނގެއެވެ. މިއީ ކޮންމެ ރެއެއްގެވެސް 2 ޖަހާއިރު ހިނގާ އާންމު ކަމެކެވެ. ނަމަވެސް އަދިވެސް ކޮންމެ ރެއަކު ތަޅުގައި ހިފުމާއެކު އިޝާން ސިހިގެންދެއެވެ. މީހާ ހާސްވެއެވެ. އަމިއްލަ ނަފްސާ ހާލާމެދު ވިސްނާ ދެރަވެއެވެ. ރުޅިއާދެވެއެވެ. އެކަމަކު މިއީ މިއަދު އިޝާންގެ މަޖުބޫރީ ހާލަތެވެ. އެހެންމީހުންގެ ރައްކަލަށްޓަކައި އަދި ދުނިޔޭގެ ލަދަށްޓަކައި މިނޫން ގޮތެއް އިޝާނަކަށް ނެތެވެ.

ދޮރުހުޅުވުމަށްފަހު އެތެރެއަށް ވަދެގެން އައީ ޒިޔާއުއެވެ. އިޝާން އެހެން މީހުންގެ ގިބައިން ރައްކާތެރިކޮށްދީ ދުނިޔެމަތީގައި ބޮޑެތި ކަންކަމާ ކުރިމަތިލާންޖެހޭ ގޮތް ދަސްކޮށްދޭންޖެހޭ އިޝާންގެ ބައްޕައެވެ. އެކަމަކު… ޒިޔާއު ކޮޓަރިއަށް ވަދެވުމާއެކު މަޑުމަށުން ދޮރު ލައްޕާ ތަންޑުއެޅުވިއެވެ. އަދި އިތުރަށް އެންމެ ސިކުންތެއްވެސް މަޑުނުކޮށް ލައިގެން ހުރި ސޯޓު ބޭލުމަށްފަހު އިޝާންގެ ހަށިގަނޑުގެ މައްޗަށް ގަދަވެގަތެވެ. މިކަން ތަކުރާރުވަމުންދާތާ އެތައް އަހަރެއް ވިކަމުގައިވިޔަސް އިޝާން މިކަމަކަށް އަދިވެސް ނުހޭނެއެވެ. އަދި ނުވެސް ހޭނޭނެއެވެ. ޒިޔާއު ދިޔުމުން ގައިގައި ބެޑްޝީޓް އަޅައިގެން ކޮންމެ ރެއަކު ގިސްލަ ގިސްލާފައި އިޝާން ރޯ ރުއިމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. އެކަމަކު…

(ނުނިމޭ)

Comments (49)

  1. maroon

    Haadha goas meehekey ziyaau gadu ,
    Thi meehaa ah bapp kiyunves heyo nuvaane ?
    V reethi story. V kiyaalaa hiyvey

    1. avnyraa
      maroon

      Aaan haadha goas meehekey dho
      Thanks maroon 🙂

  2. firu

    Feshun reethi. Mivaahaka v reethi vaane kamah ummeedhu kuran. Ekm dhen genesdhey part miyahvure dhigukohlla dhehchey

    1. avnyraa
      firu

      Thanks 🙂
      Dhigu kohlaanan

  3. YammYoon

    Pisss piss… Ulhey faadu dhw… Ziyaau ah eynage anhenun kudaeetha… amilla dhari viyya e halaaku kurany… omg… nic story…

    1. avnyraa
      YammYoon

      Hehe Thanks YammYoon

  4. ASH CHUM

    Nice story

    1. avnyraa
      ASH CHUM

      Thanks Ash 🙂

  5. ssss?

    Varah rythi mi part… Story varah rythi vaanehen hiivey…. Next part kon irakun

    1. avnyraa
      ssss?

      Thanks.. Iraadhakurevviyya maadhan kohlaanan

  6. ssss?

    Ishaan ah mihaaru 18 yrs the?? Feshuniiru 6 aharu yey bunefa fahun 12 aharu fass eriima mi ehii

    1. calculator
      ssss?

      dhera kamennu dhen. 12 + 6 = 18 dho. evaru dhen bunan jeheytha working dhakkaafa.

      :p

    2. avnyraa
      ssss?

      aan 18 years

  7. Maree

    feshun v reethi

    1. avnyraa
      Maree

      Thanks maree

  8. Alya

    Alheyy,… V reethi vaaanehen heevany.. Pls ehkoh genesdhehchey ingey..
    Looking forward

    1. avnyraa
      Alya

      yes. Thanks

  9. Samee

    Stwryy v nycc.. Kiyuntherin ge cmmnt thakakee writer ah libey strength eh.. N writer ge reply nufennanyaa kiyuntherin cmmnt kuraan foohi vaane.. So plx reply all these cmmnt.. Gud luck n keep it up..

    1. avnyraa
      Samee

      Varah bodu thedheh thee. thanks for the tip 🙂

  10. Nana

    Feshun vrh salhi.. Next part avahah genes dhehchey..

    1. avnyraa
      Nana

      yes. Thanks 🙂

  11. Aashoo

    18 aharu vaairu ekahala kanthaka dhekolhu hadhan jereyne kanneyge… Adhi boy eh…

    1. avnyraa
      Aashoo

      Lets see

  12. silver mist

    Feshun vrh reethi… When nxt part

    1. avnyraa
      silver mist

      thanks. Tomorrow 🙂

  13. shaa

    Vvv reeethi bt haadakurey next part dhigukohla dhehchey

    1. avnyraa
      shaa

      Thanks 🙂

  14. shafu

    vv reethi ….when next part

    1. avnyraa
      shafu

      Thanks. Tomorrow 🙂

  15. imagination

    alhey.. this is so seyd..

    1. avnyraa
      imagination

      yes 🙁

  16. hishan

    ey adhi mi vaahakaiga hishan ge baeh vex genesdheythi.. aan dhn magey beybe ah viyya e haalu jahsan thi enguny..

    1. avnyraa
      hishan

      haha

  17. shalabee

    alhe ishan ah haadha vareh thikohlany..thihn hadhan vaane tha?

    1. avnyraa
      shalabee

      nuvaane. ehgothakah ves nuvaane ehen hadhaakah

  18. Yaan

    Feshun varah interesting

    1. avnyraa
      Yaan

      Thanks Yaan

  19. Laisha

    Alhe haadha dhera gothekey ishaan e vee…

    1. avnyraa
      Laisha

      aan dho 🙁

  20. Faalih

    OMG

  21. Sad

    Mi story akey hagygey story eitha????

  22. raany

    Mi story vvv rythi feshun.. vvv bodu ibratheh kiyuntherinnah haasil vaa gothah genesdeyne kamah hykuran.. dhyny gothah.. pls pls pls.. i like this

  23. Any

    Nice story ? love u

  24. Sham cham

    When next part????

  25. Sham cham

    Chee chee….bappa ekay kiyaafa bodu ifureetheh dhw thee??

  26. Laura

    Kobaa next part o mivaahaka dhen mihaa hisaabin nimunee tha

  27. Natha

    Bodu kameh.. 2morrw ga genesdhey namey kiyaafa adhivs eh 2morrw eh naadhey.. kiyun therin foohi vaagothr vaahaka liyan nufashaabala..

    1. Ishan ge natha
      Natha

      Oh! It’s not me… Alhugandu varah interesting mi vaahaka ah… Ehen v ma fahu neyvayah ves inthizaaru kuraanah…

  28. Ushaa

    Avnyraa dhen avahah next part genes dhen v nu. Mulhi esfiya check kohfin next part hoadhan…

Comments are closed.