Skip to content
އެސްފިޔަ

ލޯތްބާނުލާ…! 1

“އާހް.. ތަދުވެޔޭ ދައްތާ…”
“ކޮންމެހެން މަށާދިމާލަށް ދައްތާއޭ ކިޔާ ގޮވާނެކަމެއް ނެތް.. ހަމަމިހާރު މިހިރަ އެއްޗެހިތައް ދޮންނާން ދޭ..!” މާޝާގެ ކަންފަތުގައި ބާރަށް ހިފާ ކޮއްޕާލަމުން ނަފީސާ ބުންޏެވެ.
އުމުރުން މިހާރު 16 އަހަރަށްދާ މާޝާ ދޮންމަންމަ ގާތައް ދިރިއުޅުން ބަދަލުކުރީ އޭނާގެ އުމުރުން 9 އަހަރުގައި މަންމަ ނިޔާވުމާ ގުޅިގެނެވެ. ލިބެމުންދާ އަނިޔާތަކަށް ކެއްކޮއްގެން މިއަދާ ހަމައަށްވެސް މާޝާ އުޅެމުން އަންނަނީ އޭނާގެ މަންމަގެ ވަސިއްޔަތައް ޓަކާއެވެ.
” ދަރިފުޅާ..! މަންމަ ނެތް ދުނިޔެ އެއްގައިވެސް ދަރިފުޅު އުޅެންވާނީ ވަަރަށް ބަސްއަހައިގެން.. އަޙްލާގު ރަނގަޅު ދީންވެރި ކުއްޖަކަށް އަބަދުވެސް ވާތި.. އަނިޔާއެއް ލިބޭނަމަ އެއަނިޔާއަކަށް ކެއްކުރަން ދަސްކުރާތި. މާތްﷲ ވޮޑިގެންވާނީ ކެއްތެރިން ނާއިއެކު..” މާޝާގެ ހިތުގައި އަބަދުވެސް މަންމަ ބުނެފައިވާ ބަސްތައް ރައްކާކޮއް ފައިވެއެވެ.
އިރުއޮއްސި އަނދިރިވީ އިރުވެސް މާޝާގެ މަސައްކަތް ތަކަށް ކުޑަވެސް ލުޔެއްނުލިބެއެވެ. ބޮލުގައާއި ގައިތެރޭގައި ރިއްސާވަރުން މަސައްކަތް ތަކުގެބުރަ އިތުރަށް ބޮޑުވާހެން ހީވަމުން ދިޔައެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށް ފަހު ބަދިގެއަށް ވަނީ ދޮންމަންމަ ނިކުތުމުގެ ކުރިން ކާންތައްޔާރު ކުރުމަށެވެ. އޭރުގަޑިން ހަތްގަޑި ބައިވާން ކައިރިވެފައި ވާއިރު ލައިގެންކާނެ އެއްޗެއްވެސް ނެތެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ގޮސް ފިޔާ ކޮށަންފެށީ ބަތްގަނޑެއް ތައްޔާރު ކުރުމުގެ ނިޔަތުގައެވެ.
ދޮންްމަންމަ އާއި ދޮންމަންމަގެ ދެކުދިން ބަދިގެއަށް ވަތްއިރު މާޝާ ހުރީ ކާން ތައްޔާރުކޮއް ނިމިފައެވެ. އެތިން މީހުން ކެއުމަށް އިންސާފު ކުރަމުން ދިޔައިރު މާޝާ ހުރީ ބަލާންށެވެ. ރުހުމުގެ ލޮލަކުން ބަލާނުލިތާންގައި ރުޅިއައިސްގެން ނަމަވެސް ކާން އިށީނުމަށް ވެސް ނުބުންޏެވެ. އެކިކަހަލަ މަޖާ ވާހަަކަދައްކަމުން ކައިނިންމާލިއިރު މާޝާ ހުރިހެންވެސް އެމީހުންނަށް ހީނުވާކަހަލަ އެވެ. އެންމެ ކުޑަމިނުން ކެއިތަށި ތައްވެސް ހުރީ ހުރިގޮތަށެވެ. ނުކައި ނުބޮއި މުޅިދުވަހު މަސައްކަތާއި ގެން އުޅެންޖެހުމުން މާޝާގެ ބޮލަށް އެނބުރުން އަރާހެން ހިވެއެވެ. ހެދިބަތްގަނޑު ހުސްވެފައި ވުމުން މިރޭގައިވެސް މާޝާއަށް ޖެހުނީ ފެންފޮދަކުން ފުއްދާލާންށެވެ. ބަދިގެ ތެރޭގައި އިތުރަށް ކުރަންހުރި މަސައްކަތްތައް ނިންމާލެވުނިއިރު ހުރީ އެގާރަޖަހާ ބޮޑުވެފައެވެ.
ކޮޓަރިއަށްވަދެ އެނދުގައި ރަނގަޅަށް އޮށޯއްވެލީ އަރާމު ނިންޖަކަށް ބޭނުން ވެފައިވާލެއް ބޮޑުކަމުން ނެވެ. ކުރިޔަށް އޮތީ ސުކޫލް ދުވަހެއްކަމުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ގިނަވާނެކަން އެނގޭތީ މާޝާ ބެލީ އަވަހަށް ނިދޭތޯއެވެ.
“މަންމާ..! މަންމާ..! ތެދުވެބަލަ..” ނަފީސާއަށް ހޭލެވުނީ އޭނާގެ ދޮށީ އަންހެން ދަރިފުޅު ޒީޝާން ގޮވާއަޑަށެވެ.
“ދޭބަލަ އެ މާޝާއަށް އަށް ގޮވަން. އަހަރެންގެ ޔުނީފޯމް އެހުރީ އިސްތިރި ނުކޮއް.. ޒިވާ ކޮއްކޮގެ ބޫޓެއްވެސް ނުދޮވޭ.. އެއަންހެނާ ކޮޓަރިކޮޅުން ނުކުންނަވާނެ އިރެއްގެ އިންތިޒާރުގަ ދެންމިހެން ތިބޭންވީތަ..!” އެއްފައްޗަކަށް އަމުނާލަމުން ޒީޝާން މިހެން ބުނެލީ ރުޅިއައިސްފަ ހުރެއެވެ. އޭރުގަޑިން ހަޔެއްޖެހީއެވެ. ހަގަޑި ސާޅިހަށް ސްކޫލަށް ދާންޖެހޭއިރު ގަޑިޖެހިދާނެތީ ޒީޝާންހުރީ ހިތްނުތަނަވަސް ވެފައެވެ.
ނަފީސާގޮސް މާޝާ ކޮޓަރީ ދޮރުފަތް ވެއްޓޭވަރަށް ތަޅައިގަތެވެ. އެއަޑަށް ލޯގަނޑުކައިރީ ފުނާއަޅާން ހުރި މަޝާ ދިޔައީ ސިއްސައިގެނެވެ. އަވަސްއަވަހަށް ގޮސް ދޮރުހުޅުވާލީ ވެގެންއުޅޭގޮތެއް ބެލުމަށެެވެ. އެއާއި އެކު އިތުރަށް ސިހިގެންދިޔައީ ކުރިމަތީގައި ރުޅިގަނޑު ކެކިކެކި ހުރި ނަފީސާ ފެނުމުންނެވެ.
” ކި ކި ކިހެ ނެއް ވީ ދައްތާ..!” އަޅައިގަންނަ ކަހަލަ ގޮތަކަށް މާޝާއަށް ބުނެލެވުނީ ނަފީސާ ދެކެ ބިރުގަނެފައި ހުރިވަރުންނެވެ. ކިތަންމެ ފަހަރަކު ނަފީސާއާ ދެކޮޅަށް އެއްޗެއް ބުނަނަން ހިތައް އެރިޔަސް މާޝާއަށް ހިތްވަރުދޭނެ އިތުރު މީހަކު ނެތުމުން އެކަންވެސް ވަނީ ކާމިޔާބު ނުކުރެވިފައެވެ.
“ކިހެނެއްހޭވީ..! ބަލަ ކަލޭކައިރީގަ އަބަދު ބުނަންޖެހޭތަ ޒީޝާންގެ ޔުނީފޯމް އިސްތިރިކޮއްފަ ބަހަށްޓާށޭ.. ޒިވާގެ ބޫޫޓުވެސް އެހުރީ ހުރިގޮތައް.. އެ ދޮންނާންވެސް ކަލޭއަށް ނޭންގެނީތަ..!” ނަފީސާ ވާހަކަދެއްކިއިރު ހީވަނީ މާޝާ ކައިނުލެވިގެން އުޅޭހެނެވެ. އެހާވެސް އޭނަހުރީ ރުޅިއައިއްސައެވެ.
ނަފީސާ އެހާރުޅި ގަދަވެފައި ހުރި ސަބަބު އެނގުމުން މާޝާގެ ހިތުން ނަފީސާއަށާއި ޒީޝާންއަށް ކުދިކިޔަމުން ދިޔައެވެ. މާޝާއެކޭ އެއްފަދައިން ޒީޝާންއަކީ ވެސް ބޮޑުވެފައި ހުރި އަންހެން ކުއްޖެކެވެ. ” އަޅެއެ ޒީޝާން ކީއްތަވާނީ އެވަރުކަމެއް އޭނަ އަމިއްލައަށް ކޮއްލިއްޔާ.. އޭނަގެ ކަންތައްވެސް މިވަނީ އެހެންމީހުން ލައްވާ ކުރުވަން. ނުވިތާކައް ގޭގެ ހުރިހާކަމެއް ވެސް ކުރަން މިޖެހެނީ އަހަންނަށް.. ހިތައްއަރާ މިތަނުން ސަލާމަތް ވެވޭނީ ކޮންދުވަހަކުން ބާއޭ…!” މާޝާގެ ހިތާހިތުން މިޝަކުވާތައް ކުރެވުނަސް ދުލާހަމައަށް އެބަސްތައް ގެންނަން ފަސްޖެހިފައި ވެއެވެ.
އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދިވެސްް މާޝާއަށް ސްކޫލައް ދެވުނީ ގަޑިޖެހިގެނެވެ. އޭރު އެތައް ކުދިންނެއްގެ ލޯތައް މާޝާާއާ ދިމާލައް އަމާޒުވެފައި ވެއެވެ. ފަސްޖެހިފައި ހުރެގޮސް ކުލާހައް ވަތްއިރު ޓީޗަރު ފެންނާކަށް ނެތެވެ. “އަލްޙަމްދުލިއްﷲ” މާޝާގެ ހިތާހިތާ ކިޔާލެވުނެވެ. ކޮންމެދުވަހަކު ގަޑިޖެހިގެން ކުލާހަށް ވަންނާން ޖެހުމުން ލިބޭ އަދަބު މިއަދަކު ނުލިބޭނެކަން އިނގުމުން އުފާވިއެވެ.
“މާޝާ..! ހާދަލަހުން ތިއައީ.. ނުހޭލެވުނީތަ..” މާޝާގެ ފަހަތުން މީހަކު ވާހާކަ ދެއްކިއަޑަށް ސިހިފައި ބަލާލިއިރު އީމާން މާޝާއާ ދާދި ގާތުގައި އައިސް ހުއްޓެލިއެވެ. އީމާންއަކީ އަބަދުވެސް މާޝާއަށް ވަރަށް ރަނގަޅު ކުއްޖެކެވެ. ކުލާސް ތެރޭގައި ދިމާވާ ކަންތައްތައް އެންމެ ގިނައިން މާޝާ ހިއްސާކުރަނީ އީމާން އާއެވެ. އީމާން ކުރިސުވާލައް ޖަވާބުދިނުމަށް މާޝާ އަނގަހުޅުވާލި ވަގުތަކީ ކުލާހަށް ޓީޗަރުއައިސް ވަތްވަގުތެވެ. އެހެން ކަމުން އީމާންއަށް ހިނިތުންވުމެއް ރައްދު ކޮއްލުމަށްފަހު މާޝާ ހިނގައިގަތީ އޭނާގެ މޭޒާދިމާލަށެވެ. އޭރު އެމަންޒަރުބަލަން ދުރުގައިއިން ޒީޝާން އިނީ ނަފްރަތުން ފުރިގެންވީ ލޮލަކުން މާޝާއާ ދިމާލައް ބަލާންށެވެ. އީމާން އެހާގާތްކޮއް މާޝާއާ ވާހަކަ ދެއްކިތަން ފެނުމުން ޒީޝާންގެ މޫޑު ހަރާބުވެގެން ދިޔައެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމެމުންގޮސް އެންމެފަހު ގަޑި ނިމުމަކާ ހަމައަށް ދިޔައެެވެ. ކުލާހުގައި ފޫހިވެފައި އިން ޒީޝާން ރަނގަބީލު ޖެހުމާއިއެކު އެހެންކުދިންނަށް ވުރެށް ކުރިން ނިކުމެގެން ގޮސް މަޑުކުރީ ލައިބްރަރީ ކުރިމަތީގައެވެ. ކޮންމެދުވަކުވެސް ކުލާސް ނިންމާފައި މާޝާ އާއި އީމާން ލައިިބްރަރީ އައްގޮސް ކޮންމެވެސް ފޮތެއް ކިޔާލުމަށް މަޑުކުރުމަކީ އާދައަކަށް ވުމާއެކު، ޒީޝާން ގަސްތުކުރީ މާޝާ އާއި ޖެއްސުން ކޮއްލާންށެވެ. މާޝާ މެން އަންނަތަން ފެނުމާއެ ޒީޝާން ލައިބްރަރީއައް ވަދެ އާންމުކޮށް މާޝާމެން ތިބޭ މޭޒުގައި ފޮތެއް ހިފައިގެން ޖައްސާލިއެވެ.
މާޝާ އާއި އީމާން ކޮންމެވެސް ވާހަކަ އެއްގައި ދާދި އެއްވަރަކަށް ހިގާލާފައި އައިސް ލައިބްރަރީއައް ވަދުނެވެ. ޒީޝާން ފެނުމުން މަޝާ ކުޑަކޮށް ހައިރާން ވިއެވެ. ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުމުން ކަމައްވެސް ވެދާނެވެ. ނަމަވެއް އެއީ މާބޮޑު ކަމަކަށް ނަހަދާ މާޝާ އީމާން އާއިއެކޮށް ގޮސް ފޮތެއް ނަގައި އެހެން މޭޒެއްގައި އިސީންދުނެވެ.
ވަށްކަޅިން މި މަންޒަރުތަށް ބަލަން އިން ޒީޝާން އަކައް ކެތެއް ނުވިއެވެ.”މާން މިއީ ކިހިނެއްވާ ވާހަކަ އެއްތަށް؟” މާނޫން ކަމަށް ހަދާފައި ގޮސް އީމާން ކައިރީގައި އިށީނަމުން ބުނެލިއެވެ. “ނޭނގޭ…” އީމާން ޖަވާބު ވަރަށް ކުރުގޮތަކަށް ދިނެވެ. ޒީޝާން އަތުގައި އޮތީ މާޝާ ކިޔާފައިއޮތް ވާހަކައަކަށް ވުމާއެކު އެވާހަކައިން ވާގޮތް ޒީޝާން އަށްބުނެދިނުމަށް އަނގަހުޅުވާލިއެވެ. “ތި ވާހަކަ އިން…” ހަމަ އެވަގުތު ޒީޝާން މާޝާގެ އަނގަ ބަންދު ކޮލިއެވެ. “ޝަޓަޕް.. ކަލޭއަކާ ސުވާލެއް ނުކުރަމެންނު.” މާޝާ އަކީ ޖަދަލަށް ރައްދުދޭ ކުޖެއް ނޫން ކަމުން އިސްދަށަށް ޖަހާލިއެވެ. ޒީޝާންގެ އަމަލުތަށް ހުރިގޮތުން އޭނާގެ މަޤުސަދު އީމާން އަށް ނަގައިގަނެވުނެވެ. ކުލާސް ތެރޭގައި މާޝާ ކުރާ ކަންތައްތަކުގައި ޒީޝާން އަބަދުވެސް ހުންނަނީ އެކަމަކަށް އަނގަލައި ޖެއްސުން ކޮއްލަކޮއްލައިއެވެ. މިދެމީހުންގެ ގުޅުން ކޮންމެވެސް ވަރަކައް އީމާންއަށް ރޭކާއިލާފައި ވުމާއެކު އިތުރުކޯޅުމަކަށް ނުދަނީސް އޭނާ ނިންމީ ގެޔަށް ދާށެވެ. “މާޝާ ދެންހިގާ ގެޔަށް ދާން.. އަހަރެން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް ވެސް އިބަހުރި..” އީމާން އަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލަމުން މާޝާ ތެދުވިއެވެ.
ޒީޝާން ކުރިސުވާލަށް އީމާންގެ މާބޮޑު ސަމާލުކަމެއް ނައުމުން ޒީޝާން އިނީ ހިތްހަމަނުޖެހިފައެވެ. މާޝާއާއި އެކު ގެޔަށްދާން ހިނގައިގަތް އީމާން ތަންކޮޅަކަށް ގޮސްފައި މާޝާގެ އަތުގައި ހިފާލިއެވެ. ނުވިސްނައި ހުރި މާޝާ ސިހިފައި ކަހަލަ ގޮތަކަށް އީމާންގެ މޫނަށް ބަލައިލިއެވެ. އެއާއިއެކު އީމާން މާޝާގެ މޫނަށް ބަލައިލަމުން ލުއި ހިނިތުންވުމެއް ރައްދުކޮއްލިއެވެ. މިމަންޒަރު ބަލަންއިން ޒީޝާންއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާގެ ހިތާހިތުން މާޝާ އަަށް ކުދިކިޔަމުން ދިޔައެވެ. މާޝާ މެންގެ ފަހަތުން ދިއުމަށް ނިކުތް ޒީޝާންއަށް މަޑުޖެހިލެވުނީ ކުލާސް ދޮރުމަތީގައި ތިބި ދެޓީޗަރުންނާ ވާހަކަދައްކާން މާޝާމެން މަޑުކޮއްލައިގެން ތިބިތަން ފެނުމުންނެވެ. އޭރުވެސް އީމާންހުރީ މާޝާގެ އަތުގައި ހިފާއްޓައިލައިގެނެވެ.
“މިއަދުއެ މާޝާއަށް ވަރުގަދަ ލަނޑެއްދޭނަށް.. ނިކަން އަހަރެން ކުރިމަތީގައި އެހެން އުފަލުގަ އުޅުލަބަލަ..” ނަފްރަތުގެ ލޮލުން މާޝާއަށް ބަލާލަމުން ޒީޝާން ބުނެލިއެވެ. އޭރު މާޝާއާއި އީމާން އެކުގައިގޮސް ގޭޓުން ނުކުންނަނީ އެވެ. އެދެމީހުންގެ ފަހަތުން ދިއުމަށް ޒީޝާން ދުއްވައިގަތެވެ.
“އީމް.. އަހަންނަށް ވަރަށް ރީތި މަލެއް މިގަހުގަ މިހުރީ.. އެކަމު ކިހެނެއް ބިންނާނީވެސް.. ހާދަމަތީގައޭ އެހުރީވެސް.” މަތަރެސްމާ ގަހެއް ދައްކަމުން މާޝާ ބުނެލިއެވެ.
“މާޝޫ މަޑުކުރޭ މިތާ..! އަހަރެން މިއަންނަނީ..” މިހެން ބުނެލުމަށް ފަހު އީމާން ގޮސް މަތަރެސްމާ ގަސްއިން ދިމާލުން ފާރުމައްޗައް އެރިއެވެ.
“އީމް ވެއްޓިދާނެ.. ފައިބާތިތަނުން.” އީމާން ހަލުވިކަމާއެކު ފާރުމައްޗައް އެރިމަންޒަރު ފެނި މާޝާ ބިރުގަތެވެ. އެދިމާލައް ދިއުމަށްޓަކައި މާޝާ ބާރަށް ހިނގައިގަތެވެ. އޭރު މަގުގެމެދުން ބާރު ސްޕީޑުގައި ދުއްވާފައި އަނަން ކާރާދިމާލަކައް މާޝާގެ ސަމާލުކަމެއް ނުދިޔައެވެ. އެއަށް ވުރެއްބޮޑައް އޭނަ ބިރުގެންފައި ވަނީ އީމާންއަށް ކަމެއް ވެދާނެތީއެވެ.
“މަންމާ..!” ކުއްލިއަކަށް ފާރުމަތީގައި މާ ބިންނާން އޮތް އީމާން ސިހިގެންދިޔައީ އިވުނު ބާރު އަޑުފައްގަނޑުން ނެވެ.

Comments (41)

  1. firu

    Feshun reethi… Ekm tha kolheh kury. Dhen kon irakun aneh part enesdheynee.

    1. Lau
      firu

      Awwwn thankx firu.. Nxt saturday ga second prt up kohdhey nah insha allah..

  2. Lau

    Hey guys.. Here is the first prt.. Hope you all will read this and leave a cmmnt.. Thihurihaa kiyuntherin ge cmmnt thrr ves ufalaaieku balaigan naanah..

  3. Any

    Mibai v reethi heevany reethi vane hen konirakun next prt

    1. Lau
      Any

      Thankx any.. Konme saturday ehga stwryy up kuraanah.. Cox um very bxy n dhivehi typing ehaa fasteh nunadhi..

  4. ssss?

    Story varah rythi vaanehen hiivey…. Waiting for nest part ?

  5. ssss?

    Story varah rythi vaanehen hiivey…. Waiting for next part ?

    1. Lau
      ssss?

      Awwan thankx.. wait kohlahchey ingeyy..

  6. Maree

    v reethi

    1. Lau
      Maree

      Thankx maree

  7. HSS

    V V reethi

    1. Lau
      HSS

      Thankx HSS

  8. Nana

    Salhi furathama part.. Hyvey story vx vrh rythi vaane hen..

    1. Lau
      Nana

      Awwwn thankx nana..

  9. silver mist

    Reethi

    1. Lau
      silver mist

      Thankx

  10. Maasha

    Ohhh its very nice v hurt touching keep it up

    1. Lau
      Maasha

      Sryy maasha.. U ge cmmnt ah reply dhinin igey..

  11. shafu

    alhey hama kiyakiya indhaa eh nimuny mi part …. when next part

    1. Lau
      shafu

      Alhey ehntha.. kehkolaa igey shafu.. Nxt saturday ga uo kohdheynah.. Thankx stwryy kiyaaly thy

    2. Lau
      shafu

      Up*

  12. Lau

    Awwwn really.. Glad to hear that.. Thankx a lot maasha..

  13. ASH CHUM

    Mi hama habeys vaahaka akah vaane.mi part v v v reethi.keep it up

    1. Lau
      ASH CHUM

      Alhey aslu tha.. Thankx ASH CHUM varah bodah..

  14. Eanal

    Aharennah Miwahakaige Furathama Bain Sifa v Cinderella.. But Its Nice.. Waiting for the next part.. i think the story will be nice.

    1. Lau
      Eanal

      Aan dhw cinderella aa ves vahtharu hen heevey.. Hehe.. Thankx Eanal

  15. lara

    salhi

    1. Lau
      lara

      Thankx lara

  16. Khajja

    Stry v rythi ekam haadhalahun up kuraavaahaka thibuny e avvure avhennuvaanetha week aku 2 prts viyas pls pls pls n keep it up

    1. Lau
      Khajja

      Thanks khajja.. Lau bxy koh ulhen jeheythy weekaku 1 prt up kureveyne vaahaka bunee.. Bt i will try igey.. Thank v bodah..

  17. Xeesh

    Feshun v reethi. . Waiting 4 nxt. ..

    1. Lau
      Xeesh

      Thankx xeesh..

  18. MaHey

    Varah hithuga alhai ganna vaahaka eh waiting for the next part?

    1. Lau
      MaHey

      Owh ehntha.. Thankx MaHey.

  19. hoodh

    Vvvvvvv reethi

    1. Lau
      hoodh

      Thankx hoodh

  20. names

    vvv reethi when next part…..♡♡♡♡

    1. Lau
      names

      Thankx names..

  21. Shiboo

    V reethi….??

  22. Lau

    Thankx shiboo <3

  23. HSS

    haadha lahey hafthayaku dhedhuvahu up kolladhebala

Comments are closed.