Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 7

Aishasha Level 310 Stories100 Login
April 22, 2017 5 Mins Read
13 Comments

ޔާނިއުގެ ލޮލުގައި، އެކަނިމާއެކަނި އިން އަނާނީ އަޅައިގަންނާކަށް މާ ވަގުތެއް ނުނެގިއެވެ. އޭނާ ދުރުން އަނާނީއަށް ހަނާއަޅާލައިފައި، މަޑު ހިނގުމެއްގައި އައިސް އަނާނީގެ ކުރިމައްޗަށް ހުރި ގޮނޑީގައި ޖައްސައިލިއެވެ.

“ލަސްވެއްޖެ ދޯ. އިރުއޮއްސުނު ގަޑީ ނިދުން ގޮތަށް ދެންމެ ހިއްލައިލެވުނީ.” ޔާނިއުގެ މޫނުމަތީގައި ވަނީ ކަންނެތް ހިނިތުންވުމެކެވެ.

“ހްމްމް އޯކޭ ވާނެ.” ހާސްވެފައި ހުރި ވަރުން ދައްކާނެ ވާހަކައެއް އަނާނީއަކަށް ނޭނގުނެވެ. ކުރިމަތީގައި މީނީ ހަމަ ހަގީގަތުގައިވެސް ޔާނިއުކަން އޭނާއަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ހުވަފެނެއްބާއޭ ވެސް ހިތަށް އަރަން ފެށިއެވެ.

“އަސްލު ރޭގަ ތިކުއްޖާގެ އެފްބީ ޕްރޮފައިލް ހާވާލީމަ އެނގިއްޖޭ. ޓަސްލާފަ ހަނދާންވީ އެއްކަލަ އަމީނީ މަގުން ފެނުން ކުއްޖާއޭ!” ހެމުން ޔާނިއު ބުންޏެވެ. އަނާނީވެސް ހީނލިއެވެ. އެއޮއް ފިނި މާޙައުލުގައިވެސް އަނާނީގެ މޫނުމަތިން ދާހިއްލަން ފަށައިފިއެވެ. އޭނާ އިނީ އެހާވެސް ހާސްވެ، ލަދުގަނެފައެވެ.

“ބައި ދަ ވޭ، މިއީ ޔާނިއު އިނގޭ.” ޔާނިއު ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. “އެދުވަހު އެހާ ރުޅި އައިސް އިނީ ރައްޓެހި ބަޔަކާ ޖެހުނު މައްސަލައަކުން. ނޮޓް އެޓް ޔޫ. އެކަމަކު ކުއްލިއަކަށް ސައިކު ކުރިމައްޗަށް އެރީމަ އެގަޑީ ކުޑަކޮށް ރުޅި އާދެވުން.” އޭނާ ހަގީގަތް ކިޔައިދިނެވެ.

ޔާނިއުއާ ސަލާމް ކޮށްލުމަށްފަހު ވެސް، ދައްކާނެ ވާހަކައެއް އަނާނީގެ ބޮލަކަށް ނައެވެ. އޭނާގެ ދޫ ބަންދުވެފައިވާ ކަހަލައެވެ. ކުރެވުނުހާ ވެސް ކަމަކީ ޔާނިއު ބުނި އެއްޗަކަށް ބޯޖަހައިލުމެވެ. މިކަން ފާހަގަވެގެން ޔާނިއު އަހައިލިއެވެ. “އާ ޔޫ ސްކެއާޑް އޮފް މީ؟ ދެން ކީއްވެ މިތަނަށް އަންނަން އެއްބަސްވީ؟”

ޔާނިއުގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ހުރިހެން ހީވުމުން އަނާނީ ހިތަށް އެރިއެވެ. މި ކުރެވެނީ ކީއްހެއްޔެވެ. މިގޮތަށް މަޑުން އިންނަންޏާ ޔާނިއު އޭނާ ދެކެ ފޫހިވެގެން ގޮސްވެސްފާނެއެވެ. ގަދަކަމުން ވިޔަސް، މި ލަދުވެތިކަން ފިލުވައިލަން މިވަގުތު އެބަޖެހެއެވެ.

“ނޫނޭ! ކީއްވެ ބިރު ގަންނަންވީ؟” އަނާނީ އަވަހަށް ސަމާސާގެ ރާގުގައި ވާހަކަ ދައްކަންފެށިއެވެ. މާމަޑުން ތިބޭ ކުދިން ޔާނިއުއަށް ކަމުނުދަނީ ކަންނޭނގެއެވެ. އެހެންނޫނަސް، ޔާނިއު އެހާ “ފްރެންޑްލީ” ކޮށް ވާހަކަ ދައްކާއިރު އަނާނީއަށް ނުދެއްކެންވީ ކީއްވެހެއްޔެވެ.

“އަނގައިން ނުބުނެ އިނީމަ. އެހެންނޫނަސް ޕާޓޭން ދެކެ ތިކަހަލަ ކުދިން ވަރަށް ބިރުގަންނާނެ.” ޔާނިއުވެސް ސަމާސާ ކޮށްލިއެވެ. އެވަގުތު އަނާނީގެ ހަނދާނަށް އައީ ޔާނިއުއޭ ކިޔައިގެން ރީޝާ މީގެ ކުރިން ބުނެފައިވާ ވާހަކައެވެ. ރީޝާ ބުނި ގޮތުގައި ޔާނިއު އަކީ “ބޭޑް ބޯއީ” އެކެވެ. ޕާޓޭއެއް ކަހަލަ މީހެކެވެ. އެއީ ހަމަ ތެދެއްބާއެވެ. އެކަމަކު ޔާނިއުއަށް ބަލައިލައިފައި ޕާޓޭއެއްގެ ސިފައެއް ނުޖަހައެވެ. އެހެންނޫނަސް، ކަރުގައި ފަށެއް އަޅައިފައި، ބޯ ދިގުކޮށް ތިބޭ ކޮންމެ މީހަކީ ޕާޓޭއެއް ނޫނެވެ. ޔާނިއުގެ އިސްތަށިގަނޑު އެހާ ދިގެއްވެސް ނޫންވިއްޔާއެވެ. ހަމަ ފިރިހެނަކާ ބަލާފައި ރީތި ވަރެކެވެ.

ވެއިޓަރު އައުމުން، އަނާނީއަށް ގެންނަންވީ ކޯއްޗެއްތޯ ޔާނިއު އަހައިލުމުން، އަނާނީ ބުނީ ޗޮކްލެޓު މިލްކްޝޭކެއް ކަމަށެވެ. އެހެންކަމުން، ޔާނިއު އަވަހަށް  ޗޮކްލެޓު މިލްކްޝޭކަކަށާއި، ކަޅު ކޮފީ އަކަށް އޯޑަރު ދިނެވެ. އަދި ވެއިޓަރު ދިޔުމުން އަނާނީ ކުޑަކޮށް ސީރިއަސްވެލައިފައި އަހައިލިއެވެ. “ތީ ޕާޓޭއެއްތަ؟”

އޭގެ ޖަވާބަކަށް ޔާނިއު ހިނިގަނޑެއް ޖަހައިލައިފައި ބުންޏެވެ. “ޔޫ ކުޑް ސޭ ސޯ.” ނަމަވެސް އަނާނީ އިތުރަށް އެނގެން ބޭނުންވިއެވެ. ޔާނިއު އަކީ އަސްލު ކީއް ކުރާ، ކާކު ހެއްޔެވެ.

“ލެޓްސް ނޮޓް ޓޯކް އެބައުޓް މީ. ޓެލް މީ އެބައުޓް ޔޫ. ސޯ، ލޫކަސް އަކީ ކާކުތަ؟ ބިޓުތަ؟” ޔާނިއު ވާހަކައިގެ މައުޟޫ އަނާނީއަށް އަނބުރައިލީ، ލޫކަސްއާ ހިސާބުންނެވެ.

އެ ނަން އިވުމުންވެސް އަނާނީގެ ލޭ ހޫނުވިއެވެ. މޫނަށް ގޮތެއް ހަދައިލެވުނީ ބޭއިޚްތިޔާރުގައެވެ. މި މަންޒަރު ފެނިފައި ޔާނިއު ހެމުންހެމުން ބުނެލިއެވެ. “އޯކޭ، ތިހާ ރުޅި އަންނަންޏާ ބިޓަކަށް ނުވާނެތާ ދޯ. އެކްސެއް؟”

“އެކަހަލަ އެއްވެސް ގުޅުމެއް ނެތް! ވީ ޖަސްޓް ލިވް އިން ދަ ސޭމް ޕްލޭސް. އެގޭ ބޮޑު މީހާގެ ކޮއްކޮ. އައި މީން، މައި އާންޓް ގެ ހަޒްބަންޑުގެ ކޮއްކޮ. އިހަކަށް ދުވަހަކު ބެންކޮކުން މިކޮޅަށް އައީ. ވަރަށް ވަރަށް އުނދަގޫ ބޮޑު. އައި ކާންޓް ޓޮލެރޭޓް ހިމް. ނޮޓް އާފްޓަރ ވަޓް ހީ ޑިޑް ލާސްޓް ނައިޓް!” އަނާނީ ކިޔައިދިނެވެ. އޭރު އޭނާގެ އަތްތިލަ ހުރީ، ރުޅިއައި ވަރުން މުށްކަވައިލެވިފައެވެ.

“އައި ސީ..” ލޫކަސްގެ ވާހަކައިން އަނާނީ ރުޅި އައި ވަރު ފެނިފައި، މިއީ ސަމާސާއަކަށް ނަގަންވީ ކަމެއް ނޫންކަން ޔާނިއުއަށް ވިސްނުނެވެ. މި އަންހެންކުއްޖާއަށް ދިމާވެގެން މިއުޅެނީ އެއަށްވުރެ މާ ބޮޑުކަމެކެވެ. ލޫކަސް ރޭގައި ކުރި ކަންތައް އަނާނީ ބޮޑަށް ތަފްސީލުކޮށް ކިޔައިދިނުމުން، އަނާނީއަށް ލޫކަސްގެ ފަރާތުން ކޮންމެ ފަދަ ނުރައްކަލެއްވެސް ދިމާވެދާނެ ކަން ޔާނިއުއަށް އެނގުނެވެ. ޔާނިއު އަކީ ވެސް ފިރިހެނަކަށް ވެފައި، އޭނާގެ އެތައް މިޒާޖެއްގެ އެތައް ރައްޓެހިންނެއް ތިބޭއިރު، ފިރިހެނުންގެ ގޮތް އޭނާއަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެއެވެ. ބައެއް ފިރިހެންނުންނަކީ، އަމިއްލަ އެދުން ފުއްދަން ކޮންމެފަދަ ދަށުދަރަޖައަކަށް ވެސް ވެއްޓިދާނެ ބައެކެވެ.

“ޓެލް މީ އެބައުޓް ޔޯ ފެމިލީ” ވެއިޓަރު އެމީހުންގެ އޯޑަރު ގެނައުމުން، އޭނާގެ ކޮފީތަށިން އެތިފޮދެއް ދަމައިލަމުން، ޔާނިއު މައުޟޫ ބަދަލުކޮށްލިއެވެ. ލޫކަސްގެ ވާހަކަ ދައްކައިގެން އަނާނީ އިތުރަށް މޫޑު އޯފް ކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އަނާނީ އޭނާގެ އާއިލާއާ ބެހޭ ގޮތުން ކިޔައިދިނެވެ. އޭނާގެ ބައްޕަ އޭނާ ވަރަށް ކުޑައިރު އެމީހުން ދޫކޮށްލައިފައި ގޮއްސި ކަމާއި، އޭގެ ފަހުން ބައްޕަގެ އެއްވެސް ހަބަރެއް ނުވާކަމަށާއި، އަނާނީއާއި ބޭބެ ބަލައި ބޮޑުކުރީ މަންމަ އެކަނި ކަމަށް ބުންޏެވެ. އަދި، އޭނާ އުޅެބޮޑުވީ ކިތަންމެ ނިކަމެތި ކަމެއްގެ ތެރޭގައި ކަމަށްވިޔަސް، މަންމައަށް ކޮށްދެވުން ހުރިހާ ކަމެއް އެދެބެއިންނަށް ކޮށްދެމުން އައިކަމަށެވެ. އެހެންކަމުން، މިއަދު އޭނާ މާލެ އައިސް މިހުރީ މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމުގައި ވެސް ބުނެލިއެވެ.

“ދެން ޔާންއާ ބެހޭގޮތުން އެއްޗެއް ކިޔައިދީބަ؟” އަނާނީ ހުރީ ޔާނިއުއާ ބެހޭގޮތުން އެނގެން ކެތްމަދުވެފައެވެ. ނަމަވެސް ޔާނިއު އޭނާއާ ބެހޭ އެއްވެސް އެއްޗެއް ކިޔައިދޭން އުޅޭ ވައްތަރެއް ނުޖަހައެވެ.

ޔާނިއު އެއަށް އެއްޗެއް ބުނަން އަނގަހުޅުވައިލި ވަގުތު، މޭޒުމަތީގައި އޮތް އަނާނީގެ ފޯނު ރިންގުވާން ފެށުމުން މަޑުކޮށްލިއެވެ. ނަމަވެސް އަނާނީ އިނީ ޔާނިއުގެ ވާހަކަ އަޑުއަހާ ހިތުންނެވެ. އެހެންކަމުން، ގުޅަނީ ކާކުތޯ ވެސް ރަނގަޅަށް ބަލައިނުލައި، ބިޒީ ކޮށްލައިފައި ފޯނު ސައިލެންޓަށް ލިއެވެ. އެއަށްފަހު ޔާނިއުގެ ވާހަކަ ކުރިއަށް ގެންދާށޭ ބުނެލިއެވެ.

“އިޓްސް ޓޫ ސޫން. އަދި ފަހުން ކިޔައިދޭނަން. ހިނގާ ދަމާ. ތިކުއްޖާ ގޭ މީހުން ހޯދާނެ ކަންނޭނގެ މިހާރު. މިހެން ތިއްބާ ވާރޭ ވެހެން ފަށައިފިއްޔާ ތިބެން ޖެހޭނީ މިތާ ތެރޭ ތާށިވެފަ”. ޔާނިއު ވެއިޓަރަށް އިޝާރާތްކޮށްލައިފައި، ބިލް ގެނެސްދޭން ބުނެލިއެވެ.

އަނާނީ ޔާނިއުއާ އެއްކޮށް އެތަނުން ނުކުތީ މާޔޫސްވެ ހުރެއެވެ. ޔާނިއުއާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގޭ ގޮތް ނުވުމުންނެވެ. ނަމަވެސް، ޔާނިއުއަކީ ހިތްހެޔޮ މީހެއްކަން އެނގުމުން އުފާވެސްވިއެވެ. އަދި، މީގެ ފަހުން ޔާނިއުއަކީ އޭނާގެ ރައްޓެއްސެކެވެ. ދިމާވި ފުރަތަމަ ދުވަހުންވެސް ގާތްކަން އުފެދިއްޖެއެވެ. މި ހުރިހާ ކަމަކަށް އަނާނީ ޝުކުރުވެރިވެއެވެ. އެހެންނޫނަސް، މިއީ އަދި ފެށުމެއްނޫންހެއްޔެވެ.

“އަރާ، ގެއަށް ގެންގޮސްދޭނަން.” ޔާނިއު އޭނާގެ ޖީއެން ސައިކަލު ސްޓާޓު ކޮށްލައިފައި، ޕޭވްމަންޓު މަތީ ހުރި އަނާނީއަށް ހިނިތުންވެލަމުން ބުންޏެވެ. އަނާނީ އެއްވެސް ފިކުރެއްނެތި، ޔާނިއުގެ ފަހަތަށް އެރިއެވެ. އަދި ސައިކަލު ދުއްވައިލުމުން އަނާނީގެ ހިތަށް އެތައް ކަމެއް އަރައިފައިބަން ފެށިއެވެ. އެތައް ޝުޢޫރެކެވެ. މިއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ އޭނާއަށް މި އިނދެވެނީ، އެއްކަލަ ރީތި ފިރިހެނާގެ ސައިކަލު ފަހަތުގައި ހެއްޔެވެ؟ މިއީ ވަރަށް ނަސީބުގަދަ އަންހެން ކުއްޖަކަށް ނޫނީ ނުލިބޭނެ ފަޚުރެކޭ އަނާނީގެ ހިތަށް އެރިއެވެ. އޭނާ މިހާ ނަސީބު ގަދަ ވީ ކޮންއިރަކު ހެއްޔެވެ؟

ސައިކަލުގައި ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ވާރޭ ވެހެންފެށީ އެއްވެސް އިންޒާރެއް ނުދީއެވެ. ޔާނިއު އަވަހަށް ސައިކަލު އެތާ ތަނެއްގައި ޕާކު ކޮށްލިއެވެ.

“ބަޓް އައި ލަވް ރެއިން.. ހިނގާ ތެމެން!” އަނާނީ އޭނާގެ ހިތުގައި ވާ ގޮތް ހާމަކޮށްލީ، އެއްވެސް ފަސްޖެހުމެއް ނެތިއެވެ. މިހާރު ޔާނިއު ދެކެ އޭނާ ޖެހިލުމެއްނުވެއެވެ. ލަދެއްވެސް ނުގަނެވެ.

“އޯހް! އައި ވިޝް ވީ ކުޑް، އެކަމު މަށަކީ ރެއިން އަށް އެލާޖިކު ވާ މީހެއް. ވަރަށް ފަސޭހައިން ރޯގާ ޖެހޭނެ!” ސައިކަލުން ފައިބައިފައި، އަނާނީ ގޮވައިގެން އަސްކަންޏެއްގެ ހިޔަލުގައި މަޑުކޮށްލަމުން ޔާނިއު ބުނެލިއެވެ. “ދެން ތިކުއްޖާ އެކަނި ތެމޭކަށް ނުވާނެ ދޯ.”

“ދެން މިތާ ތިބެންވީ؟” އަނާނީ ދެއަތް ނެރެލައިފައި، ވާރޭ ތިކިތަކާ ކުޅެލަމުން އަހައިލިއެވެ.

“ހިނގާ މަށާ އެއްކޮށް. މިއީ އަހަރުން ހިސާބޭ. މިތާ އިންނާނެ ގޯޅި.” ޔާނިއު މިހެން ކިޔައިފައި، ވާރޭގައި ނުޖެހި ވޭތޯ ބަލަމުން، ކުރިއަށް ހިނގައިގަތެވެ. ފަހަތުން އަނާނީވެސް ހިނގައިގަތެވެ.

ޔާނިއު ގޮސް ވަނީ ގޯޅިގަނޑަކަށެވެ. ފަހަތުގައި ހުރި އަނާނީ ހުރީ ސުވާލު މާކެއްގައެވެ. ޔާނިއު އޭނާ މި ގެންދަނީ ކޮންތާކަށް ހެއްޔެވެ. ނަމަވެސް އޭނާ ޔާނިއުއަށް އިތުބާރުކުރެއެވެ.

އެ ގޯޅިގަނޑުގެ އެންމެ އެތެރެއަށް ވަދެފައި، ކަނާތްފަރާތުގައި ހުރި ދޮރެއްގައި ޔާނިއު ޓަކިދިނެވެ. އަނާނީ ހުރީ ނޭވާ ހިފަހައްޓައިލައިގެނެވެ. މިއީ ޔާނިއުގެ ގެ ހެއްޔެވެ؟ މި ޚިޔާލުގައި ހުއްޓައި، އެތެރެއިން މީހަކު ކުޑަކޮށް ދޮރުހުޅުވައިލައިފައި ބޯދިއްކޮށްލިއެވެ. “ޔާންޓޭ ކައެ ދޯ!” ބުޅި، ދިގު އިސްތަށިގަނޑެއްގެ ވެރި އެ ޒުވާން ފިރިހެނާ ބުނެލިއެވެ. އަދި މަތިން ފެށިގެން ތިރިއަށް، އަނާނީއަށް ރަނގަޅަށް ބަލައިލައިފައި ދޮރު ބޮޑަށް ހުޅުވައިލީ އެމީހުންނަށް އެތެރެއަށް ވަދެވޭ ގޮތަށެވެ.

ޔާނިއު އަނާނީ ކައިރީ ވަންނާށޭ ބުނުމުން، ޔާނިއުގެ ފަހަތުން އަނާނީ އެ ކޮޓަރިއަށް ވަނީ ހިތްނުތަނަވަސްވެހުރެއެވެ. އޭރުވެސް ވާރޭ ދިޔައީ ހައްތާ ބޯކުރަމުންނެވެ. އިތުރު ގޮތެއް އަނާނީއަކަށް ނެތެވެ.

އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަނާނީ ކޮށިއަރައިގަތީ، އެތާ ތެރެ ދުމުން “ފުރިފައި” އޮތުމުންނެވެ. ތަނުގެ އެކި ދިމަ ދިމާލުގައި ބިއްޖެހިފައި ތިބީ، ޔާނިއުއާ އެއްއުމުރުފުރައެއްގެ ފިރިހެނުންނެވެ. ގިނައީ މަތިން އެއްޗެއް ނުލައި، ހުސްގަޔާ ތިބި މީހުންނެވެ. ކޮންމެ މީހެއްގެ އަތުގައި ސިނގިރޭޓެއް އޮތެވެ. ބައެއް މީހުން ޝީޝާ ބޮނީއެވެ. މިއީ ޔާނިއުގެ ޖަގަހައެވެ. އޭނާގެ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ތިބޭ ، އެމީހުންގެ އައްޑާއެވެ.

އަނާނީއަށް ބޭއިޚްތިޔާރުގައި ޔާނިއުގެ އަތުގެ މުލައްދަނޑީގައި ހިފައިލެވުނެވެ. އެވަގަތު އެތާ ތިބި ހުރިހާ އެންމެންގެ ސަމާލުކަން އަނާނީއަށް ހުއްޓުނެވެ. ފޯނަށް ގެއްލިފައި ތިބި މީހުން އެކަން ހުއްޓައިލައިފައި، އަނާނީއަށް ބަލަން ފެށިއެވެ. އަނާނީގެ ހިތުގެ ވިންދު އަވަސްވިއެވެ. އަދި އެންމެން އޭނާއަށް ބަލަން ފެށިގޮތުން، ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދި، ޔާނިއުގެ އަތަށް ބާރުކޮށްލެވުނެވެ. ވާނީ ވެސް އެހެންތާއެވެ. އެތާ ތިބި އެންމެންނަކީ ވެސް، ބޮލުގެ އިސްތަށިގަނޑު ދިގު، ތަންތަނުން ތޮރުފައިފައި ތިބި، “ޕާޓޭން” ގެ ސިފަ ލިބިފައި ތިބި މީހުންނެވެ. އެތާ އޭގެ ދިހަވަރަކަށް މީހުން އެވަގުތު ތިއްބެވެ.

“އޭ މިއީ ތަ ކައެ ބުނި ޗިކު؟ ހޮޓު އިނގޭ! ރަނގަޅު ވަގުތެއްގައޭ ތި އައީވެސް. މަތީ ރޫމު އިނީ ހުސްކޮށް، އަވަހަށް އަރާ!” އެތަނުން އެކަކު، އެތާ ހުރި ސިޑިބަރިއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އަނާނީގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އަޅައިލިހެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ލޯތްބާނުލާ…! 1

Next

އިޝާން

Next
April 22, 2017

އިޝާން

Previews
April 22, 2017

ލޯތްބާނުލާ…! 1

13 Comments!

  1. Ahmed Fathih says:
    April 22, 2017 at 4:33 pm

    mee koahche kalo

  2. haw shia shaba shi r says:
    April 22, 2017 at 5:03 pm

    Mashaa Allah v reethi mi part ves,keep it up,next part soon plx,BT haadha kurey

  3. ssss? says:
    April 22, 2017 at 5:30 pm

    Varah rythi mi part vess… Next part thankolheh kurin genevi dhaanetha.. Dhen vaa goiy varah balaa hithun miinii

  4. ssss? says:
    April 22, 2017 at 5:32 pm

    Varaha rythi mi part…. Next part thankolheh ahahah up kohladhevi dhaanetha….. Miinii dhen vaane gotheh balaa hithun keiy madhuvefaa

  5. Tara says:
    April 22, 2017 at 5:48 pm

    Varah reethi. Thanks for updating.

  6. Khajja says:
    April 22, 2017 at 6:08 pm

    Wow v rythi nxt prt avaskolladhybala pls cant wait

  7. Eefa says:
    April 22, 2017 at 6:14 pm

    Photo ga kyvvetha randi eh kahala kujjaku laaafa innany

  8. Maree says:
    April 22, 2017 at 6:47 pm

    asluves photo kamakunudey mi vaahakayaa nuves gulhey v hadhi photo vaahaka v reethi

  9. Nana says:
    April 22, 2017 at 8:44 pm

    Mi part vx vrh salhi.. Mi Anaany ah rangalhu landeh libeyne.. Thanakun myhaku fenna irah emyhaku fahathun dhuvvaigannan vejje viyya.. Mihaaru ulhey gina kudhin ge goiy… Kyhkuraany dhw.. Faharehga eulhey lookas vx aisdhaane dhw salaamaiy kuran. Hehe

  10. ReeXa says:
    April 22, 2017 at 10:24 pm

    What….. plx don’t do anything unexpected. . When next part

  11. aish says:
    April 23, 2017 at 9:03 am

    Mi vaahakaiga dhen oi part kon irakun up kurany….v inthixaaru kurevey eba…avas kohlaathi

  12. Anonymous says:
    April 25, 2017 at 10:40 am

    alhe doonya konirauta next part haada lahey avs avs

  13. ssss? says:
    April 26, 2017 at 6:27 pm

    Next part thankolheh avahah up kohladhiibala….plxxxx

Comments are closed.

Next Episodeފުން އިހުސާސެކޭ 8←


All Right Reserved!