އެގޮތުގައި ފަނަރަ ވަރަކަށް މިނެޓް އިނުމަށްފަހު ޕާޓީއަށް އަނބުރާ ދިޔުމަށްޓަކައި ތެދުވެ ފައިވާނަށް އަރައިގެން ހިނގައިގަތެވެ.ޝަނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ލޯބިވެތި ފިރިހެން އަޑަކުން އޭނައަށް ގޮވާލުމުންނެވެ.
ޝަނާޔާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ.ބޭއިޚްތިޔާރުގައި ފަހަތަށް އެނބުރި ބަލައިލެވުނެވެ.ކުރިމަތީގައި ހިނިތުން ވެލައިގެންހުރި ޒުވާނާއަކީ ޝަނާޔާ މީގެ ކުރިން ދެކިފައިނުވާފަދަ ރީތި ޒުވާނެކެވެ.އިސްކޮޅުން ދިގު،ހަމުގެ ކުލައަލި ވެފައި،ފިރިހެންވަންތަ ހަށިގަނޑެކެވެ.އެ މޫނުމަތީގައި އެވަނީ އަޖައިބެއްފަދަ ވިދުވަރެކެވެ.އެ ފެހި ވާދީއެއްފަދަ ލޮލުގައި އެވާ ޖާދޫއަކުން އާޝޯހުވާވަރު ވެއެވެ.ޝަނާޔާގެ ދުލުން ބަހެއް ބޭރުނުވިތާ، އިތުރަށް އެންމެ ފިޔަވަޅެެއްވެސް ނުނެގުނެވެ.ހަމަހިމޭން ކަމުގެ ތެރެއިން ދެވަނަ ފަހަރަށްވެސް ވާހަކަދެއްކީ އެ ޒުވާނާއެވެ.މިތާ މިދަންވަރު ކީއް ތިކުރަނީ؟ ޒުވާނާގެ ސުވާލާއިއެކު ޝަނާޔާއަށް އަތުގައިއޮތް ފޯނުން ގަޑި ބަލާލެވުނެވެ.އޭރު ގަޑިން އެކެއް ޖަހާބޮޑުވެއްޖެއެވެ.މާތް ކަލާކޯ…އެހާ ލަސްވީއިރު ވެސް އެތަނުގައި އިނދެވުނީތީ ފުރަތަމަ ފަހަރަށް ޝަނާޔާގެ ހިތަށް ބިރުވެރިކަން ވަނެވެ.އަދި ކުރިމަތީ ހުރި ޒުވާނާއަށް ސުވާލުގެ ނަޒަރަކުން ބަލާލެވުނެވެ.އެއީ ކޮންރަށަކުން އައި ކާކު ހެއްޔެވެ؟ އެ ދަންވަރު އެ ތުނޑިމަތީގައި އެހުރީ ކީއްވެ ހެއްޔެވެ؟ އަހަ…..އަހަރެން މިތަނަށް އައީ ކުޑަކޮށް އެކަހެރިވެލާ ހިންހަމަ ޖައްސާލަން.އެކަމަކު ކިހިނެތް އަހަރެންގެ ނަން އެނގުނީ؟ ޝަނާޔާވެސް އޭނާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލަމުން، ހައިރާނުން ފުރިގެންވި ނަޒަރަކުން އެޒުވާނާއަށް ބަލާލިއެވެ.މަޑުމައިތިރި ކަމާއިއެކު ހިނިތުންވެ ދެ ޖީބަށް އަތްޖަހާލައިގެން ހުރެ އެ ޒުވާނާ ވާހަކަ ދެއްކިއެވެ.ނަން އެނގުނީ ރައްޓެއްސަކު ޝަނާއަށް ގޮވާލި އަޑު އިވުމުންނެވެ. \”ޝަނާ\” މީގެކުރިން އެއްވެސް މީހަކު ދުވަހަކުވެސް ޝަނާޔާއާއި، އެނަމުން މުޚާތަބު ކޮށްފައެއް ނުވެއެވެ.ނަމަވެސް މި ޒުވާނާގެ ދުލުން ޝަނާ އޭ ބުނުމުން ޝަނާޔާގެ ހިތަށް ލިބިގެން ދިޔައީ ބުނެދޭންވެސް ނޭނގޭފަދަ ހިންހަމަ ޖެހުމެކެވެ.ފުރަތަމަ ނަޒަރުންވެސް އެޒުވާނާގެ ކޮންމެ ހަރަކާތަކަށް، ދުލުން ބޭރުކުރާ ކޮންމެ ބަހަކަށް ޝަނާޔާގެ ހިތް ލެނބެމުން ދާކަހަލައެވެ.ޝަނާޔާގެ އުމުރުން މިވީ 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފިރިހެނެއްގެ ހަރަކާތްތަކަށް އޭނާގެ ނުކިޔަމަންތެރި ހިތް ސިގްނަލެއް ދޭން މަސައްކަތް ކުރާ ކަހަލައެވެ.
ކެރިދާނެތަ އަހަންނާއި އެކު ހަނދުވަރުގެ މި ރިހި އަލީގައި މޫދުކައިރިން ހިނގާލަން ދާން.؟ ޝަނާޔާއަށްު އާނ ބަސް ބުނެވުނީ އަމިއްލަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.އޭނާއަށް ހުރެވުނީ އަމިއްލަ ހަރަކާތްތަކާއި ދޭތެރޭ ހައިރާންވެ އަންތަރީސް ވެވިފައެވެ.ކުޑަ ކުއްޖަކު ފަދައިން އެ ޒުވާނާގެ އެދުންތަކަށް އިޖާބަ ދެވެމުން ދާތީއެވެ.
ދެމީހުން ރާޅުޖަހާ ހިސާބާ ދާދިގާތުން އަތިރިމަތީގައި ހިނގަމުން ޓެންޓުތަކާ ވީ ދިމާއަށް މިސްރާބު ޖެހިއެވެ.ޝަނާޔާގެ ހިތަށް ކުރަމުންދަނީ ފުން އިހުސާސެކެވެ.ދޭތެރެއަކުން ލޮލުގެ ހިމަކޮޅުން އެޒުވާނާއަށް ބަލާލެވެއެވެ.އޭނާއަށް ނޭނގޭ ކަމަކީ އޭނާގެ އެއްވެސް ހަރަކާތެއް ކައިރީގައި ހުރި ޒުވާނާއަށް ސިއްރުނުވާ ކަމެވެ.ޝަނާޔާގެ ހިތުގައި އުފަންވަމުން އެ އަންނަ ލޯބި އެރީތި މޫނުމަތިންހާމަވޭވޭ ހުއްޓެވެ.އެޒުވާނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނުތުންވުމެކެވެ. ޝަނާޔާގެ އިހުސާސްތައް ބޭޒާރުވެފައިވާ ކަހަލައެވެ.ދެމީހުންގެ މެދުގައި މާބޮޑު ވާހަކައެއް ނުދެކެވުނު ކަމުގައި ވިޔަސް، އެދެމެދަށް ވެރިވެފައިވާ ހަމަހިމޭން ކަމުގައިވެސް އެތައް މާނައެއް އެކުލެވިގެން ވެއެވެ.
އައުޗް! ޝަނާޔާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.އޭނާގެ ފައި ފުރޮޅުނީއެވެ.ފަޔަށް އެރި ތަދާއިއެކު ޝަނާޔާއަށް ހިނގަންވީ އުނދަގޫ ކަމަކަށެވެ.ޖެހިގެން އައި ސިކުންތުގައި އޭނާއަށް އޮވެވެނީ އެޒުވާނާގެ އަތްދަނޑި މަތީގައެވެ.ގަތް ލަދާއިއެކު އެޒުވާނާގެ އަތުތެރެއިން ލޫދިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.ނަމަވެސް އެއީ ބޭކާރު ކަމެއްކަން ޚުދު ޝަނާޔާއަށްވެސް އިނގެއެވެ.އެހެނީ އެޒުވާނާގެ ތޫނު ދެލޮލުގައިވާ އެއްޗެއް އޭނާއަށް އެނގޭ ކަހަލައެވެ. އަދި އުމުރަށް އެއަތުތެރޭގައި ބާއްވަން ބޭނުމޭ ބުނާކަހަލައެވެ.ދެ މީހުންނަށްވެސް އެކަކު އަނެކަކަށްް ބެލެމުން ދިޔައީ ލޯބިން ފުރިގެންވި ނަޒަރަކުންނެވެ.އެވަގުތުކޮޅު މުޅިއުމުރަށް ދެމިގެންދާނެ ނަމައޭ ޝަނާޔާގެ ހިތަށްއެރިއެވެ. ދެމީހުން ސިހުނީ ޝަނާޔާގެ ފޯނު ރިންގުވާން ފެށުމުންނެވެ.އޭރު އެމީހުންނަށް ޓެންޓުތަކާވެސް އަރާ ހަމަ ވެވެނީއެވެ.
ހަށިގަނޑަށް ކުޑަ ލޮޅުމެއްވެސް ނާރާނެހެން އެ ޒުވާނާ އޭނާގެ އަތުތެރޭގައި އޮތް ޝަނާޔާ ބިންމަތީގައި ބެހެއްޓިއެވެ.އަދި ވަކިވާންޖެހޭތީ ދެރަވެފައިވާ ވަރު އެރީތި ދެލޮލުން ހާމަވެއެވެ.ޝަނާޔާ ތޭންކްސް އޭ ބުނެ ގަތްފައިހުރި ލަދުން އެއްފަހަރުވެސް ފަސް އެނބުރި ބަލާވެސްނުލާ ކޮރުޖަހަމުން ކަހަލަ ގޮތަކަށް ގޮސް ވަނީ އަންހެން ވެރިންނަށް ޚާއްސަ ކުރެވިފައިވާ ޓެންޓަށެވެ. އެތެރެއަށް ވަދެވުމާއި އެކު ފުން ނޭވާއެއްލިއެވެ.ހީވަނީ މިއޮއްހުރިހާއިރު ހުރީ ނޭވާލާންވެސް ހަނދާން ނެތިފައި ހެންނެވެ.ޓެންޓުތެރެއަށް ވަދެގެން އައި ފަރަހާއަށް ޝަނާޔާ ފެނުމާއިއެކު ޝަކުވާތައް އޮއްސާލިއެވެ.
ފަރަހާހުރީ ހިސާބަކަށް ހާސްވެސް ވެފައެވެ. ޝަނާޔާ ބުނެވެސް ނުލާ ދިޔަތަނެއް ނޭނގި ޕާޓީއިން ގެއްލުނީމައެވެ.ފަރަހާގެ ފަރާތުން އެނގުނުގޮތުން ޕާޓީގެ ހަރަކާތްތައް ހަމަ އެނިމުނީއެވެ.އެހެންވެ ޝަނާޔާއަށް ހިންހަމަ ޖެހުމުގެ ނޭވާއެއް އަނެއްކާވެސް ދޫކޮށްލެވުނެވެ.އެއީ އޭނާ ނެތްކަން ނިއުމާ މެންނަށް ރެއަކާނުލީތީއެވެ.އެމީހުންގެ ސުވާލަކާއި ކުރިމަތިލާން ނުޖެހޭނެކަން ޔަޤީން ވުމުންނެވެ. ޝަނާޔާއާއި ފަރަހާ އޮށޯތީ ނިދާށެވެ.ނަމަވެސް ޝަނާޔާގެ ލޮލުގައި ނިދީގެ އަސަރުވެސް ނެތެވެ.ވިސްނެމުން ދަނީ އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދާ ދާދި ދެެންމެއަކު ދިމާވި ޒުވާނާއާއި ދޭތެރޭއެވެ.ވެފައި ހުރި ވަރުން ކޮންރަށެއްގެ ކާކުތޯ އަހާލަން ހަނދާން ނުވިތާ، ނަންވެސް އަހާލެވުނީއެއް ނޫނެވެ.އެޒުވާނާގެ ހަނދާން ތަކުން ޝަނާޔާގެ ހިތަށް ފިނިކަން ލިބެމުން ދާކަހަލައެވެ.ފަރަހާ ކޮބާތޯ ބަލާލިއިރު އެހެން ކުދިންނެކޭ އެއްފަދައިން ފަރަހާވެސް އޮތީ ގަދަ ނިދީގައެވެ.އެހެނެއްކަމަކު ޝަނާޔާއާއި ނިދި ވަނީ މިރޭ ރުޅިހަދާލާފައެވެ. ދެލޯވަނީ އެރީތި ޒުވާނާ ދެކިލުމަށް ކެތްމަދުވެފައެވެ.
އެ ޒުވާނާގެ ހަނދާންތަކުގައި ފުރޮޅި ފުރޮޅި އޮއްވަަ ޝަނާޔާގެ ލޮލޮށް ނިދިބަރުވީ އިރެއްވެސް ނޭނގުނެވެ.ހޭލެވުނީ އެކުވެރިޔާ ގޮވަންފެށުމުންނެވެ.އޭރު ހަތެއް ޖަހަނީއެވެ.ހުރިހާ އަންހެންވެރިން ވެގެން ހެނދުނު ސައިތައްޔާރުކޮށް، ސައިގެ ކަންތައް ނިންމާލުމަށްފަހު އެންމެން ދިޔައީ މޫދަށެވެ.ނަމަވެސް ޝަނާޔާ ބޭނުންވީ ދޮންވެލި ގަނޑުގައި އިށީންދެލައިގެން އިނދެލާށެވެ..
އެއްލި ކަޅިޔަކުން ޝަނާޔާގެ ލޮލުގައި އަޅައިގަތީ އެންމެނާ ސަކަރާތް ޖަހަމުންވެސް ޝަނާޔާއަށް ބަލަމުންދިޔަ ކައިލް އެވެ.އެވަގުތު ރޭގެ ހާދިސާ ހަދާނަށް އައުމުން ، ޝަނާޔާއަށް ރުޅި އާދެވުނު ވަރުން މޫނު އަނެއްފަރާތަށް އަނބުރާ ލެވުނެވެ.
ޝަނާޔާގެ ނަޒަރު ހޯދަމުންދަނީ ފަޅި ސިކުންތެއްގެ ތެރޭގައި އޭނާގެ ހިތް ފަތަހަ ކޮށްލި ޒުވާނާއެވެ…އެގޮތުގައި ވަގުތު ފާއިތުވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. މިހާރު އެވަނީ ދަތުރު ނިމުމަކަށް އައިސް ފުރުމަށް ހަމަޖެހިފައިވާ ގަޑި ޖެހިފައެވެ… ޝަނާޔާވެސް މާޔޫސް ވެފައިވާ ހިތަކާއިގެން ގޮސް ދޯންޏަށް އެރިއެވެ.އެޒުވާނާއާއި ދެން ބައްދަލުވާނެ ކަމުގެ އުއްމީދެއްނެތީމައެވެ.ޝަނާޔާގެ ހިތުގެ ވިންދުވެސްވަނީ އަވަސްވެފައެވެ.ދަތުރު ނިމިގެން އެދިޔައީ އޭނާގެ ހިތްވެސް އޮޔާލާފައެވެ.މިހާރު އެހިތަކަށް އޭނާގެ ކުޑަނަމަވެސް ބާރެއް ނުފޯރައެވެ……
**ނުނިމޭ**
39 Comments
Comments are closed.
Mi stry hyvey v rythi vaane hen keep it up
Thanx
Mee first .Story lwbii..Kon irakun next part
Will try to make it for tonight…
vvv reethi mi baives
Thanx Maree
Var reethi mi part vx.
Thanx Anee
salhi ngey ,.. dhn thankolheh dhigu kohlahchey………. waiting to read the next part
Thanx zzzzaaaaauuuu
Mi story liyani kithah years ge kuhjehkan bunedheeba konmves kuhjaku.
Why do u wanna check that??Jon thafaateh vaanee writer aee teen akas or middle age myhakas..wat has the age to do with u??kon behey kameh? Myhunge personal info balaahithun hama huh thihen writers ah kohfa hunna v Gina comments aharen kyn..haasa koh teenage writer eh viyya discourage koh kuda kujjekey kiyaa vaahaka liun mathin foohi kohlaane.
Kada v dhww..age ahaalumakun adhi mahsalaeh neiithaa
Ma kyve kada vanvi? And 4 ur kind info, I’m not noor. Am just a reader. Heyo gabool nukiriyas. Mashah igey ma mee noor kamah kan thi hykury . just I expressed my concerns.. BTW thanks reesh
Hey….if u dnt like the story…u can choose any other..
?
Whatever !did I say that ur story is ugly ma buny myhunge age belumaky v foohi va kamekey
Sorry dear..that reply was for Anonymous…as it seems he/she has problem with my writing…
V.reethi mibaives.. Keep it up.. Mihaaru cover picture ves v.gulhey.. ?
Thanx Desert Rose..
About the commakoalhi thing…I’m sorry …wen I got the comment …I hav already send this part to admin….from 3rd part will correct it in sha Allah
v reethi …… haadha kurey… but next part dhigu kohdhechey…… when next part
Will try dear
varah reethi mibaivess but kury ???v kihaahithun mihury avahah up kohladhehchey noor lvu ?????
Hopefully tonight……
Vaahaka v.v.v reethi❤..dhn anna part thankolheh dhigu kohdhechey..
?thanks
Thedheh ” ” beynun kollachchey.. Baeh kudhin nah kiyan undhagoo vaathy.. Mashah dhen okay.. Mamee komaakoalhi viyya??.. N mihaaru vaahakayaa photo gandaaves v gulhey
?thanks…..ok dear
V salhi… v happy vejje kujjaku buni bunumah pic chng kuryma…
?thanks…
v salhi. ebunaahen thankolheh dhigukohlaniko ok vaane. Jinni Jinaa dhw efenunee Naayaa ah.
?thanks…will try
Mee biruveri vaahaka eh tha?
Ya….
V best
Daily koh upkurany???
Trying……
v reethi vaahakaeh ???????v interesting gl dear
knmedhuvahakuvess up kohdheythi luv
?thanks…will try
Nice keep it up??