Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 45

BONDAY Level 210 Stories
April 24, 2017 7 Mins Read
36 Comments

” ވަރަށް ލޯބިދޯ ކޮކީ…؟ ” ފާޒިން ފިޒާންގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރުމުން ވަދީފާ އައިސް ބުނެލިއެވެ. ފާޒިން އެއްބަހެއްވެސް ނުބުނެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރީއެވެ.

” އާމިރު… ވަރަށް އަވަހަށް އާދެބަލަ ގެއަށް..! ފަޒީލްވެސް އޮފީހުގައި އުޅޭނަމަ އޭނަވެސް ގޮވައިގެން އަންނާތި… ” އާމިރު ފޯނު ނެގުމާއެކު އަވަސް އަރުވާލާފައި ވަދީފާ ބުނެލިއިރު އުފަލުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

” ކޮންކަމަކާ މާ އުފާވެފައި ތިހިރީ…؟ ” ކުޑަކޮއް ހީލަމުން އާމިރު އަހާލިއެވެ.

” ދެން އިތުރު ސުވާލްތައް ނުކޮއް އަވަހަށް އާދެބަލަ…! ” އާމިރު އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ވަދީފާ ފޯނުކަނޑާލުމުން އާމިރުއަށް ފޯނަށް ބަލާލެވުނީ ފާޑަކަށެވެ.

” މަންމަ… ދަރިފުޅުވެސް ވަރަށް އަވަހަށް ގެއަށް އައިސް ބަލާށޯ…! ” ކުރިމަތީ ހުރި ގޮނޑީގައި އިން ފަޒީލްއަށް ހިނިތުންވެލަމުން އާމިރު ބުނެލިއެވެ. އަދި މޭޒުމަތީގައި ހުޅުވާފައި ހުރި ފައިލްތައް ނަގާ ހަރުގަނޑަށް ލާފައި ބޭރަށް ނިކުތްއިރު ފަހަތުން ފަޒީލްވެސް ނިކުތެވެ.

ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ގެއަށް ވަދެގެން އައި އާމިރު ހުއްޓުންއެރީ ސިޓިންގްރޫމްގައި ވަދީފާއާއި ވާހަކަދައްކަން އިން ފާޒިން ފެނުމުންނެވެ. ފާޒިންއަށް ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެންހުރި އާމިރު ފެނިފައި ކޮޅަށް ތެދުވުނެވެ. ފާޒިން ކޮޅަށް ތެދުވުމުން ވަދީފާއަށްވެސް ބަލާލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ.

” ބައްޕާ…! ” ފާޒިން އާމިރުއަށް ގޮވާލުމުން ހަރުވެފައި ހުރި އާމިރު ދުވެފައި ކަހަލަ ގޮތަކަށް އައިސް ފާޒިންގެ ގައިގައި އޮޅުލައިގަތެވެ. އަދި މޫނުގެ އެތަންމިތާ ބޮސްދޭން ފެށިއިރު އާމިރުއަށްވެސް ރޮވިއްޖެއެވެ. އެމަންޒަރު ބަލަން ހުރި ވަދީފާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ސެލީނާވެސް ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓާލައިގެން އިނީއެވެ.

” ދަރިފުޅާ… ކޮންތާކު އުޅޭފައި ތިއައީ..؟ ބައްޕަމެން ހީކުރީ ދަރިފުޅު ދެންނާންނާނެކަމަށް…! ވަދީފާ ކޮބާތަ މައިޝާ..؟ އޭނައަށް އެނގިއްޖެތަ ފާޒިން އައިކަން..؟ ” ލޮލުން ފޭބި ކަރުނަތައް ފުހެލަމުން އާމިރު ވަދީފާ ކައިރީގައި އަހާލިއެވެ.

” ވަރަށް ގުޅައިފިން… އެކަމަކު އެކަކުވެސް ފޯނެއް ނުނަގާ..! ” ވަދީފާ އޭނަގެ ފޯނުނަގާ ފިއްތަކަށް އޮބާލަމުން ބުނެލިއެވެ. އޭރުވެސް ފާޒިންގެ ގައިން ދޫކޮއްނުލާ އާމިރު ހުއްޓެވެ. ހީވަނީ ގެއްލިދާނެތީ ބިރުން ހުރިހެންނެވެ.

” ދަރިފުޅާ މީ ކޮންކުއްޖެއް..؟ ” ފާޒިންގެ ލޮލުން ފޭބި ކަރުނަތައް ފޮހެލައިދެމުން ގޮނޑީގައި އިށިންދެލައިގެން އިން ސެލީނާއަށް އިޝާރަތްކޮއްލަމުން ބުނެލިއެވެ.

” މީ ސެލީނާ… އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް… ސެލީ މީ އަހަރެންގެ ބައްޕަ…! ” ފާޒިން ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ. އާމިރު ހިނިތުންވެލަމުން ސެލީނާއާއި ސަލާމް ކޮއްލިއެވެ.

” ދަރިފުޅާ މައިޝާ… ތަންކޮޅެއް އަވަހަށް ގެއަށް އާދެބަލަ… ފިޒާން ގެންނާތި ކޮންމެވެސް…! ” ދެތިން ފަހަރަށް ރިންގުވެލިތަނާ މައިޝާ ފޯނުނެގުމުން ވަދީފާ ބުނެލިއެވެ. ވަދީފާގެ އަޑުންވެސް ވަދީފާ އުފާވެފައި ހުރިވަރު މައިޝާއަށް އަންދާޒާ ކޮއްލެވުނެވެ. މައިޝާ ވަދީފާ ކައިރީގައި މިދަނީ ކަމަށް ބުނެފައި ފޯނުކަނޑާލިއެވެ.

” މަންމަ… ފިޒާން ގޮވައިގެން ތަންކޮޅެއް އަވަހަށް ގެއަށް އައިސް ބަލާށޯ…” ފޯނުކަނޑާލާފައި ކައިރީގައި ފިޒާން އުނގަށްލައިގެން އިން މުނީރާ ކައިރީގައި މައިޝާ ބުނެލިއެވެ.

” ދަރިފުޅޫ… ހިނގާ ގެއަށް ދާން… މާމަ ބުނި ދަރިފުޅު އަވަހަށް އައިސްބަލާށޯ… ” މައިޝާ އޭނަ އިންގޮޑިން ތެދުވަމުން ބުނެލިއެވެ. ކޮޓަރީ އެނދުމަތީގައި ބާއްވާފައި އޮތް އަތްދަބަސް ހިފައިގެން ނިކުތްއިރު މުނީރާ ގޭގެ ބޭރު ދޮރު ހުޅުވާލާފައި ފިޒާން ގޮވައިގެން ބޭރަށް ނިކުންނަނީއެވެ. މުނީރާ ކައިރީގައި ހަވީރުން އަންނާނެ ކަމަށް ބުނެފައި ކާރަށް އަރައިގެން ދިޔައީ އެވަގުތު ހޫނު ގަދަކަމުންނެވެ.

ފިޒާން އާއި ސަކަރާތް ޖަހަމުން ގެއަށް ވަތް މައިޝާ ހުއްޓުންއެރީ އާމިރުއާއި ވާހަކަ ދައްކަން އިން ފާޒިން ފެނުމުންނެވެ. ފާޒިން ފެނިފައި ދެލޯ ބޮޑުވެގެން ދިޔައިރު ދެތިން ފަހަރަށް އެސްފިޔަ ޖަހާލެވުނީ އެއީ ހީވި ހީވުމެއް ކަމަށް ހީކޮށެވެ. ނަމަވެސް އެއީ ހަގީގަތެއްކަން އެނގުނީ ލޮލަށް ފެނުނު މަންޒަރު ބަދަލްނުވީމައެވެ. އާމިރު ފެނުމުން މައިޝާގެ އަތުގައި ހިފައިގެން ހުރި ފިޒާން މައިޝާގެ އަތުން ދޫކޮއްލާފައި އާމިރުއާއި ދިމާލަށް ދުއްވައިގަތް އިރުވެސް މައިޝާ ދޮރުމަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. އެއްފިޔަވެސް ޖަހާލަން ނޭގިފައި ފާޒިންއަށް ބަލަހައްޓައިގެން ހުރިއިރު މަޑުމަޑުން އެދެލޮލަށް ދިޔައީ ކަރުނަ ޖަމާވަމުންނެވެ. ފިޒާން ދުއްވައިގަތް އަޑަށް ފާޒިންވެސް ދޮރާއި ދިމާލަށް ބަލައިލިއިރު މައިޝާ ދޮރުމަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. މައިޝާއާއި ހަތަރު ކަޅި ހަމަވެގެން ދިޔައިރު ފާޒިންގެ ހިތަށްވެސް ފިނިވެގެން ދިޔައީ ހިތަށް ކުރި އަސަރަކުންނެވެ. ދެމީހުން ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު މައިޝާގެ ނޭވާވެސް އެތެރޭގައި ތާށިވި ކަހަލައެވެ. ހިތް އަވަސް ވެގެން ދިޔައިރު ހީވަނީ މޭފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. އުފަލުން ރޯންވީކަމެއް ނޫނީ ހޭންވީކަމެއް ނޭނގިފައި ޖެހި ބުދެއްހެން ހަރުވެފައި ދޮރުމަތީގައި މައިޝާ ހުއްޓެވެ.

” ދަރިފުޅާ… މީނީ ދަރިފުޅުގެ ޑެޑީ އައިސް… ” ފިޒާން ނަގާ އުނގުގައި ބައިންދަމުން ކައިރީގައި އިން ފާޒިން ދައްކާލަމުން އާމިރު ބުނެލިއެވެ. އާމިރުގެ އަޑަށް ފާޒިންވެސް ދިޔައީ ސިހިގެންނެވެ. އެލޯބި ލޯބި މޫނުކޮޅު ފެނިފައި ފާޒިންގެ ހިތް ލޯބިން ފުރިގެންދިޔައެވެ. އިރުކޮޅެއްވަންދެން ފިޒާނަށް ބަލަހައްޓައިގެން އިނދެފައި ފިޒާން ގެނެސް އޭނަގެ އުނގުގައި ބައިންދަމުން ފިޒާންއާއި ލޯބިކޮއްލިއިރު އެސްފިޔަތައް ފޫދުއްވާލާފައި ފާޒިންގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ފިޒާން ދެލޯ ބޮޑުކޮއްގެން ފާޒިންއަށް ބަލަހައްޓައިގެން އިންއިރު އެތުއްތު ދެލޮލުން ފެންނަނީ ބީރައްޓެހިކަމެވެ. އިރުކޮޅެއްވަންދެން ފާޒިންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އާމިރުއާއި ދިމާލަށް ފިޒާން ދެއަތް ދިއްކޮއްލި ގޮތުން ފާޒިންއަށްވެސް ހެވުނުއިރު އެމަންޒަރު ބަލަން ތިބި އެންމެނަށް ހެވުނުއިރު އެންމެންގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ.

” ދަރިފުޅާ އާދެބަލަ…! ” ވަދީފާ މައިޝާއަށް ގޮވާލީ މައިޝާ ދޮރުމަތީގައި ހުއްޓިގެން ހުރުމުންނެވެ. ސިޓިންގްރޫމްގައި އިން ސެލީނާ މައިޝާގެ ލޮލުގައިވެސް އަޅައިގަތީ އެވަގުތުއެވެ. އޭރު ސެލީނާވެސް އިނީ މައިޝާއަށް ބަލަހައްޓައިގެން ކަމުން ހިނިތުންވުމެއް ސެލީނާއަށް ރައްދު ކުރަމުން މައިޝާ ގޮސް ވަދީފާ ކައިރީގައި މަޑުކޮއްލިއެވެ. އޭރުވެސް މައިޝާގެ ނަޒަރު ހުއްޓިފައިވަނީ ފާޒިންއަށެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ހީވަނީ ހަމަ ދެންމެ ދެންމެ އޮހިގެންފާނެ ހެންނެވެ.

” މައި… އާދެބަލަ މިކޮޅަށް…! ” ފާޒިން މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި ބުނެލިއެވެ. ފާޒިން ދިއްކޮއްލިއަތުގައި މައިޝާ ހިފާލުމުން ހަށިގަނޑުގެ އެންމެ ހިމަނާރަށްވެސް އެނގުންވެގެން ދިޔަކަން މައިޝާއަށް އެނގުނެވެ. ނުރޯން އިންނަމަވެސް އެހުރިހާ އިރު ނުރޯންކުރި މަސެއްކަތް ބޭކާރު ކޮއްލާފައި އެދެލޮލުން ކަރުނަ އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ފާޒިން މައިޝާގެ ލޮލުން ފޭބިކަރުނަތައް ފޮހެލައިދެމުން ހިނިތުންވެލީ ދެން ނުރޯށޭ ބުނާކަހަލަ ގޮތަކަށެވެ. އެމަންޒަރު ބަލަން އިން ސެލީނާގެ ހިތަށް ކިތަންމެ އަސަރެއް ކުރިނަމަވެސް މޫނުމައްޗައް ފަނޑު ހިނިތުންވުމެއް ވެރިކޮއްލައިގެން އިނީ ފާޒިންއަށް ޓަކައެވެ. އެހެން ނޫންނަމަ އެތާގައި ނީދެ އެތަނުން ދާނެތާ ކިތަންމެ އިރެކެވެ. ފަޒީލްއާއި ސިފާ އަދި މާލްއައިސް ގެއަށްވަނީ އެވަގުތުއެވެ. ސޯފާގައި މައިޝާއާއި ވާހަކަ ދައްކަންއިން ފާޒިންފެނި ފަޒީލް ހުއްޓުންއެރިއެވެ.

” ކޮއްކޯ… ” ފަޒީލަށް ގަބޫލްކުރަން ދަތިވިނަމަވެސް ފާޒިންއަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ. ފަޒީލްފެނުމުން ސެލީނާއަށް އެއީ ފާޒިންގެ ބޭބެކަން އެނގުނެވެ. އިސްކޮޅުން ދާދި އެއްވަރު ނަމަވެސް ފާޒިންއަށްވުރެވެސް ފަޒީލް ތަންކޮޅެއް ދޮންކަން ސެލީނާއަށް ފާހަގަ ކުރެވުނެވެ. ފަޒީލްގޮސް ފާޒިންގެ ގައިގައި ބައްދާލިއިރު ފަޒީލްގެ ދެލޮލަށްވެސް ވަނީ ކަރުނަ ޖަމާވެފައެވެ.

” މާލް.. އާދެބަލަ ތިއްތި ކައިރިއަށް… ” ސިފާގެ އަތުގައި ހިފައިގެން ހުރި މާލްއަށް ހަންޖަހާލަމުން ފާޒިން ބުނެލިއެވެ. ނަމަވެސް މާލް ނުގޮސް ސިފާގެ އަތުގައި ހިފައިގެން ހުރިއިރު މާލްގެ ކިބައިންވެސް ފެނުނީ ބީރައްޓެހިކަމެވެ.

” މާލް… ދޭބަލަ ތިއްތި ކައިރިއަށް… ތިއްތި އައީމަ މާލް އުފަލެއް ނުވޭތަ…؟ ” އާމިރު މާލްއަށް ގޮވާލަމުން ބުނެލިއެވެ. ސިފާ މާލްއަތުގައި ހިފައިގެން ގޮސް ފާޒިންމެން ކައިރީގައި މަޑުކޮއްލިއެވެ.

” މާލް ތިއްތި ދެކެ ރުޅިއައިސްފަތަ…؟ ” ފާޒިން މާލް ގެނެސް އޭނަގެ ކައިރީގައި ބައިންދަމުން ބުނެލިއެވެ. ނަމަވެސް މާލް އެއްބަހެއްވެސް ނުބުނެ ފާޒިންގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. އެންމެންގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަން ހުރިއިރު ސެލީނާއަށް އިނދެވުނީ ހައިރާންވެފައެވެ. އޭނަގެ އާއިލާއިން އެކަހަލަ  އެކުވެރިކަމެއް ދުވަހަކުވެސް ފެނިފައެއްނެތެވެ. އާއިލާ ދޫކޮއްލާފައި ސެލީނާ ގޮވައިގެން އޭނަގެ ބައްޕަ ޒޮބީދު ކައިރިއަށް ބަދަލްވީވެސް އެއާއިލާ ތެރޭގައި މައްސަލަ ޖެހޭވަރުންނެވެ.

ވާހަކައިގައި ތިއްބާ ފާޒިންގެ ފޯނު ރިންގުވާން ފެށުމުން ފޯނުނަގާ ބަލާލިއިރު ގުޅަނީ ޒޮބީދުކަމުން ފޯނުނަގާ ކަންފަތުގައި ޖައްސާލި އިރު މީހާއަށް ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވެފައެވެ.

” ދަރިފުޅުމެން ކުރަންދިޔަ ކަންތައްތައް ކާމިޔާބު ވެއްޖެތަ…؟ ” ޒޮބީދު ބުނެލިއެއްޗަކުން ފާޒިންއަށް ސެލީނާއާއި ދިމާލަށް ބަލާލެވުނެވެ. ސެލީނާ ހިނިތުންވެލިގޮތުން ފާޒިންއަށް ހުރިހާ ކަމެއް ދެނެގަނެވުނެވެ.

” އާނ… ބައްޕަމެންވެސް މިކޮޅަށް އަންނަން ވީނު…؟ ” ފާޒިން ބޭނުންވީ ޒޮބީދުމެންނާއި އާމިރުމެން ބައްދަލުކުރުވާށެވެ.

” އިހަށް މިއަދު ދަރިފުޅުމެން އާދެ ރިޒޯޓަށް… ބައްޕަމެންނާއެކު އެންމެ ފަހުރެއަކަށް މަޖާކޮއްލާފައި މާދަން ހެނދުނު ދާން…! ” ޒޮބީދު އޭނަ ބޭނުންވާގޮތް ބުނެލިއެވެ. ފާޒިން އެގޮތާ އެއްބަސްވެ ފަހުން ގުޅާލާނެ ކަމަށް ބުނެފައި ފޯނުކަނޑާލީ އެންމެން ފާޒިންއަށް ބަލަހައްޓައިގެން ތިބުމުންނެވެ.

” ކާކު އެއީ..؟ ” ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ފަޒީލް ބުނެލިއެވެ.

” އެއީ މިހުރިހާ ދުވަސް ވަންދެން އަހަރެންގެ ހުރިހާ ކަމެއް ކޮއްދިން ބައްޕަ…! ” ހިނިތުންވެލަމުން ފާޒިން ބުނެލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ.

” ކޮއްކޮ ކިހިނެއް ސަލާމަތްވީ..؟ ” ފަޒީލް ފާޒިންގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

” އަދި އެވާހަކަ ކިޔާނުދެވޭދޯ… އެއްވެސް މީހަކު ނުވެސް އަހާވިއްޔަ..؟ ” ފިޒާންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން މައިޝާއަށް ބަލާލަމުން ފާޒިން ބުނެލިއެވެ. ހީވާ ގޮތުން ފިޒާންއަށް އޮތީ ނިދެން ކައިރިވެފައެވެ. ފާޒިން ކަންތައް ވެގެން ދިޔަގޮތް ވަރަށް ތަފްސީލްކޮއް ކިޔައިދޭން ފެށިއެވެ. ނަމަވެސް އޭނައާއި ސެލީނާގެ ކައިވެނި ހަމަ ޖެހިފައި އޮތް ވާހަކަ ނުބުނީ ވަގުތުގެ ގޮތުން އެވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތީމައެވެ. ނަސީބަކުން އެއްވެސް މީހަކު ސެލީނާ އާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނުވެސް އަހައެވެ.

ފާޒިންގެ ކުޑައިރުގެ ފޮޓޯއެއް ފެނުމުން ސެލީނާ ހީކުރީ ފިޒާން ކަމަށެވެ. އެހާވެސް ވައްތަރެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކޮއްލައިގެން ސެލީނާ އިނީ ހަމައެކަނި ފާޒިންގެ އުފަލަށްޓަކައެވެ. ފާޒިން މުޅިއުމުރަށް އޭނައަށް ގެއްލޭނެކަން އެނގުނަސް ހިނިތުންވެލައިގެން އިނީ ފާޒިން އުފަލުގައި އުޅޭނެކަން އެގި އުފަލުންނެވެ. އޭރު ވަދީފާ އާއި މައިޝާގެ އިތުރުން ސިފާވެސް ބަދިގޭގައި އުޅެއެވެ.

” ދަރިފުޅުމެން ކާން އަންނަންވީނު… ” ސިޓިންރޫމްގައި ތިބި ފާޒިންމެންނަށް ގޮވާލަމުން ވަދީފާ ބުނެލިއެވެ.

” ބައްޕަ އައިމަ ކާނީ… ” އާމިރުވީ ފައިހާ ފޯނުނުނެގުމުން ފައިހާ ބަލާގޮހެއެވެ. ކުލާސް ކުއްޖެއްގެ ގެއަށް ހެނދުނު ދިޔަގޮތަށް އަދިވެސް ނާދެއެވެ. މާގިނަ އިރުތަކެއްނުވެ ފެނުނީ އާމިރުއާއި ފައިހާ އައިސް ގެއަށް ވަތްތަނެވެ. ފާޒިން ފެނުމުން ފައިހާއަށްވީވެސް އެހެން މީހުނަށް ވިވަރެވެ. ހުއްޓުންއަރާފައި ހުރެވުނީއެވެ.

” ކޮބާ ސަޕްރައިޒް ކަމުދޭތަ…؟ ” ދެލޯ ބޮޑުކޮއްލައިގެން ފާޒިންއަށް ބަލަން ހުރި ފައިހާގެ ބޮލުގައި ފިރުމާލަމުން އާމިރު އަހައިލިއެވެ. ފައިހާއަށް ފާޒިން ގޮވާލުމުން އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެފައި ދުވެފައި އައިސް ފާޒިންގެ ގައިގައި ބައްދައިގަތްއިރު ފައިހާއަށް ރޮވިއްޖެއެވެ.

” ކީއްވެ ރިޒޯޓުން ފެނުނީމަވެސް ނޭގޭ ކަމަށް ހެދީ…؟ ” ފައިހާ ރޮމުން ވާހަކަ ދެއްކިއިރު އާމިރުމެން ތިބީ ފައިހާ ދެއްކި ވާހަކަ ފަހުމް ނުވެފައެވެ.

” ފައި ހީކުރީ ހަމަ އަސްލަށްވެސް އެހެން މީހެއް ކަމަށް… ފައި ހާދަ ވަރަކަށް ރުއީމޭ… ފައި އަބަދުވެސް ހިތަށް އަރާ ފައިގެ ސަބަބުންނޭ ތިއްތި މަރުވީ… އެދުވަހު އެތަނަށް ދާން ފައި ނޫޅުނުނަމަ ތިއްތި އެކްސިޑެންޓްއެއް ނުވާނޭ އަބަދުވެސް ފައިގެ ހިތަށް އަރާ…! ތިއްތި ދެން ނުދައްޗޭ… ” ފައިހާ އަކަށް ރުއިން ހުއްޓައެއް ނުލެވުނެވެ. ފައިހާ ރޯއަޑަށް ބަދިގެ ތެރޭގައި ތިބި މައިޝާ އާއި ސިފާވެސް ތިބީ ސިޓިންގް ރޫމަށް ނިކުމެވެ.

” ތިއްތިއަށް ފައި ވަކިކުރަން އެނގުނަމަ ތިއްތި އަޅާނުލާ ހުންނާނެތަ…؟ ” ފައިހާ ދެއްކި ވާހަކަ ތަކުން ފާޒިންއަށްވެސް ވަރަށް އަސަރު ކުރިއެވެ. ފައިހާއަށް ހުއްޓާލެވުނީ ވަރަށް ވަރުންނެވެ. ދެން ދުވަހަކުވެސް ފައިހާމެން ދޫކޮއްލާފައި ނުދާނެކަމަށް ބުނެ އެތަކެއް އާދޭހެއް ކުރިފަހުންނެވެ.

” ހިނގާ ދެން ކާންދާން… މިހާރު ވަރަށް ބަނޑުހައި ވެފައެއްނު ހުންނާނީ… ” ފައިހާ ހަމައަކަށް އެޅުމުން ސޯފާގައި އިން ފާޒިންގެ އަތުގައި ހިފައި ނަމަގަމުން ވަދީފާ ބުނެލިއެވެ. ބަދިގެފަރާތަށް ދިޔައިރު ދުވާމީރުވަހުން ބަނޑުފުރޭވަރުވެއެވެ. ސެލީނާއަށް ހާއްސަކޮއްގެން ހަދާފައި ހުރި އެއްޗިހިތައް ވަކިން ހުރިއިރު އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެހުރިހާ އެއްޗެހި ތައްޔާރުކޮއްލިގޮތުންވެސް ސެލީނާ ހުރީ ހައިރާންވެފައެވެ. ދުވި މީރުވަހާ އެއްވަރަށް ރަހަވެސް އެހާ މީރެވެ.

ފާއިތުވެގެންދިޔަ ތިންއަހަރު ތެރޭގައި އެހާމީރުކޮއް ފާޒިންއަކަށް ކެވިފައެއްނެތެވެ. ފާޒިން ކާންއިންއިރު ވަދީފާ އެންމެ އިރުކޮޅަކުވެސް ފާޒިންގެ ކައިރިއަކުން ދުރަކަށް ނުދެއެވެ. އިރުކޮޅެއް ކޮއްލާފައި ކޮންމެވެސް އެއްޗެއް ފާޒިންގެ ތައްޓަށް ލައިދެއެވެ. ރަހަ ކިތަންމެ ރަނގަޅު ނަމަވެސް ސެލީނާއަކަށް މާރަނގަޅަކަށް ނުކެވުނެވެ. އެއްޗެއް ކެއުމަށްވުރެ އެހިތުގައި އަޅަމުން ދިޔަ ވޭން މާގަދައެވެ. ކައިނިއްމާލައިގެން ސެލީނާ ދިޔައީ ގޭގައި ހުންނަ ގެސްޓުރޫމަށެވެ. ފާޒިން ސިޓިންގްރޫމްގައި ފަޒީލްއާއި އާމިރުކައިރީގައި މަޑުކުރީއެވެ. އޭރު މައިޝާމެން ބަދިގެތެރޭގައި ތަށިތައް ނަގަންއުޅެއެވެ.

” ވަރަށް ރަނގަޅު މިގޭގެ އެންމެންވެސް… ވަރަށް ހިތްހެޔޮ… އަދި ކައްކާފައި ހުރި އެއްޗެހިވެސް ވަރަށް މީރު.. ބޭބެ މެންވެސް އަންނަންވީނު މިރޭ މާލޭގައި މަޑުކުރަން…! ” ސެލީނާ ވާހަކަ ދައްކަމުން ދިޔައީ ޒޮބީދުއާއެވެ. ކިތަންމެ ހަމަޖެހޭގޮތް ދައްކަން މަސެއްކަތްކުރި ނަމަވެސް ޒޮބީދުއަށް ސެލީނާގެ އަޑުން އޭނާ އޮތީ ވަރަށް ދެރަވެފައިކަން އެނގެއެވެ. ޒޮބީދު އިތުރަށް އެވާހަކަ ނޭހީވެސް ސެލީނާ އިތުރަށް ދެރަވުން ނޫން ކަމެއް ނުވާނެތީއެވެ.

ފާހާނައިގެ ދޮރުހުޅުވާލާފައި ނިކުތް މައިޝާ ސިއްސައިގެން ދިޔައީ ކޮޓަރީގެ އެނދުމަތީގައި ނިދާފައި އޮތް ފިޒާންއަށް ބަލަހައްޓައިގެން އިން ފާޒިން ފެނުމުންނެވެ. މައިޝާ ކޮޓަރިއަށް އައިއިރުވެސް ފާޒިންމެން ސިޓިންގްރޫމް ތެރޭގައި ތިއްބެވެ. މައިޝާ ފެނުމުން ފާޒިންއަށް ކަޅިވެސް ޖަހާނުލައި މައިޝާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ފާޒިން ބަލަހައްޓައިގެން އިންގޮތުން މައިޝާއަށް އިސް ޖަހާލެވުނީ ލަދުންނެވެ. ކަޅިވެސް ޖަހާނުލައި ފާޒިން ބަލަހައްޓައިގެން އިނދެފައި މަޑުމަޑުން މައިޝާ އާއި ދިމާލަށް ފާޒިންއަށް ދެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. މަޑުމަޑުން އުފުލުނު ދެއަތުން މައިޝާގެ މޫނުގައި ހިފަހައްޓާލިއރު އެއަތް ފިނިކަމުން މައިޝާގެ ގައިން ހީބިހި ނަގައިގެން  ދިޔައެވެ. އަތުގެ ބޮޑުވައި އިނގިލިން މައިޝާގެ ކޮލުގައި ފިރުމާލާފައި އެރީތި ތުންފަތުގައި ފާޒިން ބޮސް ދިންއިރު ވާތް ގެންގޮސް މައިޝާގެ ފުރަގަހުން ބުރަކަށީގައި އަޅުވާލައި ފާޒިންގެ ގަޔާއި ތަތްކޮއްލީ ދުވަހަކުވެސް ދުރުކޮއްލަން ނޭދޭފަދަ ގޮތަކަށެވެ. މައިޝާވެސް ފާޒިން އާއި ބައިވެރިވަމުން ފާޒިންގެ ގައިގައި ދެއަތުން ވަށާލިއިރު އެދެލޯ ފޫދުއްވާލާފައި ކަރުނަ އޮހިގެންފިއެވެ. މަޑުމަޑުން މައިޝާ ދުރުކޮއްލީ މައިޝާގެ ލޮލުން ފޭބި ކަރުނަތަކުގެ އިހްސާސް ކުރެވުމުންނެވެ. މައިޝާގެ ލޮލުން ފޭބި ކަރުނަތައް ފުހެލައިދެމުން ދެފަރާތަށް ބޯހޫރާލީ ދެން ނުރޯށޭ ބުނާގޮތަށެވެ. އެހެންނަމަވެސް މައިޝާއަކަށް ރުއިން ހުއްޓައެއް ނުލެވުނެވެ. މޫނުގައި ދެއަތް އަޅައި ފޮރުވައިލެވުނުއިރު ހަމަ ރަނގަޅަށްވެސް މައިޝާއަށް ރޮވިއްޖެއެވެ.

” އަދިވެސް ރޮނީތަ…؟ ދެން ތިހެން ރޮންޏާ އަނެއްކާވެސް ދާނީ…؟ ” ފާޒިން އެހެން ބުނެލީ މައިޝާ ހުއްޓާލާނެ ކަމަށް ހީކޮށެވެ. ފާޒިންގެ ޖުމުލަ އަޑުއިވިފައި މައިޝާ ކުއްލިއަކަށް މޫނުން ދެއަތްނެގިއރު އެދެލޯވަނީ ބޮޑުވެފައެވެ. މައިޝާ ބަލައިލިގޮތުން ހީވަނީ ބިރެއް ފެނިގެން ބަލައިލިހެންނެވެ. އިރުކޮޅެއް ވަންދެން ފާޒިންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި މައިޝާ ފާޒިންގެ ގައިގައި ބައްދައިގަތްއިރު އަނެއްކާވެސް ފާޒިންގެ ކަންފަތަށް އިވިގެން ދިޔައީ މައިޝާ ގިސްލުމުގެ އަޑެވެ.

” ދެން ތިހެން ނުބުނައްޗޭ… އަހަރެން މަރުވެދާނެ…! ފިޒާން ނެތްނަމަ އަހަރެން މަރުވާނެތާ ކިތަންމެ ދުވަހެއް… މިހުރިހާ ދުވަހުވެސް މި ކެތްކުރީ ހަމަ ފިޒާންގެ ހައްގުގަ… ” މައިޝާ ރޮމުން ބުނެލި ޖުމުލައިން ފާޒިންގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ. ފާއިތުވެގެން ދިޔަ ތިންއަހަރު މައިޝާ ވަނީ ފާޒިންއާއި ވަކިން އުޅެފައެވެ. އެއްވެސް ހާލެއްގައި ފާޒިން އެހެން ބުނީ އެއްވެސް ވަރަކަށް މައިޝާ ދެރަ ކޮއްލުމުގެ ނިޔަތެއްގައެއް ނޫނެވެ. ނަމަވެސް ބުނެވޭ އެންމެ ޖުމުލައަކުންވެސް އަނެކާއަށް ވަރަށް އަސަރުކޮއްފާނެއެވެ.

” ދެން ހުއްޓާލަބަލަ.. އެއީ އެހެން ބުނި އެއްޗެއް ނޫނޭ… ދެން ދުވަހަކުވެސް މައި ދޫކޮއްލާފައި އެއްވެސް ތާކަށް ނުދާނަމޭ…! ” މައިޝާގެ ގައިގައި ބައްދާލައިގެން ހުރެ ފާޒިން ވާހަކަ ދައްކަމުން ދިޔައިރު އިރު އިރުކޮޅުން މައިޝާގެ ނިތްކުރީގައި ފާޒިން ބޮސްދެއެވެ. ދޮރުގައި ޓަކި ޖަހާއަޑަށް މައިޝާގެ ގައިން ދޫކޮއްލާފައި ފާޒިން ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ވަދީފާ ހުއްޓެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ލޯބި ވެވުމުން…..1

Next

ލޯބި ވެވުމުން……2

Next
April 25, 2017

ލޯބި ވެވުމުން……2

Previews
April 24, 2017

ލޯބި ވެވުމުން…..1

36 Comments!

  1. Vaahaka kiyaaKujjaa says:
    April 24, 2017 at 10:56 pm

    Adhi avas thankolheh mi bai upkohllan..

  2. kiya says:
    April 24, 2017 at 11:23 pm

    Varah dhuvas vejje inthizaaru kuraatha hope kuran dhen nukuraanekamah vaahaka vv reethi

  3. Chum handi says:
    April 24, 2017 at 11:23 pm

    omg…omg..omg… ihthu.. haadha inthizaareh kohfeemey…. ekam ves varah happy vejje alun anburaa ihthu aeema… and story ves hama varah salhi… kon irakun next part… up koh dhey day dhuvas thah kiyaa dhehcheyy… waiting for the next part.. Good night… Ly…

    1. Chum handi says:
      April 24, 2017 at 11:26 pm

      btw… dhen ulheynee no 1 writers ah varah name vahtharu dhekudhin dho… ihthu and ithoo… chum ah name ves olhidhaane… hehe..

  4. kiya says:
    April 24, 2017 at 11:24 pm

    Varah dhuvas vejje inthizaaru kuraatha hope kuran dhen disapoint nukuraanekamah vaahaka vv reethi

  5. Looohaaa says:
    April 25, 2017 at 12:25 am

    Ehvx kuhjjak ihthu ah negative comments nukuraathii.. this is a warning for all of you..Cox I’m sure ihthu ge own reasons eh onnaane kan…gud luck..v nice..❤

  6. haja says:
    April 25, 2017 at 1:27 am

    He he kiyaa Lan libunee really nice story up kola dinee thee thanks ihthu

  7. Anonymous says:
    April 25, 2017 at 5:41 am

    2015 gesdheyn feshi vaahaka eh mee dhen keekey bunaanee neh bunaane ehcheves
    dhen bunaanee thikuraa hihvarah shukuriyyaa ey

  8. Manje says:
    April 25, 2017 at 6:42 am

    Mee aharaku 1 part genesdhey story eh tha? Thivarun dhen vaahaka nuliye huttaalaa. Kiyuntheringe kurimathee thee agu vettifa oi meeheh. Dhen keekey bunaanee.pis pis. Aneh part 2019 ga dho

  9. aayath says:
    April 25, 2017 at 8:31 am

    Omg. Mi story ge 44 vana parts genesdhyfa e iny 2015 ga. 1 year fahun aneh part. Thihaa varun vaahaka liyaane kameh nei. Mi part kiyan feshi iru neygunu mee kon story eh kameh ves.

  10. ? says:
    April 25, 2017 at 8:55 am

    Maaai kamo. Kyvve yo alun gennan nufeshy. Aammukoh mi site ge midhiya aharun feshigen hurihaa vaahaka eh kiyan. Mi namaky fenunu nameh noon. Hutta fenunyma ragalhah balaali iru emme fahun up vefa iny 2015 ga. Ehn vyma waiting for the next epi dhen Anna dhauregga

  11. Shile says:
    April 25, 2017 at 9:25 am

    Varah kiyaa hithvefa inee mivaahaka ekamu unfinished storyeh nukiyan vegen nukiyaa dhookollee mivaahaka kiyan mifashanee
    Hope you will not discontinue. Please don’t disappoint us

    1. ... says:
      April 25, 2017 at 12:09 pm

      me too.. reyga ekkoh kiyaalaifin ekam.. heekyran nimendhen genesdheyne kamah..

    2. Azu says:
      April 25, 2017 at 4:14 pm

      Mee too…hama denme mi kiyaa nimunee hurihai baithah….ummeedhu kuran dhen nimen dhen genesdheyne kamah…

  12. haja says:
    April 25, 2017 at 10:15 am

    V reethi mi part haada ha dhuvas kohlafa thi up Kohler ekamu ves thanks best of luck

  13. Mine says:
    April 25, 2017 at 5:24 pm

    Hurihaa kiyunterin e varah comment kuraa iruvs liyunteriyaa ge habreh nuvey.. Vaaahaka kitanme reeethi kamuga viyas interest eh nuhunaaane thihn hedima..V goteh kiyunterin ah bunedinumaki liyunteriyaa kuran jeheyne kameh

  14. Pakaas says:
    April 25, 2017 at 11:46 pm

    Dhen oiy part 2018 ga dhw. ???

  15. Malika.♥️ says:
    April 26, 2017 at 10:45 pm

    Keke dhen annah part anehkaa dhe aharu fahun dhooooo salhi?

  16. Xaan says:
    April 27, 2017 at 10:58 am

    Koba vaahaka v kitaahithun mi inny

  17. Nash says:
    April 27, 2017 at 8:09 pm

    Haadha avahakah thi up kury

  18. cya says:
    April 27, 2017 at 11:25 pm

    dhen Anna dhaurehga dho next part

  19. Khadhy says:
    April 28, 2017 at 6:50 pm

    Dhen oiybai anna aharu tha?

  20. Shaayan says:
    May 1, 2017 at 10:39 am

    Ehaa reethi vaahaka eh vx ehaa laslahunn nerey thii kiyaa hiyy vx kedey…???

  21. Navii says:
    May 4, 2017 at 10:26 pm

    Dhen oibai anekka konirakun baa????!…

  22. Reen says:
    May 5, 2017 at 4:39 pm

    Koniraku next part up kohladhenee daynee v kiyaahithun mihiree Avahah up kohdheebala pls pls pls.

  23. Kkk says:
    May 6, 2017 at 7:47 pm

    Next part 2018 ga , ???feelin. Ladhu ????

  24. Wishy says:
    May 28, 2017 at 4:30 pm

    This story is one of the best I’ve read but pity that it ain’t finished yet..

  25. sucker says:
    June 26, 2017 at 3:37 pm

    next episode kiyan v huvafenuga hn heevanee noonee mi anna garunuga… hahaha., thi ee vaavarakee. foareega up kuran fattaane feshey baaga dhen vaahaka vaki hisaabah dhiyaam afoohi vaane. huh thikahala kudhin vaahaka nu liyun maa rangalhu thoahche.. thikahal kudhin vaahaka liyegenneh mi site eh kuri eh neyru veyne..
    That really sucks dear,
    pis pis pis #THEETHIKADA #GETVEBAA

  26. ??? says:
    August 12, 2017 at 11:34 am

    Mi vahaka dhenn inn bai nereniiii konn dhuvahakunn tha?????

  27. ???? says:
    August 19, 2017 at 7:16 pm

    Ihthu mi vaahaka dhenn innbaii nereba plxplxplx

  28. ????? says:
    September 13, 2017 at 4:33 pm

    Vaahaka liyaa kudhinn vaahaka liye nuninn manii kyve tha mivaahaka vess avahah ninma bala?????

  29. starfish says:
    December 21, 2017 at 1:23 pm

    me athuga obey mi vaahaka ehkoh beynun nama ahngaala

    1. nazu says:
      January 1, 2018 at 11:56 pm

      Fonuvaala dheyn v nu avahah…

    2. Saifeena says:
      June 21, 2018 at 9:21 pm

      Beynun

  30. ?? says:
    March 18, 2018 at 6:23 pm

    Kihineh libeyny mi story?? Pls dheebala

  31. ??? says:
    March 22, 2018 at 6:46 am

    Dhenn huri baithah nerenii konn dhuvahakunn mivaahaka minn mabala

Comments are closed.

Next Episodeހިތަކުން ނުފިލާނެ (ފަހުބައި)←


All Right Reserved!