
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝަނާޔާ އޮތީ ފުން ނިންޖަކަށް ގެނބިފައެވެ.ކޮޓަރި ތެރޭގައިވަނީ ހަމަހިމޭން ކަމެވެ.ބަލާލަން ރީތި މާބޮޑުނޫން އެ ހިތްގައިމު ކޮޓަރި ތެރެ ދިއްލިފައިވަނީ ނިދާބޮކީގެ ފަނޑު ނޫކުލައިންނެވެ.ޝަބާޔާއަކީ ހަމުގެ ކުލަ އަލި، ބަލާލި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރުވާފަދަ ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ރީތި ކުއްޖެކެވެ.އެ ދޮން، އޮމާން މޫނުމަތީގައި ވަނީ މަޢުސޫމް ކަމެވެ.
ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަނާޔާއަށް ހޭލެވުނީ ފޯނު އެލާމްގެ އަޑަށެވެ. ޢަވަސް އަވަހަށް ގަޑި ބަލައިލިއިރު ހަތެއްޖަހާ ދިހަ މިނެޓް ހިނގައިފިއެވެ.އެނދުން ތެދުވެ ފާޚާނައަށް ހިނގައިގަތްތަނާ މަންމަ ގޮވާލިއަޑު އިވުނެވެ. ޑަރިފުޅާ ނާޔާ ހޭލެވިއްޖެތަ؟ ލައްބަ މަންމާ.. އަލުގަނޑު ފެންވަރައިގެން މިއަންނަނީއޭ ބުނެ މަންމައަށް ޖަވާބު ދިނުމަށްފަހު ޝަނާޔާ އަވަސްވެގަތީ ފެންވަރަން ވަނުމަށެވެ.
ކަޅުކުލައިގެ އަބާޔާއާއިއެކު ވިލުނޫކުލައިގެ ޝޯލްއެއް އަޅާލައިގެން ހުރި ޝަނާޔާ ކާކޮޓަރިއަށް ވަދެގެން އަންނަ އިރު ފެންނަނީ ވަރަށްވެސް ސާދާކޮށެވެ.އެ ތުނި ތުނި ތުންފަތުގައި ފިޔާތޮށި ކުލައިގެ މަޑު ލިޕްސްޓިކެއް ހާކާފަިހުރިއިރު އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އަނހާ ދަރިފުޅާ! ޢަވަހަށް އާދޭ ސައިބޯން. ޙުސްނާ ޝަނާޔާއަށް ގޮވާލީ ނުހަނު ލޯބިންނެވެ.ވާނީވެސް އެންތާއެވެ. އެ ދަރިފުޅަކީަ އޭނާގެ ދިރިހުރުމުގެ އަސްލެވެ. ދަރިފުޅަށް ބަލިވެ އިނދެ، ބަނޑަށް 7 މަހުގައި ލޯބިވާ ފިރިމީހާވަނީ ދިމާވި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.އޭނާގެ އެކަނި ވެރި ދިރިއުމަށް ދިރުން ގެނެސްދިނީ އެ ދަރިފުޅެވެ.އެކަނިމައި އެކަނި ދަރިފުޅު ބަލާބޮޑުކުރިީ ކެތްތެރިކަމާއި، ޝުކުރުވެރިވާ ހާލުގައެވެ. ޙުސްނާއަކީ މޮޅަށް ފަހަން ދަންނަ މީހެއްކަމުން ދިރިއުޅުމަށް ފައިސާ ހޯދޭނެގޮތް ވަނީ މާތް ﷲގެ ރަޙުމަތްފުޅުން ތަނަވަސް ވެފައެވެ.އެ ކުޑަކުޑަ އާއިލާއަކީ އެންމެ ތަނަވަސް އާއިލާއަކަށް ނުވިކަމުގައި ވިޔަސް ދަރިފުޅުގެ ހުރރިހާ ބޭނުންތަކެއް ފުއްދާދެވޭތީ ހުސްނާ ބަލައެވެ. މަންމަގެ އެ އަޅާލުމާއި، އޯގާތެރި ކަމުގެ ސަބަބުން ޝަނާޔާގެ ހިތްވަނީ އެ މަންމައަށްޓަކާއިގލޯބިންގފުރިފައެވެ.
ހެނދުނުގެ ކުޑަކުޑަ ނާޝްތާއަކަށްފަހު، ޝަނާޔާ ނިކުތީ އޮފީހަށް ދިޔުމަށްޓަކައި ޓެކްސީއެއް ލިބޭތޯއެވެ.ކަން ދިމާކުރި ގޮތުން މާބޮޑު އުނދަގުލަކާއި ނުލާ ޓެކްސީއެއް ލިބުނެވެ.ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ކައުންޓަރުގައި އިން ކައިލްގެ ނަޒަރު ހުއްޓިފައި ހުރީ އެތެރެއަށް ވަދެގެން މަޑު ހިނގުމެއްގައި އަންނަ ޝަނާޔާއަށެވެ.ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ކައިލްގެ ހިތުން ޝަނާޔާއަށްވަނީ ވަރަށް ޚާއްސަ މަޤާމެއް ދެވިފައެވެ. ނަމަވެސް ޝަނާޔާއަކީ މިޒާޖުގައި މަޑުމަތިރި ކަމެއް ހުންނަ، ލަދުރަކި ކުއްޖަކަށް ވުމުން އޮފީހުގެ އެއްވެސް ފިރިހެން ސްޓާފަކަށް ޝަނާޔާއާއި މާ ގާތްގުޅުމެއް ބޭއްވޭ ގޮތެއް ނުވެއެވެ.
ޝަނާޔާ އިނީ އޭނައަށް ޚާއްސަ ކުރެވިފައިވާ ކެބިންގައެވެ.އޭނާއަކީ އެއޮފީހުގައި ސީނިއަރ އެޑްމިން އޮފިސަރެއްގެ މަޤާމް ފުރަމުން އަންނަަ މުވައްޒަފެކެވެ. ނާޔާ މިއަދު އޮފީސް ނިންމާފަ ހިނގާ ހުޅުމާލެއަށް ދާން. ޏިއު ވެސް ބުނިދާނަމޯ..ފަރަހާގެ އަޑު އިވުނެވެ.ފަރަހާއަކީ ޝަނާޔާގެ އެންމެ ގާތް އެކުވެރިޔާއެވެ.ފަރަހާއަކީވެސް ޝަނާޔާއެކޭ އެއްފަދައިއިން އެޑްމިން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.ނަމަވެސް ޝަނާޔާއާއި ޚިލާފަށް އަނގަގަދަ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ދެކުދިންވެސް ކިޔެވީ މާލޭގެ ސްކޫލެއް ކަމަށްވާ މަދަރުސަތުލް އަޙްމަދިއްްޔާއިންނެވެ. ސްކޫލް ދައުރުން ފެށިގެން ދެކުދިން އެކަކު އަނެކަކު ދަނެއެވެ.ނަމަވެސް މިހާރު އެއީ ދެ ބެސްޓް ފްރެންުޑުންނެވެ. ދުވަސްތައް ފާއިތުވަމުންދަނީ ހަލުވި ދުވެލީގައެވެ.
އެގޮތުން އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ބޮސްގެ އޯޑަރަކަށް ހުރިހާ މުވައްޒަފުން ތިބީ ކޮންފަރެންސް ރޫމްގައެވެ. ކޮންމެ މުވައްޒަފެއްގެ މޫނުމަތިންވެސް ފެންނަމުން ދަނީ ހައިރާން ކަމެވެ.މިހާ ކުއްލި ގޮތަކަށް ބައްދަލުކުރަން އެއުޅޭ ސަބަބަކާއި ދޭތެރޭއެވެ. ޢަދި އެކަކު އަނެކަކާ ސުވާލު ބަދަލު ކުރެވެމުން ދިޔައެވެ.ހުރިހާ މުވައްޒަފުން ހަމަހިމޭން ވެއްޖެއެވެ. އެތެރެއަށް ވަދެގެން އެ އަންނަނީ ލިލީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަމަން ޝާހިދުއެވެ. އެ ބޭފުޅާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުން ކޮޅަށް ތެދުވިއެވެ. ބޮސްގެ އަތުގެ އިޝާރާތަކާއި އެކު ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފަކަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ޢެގޮތުން ޝަނާޔާވެސް އިނީ ނޭވާހިފަހައްޓާލައިގެން ބޮސް ދައްކަން އުޅޭ ވާކަހައަކަށް ސަމާލުވެއެވެ. ހުރިހާ މުވައްޒަފުންނަށްވެސް އެނގޭނެ ފަދައިން މާދަމާއަކީ މިއޮފީހުގެ އަހަރީ ދުވަސް ކަމުން، އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު އަޅުގަނޑު ބޭނުންވަނީ ތަފާތު ގޮތަކަށް ޕިކްނިކް ދަތުރެއް އިންތިޒާމްކޮށް ބީޗް ޕާޓީއަކުން އަހަރީ ދުވަސް ސެލެބްރޭޓް ކުރަން. މުވައްޒަފުންނާއި މިބައްދަލް ކޮށްލީ އެކަމުގައި މުވައްޒަފުންގެ ޚިޔާލުހުރި ގޮތް ބަލާލަން. ޝާހިދުގެ ވާހަކަ ނިމުނު އިރު މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ.އަދި ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް އެކަމަށް ތާޢީދު ކުރިއެވެ. ނަމަވެސް ޝަނާޔާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. އެގޮތަށް ފަޅު ރަށްރަށަށް ދަތުރު ދިޔުމަކީ އޭނާ އެއްގޮތަކަށްވެސް ކުރާހިތްވާ ކަމެއް ނޫނެވެ. ޢަދި އަމުދުން ފިރިހެނުންނާއި، އަންހެނުން ގައިގޯޅިވެ، އެކަހެރި ވެވޭފަދަ މާޙައުލަތަކަށް ދިޔުމަކީ އޭނާ އެއްގޮތަކަށްވެސް ރުހޭކަމެއް ނޫނެވެ.އަދި ދަނީވެސް އޯވަރ ނައިޓަކަށެވެ.ބޮސް ވިދާޅުވި ގޮތުން ހަވީރު 5ޖަހާއިރު ތިބެން ޖެހޭނީ އެރަށުގައެވެ. އެއީ ރޭގަނޑުގެ 12 އަށް ރަށުގެ ބީޗް ޑެކަރޭޓް ކޮށް އަހަރީ ދުވަހަށް ތައްޔާރު ކުރުމަށެވެ.ކިތަންމެ ބޭނުން ނުވިޔަސް ބޮސްގެ އެދުމާއި ދެކޮޅުހެދޭކަށް ނޯންނާނެއެވެ.
ކޮން ޚިޔާލެއްގަ؟ ޝަނާޔާއަށް އޭނާގެ ޚިޔާލުތަކުން ނިކުމެވުނީ ފަރަހާގެ އަޑަށެވެ. އައި ނޯ ނާޔާ…ޔޫ ޑޯންޓް ލައިކް ދިސް. އަކަމަކު އިތުރު ޗޮއިސް އެއްވެސް ނެތެއްނު..ހިނގާ އަވަހަށް ގެއަށް ދާން ދަތުރަށް ރެޑީ ވުމަށް.3 ޖަހާއިރު ތިބެން ޖެހޭނީ އެއްނަމްބަރ ޖެޓީގަޔޯ.. އައި އޭމް ސޯ އެކްސައިޓެޑް…ފަރަހާ އުފަލުން ފުމެމުން ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. ޝަނާޔާވެސް އެކުވެރިޔާއާއި އެކު އޮފީހުން ނިކުތީ އަވަހަށް ގެއަށް ދިމަށެވެ. ޢެދެމީހުންގެ ފަހަތުން ދުވެފަ ކަހަލަ ގޮތަކަށް ކައިލްވެސް ނިކުތެވެ.އަދި އޭނާ ގެއަށްދާމަގުމަތީގައި ސައިކަލުގައި ޝަނާޔާ ގެއަށް ލާދީފާނެ ކަމަށް ބުންޏެވެ.ނަމަވެސް ޝަނާޔާ ބޭނުންވީ ހިނގާލާފައި ގެއަށް ދިޔުމަށެވެ. އެހެންވެ ނޯ.ތެންކްސް އޭ ބުނެ ގެއަށް ދިޔުމަށް ހިނގައިގަތެވެ.ފަރަހާ ހުރީ އޭނާގެ ބޯއި ފްރެންޑަށް ގުޅައިގެން އޮފީސް ދޮރުމަތީ ޝިމާންގެ އިންތިޒާރުގައެވެ.
ދަރިފުޅާ..ބޭނުންވާނެ ހުރިހާ އެއްޗެއް ހަނދާންކޮށް ދަބަހައްލާތި.ހުސްނާ އުޅޭގޮތުން ހީވަނީ ޝަނާޔާ އެތައް ދުވަހަކަށް ތަނަކަށްދާން އުޅޭ ހެންނެވެ.މަންމާ…މާގިނަ އެއްޗިހި ނުގެންދިޔަޔަސްވ ވާނެ.. މާތް ﷲ އިރާދަކުރެއްވިއްޔާ މާދަމާ މެންދުރެއްހާއިރު މިކޮޅަށް އާދެވޭނެއެވެ.ދަރިފުޅާ ބަލައިގެން އުޅޭތި …ކޮންމެސް ފަރަހާ މެންނާ ވަކިވެގެން އެއްވެސް ތަނަކަށް ނުދާތި…ޝަނާޔާގެ ބޮލުގައި ފިރުމާލަމުން ހަފްސާ ނަސޭހަތްތެރި ވިއެވެ. ދަރިފުޅަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ…މައެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށްވާތީއެވެ.
ހުރިހާ ސްޓާފުން ތިބީ ދަތުރު ދިޔުމަށް ހަމަޖެހިފައިވާ ދޯނީގައެވެ.ބޮސް އައިސް ދޯންޏަށް އެރުމާއިއރކު އިންޖީނު ސްޓާރޓް ކޮށްލިއެވެ. ދޯނިމަތީގައި ލަވަބާޒީ ކޮށް އެންމެން މަޖާކުރަމުން ދިޔައެވެ.ޝަނާޔާ ވެސް ބެލީ މޫނުމަތިން އެއްވެސް ފޫހިކަމެއް ބުދައކަ ވޭތޯއެވެ.އެންމެނާއި ބައިވެރި ވުމުގެ ގޮތުން އޭނާވެސް އަތް ޖަހަމުން ގެންދިޔައެވެ. އެއްލި ކަޅިޔަކުން ދުރުގާ އިން ކައިލް ކަޅިވެސް ޖަހާނުލާ ޝަނާޔާއަށް ބަލަހައްޓައިގެން އިއިންތަން ފެނުނެވެ. ލަދުރަކި ޝަނާޔާގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އަދި ހަމަ އެހިނދުން ކައިލް އަށްޓަކައި ހިތުގައި ފޫހިކަމެއް އުފެދިގެން ދިޔައެވެ.އެކި ގޮތްގޮތުންޝަނާޔާއ އޭނާއާއި އެކުވެރިކަން ބަދަހި ކުރުމަށްޓަކައި ކައިލް މަސައްކަތް ކުރަމުންދާކަން ޚުދު ޝަނާޔާއަށްވެސް އިނގެއެވެ. ނަމަވެސް އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.އެއީ ކައިލްގެ އެއްވެސް ހަރަކާތަކަށް ޝަނާޔާގެ ހިތާ ކުޅެލެވޭ ވަރުގެ ބާރެއް ލިބިގެން ނުވާކަން ޝަނާޔާއަށްް އިނގޭތީއެވެ.
ދެގަޑިއިރުގެ ދިގު ދަތުރަކަށްފަހު ހުރަސްފަރަށް ދޯނި ގާތް ކުރެވިއްޖެއެވެ. ރަށުގެ މަލަމަތި ފެންނަލެއް ފުރިހަމަ ވެފައި ޗާލެވެ. ޔަޤީނުންވެސްް ދުލަކުން، ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާ ފުރިހަމައެވެ. އެންމެން ދޯނިން ފާބައިފިއެވެ.ފިރިހެން ވެރިން އެއްބަޔަކު ދަތުރަށް ގެނައި ތަކެތި ދޯނިން ބޭލުމުގައި ހަރަކާތްތެރި ވަމުން ދިތައިރު، އަނެއްބަޔަކު އަތިރިމަތީގައި ޓެންޓްތައް ޖެހުމުގެ މަސައްކަތުގައި އުޅެއެވެ.
ފަރަހާއާއި، ޝަނާޔާއާއި، ނިއުމާމެން ތިބީ މޫދުކައިރީ އޮތް ބޮޑު ކަނދު ގަނޑެއްގެ މަތީގައި އިށީންދެލައިގެންނެވެ.ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ރީތި މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނުވަމުން ދިޔައެވެ.ޝަނާޔާގެ މޫނުމަތިންވެސް ކުރިން ފެންނަންހުރި މޯޅިކަންވަނީ ފިލާ ގޮސްފައެވެ. އެ ހިތްގައިމު އަތިރިމަތީގައި ހުރިހާކުދިން މިރެއަށްޓަކާ ކުރަން ނިންމާފައި ހުރިކަންތައްތަކަށް ޕްރެކްޓިސް ކުރަމުން އުފާވެރި ވަގުތުކޮލެއް އިންސާފު ކުރަމުން ދިޔައެވެ. ފިރިހެންވެރިން ޓެންޓްތައް ޖަހާ ނިމުނުއިރު މަޣްރިބު ނަމާދު ބަންގި ގޮވަނީއެވެ. ޝަނާޔާވެސް ވުޟޫކޮށްލައިގެން ގޮސް އަންހެން ކުދިންނަށ ޚާއްސަ ކުރެވިފައިވާ ޓެންޓަށް ވަދެ ނަމާދު ކޮށްލިއެވެ. އަދި ދަބަހުގެ ކުޑަވަތްގަނޑުން ފޯނު ނެގުމަށްފަހު މަންމައަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގުވުމުން އެކޮޅުން މަންމަ ފޯނުނަގާ މިއުޅެނީ ދަރިފުޅަށް ނުގުޅިގެންނޭ ކިޔާ ޝަކުވާ ކޮށްލިއެވެ. އެއީ ހުސްނާގެ އާދައެވެ. ދަރިފުޅާ ވާހަކަ ދައްކާނުލެވި ކިތަންމެ ކުޑައިރުކޮޅެއް ވިޔަސް އެ ހިތް ތެޅިފޮޅެން ފަށާނެއެވެ. ޝަނާޔާއަށް މަންމަގެ ޙާލު އިނގޭތީ މަންމަައުފާކޮށްލާ ހިތްހަމަ ޖައްސާލުމަށް ފޯނުގައި 15 ވަރަކަށް މިނެޓް މަޑުކޮށްލިއެވެ. އެއަށްފަހު ޓެންޓް ތެރެއިން ނިކުމެ ފަރަހާމެން ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.
ފަރަހާމެން ތިބީ މިރެއަށް ހުށަހަޅަން ނިންމާފައިވާ ލަވަތައް ފަރިތަ ކުރާށެވެ. ލަވަ ކިޔަމުން ދަނީ ރީނާއެވެ.ރީނާއަކީ ސްކޫލް ދައުރުއްސުރެ ލަވަމުބާރާތް ތަކުގައި ބައިވެރިވެ، ރަން ވަނަތަކެއް ހޯދާފައިވާ ރީތި އަޑެއްގެ ވެރިއެކެވެ. ދެން ތިބި މީހުން އޭނާ ލަވަކިޔަމުން ދާއިރު އެކި ހިސާބު ހިސާބުން ލަވިގާ ބައިވެރި ވެލާ ފޯރި ގަދަކުރަމުން ދިޔައެވެ.ފިރިހެން ވެރިންވެސް އުޅެނީ ވަރަށް ބުރަ ކޮށްލައިގެން ގެނެސްފައިހުރި އެކި ކުލަ ކުލައިގެ ލައިޓްތައް ހަރުކޮށް ތަން ޒީނަތްތެރި ކުރުމުގައެވެ. ރެއަކީ ހަނދުމަހެއްގެ 14 ވިލޭރޭ ކަމުން ލައިޓްތަކުގެ އައްޔާނުލާވެސް މުޅިއަތިރިމަތި ވަނީ ހަނދުގެ ރިހު އަލިން ދިއްލާލާފައެވެ.
ހުރިހާ ސްޓާފުންވެސް މިހާރު ތައްޔާރު ވެލައިގެން އެތިބީ 12 ޖަހާނެ ވަގުތަކަށެވެ.މިރޭގެ ޕާޓީގެ ތީމްގެ ކުލައަކީ ރަތްކުލަ ކަމުން ހުރިހާ އަންހެން ސްޓާފުންތިބީ ރަތްކުލައިގެ ތަފާތު ހެދުންތަކުގައި ނަލަ ހެދިލައިގެންނެވެ. ޝަނާޔާއަކީ އަބަދުވެސް ކަޅުކުލައިގެ ބޮޑެތި ހެދުންލާ ކުއްޖެއްކަމުން، ޕާޓީގެ ތީމްއާއި ގުޅުވާލުމުގެ ގޮތުން އޭނާވެސް ވަނީ ގަދަ ރަތްކުލައިގެ ޝޯލްއެއް އަޅާފައެވެ. އެ ގަދަ ލޭކޮޅެއްފަދަ ޝޯލް ގެ ތެރެއިން އެކުޑަ ކުޑަ ދޮން، އޮމާން މޫނު ފެންނަލެއް ވަރަށްވެސް ފުރިހަމެއެވެ.ބަލާލި ކޮންމެ ފިތިހެނެއްގެ ހިތް ކަތިލާހާ ވެއެވެ. އާއްމުކޮށް ލުއި ފިޔާތޮށި ކުލައިގެ މޭކަޕެއްގައި ހުންނަ ޝަނާޔާގެ ތުންފަތްވެސް ވަނީ ރަތްކުލަ އިން ފަވާލެވިފައެވެ.ކައިލްގެ ނަޒަރު ފަޅި ސިކުންތަކަށްވެސް ޝަނާޔާ އާއި ވަކިނުވެއެވެ.ކޮންމެ ގޮތެއް ހަދާފަނަމަވެސް އޭނާގެ ހިތުގައި އުތުރި އަރަމުން އެދާ ޖަޒުބާތުތައް މިރޭ ޝަނާޔާއާއި ހިއްސާ ކުރާނެއެވެ.
12ޖެހުމާއި އެކު އަހަދުވަހަށް ޚާއްސކުރެވިފައިވާ ކޭކު ފެޅުމާއިއެކު ޕާޓިގެ ހަރަކާތްތައް ފެށިގެން ދިޔައެވެ. ހުށަހަޅަމުން ދިޔަ ލަވަތަކާއި ނެށުންތަކުން ޕާޓީ ފޯރިގަދަ ކުރަމުން ދިޔައެވެ. މަޑުމަޑުން އަތް ޖަހަމުން ދިޔަ ޝަނާޔާގެ އަނގަމަތީގައި ބާރުގަދަ އަތަކުން އަތްއަޅާ، ޕާޓީ ހޯލުން ބޭރަށް ނެރުނެވެ.ލިބުނު ސިހުމާއިއެކު އަނގަމަތިގައި އަޅަފައި އޮތް އަތް ނަގަން މަސައްކަތް ކުރަން ފެށިއެވެ.މާއުނދަގުލަކާއި ނުލާ އެކަން ވުމުން ޝަނާޔާއަށް އަވަސް އަވަހަށް ފަސް އެނބުރި ބަލާލެވުނެވެ.އެއްފައި މައްޗަށް ތިރިވެ، ރަތް ފިނިފެން މަލެއްހިފައިގެން އިން ކައިލް ފެނުމުން ބޭއިޚްތިޔާރުގައި އޭނާއަށް ދެބުމަ ގޮއްޖަހަާލެވުނެވެ. މިއީ ކޮންކަމެއްހޭ ކިޔާ ހަޅޭއްލަވައިގަނެ ހިތުގައިވާ ނުރުހުން ދުލުން ބޭރުކޮށްލުމަށްފަހު ކައިލްއަށް ފުރަގަސްދީ ދިޔުމަށް ހިނގައިގަތެވެ.
ހަމަ އެވަގުތު ކައިލް ޝަނާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ.އަދި ޝަނާޔާއަށްޓަކައި އެހިތުގައިވާ ލޯބި ފުރަތަމަފަހަރަށ ހާމަކުރިއެވެ.ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ ޝަނާޔާގެ ހިތުގައި ކައިލްއަށްޓަކައި ހަމަ އެންމެވިންދެއްވެސް ނުޖަހާކަމެވެ.އެގޮތަށް ފިރިހެނަކާއިއެކު އެކަހެރިވެފައި ހުރެވުމުން ޝަނާޔާވަނީ ހާސްވެ ބިރުގަނެފައެވެ.އިސާހިތަކު އެރީތި ދެލޯ ފެންކަޅިވެ ރޮވެންފަށައިފިއެވެ.އެ ދެެލޮލުން ފައިބަމުން ދިޔަ ކަރުނަ ތައްފެނި ކައިލްއަށް ބޭއިޚްތިޔާރުގައި ޝަނާޔާގެން އަތުން ދޫކޮށްލާ ދެ ފިޔަވަޅު ފަހަތަށް ޖެހެވުނެވެ.އަދި އަމިއްލަ ނަފްސު ކުއްވެރި ކުރާހާލު ސޮރީއޭ ބުނެ ދުވެފައިގޮސް ޕާޓީހޯލަށް ވަނެވެ. ލޮލުން ފައިބަމުން ދިޔަކަރުނަތައް ފޮހެލުމަށްފަހު ޝަނާޔާ ބޭނުންވީ އެކަނިވެލުމަށެވެ.
އެހެންކަމުން އަނބުރާ ޕާޓީއަށް ދިޔުމުގެ ބަދަލުގައި ޝަނާޔާގެ މިސްރާބު ހުރީ އެދިމާ ތުނޑިއާއި ދިމާއަށެވެ.ރެއަކީ ހަނދުވަރު ދޭ ރެއެއްކަމުން މުޅި ތުނޑިއަށްވަނީ ހަނދުގެ އަލިކަން ފެތުރުފައެވެ.ޝަނާޔާ ބޭނުންވީ ހިތަށްވެރިވެފައިވި ނުތަނަވަސްކަން ފިލުވާލާށެވެ. ދިހަވަރަކަށް މިނެޓް ހިނގާލެވުނުއިރު ޝަނާޔާއަށް ހުރެވުނީ ތުނޑީގެ ރީތި އޮމާން ދޮންވެލިގަނޑު މަތީގައެވެ.އަރައިގެންހުރި ފައިވާން ބޭލުމަށްފަހު ވެލިގަނޑުމަތީ ބައިންދާލިއެވެ.އަދި ފައިވާން ކައިރީ އިށީންދެލިއެވެ. މޫދުކައިރިއަށް ބީއްސާލާ ރާޅުތައްވެސް އޭގެ ޒާތުގައި ހިތްގައިމު މިއުޒިކެއް ކުޅެމުން ދިޔައެވެ. ޝަނާޔާ ބޭނުންވީ ސިކުނޑިހަމައަކަށް އަޅުވާލަން އެ ރީތި ދޮންވެލި ގަނޑުމަތީ މަޑުކޮށްލާށެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅި ތަކުން ޝަނާޔާގެ ހިތަށާއި،އެ ލޫޅާފަތި ހަށިގަނޑަށްދަނީ އަރާމާއި، ހިތްހަމަ ޖެހުން ލިއްބައި ދެމުންނެވެ.
އެގޮތުގައި 15 ވަރަކަށް މިނެޓް އިނުމަށްފަހު ޕާޓީއަށް އަނބުރާ ދިޔުމަށްޓަކައި، ތެދުވެ ފައިވާނަށް އަރައިގެން ހިނގައި ގަތެވެ. ޝަނާޔާގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ ލޯބިވެތި ފިރިހެން އަޑަކުން އޭނާއަށް ގޮވާލުމުންނެވެ.
**ނުނިމޭ**
44 Comments!
Comments are closed.
Nice story. But there is some mistakes.
Will try to avoid mistakes..thanks
There are** mistakes huh??!?
v reethi mi vaahaka
Thanx Aki
v reethi….. when next part…….
Thanx shafu
Story var nice igay noor. Kudakoh kuh thah eba huri adhi. Ekm liyan feshyma ekan kan vx rangalhu vaane. All the best. Next part kn irakun upload kuraany
In sha Allah will upload soon
Falhu rashehga thigothah makeup koh
shawl alhaa rythive hadhan vvvv udhaguvaane and plus kaaku ehaa courageous vaani dhenamaadhu dheythere gadeega falhu rashehga thihen majaa nagaa decorate koh hadhan?
Thanx for the comment..
Mee adhi falhu rashakah dhathureh ves nudhaa meeheh thwche… party akah ready vegen dhaa bayaku dhaany make up ves kurevey varah ready vegen dhw falhu rashakas.. plus baivaru meehunna eky thibegen falhu rashehga ves kankan kuran nukereyhaa findi eh nuvaane enmeneh.. madhu meehaku vaany.. falhu rah rashah overnightah dhathuru dhiumaky raajjeyga anmu kameh.. v r maldivians..
V reethi v biruveri vaanetha
Thanx Maree
Nice but vaahak dhakkairu ebunaa baithah koma koalhiehga liyefa in’name kiyan faseyha vaane.. koma koma koalhi nulaa hunnairu varah odd.. so I hope next part ehga rangalhu kohlaane kamah.. All the best…
Will correct next time dear
V rythi vaahaka akah vaane kanneyge. Feshun v v obi. Typing mistake eh ehn huredhaane. E massala eh noon. Ekam hama ekani bunedhyba biruveri vaahaka eh tha mee
Ya. It’s a very first story of mine..thanx
Story feshun v.reethi. heevanee reethi vaanehen. Ekamu laafa in photo aa Shayana akaa nugulhey. Abaya laa cover vegen hunna kujjakaa nugulhey..
Thanx
Mashaa Allah furatha part v v reethi… BT kuda kudakoh mistake aebahuri… And when is next part.. Waiting waiting for the next part..
Thanx
wow varah reethi avahah up kohladhehchey v kiyaa hithun mihury gl noor
Thanx naxo
Mi sytuga liyaa vaahaka thakuga eh nan thakeh beynun kuranee keehve baa..
Kurin ehen vaahaka eh ga ves shanayaa kiyaa kujjaku ulhunu….
Thanx for the comment
Mi sytuga liyaa vaahaka thakuga eh nan thakeh beynun kuranee keehve baa..
Kurin ehen vaahaka eh ga ves shanayaa kiyaa kujjaku ulhunu….
Vrh salhi
Thanx Nana
Dialogs liyan vaanee komakoalhi therey kanneynge
Thanx
Kahneyge eh nun.ei hama yageen kameh.koma koalhi thereyga dialogs nuliye huhnaathee v udhagu kiyanves
story salhi… but TBH kiyaa iru coma koalhi(“…..”) nethyma kudakoh undhagoo vaanuvaa dhene ganan….. and kudhi kudhi mistakes ebahuri… I know no one’s perfect and this is only your first story…. and even if I write a story there will be mistakes….. don’t be disappointed and plz don’t think this is a negative comment,cuz I’m just teeling you what I think is wrong… but overall this story’s concept is good and you can even improve the description and things on the episodes to come up… hope you won’t stop the story and tell us in some way that you can’t upload the story… I’m not telling you to tell your personal life things, just tell us that if you are busy you really are busy and that’s all…. Good night…. Ly…
Thanx …
Mee biruveri vaahaka ehtha…
Ya
story salhi. Husna & Hafsa?? mithanun kaaku eyee Naayaa ge mamma?
Hafsa…sorry..that’s a typing mistake…
Friends…as its my first story…there will b mistakes..plz help me to improve .
vrh salhi storyeh……
????
NYC…
❤
Vrh nice next part when.