Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 9

ShaiShy Level 310 Stories100 Comments500 Comments
April 23, 2017 5 Mins Read
70 Comments

އީތަންއާ ޒުއްނޫރުގެ ފަހަތުން އެނބުރެމުން ދިޔަ ކަކުންޏަކުން ދުންއަރަމުން ދިޔައެވެ. އެދުންތަކުގެ ތެރެއިން ފާޅުވީ މީހެއްފެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އީތަންގެ ފަހަތުން އައިސް އެމީހަކު ހުއްޓުމާއެކު ޒުއްނޫރާއި އީތަން އެކުއެކީގައި ފަހަތަށް ބަލާލިއެވެ. އާދައިގެ ކަޅުހެދުމެއްގައި ހުރި އަންހެނަކު ހުރުމުން އެއީ ކާކުކަމެއް އީތަންއަށް ނޭނގުނަސް ޒުއްނޫރަށް އެނގުނެވެ. އެމީހުންގެ ފަހަތުގައި ހުރި ޒިމްރީނާގެ ދެބުމަ ގޮށްޖެހިފައިވާއިރު އީތަންއަށް ކަޅިއަޅާލިއެވެ.
” މީދޯ ކަލޭ ކުރާ ކަމަކީ..މަގޭ ދަރި ފަރީކު ހަލާކުވެގެން ދާއިރުވެސް ކަލޭ އިންނާތި ހަމަޖެހިލައިގެން..އެހެންނު ވާނީ އޭނަދެކެ ލޯތްބެއް ނުވޭ ވިއްޔަ..ރަންދަރި މިހުރީނު ކައިރީގައި..: ޒިމްރީނާގެ ބެލުމުން އީތަން ކައިލާން އުޅޭކަހަލައެވެ. އެބެލުމުގައި އެހުރީ އެހާވެސް ނުރައްކާތެރިކމެކެވެ. ޒިމްރީނަގެ ދިގުދަތްތައް ދައްކާލަމުން ޒުއްނޫރާދިމާއަށް ގުދުވެލިއެވެ. އީތަން އިނި މި އަންހެން މީހާ އުޅޭގޮތުން ހައިރާންވެފައެވެ. މިއީ އޭނާގެ ދޮންމަންމަކަންވެސް ރޭކާލީ އެދެއްކި ވާހަކައިގެ އަސްލު ވިސްނުމުންނެވެ. އެހެން ނޫނަސް އީތަންއަށް އެފަދަ ވިހަގަދަ ބެލުމަކުން ބަލާނީވެސް ދޮންމަންމަވިއްޔާއެވެ.

“އަހަރެން ނުބުނަންތަ މިދުވަސް ފިސާރި އަވަހަށް އައިސްދާނެއޭ..ހައްތަހާވެސް ކަލޭގެ ކަންތައް..އިންސާނަކާ ހިތާވެގެން އުޅުނުއިރުވެސް މަށަށް އެނގުނު ކަލޭގެ ފަރާތުން މުސީބާތެއް ކުރިމަތިވާނެއޭ..ޒިއަދަންއަށް ކަލޭގެ މިދަރިފުޅު ކުރީ ކީއްކަމެއް މަށަކަށް ނޭނގެ އޭނަ އެބައުޅޭ އަހަރެމެންގެ ޚާދިމުންގެ ތެރެއިން ފަންސާސް މީހުން މަރާލައިގެން..ކަންތައްތައް އަހަރެން އަތުން ބޮއްސުލައިގެން ދިޔައިރުވެސް ކަލެއަށް އަންނާކަށް ނޭނގުނުތަ؟” ޒިމްރީނާގެ ރުޅިވެރި ބަސްތަކުން ޒުއްނޫރަކަށް ތަފާތު ކަމެއް އިހުސާސް ނުކުރެވުނެވެ. އޭނައަށް އެކަންތައްތައް އާދައަކަށް ވެއްޖެއެވެ. ނަމަވެސް އީތަން ހުރީ އަޖައިބުވެފައެވެ. ތިމާގެ ފިރިމީހާއަށް އިހުތިރާމް ކުރަންޖެހޭނެ ނޫންހެއްޔެވެ؟ ޒިއަދަންއަށް ލިބިފައި އެހުރީ އޭނަ މަންމަ ފަރާތު އާއިލާގެ ގޮތްގަނޑުކަން ކަށަވަރެވެ. ޒިމްރީނާ ހަޅޭލަވަމުން އެތަނުން ގެއްލިގެން ދިޔައީ ޒުއްނޫރު ވީހާވެސް އަވަހަށް އައުމަށް ބުނެފައެވެ. އެހެން ނޫނީ ނަތީޖާ ވަރަށް ހިތިވާނެކަމަށް ބުނެ އިންޒާރެއްވެސް ދިނެވެ. ދަމުންވެސް ދިޔައީ އީތަންއަށް ކަޅިއަޅާލަމުންނެވެ.

ޒުއްނޫރު ފުން ނޭވައެއް ދޫކޮށްލަމުން އީތަންއާ ދިމާއަށް ބަލާއިއެވެ. މާޔޫސްކަން ވެރިވެފައިވާ މޫނުން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. އުފާތަކުން މަހުރޫމުވެގެން އެހުންނަނީ ހަމައެކަނި އީތަންއަށްޓަކައެވެ. ހުސްނާ ދެކިލާހިތުން އެހިތް ތެޅިފޮޅެމުންދާއިރު ޒުއްނޫރު އެއީ ކެތްތެރިކަމުގެ މިސާލެކެވެ. ޒުއްނޫރު އީތަންއާއި ވަކިވެގެން އެވަގުތަށް ދިޔައީ ކޮންމެހެންވެސް ދާންޖެހުމުންނެވެ. އެހެން ނޫންނަމަ މިރޭ އީތަންގެ ސުވާލުތަކަށް ޖަވާބު ދެވުނީހެވެ.

ޒުއްނޫރާއި އީތަން ދެއްކިވާހަކަތައް ތިންވަނަ ފަރާތަކަށް އަޑު އިވުނުކަމެއް އެމީހުންނަކަށް ރޭކާ ނުލައެވެ. ހޭޅިފަށުގައި ހުރި މަގޫގަސްތަކެއްގެ ބިއްދަށުގައި ހުއްޓި ހުރި ޒިއަދަންގެ މޫނުމަތިން ރުޅިވެރިކަން ހާމަވަމުންދިޔައިރު އޭނަގެ ކާފަގެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ރަނގަޅު ފިލާވަޅެއް ދިނުމަށް ހިތުގައި އަޒުމު ކަނޑައެޅިއެވެ. މިއަދާހަމައަށް ފަސްއެޅިފައިވާ އެ ސިއްރު ޒިއަދަންގެ ކުރިމަތީގައި ހާމަވުމުން އެހިތައް ހަމަޖެހުމެއް ލިބިއްޖެއެވެ. ފަންސާސް އަޅު ޖިންނި މަރާލުމުންވެސް އީތަންދެކެ އައިސްފައިހުރި ރުޅިމައިތިރި ނުވުމުން ހަމަޖެހުމެއް ލިބޭތޯ އެތަނަށް އާދެވުނުކަން އެއީ ޒިއަދަންގެ ނަސީބެއް ކަމުގައި އޭނާ ދެކުނެވެ. މިރޭ ހާމަ ވެގެން ދިޔަ ކަންތައްތަކުން ބަދަލު ހިފުމުގެ ރޫހު އެހިތުގައި އާލާވެގެން ދިޔައެވެ.

**

އާދުވަހަކަށް އިރުއަރައިގެން އައީ ކައިޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނުވަމުންނެވެ. އީތަންއާއި އެއްކޮށް ހޭދަކޮށްލެވުނު އުފާވެރި ވަގުތުކޮޅު ހިތުގައި ރައްކާ ކުރަމުން ކައިޝާ ފަތިހު ފަތިހާ ތެދުވެގެން ބަދިގެއަށް ވަދެ އުޅުނީ މަޖުދާ ދޫކޮށްލާ ވާހަކަ ބުނެފައި އޮތުމުން އެމީހުން އަންނަން ވާއިރަށް ސައި ތައްޔާރުކުރުމަށެވެ. ރޮށިފިހަމުން ދިޔަ ކައިޝާއަށް ނޭނގުނު ކަމަކީ އޭނަގެ އެއުފާވެރި ވަގުތުކޮޅު ހޭދަ ކުރެވުނީ އީތަންއާއެކު ނޫން ކަމެވެ. ކައިޝާ ބަދިގެތެރޭގައި ހުއްޓާ އީތަންއާއި ހައްމާދު ހޮސްޕިޓަލަށް ދިޔައީ މަޖުދާމެން ބަލައެވެ.

މޭޒުމައްޗަށް ސައި ތައްޔާރުކޮށްލުމަށްފަހު ކައިޝާ ގޯތިތެރެ ކުނިކަހާލަން ނިކުތެވެ. ކުނިކަހާ ނިންމާލުމަށްފަހު އެއްކުރި ކުނިކޮޅު ގޯންޏަށް އަޅާލަމުން ކައިޝާ ހިންދެމިލިވަގުތު އެގޭ ދޮރުމަތީގައި ހުރި އީތަންފެނުމުން އަތުގައި އޮތް އިލޮށިފަތި ބާއްވަމުން ދޮރާދިމާއަށް ދުއްވައިގަތީ މަޖުދާ ދެކިލުމަށެވެ. ނަމަވެސް އީތަން އެތާ ދޮރުމަތީ އެކަނި ހުރުމުން ކައިޝާ މަގުގެ ދެކޮޅުހޯދާ ބަލަލިއެވެ. ކައިޝާއަށް ނޭނގުނަސް އެގޭދޮރުމަތީގައި އެހުރީ ޒިއަދަންއެވެ. އީތަން ވީ ހައްމާދުއާއެއްކޮށް ހޮސްޕިޓަލަށް ގޮހެވެ.
“ކޮބާ މަންމަމެން؟..އަދިވެސް ނާދޭތަ؟ އީތަން ނުދަންތަ ހައްމާދުއާއެއްކޮށް؟” ކައިޝާ ސުވާލުކޮށްލިއެވެ. އެވަގުތު ޒިއަދަން ހީނލިއެވެ. ކައިޝާ ދެންވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

“މިއައީ ކައި މަތިން މިސްވާތީވެ..އެހެންނޫނަސް ކައިގެ މަންމަ ދޫކޮށްލަން އަދި ވަގުތު އެބައޮތް..” ޒިއަދަންގެ އަޑު ހުންނަނީ އީތަންގެ އަޑާއި އެއްވައްތަރަކަށް ނަމަވެސް ބަރުކޮށެވެ. އެކަން ފާހަގަވެގެން ކައިޝާ ސުވާލުކުރުމުން ޒިއަދަން ބުނީ ރޯގާޖެހިފައި ހުރުމުންކަމަށެވެ. ކައިޝާވެސް ޒިއަދަންކައިރީ އެތެރެއަށް ވަނުމަށް ބުނެފައި ހިނގައިގަތީ ޖޯލިފައްޗާ ދިމާއަށެވެ. ކައިޝާ ހިތުން އޭނަ މިވާހަކަ ދައްކަނީ އީތަންއާއެވެ. އެހެން ކަމުން ރޭގެ ކަންތައް ހަނދާން ވުމާއެކު އެމޫނުން ލަދުވެތިކަން ފެނިގެން ދިޔައެވެ. ކައިޝާ ޒިއަދަން އާއެކު ވާހަކަދައްކަން އިރުކޮޅަކު އިނުމަށްފަހު ގޭތެރެއަށް ވަންނަން ދިޔައީ ފެން ހޫނުކުރަން ޖައްސާފައި އާދެވުނުކަން ހަންދާން ވުމުންނެވެ. ފަހަތުން ޒިއަދަންވެސް އައެވެ. ނަމަވެސް އެގޭތެރެއަށް ނުވަދެ ދޮރުމަތީގައި ހުރީ އެވެ. ކައިޝާ ބަދިގެއިން ނިކުތްއިރުވެސް ޒިއަދަން ހުއްޓިހުރީ ދޮރުމަތީގައެވެ.

“ތިތާހުރީމަ ހޫނެއް ނުވޭތަ؟ އެތެރެއަށް ވަދެބަލަ…ކޮފީއެއް ގެނެސްދެންތަ…؟” ހިނިތުންވެލަމުން ކައިޝާ އަނެއްކާވެސް ބަދިގެތެރެއަށް ވަނީ ކޮފީއެއް ހެދުމަށެވެ. މިހާރުއްސުރެ އީތަންގެ އަންބަކަށް ވުމަށް ކައިޝާ ހުވަފެން ދެކެން ފަށައިފިއެވެ. ކައިޝާ ބަދިގެއަށް ވަނުމާއެކު ޒިއަދަން އޭނާގެ ފުރަތަމަ ފިޔަވަޅު އެގޭތެރެއަށް އެޅިއެވެ. އެވަގުތު އޭނާގެ ފައިތިލައިން ދުން އަރައިގެން ދިޔައީ ފިހިގެން ދިޔަފަދައަކުންނެވެ. ޒިއަދަން ދެލޯ މަރާލަމުން އެގޭތެރެއަށް ވަނެވެ. އޭރު އޭނާގެ ފައިތިލަވަނީ ހަމަރަނގަޅަށްވެސް ފިހިފައެވެ. ހައްތަހާވެސް ހުސޭންފުޅުގެ ކަންތަކަވެ. ހުސޭންފުޅު މަރުވުމުގެ ކުރިން އެގެއަށް ވަނީ ވަރުގަދަ ފަންޑިތައެއް ހަދާފައެވެ. ނަމަވެސް ގިނަދުވަސްވެ އޭގެ ބާރު މިހާރު އެދަނީ ކެނޑެމުންނެވެ. އެހެން ނޫންނަމަ މިއަދު ޒިއަދަންއަށް އެގޭތެރެއަށް ނުވަދެވުނީހެވެ. ޒިއަދަން އަށް އެގެއަށް ވަނުމަށް ކައިޝާ ދައުވަތު ދިންކަން އެއީ ކައިޝާއަށް ކުރެވުނު ވަރަށްބޮޑު ކުށެކެވެ. ކުރިން ރެއެއްގައިވެސް ޒިއަދަންއަށް އެގޭ ބަނބުކެޔޮގަހަށް އެރުނީވެސް ވަރަށް މަސައްކަތުންނެވެ. އެރޭވެސް އެގޭތެރެއަށް ވަންނަން އުޅުމުން އެކަން ބޭކާރުވެގެން އެންމެފަހުން ޒިއަދަން ރުޅިގަދަވެގެން ދިޔައީއެވެ. ނަމަވެސް މިހާރު މިއޮތީ ގެޔަށް ވަނުމުގެ ހުއްދަ ލިބިފައެވެ. ބޭނުން އިރަކު ވަދެފައި ނިކުންނަންވީއެވެ. ޒިއަދަން ކަހަލަ ޖިންނިއަކަށް އެގޭތެރެއަށް ވަދެވޭނީ މީހަކު ދައުވަތު ދިނުމުންނެވެ. އެތެރއަށް ވަދެވުނަސް އެމީހަކަށް ކެތް ކުރަން ދަތި އަނިޔާއެއް ކުރިމަތި ވީހެވެ. އެހެން ނަމަވެސް މިހާރު ހުސޭންފުޅު ނެތުމުން އޭނާގެ ފަންޑިތައިގެ ބާރެއްވެސް ނެތީއެވެ. އެހެން ނޫންނަމަ ޒިއަދަން މިހާރު ހުންނާނީ އަޅިއަށްވެފައެވެ. ޒިއަދަން އެއްމިޔަކަނުން ހީނލަމުން ބަދިގެޔާ ދިމާއަށް ދިޔައެވެ.

ބަދިގެތެރޭ ހުރި ކައިޝާ ސިހިގެން ދިޔައީ ފަހަތުން މީހަކު އޭނާގެ އުނަގަނޑުގައި އަތް ލުމުންނެވެ. ޒިއަދަން އެއީ އީތަންކަމަށް ހީކޮށްގެން ހުރި ކައިޝާގެ މޫނުމައްޗައް ޖަންބު ކުލައަރައިގެން ދިޔައެވެ. ޒިއަދަން މަޑުމަޑުން ކައިޝާއާއި ކައިރވަމުން ދިޔައެވެ. ޒިއަދަންގެ ހޫނު ނޭވާ ކައިޝާގެ ކަނދުރާއަށް އެޅެމުން ދިޔައިރު ގިރަމުން ދިޔަ ކޮފީތަށިވެސް ބަންޑުން ނުވީ ކިރިޔާއެވެ. ޒިއަދަން ބޯ ކުޑަކޮށް ތިރިކޮށްލަމުން ހާމައަށް އޮތް ކައިޝާގެ ކަނދުރާގައި ބޮސްދިނެވެ. ކައިޝާއަށް ދެލޯމަރާލެވުނު އިރު ކަނދުރާގައިވާ ހުރިހާ ލޯލިތަކެއްވަނީ ކޮޅަށް ޖެހިފައެވެ. ޒިއަދަން އިސްއުފުލާލިއިރު އެދެލޯ ވިދަމުން ދިޔައީ ލޭރަތް ކުލައިގައެވެ. ލޯމަރާލައިގެން ހުރި ކައިޝާގެ ނޭވާ ކުރުވެގެން ދިޔައީ މެދުހަށީގައި ހިފާ އޭނާ އުފުލާލުމުންނެވެ. ޒިއަދަންއާ ވީފަރާތަށް އަނބުރާލަމުން ކައިޝާ ބޭންދީ ބަދިގޭގެ އެބޮޑުއަށިމަތީގައެވެ. ކައިޝާ ލަސްލަހުން ލޯހުޅުވާލިއެވެ. އޭރު ޒިއަދަންގެ ތޫނު ނަޒަރު ވަނީ ކައިޝާގެ ލޮލާ ސީދާވެފައެވެ. ކައިޝާއަށް އިސްނެގުނީ ކީއްވެކަމެއް ނޭނގުނެވެ. ދެން ފެނުނީ ޒިއަދަންގެ ބޮލުތެރެއަށް ކައިޝާގެ އިނގިލިތަށް މަހާލަމުން އެތުންފަތުގައި ބޮސްދިންތަނެވެ. ކައިޝާގެ އެއަމަލުން ޒިއަދަންއަށް ހިނިތުންވެލެވުނެވެ. އަންހެން ކުދިންނަކީ ހާދަ ބަލިކަށި ބައެކޭ ޒިއަދަންގެ ހިތަށް އެރިއެވެ. އެމިހުންގެ ޖަޒުބާތުތަކާ ކުޅެލުމަކީ ޒިއަދަންއަށް ފެންފަދަ ކަމެކެވެ. އޭނައަށް ލިބިފައިވާ ބާރުގެ ބޭނުން އަބަދުވެސް ހިފަނީ އެފަދަ ނުބައި ކަމެއް ކުރުމަށެވެ. އެކަމުން ޒިއަދަންއަށް ބަޔާން ކުރަންދަތި އުފަލެއްލިބޭތީވެއެވެ. ކައިޝާ ޒިއަދަންގެ މޫނާ ދުރުވެލަމުން ތުންފަތުގައި އިނގިލި ޖައްސަލީ ތެތް ކަމެއް އިހުސާސް ވުމުންނެވެ. ކައިޝާގެ ތުންފަތުން ތަންކޮޅެއް ކަނޑައިގެން ގޮސް ލޭއަންނަމުން ދާކަން އެނގުނީ ތުންފަތުގައި އިނގިލި ޖައްސާލުމުން ފެނުނު ލެއިންނެވެ. ޒިއަދަން އެއްލޯމަރާލުމުން ކައިޝާ ލަދުން އިސްޖަހަލިއެވެ.
“އެހެންނުވާނި ކައި މާ ރޮމޭންޓިކް ވެގެން އުޅެންޏާ..ވެއިޓް އިނގޭ އަންނާނަން ބޭސް ހިފައިގެން ތިތަނުގައި އަޅަން.. އެހެން ނޫނީ މަންމަމެންނަށް ފެނުމުން ސުވާލުކުރާނެ..” ކައިޝާގެ ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ޒިއަދަން ބުނެލިއެވެ. ހީނލަމުން ކައިޝާ ބޯޖަހަލިއެވެ. ޒިއަދަން ބަދިގޭގެ ދޮރުން ނިކުމެ ފަސްއެނބުރި ބަލާލިއިރު ކައިޝާ ސިންކުކައިރީ އިސްކުރު ދޫކޮށްގެން ތުންފަތުގައި ފެންހާކަމުން ދިޔައެވެ. ” ޔޫ ހޭވް ޓް ޕޭ ޔުއަރ ގްރޭންޑްފަރދަރްސް ސިންސް..” ޒިއަދަންގެ މޫނުމަތިން ނުރައްކާތެރި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ކައިޝާދެކެ އެއްއިރެއްގައި ލޯބިވެވުނަސް އޭނާގެ ހިތުގައި މިހާރު އަނދަމުން ދަނީ ނަފުރަތުގެ އަލިފާނެވެ. އީތަންއާއި ކައިޝާއަށް އުފަލުގައެއް ނޫޅެވޭނެއެވެ. ޒިއަދަންގެ އެންމެ ބޮޑު ދެދުޝްމަނުން އުފަލުގައި އުޅޭތަން ދެކެން އޭނައަށް ކެތްވާނެ ހެއްޔެވެ؟ ޒިއަދަން އެގެއިން ނިކުންނަން ހިނގައިގަތް ވަގުތު ބޭރުން އިވުނު އެމްބިއުލާންސްގެ އަޑުން ދެފައި ބިމުގައި ތަތްވިކަހަލައެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ޒިއަދަން އެހުރިތަނުން ގެއްލިގެންދިޔަ ވަގުތު ކައިޝާވެސް ބަދިގެއިން ނިކުތީ އެއަޑަށެވެ. ގޭތެރޭގައިވާ ފުސްކަމަކުން ކައިޝާ ހީކުރީ އެއީ ބޭރުގައި ހިރަފުސް ބޯވެފައި ވުމުން އެކަމުގެ ސަބަބުން ހީވިގޮތެއް ކަމަށެވެ. ކައިޝާގެ ފަހަތުގައި އެހެން މީހުންގެ ލޯތަކަށް ފޮރުވިގެން ހުރި ޒިއަދަންގެ ރުޅިވެރި ނަޒަރު އަމާޒުވެފައިވަނީ އެމްބިއުލާންސް އިން ނިކުތް އީތަންއަށެވެ. އެވަގުތު ކައިޝާގެ ސަމާލުކަން ދެވިފައިވަނީ ހުސްނާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަދެގެން އަންނަ މަޖުދާއަށެވެ. ދެލޮލުގައި ބޮނޑިވި ކަރުނަތައް ބޭރުކޮށްލަމުން ކައިޝާއޭނާގެ މަންމަގައިގަ އޮޅުލައިގަތެވެ.

އެތެރެއަށް ވަދެ ހަމަޖެހިލަމުން ހުސްނާ ދެކޮޅު ހޯދާލީ އީތަން ނުފެނުމުންނެވެ. ހޮސްޕިޓަލުން ގެނައި އެއްޗެހިތައް އެތެރެއަށް ވެއްދުމުގައި އުޅުނު ހައްމާދުއަށް ގޮވާލައިފައި އީތަން ކޮބައިތޯ ސުވާލުކޮށްލުމުން ފިހާރައަށް ގޮސްފިއޭ ބުނުމުން ހުސްނާ ހިނިތުންވެލިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އީތަން އައިސް ވަތް އިރު އަތުގައި ބޭސްމަލަން ބޮނޑިއެއް އޮތެވެ. ހައްމާދުއަށް އެފެނުމުން ސުވާލުކޮށްލިއެވެ. “ކަލޭ ކޮންތާކު އަޅަން ތިހާ ބައިވަރު މަލަން ގަނެގެން ތިއުޅެނީ؟” ހައްމާދުގެ އަޑު އިވިފައި ކައިޝާއަށް އީތަންއާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އީތަންގެ އަތުގައި އޮތް މަލަން ބޮނޑިފެނިފައި ކައިޝާއަށް ހީލެވުނީ އީތަންގެ މޮޔަކަން ހިތައް އެރުމުންނެވެ. ކައިޝާހީކުރީ އީތަން އެއައީ އޭނަގެ ތުންފަތުގައި އަޅަން ބޭސް މަލަން ގަނެގެން ކަމަށެވެ.

“މަގޭ އަތް ކަނޑައިގެން ގޮސްގެން ރޭގައިވެސް ވަރަށް ހޯދިން މަލަން ކޮޅެއް ފެނޭތޯ..އަސްލު މީ އަބަދުވެސް ހުންނަންޖެހޭ އެއްޗެއް..ބަދިގެތެރޭގައި އުޅޭމީހުން އަތްވެސް ކަނޑައިގެން ދާނީ ބުނެފައެއް ނޫންދޯ އެހެންވިމަ މިހޯދާފަ ބެހެއްޓީމަ ފަސޭހަވާނެ..” އީތަން ބުނެލިއެވެ. ކައިޝާ އިނީ އީތަންއަށް ބަލަހައްޓައިގެން ހީނގަނެގެންނެވެ. އެވަގުތު މަޖުދާއަށް ކައިޝާގެ ތުންފަތް ކަނޑައިގެން ގޮސްފައިވާތަން ފެނިފައި ސުވާލުކޮށްލީ ކަންބޮޑުވެފައި ހުރެއެވެ. ކައިޝާ އަވަސް އަވަހާ ވާހަކަ އޮޅުވާލީ އެއީ ތުންފަތުގައި ހޭކުނު އެއްޗެއްގެ ސަބަބުން ވީކަމެކޭ ކިޔާފައެވެ. ހުރިހާއެންމެން ސައިބޯން ހިނގާށޭ ބުނަމުން ކައިޝާ ސޯފާއިން ތެދުވެލިއެވެ. އެވަގުތު ހުސްނާއާއި މަޖުދާ ބަދިގެޔާދިމާއަށް ދިޔައެވެ. އެމީހުން ފަހަތުން ހައްމާދުވެސް ވަނެވެ. ކައިޝާ އީތަން ކައިރިއަށް ޖެހިލަމުން އަތުގައި އޮތް މަލަން ބޮނޑިއަށް ބަލާލަމުން ބުމަހިއްލާލިއެވެ. “އީތަން ހާދަ މޮޅޭ ދޮގުހަދަންވެސް..އަހަރެން ކިހިނެއް ބޮޑު މަލަންގަނޑެއް ތުންފަތުގައި އަޅައިގެން އުޅޭނީ..ދެން އެހެން ނޫނަސް މީ އެހާވަރުގެ ކަމެއް ނޫނޭ..ބައިދަވޭ ތޭންކްސް ފޯ އެވްރީތިންގް..” އީތަންއަށް ބަލާލަމުން ކައިޝާ ބުނެލިއެވެ. އީތަން ހުރީ ކައިޝާ ދައްކަމުންދާ ވާހަކަ ނުވިސްނިފައެވެ. ކޮން ހަދިޔާއެއް ހެއްޔެވެ؟ އެހެން ނޫނަސް އޭނަ ދިޔައީ ކޮންމެހެން ކައިޝާ ތުންފަތުގައި ބޭސްމަލަން އަޅަން އެ ގަންނާކަށް ނޫންވިޔައެވެ. އީތަން ބަލަހައްޓައިގެން ހުއްޓާ ކައިޝާ ދުވެލާފައި ބަދިގެއަށް ދިޔައީ މަޖުދާ ގޮވާލިއަޑަށެވެ. އެވަގުތު އީތަން އެގޭ ދޮރާ ދިމާއަށް ބަލާލީ މީހަކު ނިކުތްހެން ހީވެގެން ނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ގޭގެ މައި ދޮރު ހުޅުވިފައި ލެއްޕުނުތަން ދެކެފައި އީތަން އެދިމާއަށް ދުއްވައިގަތެވެ.

Share Article

Follow Me Written By

ShaiShy

Level 310 Stories100 Comments500 Comments

Other Articles

Previous

ލޯބި ވެވުމުން ޓްރެއިލަރ

Next

ފުން ލޯބި (34)

Next
April 24, 2017

ފުން ލޯބި (34)

Previews
April 23, 2017

ލޯބި ވެވުމުން ޓްރެއިލަރ

70 Comments!

  1. kayashandy says:
    April 23, 2017 at 9:29 pm

    i knw last nytga dhigukoh up kuraanamey bunefa miothy eyahvureves kurukohakan up kurevifa but guys today i hv been v sick..ekamakuves readers dissapoint nukuran vegen mivarah namaves liyefa up kuree mi..i dnt knw hw it is cux i cudnt concentrate much..heekuran hurihaakudhinves undersatand vaanekamah..n story kamudhaane kamahves hope kuran..
    plx leave a comment abt hw u feel abt this story..n rangalhu kuranvee kamei othiyyaves dnt hesitate to tell me.. u all r welcome to all kinds of comments…:) hav a grt evening..thaaankkku so much for everyone..:) keep waiting for next part..:)

  2. " " says:
    April 23, 2017 at 9:33 pm

    Mi 9th episode eh noontha.. Adhi nukiyan..

    1. kayashandy says:
      April 23, 2017 at 9:39 pm

      thanks dear..mi inee hama rangalhahves govaafa..hehhe..btw mee 9th vana epi..inaanee correct kohlaafa:)

    2. " " says:
      April 23, 2017 at 9:51 pm

      U r always welcome.. Ehenves vaane..

  3. Aimsithoo says:
    April 23, 2017 at 9:39 pm

    Haadha kurey mireyge part

    1. kayashandy says:
      April 23, 2017 at 11:05 pm

      dhw..btw thank u

  4. Maree says:
    April 23, 2017 at 9:40 pm

    Aan 9 bai kaya mihiree avas aruvaalaafa dho hehehe

    1. kayashandy says:
      April 23, 2017 at 11:07 pm

      dhw maree..sometime it happens..hehhe..thanks dear:)

  5. Aimsithoo says:
    April 23, 2017 at 9:41 pm

    Aslu 9th
    8th eyee olhumakun dho

    1. kayashandy says:
      April 23, 2017 at 9:41 pm

      yes dear..thank u:)

  6. Guray says:
    April 23, 2017 at 9:42 pm

    How can i read from episode 1

    1. " " says:
      April 23, 2017 at 9:47 pm

      Kurakas reechchey.. N sababu ves thibuny thaa.. So itx ok.. Go on with the gud work.. N thanks for the lovely story..

    2. kayashandy says:
      April 23, 2017 at 10:43 pm

      kayashandy ah click kohleema fennaane ..try it..hope u ll enjoy reading:)

    3. kayashandy says:
      April 23, 2017 at 11:04 pm

      thank u so much:)

  7. Anee says:
    April 23, 2017 at 9:54 pm

    Var nice igay.

    1. kayashandy says:
      April 23, 2017 at 10:44 pm

      thank u sooo much Anee:)

  8. ReeXa says:
    April 23, 2017 at 10:06 pm

    I understand ur feelings Kayashandy.. reethi mi part vx

    1. kayashandy says:
      April 23, 2017 at 10:45 pm

      thank u so much ReeXa..:) thanks 4 undstndn:)

  9. cenhi says:
    April 23, 2017 at 10:13 pm

    Balive ulhemunvs storynbthankolheh liyelyma readers v hih hamajeheyne. Bt rangalhuvyma dhigukoh liyany. CX u need rest when u r sick. Get well soon. Its v interesting story. Like it

    1. kayashandy says:
      April 23, 2017 at 10:47 pm

      insha allah will write a long episode once i get normal..btw thaaankkku soooo much for ur comment..m glad dat u liked it:)

  10. firu says:
    April 23, 2017 at 10:14 pm

    Ow. Get well soon kaya. ❤ kurkas mi part ves hama supperb… ? mi bai kee iruga image kurevunee vampires diary mathin. btw well done… hama ehvanaige liyun gherieh thee. ????? next part avahah genes dhehchey ?

    1. kayashandy says:
      April 23, 2017 at 10:49 pm

      thanks alot firu..vampire diaries dhw hehhe..v ufaavejje firu thihaabodah like veeema..:) abadhuves thi dheivvaa tharuheebah shukuriyyaa:)

  11. Maree says:
    April 23, 2017 at 10:17 pm

    vvvvvvv reeethi inthizaaruga mihiree hama

    1. kayashandy says:
      April 23, 2017 at 10:49 pm

      keep inthizaaaringgs..hhehehe…thank u maree:)

  12. xim says:
    April 23, 2017 at 10:18 pm

    busy v ma ekahala kameh vedaane eii kameh noon…any way story v v reethii…? waiting for next part ingey….

    1. kayashandy says:
      April 23, 2017 at 10:50 pm

      thank u xim for understanding…:) happy dat i got such a lovely readere:)

  13. Jjeyツ says:
    April 23, 2017 at 10:27 pm

    Alhey ?. Get well soon kayashandy?. Btw tbh mi part mi adhi mi vahakain vs kiyunu enme enme interezting part. Kuras v interesting. And btw we undertsand ingey… v hapy vejje aslu thihaa balikoh ulhefa vs up kolla dhiniima. You are a true and trustable writer kaya❤. Waiting for next part ingey?. Miah vureh vs intersting kurahchey ingey?❤.

    1. kayashandy says:
      April 23, 2017 at 10:54 pm

      awwwnnnn…my heart melt wen i read ur comment..feels really happy to have u as a reader..:) i cant express it in words hw happy i am..tbh i am v thankful to all de lovely readers of my story..without u guys i juz cant come this far..
      insha allah i ll try to make it more interesting n hope dat everyone will like it:)

  14. xim says:
    April 23, 2017 at 10:37 pm

    nd Get well soon

    1. kayashandy says:
      April 23, 2017 at 10:54 pm

      thaaaannnkkkkuuuu xim:)

  15. Aashoo says:
    April 23, 2017 at 10:48 pm

    Jinnin ves geygeyah vadhe nikume ulheny dhorun tha? Hehe. Btw story v reethi.. Boluga rissa varun nidhan ulhefa ves mi story up vitho chk kolly mi… Gud nite

    1. kayashandy says:
      April 23, 2017 at 11:03 pm

      vedhaane dhw heheh..btw he has to get de ivitation so eyrun dn beynun gothakah vadhefa nikumeveyne…:) thank u so much kiyaaleema..get wel soon n gudnyt to u tooo:)

  16. You says:
    April 23, 2017 at 10:48 pm

    Alhaa keeva tha abadhu vahaka kiyaa meehun busy bali yaa last night reethi bunee maa vy nun miyadhu hama kuri ko mi gena eee yaa nun iya Dhn hama up nukoli yaaa

    1. kayashandy says:
      April 23, 2017 at 11:01 pm

      vaahak liyaneeves insaanun so balives vaane busyves vaane readers mikamah understand vaanama v happy vaane..dn mirey kurukoh namaves migenesdhinee kurinves bunefa innaane mirey up vaaney so kudhin waitkohgen thihbbaa nuvaane dhw dissapoint kohlaakah eheneve up kuree…hithah eri mirey up nukoh maadhamaa rey dhigukoh upkohlana ekamves i jux cudnt help myself it..

  17. Me says:
    April 23, 2017 at 11:08 pm

    Kaya… first stry which im reading which was writen by u…. luv the stry… n get well soon…. n yes! Kaya if u up daily only 10 lines will als b fine for us…. coz some is better thn nothing… ???

    1. kayashandy says:
      April 23, 2017 at 11:15 pm

      haadha rangalhey dhw understand veema…thank u so much dear..v ufaa vejje thikahala reader ei libuneema .:) vee varakun next part dhigukohleveythw try kuraanan..keep waiting:)

  18. Yaa says:
    April 23, 2017 at 11:24 pm

    Aslu mivaahaka kiyaa hihvva enme bodu eh sababakee bunefa inna dhuvahah upkuraathee. And readers ge coment thah balaigane readers edhey gothah kanthahthah kohdheveytho balaathee varah salhi.Varah salhi huriha episode ehves. Kaisha nd eethan ge bai thankolheh gina kohlladheyne kamah unmeedhu kuran next part ga. Balikoh ulhemun ves upkohlla dhineema varah bodah thanks. Waiting for next part.

    1. kayashandy says:
      April 23, 2017 at 11:35 pm

      ethan n kaisha dhw..eba visnan emeeuhnnah rangalhu chance ei dheveythw..kaisha mihaaruves heekuranee ziadhan eii ethan kamh so will think abt it..:) btw thanku sooooo much understand vaathyve..keep waiting:)

  19. Shy beauty says:
    April 23, 2017 at 11:47 pm

    Ehnvs vaane ehnnu dhw baeh faharu…i undstnd that..story hama habeys…kurukoh namavx up kohdhinyma v happy vejje..get well soon..☺️

    1. kayashandy says:
      April 24, 2017 at 8:36 pm

      hehhe…thank u dear..:) thank u so much for understanding and for ur love an support:)

  20. Mz says:
    April 23, 2017 at 11:55 pm

    Alhey kiyakiya indha nimijje .v salhi story.

    1. kayashandy says:
      April 24, 2017 at 8:37 pm

      alhey v sad dhw..next part will b long..insha allah :)thank u drr:)

  21. Saandy says:
    April 24, 2017 at 12:30 am

    V salhi mibaives… Thankolheh kuruviyas mi storyge adhi mihaa thanah enme reethi bai mee… Ehera sifa kurumeh… Heevy Eathan aa Ziyadhan gaathuga hurevunuhen… Next partge inthizaaruga mihiry… V ufaavejje balikoh ulhemunves up kohdhineema… GWS Kaya & Keep it up 🙂

    1. kayashandy says:
      April 24, 2017 at 8:39 pm

      ehentha saandy..v ufaaveje saandy thihaa bodah like veema..thank u soooooo much for ur support:)

  22. who am i? says:
    April 24, 2017 at 3:23 am

    GWS Kayashandy! btw stwry varah varah obi… ? keep it up dear?

    1. kayashandy says:
      April 24, 2017 at 8:41 pm

      thank u sooo much..keep waiting:)

  23. Misha says:
    April 24, 2017 at 9:06 am

    Alhey..mioh vaa goih gotheh dhw..ziadhan haadha goahey..anyway,mi part vc vvv reethi????

    1. kayashandy says:
      April 24, 2017 at 8:41 pm

      asluves dhw misha ziadhan v goas…thank u sooooo much:)

  24. Chum handi says:
    April 24, 2017 at 9:29 am

    amazing.. waiting for the next part..

    1. Chum handi says:
      April 24, 2017 at 11:28 am

      And GWS kayashandy

    2. kayashandy says:
      April 24, 2017 at 8:42 pm

      thaaankuuu chum…keeep waiting:)

  25. Fary says:
    April 24, 2017 at 10:39 am

    Vvv.reethi. V. Interesting.
    Ziadhan dheke varah rulhi aissa mihuree. Eyna haadha goahey.
    Dhen ekam eethan ah blame kuraa goi vanyaa v.sad vaane.

    1. kayashandy says:
      April 24, 2017 at 8:43 pm

      thank u soooo much fary…ziadhan ulheyne ehen dn keekuraanee dhw..

  26. Naira says:
    April 24, 2017 at 1:24 pm

    GWS..komme dhuvahaku comment kurann beyynun but varah busy kohh mi ulheny..ekm kayaa balahhcheyy ingeyy alhugandu komme dhuvahaku comment kuraakamahh ves

  27. Naira says:
    April 24, 2017 at 1:25 pm

    GWS..komme dhuvahaku comment kurann beyynun but varah busy kohh mi ulheny..ekm kayaa balahhcheyy ingeyy alhugandu komme dhuvahaku comment kuraakamahh ves??

    1. kayashandy says:
      April 24, 2017 at 8:45 pm

      awwwnnnn naira thaaaannkku so much thihaa busy koh ulhemunves story kiyaathyve..really appriciate dat..:)

  28. Heyo edhey faraathe says:
    April 24, 2017 at 3:14 pm

    Kayashandy ah thaureef kuramun gos dhen ithura thaureef kuraanei gothe neygunu

    1. kayashandy says:
      April 24, 2017 at 8:46 pm

      hehehe..ur support is enuf for me..thank u sooooo much:)

  29. Naaa says:
    April 24, 2017 at 3:39 pm

    Sifakurun vvv reethi. Heevany 3D filmeh balaaleveyhen. Story v reethi, waiting for next part. ?
    Get well sooon dear.

    1. kayashandy says:
      April 24, 2017 at 8:47 pm

      Naaa ah kamudhaa gothakah liyevuneema v ufaavejje..thank u so much for de lovely comment:) keep waiting:)

  30. silver mist says:
    April 24, 2017 at 4:25 pm

    GWS kayashandy…vaahaka vrh vrh salhi…

    1. kayashandy says:
      April 24, 2017 at 8:48 pm

      thaaaaannnnkkkuu silver mist:)

  31. myly❤ says:
    April 24, 2017 at 5:01 pm

    story varah nice kayashandy and its like hama kurimathin sifavey kiyaalaa iru……waiting for the next part????

    1. kayashandy says:
      April 24, 2017 at 8:49 pm

      awwwnn myly happy to c ur comment:) thaaaaannnnkkkkuuuuu sooooooo muchhhh:) keeeep waiiitttiiiingggg:)

  32. Zzzxzzx says:
    April 24, 2017 at 8:51 pm

    Best story.. I ‘ve ever seen ….

    1. kayashandy says:
      April 24, 2017 at 8:53 pm

      really…thank u so much..hope i can c more comments frm u in de coming episodes:)

  33. imagination says:
    April 24, 2017 at 9:05 pm

    haadha reehchey mi story… <3 this story also stole my heart. *in a dramatic tone*

  34. Shiboo says:
    April 24, 2017 at 11:30 pm

    V reethi mi story…. kiyaa hithun kiyaalevey kohme part eh ves….. waiting for next part….

  35. Maree says:
    April 25, 2017 at 9:05 pm

    inthizaaruga hureemey hureemey
    kayaaaaa v bodha sorry undhagookureveythee

  36. ainthu says:
    April 25, 2017 at 9:33 pm

    Vvvvvv furehama. U are best

Comments are closed.


All Right Reserved!