Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 15

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
April 24, 2017 9 Mins Read
48 Comments

އިޝާ ބޭބެ އާއި ހަވާލުކުރުމަށްފަހު އަޝްފާންގެ މިސްރާބު ހުރީ ފަޒުނާ ގެ ގެއާއި ދިމާލަށެވެ. 10 މިނެޓުގެ ދަތުރަކަށް އެގެއާއި ހަމަވި އިރު ފަޒުނާ ކޮނޑުގައި ދަބަސް އަޅުވައިގެން އޭނާގެ އިންތިޒާރުގައި ގޯޅިގަނޑު ކުރިމަތީ ހުއްޓެވެ. ފަޒުނާ ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއި އެކު އަޝްފާން ބާރު ސްޕީޑުގައި ކުރިއަށް ދުއްވާލިއެވެ.

ތުލުސްދޫ ބަދަރަށް ފައި ބީއްސާލުމާއި އެކު ދެމީހުންނަށް މަރުހަބާކީ އަޝްފާންގެ ކުރީގެ ރަހުމަތްތެރިއެއް ކަމަށްވާ ނާފިއުއެވެ. ނާފިއުއަކީ އޭލެވެލް ގައި އަޝްފާނާއި އެއްމެ ގާތްކޮށް އުޅުނު އެއްރަހުމަތްތެރިއާއެވެ. މިކޮޅުގައި ޕުރޮޖެކުޓެއް ހިންގަން ބިޑު ކާމިޔާބު ކުރުމާއި އެކު އެންމެ ފުރަތަމެވެސް އަޝްފާން އެކަމުގައި އޭނާއަށް އެހީތެރިވެ ދިނުމަށް ނާފިއު ކައިރިން އެދުނެވެ. އެހެންކަމުން މިކޮޅުގައި ހިންގާ ޕުރޮޖެޓްގެ ހުރިހާ ކަމެއްގެ އެންމެ އިސްކޮށް ހުންނަނީ ނާފިއުއެވެ. ދެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަމާއި  މި ދަތުރުގައި އަޝްފާނާއި ފަޒުނާ ތިބެން ހަމަޖެއްސީ ނާފިއުމެން ގޭގައެވެ.

“މީތަ އެކުއްޖާ، ވަރަށް ސަޅި އިނގޭ” އަޝްފާނާއި ސަލާމްކޮށްލައި ބައްދާލަމުން ނާފިއު އަޝްފާންގެ ކަންފަތް ބުޑުގައި ބުންޏެވެ.

ސިއްރުން ބުނެލާކަމަށް ހަދައިލައިގެން ނާފިއު އެއަޑު ކައިރީގައި ހުރި ފަޒުނާއަށްވެސް އިއްވަން ބޭނުންވިއެވެ. ނާފިއު ގެ ގަސްދުގައި އޮތީ އަޝްފާނާއި ފަޒުނާ ލަދުގަންނަވާލުމެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި އަޝްފާން އާއި ފަޒުނާއަށް އެކަކު އަނެކަކެއްގެ މޫނަށް ބަލައިލީ ބުނެދޭން ނޭނގޭ އިހްސާސްތަކެއް ދެމީހުންގެ މޫނު މައްޗަށް ގެންނަމުންނެވެ.

“ހިނގާ ދާން.. ކޮބާ އަންހެނުން.. އަހަރަމެން މިހެން ތިބެ މުސްކުޅިވާއިރު ކަލޭ ކުއްޖެއްވެސް ހޯދާއިފި. ނޭނގެ ދުވަސްކޮޅަކުން އިވޭނެ ކާފަ މާމަ ގޮވާ އަޑު” އަޝްފާން ވާހަކާއިގެ މިސްރާބު ނާފިއުއާއި ދިމާލަށް އަބުރާލިއެވެ. އަދި ނާފިއުގެ ކޮނޑުގައި އެއްއަތް ބާއްވާލަމުން ކުރިއަށް ހިނގައިގަތެވެ.

އެރަށަށް ދެވުނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކަމުން މީހުން މަގުމަތިން ފެންނަލެއް މަދުވެއްޖެއެވެ. އޮރެންޖުކުލައިގެ ބޮކިތަކުން މަގުތައް ވަނީ އަލިކޮށްދީފައެވެ. ދޭތެރެއަކުން ސައިކަލެއް ކައިރިން ދާ އަޑު އިވުނަސް މުޅި ރަށުތެރޭގައި ވަނީ ހަމަހިމޭންކަމުގެ ސާލެއް ލެވިފައެވެ. ނާފިއުއާއި އަޝްފާން އޮލަ ވާހަކާއިގައި ގެއާއި ދިމާލަށް ހިނގަމުން ދިޔަ ނަމަވެސް އަޝްފާނަށް އިރުއިރުކޮޅާ އޭނާއާއި ތަންކޮޅެއް ފަހަތުން އަންނަ ފަޒުނާއަށް ބަލާލެވެއެވެ. ދެމީހުން ކުރެ އެކަކު ވާހަކަ ނުދެއްކިޔަސް އެބެލުމުގައި އެތައް ހާސް ވާހަކައެއް އަޝްފާން ކިޔައިދޭން ބޭނުންވާކަން އެނގެއެވެ.

ގޭގެ ދޮރޯށިން ވަނުމާއި އެކު ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް އައިސް އަޝްފާންގެ ފައިގައި ހިފައި ބައްދާލިއެވެ.

“ދަރިފުޅާ، ބައްޕަ ބުނީމެއްނު ބަސްއަހާށޭ” ނާފިއު އޭނާގެ ދަރިފުޅު ކާއިރީ ބަސް އެހުމަށް އެދުނަސް ކުޑަ ކުދިން ދެކެ ނުލާހިކު ފޯރި ހުންނަ އަޝްފާނަށް މިކަންވީ މަޖާކަމަކަށެވެ.

“މި ވަރަށް ބަސްއަހާ ކުއްޖެކޭ ދޯ” އަޝްފާން ލޫކް އުރާލައިގެން ގޮސް ސޯފާގައި އިށީނެވެ. އޭނާގެ ފަހަތުން ފަޒުނާވެސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އަޝްފާން އެކި އަޑުއަޑުން ވާހަކަ ދައްކާއި ސަމާސާކޮށް ލޫކް ހެއްވަމުން ދިޔައިރު މިމަންޒަރު ބަލަން އިން ފަޒުނާއަށް އެކަންވީ މަޖާކަމަކަށެވެ. އަޝްފާންގެ އެއޯގާތެރިކަމާއި ލޯބި ފެނި ފަޒުނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ގެނެސްދިނެވެ

ލޫކްއާއި ސަކަރާތް ޖެހުމަށް އިރުކޮޅަކު މަޑު ކުރުމަށްފަހު އަޝްފާނާއި ފަޒުނާ ދިޔައީ ތާޒާވެލާށެވެ. ފެންވަރާލައި ނަމާދު ކޮށްލާށެވެ. ރޭގަޑުގެ ކެއުމަށް ނާފިއުގެ އާއިލާއާއި އެކު އިންސާފުކުރުމަށްފަހު އަޝްފާން ސިޓިންރޫމްގައި ހުރި ސޯފާގައި ޖައްސާލިއެވެ. ޓީވީ އިން އޭރު 8 ގެ ހަބަރު ގެނެސްދީނިމެނީއެވެ. އަޝްފާން ޖީބުގައި އޮތް ފޯން ނަގައި އިޝާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. އެހެންނަމަވެސް ފޯން އެކޮޅަށް ރިންގުވުމުގެ ކުރިން ކަޑާލީ ބުނާނެ އެއްޗެއް ދުލަށް ނައުމުންނެވެ. ހިތާއި ސިކުޑީގައި އެތައް ވާހަކަތަކެއް އެބުރުކަމުގައި ވިޔަސް ދުލާއި ހަމައަށް އެއްވެސް ބަހެއް އަންނަ ގޮތެއް ނުވެއެވެ. އަޝްފާން ފޯނުން އިޝާގެ ފޮޓޯގަނޑަކަށް ގެއްލިފައި އިންކަމުން ޖެހިގެން އިން ގޮނޑީގައި ފަޒުނާ އިށީންކަމެއް ނޭނގުނެވެ.

“ދެން ތިބޭނީ ދުވަހަކުވެސް ވާހަކަ ނުދައްކާތަ” ފަޒުނާ އިސްޖަހައިލައިގެން އިދެއެހިއެވެ.

“އަހަ ފަޒޫ.. ކޮންއިރަކު އައީ މިތަނަށް” އަޝްފާން ފަޒުނާގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ފޯން ސްކުރީން އޮފްކޮށްލިއެވެ.

“ދެންމެ… އިޝާ ނެތީމަ ފޫހިވެފަދޯ” އަޝްފާން އަތުގައި އޮތް ފޯނަށް ފަޒުނާ ކަޅިއެއް އެއްލާއެވެ.

“ވަކި އެހެންނެއް ނޫން . ފަޒޫވެސް ތިހިރީނު ފޫހި ފިލުވަދޭން” ދެމީހުން ދޭތެރޭ މިހެން ކުދި ވާހަކަތައް ދެކެވެމުންގޮސް ނިވެމުން ދިޔަ ގުޅުމުގެ ހުޅުކޮޅުގެ އަލިގަދަވާން ފެށިއެވެ.

“ބުނެބަލަ އެއީ ކޮން ކުއްޖެއްކަން” އަޝްފާން ފަޒުނާއާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވާ ބައިވަރު މައުލޫމާތު އެބަހުއްޓެވެ. އެހެންކަމުން ސިކުޑީގައި އެބުރެމުން ދިޔަ އެންމެ ބޮޑު ސުވާލު އަމާޒުކޮށްލިއެވެ.

“އަޝްފާން ކީއްކުރަން ނަން ހޯދަނީ” ފަޒުނާ ޖަވާބު ދިނުމުގެ ބަދަލުގައި ކޮށްލީ ސުވާލެކެވެ.

“އޭރުން ދޯ މަޖުބޫރުން ނަމަވެސް އަހަންނަށް ތިދެމީހުން ގުޅުވޭނީ” ސަމާސާކޮށްގެން ނަމަވެސް ޖަވާބު ލިބޭތޯ އަޝްފާން ބެލިއެވެ.

“ތިކަމެއް އަޝްފާނަކަށް ނުވާނެކަން ޔަގީން. ފަޒޫ އާއި ދޭތެރޭ ނުވިސްނާ ބަލާބަ އިޝާ ހެޕީކޮށްދެވޭތޯ. ތިދެމީހުން ހާދަ ފައިޓެއް ހިންގާލައޭ ދޯމިހާރު” ފަޒުނާ ބެލީ ވާހަކަ އޮޅުވައިލެވޭތޯއެވެ.

“ހެހެހެ.. އެހެން ހުންނާނެ. ރިލޭޝަންޝިޕެއްގަ އުޅެންޏާ ހުންނާނެ އެކަހަލަ ކަންތައް. އެހެން ނޫނަސް އޮފީހުގަ ތަންކޮޅެއް ބުރަކޮށް އުޅޭތީ މާ ބޮޑަށް ސިގުރުޅި އާދެވެނީ. އަހަރެންގެ ނަސީބު އިޝާއަށް އެވަރު ވިސްނޭކަން” އަޝްފާން ހިނިގަނޑެއް ޖަހާލިއެވެ. އެހެންނަމަވެސް ފަޒުނާއަށް ނޭނގެނީ އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ރިހުމެވެ.

“އާން އިޝާ ލިބޭނީ ވަރަށް ނަސީބު ގަދަ މީހަކަށް”

“ޝީ އިޒް ސޯ ޕާފެކްޓް. އެކަމަކު ހަނދާން ކުރާތި ފަޒޫ ލިބޭ މީހާވެސް އެހާ ނަސީބުގަދަ ވާނެކަން. ދެރަނުވޭ ތިލޯބިގަނޑު އަންނާނެ އުދުހިފަ . އޭނައަށް އަދި ނުވިސްނެނީ”

ދެމީހުންނަށް އެކަކު އަނެކަކާއި ވާހަކަ ދައްކަން ތިބެވުނީ ފޫހިކަމެއް ނެތިއެވެ. އެތައް ދުވަހަކަށްފަހު ހަމަޖެހިލައިގެން ވާހަކަ ދައްކާލަން ލިބުމުން ވާހަކައާއި އެއްވަރަށް ވަގުތު ނުލިބުނީއެވެ. ދެމީހުން ވެސް މާދަންވަންދެން ހޭލާ ނުތިބެ އަވަހަށް ނިދަން ދިޔައީ މާދަން ހެނދުނު މަސައްކަތް ފައްޓަން ޖެހޭތީއެވެ. ނިދަން ލޯމަރާލިއިރު ފަޒުނާއަށް ބުނެދޭން ދަތި އުފާވެރި އިހުސާސެއްވަނީ ލިބިފައެވެ. ފަން އިސްތަށިގަނޑު ބާލީސްމަތީ ފަތުރާލާއިގެން އޮތް އިރު ތުންފަތްމަތީ ވަނީ ލުއި ހިނިތުންވުމެކެވެ. އަޝްފާންއާއި ވާހަކަ ނުދައްކާ ފާއިތުވެގެން މި ދިޔަ ކޮންމެ ހިދުކޮޅެއްގައި އޭނާގެ ހިތް މިލަމުން ދިޔައެވެ. އެހެންނަމަވެސް މިރޭ އެކަނި މި ހޭދަވި ދެތިން ގަޑިއިރުގެ ތެރޭގައި އެހިތަށް ދިރުން ލިބި އާރޯކަން ގެނެސްދީފިއެވެ.


 

ފިނިވާތީ ގައިގައި އެއްކޮށް ރަޖާއަޅައިގެން ނިދިފައި އޮތް އިޝާއަށް ހޭލެވުނީ ފޯންގެ އެލާމްގެ އަޑަށެވެ. އެލާމް ކަނޑާލުމަށްފަހު އެންމެ ފުރަތަމަވެސް ބެލީ އަޝްފާންގެ ހަބަރެއް ވެފައި އިންތޯއެވެ. ގުޑް ނައިޓު އައި ލަވް ޔޫ ފިޔަވައި އިތުރު މެސެޖެއް ވެސް ކޯލެއްވެސް އައިސްފައިނެތެވެ. އަޝްފާނާއި ވާހަކަ ދައްކާލާހިތް ވެފައި ހުރިލެއް ބޮޑުކަމުން އަޝްފާނަށް ދެތިން ފަހަރު ގުޅާލުމުންވެސް ފޯނެއް ނުނަގައެވެ. ފޯން ނުނެގީ ނިދާފައި އޮތުމުން ކަމަށް ބަލައި ހޭލުމުން އިޝާއަށް ގުޅަން ބުނެ މެސެޖެއް ކޮށްލިއެވެ.

ފެންވަރައި ރީތިވެގެން އިޝާ ދެފައި ދަމާލައިފައި ކޮޓަރީގެ އެނދުމަތީ އިށީދެގެންއިނެވެ. ކަނައަތުގެ ބޮޑުވާ އިނގިލީގެ ނިޔަފަތި ކަމުން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ އެތައް ހާސްކުލަވަރެކެވެ. ރޭގަވީ ކަންތައް ލޯމަތީ ރިކޯޑުކޮށްފައިވާ ފިލްމެއްހެން ސިފަވަމުން ދިޔައެވެ.

“އިޝާ.. ނުހޭލަނީތަ. ގަޑިޖެހެނީއޭ” ދޮރުގައި ކަޓިޖަހާލަމުން އަނެއްފަރާތުގައި ހުރި އަޝްފާގު ގޮވާލިއެވެ.

“މަޑު ކުރޭ. މިދަނީ” އިޝާ ފާހަނައަށް ވަދެ އަތް ދޮވެލިއެވެ. އަދި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ އަޝްފާގަށް ދައްކާނީ ކޮން މޫނެއްކަން ނޭނގޭތީއެވެ. ރޭގަވީ ކަންތަކަށް ބަލާފައި އިޝާ ހުރީ ރުޅިއާއި އެއްވަރަށް ދެރަވެސް ވެފައެވެ.

“ސައިބޯން ހިނގާ” ދޮރު ހުޅުވާލިއިރު ތިރީ ތުންފަތުގައި ދަތްއަޅައިގެން ހުރި އިޝާއާއި އަޝްފާން ވާޙަކަދެއްކިއެވެ.

“ނޫން . ގަޑި ޖެހެނީ އެއްނު. އައިސް ސައިބޯނީ ދެން” އިޝާ އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ބުންޏެވެ.

އަޝްފާގު އެޔަށް ދެކޮޅު ނުހަދައި އިޝާ ގޮވައިގެން މަސައްކަތު ސައިޓަށް ދިޔައެވެ.

3 ގަޑިއިރަށް މަސައްކަތް ދެމިގެން ދިޔައިރުވެސް ދެމީހުންގެ މެދުގައި ވީ ހަމަހިމޭންކަމުގެ ސާލެއްލެވިފައެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ދެމީހުން ކުރެ އެކަކުވެސް އަނެކަކާއި ނުދައްކައެވެ. އަޝްފާގު ދޭތެރެ ދޭތެރެއިން އިޝާގެ ހަރަކާތްތަކަށް ގެއްލިފައި ހުރެއެވެ. އޭނާގެ ކުށަކުން އިޝާ ބީވެގެން ދިޔުމުން ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފުކުރާނެހެން ހީނުވެއެވެ.

އިޝާއަށް މަސައްކަތުގައި އުޅެމުންވެސް ދޭތެރެ ދޭތެރެއިން ފޯނަށް ބަލައިލެވެނީ އަޝްފާން ގުޅާލާތޯއެވެ. ނޫނީ މެސެޖެއް ކޮށްފައި ވޭތޯ ބެލުމަށެވެ. ކޮންމެ ފަހަރަކުވެސް ފޯން ބާއްވާލަންޖެހެނީ މާޔޫސްކަން ގެނެސްދެމުންނެވެ.


 

“އަޝްފާން.. ކޮބާ ފޯން.. އިޝާ ގުޅި އަޝްފާން ފޯން ނުނަގާތީއޭ ކިޔާފަ” އަޝްފާން ހުރީ ލޫކްއާއި އެކީ ގޭގެ ގޯތިތެރޭގައި ފުޓުބޯޅަ ކުޅޭށެވެ.

“އަޅާ ނުލާ ބަހައްޓާ” އަޝްފާން އަޑުވަނީ ސަކަރާތް ޖެހުމުގެ ސަބަބުން ވަރުބަލިވެފައެވެ.

“ބަހައްޓާށޭ… ދެއްމެ ގުޅާފަ އެބުނީ އަޝްފާން ހެދުނުއްސުރެ ފޯން ނުނަގާ ވާހަކަ. މެސެޖެއްވެސް ކޮށްނުލައޯ.. އަހަރެން ދޮގު ހަދާފަ ބުނީ އަޝްފާން ބިޒީ ކަމުންނޭ. އެކަމަކު ދެން އިތުރަކަށް އިޝާއަކަށް އޮޅުވައެއްނުލެވޭނެ. އަޝްފާން މިތާ ސަކަރާތާއި މަޖަލުގަ އުޅޭ އިރު އިޝާ ބަހައްޓަންވީ ވާނުވާ ނޭނގި ދެރަކޮށްފަތަ” ފަޒުނާ ރުޅިއައިސްގެން ބޯޅަ އަތަށް ނެގިއެވެ.

“އިޓްސް ނޮޓް ޔޯރ ކޮންސާން” އަޝްފާން ފަޒުނާގެ އަތުން ބޯޅަޖަހައިގަނެ ދުއްވައިގަތެވެ.

“އަޝްފާން ތީ ދެން ގޮތެއް ނޫން. ރުޅިއަޔަސް ހުންނާނެ ކުރަންވާ ކަންތަކާއި ނުކުރަންވީ ކަންތައް. ހަނދާންވޭތަ އިޝާއާއި ރައްޓެހިވާން ވެގެން ދެއްކިހާ ވާހަކަ.ތިމަންނަ އެ އޭޝް ހެން ނުވާނެއޭ ކިޔާފަ . އެކަމަކު މިއަދު އޭޝްއާއި އަޝްފާނާއި ހުރި ތަފާތަކީ ކޮބާ. ރުޅިއައިމަ ސަބަބު ނުބުނެ ތިފިލަނީ” ފަޒުނާ ހިތްހަމަނެހިފައި ހުރެގެން ބޮޑު ތަގުރީރެއް އިއްވާލިއެވެ.

“ޔެސް މަންމް. އައި ވިލް ކޯލް ހާ” ދެބުމަ ގޮށްޖަހާލައި އަޝްފާން ފަޒުނާއާއި ދިމާލަށް ބަލާލުމަށްފަހު އެތަނުން ދިޔައެވެ.


 

“ހަލޯ ކީކޭ” އަޝްފާންގެ އަޑުގައި ވި ހިތްހަމަނުޖެހުން އިޝާއަށް ފާހަގަވިއެވެ.

“މާ ބޮޑުކަމެއް ނުވޭ.. އަޝްފާންގެ ހަބަރެއް ނުވާތީ . އިޝާގެ މެސެޖުތައް ލިބުނުތަ” އިޝާއަށް އަޝްފާންގެ އަޑުއިވިމުން ހިނިތުންވުން ގެނެސްދިނެވެ.

“ލިބުނު . ބިޒީ ވަރަށް ބޮޑަށް. ކޮންއިރަކުން ފުރަނީ” އަޝްފާން ދޮގު ހަދާލިއެވެ.

“މިއުޅެނީ ފުރަންދާން. އަޝްފާންމެން ފުރަނީ ކޮންއިރަކުން. އިޝާ ދިމާވީމަ ބައިވަރު ވާޙަކަ ކިޔައިދޭން އެބަހުރި އިނގޭ. ވަރަށް މިސްވޭ އިނގޭ”

“ހމމމ… ހަވީރަށް މާލެ ދެވޭނެހެން ހީވަނީ. އިޝާ މާލެގޮސް އަރާމްކޮށްލާ. މާދަން އޮފީހަށް ގޮސް ވާޙަކަ ދައްކާނީ އިނގޭ” އަޝްފާން ބެލީ ވީހާވެސް އަވަހަކަށް ފޯން ބޭއްވޭތޯއެވެ. އިޝާގެ އަޑު އިވުނަސް އެ ސޫރަ ފެނުނަސް ހިތުގައި ރިހުމެއް އުފެދޭކަހަލައެވެ.


 

އިޝާ ހެނދުނު ހެނދުނާއި ތެދުވެގެން އޮފީހަށް އައީ އަޝްފާން ދެކިލުމުގެ ބޭނުމުގައެވެ. އަޝްފާން އޭނާގެ ކެބިންއަށް ވަނުމާއި އެކު އިޝާ އަޝްފާންއޭ ކިޔާ ގޮވައިލައި ބައްދައިގަތެވެ. އަޝްފާން ފަހަތުން އައި ފަޒުނާއަށް މިމަންޒަރު ފެނި އެތަނުން ދިޔައީ ދެލޯބިވެރިންނަށް އެކަނިވެލުމުގެ ފުރުސަތު ދެމުންނެވެ.

“ކިހިނެތް ޓުރިޕް” އަޝްފާން އޭނާގެ ގޮޑީގައި އިށީނުމާއި އެކު އިޝާ އަހާލިއެވެ.

“އޯކޭ ދެން.. ” އިތުރަށް ބަހެއް ނުބުނެ އަޝްފާން މޭތުމަތީ ހުރި ފައިލް ހުޅުވާލައި އެ ކިޔަން ފެށިއެވެ.

“އަޝްފާން .. ކިހިނެތްތަ މި ވަނީ.. ވައި އާ ޔީ އެވޮއިޑިން މީ” ރުޅިއައިސްގެން އިޝާ ފައިލް ނަގައި އެއްފަރާތް ކޮށްލިއެވެ.

“އެވޮއިޑް ނުކުރަން. ތަންކޮޅެއް ބިޒީ ކޮށް އުޅުނީމަ ހީވާ ގޮތެއްތީ” އަޝްފާން އިޝާގެ ރުޅިއައިސްފައިވާ މޫނަށް ބަލައިލަމުން ބުންޏެވެ.

“އަޝްފާން ހީކުރީ އަހަރެންމީ ކުޑަ ކުއްޖެއް ކަމަށްތަ. ކުރިން ކިތައްމެ ބިޒީކޮށް އުޅުނަސް އަޝްފާން އަހަންނަށް ގުޅާނެ. އެކަމަކު މިހާރު މެސެޖެއްކޮށްލާނެ ވަގުތުވެސް ނުލިބެނީ އޭތަ ތިކިޔަނީ” އިޝާ މޭޒުމަތީ އަތް އަޅާލައި ރުޅިއައިސްފައިވާކަން ދައްކާލިއެވެ.

އެވަގުތު މޭޒުމަތީ ހުރި ފޯން ރިންގުވިއެވެ. އިޝާގެ ސުވާލަށް ޖަވާބު ނުދީ މިއަންނަނީއޭ ބުނެ އަޝްފާން ދިޔައީ މީހަކު ބައްދަލުކޮށްލަން އައިސްހުރި ވާހަކަ ރިސެޕްޝަނުން އެންގީމައެވެ.

އެ ވަގުތުގެ ބޭނުން ހިފައި އިޝާ އަޝްފާނަށް އަންނަމުން ދާ ބަދަލުގެ ސަބަބު ހޯދަން މޭޒުމަތީ އަޝްފާން ބާއްވާފައިވާ ދިޔަ ފޯން ނެނގިއެވެ. އެއްމެ ފުރަތަމަވެސް ބެލީ ކޯލް ލޮގާއި މެސެޖުތަކެވެ. އިޝާގެ ހަރާކާތްތައް އަވަސްވެފައިވީ އަޝްފާން ދެއްމެދެއްމެ އައިސްދާނެހެން ހީވުމުންނެވެ. ކޯލް ލޮގާއި މެސެޖުތައް އަވަހަށް ހާވާލިއިރު އިޝާ ބޭނުންވާ ކަހަލަ އެއްވެސް ޖަވާބެއް ނުލިބުނެވެ. ފޯން ބާއްވަން އުޅުނުތަނުން އަޝްފާން ތުލުސްދޫ ދަތުރުގެ ފޮޓޯތައް ބަލާލަން ބޭނުންވިއެވެ. އެރަށަކީ ރީތި ރަށެއް ކަމަށް އެއްމެންވެސް ބުނާ ރަށެއްކަމުން އެރީތިކަން އިޝާވެސް ދެކޭ ހިތްވިއެވެ. އިމޭޖަސް ހުޅުވާލުމާއި އެކު އިޝާއަށް ތަންމިނަށް ލޯ ހުޅުވާލެވުނީ ފެނުނު ފޮޓޯތަކުންނެވެ. ތުލުސްދޫގެ ރީތި މަންޒަރުތަކެވެ. އެސާފު ހުދުކުލައިގެ ދޮންވެލިގަޑެވެ. އެހެންނަމަވެސް އިޝާއަށް މިއިން އެއްވެސް ފޮޓޯއަކުން ހިތަށް ފިނިކަމެއް ނުލިބުނެވެ. ބަލާލާ ކޮންމެ ފޮޓޯއަކުން ހިތަށްވަންނަނީ ތީރުތަކެވެ. ލޮލުން ފެންނަމުން ދިޔައީ ގަބޫލްކުރަން ދަތި މަންޒަރެކެވެ. ގިނައީ ފަޒުނާއާއި އަޝްފާން އެއްކޮށް ނަގާފައިވާ ފޮޓޯތަކެވެ. ދެމީހުން އެކަނި ނަގާފައިވާ ސެލްފީތަކެވެ. ފަޒުނާގެ އުނގުމަތީ ބޯ އަޅާލައިގެން އަޝްފާން ނަގާފައިވާ ފޮޓޯތަކެވެ. މިކަމާބާ އަޝްފާން މާ ބިޒީވީ؟؟ އެތައް ސުވާލެއް އިޝާ ހިތަށް އަރަމުންދިޔައެވެ.

“ސޮރީ ލަސްވީމަ.. ވެއާ ވާ ވީ.. އާން އިޝާ އަހަރެން އެހާ ބިޒީއެއްނޫން. އެކަމަކު އެނގޭތަ އިޝާ އަބަދު އަހަންނަށް އުނދަގޫކުރުމުގައި ބިޒީކަން. ދުވާލަކު ފަންސާސް ފަހަރު ގުޅާނެ. އެއްފަހަރު ބިޒީކޮށްލިއަސް ދެން ނުހުއްޓާ ގުޅާނެ. އަހަރެންގެ މަންމަވެސް ތިވަރު ނުކުރެއޭ. ދެން އެހެންމީހުން ތެރޭ އުޅޭއިރު ހީވަނީ އެހެންފަދަ ކަމެއްހެން. އައި ޖަސްޓު ވޯންޓު ބީ ނޯމަލް. އަބަދު ގައިގަ ބޯވައެއްހެން ތައްލަވާފަ އެއްނޫން. 24 ގަޑިއިރު ގުޅައިގެން ނޫނީ މެސެޖުކޮށްކޮށެއް ނޫން” އަޝްފާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ކުރިމަތީ ކޮޅަށްހުރި އިޝާއަށް ރުޅިވެރިކަމުގެ ނަޒަރުން ބަލާލަމުންނެވެ.

“އައި ޑޯންޓް ތިންކް އައި ކޭން ކޮންޓިނިއު” އަޝްފާންގެ އެޖުމްލައިން އިޝާގެ ހިތުގައި ދެންމެ އުފެދުނު ޝައްކުތައް ޔަގީންވިއެވެ. އެހެންނަމަވެސް އެކަން އަޝްފާނަށް އަންގަން ބޭނުން ނުވިއެވެ. އެއްމިޔަކުން އަޝްފާނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އިތުރު ވާހަކައެއް ނުދައްކާ އިޝާ އެތަނުން ނިކުތެވެ. ފަހަތްވެސް ބަލާނުލައެވެ.

ޖެހިގެން އައި ދެދެވަސް އިޝާއަށް އޮފީހަށް އަންނަން ވީ ދަތިކަމަކަށެވެ. އެހެންނަމވެސް މަސައްކަތް ބުރަކަމާއި އޭނާގެ ހިތްވަރު އަޝްފާން ކުރިމަތީ ދައްކާލަން އަޒުމްކަނޑައެޅިއެވެ. އަޝްފާނާއި ވާހަކަ ދެއްކިއިރު އެއްވެސް ވަރަކަށް އެދުވަހު ވީ ކަންތަކާއި ދެރަނުވާކަން ދައްކުވައިދިނެވެ. ފަޒުނާއާއި އަބަދުވެސް ވާހަކަ ދެއްކީ އެއްވެސް ކަމެއް ބަދަލު ނުވެއޭ ބުނާ ފަދައަކުންނެވެ.


 

އަރުޝާމެންގެ ކައިވެނި ދެން އަންނަ މަހު ކުރަން ހަމަޖެއްސުމާއި ގުޅިގެން އޭނގެ މުނާސަބަތުގައި އެގޭގައި ކުޑަ ގެދަރިންނެއް ބާއްވަން ހަމަޖެއްސިއެވެ. ލާމިއު އާއި އަރޫޝާގެ ފަރާތުން ބާއްވާ މި ކުޑަ ޕާޓީގައި ބޮޑަށް އޮންނާނީ ކެއުމާއި ފލްމު ބެލުމެވެ. ފުރަތަމަ ހުރިހާ ރައްޓޭހިންނަށް  ދައުވަތު ދޭން ނިއްމިކަމުގައި ވިޔަސް ލާރީގެ ދަތިކަން އުޅޭތީ ބައިވެރިވަނީ އިޝާ އާއި ފަޒުނާއެވެ. އަދި އަރޫޝާގެ ދެ ބޭބއެވެ. މީގެ އިތުރުން ބޭބެ ފަރާތުން ދީނާވެސް ބައިވެރިވެއެވެ.

ސޯފާ ގޮނޑީގައި ދީނާއާއި ޖެހިގެން އަޝްފާގު އިން އިރު ފަޒުނާ އިނީ އަޝްފާން ކައިރީ ގައެވެ. ލާމިއު އާއި އަރޫޝާ ތިބީ އެއްމެ މެދުގައެވެ.

“އިޝާ ކަންނޭނގެ އެއައީ އެބަ އަންނަން” ގޭގެ ދޮރުގެ ބެލް ރިންގުވި އަޑަށް އަރޫޝާ ދޮރުހުޅުވަން ހިގައިގަތެވެ.

އިޝާއަށް ސިޓިންރޫމަށް ވަދެވުނު އިރު އެއްމެން ތިބީ ފިލްމަށް ގެއްލިފައެވެ.

“ލާމި އާދޭ މިތަނަށް. އިޝާއަށް ދޮންބެ ކައިރީ އިންނަން ދީ” ފަޒުނާވެސް އިޝާ އައިތަން ފެނި އަޝްފާން ކައިރިން ތެދުވާން އުޅުނެވެ. ނަމަވެސް އަޝްފާން ފަޒުނާގެ މުލައްދަޑީގައި ހިފައި މަޑުކުރުވިއެވެ. ފަޒުނާ އަޝްފާނަށް ލޯއަޅާއިލީ ވާނުވާ ނޭނގޭތީއެވެ.

“އިޓްސް އޯކޭ. އިޝާ މިތާ އިށީންނާނަން” އިޝާ ތަށިމުށިގަޑުމަތީ ލާމިއުއަށް ތެދުވުމުގެ ކުރިން އިށީނެވެ.

“ޔަގީންތަ ދޫންޏާ. ވަރަށް ބިރުވެރިވާނެ އިނގޭ” އަރޫޝާ އިޝާގެ ހިޔާލު ބަދަލްކުރޭތޯ އަހާލިއެވެ. ޖަވާބުގައި ބޯ ހައުވާލައި ނޫނެކޭ ބުނެ އިޝާ ޕޮޕްކޯންތަށި އަތަށް ނަގައި ފިލްމު ބަލަން ފެށިއެވެ.

 

ފިލްމު ދެބަޔަކަށް ދިޔައިރު ދީނާ އިނީ އަޝްފާގުގެ ކޮނޑުގައި ބޯއާޅާލައިގެންނެވެ. ދޭތެރެއަކުން ބިރުވެރި މަންޒަރެއް ދައްކާލާއިރަށް އަޝްފާގުގެ ގައިގައި ބައްދާލައެވެ. އަރޫޝާ ލާމިއު ގައިގައި ބައްދާލައިގެން އިންއިރު ހާލަކީ ހަމައެއީއެވެ. ފަޒުނާ އިނީ ރަޖާގަނޑުގެ ދަށުން އަޝްފާންގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެންނެވެ. ބިރުވެރި މަންޒަރެއް ދައްކާލާ ކޮންމެ ފަހަރަކު ފަޒުނާ ، ދިނާ އަދި އަރޫޝާ ގޮވައިގަންނަ އިރު ތަށިމުށިމަތީ އިން އިޝާއަށް އެއްވެސް އަސަރެއް ކުރާހެން ހީނުވެއެވެ. ކުރިމަތިން ފެންނަމުން ދާ މަންޒަރަށް ވުރެ ބޮޑަށް ފަހަތުގައި ހިގައިދިޔަ އަދި ހިގަމުންދާ ކަންތަކުގެ ބިރުވެރިކަން އެހިތަށް ސިފަވާލެއް މާބޮޑެވެ.

“އިޝާ ހާދަ ބިރުކުޑައޭ” ފަޒުނާ އެހެން ބުނި އަޑަށް އިޝާ ފަހަތް ބަލާލިއިރު އަޝްފާންގެ ނަޒަރުވެސް ހުރީ އޭނައާއި ދިމާލަށްކަމުން ވަގުތުން އިސްޖެހުނެވެ.

“ބަލާފައޮތް ފިލްމަކީތަ މި އެއްމެން ހަޅޭއްލަވާއިރު މަޑުން ތި އިންނަނީ” އަޝްފާގު ސުވާލުކޮށްލިއެވެ. މާފުށީ ދަތުރުގައި ގުގުރީގެ އަޑަށް ބިރުން އުޅުނު އިޝާ މިރޭ މިހާ ބިރުވެރި ފިލްމެއް ބަލަމުން ދާއިރު ކުޑަކޮށްވެސް ބިރު ނުގަންނަނީބާވައެވެ.

“ކުރިން ބެލިން” އިޝާ ކުރުކޮށް ޖަވާބު ދިނެވެ. އަޝްފާގު އިޝާއާއި މެދު ކަންބޮޑުވުން ފާޅުކުރުމުން ކައިރީގައި އިން ދީނާގެ މޫނުމައްޗަށް ރުޅިވެރިކަންއައެވެ.

“އެކަނިތަ ދަނީ ގެއަށް ދޮންބޭ އިޝާ ގެޔަށް ލާ ދީބަ. އެއެޅެނީ އެކަނި ދާން” ފިލްމު ބަލައި ނިމި އިޝާ އެކަނި ގެޔަށްދާން އުޅޭތަން ފެނި އަރޫޝާ ބުންޏެވެ.

“ހިނގާ ދާން” އަޝްފާން ކާރުގެ ތަޅުދަޑި ޖީބުން ނަގައި ސިޑިން ފޭބިއެވެ.

ކާރު އިޝާގެ ހުންނަ މަގަށް ލަބާލިއެވެ. މިހާތަނަށް ދެމީހުންގެ މެދުގައިވި ހަމަހިމޭކަން ނަގައިލީ އަޝްފާނެވެ.

“ރުޅިއެއް ނާދޭތަ އަހަރެން ދޫކޮށްލީމަ” ކާރުގެ ލޯގަޑުން އިޝާއާއި ދިމާލަށް ބަލަމުން އަޝްފާން އެހިއެވެ.

“ރުޅި އަޔަސް ކުރެވެނޭ ކަމެއް ނެތެއްނު” އިޝާ ޖަވާބު ނުދީ ލަސްކުރީ ކާރުން ފައިބަމުން ޖަވާބު ދިނުމަށެވެ.

އިޝާ ކާރުން ފައިބައިގެން ގެޔާއި ދިމާލަށް ދިޔައިރު އެމަންޒަރު ބަލަން އަޝްފާނަށް ހުރެވުނީ އިސްޖަހައިނުލެވިއެވެ.

 

އިޝާ ދެރަކޮށްލާކަށް އަޝްފާން ހިތެއް ދުވަހަކުވެސް ނޭދެއެވެ. އިޝާއަށް އޭނަގެ މަޖުބޫރު ހާލަތު އެނގޭނަމައެވެ. މިއަދު މިހެން ވިޔަސް އަބަދުވެސް އޭނާގެ ހިތުގައި އިޝާއަށް ދެވިފައިވާ ގަދަރު ފަޑުނުވާނެއެވެ.


 

 

މިއަދު ހެނދުނު އަޝްފާގަށް ތެދުވެވުނީ އަށެއް ޖަހައި ބޮޑުވި ފަހުންނެވެ. އަވަހަށް ތެޅިފޮޅިގެން 9 ޖަހަންވާ އިރަށް އޮތް މީޓިން އަށް ދެވުނީ ހަމަ ކިރިއާއެވެ. ސައިނުބޮއި ދާން އުޅުމުން މަންމަ ރުޅިއަޔަސް އިތުރަށް މަޑުނުކޮށް ދިޔައީ މީޓިންގެ މުހިއްމު ކަމުންނެވެ.

ތިން ގަޑި އިރަށް ދެމިގެން ދިޔަ މީޓިން ނިއްމާލުމަށްފަހު އަޝްފާގު އޭނާގެ އަމިއްލަ އޮފީހަށް ދިޔައިރު ހުރީ ވަރަށް ބަޑުހައިގެންފައެވެ. ކެބިންއަށް ވަންއިރު އިޝާ ބޯން އިން ކޮފީތަށި ފެނި އަޝްފާގު ކުޅުދިޔާވާ ގޮތްވިއެވެ. އާއްމުކޮށް އަޝްފާގަށް ކޮފީ ގެންނަ ދީނާ މިއަދު ބަލިވެ އޮފީހަށް ނާންނާތީ އަމިއްލައަށް ކޮފީ ތައްޓެއް ގިރާލާނަމޭ ހިތައި އަޝްފާގު ސައި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ސައި ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވުނުތަނާ އިވުނު އަޑަކުން އަޝްފާގަށް ހުއްޓުން އެރިއެވެ. އެދެކުދިން ސިއްރުން އެދައްކާ ވާހަކަ އޭނާގެ ކަންފަތަށް އަޑު އިވެނީ ރަގަޅަށްތޯ ބަލާލުމަށް އިރުކޮޅަކު މަޑުކޮށްގެން ހުންނަން ޖެހުނެވެ. ކަނުލައި އަޑުއަހައިގެންނެވެ. އިވުނު ކޮންމެ ލަފުޒަކާއި ޖުމްލައަކުން އަޝްފާގުގެ ރުޅިގަނޑު ދަޔައީ މައްޗަށެވެ. ހަދަން ދިޔަ ކޮފީތަށި ބަހައްޓާފައި އޭނާގެ މިސްރާބު ބަދަލުކޮށްލީ އަޝްފާންގެ ކެބިންއާއި ދިމާލަށެވެ. އެދިޔަ ބާރު މިނުގައި ގޮސް އަޝްފާންގެ ކެބިންދޮރު ފާރުގައި ޖެހޭ ވަރަށް ބާރަށް ހުޅުވާލިއެވެ. އެވަގުތު އެތެރޭގައި އަޝްފާނަށް އެއްޗެއް ކިޔައިދޭން އޭނަ ކައިރީގައި ހުރި ފަޒުނާ އަށާއި  ގޮނޑީގައި އިށީދެގެން އިން އަޝްފާން ދިޔައީ ސިއްސައިގެންނެވެ.

“ކިހިނެތްވީ ބޭބޭ.. މާކޯފާވެފަ ތިހިރީއޯ” އަޝްފާގުގެ ބުމަ ގޮށްޖެހިފައިވާތަން ފެނި އަޝްފާން ގާތަށް ހިނިއަންނަ ގޮތްވިއެވެ.

“ފަޒޫ އިހަށް މިތަނުން ދޭ” ފަޒުނާ އެތަނުން ދިޔުމަށް އެންގި ގޮތުން ވެގެން އުޅެނީ ކުޑަވަރުގެ ކަމެއް ނޫންކަން އަޝްފާނަށް ވިސްނުނެވެ. ފަޒުނާ ބޭރަށް ދިޔުމަށް ހިގައިގަތުމުން އަޝްފާން އިން ގޮނޑިން ތެދެވެ އަޝްފާގު ކައިރިއަށް ދިޔައީ ވެގެން އުޅޭގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް އަޝްފާނަށް ވެގެން އުޅެނީ ކިހިނެތްތޯ ނޭހިގެން އުޅެނިކޮށް އަޝްފާގު މުށް ބާރުކޮށް އަޝްފާންގެ މޫނުމަތީ ބާރަށް ޖަހާލިއެވެ.

ވީ ތަދާއި ލިބުނު ކުއްލި ސިހުމާއި އެކު އަޝްފާނަށް ފަހަތަށް ޖެހެވުނެވެ. “ކިހިނެތް ވެގެންތަ ތިއުޅެނީ” އަޝްފާގުގެ އެއަމަލުން އަޝްފާން ގާތަށް ރުޅިއައެވެ. އަޝްފާގު ޖެހިތާ މޫނުމަތީ ވައަތް ބާއްވާލައިގެން އަނެއް އަތުން ބަދަލުދޭން އަޝްފާން އަތް އިސްކުރިއެވެ. އެހެންނަމަވެސް އަޝްފާގު ހުރީ އެކަމަށް ހުޝިޔާރުވެގެންކަން ހާމަވީ އެއްއަތުން އަޝްފާންގެ އެހަމަލާ ހުއްޓުވުމުންނެވެ. މިވަރުން އަޝްފާން ދޫދޭކަށް ބޭނުމެއް ނުވިއެވެ. “ކިހިނެތް ވެގެންތަ ތިއައިސް ގަޔަށް ބޮލަށް އަރައި ގޮތް ވަނީ” މޫނުގައި އަތް ފިރުމާލައި އަޝްފާން ތަދުކުޑަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. އަތުގައި އެއްޗެއް ހޭކޭތީ ބަލާލިއިރު ލޭގެ އަސަރު ފެންނަން ހުއްޓެވެ. ނޭފަތް ކައިރި މަށައިގެން ގޮސްހުރީ އަޝްފާގު އަތުގައި އޮތް  އަނގޮޓިން ޖެހިއެވެ.

“ކަލޭ ހިތަށް އަރާ ގޮތަކަށް ދޯ ކޮންމެ ކަމެއްވެސް ނިއްމާލަނީ. އެއްފަހަރުވެސް އެހެން މީހުންގެ..” އަޝްފާގުގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތް ނުވިއެވެ. އަޝްފާންގެ ގައިގައި ދެވަނަ ފަހަރަށް ޖަހަން ދިއްކޮށްލި އަތް ގޮސް ޖެހުނީ އަޝްފާންގެ ފަހަތުގައި ހުރި ފާރުގައެވެ. އަތް މުއްކަވާލައިގެން ޖަހަން އުޅުމުން އަތުގެ އިނގިލަކުގެ ހުޅުތައް ފާރުގައި ބާރަށްޖެހި “އާހް “އޭ ކިޔާ ގޮވާލީ ވީ ތަދެއްގެ ބޮޑުކަމުންނެވެ. މިތަދުވީ ރޯކޮށްފައިވާ ރުޅީގެ ހުޅުގަނޑަށް އެޅި ދަރުތަކެއް ކަމުގައެވެ.

ލިބުނު ވަގުތުގެ ބޭނުން ހިފައި އަޝްފާން އެތަނުން ދާން އުޅެނެވެ. މަށައިގެން ދިޔަތަނުން ދިލަ ނެގުމާއި އެކު ލޭގެ އަސަރުވެސް ފިލާގޮތެއް ނުވުމުންނެވެ. ނަމަވެސް އަޝްފާން ތަޅުގައި ހިފުމުގެ ކުރިން އަޝްފާގު ފަހަތުން އޭނާގެ ގަމީހުގައި ހިފައި ކައިރީގައި ހުރި ފާރާއި ދިމާލަށް ކޮއްޕާލިއެވެ. އެބާރު މިނުގައި އަޝްފާން ފާރުގައި ޖެހި ވެއްޓުނު ނަމަވެސް އަވަހަށް ކޮޅަށް ތެދުވެ ހަމަޖެހިލީ ކުރިމަތީ ހުރި ބޭބެގެ އަތްދަށުނުވުމަށެވެ.

“މަޑުން ހުރެބަލަ. މަ ކީއްކޮށްގެންތަ ތިއުޅެނީ” އަޝްފާންގެ ރުޅިގަނޑުވެސް މަތަކުރެވޭ ގޮތްނުވިއެވެ. ހިތުގައި ބަދަލްހިފުމުގެ ރޫހު އާލާވިއެވެ.

“ކޮން އަޑެއްތަ އެއިވެނީ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ފުން ލޯބި (34)

Next

ލޯބި ވެވުމުން…..1

Next
April 24, 2017

ލޯބި ވެވުމުން…..1

Previews
April 24, 2017

ފުން ލޯބި (34)

48 Comments!

  1. Sam says:
    April 24, 2017 at 12:11 pm

    Am i first?? Kihineh vegn miulheny anehkaa?? ???

    1. ?? says:
      April 24, 2017 at 1:26 pm

      ??

    2. maroon says:
      April 24, 2017 at 5:49 pm

      U r. Kihinei v ba??

  2. yus says:
    April 24, 2017 at 12:20 pm

    Vaanuvaa maa ehvahtharee nah

    1. maroon says:
      April 24, 2017 at 5:50 pm

      Effaharu innane ashfag inna thanah ashfaan leyevifa. Thanku for reading.

  3. , says:
    April 24, 2017 at 12:25 pm

    ashaf and isha are both carriers thats wat he found that day from her file. so he have no choice but to leave her. now that will give a chance to ashfaq to reunite with isha,and faxu with ashfan

    1. Aff says:
      April 24, 2017 at 1:32 pm

      I think you are right ☺

    2. Aff says:
      April 24, 2017 at 1:33 pm

      OMG it really superb ??? eagerly waiting for next part. Plx make it fast.plx

    3. cenhi says:
      April 24, 2017 at 2:12 pm

      Cenhi ahves heevany thihen. V reethi story

    4. maroon says:
      April 24, 2017 at 5:51 pm

      ????

    5. maroon says:
      April 24, 2017 at 5:53 pm

      Aff and cenhi dhn , ah ves v bodah thanku

  4. Afy says:
    April 24, 2017 at 12:38 pm

    Haaadha kurey. Vaaakaha rythi vefa interesting. Ekam lahun up kirevey iru at least dhigukoh genesdhyba. Plz. Hama rythi vyma kiyaahithun

    1. maroon says:
      April 24, 2017 at 5:54 pm

      Afy v try kuaramey.. thanku ❤

  5. ReeXa says:
    April 24, 2017 at 12:45 pm

    Ashfaq n ishaa gulhuvafa faxu n Ashfaan gulhuvabala plx

    1. maroon says:
      April 24, 2017 at 5:56 pm

      Thanku reexa vaahaka kiyaaleema. Lets see dhw

  6. Maly says:
    April 24, 2017 at 1:58 pm

    Kaakubaa e aee?? Alhey v reethi mi part ves.. next part kon irakun? Inthizaaru kuran next part ah ves.

    1. maroon says:
      April 24, 2017 at 6:05 pm

      Thanku maly..
      Soon ngey ❤

  7. shafu says:
    April 24, 2017 at 2:58 pm

    vvvvvv reethi….. alhey kon fight eh tha N kon adeh tha ………… hehe… waiting

    1. maroon says:
      April 24, 2017 at 6:40 pm

      Sirrun ivuny kon adehbaa dhw ?
      Thanku shafuu ❤

  8. Ash says:
    April 24, 2017 at 3:06 pm

    Ashfan and fazu ge connection ge adu dho ?

    1. maroon says:
      April 24, 2017 at 6:41 pm

      ??

  9. Kiara says:
    April 24, 2017 at 4:15 pm

    Alhe ishaa ah kihaa hurt vaane..
    Ehn hadhaakah nuvaanu..
    Thankolheh dhigukoh genesdheeba if u can..

    1. maroon says:
      April 24, 2017 at 6:42 pm

      Ishaa fakeeru dhw. Sure dhn faharakun

  10. Maree says:
    April 24, 2017 at 4:23 pm

    vvvvvv reeethi dhen konirakun next part genesdhenee

    1. maroon says:
      April 24, 2017 at 6:56 pm

      Tahnku mareeee. ??
      Soon ngey

  11. shabaa says:
    April 24, 2017 at 4:35 pm

    V reethi

    1. maroon says:
      April 24, 2017 at 6:57 pm

      Tahnku shabaa

  12. Hajja says:
    April 24, 2017 at 5:14 pm

    V reethi

    1. maroon says:
      April 24, 2017 at 6:58 pm

      Thanku hajja

  13. Khajja says:
    April 24, 2017 at 6:35 pm

    Masha allah v v v v v rythi ashfaag ah fazoo aa ashfaan ge gulhun enguny dhw n fazoo mennah ashfaan ge cabin in adeh ivunyma ishaaves govaigen dhaany dhw adhi ehurihaa mu azzafun kurimathyga fazoo n ashfaag ge gulhumugevaahaka govaalaa ashfaag dhen ishaa aa gulhebala thi 2 myhunves ekaku anekaku dheke loabi ve ennu pls ishaa ah dheragothennahadhaathi pls maroon stry v nice n thanks keep it up

    1. maroon says:
      April 24, 2017 at 7:00 pm

      Khajjaa❤❤ thanku darling..ekudhin sirrun dhekky anekkaa evaahaka noonbaa??
      In sha allah isha ah dheragotheh medhuveri nuvaane ❤❤?❤

  14. Lynn says:
    April 24, 2017 at 6:52 pm

    Maasha allah varah rythi..Faxoo and Ashfan gulhuvadhybw..Nd Ashfaq and Isha gulhuvadhybw..When ix the nxt prt? V inthizaaru eba kurevey..Nxt prt avas koh lahchey..

    1. maroon says:
      April 24, 2017 at 7:02 pm

      Lynn thanku dear ❤
      Sure avaskohdheynan ngey. Hurihaa kudhin thihaa hiyvaru dheythy va ufaavey…

  15. ? says:
    April 24, 2017 at 7:28 pm

    Hiybeynumey dhulun mivaa loabi kiyaaladheyn. Kalaa ah takaa himeyn manzilehga loabi dheyn.

    1. maroon says:
      April 24, 2017 at 8:05 pm

      Kaaladhee kaaladhee ?

  16. Zzzzaaa says:
    April 24, 2017 at 9:13 pm

    Vvv loabi….waiting for the next part

    1. maroon says:
      April 24, 2017 at 9:18 pm

      Thanku zzzzzaaaaa

  17. Amm says:
    April 25, 2017 at 1:26 pm

    Mi part v reethi furatha kiyaaleema neygunu vaa nuvaa
    Dhen fahun mi egunee eh bai dhookoh laafa kan mi kiyenee??
    Maa busy v ma kury dhuvahuge baeh nukiyaa dhookoh levunee?
    Waiting 4next??

    1. maroon says:
      April 25, 2017 at 3:03 pm

      Amm hehehe ❤
      Thanku ?

  18. Lam Herr says:
    April 25, 2017 at 6:16 pm

    V nice story… When next part..plx plx plx…avahah up kndhybala….I can’t wait…

  19. Sidhu says:
    April 25, 2017 at 11:39 pm

    V salhi kiyaahithun huttaa mi part vex mi nimuny???when next part❤❤❤v wait kurevey next part ah. ….

  20. Lam Herr says:
    April 26, 2017 at 3:29 pm

    Avahan up kndhyba… Plxxx….

    1. maroon says:
      April 26, 2017 at 4:06 pm

      Review ah fonuvaifin ?

  21. Lam Herr says:
    April 26, 2017 at 9:17 pm

    Haadha laheyyy dhwww

    1. maroon says:
      April 26, 2017 at 9:25 pm

      Sorry dear 4 haa iru admin ah fonuvaifin. M also here waiting for them to upload ?

  22. Aisha says:
    April 26, 2017 at 9:27 pm

    Kithan faharu kameh ves mi story up vejje tho mi beluni kyvetha ehaa las vani… alhe maroon avah up kohdhybala pllllllllllllllllls plllllllllllllllllls alhe ingey maroon dear

    1. maroon says:
      April 26, 2017 at 9:31 pm

      Fonuvaifeemey admin ah miadhu haveeru 4 haa iru.. maroon ahves ethah faharu belijje upveythw. ?
      M also here waiting

  23. Lam Herr says:
    April 26, 2017 at 9:43 pm

    Alhe kyhnveba ehaa lax vany A

Comments are closed.

Next Episodeއާވާ ހަނދާން 16←


All Right Reserved!