“މިދިޔަ އަހަރު މެލޭގަ އުޅުނީ..އަމް.. ސައިކޯޕާތް ބިހޭވިއާ އެގްޒަމިނާއަކަށް. މިހާރު ނުކުރަން ކަމެއް. މާލޭގަ އެކަހލަ މީހުން އުޅޭކަމެއް ނޭންގެ..ހެހެހެ” އެވަގުތު އެތާތިބި އެންމެންގެ މޫނުންވެސް ފެނުނީ ތަފާތު ކުލަވަރެކެވެ.”ކިހިނެއްވީ.. އަނެއްކާ އެކަހަލަ މީހަކު ދަންނަނީތަ” ހާޝިރް ސުވާލު ކޮށްލުމުން ކޮންމެ މީހަކުވެސް ވަރަށް ނުވާ ކަމަށް ހަދައިފައި ހޭންފެށިއެވެ. ހާޝިރްވެސް އެހުނުމުގައި ބައިވެރިވިއެވެ.
އަލާނިޔާ އެ ގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެކިތަންތަން ބަލަމުން ދިޔައީ ޖާސޫސެއް ހެނެވެ. ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައިރު ކޮންމެ ކޮޓަރިއެއްގައިވެސް ވަނީ ކޮންމެސް ކުޅޭސާމާނެކެވެ. އެއްކޮޓަރީގައި ޓީޓީ ކުޅޭ ބޯޑެއް ހުރިއިރު އަނެއް ކޮޓަރީގައި އެހެން އެއްޗެއް ހުއްޓެވެ. އެތަން ބަދަލުވެފައި ހުރިވަރު އިނގޭނީ އެތަން ކުރިން ފެނިފައި ހުރި މީހަކަށްކަން ގައިމެވެ. ޝައްކުވާކަހަލަ އެއްވެސް އެއްޗެއް އެތަނުން އެއްވެސް ކޮޓަރިއަކުން ނުފެނުމުން އަލާނިޔާއަށް ޔަގީންކުރެވުނީ އެއްވެސް ކަމެއްގައި ރުއާގެ އަތެއް ނުވާކަމަށެވެ. އެތަނުން ފެނުނު ލޭކޮޅެއް ފުލިއަކަށް ކަހާޅުމަށް ފަހު އެގެއިން ނިކުމެ އަލާޏިޔާ މިސްރާބު ޖެހީ ޔުސްރާމެންގެ ކްލިނިކަށް ދިއުމަށެވެ. އެތަނުގައި ހުންނަ ލެބުން އެއީ ކޮންކަހަލަ އަދި ކާކުގެ ލެއެއްތޯ ބެލަން ހަދާ ޓެސްޓުތަށް ހެދޭއިރު ޔުސްރާއާއި އެންމެ އެއްކޮށް އުޅޭ ޝިފާންގެ އަތަށް އެފުޅިތަށް ދިނުމަށްފަހު އަލާނިޔާ ޔުސްރާއަށް ގުޅާލިއެވެ.” ޔުސް.. އާދެބަ ކްލިނިކަށް.. އެންޑް އެތަނުން ޕެކް ކުރި ޕިއްޒާހިފައިގެން އަންނައްޗޭ..ހެހެހެހެ”
އޭރު ޔުސްރާ ގެއަށް އައިތާ އަދި ފަނަރަ މިނެޓުވެސް ނުވާނެއެވެ. ނަމަވެސް އަލާނިޔާ ބުނުމުން އަތްދަބަސް އަޅުވާލުމަށްފަހު ކްލިނިކަށް ދާން ނިކުތެވެ. ޔުސްރާ ދިޔައިރު ލެބް ބޭރުގައި އަލާނިޔާ ހުއްޓެވެ. ޔުސްރާ ދިޔުމުން އެތަނުން ލޭގެ ސާމްޕަލްއެއް ހޯދި ކަމާ އަދި އެގެއިން ރުއާއަށް ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ނުފެންނަ ވާހަކަ ބުންޏެވެ. ނަމަވެސް ޔުސްރާއަށް އެވާހަކަ ގަބޫލު ކުރެވުނު ހެނެއް ހިޔެއްނުވެއެވެ.
ރޭގައި ރުއާގެ ކަރު މަތީގައި އިން ކަޅުތިލަ ފެނުން ފަހުން ޝައްކުގެ ލޮލަކުން ޔުސްރާއައީ ރުއާއަށް ބަލަމުންނެވެ. ނަމަވެސް މަސްލަހަތަށް ބަލާ އެކަކު ގާތުވެސް ނުބުނެ ހުރީއެވެ. ދެމީހުން އެތާ ބޭރުގައި ތިއްބާ ޝިފާން ނިކުމެ ޓެސްޓްގެ ރިޕޯޓް ތައްޔާރު ވެއްޖެ ކަމަށް ބުނުމުން ދެމީހުންވެސް ވަނީ އެތެރެޔަށެވެ. “މިހާރު މި ސާމްޕަލް ގަ އެބަހުރި ދެ ލެޔެއް. އެކައްޗަކީ އޭ ޕޮޒިޓިވް. ދެން ހުރީ އޭބީ ނެގެޓިވް. ސޯ އިތުރު ސުވާލެއް؟” ޝިފާން އެހެން ބުނުމުން އަލާނިޔާ ޝިފާންއަށް ޝުކުރުއަދާކުރުމަށް ފަހު ރިޕޯޓުގެ ކޮޕީއެއްހިފައިގެން އެތަނުން ނިކުތެވެ. ފަހަތުން ޔުސްރާވެސް ނިކުތެވެ. “އޭ ޕޮޒިޓިވް އެއީ ނިހާ ގެ ލޭ…ދެން އޭބީ…” އަލާނިޔާ ބެލީ އެކަން އެއްކޮޅަކު ޖެއްސޭ ތޯއެވެ. ނަމަވެސް އަލާނިޔާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ޔުސްރާއަށް ފޯނެއް އައުމުންނެވެ.
“ވަޓް…!!! އެކަމު ކިހިނެއް!!!” ޔުސްރާ އެހެން ބުނެޅި ނުހަނު ބާރަށެވެ. އެހެންކަމުން ގާތުގައި ހުރި އަލާނިޔާވެސް ދިޔައީ ސިއްސައިގެނެވެ. “ލާނީ. ބްލަޑް ބޭންގަ ތިންވައްތަރުގެ ލޭޕެކެޓް މަދު!!!… އޭބީ ވެސް” ޔުސްރާ ބުނި ވާހަކައިން އަލާނިޔާވެސް ހައިރާން ވީވަރުން ހުއްޓުންއަރާފައި ހުއްޓެވެ. އެއީ އެމީހަކު ގަސްތުގައި އެމީހުންނަށް އޮޅުވާލުމަށް ކޮށްފައިހުރި ކަންކަން ކަން އެނގުނވި ހިނދު މާޔޫސްވީ އެމީހަކު އަބަދުވެސް އުޅެނީ އެމީހުންނަށްވުރެ އެއްހަރުފަތް މަތީގައި ކަމަށް ގަބޫލު ކުރެވުމުންނެވެ.
މާޔޫސްކަން ވަށައިލައިފައިވާ ހާލު ދެމީހުން ގެޔަށް ދިޔައިރު ގެޔަށް ވަނީ ތޫފާނެއް އައިސްފައެވެ. ސޯފާގެ އިތުރުން ހުރިހާއެއްޗެއް އެކި ތަންނަށް އުކާލައިފައި ވީއިރު މުޅިގޭތެރެއަށް ވަނީ ގަނޑުތަކެއް އަލާފައެވެ. އަލާނިޔާގޮސް އެއިން އެކަތި ކޮޅު ނަގާ އެ ކިޔާލިއެވެ.”އަހަރެން ހޯދަން ނޫޅޭ.. އެހެން ނޫނީ ފަހަރަކު މީހަކު މަރަށް މަރުހަބާ ކިޔާ..” އޭގެ ތިރީގައިވަނީ ޕިއްޒާކާޏް ދިޔަ ދުވަހުގެ ފޮޓޯއެކެވެ. ހާޝިރް، ލައިތް، މުލައިލް، އަލާނިޔާ ޔުސްރާ އަދި ރުއާވެސް އެ ފޮޓޯގައި ހިމެނެއެވެ. ހުރިހާ ގަނޑެއްގައި ވެސް ވަނީ ހަމައެކައްޗެކެވެ. އަލާނިޔާ އަދި ޔުސްރާއަށް މިކަމުގެ ބިރުވެރިކަން އެނގުން ވެލައިގެން ދިޔައެވެ. ޔުސްރާ މުލައިލް އަށް ގުޅަން ފޯނު ނެގިވަގުތު ލައިތްގެ ފޯނެއް އައެވެ. ހަމައެވަގުތު އަލާނިޔާގެ ފޯނަށް މުލައިލް ގުޅާލިއެވެ. ދެމީހުންވެސް ފޯނު ބޭއްވުމާއެކު ދެން ގުޅީ ހާޝިރް އަދި ރުއާއެވެ. ކޮންމެ މީހެއްގެ ވެސް ގެއަށް މިފަދަ ގޮތަކަށް މީހަކު ވަދެފައިވާ ވާހަކަ އެމީހުން އެކަކު އަނެކަކާ ހިއްސާކުރީ ނުހަނު ބިރުވެރިކަމާއެކުއެވެ. ހަމީހުންވެސް އިންތިހާއަށް ބިރުގަނެފައި ވާއިރު މީހުން މަރަމުން ދާ މީހާ އެންމެ ފުރަތަމަ ކުރިމަތި ލާނީ ކާކާކަމެއް ނޭންގޭ ހާލު އެމީހުންގެ ހިތުގެ ހިނގުން އަވަސްކުރުވައިގެން ދިޔައެވެ.
އެދުވަހު ހަވީރުގެ ވަގުތެއްގައި މުލައިލްމެންގެ ގެއަށް އެ ހަމިހުން އެއްވެލީ މިހާރު ދިމާވެފައިވާ ބިރުވެރިކަމާމެދު މަޝްވަރާކުރުމަށެވެ. އެމީހުން ދިޔައިރު ސިޓިންގް ރޫމްއިން ތަންކޮޅެއް ހުސްކޮށްފައިވާއިރު އެގޭތެރެއަށް ވަދެފައި ވާމީހަކު ވަނީ މުޅި އެގެޔަށް ކަފަވެސް އަޅައިފައެވެ. އެއީ ކާކުގެ ކަމެއްކަން އެންމެ ރަނގަޅަށް އިނގެނީ ޔުސްރާ އަދި މުލައިލްގެ އިތުރުން ލައިތްއަށެވެ. އެއީ އެމީހުން މިހާރު ހޯދަމުން ދާ މިސް އެކްސް ގެ ކަމެއްކަން އެމީހުން ނަށް ޔަގީނާގާތަށް ކަށަވަރު ކުރެވުނީ އެ ކަފަތަކުގެ ސަބަބުންނެވެ.
“އަހަންނަކަށް ނޭންގެ މިވާ ގޮތެއް…ނިހާ މަރާލުން. އަހަރެންގެ ބޮލުގަ މަރުގެ ތުހުމަތު އެޅުވުން. ދެން މިހާރު މި…ކިހިނެއްތަ މިވަނީ..” ރުއާ އިނީ ވަރަށް ވެސް ކަންބޮޑުވެފައެވެ. “ގައިމު އަހަރެން މީ އެއްވެސް ކަމެއް ކުރިވެސް މީހެއް ނޫން..ދެން ކީއްވެ އަހަރެން.” ހާޝިރް ވެސް އިނީ ހާސްވެފައެވެ. އެކިއެކި ގޮތަށް ވިސްނުމުންވެސް އެމީހަކު އެމީހުންނާ ދިމާކޮށްލައިގެން އުޅެނީ ކީއްވެކަން އެއިން އެކަކަށްވެސް ނުވިސްނުނެވެ. އެންމެ ފަހުން ހަތެއް ޖެހުމުން ރުއާ ދާންޖެހިގެން ދިޔައީއެވެ.
“ލައިތް.. ކެން ވީ ޓޯކް.. ކަމަކު.” ހާޝިރް ބޭނުންވީ ލައިތް އާވާހަކައެއް ހިއްސާކޮށްލާށެވެ. އެއީ ދެން އެއްވެސް މީހަކަށް އެކަކު އަނެކަކާ ބައްދަލުވާނެކަމުގެ މާބޮޑު ޔަގީންކަމެއް ނެތީތިއެވެ.
“ލައިތް. ފަހަރެއްގަ އަހަރެން މިބުނާ ވާހަކައިން ލައިތް ހިންހަމަ ވެސް ނުޖެހިދާނެ. އެކަމް އެންމެ ފުރަތަމަ އަހަރެމެން ބައްދަލު ވީދުވަހު އަހަންނަށް ލާނީ މާވަރަކަށް މުލައިލްއާ ދިމާއަށް ބަލާތީފެނުން. ކުރިންވެސް ބުނިހެން އައި އޮބްޒާވް މީހުންގެ ބިހޭވިއާ.. ދެން ބޭނުންވީ އޭނަ ކުޑަކޮށް ދަސްކޮށްލަން. އެހެންވެ އޯޑިއޯ ޓްރެކާއެއް މުލައިލްގެ ސައިކަލު ތަޅުދަނޑީގަ ހަރުކުރިން. އެއީ އަހަރެން ލާނީ ދެކެ ލައިކް ވާތީ. އެކަމު ނަސީބު ދެރަކަމުން އޭތި ހަރުވީ ލައިތްގެ ކީގަ. އެހެންވީމަ މިހާރު އަހަންނަށް ހުރިހާއެއްޗެއްވެސް އިނގޭ.. ލައިތް.. އައި ނޯ އެބައުޓް ޔުއާ ޕާސްޓް. އެކަމު އެންމެ ދެރަ ވަނީ ލާނީ އަށް ވީގޮތުން. އަހަރެން ވެސް ބޭނުން އެމީހަކު ހޯދަން. އައި ކޭން ހެލްޕް. ޕްލީޒް..އެންޑް ލާނީއަށް ވީހާވެސް އަވަހަކަށް ހަގީގަތް ކިޔާ ދިނުން ރަނގަޅު ވާނެ. ދެން އެމީހުންނަށް އެކަން އިނގޭކަށް މާދުވަހެއްވެސް ނެތް…”
އެ އިވުނު އެއްޗެއް ގަބޫލު ނުކުރެވިފައި ހުރި ލައިތް ހާޝިރްއަށް ބަލާލީ އޭނާގެ ކުޅަދާނަކަމުންނެވެ. “މައްސަލައެއް ނެތް.. ހާޝިރް ވެސް އެހީވެވެން އޮތް ގޮތަކުން ވޭ…އެކަމު ޓީމްމެންބާއަކަށް ނުހެދޭނެ. އޭރުން އަހަރެން ޖަވާބު ދާރީވާންޖެހޭ ސުވާލުތަށް ވަރަށް ގިނަވާނެ.” ހާޝިރް ބޯ ޖަހާލިއެވެ.
ބަންދަށް ފަހު ދެން ފެށުނީ މަސައްކަތްތަކުގެ ދުވަސް ތަކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތަށް ވުރެ އިސްކަމެއް ދީގެން ބަލަމުން އައީ މީހުން މަރާ މީހާގެ އެއްވެސް މައުލޫމާތެއް ލިބޭތޯއެވެ. އެންމެ ބުރަކޮށް އަދި އެންމެ ބާރަށް މަސައްކަތް ކުރިއަށް ގެނދަމުން ދިޔައީ ހާޝިރްއެވެ. އޭނާގެތަނަވަސް ސިކުނޑީގެ އެހީގައި އެކި ތަހުލީލުތަށް ކުރަމުން އެންމެ ފަހުން ޔަގީނާގާތަށް ހާޝިރްއަށް އެއީ ކާކުކަން ދެނެގަނެވުނެވެ. އޭނާ މިހާރު އަލާނިޔާގެ ޑައިރީވެސް ކިޔާފައިވާއިރު ހާޝިރް އަލާނިޔާއަށް އެ ވާހަކަ އަންގަން މެސެޖެއް ފޮނުވާލިއެވެ. އެވަގުތަކީ ބާރު އަޑުފައްގަނޑަކާއެކު ހާޝިރްގެ އެޕާރޓްމަންޓްގެ ދޮރު ބަންލާފައި ޖެހުނުއަޑު އިވުނު ގަޑިއެވެ.
އާދުވަހަކަށް އިރު އަރައިގެން އައި އިރު ރާއްޖޭގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން ވިއެވެ. ޔުސްރާއާއި އަލާނިޔާވެސް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ އަހަން ޖެހުނު ހަބަރަކީ އިތުރު މީހެއް މަރާލައިފާވާކަމަށް ބުނާ ހަބަރެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ބިރުވެރި ކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.





i know v kurukan.. sorryy maadhan ves in sha allah genas dheynan.. good nyt all. let me know who u think died
aslu bunefa othyma beynun vi genas dheyn ingey.. ehen ve kurukoh ves genas dhinyy
hellow.imagination.. nice to meet you agin.. me mifahru first dho. hehehe, v nic ingey.. ehme kiayn beynun v hisaabun thi nimalee. any how v nice ingey mi part. vx…. v kiyaa hithun kiyaa nimely..
v salaam.. sleep well.. god nyt…… may god bless you wth oll hapiness..
n hw is exams.. adhi vx nunimey hdo.. good luck with dat.. do your best like the story you are working on..
with lots of love
” pritty hajja”
aslo dhen bune lan othy kuru viyas v reethi.. n next part thankolher dhigu kohler dhythi ingney…
n i joined here very lately.. adhi story akaa hamer ah nudhevigen mi ulheny… bt iraadhu kureh v yaa varah avahah fene ne meeg story eh..
v salaam
with love
‘ PRITTY’
and… not from male’.. raje thereyger..
you can contact me at
https://web.facebook.com/khadheeja.ibrahim.90
FRIENDS
“pritty”
yea.. first.. hahah. alhey.. idk y but pretty ge hurihaa comment eh ves hama loabi emme fullest.. ? and yeah m giving my best exams ah. also v ufaavehjje pretty ge story eh fennaane vaahaka bunima… good luck.. just follow ur dreamss..
luv ?
imagination
??. Nice . V salhi. Waiting??
hehee.. thankssss ????
Its scary… ?????
haha… thanks ?
V reeethi..nxt prt when?
in sha allah today. thanks luhan ?
Ok now biruveri vaan fashaifi. Next part avas kolladhechey dear. Cant wait…
haha… yess. and thankssss ??
Haashir dhw e maruvee…?
Ruaa aky killer.. 98% yageen ?curiously waiting for the next part..
guess rangalhu thoa balamaa dhw.. hehe miadhu ingeyne kaaku kan maruvi.. thanksss ???
V curious vejje dhn vaan oih gotheh engen..v v salhi mi part vx.. Imagination ge idea haadha salhi ey dear Masha Allah… Keep it up..
ahah.. aawnn. thanks ithoooo ????
Varah nice alhe kaaku emaaraliy.. Next part varah avahah kiyaalan beynun.. N thank u kurukuh viyas genesdhinieema
awwn.. ur welcome and thank u too ???
Haashir kanneynge emruvy..
=Tinkerbell=
Alhe Haashir maraanulahchey… Ekam v heevey eynahen e maraaly… V salhi mibaives… Keep it up Imagination 🙂
Maadhan dhw fahu test othy?? Best of Luck for ur exams 🙂
alheyy…dhen balaani dhw kaaku thoa maruvanii.. maadhan noon aneh dhuvahu last test. tuesdayy ga.. thankss vvvv bodukohh ????
alheyy haadha reehcheyyy:) can’t wait 4 the nxt part IMAGINATION!!!!!!! 🙂 🙂 🙂
aawwnn.. THANKKSSS ?????
i love it ♥.. realyy v v reethii mi storyy .. plx up next part .. keep it up imagination….
alheyy.. thanksss ???
Haarish dhw a maru vy.. v salhi mi story
hingaa dhw vaagoi balaalan.. thanks ???
V Nice
thanks?
Anehka ma Tha t maraalyy
haaris eh noon. meega ulheni haashir eh
ahhaah?
alaniaa aky killer..me ah hyvany alaanyaa ah hurihaa ehcheh engigen eyna rape kurumun salaamay nukurima eyge badhal ehnmenge kibain hifany hen..hasir maruvi ..
oohh… upp kohlaifin alhe kiyaalabaa haashir thoa maruvi balaalan.. thanks ?
hii it’s my first comment for this story….varah reethi mi story whn next part up vaany..imagination haadha molhey ma shaa allah…good luck
hi juu.. nice to meet u ? alheeyy thankss luvv.. upp kohlaifin ingey ?
Nice
shukurihya ?
Wow.. dhn vaany kihineh baa… hehe.. story v v reethi.. ?
hehe.. thanks pinkk??
Amazing and scary…. haarish maru v tha? Alhey ehen nahadhahcheyyy… waiting for the next part…
awwnnn… sacrifice ves hunnaanu dhen k=mikahala stories ga……. shukuru ??
i know who is killed!!
its haashir!!!
by the way you write pretty good for a 15 year old girl !!!
may god bless you
?
awwnn.. thanksss a lott.. yeah. kidsare mostly underestimated. mostly girls. i want to be the difference. thankd hamm???
I think haashir is killed. Story is awesome. Keep up the good work. Good luck.
thanksss vvv bodukon sanko ????