Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 19

ShaiShy Level 410 Stories100 Comments500 Comments
May 28, 2017 8 Mins Read
58 Comments

މަންމާ…!!” މާދުރުން އިވުނީ ބަރު ފިރިހެން އަޑެކެވެ. އެވަގުތު އެދިމާއަށް ދުވެފައި އަންނަމުންދާ ޒިއަދަން ފެނި އިތަން ހާސްވިއިރު ހުސްނާ އެއްފަހަރު ޒިއަދަންގެ މޫނަށް ބަލާލަމުން އަނެއްފަހަރު އީތަންގެ މޫނަށް ބަލާލިއެވެ. ޒިއަދަން ދުމެއްޖަހާފައި އައިގޮތަށް އޭނަގެ މަންމަ ބިމަށް ތިރިވުމުގެ ކުރިން ހިފަހައްޓާލިއެވެ. އީތަން އެދިމާއަށް ބަލަހައްޓައިގެން ހުރީ ޒިއަދަންގެ ހާލަތަށް ހަމްދަރުދީވެހުރެއެވެ. ޒިއަދަން އިސްއުފުލާލަމުން އީތަންއާ ދިމާއަށް ބަލާލިއިރު ދެލޯ ދިއްލިފައިވަނީ ލޭރަތް ކުލައިގައެވެ. ޒިއަދަންގެ ސިފައަށް ބަދަލު އަންނަމުން ދިޔައިރު ހުސްނާ ހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ.

 

“އީތަން…….!” ހުސްނާއާއި އީތަންގެ  ފަހަތުން އިވުނު އަޑަށް ދެމީހުން އެއްކޮށް ބަލާލިއިރު ތެމިފޯވެގެން ހުރި ކައިޝާ ފެނުމުން އީތަން ހައިރާންވިއެވެ. ކައިޝާ ކުއްލިއަކަށް މިތަނަށް އައީ ކިހިނެއްހެއްޔެވެ؟ އީތަންއާ ހުސްނާގެވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ސުވާލެކެވެ. ކައިޝާ ދެލޯބޮޑުކޮށްލަމުން ޒިއަދަންއާ ދިމާއަށް ބަލާލިއެވެ. ފެންނަމުން މިދަނީ ހުވަފެނެއްކަން ނުވަތަ އަސްލެއްކަންވެސް ކައިޝާއަށް ނުވިސްނުނެވެ. އެހެނީ ޒިއަދަން އެއީ ކައިޝާގެ ހުވަފެނުގައި އަބަދުވެސް ފެންނަމުންދާ ބިރުވެރި ސޫރައެވެ. ޒިއަދަން ހަޅޭއްލަވާ ގަންނަމުން އީތަންއާ ދިމާއަށް ދުއްވައިގަތެވެ.  އީތަން ހުޝިޔާރު ކަމާއެކު ކައިޝާއާ ހުސްނާ އޭނަގެ ގަޔާ ކައިރިކޮށްލަމުން ލޯމަރާލިއެވެ. އެވަގުތު އެތަނުން އެތިންމީހުންވެސް ގެއްލިގެން ދިޔައީ ޒިއަދަންގެ ލޯކުރިމަތިންނެވެ. އީތަންމެން ތިބި ހިސާބުން ދުމުގެ އަސަރު ފާޅުވަމުންދިޔައިރު ޒިއަދަންގެ ދެލޮލުން ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އީތަން އެކުރީ މަޢާފު ދެވޭ ވަރުގެ ކުށެއް ނޫނެވެ. ޒިއަދަންގެ ދިގު ބޯވާފައިތަކުން ބިންގަނޑުގައި ތަޅަންފެށިއެވެ. އެވަގުތު ބިންގަނޑުވެސް ރެނދުލާނެހެން ހީވިއެވެ. ޒިއަދަން ފުންނޭވާތަކެއް ދޫކުރަމުން ބިންމަތީގައި އޮތް ޒިމްރީނާ ނަގާ އުނގުތެރެއަށްލިއެވެ.  ޒިއަދަންގެ އެސްފިޔަތައް ފޫދުވާލާފައި ކަރުނައިގެ ރޮނގެއް ފައިބައިގެން ދިޔައެވެ. ލޯބިވާ މަންމަ އެންމެ ފަހު ނޭވާވެސް އެދޫކުރީ ޒިއަދަންގެ އުނގުތެރޭގައި އޮވެއެވެ. ހައްތަހާވެސް އީތަންގެ ކަންތަކެވެ. ޒިއަދަންއަށް މިނޫން ގޮތެއް ނެތީ ހެއްޔެވެ؟ ލޯބިވާ އެންމެން އޭނަ ދޫކޮށްފައި ދަނީއެވެ. އެންމެ ފުރަތަމަ ކާފައެވެ. ދެން މަންމަވެސް އޭނަ އެކަނި ކޮށްލީއެވެ. ޒިއަދަން އޭނަގެ މަންމަގެ މޫނުގައި އަތް އަޅާލަމުން ދެލޯ މަރާލިއެވެ. އެވަގުތު ޒިއަދަންގެ އަތުން އަލިފާންކަނި ބުރަމުން ދިޔައެވެ. އިސާހިތަކު ޒިމްރީނާގެ ހަށިގަނޑު އަޅިޔަށް ވެދިޔައެވެ. ޒިއަދަން ދެލޯ ހުޅުވާލިއިރު އޭނަގެ މަންމަގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. މުޅި ހިސާބުގަނޑުން ކަޅު ދުންގަނޑުތަކެއް ފާޅުވަމުން ދިޔައިރު ފެންނަމީހަކު ބިރުން ފިއްކަނޑައިގެންދާހާވެއެވެ.  ޒިއަދަން އެދުންތަކުތެރެއަށް ވަދެގެން ގެއްލިގެން ދިޔައެވެ.

 

ރޭގަނޑުގެ ހަމަހިމޭން ވަގުތުގެ ހިމޭންކަން ނަގާލާފައިވަނީ ކައިޝާގެ ހަޅޭކުގެ އަޑުންނެވެ.”ނޫން…ތިހެން ނުހަދާ…އީތަން…އީތަން..ޕްލީޒް ލީވް މީ..” ކައިޝާގެ މަގަތުގައި ހުސްނާ އިން އިރު އަމްޖަދު އޭނަގެ އެކުވެރި އަލިބެ ގޮވައިގެން އައިސް ވަންނަނީއެވެ. މިހާ ދަންވަގުތެއްގައި އަލިބެ އެހުރީ އަމްޖަދު ޚިދުމަތުގައެވެ. އެކުވެރި ކަމުގެ ލާމަސީލު މިސާލެކެވެ. އަލިބެއަށް ޝުކުރުކުރުން ހައްޤެވެ. އަލިބެ އައި ގޮތަށް އެންމެ ފުރަތަމަވެސް އެންގީ ހުސްނާއާއި ސަރަފިއްޔާ އެކޮޓަރިން ނިކުތުމަށެވެ. އީތަންއާ ހައްމާދުވެގެން ކައިޝާ ހިފަހައްޓާލެވެނީ ކިރިޔާއެވެ. އަމްޖަދު ހުރީ އަލިބެ ބުނިގޮތަށް ބަޤަރާސޫރަތް ކިޔަވަންށެވެ. އަމްޖަދު އަޑު ހަރުކޮށް ކިޔަވަމުން ދިޔައިރު ކައިޝާ ތެޅި ފޮޅެމުން ދަނީއެވެ. އީތަންގެ ދެލޯ ފެންކަޅިވިއެވެ. މަލެއް ފަދަ ނާޒުކު މިއަންހެން ކުއްޖާ އުފުލަމުން އެދާ ތަކުލީފުން އީތަންގެ ހިތަށް ހަންޖަރެއް ކޮށްޕާލިފަދައެވެ. އެތަށް އިރެއްގެ ކިޔެވެލިން ކައިޝާ ހަމައަކަށް އެޅުނު އިރު ފަތިސްވާން ގާތްވެއްޖެއެވެ. އަލިބެ އެގެއިން ނިކުމެގެން ދިޔައީ ރައްކާތެރިކަމުގެ އެންމެ ވަރުގަދަ ފިޔަވަޅު އެޅުމަށްފަހުއެވެ. ” އެއްވެސް މީހަކު އިރުއޮއްސުމަށްފަހު ގެއިން ބޭރަށް ނުނިކުންނާތި…މި ކުއްޖާ މިވަނީ ބާރުގަދަ ޖިންނިއެއްގެ ހައްޔަރުގައި.. މިކުއްޖާގެ ހަށިގަނޑުތެރޭގައި އެވަނީ އެހެންފަރާތެއްގެ ބާރު…މިވަގުތު އެހެންކަމެއް ކުރެވެން ނެތީމަ އަހަރެން މިދަނީ..މާދަމާ ހުރިހާ ތައްރީއެއް ވެގެން އަންނާނަން..ނަމަނަމަ މިކުއްޖާ އެކަނި ކޮށްނުލާތި..” އަލިބެގެ ވާހަކައިގައި ވަނީ އިންޒާރެކެވެ. ހައްމާދުގެ ދެލޮލުން ބިރުވެރިކަން ފެންނަމުން ދިޔައެވެ. އަމްޖަދު ހަމަޖެހިފާއި އިންގޮތުން ހީވަނީ  މިކަމަކީ އޭނަ އަލަށް ކުރިމަތިލިކަމެއް ނޫންހެނެވެ. އަލިބެ އެގެއިން ނިކުތުމުން އީތަން އެރީ ޓެރަސް މައްޗަށެވެ. އިތަން ހާސްވެ ކަންބޮޑުވަނީ އިރު އެރުމުގެ ކުރިން އޭނަ ޖަލަށް ނުގޮސްފިނަމަ ދެންވާނެ ގޮތެއް ނޭގުމުންނެވެ. އެމީހުން އޭނާ ހޯދާނެއެވެ. އެހެންކަމުން އަވަސް އަވަހާ ދެލޮ މަރާ ތަގުޅިކޮށްލިއެވެ. އިއްތިފާޤަކުން ހައްމާދުއަށްވެސް އެތަނަށް އާދެވުނީ އެވަގުތުއެވެ. އޭރު އީތަންގެ ވަށައިގެން ރީނދޫކުލައެއް ވެރިވެފައިވާގޮތުން ހީވަނީ ފަޔަރފްލައިސްތަކެއް އުދުހެމުންދާހެންނެވެ. “އީތަން!..” ހައްމާދު ދެލޯބޮޑުކޮށްލަމުން އީތަންއަށް ގޮވާލިއެވެ. ނަމަވެސް އެއަޑު އީތަންއަށް އިވުނުހެނެއް ހީނުވެއެވެ. ހައްމާދު ބަލަހައްޓާއިގެން ހުއްޓާ އީތަން އެ އަލިތަކުތެރެއަށް ގެއްލެމުންދިޔައިރު އެއަލިވެސް ދިޔައީ ފަނޑުވަމުންނެވެ. ހައްމާދުގެ ކުށްހީތަށް ޔަޤީނަށް ބަދަލުވެގެން ދިޔައީ އެވަގުތުއެވެ. އީތަންއަކީ ތަފާތު މީހެއްކަން ކުރިން ހީވެފައި އޮތަސް ހައްމާދުއަށް ޔަޤީނެއް ނުކުރެވުނެވެ. ނަމަވެސް މިކަހަލަ މަންޒަރެއް ފެނުމުން ޤަބޫލު ނުކުރެވޭނީ ކާކަށް ހެއްޔެވެ؟ ހައްމާދު މަޑު ހިނގުމެއްގައި ގޮސް އެތާ ހުރި އުނދޯލީގައި އިށީނދެލީ ހަމަޖެހުމެއް ލިބޭތޯއެވެ. މިރޭ ކުއްލިއަކަށް އީތަން އެގެއަށް އައި ގޮތެއް އެއްވެސް މިހަކަށް ނޭނގެއެވެ. އަދި އައި އިރު ހުސްނާގެ އިތުރުން ކައިޝާވެސް ހުރުމުން އެހެން މިހުންގެ ހިތުގައި ސުވާލު އުފެދުނަސް ވަގުތުގެ ނާޒުކުކަމުން އެސުވާލު އީތަންއަށް ކުރިމަތި ނުކުރުވީއެވެ. އިއްތިފާޤަކުން ކައިޝާ މިވީވެސް ސަރަފިއްޔާގެ ބޮޑުބޭގެ ދަރިޔަކަށެވެ. ތަޤްދީރުގެ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން މީސްތަކުން މިތިބެނީ ކޮންމެވެސް ގުޅުމަކުން ގުޅިފައެވެ. ހައްމާދު އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ތަރިތަކުގެ އަލި ފަނޑުވަމުން ދުނިޔެ މައްޗަށް އަލިކަން ފެތުރެން އުޅޭ ކަމުގެ އަލާމާތްތަށް ފެންނަށް ހުއްޓެވެ. އެވަގުތު އިވުނު ބަންޤީގެ މޫރިތި އަޑުން ހައްމާދުގެ ސިކުނޑިއަށް ލުއިވެގެން ދިޔައެވެ. ހައްމާދު އަވަސްވެލީ ނަމާދުކުރަން ދިޔުމަށެވެ.

 

އީތަން ދެލޯ ހުޅުވާލިއެވެ. އޭރު އޭނައަށް ހުރެވުނީ އަދިރި ގޯޅިއެއްގެ ކުރިމަތީގައެވެ. އީތަން ދެފަރާތް ހޯދާ ބަލާލުމަށްފަހު ކުރިމަތިން ފެންނަން ހުރި އުސް އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައެވެ. ވަށައިގެން ކެމެރާ ހަރުކޮށްފައިވާއިރުވެސް އެއިން އެންމެ ކެމެރާއަކަށްވެސް އީތަންއެއް ނުފެންނާނެއެވެ. އޭނާ އެވަނީ އެހެން މީހުންގެ ލޯތަކަށް ކަޝްފު ވެގެންނެވެ. އީތަން އުދުހިލާފައި ކަހަލަ ގޮތަކަށް އެއިމާރާތުގެ އެންމެ އުހުގައި ހުރި ބެލްކަންޏަށް އެރިއެވެ. އޭރު އެމޫނުމަތިން އެއްވެސް ކަހަލަ ހާސްކަމެއް ނުފެނެއެވެ. އީތަން ހުއްޓިހުރި ބެލްކަނީގެ ބިއްލޫރި ދޮރުގެ ތެރެއިން ފުރޭނިގެން އެތެރެއަށް ވަނެވެ. ދިގު ހޯލެއްފަދަ އެތަނުގައި ހުރި ބޮކިތަށް އެވަގުތު ނިވިގެން ދިޔައީ އީތަންގެ ލޮލުން ކޮށްލި އެންމެ އީޝާރާތަކުންނެވެ. ވައިރޯޅިއެއްގެ ހަލުވިމިނުގައި އީތަން އެހޯލުގެ އެންމެ ކޮޅުގައި ހުރި ކޮޓަރިއަށް ވަނުމާއެކު މުޅިތަން އަނެއްކާވެސް ދިއްލުނެވެ. ކޮޓަރިތެރެއަށް ވަތް އީތަންއަށް ހުއްޓުން އެރީ އެކޮޓަރީގެ މެދުގައި ހުރި ދަގަނޑު އެނދުގައި އިށީނދެލައިގެން އިން މިޒްކާ ފެނިފައެވެ. “މިތާ ކީއްކުރަނީ؟..އަނެއްކާވެސް އަހަރެން މޮޔަކޮށްލަންދޯ؟..މިޒީ ކީއްވެތަ އަހަންނަށް އޮޅުވާލީ..؟” ނުރުހުންވެފައި އީތަން ބުނެލިއެވެ. އެއަޑުން އެކަނި ވެސް އޭނާ ރުޅިއައިސް ހުރި ވަރު މިޒްކާއަށް އަންދާޒާ ކޮށްލެވުނެވެ. ހަޤީގަތުގައި އީތަން އަދި ރުޅި މަޑެވެ. މިޒްކާއަށް އެފަދަ ކަމެއް ދިމާވިނަމަ މިހާރު އަތުން ފައިން ގޯހެއް ހެދޭނެއެވެ. އީތަން މޫނު އަނބުރާލީ މިޒްކާގެ ސޫރަވެސް ދެކެން ބޭނުން ނުވާތީވެއެވެ. އެހެނީ އޭނަގެ ހޭވެރިކަން ރަނގަޅަށް ނެތް ދުވަސްވަރު އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މިޒްކާ އުޅުމުންނެވެ. ނަމަވެސް އީތަންއަށްވެސް މިޒްކާގެ މަޖުބޫރީއެއް އަންދާޒާ ކޮށްނުލެއެވުނެވެ. މިޒްކާ އެހެން ކަންތައް އެކުރީ ކީއްވެކަން އީތަންއަށް އިނގޭނަމަ އެވިސްނުން ބަދަލުވީހެވެ. މިޒްކާ ދެލޯ ފޮހެލަމުން ކޮޅަށް ތެދުވިއެވެ. “އަހަރެންގެ ނިޔަތް ގޯސްވެގެން ކުރިކަމެއް ނޫން އެއީ..މަޖުބޫރުވީމަ އީތަން އާ މެދު އެގޮތަށް ކަންތަށް ކުރެވުނި..ނަމަވެސް މިއަދު އަހަރެން އީތަންގެ ކިބައިން މަޢާފަށް އެދެން…އަހަރެންގެ ފަރާތުން ނޭނގިނަމަވެސް އަނިޔާއެއް ދެވިފައި ވާނަމަ އެކަމަށް އަހަރެން ހިތުގެ އަޑިން މިއެދެނީ މަޢާފުކުރަން..” މިޒްކާގެ ދިގު އެސްފިޔަތަށް ދަށުން ކަރުނައިގެ ރޮނގެއް ފައިބައިގެން އައެވެ. ” މަޖުބޫރުވީއޭ؟…ހުއް….ކާކު ޤަބޫލުކުރާނެކަމަށް ތިހެން ތިބުނީ؟..އަހަންނަށް ރަނގަޅަށް އެނގޭ މިޒްކާތީ ކާކުކަން..ދެން ތިކަހަލަ މީހަކަށް މަޖުބޫރު ކުރާނެ މީހެއް ހުންނާހެން ހިޔެއް ނުވޭ..” އީތަން ފޫހިވިއެވެ. މިޒްކާ އޭނައަށް އޮޅުވާލުމަށްފަހު މިހާރު ދޮގުވެސް ހަދަނީއެވެ. މިޒްކާ ކަހަލަ ޖިންނިއަކަށް އޮންނާނީ ކޮންކަހަލަ މަޖުބޫރީއެއްކަން އީތަންއަށް ނުވިސްނުނެވެ. އެހެން ނޫނަސް މަޖުބޫރުވެގެންވެސް އީތަންގެ އިހުސާސްތަކާ ކުޅުމުގެ ހައްޤެއް ނޯންނާނެއެވެ. މިޒްކާ ރޮމުން ކިޔައިދިނީ އިބްޒާ އޭނަގެ ދަރިފުޅާ ފިރިމީހާ ހައްޔަރު ކޮށްގެން ހިންގި ކަންތަކުގެ ވާހަކައެވެ. މިޒްކާއަށް ދިން އިންޒާރުތަކެވެ. އޭނާ މަޖުބޫރުވެފައިވާ މިންވަރެވެ. ހަޤީގަތުގައި މިޒްކާ ކިތައްމެ ބޭނުންނުވިޔަސް އީތަންއަށް އަނިޔާ ދެވުނީ އަމިއްލަ ދަރިފުޅުގެ ހައްޤުގައެވެ. އިބްޒާ އެދަރިއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއެވެ. މިޒްކާގެ ލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. “ޚަބަރުދާރު!!…އަހަރެންގެ މާމައޭ ކިޔާފަ ތިކަހަލަ ވިޔާ ނުދާ ވާހަކަތަކެއް ދެއްކުމުގެ ހުއްދައެއް ނޯންނާނެ..މިޒްކާގެ ހުރި ވިޔާނުދާކަން އަހަރެން ދެކެފިން.. ދެން އިތުރަށް އެއްވެސް ކަމެއް އޮޅުން ފިލުވައިދޭން އުޅޭނެ ކަމެއްނެތް..އަހަރެން މިހާރު ހިތާމަ ކުރަން ތީ އެއް އިރެއްގައިވެސް އަހަރެންގެ ރަހުމަތްތެރިއަކަށް ވީތީވެ…މިއަދަށްފަހު އަހަރެންގެ ހިތުން ތިނަން ފޮހެލާނަން..ހަމަ މިހާރު މިތަނުންދޭ…އަހަރެންގެ ނަފުސު ކޮންޓްރޯލުން ނެއްޓިދާނެ..” އީތަން ހަޅޭއްލަވާގަތެވެ. އިބްޒާއޭ ކިޔައިގެން އެދެއްކި ވާހަކަތައް އީތަންއަށް ޤަބޫލެއް ނުކުރެވުނެވެ. މިއަދާ ޖެހެންދެންވެސް އިބްޒާގެ ފަރާތުން އީތަންއަށް ލިބެމުން އައީ ދެގޮތެއް ނުވާ ލޯތްބެވެ. އޯގާތެރިކަމެވެ. ވީއިރު މިޒްކާ އެފަދަ ދަށުދަރަޖައިގެ ވާހަކައެއް ދެއްކުމުން އީތަން ޤަބޫލު ކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ އީތަންގެ އަމަލުތަށް ހުރިގޮތުން މިޒްކާގެ ހިތުގައި ރިއްސާލިއެވެ. އިތަން އޭނަގެ ވާހަކަތައް އަޑު އަހާނެނަމައެވެ. އޭނަގެ މަޖުބޫރީ ވިސްނޭނެނަމައެވެ. ނަމަވެސް މިވަގުތު އީތަންއާ ވާހަކަދެއްކުން އެއީ ބޭކާރުކަމެއްގެ ގޮތުގައި މިޒްކާއަށް ވިސްނުނެވެ. އެހެން ކަމުން އިތުރަށް އެންމެ ސިކުންތެއްވެސް މަޑުނުކޮށް މިޒްކާ އީތަންގެ ލޯކުރިމަތިން ގެއްލުނެވެ. އީތަން ފުންނޭވައެއް ދޫކޮށްލިއެވެ. މިރޭ ކަންތައް ދިމާވިގޮތުން އިތަން ބޯހާސް ކުރުވަމުން ދިޔައެވެ. ޒުއްނޫރުގެ އިޝާރާތެއް ނުލިބުނު ނަމަ މިއަދު އޭނައަށް ހުސްނާ ސަލާމަތް ނުކުރެވުނީހެވެ. ޒިމްރީނާގެ އަތްދަށުގައި ހުސްނާ ވީކަން އިތަންއަށް އެނގުނީ ޒުއްނޫރުގެ ޚާދިމުން އެޚަބަރު އޭނައަށް ގެނެސް ދިނުމުންނެވެ. އީތަންއަށް އެންމެ މިނެޓެއް ލަސްކޮށްލެވުނު ނަމަ އޭނަގެ މަންމަ ސަލާމަތް ކުރުމުގެ ފުރުސަތެއް ނުލިބުނީހެވެ. އީތަން ދެލޯ މަރާލަމުން އެނދުގައި އޮށޯވެލިއެވެ. އެވަގުތުވެސް ކައިޝާގެ ސޫރަ އީތަންއަށް ޖެއްސުން ކޮށްލިއެވެ. އީތަން މެއާވީ ފަޅިން އަތް އަޅާލިއެވެ. އެހިތް ވިންދު އެޖަހަނީ ހަމަ އެކަނި ކައިޝާއަށްޓަކައިކަން އީތަންއަށް އެނގެއެވެ. ނަމަވެސް ކައިޝާ އޭނައަށް ދެވަނަ ފުރުސަތެއް ދޭނެހެއްޔެވެ؟ ޒިއަދަން އޭނައަށް ކުރި ކަމެއްވެސް އެނގެނީއެއް ނޫނެވެ. އީތަންއަށް ފާހަގަވީ އެންމެ ހައިރާން ކުރުވަނި ކަމަކީ ކައިޝާގެ ލޮލުން އޭނައަށްޓަކައި ފެނުނު ހިތްހަމަ ނުޖެހުމެވެ. އެބެލުމުގައި ހުރި ނަފުރަތުގެ ދިލަ ހޫނުކަން އީތަންއަށް އެވަގުތުކޮޅުވެސް އިހުސާސްކުރެވުނެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް ނުވިސްނުނެވެ. ކައިޝާ އޭނަދެކެ އެހާ ރުޅިއެއް އެއަންނަނީ ކީއްވެހެއްޔެވެ؟ އީތަން ފުންކޮށް ވިސްނާލުމުން އެހިތަށް އައި ހަމައެކަނި ނަމަކީ ޒިއަދަންއެވެ. އެކަންތަކަކީ ޒިއަދަން ނޫން ދެވަނަ އެހެން މީހަކު ކުރާނެކަހަލަ ކަންތަކެއް ނޫނެވެ. އީތަން އަނެއްކާވެސް ދެލޯ މަރާލިއެވެ. ނިދޭތޯ އުޅެއުޅެ އެކަމެއް ނުވިއެވެ. އެހެން ކަމުން އީތަން އެއޮތް ގޮތަށް އޮތީ ދެލޯމަރާލައިގެންނެވެ.

 

**

 

“މަންމާ! މަންމާ! ” ރޮމުން ގިސްލަމުން ކައިޝާ ހަޅޭއްލަވަމުން ދިޔައެވެ. ހެނދުނު ހޭލެވުމާއެކު އެންމެ ފުރަތަމަވެސް އޭނައާ ބައްދަލު މިކުރީ ބީރައްޓެއްސެކެވެ. އޮއެވުނީ އޭނަގެ ގޭގައި ނޫންކަންވެސް އެނގުނި ދެނެވެ. ކައިޝާ ފުންމައިގެން ތެދުވެ ގަދަ ހަދަމުން ދިޔައީ އެއަންހެންމީހާގެ ކިބައިން ސަލާމަތް ވުމަށެވެ. “ލަތާ! ހާދަ އަޑު ގަދަކޮށްލައިގެން ތިއުޅެނީ އަނެއްކާ ކިހިނެއްވީތަ؟” ކައިޝާ އޮތް ކޮޓާރިއަށް ވަދެގެން އައި ސަރަފިއްޔާ ސުވާލުކޮށްލިއެވެ. ސިޓިންރޫމުގައި އިންދާ އެކޮޓަރިން އަޑުގަދަވުމުން ހުސްނާވެސް އެވަގުތު އެތަނަށް ވަނެވެ. ކައިޝާއަށް އެދެމީހުން ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އީތަން އޭނަ ވަގަށް ނަގައިގެން ގެނައީ ހެއްޔެވެ؟ ” ބޮޑުއްތާ…ޕް..ޕްލީޒް އަހަރެން ސަލާމަތް ކުރޭ…އީތަން އަހަރެން މަރާލާނެ…ހުސްނާއްތަވެސް އަހަރެން އީތަންއާ ހަވާލުކުރަން އެއުޅެނީ..” އެނދުން ފުންމާލައިގެން ގޮސް ސަރަފިއްޔާގެ ގައިގާ އޮޅުލަމުން ކައިޝާ ރޯންފެށިއެވެ. ކައިޝާގެ އެބޮޑު ދެލޮލުން ފާޅުވަމުންދާ ބިރާއި ސިހުމުން ހުސްނާވެސް ހަމްދަރުދީވިއެވެ. ކައިޝާއަށް ހަޤީގަތް އިނގޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ހުސްނާއަށް ވިސްނުނު އެއްކަމަކީ ކައިޝާއަށް އެހެން ހެދީ އީތަން އެއް ނޫން ކަމެވެ. އީތަންގެ ސިފައިގައިވާ އެނުދަންނަ މީހާއެވެ. އެމީހެއްގެ ހަޤީގަތް ހޯދަށް ހުސްނާ ކިތައްމެ ބޭނުމަސް އެސުވާލު ކުރަން ބޭނުންވާ މިހާއެއް ނެތެވެ. އީތަންވެސް އަންގާލުމެއްނެތި ދިޔަތަނެއް އެނގެނީއެއްނޫނެވެ. އަދި ރޭގައި ހިނގާދިޔަ ހާދިސާއިން ހުސްނާގެ ސިހުން އެއްކޮށް ފިލާދާ ގޮތެއް ނުވެއެވެ. އޭނައަށް ކުރިމަތިވެފައި މިވަނީ ކޮންފަދަ ބިރުވެރި ކަމަކާ ކަމެއްވެސް ނޭނގެއެވެ. ހުސްނާ އެކޮޓަރިން ނިކުމެގެން ދިޔައީ ކައިޝާއަށް އިތުރު ތަކުލީފެއް ނުދޭންވެގެންނެވެ. އެކުއްޖާ ފަކީރު މިހާރުވެސް އެހުރީ ބިރުންގޮސް ހަލާކު ވާވަރު ވެފައެވެ.

 

މަޖުދާއަށް މާލެ އާދެވުނީ އެދުވަހު މެންދުރުގެ ވަގުތެއްގައެވެ. އޭރުވެސް ދެލޯ ހޯދަމުން ދިޔައީ އޭނަގެ ލޯބިވާ ދަރިފުޅެވެ. ކައިޝާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާތޯ ހާދަ ދުޢާއެއް ކުރެވިއްޖެއެވެ. ﷲގެ އިރާދަފުޅުން އޭނަގެ ދަރިފުޅު ސަލާމަތުން ހުރީތީވެ މަޖުދާ ޙަމްދު ކުރިއެވެ. ކައިޝާއަށް އޭނަގެ މަންމަ ފެނުމުން ރޮއެގަނެވުނެވެ. ވާނުވާއެއް ނޭނގިފައި ހުއްޓާ ހިތަށް ފިނިކަން ލިބުނީ އެމަންމަގެ އޯގާތެރި ފިރުމުންތަކުންނެވެ. ކައިޝާގެ ދެލޮލުން ކަރުނައެއް ނުހިކެއެވެ. މަޖުދާގެ އެތަށް އާދޭހާއެކު ކާއެތިކޮޅެއް އަރުތެރެން ދިޔަ ނަމަވެސް އަދިވެސް އެލޮލުން ބިރުވެރިކަން ފިލާ ނުދެއެވެ. ހުސްނާ ފެންނައިރަށް ކައިޝާއަށް ރޮވެއެވެ. އީތަންމަތިން ހަނދާންވުމުންނެވެ. ޒިއަދަން އެހިންގި އަމަލުގެ ސަބަބުން މިއަދު ކައިޝާގެ ނަޒަރުގައި ކުށްވެރި ވެފައި ވަނީ އީތަންއެވެ. “ދަރިފުޅު ދެން އަރާމު ކޮށްލާ…މަންމަ ނުދާނަން ދަރިފުޅު ދޫކޮށްފައެއް..” މަޖުދާ ބުނެލީ އޯގާތެރިކަމާއެކުއެވެ. ބަސް އަހާ ކުޑަކުއްޖެއް ފަދައިން ކައިޝާ އޭނަގެ މަންމަގެ ބަސްއަހައިގެން އޮތެވެ. އިސާހިތަކު ކައިޝާއަށް ނިދިއްޖެއެވެ. މަޖުދާ އިރުކޮޅަކު އެތާ އިނުމަށްފަހު ސިޓިންރޫމަށް ނިކުމެލިއެވެ. ސޯފާގައި އިން ހުސްނާ ފެނުމުން މަޖުދާއަށް  ކުރިން ދެއްކުނު ވާހަކަތައް ހިތަށް އެރިއެވެ. ހަމަ އެއާއެކު އޭނަގެ ލޮލުން ކަރުނަ ނިރާލިއެވެ. ހަޤީގަތުގައިވެސް އީތަންގެ އެއްވެސް ކުށެއް ނެތްކަން މަޖުދާއަށް ވިސްނިއްޖެއެވެ. ” ހުސްނާ އަހަންނަށް މަޢާފް ކުރޭ…އޭރުގައި ދެއްކުނު ވާހަކަތުން މިއަދު އަހަރެން ލަދުގަނެ ހިތާމަ ކުރަން..އެއްވެސް ކުށެއްނެތި އީތަންއަށް ބޭއިންސާފުން އަނިޔާ ލިބެމުން އެދަނީ އަހަރެންގެ ސަބަބުން..” މަޖުދާ ގޮސް ހުސްނާގެ ދެއަތުގައި ހިފާލިއެވެ. އޭނައަކީ އެކުވެރި ކަމަށްވެސް ހުރި ހުތުރު ނަމެކޭ މަޖުދާގެ ހިތަށް އެރިއެވެ. ހުސްނާ އާއި އީތަންއާ ދިމާއަށް ކިޔުނު އެއްޗެހި ހިތަށް އެރުމުން މިއަދު މަޖުދާ ދެރަވެއެވެ. ” ނޫންމަޖޫ ތިހެން ނުބުނޭ..އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް…އަހަރެންގެ ދުޢާއަކީ މިމުސީބާތުން އަހަރެމެން ސަލާމަތްވުން..” ހުސްނާގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. ޒިއަދަންގެ ސޫރަ ސިފަވުމުންވެސް ދެން އަންނަށް އޮތް ކޮޅިގަނޑުގެ ބާރުގަދަކަން ހުސްނާއަށް އަންދާޒާ ކޮށްލެވުނެވެ. ” އެކަމަކު މަޖޫއަށް ކިހިނެއް ކުއްލިއަކަށް އީތަންގެ ކުށެއް ނެތް ކަން އެނގުނި..؟” ހުސްނާ ހައިރާންވިއެވެ.  މަޖުދާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީގޮތް އެނގެން ހުސްނާ ބޭނުން ވިއެވެ. ” އެއީ ރޭގައި އަހަރެން ދެކުނިން އީތަންއާ ވަރަށް ވައްތަރު ކުއްޖެއް އައްޑޫއިން.. އެކަމަކު އޭނަގެ އަމަލުތައް ހުރިގޮތުން އަހަންނަށް ވިސްނުނު އެއީ އީތަން އެއް ނޫންކަން..އަނެއްކާ އަހަރެންގެ ބޭބެވެސް ބުނި އީތަން އެމީހުންގެ ހައްޔަރުގައި ހުރި ވާހަކަ..ދެން  އޭނައަށް ފާރަލަމުންގޮސް އަތިރިމައްޗަށް ނިކުމެވުމުން ހުރިހާކަމެއް އަހަންނަށް ސާފު ވެއްޖެ..އީތަން އަހަރެން ދަރިފުޅަށް އަނިޔާއެއް ނުދޭ..ރޭގައިވެސް އީތަން ނެތްނަމަ ދެރަގޮތެއްވާނެކަން ހަމަ ޔަޤީން..އަހަންނަށް ނޭނގެ މިވަނީ ކީއްކަމެއް..އެކަމަކުވެސް އެނގޭހާވެސް އެއްޗަކީ މިއީ ރަނގަޅުކަމެއް ނޫނޭ..އަހަރެން ބޭނުން މިކަމުން ސަލާމަތްވާން..ކައިޝާއަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދޭން..އަހުނަފު ގޮތަށް ކައިޝާވެސް އަހަރެން ދޫކޮށްފައި ހިނގައިދާނެ ކަމުގެ ބިރަށް މިހާރު ލޮލުފިޔަ ޖާހާނުލެވޭ..” މަޖުދާގެ އަޑުގައިވީ ހިތާމަވެރި އަސަރުން ހުސްނާގެ އިތުރުން ސަރަފިއްޔާއަށްވެސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ތިން މީހުން އެތައް މަޝްވަޜާތަކެއް ކުރިއެވެ. އެކަމުން ސަލާމަތް ވެވޭނެ މަގެއް ފެނޭތޯ އެކި ދިމަދިމާއަށް ވިސްނަމުން ދިޔައެވެ. އަލިބެގެ ކުޅަދާނަކަށް ސަރަފިއްޔާ ޝައްކެއް ނުކުރެއެވެ. މިވީހާތަނަށް އަލިބެ ކުރަން ހިތުލި ކަމެއް ކާމިޔާބު ނުވެނުދެއެވެ.

 

**

 

އާދައިގެ މަތިން ހަވީރުގެ ވަގުތުގައި ރައުލް އޭނަގެ ރަހުމަތްތެރިންނާއެކު ފުޓްބޯޅަ ކުޅެ ނިންމާލުމަށްފަހު ކޮފީއަކަށް އެރިއެވެ. އެތައް އިރަކު ވާހަކައިގައި ތިބުމަށްފަހު ރައުލް މިސްރާބުޖެހީ ގެއާ ދިމާއަށެވެ. ސައިކަލު ދުއްވުނު އެންމެ ބާރަކަށް ދުއްވަމުން ދިޔައިރު މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މަގުތަކަށް އަނދިރިކަން ވެރިވެފައިވާއިރު މަޣްރިބް ނަމާދުގެ ބަންގި ގޮވާ އަޑު ދުރުން އިވެމުންދިޔައެވެ. ކުއްލިއަކަށް މަގުމަތި އެއްކޮށް އަނދިރިވެލީ އިންޒާރެއް ދޭފަދައިންނެވެ. ރައުލް ތުން ތަޅުވަމުން ސައިކަލު މަޑުކޮށްލިއެވެ.  މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަގަސްތަށް ހެލެމުން ދިޔަގޮތުން ރައުލްއަށް ކަމެއް އިޙުސާސްކޮށްލެވުނެވެ. ރައުލް ހުރި ދިމާމަތިން މޫނެއްގެ ބައްޓަމަށް އޮތް ބޯވިލާގަނޑުގެ ދެލޯ ދިއްލިގެންދިޔައެވެ. އަނގަފުޅާކޮށްލާފައި އެވިލާގަނޑު ފުންމައިލީ ރައުލްއާ ދިމާއަށެވެ. އައި ނައިތަނެއް ނޭގި ކުއްލިއަކަށް ރައުލްގެ ކުރިމައްޗަށް ހުއްޓުނީ ޒިއަދަންއެވެ. މޫނުމަތީގެ ކުލަވަރުން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ. ” ކަލެއާ ކަލޭގެ ބައްޕަ ކީކޭ ހިތަށް އަރައިގެން ތިއުޅެނ؟ީ..އަހަންނަށް ޖެއްސުން ކުރުމަކީ ކަލޭގެ މަރަށް ދަޢުވަތުދިނުން..އަދިު މާ މޮޅު ބަޔަކަށްވެގެން ކޔެވެލި އެބަ ކިޔަވައެއްނު..” ޒިއަދަންގެ ބަރު އަޑު ފަޒާތެރޭގައި ގުގުމާލިއެވެ. އެވަގުތު ވައިވެސް ބާރުވިއެވެ. ގަސްތަކުގެ ފަތްތައް ހޫރެމުން އެކި ދިމަދިމާއަށްދެއެވެ. ޒިއަދަން އޭނަގެ ތޫނު ނިޔަފަތި ތަކުން ރައުލްގެ ކަރަށް ވާންކުރަމުން ދިޔައެވެ. “ކަލޭގެ ކޮއްކޮ އީޝަލްއަށް ޖެއްސި ހާލު ފެނުނުތަ؟ އެއީވެސް ހަމަ އަހަރެން ކުރިކަމެކޭ..ކަލޭމެންގެ ފޮނިބޮޑުކަމުުން އެއްވެސް ކުށެއްނެތް އަންހެންކުއްޖަކު މިއަދު މަރާ ހަނގުރާމަކުރަމުން އެދަނީ..އެއީ ހަމަ ކަލޭގެ ބައްޕަގެ ސުންޕާކަމުގެ އަދަބު..އޭނަ މާމޮޅު މީހަކަށްވެގެން އަހަރެންގެ ޚާދިމުން އަންދަމުން އެދަނީ ކީކޭ ހިތަށް  އަރައިގެންތަ؟ ” އަނެއްކާވެސް ޒިއަަދަންގެ އަޑުބާރުވިއެވެ. އެވަގުތު އެމަގުގެ އެއްފަރާތުގައި ހަރުކޮށްފައިވާ ޓްރެފިކް ބައްތިތައްވެސް ފުނޑުފުނޑުގެން ތިރިއަށް ފޭބިއެވެ. ރައުލްގެ ކަރަށް ވާންވެފައިވާއިރު އެލޮލުން ބިރުގެ ކަންފުޅެއްވެސް ނުފެނެއެވެ. ދުނިޔެމަތި އިހުނަށްވުރެ އަނދިރި ކުރަމުން ދިޔައިރު ޒިއަދަންގެ ސިފަވެސް މިހާރުވަނީ ބަދަލުވެފައެވެ. އޭނަގެ ދިގުފައިތަށް ބިންމަތީގައި ކޭތެމުން ދިޔައިރު ވަށައިގެން އެކި ދިމަދިމާއިން ކަކުނިތަކެއް އަންނަމުން ދިޔައެވެ. އެކަކުނިތައް ބަރި ބަރިޔަށް އެތުރިގެން ތިބީ ހަނގުރާމައިގެ މައިދާނެއްގައި ތިބި ފަދައަކުންނެވެ. ޒިއަދަން އޭނަގެ ކަނާއަތްތިލަ ރައުލްގެ ބަނޑާ ދިމާއިން ކޮށްޕާލުމާއެކު ދުނި ޖަހާފައި ތޭތިކިތަށް ބުރައިގެން ދިޔައެވެ. އެވަގުތު ރައުލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ފުރާނައެއް ނެތް ރަައުލްގެ ހަށިގަނޑު ބިންމައްޗަށް ވައްޓާލުމަށްފަހު ޒިއަދަން އޭނަގެ އަތް ނެގީ ރައުލްގެ ގޮހޮރުވެސް ބޭރަށް  ދަމައިގަންނަމުންނެވެ. އެއަށްފަހު ޒިއަދަން އެތަނުން ގެއްލިގެން ދިޔައީ އެކަކުނިތަކަށް އަމުރެއް ކުރަމުންނެވެ. ޒިއަދަންގެ ފިޔަވަޅުތަށް އޮބުމާއެކު އެއްކަލަ ކަކުނިތައް ގޮސް ރައުލްގެ ގައިމައްޗަށް ޖެހިގަތެވެ. އެގޮތް މޮގޮތަށް ރައުލްގެ ހަށިގަނޑު ވީދަމުން އެކަކުނިތައް ދިޔައީ އެމިހުންގެ ސާހިބުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުންެވެ. މުޅި ހިސާބުގައި ލޭގެ ކޯރުތައް ދެމިފައިވާއިރު ރައުލް އޮތް ސިފަ ފެނުނު މީހަކު އަނބުރައިގަންނާނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (އަށްވަނަބައި)

Next

ޔަނާލް…!! (3)

Next
May 28, 2017

ޔަނާލް…!! (3)

Previews
May 28, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (އަށްވަނަބައި)

58 Comments!

  1. kayashandy says:
    May 28, 2017 at 10:11 pm

    inthizaarugai thibi kudhinge kibain maafah edhdemun comment kohfa thibi hurihaakudhinnah shukuru kuramun 19 vana prt up kohlevuneema alhamadhulillahi! v ufaavejje dhuvaskolhakahfahu aneikkaaves dhimaaveema..mifursathugai enmehaa kakuni fans ah barakaaitheri ramzan mahuge heyo edhun ariskuran..ramzan kareem to all de muslims around world..:)

    btw leave a comment abt wat u think of it..thanks all..hav a blast nyt..ly:)

  2. Lily says:
    May 28, 2017 at 10:14 pm

    First dhww
    Ramazan kareem ?
    Varah reethi ingey mi vaahaka?

    1. kayashandy says:
      May 28, 2017 at 10:18 pm

      thank u so much lily…m glad dat u liked it..:)

  3. Riffu says:
    May 28, 2017 at 10:23 pm

    V dhigu inthizaareh kuran jehun. Ekam mi part is worth waiting for. Next part avahah up kohdheyne kamah hope kuran. Ramadan Kareem ❤

    1. kayashandy says:
      May 29, 2017 at 12:00 am

      awwwnnnn riffu…thank u so much dear..ufaavejje inthizaaru kureema..n m glad dat u liked it..keep waiting:)

  4. Hhhhh says:
    May 28, 2017 at 10:26 pm

    So long waiting for this part
    Its so so beautiful but scary!!
    ????
    N i am the first yeah

    1. Hhhhh says:
      May 28, 2017 at 10:28 pm

      In my dreams
      Heehee

    2. Hhhhh says:
      May 28, 2017 at 10:30 pm

      I am the third

    3. kayashandy says:
      May 29, 2017 at 12:01 am

      hehehe..thank u dear…ehaa scary ei nuvaane..:) mi dn try kuranee scary kureveythw..keep waiting:)

  5. Noor says:
    May 28, 2017 at 10:38 pm

    Varah varah reethi..keep it up dear..❤❤

    1. kayashandy says:
      May 29, 2017 at 12:02 am

      thank u soooooooo much noor..:)

  6. Anonymous says:
    May 28, 2017 at 10:43 pm

    vaahaka v reethi.. plx up soon

    1. kayashandy says:
      May 29, 2017 at 12:03 am

      thank u dear…i ll try…keep waiting:)

  7. shafu says:
    May 28, 2017 at 11:06 pm

    vvvv reethi …. waiting for next part…….

    1. kayashandy says:
      May 29, 2017 at 12:03 am

      thank u soo much shafu..keep waiting:)

  8. Saandy says:
    May 28, 2017 at 11:25 pm

    V reethi mibaives… Alhe Raulves maraaly e… E Ziyadhan maraalabala dhen avahah… V rulhi aadhey eyna ulhey gothun… Keep it up Kaya 🙂
    Ramadan Kareem 🙂

    1. kayashandy says:
      May 29, 2017 at 12:04 am

      wwwnnn saandy…m v happy dat u liked it..ziyadhan ah gothei hedheythw miulheny…first i hav to free ethan einnu dhw..hehhe..thanku dear..:)

  9. Zail says:
    May 28, 2017 at 11:28 pm

    Awsm vrh reethi sifa kurunthah vrh salhi hama as always…
    Knirakun next part up khladheynee?
    Ramazan Mubarak kaya☺

    1. Zail says:
      May 28, 2017 at 11:30 pm

      Raul eyh eeshal ge kaakutha? Zail ah raul ey kaaku kameh neygunu..

    2. kayashandy says:
      May 29, 2017 at 12:06 am

      cuxin brother..:)

    3. nonns says:
      May 28, 2017 at 11:45 pm

      Brother

    4. kayashandy says:
      May 29, 2017 at 12:05 am

      awwnn zail dhimaa vejje dhw..happy to c ur comments:) insha allah soon i ll up..keep waiting..thank u soooooo much dear:)

  10. nonns says:
    May 28, 2017 at 11:43 pm

    Wow varah reethi mi part. Ekam haadha lasvee stry. Fahu thankolhu kiyaafa meyboduvefa hureeves
    Keep it up kaya

    1. kayashandy says:
      May 29, 2017 at 12:07 am

      arrn dhw las vejje varah..bxxy dhuavskolheiveema i cudnt spare much time for this..so ehenve..btw thank u wait kureema..n m happy dat u liked it..:)

  11. Shy says:
    May 28, 2017 at 11:44 pm

    Vvvvvvv nice story… Keep it up… Just hoping tht Kaisha ah realize vaane namaey tht Eethan is innocent… Vee emme avahah up kodhecchey… Waiting 4 the next part ☺❤

    1. kayashandy says:
      May 29, 2017 at 12:08 am

      mibalanee kai ah thikanthah realize kohdheveythw…btw thank u so much dear..insha allah i ll up ASAP..keep waiting:)

  12. silver mist says:
    May 28, 2017 at 11:54 pm

    Finally… Dhigu inthixaarakah fahu…? story v v v reethi?.. When nxt part?? Can’t wait?.. Avahah up kohdhehchey pls pls??

    1. kayashandy says:
      May 29, 2017 at 12:10 am

      awwwnnn silver mist..thank u dear..v happy dat u liked it..insha allah i ll try to up soon..keep waiting:)

  13. Jinn says:
    May 29, 2017 at 12:05 am

    Varah reethi. Thanx Kaya.

    1. kayashandy says:
      May 29, 2017 at 12:11 am

      jinn ge last comment kiyaafa i cudnt stop smiling:) thank u soo much for always supporting:)

  14. Aish says:
    May 29, 2017 at 12:35 am

    Vvvvvvvv reethi

    1. kayashandy says:
      May 29, 2017 at 4:26 am

      thank u aish:)

  15. remoo says:
    May 29, 2017 at 2:37 am

    v dhigu inthixarakah fahu kiyaalevijje…v reeethi…..next part avahah up kollachey …..

    1. kayashandy says:
      May 29, 2017 at 4:27 am

      thank u so much remoo..insha allah i ll try:)

  16. who am i? says:
    May 29, 2017 at 3:54 am

    wow! wow! thnkx kaya, vvvv reeethee..❣ keep it up! )

    1. kayashandy says:
      May 29, 2017 at 4:27 am

      thank u so much dear…:)

  17. Kudaa says:
    May 29, 2017 at 10:40 am

    Thanks for this part. I love it.varah inthizaaru kurevey next part ah….love ur writing skills.

    1. kayashandy says:
      May 29, 2017 at 6:31 pm

      thank u so much kudaa:) keep waiting:)

  18. Anth says:
    May 29, 2017 at 11:53 am

    Furathama bain feshigen libeyne gotheh pls

    1. Book Lover says:
      May 29, 2017 at 2:40 pm

      Author ge name ah fithaaleema libeyne

    2. Book Lover says:
      May 29, 2017 at 2:45 pm

      Mmmm Kayashandy!!!!!
      Haadha dhuvahe kohlaafa thi up kohdhinee! Anekka maa busy vee dhoo!!
      Mihaaru Raul maraalytha? Alhey!! Mi Ziadhan ves haadha nulafa eyy dhoo… eyna ge nubaikamun meehaka ves kameh nukurevigen e ulheny.. by the way vaahaka vvvvvv reethi. ingey??

    3. kayashandy says:
      May 29, 2017 at 6:36 pm

      thank u dear..:) ziadhan ah rangalhu filAvaLhei dheynan..hhehe:) keep waiting:)

    4. kayashandy says:
      May 29, 2017 at 6:32 pm

      u cn click my name so u ll b able to read all de parts until now..thankz:)

  19. Niya says:
    May 29, 2017 at 12:37 pm

    Varah salhi ingey. Ma vara like vey mikahala biruveri vaaahakathaka. Good work

    1. kayashandy says:
      May 29, 2017 at 6:32 pm

      ehentha…thank u niya…m glad dat u likedd it:)

  20. Aan says:
    May 29, 2017 at 1:02 pm

    vv reethi. next part avahah up kohdeyne kamah heekuran.

    1. kayashandy says:
      May 29, 2017 at 6:33 pm

      insha allah Aan:) keep waiting:)

  21. Jjeyツ says:
    May 29, 2017 at 7:01 pm

    Ramazaan kareem kaya?. V nice mi part ves… v interesting. Keep up the good work?. Waiting…………….?

    1. kayashandy says:
      May 30, 2017 at 7:11 pm

      oooh dear jj…ufaavejje dhimaaveema..thanku so much:)

  22. Heyo edhey faraathe says:
    May 29, 2017 at 9:18 pm

    Ramadan Mubarak
    Kayashandy I don’t how but you have to send me the next part
    Don’t say you can’t send you have to send
    Because I can’t wait
    Your story is awesome
    I am addicted to this story

    1. kayashandy says:
      May 30, 2017 at 7:13 pm

      hhehe…dats so sweet of u dear…insha allah mirey 9 jahaairu thikolhah 20th vana part post kohlaanan..hehhe keep waiting ingey:)

  23. Aisha says:
    May 29, 2017 at 9:21 pm

    Niiiiiiiiccccceeeeeeeee

    1. kayashandy says:
      May 30, 2017 at 7:14 pm

      thank u Aisha:)

  24. Ethan says:
    May 30, 2017 at 5:02 pm

    mi part ves hama varah habeys….dhn ebaoiy request eh…ingey miee varah stupid request eh kan ves… Kaya plx mi story ninmaa nulahchey… Ethan varah foohi vaane’ story ehkoh nimunee ma…eyrun heevaanii life ge konmeves part eh missing hen… aslu egothah heevaan jehunii ves Kaya ge kulhadhaana kamun…YOU ARE AMAZING!!!

    1. kayashandy says:
      May 30, 2017 at 7:10 pm

      awwnn…ehenthrr dear..vvv happy vejje ethan ah kamudhaa kahala vaahakei genesdheveythyve…n more dan dat i m so lucky to hav u as a reader asluves v hiyhama jehey…dn thi request dhw…ehehhe..ninmaa nulaa kihinei ulheyenee…insha allah u ll get another story as i finish this one…n hope kuran ethan abadhuves kaya aa eku vaane kamah..ly dear n bundle of thanks with lots of hearts..ehheh:)

    2. Ethan says:
      May 30, 2017 at 9:53 pm

      aan dhen ninmaa nulaa kihineh ulheynee dhw…nd always i ll b with u…sooo ehen veema dhn story eh ga ves “Ethan” use kohlachchey..hehehehe…nights ingey… love u..WAITING FOR THE NEXT PART

  25. princess says:
    May 30, 2017 at 10:15 pm

    V reeti aneh part avahah genes dehchey

  26. Maree says:
    May 30, 2017 at 10:18 pm

    vvv reethi

Comments are closed.

Next Episodeކަކުނި 20←


All Right Reserved!