Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ހަތްވަނަ ބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 27, 2017 4 Mins Read
38 Comments

ލިބުނު ސިހުމުގައި މުލައިލްއަށްވެސް ފަހަތަށް ޖެހިލެވުނެވެ. ޔުސްރާއަށް އެއީ އަލާނިޔާ ކުޑައިރުކަން ނަގައިގަނެވުނު އިރު އެންމެންވެސް ތިބީ ހާސްކަމާ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުލައިލް ވެސް މެއެވެ.

ބޮކި ދިއްލުނީ މުލައިލްމެންގެ ޓީމުގެ ބަޔަކު ކުރި ނުހަނު ބުރަ މަސައްކތުންނެވެ. އޭރު އެތާ އިތުރު މީހެއް ނެތަސް ކުރިންއެ ނުބައި މީހާގެ އަތުގައި އޮތް ބުދުގައި ވަނީ ވަޅީ އަޅާ އެމުޅިއެތި ހަލާކުކޮށްލާފައެވެ. އެ އެންމެންތައް އެތަނުން ނިކުތީ މާޔޫސްވެ ހުރެއެވެ.

“މިއަދުވެސް އެހެރީ އެކުޑަ ކުއްޖާގޮތަށް. އަހަރެން ބުނީ ހަމަ ރަނގަޅަށް. އޭނަގެ އެ ހުންނަނީ ޑީ.އައި.ޑީ” ސިނާއެހެން ބުނެލުމުން ޔުސްރާ ސިނާއަށް ބަލައިލިއެވެ. “ޑޮކް.. މިހެން މިބުނީ އަހަރެމެންނަށް އޭނަގެ ސައިކޯ ސައިޑާވެސް ދިމާވެފަ ވާތީ…އެކަމު ދެން ތިބި މީހުންނަށް ޑޮކް ކިޔާލަދޭން ވީނު އެ ބަލީގެ އިތުރު ތަފްޞލް. އަހަރެން މީޓިން އެއް ހަމަޖައްސަފާނަން.” ސިނާ ދިން ހިޔާލުން ޔުސްރާ ވެސް ބޭނުންވީ އެންމެނަށް ރަނގަޅަށް ހުރިހާކަމެއް އަންގާށެވެ.

“އައްސަލާމު އަލައިކުން. އަސްލު މި ބައްދަލުވުން މި ބޭއްވީ ވަރަށް މުހިއްމު އެއްޗެއްކިޔާލަ ދޭންވެގެން. ސޯ މިހާރު ހަގީގަތުގަ އެއީ ކޮންމެ މީހަކަސް އެ މީހުން މަރަމުން ދާ މީހަކީ އަންހެނެއް ކަން އިނގިއްޖެ. ދެން އޮތީ ޑީ.އައި.ޑީ ގެ ވާހަކަ. އެއީ އާއްމުކޮށް ލިބޭ ޝޮކެއްގެ ސަބަބުން ވަރަށް މަދު އިންސާނަކަށް ދިމާވާކަމެއް. އެކަހަލަ މީހުންގެ އުޅުމާ މިޒާޖު އެކިވަގުތުގަ ހުންނާނީ އެކި މީހުންގެ ގޮތުގަ. އެގޮތުން މިހާރު އެއުޅޭ ‘މިސްއެކްސް’ ބަދަލު ވާތަން މިހާތަނަށް ފެނިފައިވަނީ ދެމީހުންނަށް. އެއީ މީހުންމަރާ މީހާ އަދި މިއަދު އަހަރެމެންނާ ދިމާވި ކުޑަކުއްޖާ. އެހެން ވާނަމަ ހަގީގަތު އޭނަ އަހަރެމެންގެ ތެރޭގަ އުޅޭނީ ހަމަ އާދައިގެ މީހެއްގެ ގޮތުގަ. އެކަހަލަ މީހުން ހޯދަން ވަރަށް އުނދަގޫ ވާނެ. އެކަމަކު އަހަރެމެންނަށް އިންނާނެ ޕްލަސްޕޮއިންޓެއް. އެކަހަލަ މީހުން ރުޅިއައިމަ ތުރުތުރު އަޅާނެ. އަދި ވާހަކަ ދައްކާ ރާގު، އަޑު އަދި ގޮތްވެސް ބަދަލުވާނެ.”

ޔުސްރާ އެކަހަލަ މީހުންނާ ބެހޭ މައުލޫމާތުތަށް އެންމެނަށް ދީ ނިމުން އިރު ގިނަބައެއްގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. އެފަދަ ނުރައްކާތެރި ކުށްވެރިއަކާ ކުރިމަތިލާފައިނުވާ އިރު އެންމެންގެ ހިތުގައިވެސް ވަނީ ހައިޖާނެއް ހިނގާފައެވެ. މުލައިލްގެ ހިތުގައިވެސް މެއެވެ.

*******

“ލާނީ.. އަސްލު ވަރަށް ބޮޑަށް ތޭންކްސް އައިސްދިނީތީ.. ކޮންހެދުމެއް ރީތީ؟ ބްލެކް.. އޯ ބްލޫ” ރުއާ ވާހަކަ ދައްކަމުން ދިޔައީ އަލާނިޔާ އާއެވެ.” ހެހެ.. ރުއާ ބުނީމަ ނައިސް ނުހުންނާނު.. ދެން މިހާރު ނުލާހިކު ކްލޯޒް އެއްނު.. އެން ޔާ.. އެންމެ އަވަހަށްވެސް ދެން އަޑުއެހުމެއް ބޭއްވޭ ނީ ޖަޖް އައިމަ. ތޭންކް ގޯޑް ހީޓުކް އަ ލީވް. ރުއާ. ކުނޑިކޮޅެއް.” އަލާނިޔާ ރުއާގެ ކަރާ ދިމާއަށް އިށާރާތް ކޮށްލަމުން އެހެންބުނެލުމުން ހީލާފައި އެއީ ކަޅު ތިލައެއްކަމަށް ރުއާ ބުނެލުމުން އަލާނިޔާ ވެސް ހޭންފެށީ އޭނާގެ މޮޔަކަމުންނެވެ.

ދެ އެކުވެރިން މިރޭ ބާއްވާ ހާއްސަ ޝޯއަކަށް ދިޔުމަށް ނިންމާފައިވާއިރު އެއީ ރުހާ ކުޅެމުންދާ ފިލްމް ‘އެދެމޭ ކަލާޔާ ގާތުގާ ވުމަށް’  އެ ފިލްމުގެ ލަވައެއް ރިލީޒް ކުރަމަށް ބާއްވާ ކުޑަ ހަފްލާއެކެވެ. އެކުގައި ޔުސްރާވެސް ގެންދިޔުމަށް އެމީހުންވަނީ ނިންމާފައެވެ. އެކުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްފަހު ދެ އެކުވެރިން ވަކިވީ އެ ހަފްލާއަށް ދިޔުމަށް ތައްޔާރުވުމަށެވެ.

އަލާނިޔާ ގެޔަށް ދިޔައިރު ސޯފާގައި ވާހަކަފޮތެއް ހިފައިގެން އޮތް ޔުސްރާފެނުމުން ވަރަށް ލޯބިން ގޮވާލިއެވެ. “ޔުސް މިއަދު މެންދުރު ދިޔަގޮތަށް ހަބަރެއްވެސް ނުވޭ… އެޓްލީސްޓް ގުޅާލާފަ ބުނެލި ނަމަވެސް ދޯ..” ޔުސްރާ އަލާނިޔާ ކިބައިން މައާފަށް އެދުނީ އަލާނިޔާ އެއްޗެކޭ ހިތަށް އަރާފާނެތީއެވެ. ކިތަންމެ ދޮގު ހަދާހިތް ނުވިޔަސް މިފަހަރުވެސް ދާދި ފަސޭހަކަމާއެކު އަލާނިޔާއަށް އޮޅުވާލިއެވެ. “އަޅޭ… ސޮރީ ލާނީ..މިއުޅެނީ ޑީ އައި ޑި ހުންނަ ބަލީމީހަކާ ދިމާވެގެން. އޭނަ ބަދަލުވާއިރު ބަދަލުވަނީ ވަރަށް އަނިޔާވެރި މީހަކަށް. އެހެންވެ. އެކަމާ އުޅުނީ. ލާނީއަށްވެސް އިނގޭނު އެއީ ކިހާ ޑޭންޖަރަސް ބައެއްކަން.”

އަލާނިޔާވެސް ބޯޖަހާލީ ޔުސްރާ ދެއްކި ވާހަކަތަށް ގަބޫލު ކުރުމުގެ ގޮތުންނެވެ. “އޭ. ޔުސް މިރޭ އޮތް އިވެންޓްއަކަށް ދާން ދައުވަތު ލިބިފަ އެބައޮތް. ރުއާ ދިން ދައުވަތެއް. އެއީވެސް ލާނީގެ ވަރަށް ކްލޯޒް ފްރެންޑެއް މިހާރު.. ހިނގާބަ ރީތިވާން ދާން.. އައި ބޯޓް އަ ނިއު ޑްރެސް ދެމީހުންނަށް..”

އަލާނިޔާ އެކަމަށް އެދުމުން ޔުސްރާވެސް އެކަމާ ގަބޫލުވީ އެ ރުއާ އަކީ ކާކުކަން ދެނެގަތުމަށެވެ. އެއްވެސް ބީރައްޓެއްސަކަށް ޔުސްރާ މިހާރު އިތބާރު ނުކުރާއިރު އެ ރުއާއާއި ގުޅިގެން ނޫނީ އިތުރަށް ކުރިޔަށް ދެވެން ނެތްކަމަށް ޔުސްރާ ގަބޫލުކުރިއެވެ.

އަލާނިޔާ ގަނެފައިވަނީ ކަޅުކުލައިގެ ދެހެދުމެވެ. އަލާނިޔާއަށް ކްރޮޕްޓޮޕަކާއެކު ޕެންސިލް ސްކާޓެއް ލާފައިވާއިރު ބައްޓަން ރީތި އެހަށިގަނޑާ ނުހަނު ގުޅެއެވެ. ކަރާ އަތުގައި ބޭނުން ކޮށްފައިވާ ހުދު ގަހަނާއިން އަލާނިޔާގެ ރީތިކަން އެތަށްގުއަކަށް ހާމަވާން ހުރިއިރު ޔުސްރާ ލައިފައިވަނީ އެއްކޮސް ދިގު ނަމަވެސް އަރިމަތިން ފަޅާލައިފައިވާ ހެދުމެކެވެ. އެހެދުމުގައި ހުރި ވިދާ ހުދު އެސްތަކުގެ ސަބަބުން ޝާހީ ވައްތަރެއް ޖަހައެވެ. ދެމީހުންވެސް ރީތިވެގެން ހިނގާލައިފައި ދިޔައިރު އެތައްބައެއްގެ ލޯ އެމީހުންނަށް އަމާޒުވަމުން ދިޔައެވެ.

ލައިތް ތައްޔާރުވަމުން ދިޔައީ އޭނާވެސް އަންޑާކަވާ އެއްގެ ގޮތުގައި މަސައްކަތް ކުރާދާއިރާ ފިލްމީ ދާއިރާގައި އޭނާ އެންމެ ފަހުން މަސައްކަތް ކުރި ފިލްމުގެ ލަވަ ރިލީޒް ހަފްލާއަށް ދިޔުމަށެވެ. ކަޅުކުލައިގެ އަދިގު ގަމީހަކާ ކަޅުސްކިނީ އެއްލުމަށްފަހު ހުދުކުލައިގެ ކުރު ބޯޓައީ އެއް އަޅައިފައި ހުރުމުން ލައިތް ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. އިސްތަށިގަނޑުވެސް ކޮޅަށް ނަގާ ހިއްލައިލާފައިވާއިރު ހީވަނީ ބޭރުގެ މޮޑެލް އެއްހެނެވެ. ރީތިވެލައިގެން ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ މާލަމަށް ދެވުނު އިރު އެތަށް އަންހެން ކުއްޖެއްގެ ހިތް ދިޔައީ ލައިތްއަށް ދެމުންނެވެ.

ހުރިހާ ސަމާލު ކަމެއް ވަށައިގެން ވީ މާހައުލަށް ދޫކޮށްލައިގެން ހުރި ލައިތްގެ ލޮލުގައި އަލާނިޔާ އަޅައިގަތެވެ. އަދި އޭނާޔާއެކު ހުރި ޔުސްރާއަދި ރުއާވެސްމެއެވެ. ލައިތް ބުމ ހިއްލާލުމަށްފަހު އެދިމާއަށް މިސްރާބުޖެހިއެވެ. “އަޅޭ.. ހާދަ ރީއްޗޭ މިރޭ..ތޭންކްސް ފޯ ކަމިންގް ލާނީ..އެން މީ ޔުސް ތަ؟” ރުއާ ވާހަކަ ދެއްކީ އަލާނިޔާއާއެވެ. ރުއާ އެހެން ބުނުމާއެކު އަލާނިޔާ އަވސްވެގަތީ ދެމީހުން ދެމީހުންނަށް ތައާރަފް ކޮށްދޭށެވެ. “ޔުސް މީ މިހާރު ލާނީ ވާކް ކުރާ ކޭސްގެ އަސްލު ކުށެއްނެތް ކުއްޖާ..ހެހެ ރުއާ. އެންޑް ރުއާ..މީ ޔުސް. ލާނީގެ ބެޓާރ ހާފް. އަބަދުވެސް އެންމެ ކާރީގަ ވުމަށް އެދޭ ފަރާތް.” ރުއާވެސް ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއިރު ސިހުމެއްގެ ތެރޭގައި ހުރި ޔުސްރާގެ ނަޒަރު ހުއްޓިފައިވަނީ ރުއާގެ ކަރުމަށްޗަށެވެ. ކަރުމަތި ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުރި ހެދުމުން މުޅި ކަނދުރާ ފެންނަން ހުރި އިރު ސަލާމް ކުރަމުން ޔުސްރާއަށް ތުންތަޅުވާލެވުނެވެ.”ރުހާ…!!!!!!”

“ނޫން.. ރުއާ..ހެހެ” ރުއާ ހިނިތުން ވެލަމުން އޭނާގެ ނަން ރަނގަޅު ކޮށްދިނުމުން ޔުސްރާވެސް ބޯ ހަލުވާލުމަށްފަހު މައާފަށް އެދުނެވެ. “ހޭ ލޭޑީސް.. ލާނީ، ޔުސް.. މިތާގަ؟” ތިން މީހުންވެސް އެނބުރުނީ ލައިތްގެ އަޑަށެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި ލައިތްގެ މޫނުމަތީގައި ވަނީ ފުޅަހިނިތުން ވުމެކެވެ. ވަކިވަކިން ކޮންމެ މީހަކަށް ބަލާލުމަށް ފަހު ޔުސްރާއަށް ނިތް އެއްލަމުން ހަތަރުމީހުން ފެށި ބޮޑުވާހަކައެވެ. ހަތަރު މީހުންވެސް ފިނި ބުއިމެއްހިފައިގެން ތިބެ އެކި އެކި ވާހަކަ ދައްކަމުން ދިޔައިރު ޔުސްރާގެ ހަމަހިމޭން ކަމުން އަލާނިޔާގެ ހިތުގައި ސުވާލު އުފެދުން ނަމަވެސް އަޅާނުލޅ ރުއާގެ އިތުރުން ލައިތް ހުރީމައެވެ. ނަމަވެސް ފަހުން ޔުސްރާވެސް ހަމައަކަށް އެޅި އެމީހުންގެ ސަކަރާތުގައި ފުރިހަމައަށް ބައިވެރިވިއެވެ.

އެރޭގެ ހަފްލާ ނިމުން އިރު ރުއާގެ ނެށުމެއްވެސް ފެނިގެން ދިޔައެވެ. އަދި އެ ހަތަރު މީހުން ވަކިވީ ޖެހިގެން އޮތީ ބަންދު ދުވަހެއް ކަމުން އެންމެން އެއްކޮށް ކާލަން ދިއުމަށް ރާވާލަމުންނެވެ. މުލައިލް އާ ހާޝިރް ވެސް ބައިވެރި ކޮށްގެނެވެ. އެރޭ ނިދަން އިތްއިރުވެސް ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ އުފާވެރިކަމެވެ. ކުރިއަށް އޮތް ހިތާމަޔާ ބިރުވެރި ކަމުގެ ހިލަމެއް ނުވާކަހަލައެވެ.

ޖެހިގެން އައިދުވަހުގެ ހަވީރު ހަމީހުން އެއްކޮށް ބައްދަލު ކުރީ ޕިއްޒާ ބޯނާ އިންނެވެ. އެންމެން އެންމެނަށް ތައާރަފް ކޮށްދިނުމަށްފަހު އަލާނިޔާ ހަމަޖެހިލީ އޯޑަރު ދިނުމަށެވެ. ހަމީހުން އެއްކޮށް ކާނެ އެއްޗަކަށް އޯޑަރު ދިނުމަށްފަހު ދެން ފެށީ އެކި އެކި ވާހަކަ ހިއްސާ ކުރާށެވެ. އެންމެން ވެސް ހީވަނީ މާކުރީގެ އެކުވެރިންހެނެވެ. އެކަމާ އެންމެ ހިންހަމަ ޖެހުނީ އަލާނިޔާއެވެ. އެކިއެކި ވާހަކަގައި ތިއްބާ އަލާނިޔާއަށް ފޯނެއް އައުމުން އެންމެން ވެސް ހިމޭން ވިއެވެ. ފޯނު ކޯލު ނިންމާލުމަށްފަހު އަލާނިޔާ ވަކިވަކިން އެންމެނަށް ބަލާލިއެވެ.

“ސޮރީ ލާނީ ދާންޖެހިއްޖެ…އެގެޔަށް ވަނުމުގެ ހުއްދަ އެ ލިބުނީ.. އަސްލު ރުއާއަށްވެސް އެގޭގަ ހުރުމުގަ ހުއްދަ ނޯންނާތީ މިހާރު ހުންނަނީ ހޮޓެލް އެއްގަ.ދެން ލާނީ މިފުރުސަތު ހޯދީ ވަރަށް މަސައްކަތުން. ސޮރީ..” އަލާނިޔާ ނުހަނު ދެރަވެފައި ވާޙަކަދެއްކުމުން އެންމެން ވެސް އަލާނިޔާ ދިނުމުގެ ހުއްދަ ދިނެވެ. “ލަނީ.. ވެއިޓް.. ލާދޭން ދާނަން” ލައިތްވެސް ތެދުވެލަމުން އަލާނިޔާގެ ފަހަތުން ހިނގައިގަތެވެ. އޭރު ޔުސްރާގެ އަދި މުލައިލްގެ މޫނުންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. މުލައިލްވެސް ހިގީގަތުގައި އަލާނިޔާ އެ ކަންތައްގަނޑުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެހެން ދުލުން ބުނުމަށް އޭނާގެ މަޑުމައިތިރި އަލާލުން ކުޑަ މިޒާޖު ތަންނުދެނީއެވެ.

ލައިތް އަލާނިޔާ އެގޭގެ ދޮރު މައްޗަށް ލުމަށްފަހު ބަލައިގެން އުޅުމަށްފަހު މުލައިލްމެންގެ ކާރިޔަށް ދިޔައެވެ. އަލާނިޔާ ނެތަސް ކޮންމެ މީހަކުވެސް މަސައްކަތް ކުރީ ވީހާވެސް ހަމަޖެހޭ ގޮތް ދެއްކޭތޯއެވެ. “މުލައިލް ތީ ޕޮލިސް އޮފިސާ އެއް ދޯ..” ވާހަކައިގެ ތެރެއިން ރުއާ އަހާލިއެވެ. މުލައިލް ބޯޖަހާލަމުން އެއީ ޓްރެފިކް ޕޮލިހެއް ކަމަށް ބުންޏެވެ. ލައިތްވެސް ހިންހަމަ ޖެހުނީ މުލައިލް އޭނާއަށް ކިޔާދީފައިވާ ގޮތަށް ކަންތައް ކުރުމުންނެވެ. “ހާޝިރް ކީތްކުރަނީ؟” ޔުސްރާ އަކީ ސައިކޭޓްރިސްޓެއްކަމާ ލައިތްއަކީ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހެއްކަން އިނގޭތީ ހާޝިރްއާ ރުއާ ސުވާލު ކުރިއެވެ.

“މިދިޔަ އަހަރު މެލޭގަ އުޅުނީ..އަމް.. ސައިކޯޕާތް ބިހޭވިއާ އެގްޒަމިނާއަކަށް. މިހާރު ނުކުރަން ކަމެއް. މާލޭގަ އެކަހލަ މީހުން އުޅޭކަމެއް ނޭންގެ..ހެހެހެ” އެވަގުތު އެތާތިބި އެންމެންގެ މޫނުންވެސް ފެނުނީ ތަފާތު ކުލަވަރެކެވެ.

ނުނިމޭ…

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އަންވާރު (ސީސަން 01) ދިހަވަނަ ޕާޓް

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (39)

Next
May 27, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (39)

Previews
May 27, 2017

އަންވާރު (ސީސަން 01) ދިހަވަނަ ޕާޓް

38 Comments!

  1. imagination says:
    May 27, 2017 at 11:39 am

    tuesday ga last test ingeyy.. eyrun insha allah hama normal koh genas dheynan.. and mirey adhi one more partgenas dheynan.. tc and ramazan mubaarak <3

    1. zzzzaaaaauuuu says:
      May 27, 2017 at 11:46 am

      best of luck 4 ur exam ngey….. n vvsalhi roadha mubaarak………..?

    2. imagination says:
      May 27, 2017 at 12:03 pm

      awnn.. thanksss

  2. Lim says:
    May 27, 2017 at 11:52 am

    Ramazan mubarik..
    Vvv nice story
    Imagination Kn rasheh thr?

    1. imagination says:
      May 27, 2017 at 12:04 pm

      thank you…hehe ei secret eh.. ekm i live in male’ heehee

  3. @l says:
    May 27, 2017 at 12:36 pm

    Kon atoll eh man bunevidhaanenun

    1. @l says:
      May 27, 2017 at 12:38 pm

      Sorry *kan* bunevidhaanenun

    2. imagination says:
      May 27, 2017 at 5:31 pm

      tha. okey dhw…

  4. @l says:
    May 27, 2017 at 12:37 pm

    V….reethi mi part ves

    1. imagination says:
      May 27, 2017 at 5:32 pm

      thanksss ?

  5. Aisha says:
    May 27, 2017 at 2:10 pm

    Ramadan Mubarak.? mi part ves varah reethi next part varah kiyaahithun mihuriee… Waiting

    1. imagination says:
      May 27, 2017 at 5:33 pm

      eheh.. awwnn. in sha allah tonight ?

  6. pritty hajja says:
    May 27, 2017 at 2:16 pm

    ehmerfahun goss up vehje dho. hehe v kiyaa hithun gose hamekeh madu verfer… imagination.. v nice ingey mi part vers… <3 <3
    goodluck for your exam… v visnun theri kamaa eku test hadher chey….. iraadhu kureh v yaa ranglhu vaane..
    one more vahaker very happy to knw you are from same grade as me… hehehehe…..
    v salaam.. n take care…
    miss u a lot

    with lots of love
    'pritty hajja'

    1. imagination says:
      May 27, 2017 at 5:43 pm

      alheyy… school maley ga tha ulheni? anyways.. this comment is one of the most loabi comment i have seen ingey….. ?????

  7. Chum handi says:
    May 27, 2017 at 2:17 pm

    vrh reethi…. u ge a’level exam tha????

    1. imagination says:
      May 27, 2017 at 5:49 pm

      noonn……term exam…imagination ulheni ten ga

  8. song joong ki..korean says:
    May 27, 2017 at 3:39 pm

    vvvvvvvvv nice. tonight dhw nxt part. hope it would be nice. keep it up. 🙂

    1. imagination says:
      May 27, 2017 at 6:12 pm

      labba.. tonight.. thank youu ???

  9. Shii says:
    May 27, 2017 at 3:50 pm

    Hai v salhi vahaka ey..Ramadan Mubarak

    1. imagination says:
      May 27, 2017 at 6:13 pm

      ehhe.. thanks ?

  10. Jjeyツ says:
    May 27, 2017 at 4:10 pm

    Nice…. v interesting… inthizaaru koh koh huttaa thi up kolliii. Waiing for tnyt’s part . Ramdaan kareem imagination… ?. Keep it up. And good luck for ur exam?

    1. imagination says:
      May 27, 2017 at 6:14 pm

      alhey…. thankkkkssssss ????

  11. hhhh says:
    May 27, 2017 at 6:08 pm

    wow this part is so so so so so so so beautiful
    🙂 😉 keep it up dear
    waiting for the next part

    1. imagination says:
      May 27, 2017 at 6:21 pm

      thank you ?

  12. Noor says:
    May 27, 2017 at 7:09 pm

    Vaahaka hama varah salhi…gdluck for ur exam dear…n Ramaxaan Kareem..

    1. imagination says:
      May 28, 2017 at 1:18 am

      thank u ?

  13. Star says:
    May 27, 2017 at 7:10 pm

    Fab epi.. So u re a boy ryt?? Good luck for future exams.. You are very talented keep it up

    1. imagination says:
      May 28, 2017 at 1:16 am

      nooooonn…..mee girrll eh.. hahaha omg

    2. imagination says:
      May 28, 2017 at 1:21 am

      thanks tho ?

  14. Zzzxzzx says:
    May 27, 2017 at 7:36 pm

    God r u a boy…….. I think I’m in love with you……..????????

    1. Jjeyツ says:
      May 27, 2017 at 8:09 pm

      Noon. She’s a girl dude?

    2. imagination says:
      May 28, 2017 at 1:19 am

      ahahhaa.. alheyyy…mee girll ekeyy hahahah but u can still friend luv me if u r a girl ? 😛

    3. imagination says:
      May 28, 2017 at 1:19 am

      thankss ingeyyy.. aahahah ?

  15. Naaaa says:
    May 27, 2017 at 8:18 pm

    Vrh salhi mi part vx.. Gud luck for ur exam.. ☺️☺️

    1. imagination says:
      May 28, 2017 at 1:21 am

      thank youuuu ssoooo much ??

  16. ithoo says:
    May 28, 2017 at 11:04 am

    Ramxan mubaarik dearr..n all tha best ingey exam ah..as usual mi part vx v v v reethi dearr..keep it up??

    1. imagination says:
      May 28, 2017 at 11:50 am

      alheyy thank u ithoo ?

  17. Liaa says:
    May 28, 2017 at 9:09 pm

    Mi story v interesting ☺
    Unique idea eh beynun koffa inkan faahaga kollevey..
    Keep up the good work dear ?

Comments are closed.


All Right Reserved!