Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (13)

Aisha Level 3100 Comments10 Stories100 Login
June 3, 2017 8 Mins Read
51 Comments

ބޯކޮށްވެހެމުން ދިޔަ ވާރޭ ތެރޭ ރޯންއިން އަފްރީންގެ ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ރޮއެގެން އެދޮލުން ކަރުނަ ހުސްވާނެނަމަ މިހާރު އަފްރީންގެ ދެލޮލުން ކަރުނަ ހުސްވީހެވެ. އެހެން އިނދެފައި އަފްރީން ގެއަށް ދާން މިސްރާބު ޖެހީ ދުނިޔެމަތި އަނދިރިވާން ފެށުމުންނެވެ. ހިނގަމުން ދިޔަ އަފްރީންގެ ހެދުން ބިންމަތީ ކޭއްތެމުން ދިޔައިރު މިއަދު އޭނާ ވަނީ ދުނިޔެމަތިން ފޫހިވެފައެވެ. ނޭނގި ހުއްޓާ ބޯމަތިވި ވިލާގަނޑުން ސަލާމަތްވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއަދު އޭނާ ދަތުރުކުރަމުން އެދަނީ އެވެސް މަންޒިލެއް ނެތް މުސާފިރެއްގެ ގޮތުގައެވެ. ގެއަށް ވަތްއިރު ނަސީބަކުން އެއްވެސް މީހަކު ފެނޭކަށް ނެތެވެ. އަފްރީން ހަލުވި ފިޔަވަޅުތަކެއްގައި މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަދި ދޮރުބުޑުގައި އިށީނނެވެ. އަނެއްކާވެސް އަފްރީންއަށް ރޮވެން ފެއްޓުނީ ހިތައް ކުރި ފުން އިހްސާސްއެއްގެ ސަބަބުންނެވެ. ކަކޫ ގެނެސް މެއާއި ކަރިކޮށްލަމުން ކަކުލުގައި ދެއަތްވަށާލައި އެތައް އިރަކު އެހެން އިނުމަށްފަހު އަފްރީން ތެދުވެ ފާހާނައަށް ވަދެ ފެންވަރާލިއެވެ. އަދި ވަގުތު ފާއިތުނުވަނީސް އަފްރީން މަޤްރިބް ނަމާދު ކޮށްލިއެވެ. ނަމާދުކުރުމުން އެހިތައް ލުއިއެއް ލިބިގެން ދިޔައެވެ. ނަމާދުކޮށްލައިގެން އަފްރީން ޤުރުއާން ކިޔަވަން ފެށީ އިތުރަށް އެކަމާ ވިސްނަންބޭނުން ނުވީމައެވެ.

“މާން. ކީއްކުރަނީ؟؟” ފޯނުން އަމާން އާއި ގުޅައިގެން ހުރި ހަޔާ އެއްސެވެ.” “ކަމެއް ނުކުރަން.. ހަޔާ އަސްލު އެކްސިޑެންޓް ވީ ކިހިނެއް؟؟” “މާން އެންމެ ފަހުން ރުޅިވި ދުވަހުން ފެށިގެން އަހަރެންނަށް ވިސްނުނީ އަހަރެންނަށް އުޅެވުނީ ކިހާ ގޯސްކޮށްކަން.. އަހަރެންނަށް އުޅެވުނު ގޮތް ވިނުމުން އަހަރެން ވަރަށް ރޮއެ ހިތާމަކުރިން..އެހެން އުޅެނިކޮށް ލަޔާން ކިޔަވާނިންމާފަ މާލެ އައީވެސް އަހަރެންގެ އުޅުން ބަދަލުވެފައި ހުރިވަރުފެނި ލަޔާން ހުރީ ވަރަށް ހައިރާންވެފައި..ކިތަންމެ ފަހަރަކު އޮޅުފިލުވަންވެސް މަސައްކަތްކުރި އެކަމަކު އަހަރެން ކޮށްފައިވާ ނުބައި ކަންތައްތަކުގެ ވާހަކަ ބުނާކަށް އަހަރެންގެ ދޫ ހަރަކާތެއް ނުކުރި.. އެއްދުވަހަކު އަހަރެންނަށް ރައްޓެއްސަކު ގުޅާފަ ބުނީ މާން މޫވްއޮންކޮށްފިއޯ.. އަހަރެން ވަރަށް ދެރަވި.. މާން އެހެންމީހަކާ އެކު އުޅޭ ވާހަކަ އަޑުއިވުމުން އިތުރަށް ކެއްނުވީ.. އަހަރެން ހުރީ ރޯލަން ބޭނުންވެފައި ދެރަވެފައި ހުރި ވަރުން އަހަރެން ކައިރިއަށް ލަޔާން އައުމުން އަހަރެން ކުރި ހުރިހާ ވާހަކައެއް ކިޔާދެވުނީ..ލަޔާން ވަރަށް ރުޅި އައިސްފައި އަހަރެން ދުރަށްލީ ވީ ދެރައިން އަހަރެން ރޮމުން ރޮމުން ގެއިން ނިކުތީ ހިނގާފަ ގޮސް މަގު ހުރަސް ކުރަން އުޅެނިކޮށް އެކްސިޑެންޓްވީ.. އޭރު ލަޔާން އަހަރެންގެ ފަހަތުން އައި..ކާރުގެ ލައިޓް އައިސް ލޮލަށް އެޅުނީމަ ލޯމަތީ އަތް ހުރަސްކޮށްލީ ދެން، އެނގުނު ކާރު އައިސް ގައިގައި ޖެހުނުކަން ލަޔާން ގޮވާލިހެންވެސް ހީވި.. ދެން ނޭނގެ ވީގޮތެއް” “ސޮރީ އަހަންނާއި ހެދި..” “މާން ސޮރީ ނުބުނޭ ކުއްވެރިއަކީ އަހަރެން އެރޭ އެ ހާދިސާ ހިނގީ އެހެން އެކަން ވާން އޮތީމަ” “ކޮންމެއަކަސް ވަރަށް އުފާވެއްޖެ ހަޔާއަށް ވިސްނުނީމަ.. އަދިވެސް ތަދުވޭތަ ވަރަށް؟؟” “ތަދުވޭ އެކަމު ދެން އެހާ ބޮޑުވަރެއް ނުވޭ” “ރަނގަޅަށް ބޭސް ކާތި އޭރުން ރަނގަޅުވާނީ” ހަޔާ ހިނިތުންވެލަމުން “އާއިކޭ” ބުންޏެވެ.

މޭޒުމަތީ ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އުޅުނު ލިއުޝާ ހުރީ އަފްރީންގެ ހަބަރެއް ނުވުމުން ކަންބޮޑުވެފައެވެ. މިއަދު އެނިވާސަރީ ޕާޓީ ތެރޭންވެސް އުޅެ އުޅެ އަފްރީން ނުފެނުނެވެ. މިހާރު އޭނާއަށް އަފްރީންގެ ފޯނަށް ދިހަވަރަކަށް ފަހަރު ގުޅިދާނެއެވެ. ކާން ހަދާލާފައި ލިއުޝާ އަމާންއަށް ގުޅާ އޭނާ އަފްރީންމެންގެއަށް ލާދިނުމަށް އެދުނެވެ. އަފްހަމް މިއަދު އެހާ ބުރަކޮށް އުޅުމުން ހުންނާނީ ވަރުބަލިވެފައިކަން އެނގުމުން އިތުރަށް އޭނާއަށް އުނދަގޫ ކުރަން ލިއުޝާ ބޭނުންނުވީއެވެ. އަނެއްކޮޅުން އަމާން ހުރީ ރުޅިވިތާ ފަސް ގަޑިއިރު ނުވަނީސް އަފްރީންގެ ކުރިމައްޗަށް އަރަން ޖެހުމުން ޖެހިލުންވެފައެވެ. ދިޔަ މަގުމަތީ ލިއުޝާ އަމާންކުރެން އަފްރީންއާއި އޭނާ އުޅެނީ މައްސަލަޖެހިގެންތޯ ސުވާލުކުރިއެވެ. އެވަގުތު އަމާންގެ މޫނަށް އެރި ކުލަވަރު ފެނުނުނަމަ ލިއުޝާއަށް ހުރިހާ އެއްޗެއް ސާފުވީސްކަން ޔަޤީނެވެ. “ނޫން” އަމާންގެ ޖަވާބު ކުރެވެ. ލިއުޝާވެސް އިތުރު ސުވާލެއް ނުކުރީ އަފްރީން ކައިރީގައި އެހުމުން އެނގިދާނެތާއޭ ހިތައްއަރުވާލާފައެވެ. ސައިކަލާ ގޮސް އަމާންއާއި ލިއުޝާ މަޑުކޮށްލީ ވެލީ ވިއު ގޭގެ ދޮރުމައްޗަށެވެ. ލިއުޝާ ސައިކަލުން ފައިބައިގެން އެތެރެއަށް ވަންނަމުން އަމާން ކުރެން ނުވަންނަންހޭ އަހާލިއެވެ. “އަމާންގެ ސިކުނޑިއަށް ދައްކާނެ ބަހާނާއެއްވެސް ނައުމުން ލިއުޝާގެ ފަހަތުން އެތެރެއަށް ވަނެވެ. ސިޓިން ރޫމް ސޯފާގައި ރޭގަނޑުގެ އަށެއްގެ ހަބަރު ބަލަން ތިބި އަފްރާހްއާއި މިޝާ ދޮރާ ދިމާލަށް ބަލާލީ ލިއުޝާ ސަލާމް ގޮވާލި އަޑަށެވެ. “އަހާ އުޝާ.. މާން.. އަވަހަށް އާދެ އެތެރެއަށް މިޝާ ހިނިތުންވެލަމުން ބުންޏެވެ. “އަފޫ ކޮބާ؟؟” ލިއުޝާ މިޝާ ކުރެން އެއްސެވެ. “ކޮޓަރީގައިވީ ޕާޓީން އައިފަހުން އަދި ކޮޓަރިއަކުން ނުނިކުމެ.. ކާން ގޮވާލުމުންވެސް ބުނީ ބަނޑުހައެއް ނޫނޯ..ޕާޓީއިން މާގިނައިން ކެވުނީކަން ނޭނގެ އެހެންވެ އަޅާ ނުލާ މިހުރީ” މިޝާގެ ޖަވާބު އަޑުއިވުމުން ލިއުޝާ ކަންބޮޑުވެފައި ހުރެ މައްޗަށް ދިއުމަށް މިސްރާބު ޖެހިއެވެ. އަމާންވެސް ލިއުޝާގެ ފަހަތުން މައްޗަށް އެރިއެވެ. އެކަމަކު އޭނާ ގޮސް ވަނީ އަފްހަމްގެ ކޮޓަރިއަށެވެ.

ލިއުޝާގޮސް އަފްރީންގެ ކޮޓަރިއަށް ވަނުމުން މަރުހަބާކީ ކަޅު އަނދިރިކަމެވެ. “އަފޫ” ފޯނުން އަލިކުރަމުން ގޮސް ލިއުޝާ ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. ބުލޭންކެޓް އަޅައިގެން ދެލޯމަރައިގެން އޮތް އަފްރީން ފެނުމުން އެނދުގެ މަގަތުގައި އިށީނދެ އަފްރީންގެ ބޮލުގައި ފިރުމާލިއެވެ. “އަފޫ ބަލީތަ؟؟” ލިއުޝާ އަފްރީންގެ ނިތުގައި އަތްޖައްސާލި ވަގުތު ސިހިފައި އަތްދަމައިގަތީ އުނދުންމަތީ ކައްކަން ބަހައްޓާފައި ހުރި ތެއްޔެއްގައި އަތް ޖެހުމުން ދަމައިގަންނަހާ އަވަހަށެވެ. “އަފޫ.. މުޅިމީހާ ތިއޮތް ފިހެނީނު..އަންނާން މިޝާދައްތައަށް ގޮވާފައި” އެހެންބުނެ ތެދުވަން އުޅުނު މިޝާގެ އަތުގައި ހިފެހެއްޓީ އަފްރީންއެވެ. “މަންމަމެން މާބޮޑަށް ކަންބޮޑުވާނެ ދޮންބެއަށް ގޮވާ” އަފްރީންގެ އަތް ވަރުދޫވުގެން ލިއުޝާގެ އަތުން ދޫވިއެވެ. ކޮޓަރިން ނިކުތް ލިއުޝާ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އަފްރީން ހޮސްޕިޓަލަށް ގެންދިއުމަކީ ފެނާއި އަލިފާން އެއްކުރުން ކަހަލަ ކަމެއްކަން އޭނާއަށް އޮޅިފަކާއެއްނެތެވެ. ލިއުޝާ އިތުރަށް ވިސްނަން ނުހަދާ ދުއްވައިގަތީ އަފްހަމްގެ ކޮޓަރިއާއި ދިމާލަށެވެ. އެދިޔަގޮތައް ގޮސް އެނދުގައި ހަމަޖެހިލާފައި އޮތް އަފްހަމްގެ ކައިރީ ހުއްޓުނުއިރު އޭނާހުރީ ހަމަ ރަނގަޅަށްވެސް ހާސްވެފައެވެ. އަފްހަމްއަށް ލިއުޝާ އައި ގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަންނާކަށް ކުޑަ ހިދުކޮޅެއްވެސް ނުނެގިއެވެ. އުޝް ކިހިނެއްވީ؟؟” އަފްރީން ލިއުޝާގެ ދެކޮޑުގައި ހިފަހައްޓާލާފައި އެއްސެވެ. “އަ.. އަފޫ ވަރަށް ގަދައަށް ހުންއައިސްފަ..” ހާސްވެފައި ހުރިވަރުން ލިއުޝާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އަފްހަމްއަށް ވީ ގޮތެއްވެސް ނޭނގެނުވެ. ދުވެފައި ކޮޓަރިން ނިކުމެގެން ދިޔައީ އޭނާއަށް ދެވެން އޮތް އެންމެ ބާރަކަށެވެ. އެދިޔަ ގޮތަށް ގޮސް އަފްރީންގެ ކޮޓަރިއަށްވަދެ އޭނާގެ ނިއްކުރީ އަތްލީ ހުން ހުރީ ކިހާވަރަކައްތޯ ބަލާލުމަށެވެ. އަތްލިވަރަށްވުރެ ބާރަށް އަފްހަމްއަށް އަތް ދަމައި ގަނެވުނީ އަފްރީން ހޫނުކަމުންނެވެ. އަމާންވެސް ހާސްވެފައި ހުރެ އަފްރީންގެ އަތުގައި ހިފާލި ކަމެއް ނޭނގޭ އޭނާވެސް އަފްރީންގެ އަތުން ދޫކޮށްލީ އަފްރީންގެ ގައިގެ ހޫނުކަމަށް ކެއްނުކުރެވިގެންނެވެ. “އަފޫ ހިނގާ ހޮސްޕިޓަލަށް؟؟” އަފްހަމް އާދޭހުގެ ރާގެއްގައި ބުންޏެވެ. އަފްރީން ދެފެރާތައް ބޯހޫރާލިއިރު އެދެލޯ ހުޅުވައިގެން އޮތީ ގަަދަ ކަމުންނެވެ. “އޯކޭ.. އެކަމު އެއްގަޑީއިރު ތެރޭ ހުން މަޑު ނުވެއްޖިއްޔާ ޖެހޭނެ ހޮސްޕިޓަލަށް ދާން” އަފްރީން ދެލޯ މަރައިގެން އޮވެ ބޯޖަހާލީ ލޯހުޅުވާލާނެހާ ވަރުވެސް ގައިގައި ނެތުމުންނެވެ. އަމާންއިނީ އަފްރީންގެ ހާލާއި މެދު ކަންބޮޑުވެފައެވެ. އަފްރީން އެހާލުގައި ވާތަން ބަލަން އެހިތައް އުނދަގޫ ވަމުން ދިޔައީ ކީއްވެކަން ހުދު އޭނާއަށްވެސް ނުވިސްނުނެވެ. އެމޫނުން ފެންދެމިފައި ހުރިއިރު ތުންފަތް ރަތްކަމުން ހީވަނީ ލޭކޮޅެއް ހެންނެވެ. އުޝް އަފޫ ގައިގައި ފެންއުގުޅަން ޖެހޭނީ… އޭރުން ހުން މަޑުވާނީ..ދެން ގައިގައި ވަރުޖެހޭކަހަލަ އެއްޗެއް ދޭންޖެހޭނީ” އަފްހަމްގެ އަޑުން އޭނާ ކަންބޮޑުވެފައި ހުރިވަރު ހާމަވާން ހުއްޓެވެ. އަފްރީން މިހާ ބޮޑަށް ހުން އައި ހަނދާނެއްވެސް އޭނާ ނެތެވެ. ނަސީބަކުން މިޝާއާއި އަފްރާހް ޙަބަރު ބަލާ ނިމުމުން ވަނީ ކޮޓަރިއަށެވެ. ލިއުޝާ ބަލާކަށް ނުހުރެ ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ވަނީ ބަދިގެއަށެވެ. އަދި ބޯތައްޓަކަށް ފެންއަޅާލުމަށްފަހު އަލަމާރި ހުޅުވާލީ އަފްރީންއަށް ދޭން ކަމުދާ ކަހަލަ އެއްޗެއް ހުރިތޯއެވެ. އަލަމާރީގައި ފުރުޓް ޖޫސް ޕެކެޓެއް ހުރިކަން އެއީ ނަސީބެކެއެވެ. ލިއުޝާގެ ހިތައް އެރިއެވެ. އޭރު އަފްހަމް ހުރީ މައްޗަށް އެއްޗެހިތައް ގެންގޮސްދިނުމަށް ތައްޔާރުވެގެންނެވެ. “އަހޫ..ފަސްޓްއެއިޑްއިން ޕެނަޑޯލް ގުޅައެއް ނަގާ ސަމްސަލަށް ގިރުވާލެވޭހާ ވަރަށް ހިމުން ކޮށްލަބަ” ގެންދަންވީ އެއްޗެހި ތަބަކެއްގައި އަތުރާލަމުން ލިއުޝާ ބުންޏެވެ. އަފްހަމް ޕެނެޑޯލް ގުޅަ ހިމުން ކޮށްލާފައި ކުޑަ ކަރުދާސްކޮޅަކަށް ލާފައި ލިއުޝާއަތައް ދިނެވެ. ލިއުޝާ ބޯތައްޓައާއި ފެންފުޅި އަފްހަމްއަތައް ދީފައި ތަބަށް ހިފައިގެން ހަލުވި ފިޔަވަޅުތަކުގައި ސިޑީގެ ހަރުފަތައް ގިރާކޮށްލާފައި ގޮސް އަފްރީންގެ ކޮޓަރިއަށް ވަނެވެ. އޭރު އަމާންއިނީ އަފްރީންގެ އަތްތިލައިގައި ހިފަހައްޓާލައިގެން އެމޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އަފްހަމްއަށް އެވަގުތު އުފާކުރެވުނީ އަފްރީންގެ ދިރިއުޅުމުގައި އަމާން ވީތީއެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ އެންމެ ގާތް އެކުވެރިޔާވަނީ ހިތާއި ފުރާނައިން ލޯބިވާ ކޮއްގެ ނާޒުކު ހިތް ކުދި ކުދި ކޮށްލާފައިކަމެވެ. އަފްރީންގެ ގައިމަތީގައި އޮތް ބުލޭންކެޓް ނެގުމާއިއެކު މުޅިކުއްޖާ ރޫރޫ އަޅައިގަތްގޮތުން އެތާ ތިބި އެންމެންގެ ހިތައް ނުބައި ގޮތެއް ވެގެން ދިޔައެވެ. ނަމަވެސް އަފްރީންގެ ހުން މަޑުކުރަން ބޭނުމިއްޔާ އެނޫން ގޮތެއް ނެތެވެ. އަފްރީންގެ ގައިގައި ލިއުޝާ އާއި އަފްހަމް ފެން އުނގުޅަން ފެށި ވަގުތު އަފްރީން ކުކުރާލިއެވެ. އަދި އަމާންގެ އަތައް ބާރުކޮށްލިއެވެ. އެތައްވަރަކުން އުޅެގެން އަފްރީންގެ ހުންގަނޑު މައިތިރިކޮށްލެވުނު އިރު ހުރީ މެންދަމު ބާރަވެސް ޖަހާފައެވެ.

“ހަޔާ ދަރިފުޅާ ނިމިއްޖެތަ؟؟” ފާހާނައިގައި އުޅުނު ހަޔާކުރެން ހިދާ އެއްސެވެ. “މި ނިމުނީ މަންމާ” ހަޔާ އެހެން ގޮވާލުމުން ހިދާ ފާހާނައިގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ހަޔާ ތަޅު ހުޅުވާނެ އިރަކަށެވެ. އިރުކޮޅެއްނުވެ ހަޔާދޮރު ހުޅުވާލުމުން ހިދާ ހަޔާ ގެންގޮސް އެނދުމަތީ ބައިންްދާފައި ބޭރަށް ނިކުތީ ހަޔާއަށްވީ ކާއެއްޗެހި ކޮޓަރިއަށް ގެންގޮސް ދިނުމަށެވެ. ހަޔާ ކައި ނިމުމުން އަރާމު ކޮށްލަން ބުނެފައި ހިދާ އެކޮޓަރިން ނިކުމެގެން ދިޔައެވެ. ހަޔާ ފޯނު ނަގާ އަމާންއަށް ގުޅާލީ މިރޭ އަދި އޭނާއާއި ގުޅާނުލެވޭތީއެވެ. ނަމަވެސް ދެތިން ފަހަރަށް ގުޅުމުންވެސް ބިޒީ ކޮށްލުމުން ހަޔާ އިތުރަށް ނުގުޅީ ބޮޑުކަމެއް ދިމާވެގެން ނޫނީ އަމާން އޭނާގެ ކޯލް ބިޒީ ނުކުރާނެކަން އެނގޭތީއެވެ.

އާޓިފިޝަލް ބީޗުގެ ބެންޗެއްގައި އިން ލަޔާންގެ ހިތް ވަނީ ޝަކުވާއިން ފުރިފައެވެ. އަށްއަހަރު ވަންދެން ހަޔާ އޭނާ އަނދިރީގެ ތެރޭގައި ބަހައްޓައިގެން ހުރީ ކީއްވެހެއްޔެވެ؟؟ ހިތް ޒަހަމްކޮށްލާފައި މާފަށް އެދުނު އިރު ދަމުން ދިޔައީ ޒަހަމްތަކުގައި ލޮނުމިރުސް ވެސް އަޅާދީފައެވެ. ދެން އޭނާ އިތުރުމީހަކާ އެކު ދިރުއުޅުމެއް ފަށަން ވިސްނާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟؟ ޒަހަމްވެފައިވާ ހިތުގައި އިތުރު މީހަކަށް ދޭނެ ހަމަ އެކައްޗެއްވެސް ނެތެވެ. ނަމަވެސް ދިރިއުޅުމަކީ އަބަދު އެއްގޮތަށް އޮންނާނެ އެއްޗެއް ނޫންކަން ލަޔާން ވަރަށް ރަނގަޅަށް ދަނެވެ. ނަމަވެސް އުމުރުގެ އަށް އަހަރު އެމީހަކަށް ހިބަކުރި މީހާއާއި ނުލާ ކެއްވާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟؟

ނިދިފައި އޮތް އަފްރީންއަށް ހޭލެވުނީ ކައިރީގައި އޮތް ފޯން އެލާމްވާ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވާލިއިރު ބޮލަށް ވަނީ ބަރުވެފައެވެ. އާދަޔާ ހިލާފު ފިންޏެއް ވަމުންދާކަމުގެ އިހްސާސްކުރެވުމުން ރޭގެ ހަނދާންތައް އާވެގެން ދިޔައެވެ. އިތުރަށް ނުރޯންވެގެން ތުންފަތުގައި ދަތް އަޅާލަމުން ބޮލުގައި ހިފަހައްޓާއިގެން ފާހާނައަށް ވަނީ ފެންވަރާލުމަށެވެ. ފެންމާގަނޑުން ފެންތައް ފައިބަން ފެށުމުން މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ނަމަވެސް ހިތްވަރުކޮށްފައި ރަނގަޅަށް ފެންވަރާލާއިގެން ނިކުމެ ފަތިސް ނަމާދު ގަޟޯ ކޮށްލިއެވެ. އަދި ތައްޔާރުވާންފެށީ އޮފީހަށް ދިއުމަށެވެ. ކޯލްޑް ޝޯލްޑާ އަތްދިގު މެޖެންޓާ ކުލައިގެ ފަލަމަސްގަނޑާ ހިސާބަށް އަންނަ މަތިކޮޅަކާއި ކަޅުކުލައިގެ ޖިންސެއް ލާފައިހުރިއިރު އިސްތަށިގަނޑު އޮތީ ކުޑަކޮށް ވޭވީކޮށެވެ. ވާތުގައި ފައިވް ފިންގާ ރިންގްސް އަޅާލާފައި ހުއްޓެވެ. ލުއި މޭކަޕެއް ކޮށްލާފައި ހުރި އިރު ރީތިކަމުގެ ފުރިހަމަ މިސާލަކަށް އަފްރީންވާނެކަން ގައިމެވެ. ކުލޯސެޓަށް ވަދެ ކަޅުކުލައިގެ ހޭންޑް ބޭގެއް ނަނގާ ކޮޑުގައި އަޅުވާލާފައި މެޖެންޓާ ކުލައިގެ ހީލްއަކަށް އަރާލިއެވެ. އަދި ލޮލަށް އަވިއަނު ހޭވަރުކޮށްލަމުން ދަބަހަށް ބޭނުންވާނެ ހުރިހާ އެއްޗެއްލާ ހަމަކޮށްފައި ކޮޓަރިން ނިކުތީ ތިރިއަށް ފޭބުމަށެވެ. ސިޑިން ފައިބައިގެން އައި އިރު އެތުންފަތްމަތީގައިވި ހިނިތުންވުމުން އިއްޔަ އެވަރަށް ރުއީ އަފްރީންއޭ މީހަކަށް ނުވެސް ބުނެވޭނެއެވެ. އެދިޔަގޮތަށް ގޮސް އެހެންޏާވެސް ކަންތައް ކުރާ އުސޫލުން އެންމެންނަށް ގުޑް މޯނިން ކިޔާފައި ސައިބޯން އިށީންނެވެ. ސައިބޮއި ނިންމާލުމަށްފަހު އަފްރީންއާއި އަފްހަމަ ގޮސް ކާރަށް އަރާ އިށީނނެވެ. “އަފޫ އަދި މުޅިން ރަނގަޅުވެސް ނުވެއެއްނު ކީއްކުރަން އޮފީހަށް ދަނީކީ؟؟” ކުޑަކޮށް ހިންހަމަ ނުޖެހިފައި އަފްހަމް ބުންޏެވެ. “ދޮންބޭ އަފޫ ރަނގަޅޭ މިހާރު، އެހެން ނޫނަސް ގޭގައި އޮތީމަ ވަރަށް ފޫހިވާނެ.. ދެން ތި މޫޑު ރަނގަޅުކޮށްފައި ހިނގާބަލަ ގަޑި ނުޖެހެންދެން ދާން” އަފްހަމް ދެފެރާތައް ބޯހޫރާލަމުން ކާރު ދުއްވާލިއެވެ. ޔުނީކް އިންޑަސްޓުރީގެ ތިންވަނަ ފުލޯއަތް ވަތް އަފްރީންއަށް ސްޓާފުން ހިތްހެޔޮ ހިނިތުންވުމަކާއެކު ބާއްޖަވެރި ހެނދުނަކަށް އެދެމުން ދިޔައެވެ. އަފްރީންވެސް ހިނިތުންވެލަމުން އެމީހުންނަށް ރައްދުދެމުން ދިޔައެވެ. އެދިޔަ ގޮތަށް ގޮސް އޭނާގެ ކެބިންއަށްވަނެވެ. އަދި އޭސީގެ ފިނި މަޑުކޮށްލަމުން ދުވަހުގެ މަސައްކަތް ފެށިއެވެ. ޔުނީކް އިންޑަސްޓުރީގެ ބިލްޑިން ތިން ބުރިއަށް ހުންނަ އިރު ގުރައުންޑް ފުލޯގައި ހުންނަނީ އޮފީސްގެ ބޮޑު ހޯލެވެ. ފަސްޓް ފުލޯގައި ސްޓާފުންނަށް ހާއްސަކޮށް ނަމާދު ކުރާނެ ގޮތް އަދި ފާހާނަކޮށް އަރާމުކޮށްލެވޭނެ ގޮތް ހަދާފައި ހުރެއެވެ. އޭނގެ އިތުރަށް އަފްރީންއަށް ހާއްސަކޮޓަރިއެއްވެސް އެތާންގައި ހުރެއެވެ. ދެވަނަ ފުލޯގައި އަލަށް ގެނޭ ކޮސްމެޓިކްސްތަކާއި ފިހާރަތަކުގެ މުދާތައް އެތަނަށްލާ ރައްކާކޮށްފައި ހުންނައިރު އެންމެމަތީ ބައިގައި ހުންނަނީ އަފްރީންގެ އޮފީހެވެ.

ކެބިންގައި މަސައްކަތެއް ކުރަންއިން އަމާން ކޮޅައް ތެދުވެލީ ލޫކަސް އައިސް އެތަނަށް ވަނުމުންނެވެ. “ސަރ އަޅުގަނޑު ކައިރީގައި ބުނެލިމަ އަންނާށޭ” “މިދެން އެވަރުގެ ކަމެއް ނޫނެއްނު.. ޔުނީކް އިންޑަސްތުރީއާއި ގުޅިގެން ގެސްޓުންނަށް ސަގާފީ ޕާޓީއެއް ދިނުމަށް ވާނީ ވަރަށް ފަހުން ވާހަކަ ދައްކާފައި މިއަދު 2 ޖަހާއިރު އޮންނަ މީޓިންނަށް އަމާން ދާންވީނު.” “އެތަނުން ކޮން އޮފީހެއްތޯ؟؟” ނުތަނަވަސްވެފައި އިނދެ އަމާން އެއްސެވެ. “އައިޝަތު އަފްރީން އަފްރާހްގެ އޮފީހަށް” ލޫކަސްގެ އެހެންބުނުމުން އެތަނަވަސް ނިއްކުރިން ދާތިކި ފާޅުވެގެން ދިޔައެވެ. “އޯކޭތަ.. އަސްލު އަފްރީން އަހަރެން އެހާވަރަކަށް ނުއެއްދަންނާނެ ސޯ ކުޑަކޮށް އަންކަންފޮޓެބަލް ވާނޭތިން.. އަމާންއާއި އެކު ނަމަ އޭނާއަށް ފަސޭހަވާނެއްނު ވާހަކަދައްކަން” އަމާން ބޯޖަހާލަމުން އެއްބަސްވީ މަނާކުރަން ނުކެރިގެންނެވެ. އޭނާ ޓްރެޑިޝަން ކޮންޕެނީގެ މެނޭޖަރުގެ ގޮތުގައި ވަޒީފާއަށް ނިކުތްތަން އަދި ވީ އެންމެ 3 ހަފްތާއެވެ. ނަމަވެސް ލޫކަސް އޭނާއަށް އިތުބާތު ކުރާވަރު ފެނި އޭނާ ހުންނަނީ ވަރަށް އުފާވެފައެވެ.

“މޭމް މިއަދު 2 ޖަހާއިރު ޓުރެޑީޝަން ކޮންޕެނީއާއިއެކު އޮތް މީޓިންއަށް ރެޑީއެއް ނުވަންތަ؟؟” އިއްޔަ ދިމާވި ކަންތައްތަކުގެ ސަބަބުން އެކަން ވަނީ އަފްރީންގެ ހަނދާނުން ކައްސާލާފައެވެ. “އަޅޭ ނަސީބެއްނު ރައި ހަނދާންކޮށްދިންކަން” އަފްރީން ވަގުތުން ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އޭނާ އެމީޓިންއަށް ތައްޔާރު ކުރި ޕުރެޒެންޓޭޝަން ކުޑަކޮށްބަލާލިއެވެ. އަދި ރައިހާއަށްވެސް އޭނާ ރާވާފައި އޮތްގޮތް ކިޔާލަދިނެވެ. މީޓިން ރޫމްގައި އިން އަފްރީންއަށް އެތެރެއަށް ވަދެގެން އައި އަމާންއާއި އަހެންކުއްޖަކު ފެނުމުން ހުއްޓުންއަރާފައި ހުރެވުނީއެވެ. އަފްރީންއަށް ހޭވެރިކަންވީ ރައިހާ އޭނާގެ ގައިގައި ކޮށްޓާލުމުންނެވެ. ތެޅިގަނެފައި ހިނިތުންވެލަމުން އަފްރީން ސަލާންކުރުމަށް އަތް ދިއްކޮށްލިއެވެ. އަމާން އެއަތުގައި ހިފާ ސަލާމްކޮށްލިއެވެ. އަދި އަފްރީން ގޮނޑިއަށް އިޝާރާތް ކޮށްލާފައި އިށީނނަން ބުނުމުން އެމީހުން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އަފްރީން ވަރަށް ހިއްވަރުކޮށްފައި އޭނާ އެރޭގެ ޕާޓީ އޮރގަނައިޒް ކުރަން ނިންމާފައި އޮތްގޮތް ކިޔާދިނެވެ. އަދި އެކުންފުނިން އެހީގެ ގޮތުގައި ދޭން އޮތް ފައިސާގެ އަދަދުވެސް އޮޅުން ފިލުވައިދިނެވެ. އަމާންގެ އެހީތެރިއަށް ހުރި ކުއްޖާ އަފްރީން ދައްކަމުންދިޔަ ހުރިހާ އެއްޗެއް ނޯޓު ކުރަމުން ދިޔައެވެ. އަފްރީން ހުރިހާ އެއްޗެއް އޮޅުންފިލުވާދިނުމަށްފަހު އެގޮތް ކަމުދޭތޯ ސުވާލުކުރިއެވެ. އަފްރީންގެ ވާހަކަ އަޑުއަހަންއިން އަމާން ބޯޖަހާލީ ރަނގަޅުކަމުގައި ބުނެއެވެ. މީޓިން ނިންމާލިއިރު ހުރީ ހަތަރެއް ޖަހާފައި ކަމުން އަފްރީން ކެބިންއަށްވަދެ އޭނާގެ ދަބަސް ހިފައިގެން ގޮސް ލިފްޓަށް އެރިއެވެ. އޭރު އޭނާއަށް އަދާޔާ ހިލާފަށް ފިނިވަމުން ދިޔައެވެ. އަނެއްވަރު ހުންއައިކަން އޭނާއަށް އެނގުނެވެ. ލިފްޓްގެ ހިފަހައްޓަން އިން ހޮޅީގައި އޭނާ ހިފަހައްޓާލީ ލިފްޓް އެނބުރޭހެން ހީވާން ފެށުމުންނެވެ. އަދި މަޑުމަޑުން އިށީނނީ އޭނާގެ ލޯމައްޗަށް އަނދިރިވާން ފެށުމުންނެވެ. އެންމެ ފަހުން ހޭނެތިގެން ލިފްޓް ތެރެއަށް އަފްރީން ވެއްޓުނީއެވެ. އަމާން ލިފްޓައް އަރަން އައީ އޭނާގެ ރޭބަން އައިނު ހޯލުތެރޭގައި ބޭއްވިފައި ވުމުން އެބަލައެވެ. ލިފްޓުގެ ބަޓަނަށް ފިއްތާލާފައި އޭނާ ހުރީ ލިފްޓު ތިރިއަށް އަންނަން ދެކަށެވެ. ލިފްޓުގެ ދޮރުފަތް ދެފެރާތައް ކެހިގެން ދިއުމާއެކު އަމާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ލިފްޓްތެރެއަށް ހޭނެތިގެން ވެއްޓިފައި އޮތް އަފްރީން ފެނުމުން ބަލާކަށް ނުހުރެ އަފްރީންގެ ކައިރީ އިށީނދެ އޭނާގެ މޫނުގައި އަތުން މަޑުމަޑުން ޖަހާލިއެވެ. އެވަގުތު އަމާންއަށް އަތް ދަމައިގަނެވުނީ އަފްރީންގެ ހަށިގަނޑު ހޫނުކަމުންނެވެ. އިތުރަށް މަޑުނުކޮށް އަމާން އަފްރީން އެނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި އަދި އޮފީހުން ނިކުމެ ސެކިއުރިޓީ ކައިރީގައި އޭނާގެ ކާރުގެ ފަހަތު ސީޓުގެ ދޮރުހުޅުުވާދިނުމަށް ބުންޏެވެ. އަމާން އަފްރީން ކާރުގެ ފަހަތު ސީޓުގައި ބާއްވާލުމަށްފަހު ކުރީ ސީޓަށް އަރާ ކާރު ދުއްވާލީ ހޮސްޕިޓަލަށް ދިއުމަށެވެ.

އަފްރީންގެ އޮފީސް ދޮރުމައްޗަށް ކާރު މަޑުކޮށްލުމަށްފަހު ނުނިކުމެވީގެން އުޅެނިކޮށް ސެކިއުރެޓީ އަފްހަމްކައިރީގައި އަފްރީން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުންޏެވެ. ކަންބޮޑުވެފައި ބާރު ސްޕީޑުގައި އަފްހަމް ކާރު ދުއްވާލީ ރަށުގެ ހޮސްޕިޓަލާ ދިމާލަށެވެ. ހޮސްޕިޓަލަށް ވަތް އަފްހަމް ރިސެޕްޝަނުގައި ހުއްޓި އަފްރީން ކޮބާތޯ އެހުމުން އެމަޖެންސީ ރޫމްގައޭ ބުންޏެވެ. އަފްހަމް އެމަޖެންސީ ރޫމް ކައިރިއަށް ދިޔައިރު ދޮރުމަތީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ އަމާން ހުއްޓެވެ. “ކިހިނެއްވީ އަފޫއަށް؟؟” އަފްހަމް އަމާންކުރެން އެއްސެވެ. “ލިފްޓް ތެރޭގައި ހޭނެތިފައި އޮއްވާ އަހަންނަށްފެނުނީ.. ގައިގައި އަތްޖަހާލިއިރު ހުން އައިސް ރަތްވެފައި އޮތީ އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގޮވައިގެން މިއައީ” އަފްހަމް އަމާންގެ ބުރަކަށީ ޖަހާލަމުން ހިނިތުންވެލިއެވެ. މިޝާއާއި އަފްރާހްއަށް އެހަބަރު ދިނުމުން އަވަސް އަވަހަށް ހޮސްޕިޓަލަށް އައެވެ. ނަސީބަކުން މާގިނައިރެއްނުވެ އަފްރީން ރޫމްއަކަށް ބަދަލު ކުރެވުނެވެ. އޭރު އޭނާއަށް އޮތީ ވަރުބަލިވެގެން ގޮސް ނިދިފައެވެ. މިޝާއާއި އަފްރާހް ގެއަށް ދިޔައީ އަފްރީންއަށް ކާއެއްޗެއް ބަލައެވެ. އަފްހަމްއާއި އަމާން އަފްރީންކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ. އަފްރީން ލޯހުޅުވާލުމުން އަފްހަމްއާއި އަމާން ގޮސް އޭނާގެ ކައިރީގައި މަޑުކޮށްލިއެވެ. “އަފޫ މިހާރު ކިހިނެއް؟؟” އަފްހަމް އަފްރީންގެ ބޮލުގައި ލޮތްބާއިއެކު ފިރުމާލަމުން ބުންޏެވެ. “އަފްރީން އަތުގެ ބޮޑުވައި އޮނގިލި އަފްހަމްއަށް އަރުވާލުމުން އަފްހަމްއާއި އަމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ކުއްލިއަކަށް ތެދުވެ ވަށިއިގެން ބަލާލީ ހައިރާންވެފައި ހުރެއެވެ. “ކީއްވެ ހޮސްޕިޓަަލަށް ގެނައީ؟؟” އަފްރީން މޫނުމައްޗަށް ވައްތަރެއް ޖައްސައިގެން އިނދެ ބުންޏެވެ. “ބަލިވީމަ ހޮސްޕިޓަލަށް ނުގެނެސް ދެން ކޮންތާކަށް ގެންދަނީ؟؟” އަފްރީން އެއްޗެކޭ ނުބުނެ މޫނު ހަދައިގެން އިނެވެ. އިރުކޮޅަކުން ނަރުސް ކުއްޖާ ބޭސް ސިޓީ ގެނެސްދިނުމުން އަފްހަމް ބޭސް ފިހާރައަށް ދިޔައީ ބޭސް ނެގުމަށެވެ. އަފްރީންއާއި އަމާން އެކަނި ވުމުން މުޅިތަން ހަމަހިމޭންވެގެން ދިޔައެވެ. އަފްރީންގެ ހިތް ރޮމުން ދިޔައިރު އަމާންގެ ހިތުގައި ގޮތް ނޭނގޭ ހައިޖާނުގަނޑެއް އުފެދިފައިވިއެވެ. ނަމަވެސް އެޔަށް ދޭނެ ނަމެއް އޭނާއަކަށް ނޭނގުނެވެ. އަފްރީން ދެލޯ މަރާލާއިގެން އޮތީ އަމާންއަށް ނުބަލާނެކަމަށް ހުވާކޮށްގެން އޮތް ފަދައަކުންނެވެ. އެހެން އޮތް އިރު އަމާންއާއި އެކު ހޭދަކުރި އުފާވެރި ހަނދާންތައް އަފްރީންގެ ލޯމަތީ ސިފަވަމުން ދިޔައެވެ. އެވަގުތު އަމާންގެ ފޯނަށް ކޯލެއް އައުމުން ބަލާލިއިރު ގުޅަނީ ހަޔާއެވެ. އެއްފަރާތަކަށް ޖެހިލާ ހަޔާއާއި ވާހަކަ ދައްކާލުމަށްފަހު އަމާން އަފްރީންގެ އެނދުކައިރީގައި އޮތް ގޮނޑީގައި އިށީނނިއެވެ. އޭރު އަފްރީން ދިޔައީ އޭނާގެ ބޯމޮޑެމުންނެވެ. “ބޮލަށް ތަދުވަނީތަ؟؟” އަފްރީން ހަމައެކަނި ބޯޖަހާލިއެވެ. އަމާން އަފްރީންގެ އަތް ދުރަައްލާ އޭނާގެ ބޮމޮޑެދޭން ފެށިއެވެ. އަފްރީންވެސް އެއްޗެކޭ ނުބުނެ ލޯމަރާލައިގެން އޮއްވާ އަނެއްކާވެސް ނިދުނީއެވެ.

“ދަރިފުޅާ..” އަފްރީންގެ އަތުގައި ހިފާލަމުން މިޝާ ބުންޏެވެ. ހުދު ކުލައިގެ ބޮޑު ކައިވެނި ހެދުމުގައި އަފްރީން ތައްޔާރުވެލައިގެން ހުރި އިރު އޭނާއެކޭ ގަނޑުވަރެއްގެ ރާނީއެކޭ ތަފާތެއްނެތެވެ. މިޝާ އަފްރީންގެ އަތުގައި ހިފައިގެން ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒުކައިރިއަށް ހިނގައިގަތްއިރު އާޝޯހުވެފައި އަފްރީންއާއި ދިމާލަށް ބަލަހައްޓައިގެން އަމާން އިނެވެ. ކުއްލިއަކަށް އޭނާގެ ލޯކުރިމަތީ ތިބި އެންމެން ގެއްލުނެވެ. އަފްރީން ބިރުންހުރެ މިޝާގެ އަތުގައި ހިފާލަންވެގެން އަތް ހޫރަ ހޫރާ މިޝާގެ އަތުގައި އަތް ނުޖެހުމުން ބާލާލިއިރު އޭނާގެ ކައިރީގައި މިޝާއެއްނެތެވެ. އޭނާގެ ވަށައިގެންވަނީ ކަޅު އަނދިރިކަމެވެ. “މަންމާ” އަފްރީން ރޮމުން ހުރިތަނަށް ތިރިވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

ވޭނީ ލޯބި

Next

މާޒީގެ ހަޤީގަތް

Next
June 3, 2017

މާޒީގެ ހަޤީގަތް

Previews
June 3, 2017

ވޭނީ ލޯބި

51 Comments!

  1. Azuna says:
    June 3, 2017 at 3:16 am

    Wow v reethi

    1. Aisha says:
      June 3, 2017 at 3:30 am

      Thank u Azuna ?

  2. Aisha says:
    June 3, 2017 at 3:34 am

    Hi.. hurihaa Kudhin..? really sorry 4 the delay.. Mistake thah buneladheythi.. Love u all a lot ❤ next part sundayga genesdheynan.. Gud nyt my lovely readers

  3. Aikko says:
    June 3, 2017 at 4:12 am

    Wow mi part vs varah reethi….thankolheh kuree next part dhigu kohla dhey thi…

    1. Aisha says:
      June 3, 2017 at 4:46 am

      Thank u Aikko ❤ okay ?

  4. ShAhu says:
    June 3, 2017 at 4:45 am

    varah nice mi part ves..love it..❤
    next part dhigu kohladhehchey

    1. Aisha says:
      June 3, 2017 at 4:48 am

      Thank dear ? okay dhigukohla dheynan ?

  5. Khajja says:
    June 3, 2017 at 5:01 am

    Masha allah v rythi alhey maan thy loaybennoontha aslu thy hageegy loaybaky understand vebala afoo ah ehen nuhadhaa afoo aa gulhebala noony afham avves anngaa dhen afoo aa eky noolheveyneyey ??? stry v rythi kon irakun mxt prt waitin waitin stry ry liyelaafa kiyaalaanama kudhi kudhi miss takes hurikan faahagavi baen akuru noony fili thafaathuvefahury oral kon v salhi ???

    1. Aisha says:
      June 3, 2017 at 5:23 am

      Thank u khajja ? yes mi part Aisha ah ehaa ragalhakah check eh nukurevunu.. Next part ragalhukohlaanan.. ?Sundayga

  6. song joong ki..korean says:
    June 3, 2017 at 5:05 am

    vvv reethu ingey!! 🙂 hama habeys! keep it up

    1. song joong ki..korean says:
      June 3, 2017 at 5:06 am

      *reethi

    2. Aisha says:
      June 3, 2017 at 5:24 am

      Thank u Korean fan really appreciate it ??

  7. Shy says:
    June 3, 2017 at 5:07 am

    I got 3rd place dhw… this part was really nice… keep up the good work Aisha… waiting 4 next part?

    1. Shy says:
      June 3, 2017 at 5:08 am

      this part was really nice… keep up the good work Aisha… waiting 4 next part?

    2. Aisha says:
      June 3, 2017 at 5:25 am

      Thank u so much shy for the support ?❤

  8. Zyth says:
    June 3, 2017 at 5:08 am

    Afoo ah v gothun v dheravey maan i hate u

    1. Aisha says:
      June 3, 2017 at 5:26 am

      Alhey.. Thank u zyth ?

  9. Any says:
    June 3, 2017 at 5:13 am

    Mivahakaige inthixarugai ohva nidhunyves aisha mee miharu any kiya ehme reethi vaahaka??l love you aisha❤❤

    1. Aisha says:
      June 3, 2017 at 5:28 am

      Sorry ehaa dhigu inthizaareh kuruvieema Aisha ah reyga hama avahah up nukurevuniee.. Alhey varah happy vehje.. ? ly ❤

  10. sam says:
    June 3, 2017 at 5:16 am

    Wow vv reethi story thankx Aisha … dhen kihineh baaa vaaany dhwww????

    1. Aisha says:
      June 3, 2017 at 5:29 am

      Thank u Sam ? vaagotheh balaalama higa dhw ?

  11. nonns says:
    June 3, 2017 at 5:36 am

    Wow mi part varah obi. Oh my god. Wondering what will happen next..awesome job darling

    1. Aisha says:
      June 3, 2017 at 11:35 am

      Thank u nonns ?

  12. No name says:
    June 3, 2017 at 5:56 am

    V reethi mi baivx…amaan haadha selfish ey dhw…hehe

    1. Aisha says:
      June 3, 2017 at 11:36 am

      Thank u dear ?.. Hehe.. Aarn ?

  13. Z,M says:
    June 3, 2017 at 6:45 am

    Varah salhi ???

    1. Aisha says:
      June 3, 2017 at 11:37 am

      Thank u z,m ?❤

  14. hhhh says:
    June 3, 2017 at 10:51 am

    Varah reethi ingey ..
    Huvafenakun dho story mi nimuny???
    Lol
    ….
    Thnks …keep it up…

    1. Aisha says:
      June 3, 2017 at 11:39 am

      Thank u so much ? n welcome igey ?

  15. Noor says:
    June 3, 2017 at 11:11 am

    Superb as Always…waiting for the next part..??

    1. Aisha says:
      June 3, 2017 at 11:41 am

      Thank u noor ❤ happy to hear u that ?

  16. Yax says:
    June 3, 2017 at 12:30 pm

    Maan you really stinks?
    Aisha story varah salhi?
    By the way GWS afoo?

    1. Aisha says:
      June 3, 2017 at 3:49 pm

      Thank u yax ❤ afooge faraathunvex?

  17. Some one says:
    June 3, 2017 at 1:13 pm

    Reyga v othin story up veythww… Itss owkey ehaa bodah delay nuve ehnu. . . .
    V v v v lwbi story. . Alhe when nxt prt??

    1. Aisha says:
      June 3, 2017 at 3:50 pm

      Thank u dear ? Sunday ga

  18. Adha? says:
    June 3, 2017 at 1:32 pm

    Varah loabi mi part ves?
    Can’t wait to read next part ?…

    1. Aisha says:
      June 3, 2017 at 3:51 pm

      Thank u Adha ? tomorrow night ah wait kohlaa igey ?

  19. one day says:
    June 3, 2017 at 4:00 pm

    Vr reethi next part avahah up kurahchey.intresting???

    1. Aisha says:
      June 3, 2017 at 4:48 pm

      Thank u dear ?? in sha Allah yes ?

  20. kate says:
    June 3, 2017 at 6:31 pm

    This part is also beautiful

    1. Aisha says:
      June 3, 2017 at 8:49 pm

      Thanks Kate ?

  21. Ainth says:
    June 3, 2017 at 9:43 pm

    Salhi v reethi….Afoo ah maan this Hedy v sad gotheh maan I hate u…..maan Afoo ah maaf koh dehchey…waiting fr next pqrt

    1. Aisha says:
      June 3, 2017 at 10:22 pm

      Thank u ❤.. Higaa dho hadhaa gotheh balaalama ?

  22. Anonymous says:
    June 3, 2017 at 10:41 pm

    wowww.. haadha reechey mi part vx.. varah kiyaa hithun indha a nimuny.. waiting for another part

    1. Aisha says:
      June 4, 2017 at 12:18 am

      Varah ufaavehje kamudhaa gothah story genesdhevunieema ? thank u Anonymous ❤

  23. Ary says:
    June 3, 2017 at 10:51 pm

    V salhi, v kiyaa hithun kiyaa vaahaka ah mee, akm daily koh up kohdheyn v nu, inthixaaru kurevey vareh noon

    1. Aisha says:
      June 4, 2017 at 12:21 am

      Ehentha haadha ragalhey ❤.. Rodhamas noon nama Aisha dailykoh genesdhinieemus ekamu roadha mas vieema varah udhagu.. Ekamu balaan igey thihen ves veytho ? thank u dear ?

  24. Aishath says:
    June 4, 2017 at 7:08 pm

    Awesome…keep it up darling.♡♥♡

    1. Aisha says:
      June 4, 2017 at 10:46 pm

      Thank u aishath ?

  25. Shaaz says:
    June 4, 2017 at 8:29 pm

    Mirey up nukurantha.waiting

    1. Aisha says:
      June 4, 2017 at 10:52 pm

      Nooney ekamu lasvedhaane thankolheh

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (14)←


All Right Reserved!