Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކަުނި 21

ShaiShy Level 410 Stories100 Comments500 Comments
June 3, 2017 6 Mins Read
56 Comments

އެވަގުތު އެގޮތް މިގޮތަށް އެނބުރެމުން ތިރިއަށް ވެއްޓެމުންދާ ކައިޝާފެނުނެވެ. އީތަން އިހުނަށްވުރެ ބާރު ސްޕީޑްގައި ތިރިއަށް ދިޔައެވެ. މުޅިހަށިގަނޑުގައިު އަލިފާން ރޯވެފައިވާއިރު ދެލޯވަނީ ދިއްލިފައެވެ. އީތަން ހުށިޔާރުކަމާއެކީ ގޮސް ކައިޝާ ހިފަހައްޓާފައި މައްޗަށް އަރައިގެންދިޔައީ ވަރަށް ބާރަށެވެ. ކައިޝާއާއި އީތަންގެ ފަހަތުން އުދުހެމުން އައި ކަޅު ހިޔަނިތައް ހަޅޭލަވަމުން އަންނަނީ އަނގަ ފުޅާކޮށްގެންނެވެ. އެއްވެސް ސިފައެއް ވަކިނުވާ އެހިޔަނިތައް އީތަންއަށް ގޮވަމުން ދިޔައީ ވައި އަޑަކުން ބޫން އަޑު ލައްވަމުންނެވެ. ނާމާންކަމުގެ އިންތިހާއެވެ. ވިލާތައްވެސް ކަޅުވެގެން ދިޔައެވެ. ތަނެއްދޮރެއް ވަކިނުވެއެވެ. ކައިޝާގެ ދެލޯ މެރިފައިވާއިރު އީތަންގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަވަރަކަށެވެ. އީތަން ކައިޝާ ގޮވައިގެންގޮސް މަޑުޖެހިލީ ވަރަށް އުހުގައި ފޮރުވިފައި އިން ވިލާގަނޑެއްގެ މަތީގައެވެ.  އޭރުވެސް ކައިޝާގެ ހޭވެރިކަމެއް ނެތެވެ. އީތަން ކައިޝާގެ މޫނަށް ފުމެލިއެވެ. އިސާހިތަކު ކައިޝާގެ ދެލޯ ހުޅުވާލީ ވަރުބަލިކަމާއެކުއެވެ. “އީތަން…އަ..ހަރެން…” ކައިޝާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ވަނީ ވަރުބަލިވެފައެވެ. އަނެއްކާވެސް ކައިޝާގެ ދެލޯ މެެރުނެވެ. ކައިޝާގެ ވަށައިގެންވާ މަންޒަރުތައް ފުސްވާހެން ހީވިއެވެ. އާދަޔާ ޚިލާފަށް މީހާގެ ހަށިގަނޑު ފިނިވާހެންވެސް ހީވިއެވެ. ކަިއިޝާ އީތަންގެ މޫނަށް ބަލާލިއެވެ. އެވަގުތު އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ އީތަންގެ ފަހަތުން ފެންނަން ހުރި މީހަކަށެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ހުރި އިރު އެދެލޮލުން ފާޅުވަމުންދާ ރުޅިވެރިކަން އަލިފާނުގެ ސިފައިގައި ފެންނަމުން ދިޔައެވެ. އެމީހާގެ އަތާއި މުޅިގައިގައި ކަށިތަކެއް ފަޅާފައިވާއިރު ހަށިގަނޑުން ލޮނދިތަކެއް ފައިބަމުން ދިޔައެވެ. “އެ..އެ މީހާ..” ކައިޝާއަށް އެދިމާއަށް އަތް އުފުލާވުނީވެސް ނިކަން ހިތްވަރުންނެވެ. އީތަންއަށް އޭނަގެ ފަހަތް ބަލާލެވުނީވެސް ހަމަ އެވަގުތުއެވެ. އޭރު ޒިއަދަންގެ ހޫނު ނޭވާ އީތަންގެ މޫނަށް އިހުސާސްވިއެވެ. އެބެލުމުގައި އެހުރި ނުރައްކާތެރިކަމަކުން އީތަންގެ އަތްފައި ފިނިވެގެން ދިޔައީ ކައިޝާއާއި މެދު ވިސްނާލުމުންނެވެ. ޒިއަދަންގެ ކިބައި ސަލާމަތް ވުމަށް އޭނައަށް ކޮންމެ ފަދަ ކަމެއްވެސްް ކުރެވިދާނެއެވެ. ނަމަވެސް ކައިޝާ ސަލާމަތް ކުރާނެގޮތެއް އީތަންގެ ސިކުނޑިއަކަށް އެވަގުތު ނައެވެ. “ބޫން.ބޫން..އީ އީ އީތަން..!!!!” ޒިއަދަންގެ ފަހަތުން އެނބުރެމުންދާ ކަޅު ހިޔަނިތައް ފުމެމުން ހަޅޭލަވަމުން ދިޔައެވެ.  އޭރުވެސް ޒިއަދަންގެ ނަޒަރު އަމާޒުވެފައި ވަނީ ކައިޝާއަށެވެ. ” ކަލޭ ނިމިގެންދާނީ އަހަރެންގެ އަތުން.. ހީނުކުރާތި އަހަރެންގެ މަންމަ މާރަލުމަށްފަހު އަހަރެން މަޑުން ހުންނާނެކަމަށް..ދުވަހަކުވެސް އަހަރެން ކަލޭ އުފަލުގައި އުޅުނަ ނުދޭނަން..” ޒިއަދަންގެ އަޑު ބާރެވެ. އެއަޑާއެކުު މާދުރުގައި އޮތް ދެވިލާގަނޑު ޖެހުމުން ގަދަފަދަ އަޑުފަށްަގަނޑެއް އިވިގެން ދިޔައެވެ. އީތަން ސިހިގެން ދިޔައިރު ކައިޝާވެސް ބިރުން ރޫރު އަޅައިގެންދިޔައެވެ. “ޒިއަދަން  މިިކަނަްތައް އަހަރެމެން ދެމީހުންގެ މެދުގައި ބާއްވަމާ…ކީއްކުރަން ކޮންމެހެން އެހެން މީހުންނަށް އަނިޔާވެރިވާންވީ ދޯ؟” އީތަން ބެލީ ޒިއަދަންއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް އެކަމަކީ ބޭކާރު ކަމެކޭ އީތަންގެ ހިތަށް އެރިއެވެ. ޒިއަދަން އަކީ އެހެން މިހުން ދޭނެ ނަސޭހަތެއް އަޑުއެހުމަށްވުރެ މާ ގޮތް ދޫނުކުރާނެ މީހެއްކަން އީތަންއަށް ރަނގަޅަށް އެނގެއެވެ. ” އަހަރެންވެސް ބެލީ މިކަންތައް އަހަރެމެން ދެމީހުންގެ ދޭތެރޭގައި ބޭއްވުމަށް..އެކަމަކު ކަލެއަށް އެގޮތް ކަމުނުދިޔައީމަދޯ އަހަރެންގެ މަންމަ މަރާލީ..ދެންވެސް އަހަރެންވީ ހިމޭނުން ހުންނަންތަ؟ ނުވާނެ ތިކަމެއް..ހަނދާން ނައްތާލާ..ކަލެއާ ކަލޭގެ ބައްޕަ އެތައް ދުވަހެއްވަންދެން އިންތިޒާރު ކޮށްފީމެއްނު އަހަރެންގެ މަންމަ މަރުވޭތޯ..މިހާރު ދެން އެކަންވެސް އެވީނު..މިއަދު ދުނިޔެއަށް ގިނަވެފައި ބާކިވެފައި މިހުރީ އަހަރެން..ކަލޭމެންނަށް ހެޔޮވާނެ އަހަރެން މަރުވިޔަސް..އެކަކަމު ހާސް ނުވޭ އަހަރެން އެކަނި މަރެއް ނުވަނާނަް..ކަލޭގެ ދިރިއުޅުމުން މުހިއްމު މީހެއްގެ ފުރާނަ ޖަހައިގަންނާނަން..” ޒިއަދަންގެ އަޑު ތުރުތުރުލަމުންދިޔައެވެ. އެބަރު އަޑުން މުޅި ފަޒާ ގުގުމާލާފައިވާއިރު އެއަޑު އިވުނު މީހަކު ބިރުން ހަލާކުވާނެކަން ގައިމެވެ. އީތަން ބަލާލި ކައިޝާއަށެވެ. އޭރު ކައިޝާ އޮތީ އީތަންގެ އަތުތެރެއަށް ދެމިފައެވެ. ހީވާގޮތުން ބިރުން ހޭނެތުނީއެވެ. އީތަންއަށްވެސް މިގަޑީގައި ކައިޝާ ހޭއެރުވުމަށް މުހިއްމު ކަމަކަށް ނުވިއެވެ. އެއަށްވުރެ ޒިއަދަންްގެ ކިބައިން ސަލާމަތްވުން މުހިއްމެވެ. “ޒިއަދަން…!”  އީތަންގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ޒިއަދަންގެ ނިޝާނެއްވެސް އެތަނުން ފެންނާކަށް ނެތެވެ. އޭނާ އެހާ އަވަހަށް އެދިޔައީ ކޮންތާކަށްބާއެވެ؟ އަނެއްކާ ޒިއަދަން ކުރަން އެއުޅެނީ ކޮންކަމެއްބާއެވެ.؟ އީތަންގެ ހިތް ތެޅިލިއެވެ. ޒިއަދަން އެންމެ ފަހުން ބުނެލި ޖުމްލަ ހަނދާންވެސްވީ އެވަގުތުއެވެ. “ކަލޭގެ ދިރިއުޅުމުން މުހިއްމު މީހެއްގެ ފުރާނަ ޖަހައިގަންނާނަން..”  އީތަންއަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ޒިއަދަން އެއުޅެނީ އޭނަގެ މަންމަގެ ދުވަސް ދުއްވާލަންކަން ޔަޤީނެވެ. އީތަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިވަގުތު އެހީއަކަށް އެދި ގޮވާނި ކާކަށްކަމެއް ނޭނގެއެވެ. އީތަން ދެލޯ މަރާލަމުން ކައިޝާގެ އަތަށް ބާރުކޮށްލިއެވެ. އެވަގުތު އެވިލާގަނޑު ދެފަރާތަށް ހެލެމުންދިޔައީ އިަތަންގެ ހިތް ބުނަމުންދާ މަންޒިލަށެވެ.  ޖައްވުގެ ގަދަ ފިނީގެތޭރޭގައި އީތަންގެ ހާމައަށް ހުރި ހަށިގަނޑުގައި ފިނި ިފިނި ވައިރޯޅިތަށް ބީހެމުން ދިޔައެވެ.  އެތަށް އިރަކު މަތީގައި ދަތުރުކުރުމަށްފަހު އީތަންމެން ތިބި ވިލާގަނޑު ތިރިކޮށްލީ ދޮންވެލި ފިނޮޅަކަށެވެ. އެތަނުގައި ފަން ޖިފުޓިގަނޑެއް ފިޔަވައި އެއްވެސް އިތުރު އެއްޗެއް ނެތެވެ. އީތަން ކައިޝާ އޭނާގެ އަތްދަނޑިމަށްޗަށް ލައިގެން ވިލާގަނޑުމަތިން ފުންމާލިއެވެ. ސާފު ދޮންވެލި ތުނޑީގައި އީތަންގެ ފައިތިލަ ބީހިލުމާއެކު އެތަން އަލިވެގެން ދިޔައީ ގަދަ ރީނދޫ ކުލައެއްގެ އަލިންނެވެ. އީތަން އަޅަމުންދާ ކޮންމެ ފިޔަވަޅަކަށް ދޮންވެލިގަނޑު އަލިވަމުން ދިޔައެވެ. ފިރިހެންވަންތަ ހިނގުމެއްގައި އީތަން ދިޔައީ އެޖިފުޓިގަނޑާ ދިމާއަށެވެ. ފަނުން ހަދާފައިވާ އެތަނުގެ ދޮރުމަތިގައި ފާނޫޒު ބައްތިއެއް ދިއްލާފައި ހުއްޓެވެ. އީތަން ލޮލުން ކޮށްލި އިޝާރާތަކަށް އެތަނުގެ ދޮރު ހުޅުވިގެން ދިޔައެވެ. އެތާ އެތެރޭގައި ރޯނުފުރި އެނދެއް ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އީތަން ގޮސް ކައިޝާ އެތަނުގައި ބައްވާލިއެވެ. އަދި އެއަށްފަހު ކައިޝގެ ނިތުގައި ބޮސްދިނީ ލޯބިންނެވެ. އީީތަން ކައިޝާގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެއަށްފަހު ތެދުވެ ހަށިގަނޑު ތެދުކޮށްލްިއެވެ. އިތަންގެ އަތުން ފުށްޓަށްކެއް ޖެހުމާއެކު އެތަނަށް ތިން އަންހެނަކު ހާޒިރުވިއެވެ. އެމީިހުންގެ މޫނު އަނދިރިކަމުން ސިފަވަކި ކުރަކަށް ނޭނގެއެވެ. ” މިއީ އަހަރެންގެ އަމާނާތެއް ..އަހަރެން އެނބުރި އަންނަންދެން ރައްކާތެރި ކުރާތި!” އިތަންގެ އަޑުގައި ވަނީި ސާބިތުކަމެވެ.  ކައިޝާއަށް ގެއްލުމެއް ވިއްޔާ  އޭނަ އަމިއްލަ ނަފުސަށް މާފެއް ނުދެވޭނެއެވެ.  “ލައްބަ ސާޙިބާ!..އަހަރެމެން ފުރާނަ ޤުރުބާން ކޮށްގެންވެސް ތިއެދުން ފުރިހަމަ ކުރާނަން..” އީތަންގެ ޚާދިމުންނަކީ އެފަދަ ދެވަނައެއް ނެތް ބަޔެކެވެ. މިވީހާތަނަށް އޭނަ ކުރަން ބުނި ކަމެއް ނުވެފައެއް ނެތެވެ. އީތަން އޭނަގެ ޚާދިމުންނަށް އިތުބާރު ކުރެއެވެ.  ” ވަރަށް އަވަހަށް އަންނާނަން..ކައި ބަސްއަހާލައިގެން ނިދާލާ އިނގޭ..” އީތަންގެ ގުދުވެލަމުން ކަިއޝާގެ ކޮލުގައި ބޮސްދިނެވެ. އަދި ބޮލުގައި ފިރުމާވެސް ލިއެވެ. ކައިޝާ އެކަނި ބާއްވާފައި ދާން ހިތެއް ނުރުހެއެވެ. ނަމަވެސް މިވަގުތު އީތަން ދިޔުން ކޮންމެހެންވެސް މުހިއްމެވެ. އެހެން ނުނީ ކުށެތް އިންސާނަކު މިދުނިޔެ ދޫކޮށްފާނެއެވެ. އީތަން އެޖިފުޓިގަނޑުން ނިކުމެ މައްޗަށް ބަލާލިއެވެ. އެވަގުތު ވަރަށް މަތިން އުދުހެމުންދާ ބޮޑު ބާޒެއް ފެނުނެވެ. އާދަޔާ ޚިލާފަށް ބޮޑު އެބާޒު އެދުހެމުންދަނީ އެފިނޮޅުމަތިންނެވެ. އިީތަން ތުނބުން ފުމެލިއެވެ. ހަމައެއާއެކު އެ ބާޒު އުދުހިލާފައި ތިރިއަށް އައެވެ. އީތަން އެބާޒުގެ މައްޗަށް އެރުމާއެކު އޭތި މައްޗަށް އަރައިގެން ގޮސް ވިލާތަކުގެ ތެރެއަށް ގެއްލުނެވެ.

 

” ހެޔޮނުވާނެ..އަހަރެންނަށް ތިހެން ނުހަދާ..އަހަރެންގެ އޮތީ ކޮންކުށެއް..އާދޭސް ކުރަން ﷲއަށްޓާކައި ބިރުވެތިވޭ..” ހުސްނާ ދިޔައީ ހަޅޭލަވަމުންނެވެ. އަތެއްފަޔެއް ގުޑުވާނުލެވޭ ވަރަށް ވާންކޮށްއައްސާފައި ވަނީ ހިލިހިލާއަކުންނެވެ. ކުރިމަތިގައި ހުރީ ޒިއަދަން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އީަތަންގެ ސިފައިގައި ހުއްޓަސް ހުސްނާއަށް އޭނަގެ ދަރިފޅުު ވަކިކުރަން އެނގޭނެއެވެ. އީތަންއަކީ އެހާ ރަޙުމު ކުޑަ މީހަކަށް ނުވާނެކަން ގައިމެވެ. ” އަހަންނަކަށް ނޭގެ..ތީ ކާކުކަމެއްވެސް..އަދި ތިއުޅެނީ ކޮންބޭނުކަމު ކަމެއްގައިކަންވެސް..” ހުސްނާގެ ހިތުގައި ވަޅުލެވިފައިވާ ސުވާލު ފެންމަތި ކޮށްލިއެވެ. ޒިއަދަން ޖަހައިލީ ހިނިގަނޑެކެވެ.  “އަހާނ! އަހަންނަކީ ކާކުކަން ނޭނގުނިއްޔާ ދެން ކީކޭ ބުނާނީވެސް..ކަލޭގެ ލޯބިވާ ފިރިމީހާ ނުބުނޭތަ އޭނަގެ އީތަން ފިޔަވާ އިތުރު ދަރިޔަކު ހުންނަ ވާހަކައެއް؟..ވެލް އެދަރިޔަކީ އަހަރެން..އަހަންނަކީ ޒިއަދަން..އަހަރެންގެ ނަމުން އެކަނި ވެސް އެތައް ބަޔަކު ބިރުގަނެ ޖެހިލުންވޭ..އަހަންނަކީ ކަލޭގެ އީތަން ކަހަލަ އާދައިގެ އިންސާނެއްނޫން..އެތައް ބާރުތަކެއް ލިބިގެންވާ ޖިންނިއެއް..” ޒިއަދަންގެ ބަރު އަޑުން ހުސްނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެއަޑުގައިވެސް ވަނީ އިންތިހާ ދަރަޖައިގެ ނުރައްކާތެރިކަމެވެ. ނަމަވެސް ޒިއަދަންގެ ބަހަށް އެއްބަސް ވެވޭކަށް ނެތެވެ. އޭނަގެ އީތަންއަކީ އާދައިގެ އިންސާނެކޭ ބުނެވޭކަށް ޖާގައެއް ނެތެވެ. އިންސާނުންނަށް ލިބިގެން ނުވާ ބާރުތަކެއް އީތަންއަށް ލިބިގެންވެއެވެ. އެކަމުގެ ފަހަތުގައިވެސް ސިއްރެއްވާނެކަންގައިމެވެ. ހުސްނާ ހިނިތުންވެލިއެވެ. އޭނަގެ ދަރިފުޅު ހުއްޓާ ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ހާސްވާން ޖެހޭނީ ޒިއަދަން އެއް ނޫންހެއްޔެވެ؟ “މޮޔަވީތަ..ފިރިމީހާގެ ބޭވަފާތެރިކަން ހިތަށް އެރުމުން އެރިހުން ބަރުދާސްތު ނުކުރެވުނީތަ؟..ތީ އޭ އާދައިގެ ކަޓު އިންސާނުންގެ ވައްތަރަކީ..ވަރަށް އިމޯޝަނަލްވާނެ..ތިމާގެ އުފާތަކަށްވުރެ އެހެން މީހުން މުހިއްމުވާނި..ގަމާރު އިންސާނުން..” ޒިއަދަންގެ އަޑުގައި ވަނީ މަލާމާތެވެ. ހަޤީގަތުގައި ޒިއަދަން ކިތައްމެ ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް އީތަންއަކީ ވަރަށް ޚާއްސަ އިންސާނެއްކަން ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. ހުސްނާގެ ހިތަށް އެވާހަކަ ތަކުުން އެއްވެސް އަސަރެއް ނުކުރިއެވެ. ހަޤީގަތުގައި ޒުއްނޫރުގެ ބޭވަފާތެރިިކަން އޭނައަށް ވަނީ ކޮންމެވެސް ވަރަކަށް ވަޒަންކުރެވިފައެވެ. ހުސްނާ އިތުރަށް ޒިއަދަންއާ ވާހަކަދައްކާކަށް ގަސްތެއް ނުކުރިއެވެ. އެހެން ކަމުން ކެތްތެރިވާހާލު އެކަލާނގެއަށް ވަކީލުކޮށްލައިގެން އޮތީ ދެލޯ މަރާލައިގެންނެވެ. އެވަގުތު ހުސްނާގެ އަތާފައިގައި އައްސާފައިވާ ދަގަނޑު ހިލިިލިލާ ހޫނުވަމުން ދިޔައެވެ. “އާޙް!..” މޫނުގައި ލައްވާފައިވާ ފާރުގަނޑު އަދި ނުހިކެއެވެ. ޒިމްރީނާގެ ފަރާތުން ލިބުނު އަނިޔާއާއި ބަލާފައި ޒިއަދަން މިކުރާވަރު ވަކިން ބޮޑެވެ. އެހެން ނަމަވެސް ހުސްނާގެ އަނގައިން މަޑު އާހެއް ފިޔަވާ އިތުރު އެއްވެސް އަޑެއް ނުނިކުމެއެވެ. އޭނައެއީ ކެތްތެރި ވުމަށް ކުޅަދާނ އަންހެނެކެވެ. ޒިއަދަން އެކުރަމުންދާ ގޯނާއަށްވެސް ކެތް ކުރާނެއެވެ. ޒިއަދަންގެ އަނިޔާވެރިކަން ހުރީ ކިހާ މިންވަރަކަށް ކަން  ހުސްނާ ވަޒަން ކުރާނީ ކެތްތެރިވެގެންނެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް ހުސްނާ އާދޭހެއް ނުކުރާނެއެވެ. ޒިއަދަންގެ ކުރިމަތީގައި ބަލިކަށިވާކަށް ހުސްނާ ބޭނުމެއް ނޫނެވެ. ހުސްނާއަށް ވަމުންދާ ގޮތް ފެނުމުން ޒިއަދަންގެ ހިތަސް ބަޔާން ކުރަންދަތި އުފަލެއް ލިބެމުން ދިޔައެވެ. އޭނަގެ އެދުމަކީ މިމަންޒަރު އީީތަންގެ ލޮލުން ދެކިލުމަށެވެ. މަޔަކު މަރަށް ތެޅޭމަންޒަރު ފެނުމުން އެވާދެރަ އީތަން އިހުސާސް ކުރަން ޖެހޭނެއެވެ. އޭނަ އުފުލި ވޭނާއި ކެކުޅުން އީތަންވެސް އިހުސާސްކުރަން ޖެހޭނެއެވެ. އެފަދަ ލައްގަޑެއް އީތަންގެ ހިތުގައިވެސް ލެވެން ޖެހޭނެއެވ.ޒިމްރީނާ މަތިން ހަނދާވުމާއެކު ޒިއަދަންގެ ލޭކެކި ގަތެވެެ. އޭނަ ހުސްނާ މަރާލާނީ ހިތް ފުރޭވަރު ވުމުންނެވެ. ލަސްލަހުން އަނިޔާދެމުންނެވެ. އެވޭނުގައި ހުސްނާ ތެޅެމުންދާމަންޒަރު ފެންނަ ކޮންމެފަހަރަކު ޒިއަދަންގެ ހިތަށް ފިނިކަން ލިބެއެވެ. ” ނަސީބެއް އަހަރެންމީ ބަލިކަށި މީހެއްގެ ދަރިޔަކަށް ނުވިކަން..އީތަން ކަހަލަ މީހަކަށް ނުވިކަމީ އަހަރެންގެ ނަސީބު..އެހެން ނުނީ އަހަރެން ޖެހޭނީ އެކަކު ސަލާމަތް ކޮށްފަ އަނެކަކު ސަލާމަތް ކުރަން..އެކަހަލަ ބޭކާރު ކަމަކަށް ވަގުތެއް ނެތް..ބަޓް އައި އޭމް ޓްރޫލީ އެން ޖޯއިން ދިޒް މޮމެންޓް..މިދުވަސް ޖެހޭނ ކަލަންޑާރުގައިވެސް ފަވާލަން..އެތަށް ދުވަހަކަށްފަހު ހިނިތުންވެލާނެ ފުރުސަތެއް ލިބިއްޖެ.. އަދި އެވެސް އަހަރެންގެ އެންމެ ބޮޑު ދުޝްމިނަށް ދެރައެއް ދެވޭތީވެ..އެކަމަކު ދެރަ ތަންކޮޅަކީ މިހާ އެކްސައިޓިން މޮމެންޓެއް އީތަން މިސް ކޮށްލީމަ..އޯހް އަދި ކަލޭގެ ފިރިމީހޭވސް ބަލަން ހުންނާނެނަމަ މަންޒރު ފުރިހަމަ ވާނީ” ޒިއަދަންގެ އަޑުގައި ވަނީ މަލާމާތެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން އީތަންއަކީ ބޭކާރު، އާރެއް ބާރެއް ނެތް މީހެއްކަމަށް ސިފަކޮށްދޭން އުޅުނަސް ހަޤީގަތުގައި ޒިއަދަންގެ ހިތުގެ އަޑިން އަބަދުސް އީތަންގެ ނަސީިބާއިމެދު ހަސަދަވެރިވެއެވެ. ހިމާޔަތް ކުރާނެ ބައްޕައެއް އެބަހުއްޓެވެ. އިންތިހާއަށް ލޯބިވާ މަންމައަކާ ހަޔާތުގެ ބައިވެރިއެއް އެބަހުއްޓެވެ. ހުރިހާއެންމެންވެސް އީތަން ދެކެ ލޯބިވެއެވެ. އެހެނޭ ކިޔާފައި ޒިއަދަން މީ ކާކުހެއްޔެވެ؟ ރުޅިން އެދެލޯ ވިދާލީ ކަރުނަޔާއެކުގައެވެ. ޒިދަން އޭނަ އަތުގައި ވާ ދޮންދަގަޑު ނަގާ ހުސްނާގެ ފަލަމަސްގަނޑަށް ކޮށްޕާލިއެވެ.”އާހް! މަންމާ!..މީހެކޭ..އީތަން..ނޫރު..އަހަރެން ސަލާމަތްކުރޭ..” ހުސްނާއަށް ހަޅޭލަވާގަނެވުނީ ވަރަށް ބާރަށެވެ. ޒިއަދަންގެ ދެލޯ ވިދަމުން ދިޔައީ ލޭރަތް ކުލައިގައެވެ. ލޮލުގެ ކަޅި ފެންނަން ނެތްއިރު ބޮލުގެ މެދުން ކަށިތަކެއް ނިކުންނަމުންދިޔައެވެ. މުޅި ހިސާބުގައި ފަރުހަކިވަސް ހިތްޕާލިއިރު ހުސްނާއަށް އޯކާވެސް ދެމެވުނެވެ. ޒިއަދަން އަނެއްކާވެސް އެދަނގަނޑު ނަގާ ހުސްނާގެ ސަލާމަތުން އޮތް ފަޔަށް ކޮށްޕާލިއެވެ. ހުސްނާގެ ދެފައިން ލޭތަށް އޮހޮރިގަތީ ފެންކޯރެއް ފަދައިންނެވެ. ޒިއަދަން އޭނާގެ ހިމަދިގު ނިޔަފަތިތަށް ހުސްނާގެ މެޔާދިމާއަށް ދިއްކޮށްލިވަގުތު އެތަނުގެ ފުރާޅު ވިއްސައިގެންދިޔައީ ގަދަފަދަ ވަޔާއިއެކުގައެވެ. އެއަޑަށް ޒިއަދަން ސިހުނުވަރުން އެއްލިގެން ދިޔައެވެ. ވައިގަދަވެގެން ދިޔައީ އިންތިހާއަށެވެ. ހުސްނާ ބާއްވާފައި އޮތް އެނދުވެސް ވިއްސައިގެން ގޮސްދާނެހެން ހީވާފަހަރު އާދެއެވެ. މެރެމުންދިޔައި އެސްފިޔަތަށްދަށުން ހުސްނާއަށް ފެނުނީ  ޒުއްނޫރުގެ މޫނެވެ. އެވަގުތު ހުސްނާގެ ތުންފަތް މަތީގައި ހިނތުންވުމެއް ދުވެލިއިރު ޒުއްނޫރުގެ ދެލޯވިދަމުން ދިޔައީ ކަރުނައިންނެވެ. ވަރުގަދަ ޒަލްޒަލާއެއް ފަދަ ބިންހެލުމަކާއެކު އެމީހުން ތިބި ފަޅުރަށަށްވެސް ލޮޅުންއަރައިގެން ދިޔައެވެ. ޒުއްނޫރުގެ ރުޅިވެރި ދެލޯ އަމާޒުވެފައި ވަނީ ޒިއަދަންއަށެވެ. މިނޫނީ ދުވަހަކުވެސް ޒުއްނޫރުގެ ފަރާތުން ހަރުކަށިކަމެއް ފެނިފައި ނުވާތީވެ ޒިއަދަންގެ ހިތަށް ނުބައި ގޮތްތަކެއް ވިއެވެ. އެހެން ނަމަވެސް އޭނާ ހުރީ ގޮތްދޫ ނުކުރަން ހުވާކޮށްގެންނެވެ. ބައްޕައަށް ވިޔަސް ހެވެވެ. ޒިއަދަން ހުންނާނީ އޭނާގެ ގޮތުގައެވެ. ޒުއްނޫރާއި ޒިއަދަންގެ ބޯމަތިން ތިރިވި ބޮޑުބާޒުގައި އިން އީތަން ފެނުމާއެކު ޒިއަދަންގެ ލޭކެކިގަތެވެ. ފުންމައިގެން ގޮސް އީތަންގެ މެއަށް ހަންޖަރެއް ކޮށްޕާލަން ހިތަށްއެރިއެވެ. “ކަލޭގެ ހުރި ނުބައިކަން ދެކެބަލަ..ތީ ހަމަ ނުލަފާ މީހެއް..އަހަރެންގެ މަންމަގެ ޤާތިލެއް..” ޒިއަދަން ބުއްދި ފިލާދިޔަކަހަލައެވެ. “ޚަބަރުދާރު..ވަރަށް ކެތް ކޮށްފިން..ކަލެއާ ކަލޭގެ މަންމަގެ އަޖަލު ޖެހޭނީ ހަމަ އެއްގޮތަކަށް..އީތަންގެ ގައިގައި އިނގިލީ ކުރި ޖައްސާލިޔަސް އަހަރެންގެ ހުރި ނުިބައިކަން ދައްކާލާނަން..މިވިހާ ދުވަހުވެސް އަހަރެން ކެތް ކުރީ ޒިމްރީނާއަށްވެފައި އޮތް ވަޢުދެއްގެ ސަބަބުން..އެކަމަކުދެން އިތުރަށް އަހަރެންގެ އާއިލާއަށް ގެއްލުމެއްދޭން ހިތށްވެސް އަރުވާލައިފިއްޔާ އަހަރެން ހަނދާންނައްތާލާނަން ޒިއަދަން ކިޔާ ދަރިއެއް ހުންނަކަން..”ޒުއްނޫރު ގޮސް ޖެހިގައތީ ޒިއަދަންގެ ގައިގައެވެ. އޭނާގެ އަތް ވަނީ ޒިއަދަންގެ ކަރުގައި ހިފާ ވާންކޮށްލާފައެވެ. ދެލޮލުން ލޭކަރުނަ ފައިބަމުންދާއިރު ޒުއްނޫރުގެ ސިފަވަނީ ބަދަލުވެފައެވެ. ކަޅު ދެލި ކުލައަރާ މޫނަކާ ހުދު އިސްތަށިގަނޑެކެވެ. ދެފައި ބިންމަތީގައި ނުޖެހޭއިރު ހަށިގަނޑުން ދުން އަރަމުން ދިޔައެވެ. އީތަންއަށް އޭނަގެ ބައްޕަގެ މިސިފަ އެފެނުނީ އަލަށްކަމުން ދެލޯބޮޑުކޮށްލައިގެން ބަލަން ހުރެވުނީއެވެ. “ދަރިފުޅާ މަންމަ ގޮވައިގެން އަވަހަށްދޭ..ވަގުތެއްނެތް..މަންމަ ސަލާމަތް ކުރެވޭތޯ ބަލާތި!” ޒުއްނޫރުގެ އަޑު ބާރެވެ. އީތަން ދިޔައީ ސިހިގެންނެވެ. އީތަން އޭނަގެ މަންމަ ކައިރިއަށް ޖެހިލިއެވެ. ހުސްނާގެ އަތާއި ފައި އައްސާފައިވާ ހިލިހިލާގައި އީތަންގެ އަތް ޖައްސާލުމާއެކު އެހިލިހިލާ ވިރިގެން ދިޔައެވެ. އީތަން އަވަސް ހަރަކާތަކާއެކު އޭނަގެ މަންމަ ނަގާ ދެއަތްމައްޗަށް ހިއްލާލުމަށްފަހު އެއްކަލަ ބޮޑު ބާޒުގެ މައްޗަށް އަރާ ހަމަޖެހިލިއެވެ. ހަމައެއާއެކު އެބާޒު އުދުހިގެން މައްޗަށް އަރައިގެން ދިޔައީ ޒިއަދަންގެ ލޯ ކުރިިމަތިންނެވެ. ” އަހަރެންގެ ކިބައިން ސަލާމަތްެ ނުވާނެ…ދުވަހަކުވެސް ނުޥާނެ..” އެބަސްތަށްވީ ޒިއަދަންގެ ހިތުގެފުންމިނުގައެވެ. އޭނަ އީތަން ހޯދާނެއެވެ. އަދިއެއަށްފަހު  ރަހުމުކުޑަގޮތަކަށް މަރާލާނީ ޒުއްނޫރުގެ ކުރިމަތީގައެވެ. ޒިއަދަން ބަލާލީ ޒުއްނޫރާ ދިމާއަށެވެ. އެވަގުތު ޒުއްނޫރުގެ ދެލޯވެސް އަމާޒުވެފައި ހުރީ ޒިއަދަންގެ މޫނަށެވެ. ދެބަފައިންގެ އެހިމޭންކަން  އެތަށް ވާހަކެއް ދައްކައިފިއެވެ. ދުލުން ހާމަކުރުމެއްނެތި  އެތައް ކަމެއް ނިންމައިފިއެވެ. ” ކަލޭ ދެން އެމިހުންނަށް އަނިޔާާއެއްދޭން ހިތަށްވެސް ނާރުވާތި..” ޒިއަދަންގެ ކަރުން އަތް ދޫކޮށްލަމުން ޒުއްނޫރު ދިނީ ވަރުގަދަ އިންޒާރެކެވެ. ދެލޮލުން ފާޅުވަނީ ރުޅިވެރިކަމެވެ. ޒިއަދަން ބިންމައްޗަށް ވެއްޓުނެވެ. ހަރަކާތެއް ނުގެނެސް އެއިން ގޮތަށް އިންދާ ޒުއްނޫރު ގެއްލިގެން ދިޔައެވެ. ހަމަ އެވަގުތު ޒިއަދަންގެ ކަރުބުޑުން ހަޅޭލަވާގަތެވެ. އެއަޑުގައި ހުރި ބާރަކުން އެރަށުގައިވާހާ ރުއްގަހެއް މުލުން ލުހިގެން މައްޗަށް އަރައިގެން ގޮސް ތިރިއަށް ފައިބައިގަތީ ނާމާން ގޮތަކަށެވެ. ހަމަ އެވަގުތު ކަނޑުގެ އަޑިން ފޮނުގަނޑެއް ކައްކާލުމަށްފަހުު ބޮޑު ކަކުނި ބައިގަނޑެއް އެރަށުގެ ގޮނޑުދޮށަށް ބީއްސާލިއެވެ. އެކަކުނިތަކުގެ އަމާޒު ހުރީ ޒިއަދަން ހުރި ގެއާ ދިމާއަށެވެ. އެއްވެސް އިތުރު ދިރުމެއް ނުވާ އެފަޅު ރަށުން އިވެނީ ބުޅާގޮވާ ފަދަ ނާމާން އަޑެކެވެ. އެހެން ނަމަވެސް އެއަޑު އަންނަނީ  ކޮންދިމާއަކުން ކަމެއް ނޭނގެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (42)

Next

ވޭނީ ލޯބި

Next
June 3, 2017

ވޭނީ ލޯބި

Previews
June 2, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (42)

56 Comments!

  1. Jjeyツ says:
    June 3, 2017 at 12:25 am

    Yey. me frst dhi?.

    1. kayashandy says:
      June 3, 2017 at 12:31 am

      ahaha…so hws it? did u enjoyed reading? btw thank u jj:)

    2. Jjeyツ says:
      June 3, 2017 at 12:41 am

      Adhi mi nimunee kiyaa.v salhi ingey?. Waiting for next part?

    3. kayashandy says:
      June 3, 2017 at 12:44 am

      awwn ehenthr jj..m glad dat u liked this part too n so happy to hav such lovely reader..:)

  2. kayashandy says:
    June 3, 2017 at 12:29 am

    hello n welcome to 21st part of ‘kakuni’ hope u all r still waiting..n m v thankful to all de lovely readres..its been bxy days but m glad dat i cud manage few hours to type this story for my lovely readers..alhamdhulillahi!
    keep waiting:) i ll up next part ASAP:) so keep looking

    nyts n hv a blessed ramzaan 🙂

  3. Adha? says:
    June 3, 2017 at 12:33 am

    ?varah reethi? nd varah biruveri? waiting 4 next part ✏…………..

    1. kayashandy says:
      June 3, 2017 at 12:35 am

      awwwnn dear..thank u so much Adha..happy to ur comment:) keep waiting:)

    2. Adha? says:
      June 3, 2017 at 12:56 am

      Sure i will wait cuz ur storys are one of the best? kayashandy ❤

  4. aish says:
    June 3, 2017 at 12:48 am

    Alhe. Adhi kiyan beynun ?
    Maa avahah thi ninmaaly. Vvvvvvvvvvv salhi ingey

    1. kayashandy says:
      June 3, 2017 at 12:54 am

      hehe…thank u so much for ur interest..keep waiting aish:)

  5. Mz says:
    June 3, 2017 at 12:56 am

    Varah reethi.Varah biru veri next part thankol
    heh avas khodhechey varah kiyaahithun meeny

    1. kayashandy says:
      June 3, 2017 at 1:00 am

      owww..ehntr Mz…happy to knw dat u liked this story..:) thank u sooo much…i lll try my best to up ASAP but as u all knw its really hard to spare time during ramzann.. so understand vaanekamh hope kuran:) keep waiting:)

  6. Niy says:
    June 3, 2017 at 1:17 am

    Habeys e buneveynee

    1. kayashandy says:
      June 3, 2017 at 5:01 am

      thank u soo much niy..:)

  7. Aish says:
    June 3, 2017 at 1:34 am

    Obinexxxxxxxx to the maxxxxxxx..hama speach less..vvvvvvvvvvv reeethi…waiting for the nxt epi☺️

    1. kayashandy says:
      June 3, 2017 at 5:02 am

      wwwnnn ehenthr Aish…v ufaavehjje like veema..thank u sooo much for ur support:)

  8. who am i? says:
    June 3, 2017 at 4:39 am

    vvvvvvvvvvvvvvvvvvvvvvvvvv reethi mi part ves..???
    btw you’re my favourite writter ☺
    Adhi nukiyan mihaa reethi vhk eh❤ keep it up dear!❤

    1. kayashandy says:
      June 3, 2017 at 5:03 am

      ehenthr dear…:) i dnt knw wat to say but i am v happy to c ur comment:) thank u for always supporting:)u r a lovely reader:)

  9. Vaahaka says:
    June 3, 2017 at 4:42 am

    Genes dheyleh maa las 3 4 dhuvas nagaa mihaaru

    1. kayashandy says:
      June 3, 2017 at 5:05 am

      ehenves vaane dear..aslu time nuvaathyve nuliyevenee…ekamves v try kuran avahah genesdheveythw..:)

  10. Vaahaka says:
    June 3, 2017 at 4:44 am

    Unmeedhukuran maadhan es up kohlaaneh kamah

    1. kayashandy says:
      June 3, 2017 at 5:05 am

      in sha allah..:) thank u:)

  11. Book Lover says:
    June 3, 2017 at 4:51 am

    Hi kayaaa!!
    Mioh ziadhan eh dhoo!!??Eyna haadha amilla edhun bodey!! But i think i get the point, Ziadhan aslu ehunnany dheravefa meehun eyna baakee kuraathy but eyna ah ves visnen jeheyne dho ehen e vany hama eyna ge sababun kan! Mi Ziadhan ah visneyne dhuvahe adhi annaane…. Balaathi!!
    Btw… Kaya, your stories are the best of the best!!!!??

    1. kayashandy says:
      June 3, 2017 at 5:08 am

      awwwnnn… thank u soooo much book lover :)..ufaavejje readers mi story balaigannaathyve especially u for always thinking about evry single area in the story so i juz hope i can end it like as hw its going:) keep waiting dear:)

  12. Aish says:
    June 3, 2017 at 4:54 am

    Varah nys adhi kithah part ihnaanethr

    1. kayashandy says:
      June 3, 2017 at 5:10 am

      thank u so much…:) i cnt say it Aish cux de story runs in my mind n m simply writing down..knme dhuvahakuves up mikuraneee edhuvaheige part liyevuneema…so ehenveema undhangu ehen bunan..keep waiting:)

  13. Khajja says:
    June 3, 2017 at 5:22 am

    Wow masha allah v v v rythi n husnaa ashaa kai ah dheragotheh nuhadhah chey eethan avahah mamma ah faruvaakureveytho balaa mamma salaamaiykurey?? stry v furihama ❤❤❤???? keep it up n waiting nxt prt

    1. kayashandy says:
      June 3, 2017 at 5:28 am

      thank u so much..ethan hoadhan vee ey manma salaamai kuran..miulheny ethan dhiya thanei neyngigen..:( btw m v happy u liked it:) keep waiting:)

  14. nonns says:
    June 3, 2017 at 5:22 am

    Oh my god. That was creepy. I enjoyed the story. Keep it up kaya. When next eposide?

    1. kayashandy says:
      June 3, 2017 at 5:30 am

      hheheh..hama ehaa creepy tha? btw thank u nonns..next part ASAP:) will try to do my best to bring it on tmrw nyt…keep waiting dear:)

  15. Naavee says:
    June 3, 2017 at 6:19 am

    V v v salhi vaahaka

    1. kayashandy says:
      June 3, 2017 at 4:54 pm

      thank u soo much naavee:)

  16. Jinn says:
    June 3, 2017 at 8:49 am

    Story varah reethi. Aslu mi story mihaa interest vany meege komme character akay ves varah bodah focus koffa hunnaathy kamah fennany. Ehen veema komme character eh ves varah interesting. Ziyadhan mi hurihaa nubaikameh kuraairuves readers ge sympathy ves libey kahala situations thakeh ves mi story ga eba huri. Baeh comment thakunves ekan faahaga vey. Ehenveema mi story varah molhu. Love you kayaa (As a reader??) and thanks

    1. Saandy says:
      June 3, 2017 at 2:00 pm

      Totally agreed 🙂

    2. kayashandy says:
      June 3, 2017 at 4:54 pm

      thank u so much lovely jinn…m happ to c ur sweet comment:) love u (as a writer) hehhe:)

  17. hhhh says:
    June 3, 2017 at 11:01 am

    Mummy ….
    Its really scary ..
    But ❤❤❤❤❤❤❤❤❤❤❤❤❤ this part toooooo…….
    Thnks kayashandy..

    1. kayashandy says:
      June 3, 2017 at 4:53 pm

      aslutha? but i dnt think adhi ehaa creepy vihenei..hhehebtw thank u hhhh

  18. silver mist says:
    June 3, 2017 at 11:28 am

    Wow? v v v reethi?
    v Wait kurevey nxt part ah…

    1. kayashandy says:
      June 3, 2017 at 4:51 pm

      keep waiting:) thank u dear:)

  19. Yax says:
    June 3, 2017 at 12:17 pm

    Ohh
    Speachless
    I love it!!
    Thankyou kaya?

    1. kayashandy says:
      June 3, 2017 at 4:51 pm

      ohh thank u so much yax:)

  20. IENNAH says:
    June 3, 2017 at 1:09 pm

    Waiting for the next part… ?

    1. kayashandy says:
      June 3, 2017 at 4:50 pm

      thank u IENNAH:)

  21. Saandy says:
    June 3, 2017 at 2:02 pm

    WOW… I really like this story… V v interesting… Waiting for the next part… Thihaa bixykoh ulhemunves ehaa ehaa gina dhuvas nukoh story genesdheythy v ufaavey… Keep it up Kaya 🙂

    1. kayashandy says:
      June 3, 2017 at 4:49 pm

      wel here is one of my fav reader..:) thank u dear saandy..m v happy to c ur comment n hope u ll always support me:)

  22. Naaaaa says:
    June 3, 2017 at 3:40 pm

    Waaaaaaauu… Vrh vrh salhi mi part vx.. Whn nxt part?? Waiting ingey..☺️☺️?

    1. kayashandy says:
      June 3, 2017 at 4:43 pm

      thank u sooo much naaaaa:) next part ASAP..keep waiting:)

  23. Jina says:
    June 3, 2017 at 3:57 pm

    Amazing story… neitha ehfaharaaa story ninmaaleveykah..

    1. kayashandy says:
      June 3, 2017 at 4:42 pm

      hhehe..thank u jina.. de story runs in my mind so if u want read de whole story dn u must hav my brain:)

  24. Ethan says:
    June 3, 2017 at 4:23 pm

    Alhe’ Ziadhan mi ulheny keekey hithah araigen tha….name in ves meehun biruganeyoa hehehehe .. story is astonishing as always!!! nd kaya , u r frm Addu dhw?? varah heevey thii Addu kuhjenhen

    1. kayashandy says:
      June 3, 2017 at 4:41 pm

      hhaha..noon..but i wud love to visit there..:) btw thank u so much dear..v hoadhaifin ethan ge comment ei fenethw:)

  25. Shu says:
    June 3, 2017 at 10:57 pm

    Kiyakiya indha mi part nimunu iruvx neyge…. Vvvvvvv nice mi story….. Keep it up

  26. Aisha says:
    June 4, 2017 at 1:07 am

    Adhi ehkoh mi kiyaalevuniee Aisha ah.. varah reethi mi story ❤.. Waiting 4 the next part ?

  27. #@Xi says:
    June 4, 2017 at 12:06 pm

    Varah reethi ….. alah mi comment kohlee ..hama support kohlaa vaahaka bunan…:-) kaya ge vaahaka tah varah reethi… next part konirakun ??? Avase kohdheeba ..kiyaala hithun hureweny eh nun <3 🙂

  28. kiaa says:
    June 4, 2017 at 10:40 pm

    Woww..stry vvv nice?..
    Vvvv interesting…
    keep it up kayaa..??
    When next eposide kaya.
    Waiting…waiting ingey??

  29. maaishahil says:
    June 5, 2017 at 5:44 am

    story aslu vvvv reethi. but hama nujehey thankolheh eba oiy. eethan ah beynun gadiehga gellifa ehen dhimaa akah dhevumuge baaru libifa huri iru emergency eh dhimaa vyma keehve egothah nuvaanvy? why use clouds and birds? dont worry.. ehen evves reader akah faahaga nuvaathy jst asked ingey. ur description thah mihaaru hama habeys. keep it up.

Comments are closed.

Next Episodeކަކުނި 22←


All Right Reserved!