“ސަލާމް..އަހަރެން ހޯދަން ތިހުރިހާ ދަލެއް އޮހޮރުވުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުނަން. ތިހެން އެޗެހިތަށް ޑީއެކްޓިވޭޓް ކޮށް ފޯނާ ނަންބަރު ވެސް ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މިހާރު މިހުރީ ތި މީހުންގެ ހަޔާތުގަ. ދެން އަހަރެން ބޭރަށް ލުމުގެ އެއްވެސް ބާރެއް ތިއިން އެކަކަށްވެސް ނޯންނާނެ. އެންޑް ހާޝިރް އާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތަ؟ ނެތް ދޯ.. ދެން ކާކުގެ ލޭކޯރެއްބާ ހެދޭނީ.. އިންތިޒާރުގަ. ތިމީހުންގެ މަރު” ހަތަރުމީހުންގެ ގައިންވެސް ހީބިހި ނަގާލައިގެން ދިޔައެވެ. “މީ […]
ސަމީހު އަރޫންއަށް ނޭންގޭ އެތަކެއް ވާހަކަތަކެއް ކިޔާދިނެވެ. ” ދަރިފުޅާ ނަމަނަމަ މަންމަ އަށް މިއިންކަމެއް އެނގުނަ ނުދޭތި.. ކުރިން އުޅުންގޮތަށް ދަރިފުޅުވެސް ހަމަޖެހިގެން އުޅޭނީ..” ސަމީހުގެ ވާހަކައަށް އަރޫން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ” ބައްޕާ އަޅުގަނޑު އަދިމިިއިނީ ހަނދާންނެތިފައޭ.. މިއޮތީ ބައްޕައަށް ރައްދުކޮށްދިނުމަށް އެދި މިޝާގެ ބައްޕަ ދެއްވި އެއްޗެއް.. ” ލާފައިހުރި ޖެކެޓްގެ އެެތެރޭން ނަގައި ފޮތްދިއްކޮށްލަމުން އަރޫން ބުންޏެވެ. އަރޫން އެފޮތް ހިފައިގެން އައީ އެއަމާނާތް އޭގެ އެންމެ އެދެވޭގޮތުގައި […]
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް އެއްމަސް ވެގެން ދިޔަ ގޮތެއްވެސް އަފްރީންއަށް ނޭނގުނެވެ. ހިތާމައިގެ ކަނޑަކަށް މީހާ އަރަގުވެފައިވާއިރު ދުނިޔޭގެ ލޯމައްޗަށް އޭނާ ދައްކަމުން ދިޔައީ އެހެން މަންޒަރަކެވެ. ނަމަވެސް އެކަނިވާ ވަގުތުތަކުގައި އެހިތުގައި އަޅާ ވޭން ދެނިވޮޑިގެން ވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މާހައުލުގައި ވަނީ ތެތް ފިނިކަމެއް ހިފާލާފައެވެ. އަފްހަމްއާއި ލިއުޝާ އަދި އަމާންއާއި އަފްރީން މަޝްވަރާކުރަމުން ދިޔައީ އަފްހަމްމެންގެ ކައިވެނި ޕާޓީގެ ތީމް ކުލައާއި ބެހޭ ގޮތުންނެވެ. ހަތަރު […]
ވަރަށް ބޮޑަށް އެކަމާ މެދު ވިސްނުމަށްފަހު އަހަންނަށް އެނގުނީ އެ ކޮޓަރިއަށް ވަދެވެން އޮތީ އެންމެ ގޮތަކުން ކަމެވެ. އެއީ ހަމްދޫނު އަތުން އެތަނުގެ ތަޅުދަނޑި ހޯދުންކަމެވެ. އަދި އެކަން ކުރެވޭނީ ހަމްދޫނާ އެކުވެރި ވެގެންކަމެވެ. މިފަހަރު އެކޮޓަރީގެ ސިއްރު ހޯދާފަ ނޫނީ އަހަރެން ހަމަނޭވާއެއް ނުލާނަމެވެ. އެހެންކަމުން އަހަރެން އެންމެ ފުރަތަމަ ބެލީ ހަމްދޫނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދޭތޯއެވެ. އޭނާގެ ދިރިއުޅުން ހުންނަގޮތެވެ. އެނާ އާންމުކޮށް ކުރާ ކަންތަކުގެ މައުލޫމާތެވެ. ހަމްދޫނުގެ ދިރިއުޅުމާ ގުޅިފާވަނީ […]
އިންތިހާ އަށް މީހެއް ދެކެ ލޯބިވުމަކީ ކުށަކަށް ވަންޏާ އެކުށުގެ ސަޒާ ލިބެނުންދާތާ އެތަށް އަހަރެއް ވެ ނިމިދަނީއެވެ. މާޔާއާއި ނަކީލް އާއި ދެމެދު ވައިރޯޅިއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތް އިރު މާޔާގެ ހިތްދިޔައީ ނެނގިނނެގި ފައި ޖެހެމުންނެވެ. “ކޮން… ކޮން ވާހަކައެއް..” މާޔާއަށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް އެހެން ބުނެވުނީ ސިއްރު ބޭޒާރުވިހެން ހީވުމުންނެވެ. ނަކީލް މާޔާ އުނަގަނޑުގައި އަތް އެޅުވުމަށްފަހު ގެނައި ހަރަކާތަކުން މާޔާ އައިސް ޖެނުހީ ނަކީލްގެ ތަނަވަސް މޭގައެވެ. ނަކީލް […]
އިހުސާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ އެއަށްފަހު އެދުމަތީގަ ދަބަސް ބެހެއްޓުމަށްފަހު އެދުގަ އިށީނެވެ. އެއަށް ފަހު މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓރީގައި ވަނީ އޭނާ އެމީހަކު ދެކެ އިންތިހާއަށް ލޯބިވި މީނާގެ ހަނދާން ތަކެވެ. އެ ހަނދާން ތައް އާވާން ފެށުމުން އިހުސާންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އިހުސާން އޭނާގެ ލޯތްބަށްޓަކާ ވީ ބޮޑު ގުރުބާނީގެ މަތިން ހަނދާން ނައްތާލާ އޭނާއަށް ޖެއްސިި ބިކަހާލެވެ. އޭނާގެ ބޮލުުގާ އެޅުވި ބޮޑު […]
އެއަޑުގައި ހުރި ބާރަކުން އެރަށުގައިވާހާ ރުއްގަހެއް މުލުން ލުހިގެން މައްޗަށް އަރައިގެން ގޮސް ތިރިއަށް ފައިބައިގަތީ ނާމާން ގޮތަކަށެވެ. ހަމަ އެވަގުތު ކަނޑުގެ އަޑިން ފޮނުގަނޑެއް ކައްކާލުމަށްފަހުު ބޮޑު ކަކުނި ބައިގަނޑެއް އެރަށުގެ ގޮނޑުދޮށަށް ބީއްސާލިއެވެ. އެކަކުނިތަކުގެ އަމާޒު ހުރީ ޒިއަދަން ހުރި ގެއާ ދިމާއަށެވެ. އެއްވެސް އިތުރު ދިރުމެއް ނުވާ އެފަޅު ރަށުން އިވެނީ ބުޅާގޮވާ ފަދަ ނާމާން އަޑެކެވެ. އެހެން ނަމަވެސް އެއަޑު އަންނަނީ ކޮންދިމާއަކުން ކަމެއް ނޭނގެއެވެ. *** އޭޑީކޭ ދޮރުމަތީގައި […]
އަޅުގަނޑު ލިޔަމުން ދިޔަ ވާހަކަ އެދެމޭ ކަލާޔާ ގާތުގާވުމަށް އަޕްނުވެ ލަސްވާތީ މައާފަށް އެދެމެއެވެ. ސަބަބަކީ އަޅުގަނޑަށް އޮންލައިން ނުވެވުމެވެ. ނަމަވެސް މިހާރު ދިމާވި މައްސަލަވަނީ އެޑްމިންއާ ގުޅުމަށްމަށްފަހު ރަނގަޅުކުރެވިފައެވެ. އަދި ލޮގްއިން ވެވުމުން ހުރިހާ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން އަވަސްވެލީމެވެ. އިންޝާ ﷲ އަޅުގަނޑުގެ ވާހަކަ މާދަމާގެ ވަގުތެއްގައި ކިޔާލަން ލިބިގެން ދާނެ ވާަހަކަދެންނެވީމެވެ.
އެ ސިހުމުގައި އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބި ދެމީހުންނަށް ހަމަހޭވެރިކަންވީ ކުޑަކުޑަ ޑިމީ ހޭންފެށި އަޑަށެވެ.އެއާއެކު ޔުއާން ޑިމީ އުރަން އަވަސްވެގަތް ނަމަވެސް އޭގެ ކުރިން ދިމްރާ ޑިމީ ޔުއާންގެ އަތުން ޖަހައިގެންފިއެވެ. އޭރު ދިމްރާ ހުރީ ޑިމީއަށް ކަމެއްވީނަމަ ކަންތައްވާނެ ގޮތް ހިތަށް އަރާ ބިރުވެސްގެންފައެވެ. އަދިހަމަ އެހެންމެ އެކަމާ ޔުއާންދެކެ ރުޅިވެސް އައިސްފައެވެ. “ހަމަ ހޭ ގަތަ ތިހުރީ..ހަމަހޭގަ ހުރިނަމަ މީ އަދި ކަންކަން ނުވިސްނޭވަރު ކުޑަ ކުއްޖެއްކަން ވިސްނުނީސް..ހަމަހޭގަ ހުރި މީހަކު […]