Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (12)

Aisha Level 3100 Comments10 Stories100 Login
May 31, 2017 8 Mins Read
77 Comments

ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އަފްރީން އިރު އިރު ކޮޅާ ފޯނަށް ބަލަމުން ދިޔައީ އަމާންގެ ހަބަރެއް ނުވުމުނެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނެއް ތެޅެމުން ދިޔައިރު ހިތްވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަނެއްކާ މާން ރަގަނޅު ހެއްޔެވެ؟؟ މިހެން ހިތައް އެރުމާއެކު އަފްރީންއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ފޯނު ނަގާ އަމާންގެ ނަންބަރައަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެފަހަރަކު ފޯނު ރިންގުވެފައި އެކޮޅުން އަމާން ހަލޯއޭ ބުނެލި އަޑު އިވުމުން އަފްރީންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “އަފޫ” އަމާންގެ އަޑު ދެވަނަ ފަހަރަށް އަފްރީންގެ ކަންފަތުގައި ޖެހުމާއިއެކު ކަމެެއް ގޯސް ވެއްޖެކަން އެސިކުނޑިއަށް ވިސްނޭކަށް ގިނަ ވަގުތެއް ނުނެނގިއެވެ. “މާން ކިހިނެއްވީ؟؟” އަފްރީން އޯގާތެރިކަމާއެކު އެއްސެވެ. އެވަގުތު އަމާންއަށް ކުއްވެރިއެއްގެ އިހްސާސް ކުރެވިގެން ދިޔައެވެ. “އަހަރެންނަށް ވަަރަށް ބޮޑު ގޯހެެއް ހެދިއްޖެ.. ފަހަރެއްގައި އަފޫ އަހަރެންދެކެ ރުޅިއައިސް އަހަންނާއި ގުޅުންވެސް ކަނޑާލަފާނެ.. އެކަމަކު އަހަރެންނަކަށް މިކަން ސިއްރުކޮށްގެނެއް ނުހުރެވޭނެ” އަމާން އަކުރުން އަކުރައް ހުރިހާކަމެއް ކިޔާދިން އިރު ވީ ދެރައިން އަފްރީންއަށް ހިތާއި ދިމާލުގައި އަތް އަޅާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އަމާން ތެދު ތެދަށް ހުރިހާ ވާހަކައެއް ކިޔާދިނުމުންނެވެ. އަފޫ މާންދެކެ ރުޅިއަންނަ ވަރުގެ ކަމެއް މާންއަކަށް ނުކުރެވޭނެ ހިތައްވެސް ނާރުވާތި ކުރެވޭނެއޭ.. ދެން ހަޔާ ދޯ ލޯބިވާ މީހަކަށް ދެރަގޮތެއް ވެއްޖިއްޔާ ދުވެފައި އެދިމާލަކަށް ދެވޭނެ… އަހަރެން މާންއަށް ކަމެއް ވެއްޖެޔޭ ހިތް ބުނާވަރުން ފޯނު މިކުރީ ހަމަ އެގޮތައް މާންއަށްވެސް އެއިހްސާސް ކުރެވޭނެކަން އަހަރެން ޤަބޫލްކުރަން.. މާން އެހީއެއް ބޭނުންވާ ކޮންމެ ވަގުތަކު އެންމެ ގާތުގައި އަބަދުވެސް އަހަރެން ވާނަން.. ދެން ދޭ ހޮޓެލްއަށް އަފޫއަށް ޔަޤީން ތިއިނީ ރަސްފަންނުގައިކަން” “ތީނީ ކެމެރާ ހަރުކޮށްގެން ބަލަންތަ؟؟” އަމާން ހައިރާންވެފައި އަފްރީން ކުރެން އެއްސެވެ. އެވަގުތު އަފްރީންގެ ލުއި ހީލުމުގެ އަޑުއިވިގެން ދިޔައެވެ. “މާންއަށް ވުރެ ބޮޑަށް އަފޫއަށް މާން ދަސްވެފައި ހުރީ ކަމަކާ ދެރަވެ ނޫނީ ހާސްވާ ކޮންމެ ފަހަރަކު ގޮސް އިންނަނީ ރަސްފަނުގައި ވިއްޔާ” “އެކަމަކު ހަޔާއަށް ނޭނގޭނެ އެވަރުވެސް” އެވަގުތު އަމާންގެ ހިތުގައި ހަޔާއަށް އުފެދުނު ޝަކުވާ ބޭރުކޮށްލިއެވެ. “މާން ތި ސިކުނޑިއަށް މިވަގުތު ރެސްޓްދީ އެހެންނޫނީ މާންގެ ބޮލުގައި ރިއްސާނީ” އަމާންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. “ކައިފިންތަ؟؟ އަމާން އަފްރީން ކުރެން އަހާލިއިރު އޭނާގެ ބަނޑުގައި ދިޔައީ ކާއެއްޗެއް ނުކައި ހުރުމުގެ ސަބަބުން ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. “ބަނޑުހައިވެފައި ތިހިރީ މާންއެއްނު؟؟ ހޮޓެލްގެ ކާރަށް ގުޅާ އަވަހަށް.. ހިނގާފަ ނުދާތި.. މާން ކާރަށް ގުޅާހާ އިރުކޮށްފައި އަހަރެން ގުޅާނަން” އެހެން ބުނެ އަމާންއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީ އަފްރީން ފޯނު ކަނޑާލިއެވެ. އަމާން އަފްރީން ބުނީ ގޮތަށް ރިސެޕްޝަނަށް ގުޅާ ކާރު ފޮނުވާދިނުމަށް އެދުނެވެ. އަމާން ފޯނު ކަނޑާލި އިރަށް އަފްރީން ގުޅަން ފެށިއެެވެ. “އަފޫ ގުޅައިފީމޭ” ފޯނު ނެނގިގޮތައް އަމާން އަފްރީން އަޑުއަހަން ބޭނުންވި ޖަވާބު ދިނެވެ. ދިހަވަރަކަށް މިނެޓްފަހުން ކަޅުކުލައިގެ ޕުރައިވެޓް ކާރެއް އައިސް ރަސްފަންނު ކައިރީގައި މަޑުކޮށްލިއެވެ. އަމާން ބަލަބަލާ ހުއްޓާ ދޮރުހުޅުވާލާފައި ނިކުތީ މިއަދު އެޔާޕޯޓަށް އޭނާ ރިސީވް ކުރަން ދިޔަ މީހާއެވެ. އަމާން ހިނިތުންވެލަމުން އެމީހާއަށް ހަނާއަޅާލައިފައި ގޮސް ކާރަށް އަރާ އިށީނނެވެ. އޭރުވެސް އޭނާ ދިޔައީ އަފްރީންއާއި ވާހަކަ ދައްކަމުންނެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅެލީ އެކި މީހުންނަށް އެކި ކުލަތައް ދައްކަމުންނެވެ. ވޯޑުގައި އޮތް ހަޔާއަށް ހޭލެވުނީ ލޮލަށް އިރުގެ އަލި އެޅިގެން އުދަގޫވެގެންނެވެ. ދެބުމަ ކައިރިކޮށްލަމުން އަނިއްފަރާތަށް އެބުރިލި ވަގުތު ގައިގައި އެޅި ވޭނުން ކުޑަކޮށް ހަޅޭއްލަވާގަނެވުނެވެ. އެއަޑަށް ހަޔާގެ ކައިރީގައި ހުރި ގޮނޑީގައި ނިދިފައި އޮތް ޒާދިފްއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. “ދަރިފުޅާ” ހަޔާގެ ބޮލުގައި ފިރުމާލަމުން ޒާދިފް ހަޔާއަށް ގޮވާލިއެވެ. އެދެލޯ ފިއްތައިގެން އޮތް ގޮތުން އެހަށިގަނޑުގައި ވޭން އަޅަމުންދާކަން އޭނާއަށް ވިސްނުނެވެ. ހަޔާގެ ގައިގައި މަޑުމަޑުން ފިރުމާލަ ފިރުމާލައިން ޒާދިފްގެ ހިތް ވަނީ ކުދި ކުދި ވެފައެވެ. އެހާ ލޯބިން ބަލާ ބޮޑުކުރި ދަރިއަކަށް މިފަދަ ހާލެއް ޖެހުމުން ކުދި ކުދި ނުވާނީ ކޮން ބަފައެއްގެ ހިތެއް ހެއްޔެވެ؟؟ ހިދާ ހެނދުނުގެ ސައި ހިފައިގެން އައިސް ވަނީ އެވަގުތުވެ. ހަޔާ ގައިގައި އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ދިޔަ މަންޒަރު ފެނުމުން އެދެލޮލުން ކަރުނަ ނީރާލިއެވެ. އަދި އަވަސް އަވަހަށް ގޮސް ކަބަޑުމަތީ ގެނައި ކޮތަޅު ބެހެއްޓުމަށް ފަހު ހަޔާގެ ކައިރިއަށް ޖެހިލާ އެދަރިފުޅުގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. ކުޑަކޮށް ވޭން ކުޑަވި ވާހަކަ ބުނުމުން ހިދާ ހަޔާގެ އެނދުގެ ބޯލާކޮޅު ހަޔާއަށް ފަސޭހަވާނޭހެން އުސްކޮށްލިއެވެ. އަދި ބެޑް ޓޭބަލް މަތީ ހެނދުނުގެ ސައި ތައްޔާރު ކޮށްދިނެވެ. ހަޔާއަށް ކާންދިނީވެސް ހިދާގެ ދެއަތުންނެވެ. މިކަމުންވެސް ހިދާ ހަޔާދެކެ ލޯބި ވާވަރު ހާމަވެގެން ދެއެވެ.

އަމާން ކޮންޓުރެކްޓްގައި ސޮއިކޮށްފައި އައިސް ރޫމަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. އަދި ބެލްކަންޏަށް ނިކުމެ އަފްރީންއަށް ގުޅާލިއެވެ. “މާން ސައިބޮއިފިންތަ؟؟” އަމާންގެ ދުލުކުރީގައި އެސުވާލު އޮއްވާ އަފްރީން އެސުވާލުކޮށްލުމުން އޭނާ ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. “އަހަން އުޅުނު ސުވާލު އިނގޭ ތިކުރީ؟؟އަފްރީންއަށް ދުލުގައި ދަތްއަޅާލެވުނެވެ. “އެހެންވިޔަސް އަފޫ ކުރިން އެހީ އެހެންވީމަ ޖަވާބުދީ” އަފްރީންވެސް ދެރަ ނުވާންވެގެން ބުންޏެެވެ. “މިފަހަރު ދޫކޮށްލާނަން އެކަމަކު ދެންފަހަރަކުން އެހާ ފަސޭހައެއްކޮށް ދުލެއް ނުކުރެވޭނެ އިނގޭ” އަމާންގެ ޖުމްލައިގެ މާނަ ފުނެވެ. ނަމަވެސް އަފްރީންގެ ސިކުނޑިއަކަށް އަމާންގެ ޖުމްލައިގެ އަސްލު މާނައެއް ދޭހައެއް ނުވިއެވެ.

މެންދުރު ނަމާދުގެ ވަގުތައް ހިދާއާއި ޒާކިފްތިބީ ގެއަށް ދާން ބޭނުންވެފައެވެ. ހަޔާއަށް ކާއެއްޗެހި ގެނެވޭނީވެސް ގެއަށް ދެވިގެންތާއެވެ. ނަމާދުކޮށްލައިގެން މިސްކިތުން ނިކުތް ލަޔާން މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ހަޔާއާއި އޭނާ ދައްކަން ކިތަންމެ ބައިވަރު ވާހަކައެއް އެބަ ހުއްޓެވެ. ނަމަވެސް ހަޔާގެ ބަލި ހާލަތު ހުރިގޮތުން ލަޔާންއަށް ވަނީ ކެއްތެރިވާން ޖެހިފައެވެ. އަޅައިގެން ހުރި އަވިއައިނު ނަގާ ލައިގެން ހުރި ރަތް ކުލައިގެ އަތްދިގު ޓީޝާޓުގެ ކަރުވަޅުގައި އަޅުވާލަމުން ލަޔާން ހޮސްޕިޓަލްތެރެއަށް ވަދެގެން ދިޔައެވެ. އޭރު ކައުންޓަރުގައި ތިބި ކުދިންގެ ނަޒަރު ހުއްޓިފައިވަނީ ލަޔާންއަށެވެ. ލަޔާން މިއިން ކަމަކަށް ސަމާލުކަމެއް ނުދީ ގޮސް ހަޔާ އެޑްމިޓްކޮށްފައި އޮތް ރޫމްއަށް ވަނެވެ. އޭރު ހިދާ ޒާކިފް ކައިރީ މިސްކިތައް ގޮސް ނަމާދުކޮށްލައިގެން އަންނަންދާށޭ ކިޔަމުން ދިޔައެވެ. “ހިދާތައްތަޔާ ޒާކިފްބެ ދޭ ގެޔައަށް އަހަރެން ހަޔާ ކައިރީ މަޑުކޮށްލާނަން” ލަޔާންގެ އަޑު އިވުމުން ހަޔާ އެދިމާލަށް ބަލާލިއެވެ. “ލަޔާން ދަރިފުޅަށް އުނދަގޫ…” “ނުވާނެ އުނދަގުލެއް” ހިދާގެ ޖުމްލަ ހުއްޓުވަމުން ލަޔާން ބުންޏެވެ. ހިދާއާއި ޒާކިފް ގެއަށް ދިޔައީ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެއެވެ. ކޮޓަރިއަށް ވެރިވެގެން ދިޔަ ހަމަހިމޭންކަމުން ދެޒުވާނުންނަށްވެސް ދިޔައީ އުނދަގޫ ވަމުންނެވެ. ހަޔާ ލަޔާންގެ މޫނަށް ބަލަހައްޓައިގެން އޮތްއިރު ލަޔާންވެސް އިނީ ހަޔާގެ މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. ހަމަ ހިމޭންކަން ފޫއަޅުވާލާފައި ވާހަކަ ދައްކަން ފެށީ ހަޔާއެވެ. “ޔާންގެ ހިތައް އަރާނެ ދޯ އަހަރެން ކަހަލަ ވިޔާނުދާ މީހެއްދެކެ ލޯބިވެވުނީ ކޮންކުށެއް ކުރެވިގެންހޭ؟؟” ހަޔާ އެއޮތްގޮތައް އޮވެ ބުންޏެވެ. ލަޔާން އެއްޗެކޭ ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ހަޔާއެވެ. “އަހަރެން އެއްވެސް ފިކުރެއް ނެތި އެތައް ބައެއްގެ ހިތްހަލާކު ކުރަމުން ދިޔައިރު ދުވަހަކު ވިސްނާނުލަން އެމީހުންގެ ހިތުގައި ކިހާ ވޭނެއް އަޅާނެތޯ..އެކަމަކު މިއަދު އަހަރެންނަށް އެވޭން އިހްސާސް ކުރެވުމުން އިނގިއްޖެ އެއީ ކިހާ ވަރެއްގެ ވޭނެއްކަން.. އެތައްބަޔަކު އަހަރެންގެ ފައިބުޑަށް ވެއްޓި އެހެން ނުހެދުމަށް އާދޭސް ކުރަމުން ދަނިކޮށް ފައިން އެރި އެތައް ހިތެއް ޗިސްކޮށްލާފައި ފަސްދީ ހިނގައިގަތް އިރު މިހިތައް ހަމަ އެކައްޗެއްވެސް ނާރާ… ޔާން އަހަރެންގެ އުމުރުން މިހާ ދުވަސްވީއިރު އަނިޔާދިނުން ފިޔަވާ ދަސްވި އެކައްޗެއްވެސް ނެތް… އަަހަރެންގެ ހާލަށް ހަމްދަރްދީވެ އަޅާލާނެ ކަމެއް ނެތް.. މިއީ އަހަރެން އަމިއްލައަށް ވެއްޓިގަނެގެން އުޅޭ އަނދަވަޅެއް މިއަނދަވަޅުން އަހަރެން ނަގަން ނޫޅޭ” ސީލިންގައް ނަޒަރު ހުއްޓާލައިގެން އޮތް ހަޔާގެ ލޮލުގެ ހިމަކޮޅުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކަންފަތައް ފައިބަމުން ދިޔައެވެ. ލަޔާން މަޑުމަޑުން ގޮނޑިން ތެދުވެ ހަޔާގެ ކަރުނަ ފައިބަމުން ދިޔަ ދެލޮލުގައި ބޮސްދިނެވެ. އޭރު ހަޔާގެ ދެތުންފަތް ތުރުތުރު ލަމުން ދިޔައެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލި އަޑުއިވުމުން ލަޔާންް ގޮނޑީގައި އިށީނދެ “ވަންނާށޭ” ބުންޏެވެ. އެވަގުތު ކޮޓަރިތެރެއަށް ވަދެގެން އައި ޕޮލިހުން ފެނި ލަޔާން ކޮޅަށް ތެދުވެލާ އެތާ ހުރި ސީނިއާރ ފުލުސް އޮފިސަރާ ސަލާމް ކޮށްލިއެވެ. “އަޅުގަނޑުމެން ބޭނުން ހަޔާއާއި ވާހަކަ ދައްކާލަން” ހަޔާ ބޯޖަހާލީ ކުރިއަށް ގެންދާށޭ ބުނާ ފަދައަކުންނެވެ. “އެކްސިޑެންޓް ހިނގި ކާރުގައި އިން މީހާގެ މޫނު ހަޔާއަށް ފެނުނުތަ؟؟” “ނޫން ނުފެނެ އެވަގުތު ލޮލަށް ލައިޓް އެޅުމުން އަޅުގަނޑު ލޯމަތީ އަތް ހުރަސްކޮސްލީ ދެން އެނގުނީ ކާރު އައިސް ގައިގައި ޖެހުނުކަން ދެން ނޭނގެ ވީގޮތެއް” “އަޅުގަނޑު ދެކުނިން ކާރު ކަޅުކުލައިގެ ކާރެއް ދުއްވަން އިނީ ފިރިހެނެއްކަން އިނގޭ މޫނު އެހާ ރަނގަޅަކަށް ނުފެނުނު އެވަގުތު އަޅުގަނޑަށް އިސްކަން ދެވުނީ ހަޔާއަށް” ލަޔާން ޕޮލިހުންނަށް އޭނާއަށް ފެނުނު މަންޒަރުތައް ކިޔާދިނެވެ. ލަޔާންއާއި ހަޔާގެ ބަޔާން ނެނގުމަށްފަހު ޕޮލިހުން ނިކުމެގެން ދިޔައީ އެމީހުންގެ ޓީމް އެ ކޭސް ވަރަށް ރަނގަޅަށް ބަލާނެކަމުުގެ ޔަޤީންކަން ދީފައެވެ.

ގަޑިން ނުވައެއް ޖަހާލިހާއިރު އަމާން ހޮސްޕިޓަލަށް ވަދެގެން ގޮސް ކައުންޓަރު ކައިރީގައި ހުއްޓި ހަޔާގެ ރޫމް ނަންބަރު އޮޅުން ފިލުވިއެވެ. އަދި ރިސެޕްޝަނުގައި އިން ކުއްޖާ ބުނި ރޫމްއަށް ދިއުމަށް މިސްރާބް ޖެހިއެވެ. ދޮރުގައި ޓަކިޖަހާލި އަޑަށް ހިދާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީ ހުރި އަމާން ފެނުމުން ހިނިތުންވެލަމުން ވަންނަން ތަންދެއްކިއެވެ. “އަމާންއަށް މަޑުކޮށްލެވިދާނެތަ ތައްތަ ބޭސް ފިހާރައަށް ގޮސް ބޭސް ނަގައިގެން އަންނަންދެކަށް” ހިދާ އެހެން ބުނުމުން އަމާން ބޯޖަހާލިއެވެ. ހިދާ ނިކުމެގެން ދިއުމުން އަމާން އޭނާގެ ވާހަކަ ފެށިއެވެ. “ހަޔާ އިއްޔަ އަހަރެން ކައިރީ ދެއްކީ ތެދު ވާހަކަތަ؟؟” އަމާން ހަޔާގެ ދެލޮލަށް ބަލަހައްޓައިގެން އިދެ ބުންޏެވެ. ހަޔާ ބޯޖަހާލަމުން ދެން ވެސް ވާހަކަދެއްކީ އަމާންއެވެ. “އަހަރެންނަށް ކިހިނެއް އިނގޭނީ އަހަރެން މިފަހަރުދޭ ފުރުސަތުވެސް ހަޔާ ނަގާނުލާނެ ކަމެއް” “ދެން އެހެނެއް ނުވާނެ މިއީ މާންގެ ފަރާތުން އަހަރެން ފުރުސަތަކަށް އެދޭނެ އެންމެ ފަހު ފަހަރު.. ދެން އަހަރެން ފަރާތުން އެކަހަލަކަމެއް ތަކުރާރު ވެއްޖިއްޔާ އަހަންނަށް ހެޔޮ މާން އަހަރެންނާ ދިމާލަށް ބަލާނުލިޔަސް” ހަޔާގެ ވާހަކަ ހުރި ގޮތުން އޭނާ އެ ހަދަނީ ތެދުކަން އަމާންއަށް ޔަޤީންވިއެވެ. “ހަޔާއަށް އެނގޭ ދޯ އަހަރެންގެ ދިރިއުޅުމުގައި ކުއްޖަކު ހުރިކަން” ހަޔާ މިފަހަރުވެސް ބޯ ޖަހާލިއެވެ. “އަހަރެން ވަގުތު ބޭނުން” “އެންމެ ރަނގަޅު.. ހަނދާންކުރައްޗޭ މިހާރު ލޯބިވަނީ މާން އެކަންޏެއް ނޫން” އަމާންގެ އަތުގައި ހިފަހައްޓާލަމުން ހަޔާ ބުންޏެވެ. “އަހަރެން ގެންގުޅެނީ ކުރިންވެސް ގެންގުޅޭ ނަންބަރު ހަޔާ އަހަރެންނަށް މިސްކޯލެއް ޖަހާލާ.. އަހަރެން މިދަނީ ރަށަށް ދާން އުންމީދު ކުރަން މިފަހަރު އަހަރެންގެ ފުރަގަހުން ހަޔާ ގޭމްއެއް ނުކުޅޭނެކަމަށް” އެހެން ބުނެ އަމާން ތެދުވެގެން ނިކުންނަ ދިޔަ ވަގުތު ހިދާވެސް އައިސް އެކޮޓަރިއަށް ވަނެވެ. “ދައްތާ މާދަން ހެނދުނު ރަށަށް ދާން މިއުޅެނީ ހިތްހެޔޮ ކުރާތި” ހިދާއާއި ސަލާން ކޮށްލަމުން އަމާން ބުންޏެވެ. ހިދާވެސް ހިނިތުންވެލައިފައި “ބަލައިގެން އުޅޭށޭ” ބުންޏެވެ. އަމާން ބޯޖަހާލަމުން އެތަނުން ނިކުމެގެން ދިޔައެވެ.

ކޮޓަރީގެ ބެލްކަނީގައި އިން އަފްރީން އިނީ ބީންބޭގެއް މަތީ އިށީނދެލައިގެން އުޑުމަތީގައިވި ރަތްވިލާތަކަށް ނަޒަރު ހުއްޓާލާއިގެންނެވެ. އެމޫނުމަތީން ފެންނަނީ ހިތްހަމަޖެހިފައި ހުރި މަންޒަރެވެ. ނަމަވެސް އަދިވެސް ހިތުގެ ކަނަކުން ކަމެއް ގޯސްކޮށްވާން އުޅޭކަމުގެ ސިގުނަލް ދެމުން ދިޔައެވެ. ހެއްދެވި ފަރާތައް އޭނާ ދުޢާ ކުރަމުން ދިޔައީ ކޮންމެ ކަމެއް ވީ ކަމުގައި ވިޔަސް އޭނާއަށް ކެއްތެރިކަން ދެއްވައި އެކަމަކުން ސަލާމަތްވުމަށް ހިތްވަރު ދިނުމަށެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވިއަޑު އިވިގެން ދިޔައެވެ. “މާން” އަފްރީން އެހެންބުނެ އެނދުމަތީ އޮތް ފޯނާއި ދިމާލަށް ދުއްވައިގަތެވެ. އަފްރީންއަށް ހީވީ ރަނގަޅަށެވެ. އޭނާއަށް ގުޅަނީ އަމާންއެވެ. އަވަސްވެފައިވި ހިތަކާއިއެކު ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “އަފޫ މިއަންނަނީ ރަށަށް..ޗެކްއިން ވެފިން” އަފްރީންގެ ތުންފަތްމައްޗައް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އެހެންތަ.. ސައިވެސް ނުބޮއެ ދޯ ތީނީ” “އާން ސައެއް ނުބޮން ރެޑްބުލް ދަޅެއް ބޯލީ” އަމާން ހުރީ އަފްރީން ކައިރީގައި ހަޔާއާއި ގުޅެން ބޭނުންވާ ވާހަކަ ބުނަންވީ ގޮތެއްވެސް ނޭނގިފައެވެ. އަފްރީންގެ އަޑު އިވުމުން އެހިތުގައި ރިއްސާލީ އެހެންވެއެވެ. އޭނާ އެބުރި އަންނަ ވާހަކަ ބުނުމުން އަފްރީންގެ އަޑުން އޭނާ އުފާވެފައި ހުރި މިންވަރު ހާމަވޭވޭ ހުއްޓެވެ. އެއްވެސް ކުށަކާ ނުލާ އެހިތައް މިވަރުގެ ދެރައެއް ދިނުމުން އެހިތައް ކެއްވާނެ ހެއްޔެވެ؟؟ އަމާންގެ ހިތައް އެރިއެވެ.

އަފްރީން އަވަދިނެތި އޮފީހުގެ ގޯތިތެރޭގައި އޮތް ހުސްބިން ޒީނަތްތެރިކުރަންވީ ގޮތް ކިޔާދެމުން ދިޔައިރު ތީމްކުލައަކަށް ބޭނުން ކޮށްފައި ހުރީ ޔުނީކް އިންޑަސްޓުރީގެ ލޯގޯ ކުލަތައްކަމަށްވާ ރަތާއި ހުދު އަދި ކަޅުކުލައެވެ. އެތަނަށް ވަންނަން އިން ގޭޓް އެތިންކުލައިގެ ފުއްޕާހަން ހަރުކޮށް ހަދާލާފައި ހުރިއިރު އެކިތަންތާގައި ޓޭބަލްތައް ބަހަށްޓާލާފައި ހުއްޓެވެ. މޭޒުތަކުގައި ކަޅު ފޮތިގަނޑެއް އަޅާލާފައި ހުރިއިރު ގޮނޑިތަކުގައިވަނީ ކަޅުކުލައިގެ އުރަ ލައްވާ ރަތްކުލައިގެ ފޮތިކޮޅެއް އައްސާލާފައެވެ. ބޮޑު ސްޓޭޗެއް ހަދާލާފައި ހުރިއިރު ސެޓޭޖް ހުރީ ރަތްކުލައިގައެވެ. އަދި ބެކްގުރައުންޑް އެއްކޮށް ކަޅުކުލައިން ހުރިއިރު މެދުގައި ޔުނީކް އިންޑަސްޓުރީގެ ލޯގޯ އިނެވެ. ބިންމަތީ ހައްދާލާފައި އޮތް ފެހިކަންގަދަ ކާޕެޓުން ތަނުގެ ފުރިހަމަކަން އިތުރުކޮށްލާފައިވެއެވެ. މިހާރު ނުނިމިއޮތީ ހަމައެކަނި ސެޓޭޖް ސައުންޑް ސިސްޓަމްގެ މަސައްކަތެވެ. އެމަސައްކަތާ ހަވާލުވެގެން ހުރީ އަފްހަމްއެވެ. ދެއޮފީހުގެ މީހުން އެއްވެ މަސައްކަތް ކުރަމުން ދިޔައިރު ފޯރިއާއިކު ގުޅިގެން އެންމެން މަސައްކަތް ކުރަމުން ދިޔައެވެ. ސްޓާފުންނަން ސަޕްރައިޒްއެއްގެ ގޮތުގައި އަފްހަމްއާއި އަފްރީންވަނީ އެންމެ ރަނގަޅަށް ފަރުވާބަހައްޓައިގެން މަސައްކަތް ކުރާ މީހުންނާއި ގަޑި ނުޖެހި އޮފީހަށް ހާޒިރުވާ މީހާއާއި މިހެން ގޮސް ކޮންމެ ކަމަކުން ވެސް އެންމެ ރަނގަޅު މީހާއަށް ތަފާތު އެކި އިނާމްތައް ހުށައަޅާ އޮފީހުގެ ކޮންމެ ސްޓާފަކަށްވެސް ބޭނުންތެރި ރަނގަޅު އިނާމެއް ދިނުމަށް ހަމަޖައްސާފައެވެ.

“ކޮބާ ދޮންބޭ އަދިވެސް ރެޑީ ނުވެވޭތަ؟؟” އަފްހަމްގެ ކޮޓަރިއަށް ވަދެގެން އައި އަފްރީންގެ އަޑުއިވުމާއެކު ޑުރެސިންޓޭބަލް ލޯގަނޑު ކައިރީހުރި އަފްހަމް އެބުރި އަފްރާންއާއި ދިމާލަށް ބަލާލިއެވެ. ކަޅުކުލައިގެ ގައުން އެއް ލާފައި ހުރިއިރު ހެދުމުގެ އުނަގަނޑުން ތަންކޮޅެއް މަތިން ކަރާއި ހިސާބަށް އިނީ ވިދާ ފޮއްޗެއްގެ ރޭނދަލެއް އަޅާފައި ހެދުމުގެ ތިރި ކަޅުކުލައިގެ ލޭސްފޮތިން ލާފައި ހުރިއިރު ހެދުމުގެ ތިރި ކުޑަކޮށް ފުއްޕާލާފައި އިނިމުން ރީތިކަމަށް ދައްކައެވެެ. އެފަންއިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައި ހުރި އިރު ތުންފަތުގައި ހުރީ ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާ ރީތި މޭކަޕެއް ކޮށްލާފައެވެ. ހައިހީލްސްއަކަށް އަރާފައި ހުރުމުން އަފްހަމްއަށް ވުރެ އަފްރީން ކުރީ ތަންކޮޅެކެވެ. “މިއަދު އެންމެން ފެއިންޓްކޮށްލަންކަމަށްތަ ތިއުޅެނީ” އަފްރީން އައިސް އަފްހަމްގެ ޓައި އަޅުވަދޭން ފެށުމުން އޭނާ ބުންޏެވެ. އަފްރީން އެލޯމަރާލުމުން އަފްހަމް އޭނާގެ ކޮލުގައި ހިފާލިއެވެ. ހަތަރެއް ޖެހިއިރު ހަފްލާ ފެށިގެން ދިޔައެވެ. އަފްރީންއާއި އަފްހަމް އެމީހުން ޕުލޭން ކުރި ސަޕްރައިޒު ދިން ވަގުތު ސްޓާފުންގެ ދެލޮލުން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. މަސައްކަތު މީހުންނަށްވެސް ބޭނުންތެރި އެއްޗެހި އިނާމުގެ ގޮތުގައި ދިންއިރު އެމީހުން އަފްރީންއާއި އަފްހަމްއަށް ޝުކުރު އަދާކުރީ ހިނިތުންވެތިބެއެވެ. އަފްރާހްއާއި މިޝާވެސް ތިބީ އޭނާގެ ދެދަރިންގެ އެއަމަލުން ވަރަށް އުފާވެފައެވެ. އެދެދަރިންކީ އެމީހުންގެ ދަރިންނަންވުމަށް ހެއްދެވި ފަރާތައް އެމީހުން ހަމްދުކުރިއެވެ. ހަފްލާ ނިމެން ކައިރިވެފައި އޮއްވާ ވާރޭ ވައްތަރުވުމުން ހުރިހާ ސްޓާފުން އެއްޗެހިތައް އޮފީސް ހޯލަށް ވައްދަން ފެށިއެވެ. އެބޮޑު ހެދުމުގައި އެއްއަތުން ހިފައިގެން އަފްރީންވެސް ދިޔައީ އެމީހުންނަށް އެހީވަމުންނެވެ. އެވަގުތު ޕާސްތެރޭގައި އޮތް ފޯނު ވައިބުރޭޓްވީ އަޑު އިވިގެން ފޯނު ނަގާ ބަލާލިއިރު އަމާންގެ މެސެޖެއް އައިސްފައި އިނެވެ. ހިނިތުންވެލަމުން އަފްރީން މެސެޖް ކިޔަންފެށިއެވެ.

“އަފޫ އަހަރެން މީހެއްގެ އެހީތެރިކަން އެންމެ ބޭނުންވީ ވަގުތު އެންމެ ގާތުގައި ވިކަމަށްޓަކާ އަފޫއަށް ހިތުގެ އަޑިން ޝުކުރުއަދާކުރަން.. އަނދިރީގެ ތެރޭގައި ވަނިކޮށް އަލިކަމަށް ގެނެސްދިންކަމަށްޓަކާ މިހިތް އަބަދުމެ އަފޫއަށް ހެޔޮދުޢާ ކުރާނެ.. އަފޫއާއި އެކު އަހަރެން ހޭދަ ކުރި އުފާވެރި ދުވަސްތައްމަތިން ދުވަހަކު ހަނދާންނުނެތޭނެ.. އަހަރެންގެ ހަޔާތައް ހަޔާއަށްވުރެ ކުރިން އަފޫއައިނަމަ ކިހާ ރަނގަޅުވީސް.. އެކަމަކު ކުރެވޭނެ ކަމެއް ނެތް މިއަދުވެސް މިހިތުގައި ވިންދު ޖަހަމުން ދަނީ ހަޔާއަށް… އަފޫ ހަޔާ އަނބުރާ މިދިރިއުޅުމަށް މިގެންނަނީ އޭނާދެކެވާ ލޯތްބެއްގެ ބޮޑުކަމުން… އެކަމަކު މިއީ އެނާއަށްދޭ އެންމެ ފަހު ފުރުސަތު… ދެން އެކަހަލަ ކަމައް ތަކުރާރުވެއްޖެނަމަ އަފޫ ކައިރިއަށް އެނބުރި އަންނާނީ އެނބުރި ނުދާގޮތަށް… އަހަންނަށް މާފުކުރޭ”

އަމާންގެ މެސެޖް ކިޔާނިމުނުއިރު އަފްރީންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ދެވަނަ މެސެޖް އައުމާއެކު ހިތްހަލާކުވެފައިވާހާލު އެމެސެޖްވެސް ބަލާލީ އޭގައިވާ އެއްޗެއް ބާލުމަށެވެ. އެއީ އަފްރީން ރިޕްލައި ނުކުރުމުންކޮށްފައި އިން މެސެޖެކެވެ.

“އަހަރެންނަމަވެސް ކަންތައްކުރާނީ މާން ކަންތައް ކުރިގޮތައް.. އަހަރެން މާންދެކެ ރުޅިއެއް ނާރަން.. މާން އުފަލުގައި ހުރެއްޖިއްޔާ އަފޫވެސް މިހިރީ އުފަލުން ?”

ހިތްމަތީ ހިލައެއް ބާވާލައިގެން އެމެސެޖަށް ރިޕުލައިކޮށްފައި އަފްރީން އޮފީހުން ނިކުތީ އެކަނިވެލުމަށެވެ. ތަންކޮޅެއް އެތެރޭން ލާފައި ރަށުގެ ކޮޅަށް ދެވެން އޮތްނަ މަގުން އަފްރީން ހިނގައިގަތްއިރު އެކަރުނަތައް ހިފަހައްޓާލާއިގެން ހުރީ އޭނާގެ މަންޒިލަށް ވާސިލްވަންދެކަށެވެ. އަަތިރިއަށް ފައިބަންއޮންނަ މަގުގެ ކޮޅަށް ދެވުނުހާއިރުން އަނިއްކާވެސް މެސެޖެއް އައެވެ. “ރޮނީ ދޯ” ހިތް ދިރުވާލަމުން “ނޫނޭ” ޖަހާ އަފްރީން ރިޕްލައިކޮށްލިއެވެ. އަދި ޕާސްތެރެއަށް ފޯނު ކޮށްޕާލިއެވެ. އެއްވެސް ވަރެއް ނެތް މީހެއްހެން އަތިރިމައްޗަށް އަފްރީން ފޭބިއެވެ. އޭރު އެދެލޯ ފުސްވެފައި ވަނީ ދެލޮލަށް ޖަމާވެފައި ހުރި ތާޒާ ކަރުނައިންނެވެ. ކަނޑުގެ ރާޅުތައް ރުޅިވެރިކަމާއިއެކު ބިންދަމުން ދިޔައިރު އުޑުމަތި ބައްދާލާފައި އޮތް ކަޅު ވިލާތަކުން ހީވަނީ ދެންމެ ދެންމެ ވަރޭ ވެހިގެންފާނެހެންނެވެ. އަފްރީންގެ ފައިން ވާގިދޫވެގެން އެ ހިމުން ދޮންވެލިގަނޑުމައްޗަށް ވެއްޓުނު ވަގުތު އިވިގެން ދިޔަ ވޭނީ ރުއިމުގެ އަޑުން އަޑު އަހަން ހުރި މީހެއްގެ ހިތްވެސް ކުދި ކުދި ކޮށްލާނެކަން ޔަޤީނެވެ. ވާރޭވެސް ވެހިގަތީ އެވަގުތު އަފްރީންގެ ހިތާމައިގައި ބައިވެރިވާ ފަދައަކުންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފެނާއި އެކުވަމުން ދިޔަ އިރު ލައިގެން އިން ކަޅުކުލައިގެ ހެދުންވަނީ ގަޔާ ތަތްލަވާފައެވެ. އެހާ އުފާވެރިކޮށް ދިރިއުޅެމުން ދަނިކޮށްމިވީ ކިހިނެއް ހެއްޔެވެ؟؟ އަމާންއާއި އެކު ދެކެމުންދިޔަ ހުވަފެންތައް ވިއްސި ވިިހާލިވެގެން މިދިޔައީ އޭނާގެ ކުށުން ހެއްޔެެވެ؟؟ ޝަކުވާމިކުރަނީވެސް ފަހެ ކީއްވެ ހެއްޔެވެ؟؟ އަމާން އޭނާއާއި ދުރުވަން އުޅޭކަން އޭނާއަށް ވަނީ މާކުރިން އެނގިފައެވެ. އެކަމަކު މިހިތުގައި މިއަޅާވޭން މައިތިރިކުރާނީ ކިހިނެއް ހެއްޔެވެެ؟؟ “ނޫން” އަފްރީން ކަރުއޮތްމިނަކަށް ހަޅޭއްލަވައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (41)

Next

މަލާކް… 3ވަނަބައި

Next
June 1, 2017

މަލާކް… 3ވަނަބައި

Previews
May 31, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (41)

77 Comments!

  1. Z,M says:
    May 31, 2017 at 11:41 pm

    Varah salhi

    1. Aisha says:
      May 31, 2017 at 11:51 pm

      Thank u zm

  2. Aisha says:
    May 31, 2017 at 11:56 pm

    Hii.. Hurihaa kudin.. Miothiee 12 the part ves up vefa.. Hope u all will like it..mistake thah buneladheythi igey.. Dhen enme mathieega eiee amaan and afreen dhen right side ga eiee hayaa and amaan igey ? Luv u all a lot ❤.. Enjoy.. Gud nyt ?

  3. Some one says:
    June 1, 2017 at 12:06 am

    Wow… Haadha avahah genesdhiifa… Alhe amaan dhn hayaa aaa kn moyaeh vgntha e ulheniii.. Afriin dheke es lebivaahen hiivey amaaan ulhun gothun.. Dhn kulliakh hayaaa!! ??

    1. Aisha says:
      June 1, 2017 at 12:18 am

      Aaarn avahah liyevunooma mi up kohliee.. Dhw amaan ves ulhey gotheh.. Thank u dear ?

  4. nonns says:
    June 1, 2017 at 12:06 am

    V reethi. When next part. Varah inthizaaru kurevey eba

    1. Aisha says:
      June 1, 2017 at 12:18 am

      Thank u nonns ❤

  5. Ainth says:
    June 1, 2017 at 12:07 am

    varah salhi bt ma kury adhi. waiting 4 next part……ö

    1. Aisha says:
      June 1, 2017 at 12:20 am

      Thank u Ainth.. ❤Kurutha?? Okay ehenviee iru next part dhigukohlaanan igey ?

  6. Navii says:
    June 1, 2017 at 12:09 am

    Awesome.. When next part

    1. Aisha says:
      June 1, 2017 at 12:20 am

      Thank u dear ?.. Friday ?

  7. Noor says:
    June 1, 2017 at 12:12 am

    Alhe noon..Amaan haadha goahey dhw.haya beyvafaatheri veema anekkaa Afreen kairiah annan…Amaan haadha gothehves nethey dhw…Amaan dnt deserve Afreen..anyways..hama varah salhi mi partves.???❤

    1. Aisha says:
      June 1, 2017 at 12:23 am

      Thank u noor ? v v happy thihaa supportive vaathiee thank u dear ?

  8. Ary says:
    June 1, 2017 at 12:35 am

    Wow, v salhi

    1. Aisha says:
      June 1, 2017 at 12:37 am

      Thank u ary ❤

  9. Pinkish says:
    June 1, 2017 at 12:42 am

    Amaan gadu.. adhi annaane afreen kairi ah.. adhi visneyne.. hehe… waiting for next part.. mi bai vx v reethi.. ?

    1. Aisha says:
      June 1, 2017 at 12:33 pm

      Hehe…thank u pinkish ?

  10. Maly says:
    June 1, 2017 at 12:54 am

    V v reethi.. rovijje afoo dhera kohlyma.. afoo kahala rangalhu baiveri eh nulibeyne maan akah..thanks aisha.. next part kon irakun genes dheyny.. v inthizaaru kurevey mi story ah ves. Love u

    1. Aisha says:
      June 1, 2017 at 1:05 am

      Thank u maly.. Varah ufaavehje story ah inthizaaru kuraathieeve ? next part fridayga

  11. Sallu says:
    June 1, 2017 at 12:54 am

    Amaan keekeytha hithah aranee.. Afreen dhen nudhaathi e amaan gadu ayas.. Eyna adhi hayaa ah vure maa nubai.. Hate him

    1. Aisha says:
      June 1, 2017 at 12:35 pm

      Yes dear.. Thank u ❤

  12. Jeem says:
    June 1, 2017 at 1:04 am

    Wow v reethi

    1. Aisha says:
      June 1, 2017 at 12:36 pm

      Thank u jeem ?

  13. sam says:
    June 1, 2017 at 1:11 am

    Alhey sam rohvaathily ???… Story v reethi igey ,, maaan n afoo gulhenyy plx afoo n man gulhuvaaa dhyy … Plx up next part can’t wait next part plx up next part soon ,,,, thank u Aisha???

    1. Aisha says:
      June 1, 2017 at 12:39 pm

      Alhey thank u ? n sorry rohvaalevunieema ? yes dear next part fridayga.. Its okay ehen ves vaane ❤

  14. sam says:
    June 1, 2017 at 1:11 am

    Alhey sam rohvaathily ???… Story v reethi igey ,, maaan n afoo gulhenyy plx afoo n man gulhuvaaa dhyy … Plx up next part.. can’t wait next part ..plx up next part soon ,,,, thank u Aisha???

    1. sam says:
      June 1, 2017 at 1:16 am

      Sorry comment repeat kohlevunymaa…

  15. Khajja says:
    June 1, 2017 at 2:21 am

    Alhey maan afoo ah ehen thihedhy kyvvetha effulhanmathin funmaali bakari aneffelhanmathin fummaalaane kan maan ah hama neygenytha hayaa mihaaru kithaffaharu kithammyhunnah landu dhyfitha ekanves neyngunu dhw afoo maan ah takaa nukoh dheny konkameh afoo ah thihen thihadhany hayaakairy mihaaruves layaanves e ulheny n layaan ves loabivey dhw hayaa dheke dhen kyvve thigothah thikanthakkurany thihen nahadhaa maan visnaalabala thihen hadhan kykkuran afoo aa ehaagaaiy v maan ah engey afoo maan dheke like vaakan dhen kyvve ??? maan n afoo gulhuvabala plx? anyway stry v rythi gud nyt ly???

    1. Aisha says:
      June 1, 2017 at 12:53 pm

      Alhey thank u ? let’s see dhw vaagotheh ?

  16. mary says:
    June 1, 2017 at 12:32 pm

    esfiya site ah evves vahaka eh up vefa indha mihaaru nufennany keavve. emme fahun inee may 26 ga. bunedheeba konmes kuhjjeh

    1. Aisha says:
      June 1, 2017 at 12:47 pm

      Miadhutha ehenvefa iniee.. Kuda mahsalah miadhu site ah jehunu.. Mihaaru ragalhu kohfi

  17. mary says:
    June 1, 2017 at 12:52 pm

    mihaaruves fennany hama ehen.

    1. Aisha says:
      June 1, 2017 at 12:57 pm

      Alhey ekieeve first Aisha ah ves fenuniee ehen ekamu mihaaru feney

    2. aalaa says:
      June 2, 2017 at 8:53 pm

      Mihaaru abadhu vx ehme machah innany esfiya dhyny vaahaka mubaaraathuge isthihaaru… Aee 26 ga up kohfa in ehcheh.. Fahun up Kuraa stey thah annany eyge down ah.. Ehnv mary ah thi hyvany up nuvaaahen ..

  18. Chum handi says:
    June 1, 2017 at 1:35 pm

    Maan kada meeheh???? story salhi….. curious

    1. Aisha says:
      June 1, 2017 at 2:20 pm

      Thank u chum handi.. Insha Allah maadhan next part ?

  19. ShAhu says:
    June 1, 2017 at 1:47 pm

    varah nice
    keep it upp
    waiting for next part

    1. Aisha says:
      June 1, 2017 at 2:22 pm

      Thank u shAhu ?

  20. song joong ki..korean says:
    June 1, 2017 at 2:10 pm

    alhey amaan hedhi goih dho ekamu.. vv reethi mi part vx masha allah. i loved it. 🙂 🙂 keep going with the same effort. you’re the best!!!! 🙂 🙂 🙂

    1. Aisha says:
      June 1, 2017 at 2:24 pm

      Thank u ? it really means a lot ❤

  21. Nima says:
    June 1, 2017 at 2:13 pm

    Reethi..
    Pls amaan and affu…
    Adi amaan gotha fothanathigen bunafiya hayaa doo kolai fiya ananama…go to helll amaaaan?????????????

    1. Aisha says:
      June 1, 2017 at 4:28 pm

      Thank u ❤.. Varah haiper kohlaifi dho nima.. ?

  22. No name says:
    June 1, 2017 at 2:14 pm

    Wow v reethi…v asarugadha…hama rangalhahvx rovijje…next part ah inthizaaru kuran..

    1. Aisha says:
      June 1, 2017 at 2:28 pm

      Alhey ehaa varah nurohchey.. Thank u dear ? insha Allah next part fridayga ☺

  23. naann says:
    June 1, 2017 at 3:17 pm

    Sukunuge massala hurikan faahaga khlewey.. But story varah nice.. Waiting for the next part.. Varah dhigu story ehtha mii??

    1. Aisha says:
      June 1, 2017 at 4:30 pm

      Thank u next part ga improve kohlaanan igey.. Thank u naann

  24. T says:
    June 1, 2017 at 3:34 pm

    ??.. v. nice mi part ves..
    Waiting for next part..

    1. Aisha says:
      June 1, 2017 at 4:32 pm

      Thank u dear..? evarah nuroe Aisha dheravey ?

  25. Any says:
    June 1, 2017 at 3:59 pm

    Aisha hama ragalhahves rovihje???vvv reethi i❤you aisha mihareethi vahaka eh genes dheythy??

    1. Aisha says:
      June 1, 2017 at 4:34 pm

      Thank u any ? sorry rohvaalevunieema ? thihaa supportive readers thibieema Aisha ah mi vaahaka kuriah mi gendheveniee.. Thank u all ❤

  26. Yax says:
    June 1, 2017 at 4:57 pm

    Amaan you stinks ?
    Aish kihineh hadhan thi ulheniy!!

    1. Aisha says:
      June 1, 2017 at 5:24 pm

      Aisha kurinves plan kohfa innanee mihen ninmendhen kiyaalaba vaagotheh balaalan.. ?

  27. Inashaa says:
    June 1, 2017 at 6:52 pm

    Its really really nice Aisha ???

    1. Aisha says:
      June 1, 2017 at 10:06 pm

      Thank u Ina ?

  28. Ni her says:
    June 1, 2017 at 7:08 pm

    Wow asluvx rovihjje ?Vrh vrh vrh reethi ✨waiting for the next part ♥️

    1. Aisha says:
      June 1, 2017 at 10:07 pm

      Alhey rovuniee ? thank u dear ?❤

  29. shahaa says:
    June 1, 2017 at 7:41 pm

    Salhi ingey vaahaka. Maan haadha goahey

    1. Aisha says:
      June 1, 2017 at 10:08 pm

      Thank u shahaa? aarn..

  30. Mona says:
    June 1, 2017 at 8:46 pm

    Amaan u r sick…
    Mizamaanu boys ge namoona mi amaan mi dhakany….hayaa dheke thihaa loabi vaanama kyve islaahu vandhen romeo vefa nethy …mi dhen loabi vaan ves neygununu firihene…afoo nama nama dhen aabas nubunaathi

    1. Aisha says:
      June 1, 2017 at 10:09 pm

      Let’s see dhw vaagotheh ?

  31. .. says:
    June 2, 2017 at 12:23 am

    dhn ekani aee kaaku

    1. Aisha says:
      June 2, 2017 at 12:28 am

      Eiee afreen

  32. Blume says:
    June 2, 2017 at 1:16 pm

    Mii v v rythi stry ehh..Kyp up the gud wrk..Aish mi stry thankolheh gidhu koh gennes dhenyaa v furihama vaane

    1. Aisha says:
      June 2, 2017 at 1:55 pm

      Thank u dear ? next part digukohlaan igey miahvure ?

  33. writer says:
    June 2, 2017 at 1:29 pm

    If i am afreen inaane meehaku nethas maan akaa nugulheynan… haadjmha goahey dhw maan… afreen ah dhera gotheh nahadhachey… i love this story..?

    1. Aisha says:
      June 2, 2017 at 1:57 pm

      Thank u writer.. ❤ okay ?

  34. Luvly says:
    June 2, 2017 at 5:33 pm

    Mi vaahakaige ebbai nukiyaa kanne mi ulheveny..
    Maan kn iraku tha job ah dhaan feshee..??

    Dhn v hevvaa mi vaahaka..maan vs ulhey goih..afu aa gulhuny eyna r eku ulheykah nun tha..lwbi ey kiyaigen vaahaka dhakkaafa kiss kuran vma koffa hama haya fenna irah bodu kamakah nuhadhaa afu dhookohlee..
    E dhn ehvs gotheh nun kanne..
    Haya anna irah hih badhal vaanekam engehyya afu r eku egothah noolhun nama ennu

    1. Aisha says:
      June 2, 2017 at 7:00 pm

      Next part ga confusion dhuruvaane.. Thank u dear ?

  35. Niky says:
    June 2, 2017 at 6:42 pm

    Omg i love this story soooooooooo much..i am cry?????? varan furihama.daily kon abadhuves kiyan.

    1. Aisha says:
      June 2, 2017 at 7:02 pm

      Really happy to have a fan like u niky?..
      Evarah nurohchey ?Thank u dear..❤

  36. Azuna says:
    June 2, 2017 at 8:27 pm

    V reethi daily koh kiyan but furathama faharu mi comment kohlee. Afu eyhaa varah nuroh vaa pls varah dheravey. Afu ge Dhonbe ah ingunee ma rulhi unnaane dho. Pls up new part

    1. Aisha says:
      June 2, 2017 at 11:16 pm

      Alhey thank u ❤comment nukuriyas hurihaa kudhunah Aisha shukuruverivan.. ?

  37. Shaaz says:
    June 3, 2017 at 12:08 am

    Kobaa tha next part

    1. Aisha says:
      June 3, 2017 at 12:13 am

      Submit kuritan varah iruvehje up nuey adhives dear

  38. AKI says:
    June 3, 2017 at 1:11 am

    koba next part avahah up kohla dheebaa pls pls

  39. Shaa says:
    June 3, 2017 at 1:25 am

    Gaimu kakuni story up kohffa e inee maa fahun? Aisha ge thi comment ah vuren fahun e story up vee.. dhn why aisha ge story up nuvany?

  40. Adha? says:
    June 3, 2017 at 1:31 am

    Irru irrukolhun eba beley mi story up vi tho.. ehaaves kiyaahithun meenee..
    Waiting.. aisha?

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (13)←


All Right Reserved!