Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް 20 ވަނަ ބައި

writer Level 310 Stories100 Comments
June 2, 2017 6 Mins Read
34 Comments

 

ވޭތުވެ ދިޔަތާގައި މާޔާއަށް ދެވުނު ހިތަދަތި ކަމުގެ ބަދަލުގައި އިންތިހާއަށް ލޯބިދޭށެވެ. ހުރިހާ ކަމެއް ހަދާންނެތޭވަރަށް މާޔާއަށް ލޯބި ދޭން ބޭނުންވިއެވެ. ކުރިމަގަށް ފޮނި އުއްމީދުތަކެއް ކުރެވެމުން ދިޔައިރޔަ އިރު އެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ކަޅުވިލާގަނޑުގެ ހިލަމެއްވެސް ނަކީލްއަށް ނުވެެެއެވެ.މިތޫފާނަކީ ތިން މީހުންގެވެސް އުއްމީދުތަށް ވިއްސިވިހާލިކޮށްލާނެވަރުގެ އެއްޗެއްކަން ރޭކާވެސް ނުލައެވެ.

ނަކީލް ގެއަށް އައީ ރޭގަނޑު މެންދަމުގެ ވަގުތެއްގައެވެ.މުޅި ގޭތެރެއަށް އަދިރިކަންވެރިވެފައިވީ އެންމެންވެސް އެމީހެއްގެ ކޮޓަރީގައި އަރާމު ނިންޖަކުން ނިދާފައިތިބީމަ ކަންނޭނގެއެވެ. ނަކީލްވެސް މަޑު ފިޔަވަޅުތަކެއް އަޅަމުން ސިޑިން މައްޗަށް އަރައިގެން ދިޔައީ ވަރަށްވެސް ފަރުވާ ތެރިކަމާއި އެކުގައެވެ. އެހެނީ އެހާ ލަސްވަންދެން ބޭރުގައި އުޅެފައި އައިކަން ނިހާލްއަށް އެނގިއްޖެ ނަމަ އެކަމުގެ ރޯޅި ބާލާނެކަން އެނގޭތީއެވެ.ނަކީލްގެ މުނުމަތިން ފެންނަމުންދާ ވަރުބަލި ކަމުންވެސް ކޮންމެވެސް ކަމަކާ ހިތާމަ ކުރިކަން ބަލާމީހަކަށް ހާމަވާނައެވެ. ދެލޯ ރަތްވެފައި ވީއިރު މޫނު މަތި މިލާފައިވާގޮތުން ނަކީލް ހުރީ ރޮއެފަކަން ހާމަވެއެވެ. ކޮޓަރީގެ ދޮރުމަތީ ހަމަޖެހިލަމުން މޫނު ފޮހެލީ ހަމަޖެހިލަން ކަންނޭނގެއެވެ. އަދި ހިތާއި ދިމާލުން އަތް ހިންގައިލީ އެހިތުގެ ތެޅުން އިހްސާސްވަމުންދާތީއެވެ. މާޔާގެއެއްވެސް ކުށެއްނެތި ނުހައްޤުން އެހާ ބޮޑު އަނިޔާއެއް ދެވުނީތީ ނަކީލް މާޔާއާއި ކުރިމަތިލާންވެސް ފަސްޖެހެވެނީއެވެ.

ނަކީލް އެންމެފަހުން ވަރަށް ހިތްވަރު ދޮރު ހުޅުވާފައި އެތެރެއަށް ވަތް އިރު ލިބުނު ސިހުމުން ކުޑަކޮށް ހަޅޭވެސް ލަވައިގަނެވުނެވެ. ކޮޓަރިތެރެއަށް އެޅިފައިވާ ނިދާ ބިކީގެ ފަޑުއަލީގައި މާޔާ ހުރިގޮތުން އެހިތުގެ ހިގުންވެސް ހުއްޓުނެ ހެން ހީވިއެވެ.ވާނީވެސް އެެހެންތާއެވެ. މާޔާ ކޮށްފައިހުރި މޭކަޕަކުން ހީވަނީ ކުޑަވަރެއްގެ ހަންޑިގަނޑެއް ހެންނެވެ. ލޯކައިރީ ބޯ ބޯކޮށް އަނދުން އަޅާ ކަޅުކޮށްފައިވާއިރު މޫނުގައި ހުރީ ހުދު ކުލައެވެ. އަދި ތުންފަތުގައިވެސް ކަޅު ލިފްސްޓިކް ޖއްސާާ ފާޑަކަށް ބޯއަރިކޮށްގެން ނަކީލްއަށް ބަލަން ހުރީ އެ ފަން އިސްތަށިކޮޅުވެސް ހާވައިގެންނެވެ.

ނަކީލްއަށް ވީގޮތް ފެނިފައި މާޔާ ބިދިބިދިފައި ހޭންފެށީ މަޖާވި ވަރުންނެވެ. މިރޭ ނަކީލް އެގޮތަށް ހިތްހަމަ ނުޖެހިގެން ދިއުމުން އަސްލު މާޔާ ވަރަށް ދެރަވިއެވެ. ނަތީޤް ނިދި ތަނާހެން ނިހާލް އައިސް ނަތީޤް ގެންދިޔައީ މާޔާއަށް ކުދިކިޔަމުންނެވެ.

އެހެން ކަމުން މިރޭ މާޔާ ނިންމީ ނަކީލްއަށް މިގޮތަށް ސަޕްރައިޒް އެއް ދިނުމަށެވެ. ނަކީލްގޮސް ރޫމްގެ ލައިޓް ޖައްސާލައި މާޔާއާއި ދިމާލަށް ބަލަން ހުރީ ސީރިއަސް ނަޒަރަކުންނެވެ.ކޮންފަދަ  މައުސޫމް ކަމެއްހެއްޔެވެ. މިކަހަލަ ރަނގަޅު އަތްބަކު ލިބިފައި ހުއްޓާވެސް އަގުވަޒަންކުރަން ނޭނގުނޭ ނަކީލްގެ ހިތަށް އެރަމުން ދިޔައެވެ.

ބަނޑުގައި އަތް އަޅައިގެން ހޭން ހުރި މާޔާ ސިހިގެން ދިޔައީ ނަކީލް އައި މާޔާ ގަޔާއި ބޮނޑިކޮށްލިގޮތުންނެވެ. އެހާ ކުއްލި ހަރަކާތަކާއި އެކު ކައިރިއަށް ގެނައުމުން ސިހުންނުވެ ނުދާނެތާއެވެ.

” މައި ގޯސްޓްލީ ވައިފް.. ޔޫ ލުކް ސޯ ގޯސްޓްލީ…” ނަކީލް މާޔާގެ ކަންފަތް ދޮށުގައި މިހެން ބުނީ މާޔާ ލަދުގެންނެވުމަށެވެ. މާޔާ ނަކީލްގެ މޫނަށް ރަގަޅަށް ބެލި ނަމަ އެ މޫނުން ފެންނަމުން ދާ އަސަރުތަށް ސިއްރުނުވީހެވެ. މާޔާ ނަކީލްގެ ބުރަކަށީ އަތްވަށައިލީ ނަކީލްގެ ކައިރިކަން ކަމުދިޔުމުންނެވެ.

” ހާދަ ބިރުވެރީއޭ… ކިރިހާ ހަމަ ހިތްނުހުއްޓުނީ… ތި ރީތި މޫނު ދެކޭ ހިތުން އައީމަ ވެސް މިފެނުނީ އަދި މުޅިން އެހެން ވާޝަން އެއްވިއްޔާ..” ނަކީލް ހަމަ އެހުރިގޮތަށް ހުރެ ބުނެލިއެވެ. ހީވަނީ މާޔާ ގަޔާއި ދުރުކުރުވަން ބޭނުންވެސް ނުވާހެންނެވެ. މިގޮތަށް މާޔާ ކައިރީގައި ހުރުމުން ޒަހަމްވެފައިވާ ހިތަށް އެލިބެނީ ޝިފާއެއްހެންވެސް ހީވެއެވެ.

” އެހެންތަ… ހެހެ…ކީލް އަށް ވެފަ ހުރި ގޮތެއް ދޯ.. ޔޫ ޝޫޑް ހޭވް ސީން ޔުއާރ ފޭސް..” މާޔާ ހެމުން ހެމުން އެެހެން ބުނެލީ ނަކީލްއާއި ދިމާކުރުމަށެވެ.

” ދެން މިރޭ ތިހާ ގޯސްޓްލީކޮށްތަ ހުންނަން ބޭނުމީ… ދޭބަ ތިމޫނު ފޮހެގެން އަންނަން… އަަހަރުމެން ދެމީހުންގެ ލޯބި ބޭބީއަށް ފެނިއްޖިއްޔާ މަންމީއާއި ކައިރިއެއްވެސް ނުވާނެއެއްނު..” ނަކީލް މާޔާގެ ނޭފަތުގައި ހިފާލަމުން އެހެން ބުނެލީ ސަމާސާ ގޮތަކަށެވެ.

“އެހެންތަ ހީވަނީ… އެއީ ވަރަށް ސްޓޯރޯންގް ކުއްޖެކޭ… ގޯސްޓްލީ މަންމީ ދެކެ ނުގަންނާނެ ބިރެއް ބައްޕި ހެނެއް…” މާޔާ ނަކީލެގެ އަތުން ވީއްލިގެން ދުވެފައިގޮސް ފާހަނައަށް ވަނީ ނަކީލްގެ އަތުގައި ނުޖެހޭށެވެ.

ފާހަނައަށް ވަދެ ހަމަޖެހިލާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ކުޑަކޮށް ބިރުގަތެވެ. އެހެންނަމަވެސް ދެންމެ ނަކީލްއަށް ވިގޮތްފެނި ބިރުވެސް ފިލިކަހަލައެވެ. އަވަސް އަވަހަށް މޫނު ދޮވެލައި ތާޒާވެލައިގެން މާޔާ ނިކުންނަން އުޅުނު ތަނާހެން ބޮލަށް ތޫނު ތަދެއް އެރިއެވެ. އެއާއި އެކު މީހާގެ ގައިން ހުރިހާ ހަކަތަ ހުސްވިހެން ހީވިއެވެ. މޫނު މައްޗަށް އަދިރިވާހެން ހީވުމުން ނެތްހިތްވަރުން ފާހަނައިގެ ދޮރުހުޅުވާލެވުނީ ކިރިޔާއެވެ. ދެން ވީގޮތެއް މާޔާއަކަށް ނޭނގުނެވެ.

ކްލޯސެޓް ކައިރީ ހުރި ނަކީލް ފާހަނާއި ދިމާލަށް ބަލާލެވުނީ އެއްޗެއްވެއްޓުނު އަޑު އިވުމުންނެވެ. ވެއްޓިފައި އޮތް މާޔާ ފެނުމުން ނަކީލްއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ދުވެފައި ގޮސް މާޔާ އަތްދަނޑިމައްޗަށް އުފުލާލީ ލުއިފަތެއް ހެންނެވެ.އަދި ގޮސް އެނދުގައި ބާއްވާ ކުއިލް އަޅާލަދިނެވެ. އެނދުމަތީ ހުރި ފެންޖަގުން އަތަށް ފެން އެޅުމަށް ފަހު ދެތިން ފަހަރަކު މާޔާގެ މޫނުގައި ހޭކުމުންވެސް މާޔާ ހޭނެރުމުން ނަކީލް ހާސްވާގޮތްވިއެވެ.

ނަކީލްގެ ހިޔާލަށް އައީ މީގެ މަސްތަކެއް ކުރިން މާޔާ ހޮސްޕިޓަލަށް ގެންދެވުނު ދުވަހުގެ މަތިންނެވެ. އަނެއްކާ މާޔާ އަށް ބޮޑުކަމެއް ވީބާވައެވެ. އެކަމަކު އެދުވަހު ޑޮކްޓަރ ވެސް ހުރިހާ ޓެސްޓްތަކެއް ހެދުމަށްފަހު އެއްވެސް މައްސަލައެއް ނެތޭ ބުނުމުން ހިތްހަމަޖައްސާލިކަމުގައި ވިޔަސް ފަހުން ފަހުން މާޔާ އުޅޭ ލެއް ބަލިހެން ނަކީލްއަށް ހީވެއެވެ. އެކަމަކުވެސް އެއާއި މެދު އެއްޗެއް އެހުމުންވެސް އެވާހަކަ މާޔާ އޮޅުވާލާގޮތުން ކޮންމެވެސް ނުބައެއް އުޅޭކަމުގެ ސިގްނަލް ސިކުނޑިން ދެމުންދިޔައެވެ.

އަވަސް ހިނގުމެއްގައި ގޮސް ކްލޯސެޓްހުޅުވައިލީ ކަމެއް ހަދާންވުމުންނެވެ. އެދުވަހު އެހާވަރަށް އެހުމުންވެސް ރިޕޯޓްނުދީ މާޔާއެގޮސް ކްލޯސެޓް ތިރީިގައި ހުރި ކުޑަ ވަތްގަނޑަކަށް ލީ ހަދާންވުމުންނެވެ. އެ ފައިލްތަށް އެހާވަރަކުން ފޮރުވުމާ މިކާމާ ކޮންމެވެސް ގުޅުމެއްވާކަމާށް ނަކީލްއާށް ހަވަނަ ހިއްސުވިސްނައިދެމުންދިޔައެވެ. ތިރީ ވަތްގަނޑަކީ އާއްމުކޮށް ތަޅުލާފައި ހުންނަަ ތަނެއްކަމުގައި ވިޔަސް މިރޭ ނަކީލްއަށް ހުރިހާ ހަޤީޤަތެއް ހުރީމަކަންނޭނގެއެވެ. އެ ހުރީ ތަޅުނުލެވިއެވެ. ނަކީލް އަވަސް އަވަހަށް އެވަތްގަނޑުތެރޭ ހުރި ގަނޑުތަށް ހާވަމުން ދިޔައީ އެ ރިޕޯޓްތަށް އެޅިގަފައިލް ފެނޭތޯއެވެ.

ނަކީލްއަށް އެ ފައިލް ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.ހަަމަ އެއާއި އެކު މާޔާ ކުކުރާލި އަޑުއިވުމުން މާޔާ އޮތް އެދާއި ދިމާއަށް ބަލާލީ މާޔާ ހޭއެރިކަން އެނގުންވުމުންނެވެ. ނަކީލްވެސް އަވަސް އަވަހަށް ވަތްގަނޑު ރީތިކޮށްލުމަށްފަހު ކްލޮސެޓާއި ދުރަށް ޖެހިލާ ފާހަނައަށް ވަނީ މާޔާއަށް އެ ފައިލް ފެނުނުކަން ނާންގަން ވެގެންނެވެ. ހަމަޖެހިގެން ފާހަނަތަށިމަތީ އިށީންދެ ފަހަރަކު ގަނޑެއް ފަރުވާތެރިކަމާއި އެކު ކިޔައމުން ދިޔައީ އެހިތުގައި އެވާ ޝައްކު ތަކަކީ އެއްވެސް އަސްލެއް ނެތް އެއްޗަކަށްވާނެ ކަމަށް ދުއާ ކުރެވޭ ހާލުގައެވެ. ގަނޑުތަށް އުކަމުން ގޮސް އެންމެ ފަހު ސަފްހާގައި އޮތް ޖުމްލަ ފެނުމުން ނަކީލްގެ އަތުން ފައިލް ދޫވީ ލިބުނު ސިހުމުގައެވެ. މާޔާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން އިން އިބާރާތު ފެނުމުން ކުރިމަގަށް ކުރި ހުރިހާ އުއްމީދެއް ވިއްސިވިހާލިވިހެން ހީވިއެވެ. ހީވީ ނަކީލްގެ މޭގައި މީހަކު އެއްޗަކުން ޖެހިހެންނެވެ. ދެވަނަ ފަހަރަށް ވެސް އެގަނޑުތަށް ނަގައި ޗެކް ކުރި އިރު އެ ދެއަތް ތުރުތުރު އަޅާ ވަރުން އޭގައި ރީއްޗަށް ހިފޭވަރެއްވެސް ނުވިއެވެ. މޫނުމައްތީގައި ވިދަމުން ދިޔަ ދާތިކިތަކުންވެސް  ނަކީލް ހާސްވެފައި ހުރި މިންވަރު ހާމަވެގެންދެއެވެ.

ނަކީލް ފަސް ހަފަރު އެ އިބާރާތްކޮޅު ކިޔާލީ އެދަވަނަ ފަހަރަށް އެ ކިޔާއިރު ބަދަލުވެދާނޭ ހިތައި ކަންނޭނގެއެވެ. މިހެން ވާނީ ކިހިނެތް ހެއްޔެވެ. މިއީ ކިހާ ބޮޑު ސަމާސާއެއް ހެއްޔެވެ. ދެކެމުން އައި ފޮނި ހުވަފެންތަށް ވިއްސިވިހާލިވީއެވެ. ދިރިއުޅުމަށް އެޅުފައިމުވާ ކޮޅިގަނޑުގެ ހިލަން ވުމުން ހިތަށް ލޮޅުން ގެނުވީއެވެ. އަނެއްކާވެސް މާޒީ ތަކްރާރުވަނީ ހެއްޔެވެ. ނަކީލްއަށް މާޔާ ގެއްލެން އުޅެނީ ހެއްޔެވެ. މާޔާ އާއި ނުލާއި ނަކީލްއަށް ދެން ދިރިހުރެވިދާނެ ބާވައެވެ. ނޫނެކެވެ. އެންމެ މިނިޓެއްވެސް ދެން މާޔާ އާއި ނުލައި ހޭދަކުރެވޭނީ ކިހިނަކުން ހެއްޔެވެ. ނަކީލްގެ ލޯބި އަލުން ލިބުމަށް ފަހު އެ ލޯބި ބީވާން އުޅެނީ ހެއްޔެވެ. އެވެސް މުޅި އުމުރަށެވެ. މާޔާއާއި ނުލާ ދިރިއުޅޭނެ ގޮތެއް ނަކީލް އަކަށް ނުވިސްނުނެވެ. މިވަރުގެ ބޮޑު ކަމެއް މާޔާ ނަކީލްއަށް ސިއްރުކުރީ ކީއްވެހެއްޔެވެ. މާޔާއާއި ގުޅުން ހުރި ކޮންމެ ކަމެއް އެނގުމުގެ ހައްޤު ނަކީލްއަށް ލިބިގެންވާއިރު މާޔާ އެކަންތަށް ސިއްރުކުރީ ތީ އެހިތުގައި ޝަކުވާ އުފެދުނެވެ. މާޔާ އަށް އެހެން ކަންތައްކުރުމުގެ އެއްވެސް ހައްޤެއް ނީންނާނެއެެވެ. ނޫނެކެވެ. ނަކީލް އަތުގައި ފައިސާ އެބަހުއްޓެވެ. ދުނިޔޭގެ އެންމެ ފެންވަރުން ގުނާލެވޭ ވަރުގެ ޑޮކްޓަރުން ހޯދޭނެ ތަނަވަސްކަން އެބަހުއްޓެވެ.ކޮންމެ ގޮތެއްވިޔަސް މާޔާ ސަލާމަތް ކުރަން ނަކީލް ބޭނުންވިއެވެ.

ނަކީލް ޖެނީއާއި ގުޅެން ބުނީ ކީއްވެކަން ނަކީލް އަށް ވިސްނުނީވެސް އަދިކިރިޔާއެވެ. މާޔާއާށް ނުވިސްނެނީ ހެއްޔެވެ. ތިމާ ލޯބިވާ މީހަކު ނޫން އެހެން މީހަކާއި އެކީ އުފަލުން އުޅެވިފާނެ ހެއްޔެވެ. މިހާރުވެސް އެތަށް މަސްތަކެއް ވެފައި ވުމުން މާޔާގެ ބަލި ކުރިއަށް ވުރެ ބޮޑުވުމުގެ ފުރުސަތު ބޮޑުކަން ނަކީލްއަށް ވިސްނުނެވެ. އެހެންކަމުން މީހާ ހާސްވީ މާޔާއަށް ކަމެއް ވެދާނެތީއެވެ. މިވަގުތުގައި ވެސް ހިތާމަ ކުރުމުގެ ބަދަލުގައި ނަކީލް އަމިއްލަ ނަފްސަށް ވިސްނައިދިނީ ހިތްވަރުކުރުމަށެވެ.ހިތުގައި ކިތަންމެ ވޭނެއް އެޅިކަމުގައި ވިޔަސް ނަކީލް ހިތާމާ ފާޅުކޮށް މާޔޫސްވާން ފަށައިފި ނަމަ މާޔާ ގެއްލިދާނެ ކަމުގެ ބިރު ބޮޑެވެ. މާޔާގެ ހައްޤުޤައި ނަކީލް ކެތްތެރިވާނެއެވެ. މާޔާ ހިތްހަމަ ޖެހޭ ފަދަ ގޮތަށް ކަންތައް ކޮށްދެވޭތޯ ބަލާނެއެވެ. ނަކީލް މޫނު ދޮވެގެން ފާހަނައިން ނިކުމެ ގޮސް ކްލޯސެޓްގެ ވަތްގަނޑު ތެރެއަށް ފޮތްލާ ކުރިންވެސް އޮތްގޮތަށް އެތަން ހަމައަކަށް އަޅުވައިލިއެވެ. ނަކީލް އައިސް މަޔާގެ ނައިރީ އޮށޯވެ މާޔާއާއި ކައިރިއަށް ޖެހިލިއެވެ.

މާޔާއާށް ހޭލެވުނުތާ އިރުކޮޅެއް ވިކަމުގައިވިޔަސް ބޮލުގައި ރިހެމުންދާތީ ލޯމަރައިގެން އޮތީ ނަކީލްގެ ސުވާލުތަށްވެސް ކުރިމަތިވާނެކަން އެނގޭތީއެވެ.

” ހިނގާ ދޯ ބޭސްކާން..” ނަކީލް މާޔާގެ ބޮލުގައި ފިރުމާލަމުން ބުނެލީ އެމޫނުން ނަޒަރު ވަކިކޮށްލުމެއްނެތިއެވެ. މާޔާގެ މިލާފައިވާ މޫނު ފެނިފައި އެހިތުގައި ރިއްސާލިއެވެ.

” ކިހިނެތް އެނގުނީ ހޭލާކަން…” މާޔާ ލޯ ހުޅުވައިލާ ނަކީލް އާއި ދިމާލަށް އެބުރިލިއެވެ.

” ކީއްވެ ނޭނގޭކަށްވީ… މައި އަކަށް ނޭނގެ ވިއްޔާ ރަގަޅަށް އެކްޓް ކުރާކަށްވެސް..” މާޔާ ހައިރާންވީ ނަކީލް އެކަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރުމުންނެވެ.  މާޔާއަށް ބޮލުގައި ރިހޭތީ ބޭސްދީފައި ނަކީލްވެސް މާޔާ ކައިރީ ހަމަޖެހިލީ ވާހަކަ ފަށަން ވީގޮތެއް ނުވިސްނުނީމައެވެ.

ދެމަފިރިންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވައިލީ އިސްވެ މާޔާ ވާޙަކަ ދައްކަން ފެށުމުންނެވެ.

” ކީލް…” މާޔާ ނަކީލް އަތުތެރޭ ބޮޑިވެލަމުން ގޮވައިލީ ނަކީލް ކޮންމެވެސް ކަމަކާ ވިސްނާހެން ހީވުމުންނެވެ. ނަކީލް ނުބުންޏަސް އެވިސްނަނީ މާޔާއި އާއި މެދުކަން މާޔާއަށް އެނގެއެވެ.

“ހޫމް..” ނަކީލް މާޔާ އިތުރަށް އަތުތެރެއަށް ލާ ނިތްކުރީގައި ބޮސްދިނެވެ.

” ކަމަކާ ވިސްނަނީތަ..” މާޔާ މަޑުމައިތިރި ކަމާއި އެކު އެހި ގޮތުންވެސް ނަކީލް ގައިގެ ހިމަނާރާއި ހަމައަށްވެސް އަސަރުކޮށްފިއެވެ.މާޔާގެ ފަރާތުން ފެންނަ ކިޔަމަންތެރި މަޑުމައިރި އަދާތަަކަކީ އަބަދުވެސް ނަކީލްގެ ހިތާއި ކުޅެލާ ކަންތައްތަކެވެ.

” މާ ބޮޑު ކަމެއް ނުވޭ… މައި ކޭން ޔޫ ފޮގިވް މީ… ” ނަކީލް ހަމަ އެހުރި ގޮތަށް ހުރެ މާޔާގެ ފަރާތުން މައާފަށް އެދުމުން މާޔާ ނަކީލްގެ މޫނަށް ބަލައިލީ ސުވާލުން ފުރިފައެވެ. އިތުރު ތަފްސީލަކަށް އެދޭފަދައަކުންވެ.

” އައި ލަވް ޔޫ މައި… މައި ހިތުގަ ޖެއްސުނީތީ ސޮރީ…މައި އަށް އިތުބާރު ނުކުރީތީ ސޮރީ…މައި އަށް ހާޓް ކޮށްލެވުނީތީ ސޮރީ..މައި ވަރިކުރެވުނީތީވެސް ސޮރީ…. އަހަރެން އަސްލު ދުވަހަކުވެސް މައި އާއި ނުލާ އުޅޭކށް ބޭނުމެއްނޫން… މައި އަކަށް ނޭނގޭނެ މައި އާ ނުލާއި އަހަރެން އުޅުނު ގޮތެއް… އައި އޭމް ރިއަލީ ސޮރީ… ބަޓް އައި ޕްރޮމިސް… އައި ވިލް ނެވަރ ލެޓް ޔޫ ގޯ އެވަރ އަގެއިން… އެ ހެޔޮ ކޮންމެ މީހާކު ކޮންމެ އެއްޗެކޭ ކިޔަސް…. މައި އަށް ޓްރަސްޓްކުރެވުނު ނަމަ އަހަރެމެން ކިހާ އުފަލެއްގަ އުޅުނީސް…ހުރިހާ ކަމެއް މިވީ އަހަރެންނާއި ހުރެ… ފޮގިވް މީ މައި…. އައި ވޯންޓް ލެޓް ޔޫ ގޯ އެއިދަރ މައި ދާން ބޭނުންވިޔަސް..” ނަކީލް ގެ ލޮލުން ފޭބި ކަރުނަތިކި މާޔާ ފޮހެލަދިނީ ވަރަށް ލޯތްބާއި އެކީގައެވެ. ނަކީލް މާޔާގެ އެއްވެސް ކުށެއް ނެތް ކަން ޤަބޫލުކުރާނެ ދުވަހަކަށް ކުރަމުން އައި އިންތިޒާރުވެސް ނިމުނީއެވެ. ނަމަވެސް ނަކީލްއާއި އެކީ އުޅެވޭނީވެސް ކިހިނެތް ހެއްޔެވެ. މާޔާ އެހެންނަމަވެސް މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ނަކީލް ހިތްހަމަޖައްސައިދިނުމަށެވެ.

” އިޓްސް އޯކޭ ކީލް… އަހަރެން ވަރަށް އިންތިޒާރ ކޮށްފިން މިދުވަހަކަށް…ކީލް އަހަންނަށް ލިބޭނެ ދުވަހަކަށް… އައި ލަވް ޔޫ ޓޫ… އިޓްސް ނޮޓް ޔުއާ ފޯލްޓް… ” މާޔާ ސީދާ ނަކީލްގެ ލޮލަށް ބަލަންހުރެ ބުނެލިއެވެ.

” ލެޓްސް މޫވް އައުޓް މައި… ޖަސްޓް މީ އެންޓް ޔޫ… އެންޑް އަަވަރ ލިޓިލް ޕްރިންސް… ވީކެން ބިލްޑް އަ ކިންޑަމް… އެއްވެސް މީހެއްގެ އުދަނގޫ ނުފޯރާ ތާކަށް ދާން ހިނގާ..” ނަކީލް ބޭނުންވީ މާޔާ ހިތްހަމަޖެހޭ ކަހަލަ މާހައުލެއް ހޯދައިދޭށެވެ. މިގޭގައި އުޅޭ ހާ ހިދަކު މަންމަމެން މާޔާ އުފަލުގައި ހުރިޔަ ނުދޭނެއެވެ. މާޔާ އެއްވެސް ޝަކުވާއެއް ނުކުރިއަށް އެހުރިހާ ކަމެއް ނަކީލް ހުންނަނީ ނުފެންނަ ކަމަށް ހަދައިގެންނެވެ. އެހެންނަމަވެސް ދެން އިތުރު ތަކްލީފެއް މާޔާއަށް ދޭކަށް ނަކީލް ބޭނުމެއް ނޫނެވެ.

” ތިބުނީ… އޭރުން ޖެނީ އޯ… މަންމަ އޯ… ” ނަކީލް ބުނި އެއްޗެއް ޔަޤީން ނުވެގެން މާޔާ ކޮޅަށް ތެދުވެނެވެ. ނަކީލްގެނައި އަވަސް ހަރަކާތަކުން ދެވަނަ ސިކުންތްގައި މާޔާ އޮތީ ނަކީލްގެ ގައި މާތީގައެވެ. ދެން އިވިގެން ދިޔައީ ނަކީލްގެ މަޑު ހުނުމުގެ  އަޑެވެ.

” ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެއޭ އެކަމް އާފްޓަރ ވީ މޫވް އައުޓް… އެހެންވީމަ ޕެކް ކުރަން ފަށަންވީ ހަމަ މާދައިން ފެށިގެން… އަހަރެން ބޭނުން ވީހާވެސް އަވަހަކަށް މޫވްކުރަން…” ނަކީލް މާޔާގެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވީ ޖެނީގެ ވާހަކާ ކިޔައިދޭން ޖެހިދާނެތީއެވެ. ނަކީލްވެސް ހަަމައަކަށް އެޅެން ކުޑާވަގުތުކޮޅެއް ބޭނުންވާނޭތާއެވެ. ހިތް ރޮމުން ދާއިރު އެއްވެސް ކަމެއްނުވާހެން ހެދިގެން ހުންނަން ޖެހުމަކީވެސް  ފަސޭހަ ކަމެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

މާޒީ

Next

ޙަޔާތުގެ މަންޒިލް

Next
June 2, 2017

ޙަޔާތުގެ މަންޒިލް

Previews
June 1, 2017

މާޒީ

34 Comments!

  1. writer says:
    June 2, 2017 at 12:19 am

    ramadan kareem to all readers… next part on saturday as promised. mistakes hunaane kan ingey e mistakes thah faahaga kohdheyne kamah ummeedhu kuran… goodnight

    1. aish says:
      June 2, 2017 at 12:35 am

      Yeyyeyyeyye. Me first

  2. aish says:
    June 2, 2017 at 12:30 am

    Yeyyeyyeyye. Me first

    1. writer says:
      June 2, 2017 at 12:48 am

      Congrats…hehe…v ufaa vejje first hoadhy thee

  3. Aisha says:
    June 2, 2017 at 12:40 am

    Writer alhe maaya maraanulahchey ? story varah reethi ?

    1. writer says:
      June 2, 2017 at 12:49 am

      Thanks…maaya ah vaagotheh balan higaa dhw

  4. Amin says:
    June 2, 2017 at 12:41 am

    Kihine mi v.. Masha maraanulachey dn.. But vaahakaige namunves Hervey maaya maruvaanehen..anyways nice story

    1. writer says:
      June 2, 2017 at 12:51 am

      Kamaku nudheytha Amin? Lets see dhw maaya ah vaane gotheh…thank you

  5. AKI says:
    June 2, 2017 at 12:42 am

    haadha rangalhey writer… thanks… v reethi mi part ves

    1. writer says:
      June 2, 2017 at 12:53 am

      Readers ragalhu vaa varakah writer ves ragalhu vaan jeheyne eh nu…thankyou

  6. Cherry says:
    June 2, 2017 at 12:44 am

    Salhi

    1. writer says:
      June 2, 2017 at 12:54 am

      Thanks

  7. Maly says:
    June 2, 2017 at 12:50 am

    Mihaa reethi vaahakaves genes dhey iru thi genesdheny kurukoh.. thankolheh dhigu kohlaba writer.. v reethi mi part ves.. next part kon irakun genesdheyny. V inthizaaru kurevey..

    1. writer says:
      June 2, 2017 at 12:56 am

      I ll try satday ge part dhigu kureveytho… thanks

  8. Reen says:
    June 2, 2017 at 1:18 am

    Vaahaka v v reethi waiting for next part

    1. writer says:
      June 2, 2017 at 10:00 am

      Thank you

  9. Kee says:
    June 2, 2017 at 4:11 am

    V foohi maa lahun up kurathy

    1. writer says:
      June 2, 2017 at 2:52 pm

      Ekam writer mi episode up koh midhiny 19 kurithaa ehdhuwas fahun kanneyge… sorry to keep u waiting…

  10. ShAhu says:
    June 2, 2017 at 4:29 am

    varah reethi mi part ves.. maya maraa nulahchey ingey writer.. but vaahakige name in heevanee maya maruvaanehen.. ?
    waiting for Saturday’s part

    1. writer says:
      June 2, 2017 at 10:08 am

      Thank you… higaa dhw vaagotheh balamaa

  11. farysha says:
    June 2, 2017 at 4:31 am

    Vvv reethi

    1. writer says:
      June 2, 2017 at 1:00 pm

      Thankyou

  12. Sidhu says:
    June 2, 2017 at 4:58 am

    Vvvv salhi story

    1. writer says:
      June 2, 2017 at 1:00 pm

      Thank you

  13. Book Lover says:
    June 2, 2017 at 5:03 am

    Vaahaka vvvv reethi ingey writerrr!!!!
    Nakeel ah adhi kiriyaa dho e inguny maya ge baleege vaahaka!
    And Nakeel, Natheeg aai Maaya ehen thanakah move kuran e ulheny baleege kommeves kamaku kanneyge…. maybe faruvaa hoadhan…
    Btw really waiting for the next part ingey writerr….. ??

    1. writer says:
      June 2, 2017 at 1:12 pm

      Thank you and lets see dhn kanthah vaagotheh

  14. Naa says:
    June 2, 2017 at 9:53 am

    V reethi mi part. Maaya maraa nulahchey, but vaahakaige namun hekidhene maaya maruvaaneye!

    1. writer says:
      June 2, 2017 at 1:17 pm

      Higaa dhw vaagotheh balamaa…thank you

  15. Noor says:
    June 2, 2017 at 10:14 am

    Its one of the most beautiful story …keep it up dear..mivaahaka kiyan fashaifin alhugandu vaahaka liyan feshumuge maa kurin..u r just superb dear..❤❤❤

    1. writer says:
      June 2, 2017 at 1:22 pm

      Thank you so much… varah ufaa vejje thihen bunyma… your stories are awesome as well…keep it up

  16. nonns says:
    June 2, 2017 at 12:30 pm

    Woow. Varah reethi mi eposide. Ekam maya maraanulachey ingey. I just wish that nakeel maya and natheeq will be living gappily ever after at the end

    1. writer says:
      June 2, 2017 at 1:20 pm

      Adhi kuriyah varah gina kanthakrh higan hury…. ending myt not be as aspected… ekam kuriah oi thaaga heenukuraa haa kanthah vegen dhaane kamuge yagyn kan dhen… dhn this entire story is based on dhurugai viyas.. lets see how it is related. Keep reading…?

  17. Fathun says:
    June 2, 2017 at 11:57 pm

    Adhi baby ahvex gotheh nuhadhahchey plz ???

  18. Ely says:
    June 3, 2017 at 4:41 am

    Readers he demand than varah Gina dhw. I think it will be fun to give readers to write the last part of the story . hahahahahaha BTW beautiful story. M waiting for the next part.

Comments are closed.

Next Episodeދުރުގައިވިޔަސް 21ވަނަ ބައި←


All Right Reserved!