Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދިހަވަނަ ބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
June 7, 2017 5 Mins Read
43 Comments

“ސަލާމް..އަހަރެން ހޯދަން ތިހުރިހާ ދަލެއް އޮހޮރުވުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުނަން. ތިހެން އެޗެހިތަށް ޑީއެކްޓިވޭޓް ކޮށް ފޯނާ ނަންބަރު ވެސް ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މިހާރު މިހުރީ ތި މީހުންގެ ހަޔާތުގަ. ދެން އަހަރެން ބޭރަށް ލުމުގެ އެއްވެސް ބާރެއް ތިއިން އެކަކަށްވެސް ނޯންނާނެ. އެންޑް ހާޝިރް އާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތަ؟ ނެތް ދޯ.. ދެން ކާކުގެ ލޭކޯރެއްބާ ހެދޭނީ.. އިންތިޒާރުގަ. ތިމީހުންގެ މަރު”

ހަތަރުމީހުންގެ ގައިންވެސް ހީބިހި ނަގާލައިގެން ދިޔައެވެ.

“މީ ކާކު ކުރާ ކަމެއް؟؟؟.. ހާދަ ކަވާރޑް މީހެކޭ ދޯ ހުރިހާކަމެއް މިކުރަނީ..އާހް!!!!” މުލައިލް އޭނާގެ ބިރާ ސިހުން ދައްކާލީ ރުޅިވެރިކަމުގެ ސިފައިގައެވެ. އިރުކޮޅެއްނުވެ ރުއާ ގުޅާލިއެވެ. އަލާނިޔާ ސްޕީކަރަށް ލީ ރުއާއަށްވެސް އެފަދަ މެސެޖެއް ގޮސްފާނެކަމަށް ބަލާފައެވެ. ކަން ވީވެސް އެހެނެވެ. ވާނުވާގެ ތެރޭގައި ހުރި ރުއާ ވާހަކަ ދައްކަން ފެށިއެވެ.” ލާނީ.. ވަޓްސް ގޮއިންއޮން.. އަހަންނެއް އެއްވެސް އެއްޗެއްގެ ޕާސްއެއްވެސް ފޯނެއްވެސް ބަދަލެއް ނުކުރަން. ދެން ކޮން މެސެޖެއް އެ އައީ.. ޕްލީޒް ކިޔައިދީބަލަ. މިއަދުގެ ޝޫޓިންގް ވެސް ކެންސަލް ކޮށްފިން މިކަމަކާ ހުރެ.!!” ރުއާގެ އަޑުގައި ވެސް ވަނީ ބިރެވެ. އަލާނިޔާ ކުރުގޮތަކަށް ކަންވިގޮތް ކިޔާދިނުމަށްފަހު ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ބޭއްވިއެވެ.

އެންމެން ވެސް ވަނީ ބޯހާސްވެފައެވެ. ހީވެސް ނުކުރަކާފަދަ ގޮތަކަށް ހުރިހާކަމެއްވެސް ވަމުން ދާއިރު އެމީހުން ދައްކާ ވާހަކަތަށްވެސް އެމީހަކު އެދަނީ އަޑުއަހަމުންނެވެ. އަނެއްކާވެސް އެހަމަހިމޭން ކަން ފޫދުއްވާލީ ފޯނެއްގެ އަޑެވެ. ޔުސްރާ އަށް ހޮސްޕިޓަލުން ގުޅަނީއެވެ.

“އަހަންނަކަށް ނެތް މިހެން އިނދެވޭކަށެއް. މާދަން އެބަޖެހޭ ހުރާއަށް ވެސް ދާން. އެންޑް އެކަމަށް މިހާރު އިންކާރެއްވެސް ނުކުރެވޭނެ. ދަނީ” ޔުސްރާ ހާސްވެފައި ވީނަމަވެސް އެކަން ނުދައްކާ ވޭތޯ ބެލިއެވެ. އެންމެ ފަހުން އެ އެންމެން ނިންމީ ތަނަކަށް ދަންޏާ އެންމެން ވެސް ދިއުމަށެވެ. ރުއާ ރާއްޖޭގައި ނެތުމުން ހެދޭނެ އިތުރު ގޮތެއް ނެތީތީ ރުއާ އެކަނި ކޮށްލާފައެވެ.

ޔުސްރާ ހޮންޕިޓަލާ ހިސާބަށް ވެސް ގެންގޮސްދިނީ ލައިތްއެވެ. އަދި މާދަމަށް ފުރުމުގެ ހުރިހާކަމެއް ހަމަޖައްސާނެ ކަމަށް ބުނެ އޭނާ ދިޔައެވެ. އެތެރެއަށް ވަދެގެން އައި ޔުސްރާ އާއި މިހަރުވެސް ބައްދަލު ކުރީ ޝިފާންއެވެ. އެއްވެސް ކަމެއް އަންގާ ނުލުމުން އެކަމާ ޝަކުވާ ކޮށްލުމުން ޝިފާން ހިނިތުންވެލިއެވެ. “ސޮރީ ޔުސް.. އަސްލު އަންޑާކަވާ މަސައްކަތްތަކަކީ އެތަށްބައެއްގެ އިތުބާރާ ގުޅިފައިވާކަމެއް. އެގޮތުން މިފަހަރު ޔުސް އާ މި ކުރިމަތިލާން ޖެހުނީ. އަހަރެން އެއްވެސް އިރަކު އެކަކަށްވެސް އޮޅުވާލާކަށް ބޭނުމެއް ނޫން. ޔުސް.. މިހާރު ކަންކަން ގޮއްސަފައޮތް ހިސާބަށް ބަލަންޏާ އަހަންނަށް ބުނެވޭނީ އެމާހާގެ މަގްސަދަކީ ތި އެންމެން މަރާލުމޭ. ބުނަން. މިކަހަލަ ކަންކަމުގަ އެއްވެސް މީހަކަށް އިތުބާރު ނުކުރާތި. އަހަންނަށްވެސް. ނޫނީ އޭގެ ހިތި ނަތީޖާ ފެނިދާނެ.”

ޝިފާން އެހެން ބުނެލާފައި ދިޔައީ ޔުސްރާގެ ހިތް ސުވާޅު މާކެއްގެ ތެރެއަށް ގަންބާލާފައެވެ. ޝީފާން އެދެއްކީ ވާހަކަތަކުގެ ސަބަބުން ޔުސްރާގެ ބޯ ހާސްކުރުވަމުން ދިޔައެވެ. އޭނާ ބުނަނީ އެކަކަށް ވެސް އިތުބާރު ނުކުރަންވިއްޔާއެވެ. އެއީ ކުޑަ ކަމެއްވެސް ނޫނެވެ. އެހެންވީރު ޝިފާން އެބުނަނީ އެންމެ ގާތްމީހުންނަށް ވެސް ޝައްކުކުރަން ބާއޭ ޔުސްރާގެ ހިތަށް އެރިއެވެ. އެކަމާ ހުރެ އޭނާއަށް ކުރަން އައި މަސައްކަތްވެސް ކުރެވޭކަމަކަށް ނުވިއެވެ. އެންމެ ފަހުން ލައިތްގާތު އެދުނީ އޭނާ ބަލާ އައިސް ދިނުމަށެވެ.

އެރޭގެ ވަގުތެވެ. އެންމެންވެސް ތިބީ މުލައިލްގެ ގޭގައެވެ. އެންމެ ކުޑަވަރެއް ކޮށްފައި ވީ އެގެޔަށް ވީތީއެވެ. ކެއުމަށް އިންސާފު ކުރަމުންދިޔައިރުވެސް އެހެންޏާ އެއްކޮށްއުޅޭއިރު އަޑުގަދަ އެ ހަތަރު މީހުން ތިބީ އެއްކޮށް ހިމޭންވެފައެވެ. ހީވަނީ ވާހަކަ ނުދެއްކޭ ބައެއްހެނެވެ. ކުޑައިރުގެ ކަންކަން އަނެއްކާވެސް ތަކުރާރު ވާން އުޅޭ ކަމުގެ ފެހި ސިގްނަލް ދެމުންނެވެ. ތަށި ހާވަމުން ފޯނާ ކުޅެމުން ދިޔަ ލައިތްއަށް މެސެއްޖެއް ފެނުނެވެ. އެއީ ރޭގެ ދަންވަރުގެ ވަގުތެއްގައި އިން މެސެޖެކެވެ. ހާޝިރްގެ މެސެޖެކެވެ. “ލައިތް.. އަހަންނަކަށް މާގިނަ ވަގުތެއް ނެތް ދެން… ޕްލީޒް. ލާނީ އަދި މުލައިލް އިތުރަށް ސުވާޅު މާކެއްގެ ތެރޭގައި ނުބަހައްޓާ އެމީހުންނަށް އެމީހުންގެ މާޒީ ކިޔައިދީ.. ނޫނީ ދެން އެންމެ އަވަހަށް އެކަމުގެ ހިތި ނަތީޖާ ފެންނާނީ އެދެމީހުންނަށް.”

އެމެސެޖު ކިޔާލުމާއެކު ލައިތްގެ ގެ އަތުގައި އޮތް ސަމުސާވެސް ދޫވިއެވެ. އެއަޑަށް އެންމެން ބަލާލުމުން ލައިތް އަވސްއަވަހަށް މޫނުމަތީގައިވި ހާސްކަން ފޮރުވާލިއެވެ. އަދި އަނެއްކާވެސް ކެއުމާއިގެން ކުރިޔަށް ދާކަމަށް ހެދިއެވެ. ނަމަވެސް ހަގީގަތުގައި އޭނާ އެމެސެޖު ޔުސްރާއަށް ފޮނުވާލީއެވެ. އަދި ކައި ނިމުމުން މުލައިލް އަށް އެވާހަކަ ކިޔައި ދިނުމަށް އެދުނެވެ. އޭނާ ނިންމީ އަލާނިޔާއަށް ކިޔައިދިނުމަށެވެ. އެއީ މުލައިލްގެ ބޯހަރުކަން ދެނެގަނެވޭނީ ޔުސްރާކަހަލަ މޮޅު ޑޮކްޓަރަކަށް ކަމަށް ވާތީއެވެ. ޔުސްރާ އަށް މެސެޖުތަށް ފެނުމާއެކު ލޯބޮޑު ކޮށްލެވުނެވެ. އަދި ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ނަމަވެސް ލައިތް އާދޭހުގެ ގޮތަކަށް ބަލއިލުމުން އެއްބަސް ވިއެވެ.

“ލާނީ… ކައި ނިމުނީނު.. އާދެބާ.. އެބައޮތް ވާހަކައެއް ބުނަން..” ލައިތްވަރަށް ހިތްވަރު ކޮށްފައި އަލާނިޔާ ގޮވައިގެން ގޭގެ ޓެރަހަށް އެރިއެވެ. މައްޗަށް އެރުމާއެކު އަލާނިޔޔާ ބުމައަރުވާލީ ބުނަން އުޅޭ ވާހަކަ ބުނާށޭ ބުނާ ފަދައިންނެވެ.

“އަހަރެން ބުނަން މިއުޅެނީ ކުޑަ ވާހަކައެއް ނޫން. މިވާޙަކަ އިނގުމުން އެންމެ ފުރަތަމަ އަހަރެން ނަށްވެސް އުޅެވުނު ގޮތްއަދިވެސް އަހަރެން ހަނދާން ހުރޭ. ލާނީ ވާނެ ވަރަށް ހިތަވަރު ކުރަން އިނގޭ. ކުރީގަވެސް ތީ ނުލާހިކު ސްޓްރޯންގް ކުއްޖެއްނު..ލާނީ ވަނީ އެކަން އެންމެ ކުޑައިރުވެސް ސާބިތު ކޮށްދީފަ.”

ލައިތް ދެން ކިޔާއިދޭން ފެށީ އެމީހުންގެ ކުޑައިރުގެ ވާޙަކަތަކެވެ. ލައިތްގެ ކުރީގެ ހަނދާންތައް އިޔާދަ ވެފައިވާއިރު އޭނާ ހަނދާން ހުރި ހުރިހާ އުފާވެރި އަދި މަޖާ ކަންކަން ކިޔާދިނެވެ. އަދި ރޫގެ ވާހަކަވެސް މެއެވެ. ދެން ކިޔާދޭންފެށީ އަލާނިޔާ މެންނަށް ދިމާވި ބިރުވެރި ކަންކަމުގެ ވާހަކައެވެ. އެކަންކަން އިނގުނު ގޮތެވެ. އަދި މިހާތަނަށް ދިމާވަމުން އައި ކަންކަމާ ކުރިޔާ ގުޅިފައިވާކަމެވެ. އެންމެ ފަހުން ލައިތް ބުނެލީ އަލާނިޔާގެ ހިތް ހުއްޓުނު ފަދަ ވާހަކައެކެވެ. އަލާނިޔާގެ ކާފަ އޭޏާގެ އިތްފަތްތެރިކަމަށް އަރައިގަތް ވާޙަކައެވެ. އިސްދަށަށް ޖައިހައިގެން އިން ލައިތްއަށް އަލާނިޔާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރު ނުފެނުނަސް އެންމެ ފަހު ވާޙަކަ ބުނުމަށްފަހު އިސްއުފުލާލުމާއެކު ހުއްޓިފައި އިންއަލާނިޔާ ފެނި ވަރަށް އަސަރު ކުރިއެވެ. ދެން ފެނުނީ ހަބަރު ހުސްވެގެން އަލާނިޔާ ވެއްޓެން ދިޔަތަނެވެ. އެކަމަށް ހުޝިޔާރުވެގެން އިން ލައިތް އަލާނިޔާ ހިމާޔަށް ކޮށްލިއެވެ.

ލައިތްއަށް އިނގިފައިވާގޮތުން ކުރީގެ ކަންކަން އިނގުމުން އެގޮތަށް ހޭނެތުމަށް ފަހު ދެން ހޭއަރާއިރު ގިނަ ކުދިންގެ ހަނދާންތަށް އިޔާދަވެއެވެ. ލައިތްއަށްވެސް ވީއެފަދަގޮތެކެވެ. އެހެންކަމުން އޭނާ އިނީ ވަރަށް ސަމާލުވެއެވެ. ފަސްވަރަކަށް ފަހަރު ގޮވާލުމާއެކު އަލާނިޔާ އެސްފިޔަ ތަޅުވާލުމަށްފަހު ލޯހުޅުވާލިއެވެ. އެވަގުތު ކުރިމަތީ އިން ލައިތް ފެނުމާއެކު ހުރިހާ ކަމެއްވެސް ހަނދާން އާވާން ފެށިއެވެ. ލައިތްވެސް އިނީ އެކަމަށް ވަގުތު ދީގެންނެވެ. ކުލަނުވާ ފިލްމެއްގެ ރީޕްލޭ ފެންނަށް ފަދައިން އަލާނިޔާއަށް ހުރިހާ ކަމެއް ސިފަވާން ފެށިއެވެ. އޭނާގެ ކާފަ މިނިމަހާ ގުނަވަންތައް ކޭދުވަހެވެ. ރޫ އަދި މުލައިލްގެ ގުޅުމެވެ. ކާފަ އޭނާ  އަދި ރޫ ވިއްކާލުމެވެ. އެކްސިޑެންޓެވެ. ލައިތްގެ މަންމަ ފެނުމުން އުޅެވުނު ގޮތެވެ. އެންމެ ފަހުން ހާޝިރްގެ މަރުވެފައިވާ ހަށިގަނޑެވެ.

އިހުތިޔާރަކާ ނުލާ އަލާނިޔާގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އަދިވެސް ލައިތްގެ އަތުތެރޭގައި އޮވެ ގޮސްލާ ރޮމުން ގެންދިޔައެވެ. ކުއްލިޔަކަށް ލައިތްގެ ގައިގައި ބާރަށް ބައްދާލުމަށްފަހު އަލާނިޔާ ބާރަށް ރޯންފެށިއެވެ. ލައިތްގެ ހިތް އެވަގުތު ފިސްފިސްވެގެން ދިޔައެވެ. އަލާނިޔާގެ ވޭނީ ރުއިމުގެ އަޑު އެހުމަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ. ނަމަވެސް މިވީހާދުވަހު ހިފެހެއްޓިފައިވާ ކަރުނަތަކާ އުދާސްތަށް ބޭރުކުރުމުގެ ފުރުސަތު އަލާނިޔާއަށް ދޭން ބޭނުން ވިތީ ލައިތްވެސް އަލާނިޔާގެ ގައިގައި ބާރށް ބައްދާލައިން އިނީއެވެ.

އަލާނިޔާ ރޮމުން ދިޔައީ އޭނާގެ ހާލާމެދުގައެވެ. އޭނާ އެންމެ ދެރަވެ ހިތްދަތިވީ އެންމެ ލޯބިވި ކާފަ އޭނާގެ އިތްފަތްތެރިކަން ނިގުޅައިގަތީމައެވެ. އެ މަންޒަރު އަދިވެސް އޭނާގެ ލޯކުރިމަތިން ފެންނަ ފަދައެވެ.

އޭޏާ ކިހާއާދޭހެއް ކުރިހެއްޔެވެ؟ ސަލާމަތަށް އެދި ހަޅޭއްލަވަން ކިހާމަސައްކަތެއް ކުރިހެއްޔެވެ؟ އެނާގެ ކާފަ އޭނާއާއި މެދު ކަންތައް ކުރީޖަނަވާރަކަށް ވުރެވެނސް ނުބައިކޮށެވެ. އަދި ހަމަ އެވަގުތު ކާފަޔާއެކު ވާ ހުރިހާ އުފާވެރި އަދި ލޯބި ހަނދާންތައްވެސް އާވާން ފެށިއެވެ. ކޮންމެ އުފަންދުވަހަކު އޭނާ އުފާވެރިކޮށްލާ ގޮތާ ކޮންމެ އަހަރަކު ހުސް ‘އޭ’ ލިބުމުން ޗޮކުލެޓުދީ ބައްދާލާ ގޮތެވެ. މިހުރިހާ ކަމަކީ އަލާނިޔާގެ ސަބަބުން ވާކަމެއްކަން އޭނާއަށް ގަބޫލު ކުރެވެން ފެށުނެވެ. އެހިތް އެތެރެއިން ފުނޑުފުންޑު ވީއިރު ކައިރީގައި އިންލައިތް ވެސް އިނީ ރޯލާރޯލާއެވެ. ދެމީހުން ބައްދާލައިގެން ރޯންތިބި ހިތްދަތި މަންޒަރު ފެންނަ ކޮންމެ މީހެއްގެވެސް ހިތަށް ހާދަ އަސަރެއް ކުރާނެކަން ޔަގީނެވެ.

އެންމެ ފަހުން އަލާނިޔާ ދުރައްޖެހިލީ ހިތް ފުރޭ ވަރަށް ރޯލެވުމުންނެވެ. ލައިތްވެސް ކަރުނަތަށް ފޮރުވާލަމުން އަލާނިޔާގެ ގައިން ދޫކޮށްލިއެވެ. “ލައިތް.. އަހަންނާ ދުރައްދޭ.!! އަހަރެންގެ ސަބަބުން މީހުން މަރުވަނީ.. އަހަރެންދެކެ ލޯބިވާ ހުރިހާ އެންމެން ވެސް.ދޭދޭ ދޭ!!! އަހަރެން ތިމީހުންދެކެ ވަރަށް ލޯބިވޭ.. ބޭނުމެއް ނޫން ތިމީހުންނާ ވަކިވާކަށެއް…އަހަރެން މަރުވިޔަސް އެޔަށް ވުރެ މާރަނގަޅު!!!!” އަލަނިޔާ ގެ ވާހަކަތަކުން ލައިތް ހިތްވަރުކޮށްލައިފައި އަލާނިޔާއަށް ވިސްނަ ދެވޭތޯ މަސައްކަތް ކުރިއެވެ.

“ލާނީ. އެއީ މަޒީ.. މިހާރު އެމީހަކު އެކުރިމަތި ލަނީ ހަމައެކަނި ލާނީއާކަމށް ވިޔަސް ނުވަތަ އަހަންނާ ކަމަށް ވިޔަސް އެކުރިމަތި ލެވެނީ އަހަރެމެން އެންމެނާ…ވީ އާ ވަން. ލާނީ! އަހަންނަށް އިނގޭ ލާނީ ދެރަވާނެކަން ވެސް. އެކަމު މިވަގުތު މީ ހިތްވަރު ކޮރަން ވީ ވަގުތު. އަހަރެމެން އެންމެނ ވެސް މިކަމުން ސަލާމަތް ވާން ބޭނުމިއްޔާ ލާނީގެ އެހީތެރިކަންވެސް ބޭނުން ވާނެ. ތީ އަހަރެމެންގެ އުފާވެރިކަން. ލާނީ.. ޕްލީޒް.”

އަލާނިޔާ ހަމަޔަކަށް އެޅުވުނީ އެތަށް ވަރަކުންނެވެ. އެފަކީރު ދިޔައީ އަމިއްލަ ނަފްސު ކުއްވެރި ކުރެމުންނެވެ. ލައިތްގެ ހިތަށް ތަދުވިނަމަވެސް ލައިތްވެސް ކެތްތެރިކަމާއެކު އަލާނިޔާއަށް ވިސްނަދެމުން ގެންދިޔައެވެ. އެންމެ ފަހުން އަލާނިޔާ ހަމަޔަކަށް އެޅި ވާހަކަ ދެއްކިއެވެ.” އާނ.. ލައިތް ތިބުނީ ރަނގަޅަށް. އަހަރެންގެ ފިނޑިކަމުން އިތުރު އެކަކުވެސް މަރުވިޔަކަ ނުދޭނަން. މާޒީ ގައި ކޮންމެ ގޮތަކަށް ކަން ހިނގާފަ އޮތަސް، އަހަރެން ބޭނުމެއް ނޫން ފިނޑިވާކަށް. އަހަރެން އަބަދުވެސް ބަލަނީ އެހެން މީހުންނަށް އިންސާފު ހޯދަ ދެވޭތޯ.. އެކަމު ދެން އަހަރެން އިނސާފު ހޯދަދޭނީ އެކުވެރި ރޫ، އަހަރެން އަދި ލޯބިވާ ތިމީހުންނަށް.” އަލާނިޔާ އެންމެ ފަހުން އެހެން ބުނެލުމުން ލައިތްގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

މިއޮއްވީހާއިރު އަލާނިޔާ ރުއިމުގެ ސަބަބުން ލައިތްއިނީ ހިތްކުދިކުދިވެފައެވެ. އެކަކު ގާތު ނުބުންޏަސް އެ ނާޒުކު އަންހެން ކުއްޖާއެއީ އޭނާގެ ހިތުގެ މަލަކާއެވެ. ނަމަވެސް އެންމެ ކުރިންވެސް މުލައިލް އާހެދި އަލާނިޔާއަށް ވާވަރު ފެނުމުން ލައިތްއަށް ފަސްޖެހެވެނީއެވެ. އެހެންނޫނަސް އޭނާއެއީ އަބަދުވެސް މަޑުން ހުންނަ ކުއްޖެއްކަމުން ބުނަން ނުކެރެނީއެވެ. މިހާރުވެސް އަލާނިޔާ މުލައިލް އާހެދި މޮޔަވެފަ ހުންނަވަރުން ނުބުނެވެނީއެވެ. އެހެންކަމުން އަލާނިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކީވެސް ލައިތްއަށް ނުހަނު ވޭންދެނިވި ކަމެކެވެ. އަލާނިޔާ ކިތަންމެ ހަމަޖެހޭ ގޮތް ދެއްކިޔަސް ލައިތްއަށް އަލާނިޔާ އިނގެއެވެ. އެއީ އަބަދުވެސް އެތެރެއިން ބަލިކަށި ކުއްޖެކެވެ. ނަމަވެސް އަލާނިޔާ އެ ނިންމި ނިންމުމަށް ލައިތްގެ ފުރިހަމަ އެއްބާރުލުން ދީ އޭނާގެ އެންމެ ފަހު ނޭވާއާ ހަމަޔާ ޖެހެންދެންވެސް އެ ނާޒުކު މާ ހިމާޔަށް ކުރުމަށް ހިތުގެ އަޑިން އަޒުމު ކަނޑައަޅާލިއެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

މަލާކް… 6ވަނަބައި

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (45)

Next
June 7, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (45)

Previews
June 7, 2017

މަލާކް… 6ވަނަބައި

43 Comments!

  1. imagination ?? says:
    June 7, 2017 at 2:39 pm

    m sorry iyye up kuraanamey bunefa nukurevunima. i overslept??.. anyways ehaa supportive veema thanks ingey. and next part maadhan ingey in sha allah. and btw m really hungry so geyga hadhaa ehchehi comment kohllah chey ?

    1. lal says:
      June 7, 2017 at 4:29 pm

      vaahaka varah reethi…geyga miadhu roadha veellan hadhy kutles and choc cake…kon irakun next part??

    2. lal says:
      June 7, 2017 at 4:30 pm

      awww…tmrw dhww….thankolheh dhigu kohleveythw balachey…thanks…:-*

    3. imagination ?? says:
      June 7, 2017 at 6:10 pm

      yep. maadhan.. oohh kutles.. my favv ?. thanks for the lovely comment dear ??

    4. lal says:
      June 8, 2017 at 11:15 pm

      Imoo…kobaatha vaahaka??…still waiting…..inthizaaring….
      ???

  2. naann says:
    June 7, 2017 at 2:44 pm

    wow.. Alhe kaaku baa myhun marany…?? Waiting and waiting.. Keep up the good work Imagination..

    1. imagination ?? says:
      June 7, 2017 at 6:13 pm

      hmm.. kakubaa dhw.. haaha thanks naann??

  3. ????❤ says:
    June 7, 2017 at 2:57 pm

    Beautiful❤

    1. imagination ?? says:
      June 7, 2017 at 6:16 pm

      thank you ???

  4. Aisha says:
    June 7, 2017 at 3:11 pm

    Varah reethi mi part vex..? alhey ekudhinah help vahchey killer hoadhan

  5. Love says:
    June 7, 2017 at 3:11 pm

    Haadha kurey

  6. Juvey says:
    June 7, 2017 at 3:23 pm

    V kiyaa hiyy vey mi story ..waitting for next part

  7. ❤Ifa❤ says:
    June 7, 2017 at 4:14 pm

    vv salhi…gud luck imagination……waiting for next part

  8. Blume says:
    June 7, 2017 at 4:37 pm

    Myhun maraa myhage suspects
    1.Rua
    2.Shifan
    mi dhemyhun eiy enme bodah suspect kurevey myhun

  9. Adha? says:
    June 7, 2017 at 4:52 pm

    Varah interesting mi part ves ? waiting for next part

  10. Aishath says:
    June 7, 2017 at 5:29 pm

    Varah salhi story eh…..miadhu hedhy pasta…choco puding..and bajiyaa

  11. Shii says:
    June 7, 2017 at 5:30 pm

    V salhi

  12. Pinkish says:
    June 7, 2017 at 5:38 pm

    Woahh… v v salhi.. roadha veellan hadhaa ehchehi bunyas imagination akah naadheveyne viyya.. aadheveyne nama bunymus… naadheveythy nubunaanan.. ??

  13. Jjeyツ says:
    June 7, 2017 at 5:59 pm

    Haha. Maadhan overslept nukurahchey ingey??. Btw as usual v salhi and interesting ingey. V v v v v kudhi mistakes mifaharu fenun. But this part was awsome too?. Keep up the good work?. Waiting………………………………….

  14. ssss? says:
    June 7, 2017 at 6:13 pm

    Rua ah varah suspect kurevey…. Waiting for next part ??

  15. Saandy says:
    June 7, 2017 at 6:14 pm

    V salhi… Ekam adhi dhigukolladheebala.. Saandymen geyga roadha veellan hedhi ehcheh Saandy akah adhi neynge… En’geynama buneemus :p 🙂

  16. sam♥ says:
    June 7, 2017 at 6:55 pm

    wow …. storyy v salhii igey
    …. thankxx … kaaakubaa dheww meeehun mimaranyyy …. waiting next part..

  17. Lum says:
    June 7, 2017 at 6:58 pm

    Wowww.. Vv nice

  18. maai says:
    June 7, 2017 at 7:16 pm

    loll.i thought laith aky girl eh kamah mioh hurihaadhuhu.

  19. pritty hajja says:
    June 7, 2017 at 8:14 pm

    OMG!!!???.. its getting even more interesting waiting for the next part… v v v v v nice ingey dear..??? missed you so much.???… very happy dhimaa v ma after a long tym ☺☺☺☺☺☺☺…….
    N
    I don’t know how much i had checked this site just only to read this enthralling,beguiling story of you my dear….. ?????? ??❤❤
    may god bless you and on your hard word….
    well……. about the story dho.. i am wondering who could it be. killing everyone……????

    ❤lots of love❤
    ‘pritty’

  20. Shaa says:
    June 7, 2017 at 9:09 pm

    Vrah reethi..madhah heevanie aee ruaa hen….

  21. remoo says:
    June 8, 2017 at 3:46 am

    hmmm hithah arany kaaku ba ey eakee…. v reethi mi part vx …..

  22. Thuthi says:
    June 8, 2017 at 9:59 pm

    Adhi kithah part ebaoiyy baa ey kaakukan egen??

  23. Boss says:
    June 9, 2017 at 4:49 pm

    Haadha vatharey
    Pretty littile liers series aaa hen…

  24. Adha? says:
    June 10, 2017 at 2:22 am

    Annehkaa imagination overslept veetha??? avahah up kohdheeba. pls?

  25. Love says:
    June 10, 2017 at 9:29 am

    Imagination overslept vydhww… Avahah next part up kohdheeba… Plxxxx

  26. fathum says:
    June 10, 2017 at 12:22 pm

    mee varah dhogu hadhaa liyun therieh kan faahaga kurevey?? varah foohi

    1. Jjey:) says:
      June 11, 2017 at 12:44 am

      Oh please. Kamehve dho habareh nuve e huhnanee. Gasthuga writer eh kiyunthwrin disapoint eh nukuraane. Hope u wikl understand. Anyway makanthah bodunukoh mi vahaka kiuun hutaalima veenu dho foohi vanyaa. ?

  27. song joong ki..KOREAN says:
    June 10, 2017 at 6:08 pm

    hehe oversleeping dhw!! dhn avahaa up khbaaa!!! 🙂

  28. Jjey:) says:
    June 11, 2017 at 12:36 am

    Dhean vahaka kiyunn huuttaliima veenu. ?

  29. Love says:
    June 11, 2017 at 11:02 am

    Evarun upnukuraanama dhw…

  30. luhan says:
    June 11, 2017 at 5:53 pm

    Vaahaka up kohdhybala..Plx..V kiyaa hiyy vey…Kyhve tha eha las vany?

  31. Jjey:) says:
    June 11, 2017 at 6:40 pm

    Imagination where are you? ?

  32. lal says:
    June 11, 2017 at 8:11 pm

    imoo kn thaaku thi ulheny???….did something happen???…still waiting impationtly……

  33. Aisha says:
    June 11, 2017 at 9:59 pm

    koya neh tha update eh?

  34. imagination says:
    June 11, 2017 at 10:12 pm

    Ik varah gina kiyun therin mihaaru foohi vehjekan. Ekam i want you all to know that m very sick. Aslu tenth vana part liyun iruves i wasn’t okey. M really sorry. Ingey sorry akun nufudheynekan. If possible please forgive me everyone. Varah dheravehjje baeh comments fenunima. Ekm alhuganduge stories gavaidhun kurin ves ki kudhinnah ingeyne alhugandu gavaidhun upp kuraakan. Kameh dhimaa nuvaahaa hindhaku. M sorry. Kiriyaaves rangalhu vi haa avahakah liyedheynan. ???????

  35. imagination says:
    June 12, 2017 at 12:50 am

    Kurin ves kurin comment eh. Fennakah nei ekam. Aslu balive ulhrytha v dhuvas vehjje. Ekm ves eythi excuse akah nuhadhani gina readers eythi accept nukuraathi. Ekamj dhen mihaa varah bodah balive ulheythi hama nuliyevifa. Varah dhera vehjje ebai comments fenifa. Sorry guys. Ik sorry akun nufudheyne kan ves. Ekamuves dhen genas dheveyni okey vi ma.

  36. KIM TAN says:
    June 12, 2017 at 11:50 am

    thivarun keehkuran vaahaka kiyany?? nukiyaabala.

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (އެގާރަވަނަބައި)←


All Right Reserved!