Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 6ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 7, 2017 4 Mins Read
39 Comments

ސަމީހު އަރޫންއަށް ނޭންގޭ އެތަކެއް ވާހަކަތަކެއް ކިޔާދިނެވެ. ” ދަރިފުޅާ ނަމަނަމަ މަންމަ އަށް މިއިންކަމެއް އެނގުނަ ނުދޭތި.. ކުރިން އުޅުންގޮތަށް ދަރިފުޅުވެސް ހަމަޖެހިގެން އުޅޭނީ..” ސަމީހުގެ ވާހަކައަށް އަރޫން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
” ބައްޕާ އަޅުގަނޑު އަދިމިިއިނީ ހަނދާންނެތިފައޭ.. މިއޮތީ ބައްޕައަށް ރައްދުކޮށްދިނުމަށް އެދި މިޝާގެ ބައްޕަ ދެއްވި އެއްޗެއް.. ” ލާފައިހުރި ޖެކެޓްގެ އެެތެރޭން ނަގައި ފޮތްދިއްކޮށްލަމުން އަރޫން ބުންޏެވެ. އަރޫން އެފޮތް ހިފައިގެން އައީ އެއަމާނާތް އޭގެ އެންމެ އެދެވޭގޮތުގައި އަދާކުރެވޭނީ ބައްޕަ އެކަނިހުއްޓާކަން ޔަގީންވަތީއެވެ. އޭގެ އިތުރުން މިއަދު ފާހާނައިން ނިކުންނަން އުޅެނިކޮށް އޭނާގެ މަންމަ ސިއްރުން އެފޮތް ނަގަން އުޅުން މަންޒަރު ފެނިފައި ވާތީވެސްމެއެެވެ.
” ބައްޕާ އަޅުގަނޑުމެން މިރާވަނީ މާދަމާ ހުޅުމާލެއަށް ބާބެކިއުއެއް ހަދާދާލަން ގޮސްލަން .. އެންމެ ރަނގަޅުތޯ.. ” ސިޓިންގް ރޫމްގައި ތިބި މީރާން އާއި މައިޝާއަށް އޭނާގެ ބައްޕަ އައިސް ގެއަށް ވަންތަން ފެނުމުން ސުވާލުކޮށްލިއެވެެ. ” ބައްޕަގެ އެއްވެސް މަައްސަލައެއްނެތް.. ދެކުދިން އެކަނިތަ ދަނީ.. ” “ނޫނޭ ކުޑާއާއި މަލްކޮވެސް ދާނެ.. އަދި ޝަމާލް އާއި ޖަޒްލާންވެސް ދާާގޮތަށް.. ބައްޕަ އަޅެ އަޅުގަނޑުމެންނާއެކު ދުރުވަންވީނޫންތޯ..” މައިޝާބޭނުންވީ އެނާގެ ބައްޕަ އެއްބަސްކުރުވާށެވެ. ” ކިިހާއިރަކުދަނީ .. މިބުނީ ” ހިިޝާމްހުރީ ދެހިޔާލެއްގައެވެ. ” ކޮންތާކަށް ދާން ރާވާލަނީ ވެޑިންގް ކަޕްލްސް..” ޝަމާލް އާއި އެކު އެވަގުތުވަދެގެން އައި އަރޫން އަހާލިއެވެ. އަރޫން އާންމުކޮށް އެގެންއަށް އައިސްއުޅޭތީ މައިޝާ އާއި މީރާންވެސް އޭނާ އާއި ވަރަށް ގާތްވެ ރަހްމަތްތެރިކަން ވަނީ އުފެދިފައެވެ. އިރުއޮއްސުމުން ގޭގައިނޯންނަންވެގެން ޝަމާލްއާއި  އެކު ކޮންމެ ރެއަކުހެން އަރޫން އެގެއަށް އާދެއެވެ. “އަހަށް އަރޫންވެސް މިހުރީނުއަދި .. މިކިޔަނީ މާދަމާ ހުޅުމާލެއަށް ބާބެކިއުއަކަށް ދާވާހަކަ.. ބައްޕަކައިރީގަވެސް މިކިޔަނީ ހިނގާށޭ..” މީރާން މިހެން ބުނުމާއެކު ” ބޭބޭވެސް ވާނެ ދުރުވަން..” އަރޫން އިތުރުކޮށްލިއެވެ. ހިޝާމް އެންމެފަހުން އެމީހުން ކުރުނުކުރުމުން ދާން އެއްބަސްވިއެވެ. ” އެހެންވީމާ މާދަމާ ހަވީރު 3 45 ގެ ފެރީގަ އެންމެންވެސް ތިބެންވާނެ..” މީރާާން ވަގުތު ކަނޑައެޅިއެވެ.

ކޮޓާރީގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ބަލްޤިސްގެ މޫނުމަތިން ނުރުހުންވެފައިވާ މިންވަރު ހާމަކޮށްދެއެވެ. އެހާވަރަށް ބެލިއިރުވެސް އޭނާއަށް އެފޮތްނުފެނުމުން އަރޫންދެކެ ރުޅިއާދެވުނީ އިންތިހާއަށެވެ. އެހާލޯބިން ބަލާބޮޑުކުރި ދަރިފުޅު އޭޭނާ އަށް ސިއްރުން އެއްޗެއް ގެންގުޅުންވީ ބަލްޤިސް އަށް ހަޖަމްކުރެވޭ ވަރަށްވުރެ މާބޮޑު ކަމަކަށެވެ. ބަލްޤިސް އައިސްހުރުމި ރުޅިގައި ކުދިކިޔަނިކޮށް ކުއްލިއަކަށް ސިހުންވީ އޭޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ. “އައްސަލާމް އަލައިކުމް.. މެޑަމް.. ކޮންޓްރެކްޓްތަކުގައި ސޮއިކުރަން މާދަމާ ބޭރުކުންފުނިން އަންނަގޮތަށް ހަމަޖެހިއްޖެ .. އޮފީހުގަތޯ މީޓިންގް ހަމަޖައްސަންވީ.. ” ފޯންނެގުމާއެކު އެކޮޅުން ވާހަކަ ދެއްކިއެވެ. ” އުހުމް.. މީޓިންގެ ހުރިހާކަމެއް ރިޒޯޓްގަ ހަމަޖައްސާ.. އަބަދުވެސް މީޓިންގް ބާއްވާ ރިޒޯޓްގެ މީީޓިންގް ހޯލް އެކަމަަށްް އެންްމެ އެކަށޭނީ.. އަދިބުނަަން އެރިޒޯޓުގައި އެމީީހުނަށް ދެދުވަހުގެ ހުރުންވެސް ހަމަޖައްސަންވާނެ އަހަންނާއެކު.. ” “އާދެ..” އޭބުނެ އެކޮޅުން ފޯނުކަނޑާލުމުން ބަލްޤިސް އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ބޭރުގައި އޭނަގެ ވިޔަފާރި ފުޅާކުރަން ކުރަމުން ދިޔަ މަސައްކަތުގެ އަލިމަގެއް ފެނުނީ އަދިކިރިޔާއެވެ. އަވަހަށް ޓްރެވަލިންގް ބޭގް ނަަގާ ދެދުވަހަށް ވާވަރަށް ޕެކްކޮށްލުމަށް ފަހު ކޮފީއެއް ގެނެސް ދިނުމަށް ހާދިމަކަށް އެނގިއިރު އިހުހުރި ރުޅިމޫނު ވަނީ ހިނިތުންވެފައިވާ މޫނަކަށް ބަދަލްވެފައެވެ.

ކޮފީއަކށް ފަހު ކޮފޯއެއްބޮމުން ސަމީހު އެފޮތް ކިޔާނިންމާލިއިރު އޭނަ ފެނުންމީހަކު ބިރުގަންނާނެއެވެ. އެހާވެސް އޭނާގެ ދެލޯވަނީ ރޮއެރޮއެ ދުޅަވެ ރަތްވެފައެވެ. ޒިޔާދާގެ ހަނދާންތައް ވުމުން ފޮޓޯގަނޑުގައި ވާ ޒިޔާދާގެ ސޫރަޔަށް ބޮސްދެވުން އަދަދެއްވެސް ނޭންގުނެވެ. ސަމީހުބޭނުންވީ ކުރީގެ އެކުވެރިޔާގެ ހާލުއެނގެން ނަމަވެސް އަދި އެކަންވާކަށް ނެތެވެ. މިހާރު އޭނައަތަކު  ހިޝާމްގެ ނަންބަރެއްވެސްނެތެވެ. ވީއިރު ގުޅާލެވޭނީވެސް ކިހިނެއް ހެއްޔެވެ. ސަމީހުއަށް މިހާރު އެދުވަހު އެއާރޕޯޓުން އެފެނުނީ ޒިޔާދާގެ ދަރިއެއްކަން ޔަގީން ވެއްޖެއެވެ. އޮޮފީހުގައި އެތަކެއް ވަގުތެއް ހޭދަކުރުމަށް ފަހު ސަމީހުއެރޭ ގެއަށް ދިޔައީ ބާރަވެސް ޖަހާދިޔަފަހުންނެވެ  ގޭތެރޭގެ ހަމަހިމޭންކަމުން އެންމެންވެސް ވަނީ ފުންނިންޖެއްގައިކަން ހާމަކޮށްދެއެވެ. ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ރެޑީކޮށްފައިވާ ބޭގްއެވެ. ބަލްޤިސް ތަނަކަށް ދާންއުޅެނީކަން އެނގުމުން ސަމީހުއަށް އެނގުނެވެ. އެއީ އަބަދުވެސް އާދައެވެ. ފެންނާނީ ރެޑީކޮށްފަ ހުންނަތަނެވެ. ނޫނީ ރެޑީވަނިކޮށެވެ. ސަމީހު ކައިރީގަައި ބުނެލާނީ މަދުފަހަރަކުއެވެ. ދެފަރާތަށް ބޯހަލުވާލާފައި ފާހާނަޔަށް ވަދެ ފްރެޝްވެލައިގެެން އައިސް ސަމީހު އޮށޯވެލީ ބޮލަށް ބަރުވާހެން ހީވުމުންނެވެ.

އަރައިގެން އައި އިރާއެކުހެން ބަލްޤިސް ރިޒޯޓަށް ދިޔައީ ހެނދުނުގެ ނާސްތާއަށް ވެސް މަޑުނުކޮށެވެ. ބިންޔާއަށް މަންމަ ނެތްކަން އެނގުމުން އަރޫން ގެ ކޮޓަރިއަށް ދިޔައީ ވަރަށް ހަމަޖެހިލާފައެވެ. ” ހެއި ދޮންބޭ.. މިއަދު މިއުޅެނީ.. ހުޅުމާލެ…” ” ހުޅުމާލެއަށް ޖަޒްލާންއާއެކު ބާބެކިއުއަށް ދާން އެހެންނު..” ބިންޔާގެ އަނގައިގައި އެއްބައި އޮތްވައި އަރޫން ފުރިހަމަކޮށްލަދިނެވެ. ބުނާނެ އެއްޗެއް ނޭންގި ބިންޔާ އަނގަނެގިފައި ހުރެވުނީ އަރޫންއަށްް އެނގުނީ ކިހިނެއްކަން ނޭންގޭތީއެވެ. ޖަޒްލާން އޭނަކައިރީ އެވާހަކަ ދެއްކީވެސް ރޭގައެވެ.  “ސާބަސް ކޮއްކޮއަށް .. ބަލަ ދޮންބެވެސް ދަމޭ.. ރޭގަ އެގެއަށް ދިޔާމަ ދޮންބެއަށްވެސް އިންވައިޓްކުރީ.. އެގަޑީއެނގުން ޖަޒްލާންވެސް ދާކަން އެހެންވެ ދޮންބެ މިހެން މިބުނީ.. އެން ވަންމޯތިންް އޮންނާނެ ސަޕްރައިޒެއް.. ” ބިންޔާބޭނުންވާ ސުވާލުގެ ޖަވާބު އަރޫންދިނެވެ. “އަޅޭ ދޮންބޭ..” ބިންޔާއައިސް އަރޫން ގައިގަ ބައްދާލީ އެހާލޯބިވާ ދޮންބެއަކު ލިބުމުން އެކަމާ ވީއުފަލެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އަރޫންއަށް މިފަހަރުކުރެވުނީ އާދަޔާހިލާފް އިހްސާސެކެެވެ. އެއްމާބަނޑު ކޮއްކޮޮ އެއްކަން އެނގުމުން އަރޫން ބޭނުންވަނީ ބިންޔާއަށް ކުރިން ގެއްލިފައިވާ ހުރިހާ ހައްޤުތަކެއް ހޯދައިދޭށެވެ.

މެންދުރިގެ ކެއުމަށް އިންސާފް ކުރިމަށް ޝަމާލް މިޝާމެންނާއި ބައިވެރިވިއޮރު އަރޫން މިފަހަރު އޭނައާއިއެކު ނައުމުން މަލާކް އިނީ އިންތިހާއަށް އެސޫރަ ދެކެލާހިތްވެފައެވެ. ކުުރިންރޭ ފަތިސްނަމާދަށް ހޭލަންވަން ގުޅިފަހު އަދި އަރޫން އޭނާއަކަށް ނުގުޅައެވެ. ނަމަވެސް ގުޑްނައިޓް އަދި މޯނިންގް މެސެޖްތައް ބަރާބަރަށް ލިބެއެވެ. ހިތްއެދި ގޮވަމުން ދިޔަ ސޫރަ ނުފެނުމުން ކުޑަގޮތެއް ހަދާލައިގެން މަލާކް ވަނީ ކޮޓަރިއަށެވެ. މީރާން އާއި ޝަމާލް ވެސް ކައިގެން މަޑުނުކޮށް ދިޔައީ ހުޅުމާލެއަށް ދާން ތައްޔާރުވާން މައިޝާމެން ކައިރީގައި ބުނެފައި އެމީހުން ވެސް ތައްޔާރުވެގެން އަންނާށެވެ.

ބަރާބަރު 3 45 ގެ ފެރީގައި ހިޝާމްގެ ކުޑަކުޑަ އާއިލާ އާއެކު މީރާންއާއި ޝަަމާލްގެ އިތުރުން ޖަޒްލާން ދަތުރުފެށީ ހުޅުމާލެއަށް ދިއުމަށެވެ. އޭޭރު އަރޫން އާއި ބިންޔާ އަދި އެދަތުރުގައި ބައިވެރިނުވެއެވެ. ” ކޮބާތަ އަރޫން.. ” އެންމެފަހުން މައިޝާ އަހާލިއެވެ. ” ދެންފެރީއަކުން އަންނާނެ…  ގުޅާލިިން އަންނަމުން.. މެންދުރި ކައިގެން ނިދުނީއޭބުނީ.. ” ޝަމާލް އޮޅުންފިލުވައިދިނެވެ. ޝަމާލްގެ އެޖަވާބުން ހަމަޖެހުމެއްލިބުނީ މަލާކްގެ ހިތަށެވެ. ފެރީޓާމިނަލް އަށް އައީއްސުރެ އޭނާ އިންތިޒާރުކުރަމުން ދިޔައީ އަރޫންއަށެވެ. ނަމަވެސް ފުރިއިރުވެސް އަރޫންގެ ހަބަރެއްނުވުމުން ނުދަނީކަމަށް ނިންމައިގެން މޮޅިވެރިވި މަލާާކްގެ މޫނު އުޖާލާވެގެން ދިޔަތަން ޝަމާލް އަށް ރަނގަޅަށް ފެނުނެވެ. ނަމަވެސް އަދި އެވާހަކަ ދައްކަން މާއަވަސްކަމަށް އޭނާގެ ހިތްބުނަަނީ ކުރިއަށް އޮތީ މަލާާކް އަށް އެންމެ މުހިތްމު އަހަރުކަމުގައި ވާތީއެވެ.

އަރޫން އާއި ބިންޔާ ތައްޔާރުވެގެން ނިކުންނަނިކޮށް ސަމީހު ވެސް އައިސް އެމީހުނާ ބައިވެރިވީ އަރޫންގެ އެދުމުގެ މަތިންނެވެ. ހަމައެހެންމެ ސަމީހުވެސް ހުރީ ހިޝާމްއާއި ބައްދަލްކުރާހިތުން ކެތްމަދުވެފައިކަމުން ނެވެ. ސަމީހުއަށް އަރޫންމެން ދާންއުޅޭކަމާއި އެދަތުރުގައި ހިޝާމް ބައިވެރި ވާކަން އެނގުނީ އެދެކުދިން ރޭގައި ދެއްކިވާހަކަ އަރޫންގެ ކޮޓަރިއަށް ދާންދިޔަވަގުުތު އަޑުއިވުުމުންނެވެ.

މަލާކްމެންނަށް ހުޅުމާލެއަށް ދެވުމާއެކުހެން މީރާން އާއި ޝަަމާލް އާއި ޖަޒްލާންގެ އިތުރުން ހިޝާމް ސައިކަލް ބާލަންދެން ތިންކުުދިން މަޑުކޮށްލީއެވެ. ހުރިހާމީހުން އެކީގައި ބުރުޖަހާލަން ދިޔައީ އަރޫންމެން އައުމުުން ނޫނީީ އެސަރަހަށްދަށް ނުދިއުމަށެވެ.

އަރޫންނަށް ހުޅުމާލެ އާދެވުނީ ހަތަރުގަޑިި ބަިވާން ވެފައި ވަނިކޮށް ލާންޗްގައެވެ. ސަމީހު ސަކަލް ނުގެންނާތީ އަރޫން ޝަމާލް އަަށް  އަވަހަށް ގުޅާލިިއެވެ. އޭރު އަރޫން ގެ ސައިކަލް ކައިރީގައި ބިންޔާ މަޑުކޮށްލައިގެން ޖަޒްލާން އަށް މެސެޖްކުރަންހުއްޓެެވެ. ދެމިނެޓެއް ހާއިރު ވީތަނާހެން ޝަމާލް އާއި ޖަޒްލާން އައިސް ގާތްކޮށްލިިއެވެ. އޭރު ޝަމާލްގެ ފަހަތުގައި މިޝާއިނުމުން އަރޫން ގަސްތުގައި ޖަޒްލާންގެ ފަހަތަށް އެރުމަށް ބިންޔާގާތުގައި ބުންޏެވެ. އަދި ސަމީހުކައިރީ މަޑުމަޑުން އެއީ އެކުއްޖާކަމުގައި ބުނެލިއެވެ. ބައްޕަހުުރުމުން ޖެހިލުންވިނަމަވެސް ދޮންބެ އެހެންބުނުމުން ބިންޔާއަވަހަށް ޖަޒްލާންގެ ފަހަތަށް އެރިއެވެ. ތިންސައިކަލް އެކީގައި ބާބެކިއު ސަރަހައްދަށް މިސްރާބުޖެހީ ދެންތިބިމީހުުނަށް އެންގުމަށްފަހުގައެވެ.

ދިޔަމަގުމަތީގައި އަރޫން ޖަޒްލާން އާއި ގާތްކޮށްލާފައި ވަގުތުކޮޅަކަށް އެދުމުން ޝަމާލްމެން އަވަހަށް އައުމަށް ބުނެ ދިޔަނަމަވެސް އަރޫންމެން ދިޔައީ ޓްރެކްއާދިމާ ބީޗްއަށެވެ. ބިންޔާގެ ހިތް ނުތަނަވަސްވެގެން ދިޔަނަމަވެސް އަރޫން ހަމަޖެހެންބުނުމުން އިސްޖަހާލައިގެން އިނީއެވެ. ސަމީހު ހީކިރިވަރަށް ވުރެވެސް ޖަޒްލާންވީ އަޙްލާގް ރަނގަޅު ކުއްޖަކަށެވެ. ވުމާއެކު ބިންޔާއާއި ދެކުދިންނަށް ރަނގަޅަށް އުޅުމަށް ވަރަށް ނަސޭހަތްތެރިވިއެވެ. “ކޮބާ.. ކަމުދޭތަ.. މީދޮންބެެދޭން އުޅުން ސަޕްރައިޒް.. ” ބައްޕަގެ ރުހުން ލިބުމުން އުފަލުން ހުރި ބިންޔާ ކައިރީ އަހާލިއެވެ. ” އަޅެ .. ދޮންބެ .. ޔޫ އަރ ދި ބެސްޓް ބްރޯ އިން ދިސް ވަރލްޑް.. ” ބިންޔާއަަަަށް އުފަލުން އުޅެވޭގޮތްވެސް ނޭންގެެއެވެ.

ބާބެކިއުއަށް ބޭނުންވާ ސާމާނު ހަމަވުމުން މަސައްކަތްފެށީ ހުރިހާމީހުން ބައިވެރިވެގެންނެވެ. ނަމަވެސް މަލާކްއުޅެނީ ވަރަށް ސްލޯކޮށެވެ. މިމަންޒަރު ޝަމާލްއަށް ފެނުމުން މަލާާކް ގޮވައިގެން ފެންފުޅި ގަންނަންކަމަށް ބުނެ އެތަނުން އަވަހަށް ދިޔައީ އެކަންމީހަކަށް އެކަން ފާހަގަވެދާނެތީއެވެ. މަލަޚްމެން ދިޔަތަނާހެން އަރޫންމެންްވެސް އައިސް ބައިވެރިވިއެެވެ. ހިޝާމްއަށް ސަމީހު ފެނުމާއެކުހެން އެދިމާއަށް ދެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ކުރަންހުރި މަސައްކަތް ހަނދާންނެތުން ފަަދައިން އަތްދޮވެލަންވެސް ހަނދާންނެތެވެ. އޭރު އޭނާގެ މޫނަަށް އެތަކެއް ކުލައެއް އަރާ ފައިބަމުން ދެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (15)

Next

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދިހަވަނަ ބައި)

Next
June 7, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދިހަވަނަ ބައި)

Previews
June 7, 2017

ލޯބި އަހަރެން ވާނަމޭ (15)

39 Comments!

  1. ????❤ says:
    June 7, 2017 at 1:56 am

    Nyc…m frst tha?hehe.

    1. Layaa says:
      June 7, 2017 at 4:31 am

      Yes congrates 5 hrt first ? ?

  2. Afoo says:
    June 7, 2017 at 2:21 am

    I love Ur story…???

    1. Layaa says:
      June 7, 2017 at 5:27 pm

      Thank you so much dear Afoo ??

  3. Z,M says:
    June 7, 2017 at 2:25 am

    Layaa vaahaka varah varah salhi

    1. Layaa says:
      June 7, 2017 at 4:58 am

      Thank you dear Z,M?

  4. AKI says:
    June 7, 2017 at 2:36 am

    v reethi mi part ves.. next part avahah up kohla dheythi pls

    1. Layaa says:
      June 7, 2017 at 4:59 am

      Thakyou dear AKI ?

  5. ????? says:
    June 7, 2017 at 4:02 am

    Haadha kurey ekam vess vv salhi mibaivess

    1. Layaa says:
      June 7, 2017 at 5:22 pm

      Adhivess kurutha vedhaane asslu maabodah vaahakaigethereyga indha nimuneema kamahvess dhw.? btw than you dear

  6. Aisha says:
    June 7, 2017 at 4:03 am

    Varah reethi ❤ layaa u r doing a great job dear ?

    1. Layaa says:
      June 7, 2017 at 5:05 am

      Thanakyou .. dear aisha ? thanks a lot..?,

  7. ????? says:
    June 7, 2017 at 4:42 am

    Hama neygi hutta vaahaka e fenunii vess ☺layaa vess hama ???

    1. Layaa says:
      June 7, 2017 at 10:16 am

      Ehentha dear ? thank you so much dear..??

  8. sam♥ says:
    June 7, 2017 at 4:57 am

    wow layaa.. stry haadha reecheyy… waiting 4next part

    1. Layaa says:
      June 7, 2017 at 5:06 am

      Thank you sam♥ ?

  9. Robin says:
    June 7, 2017 at 5:31 am

    Vvv nice☺…keep it up❤

    1. Layaa says:
      June 7, 2017 at 9:53 am

      Thankyou robbin??

  10. EYEMEE says:
    June 7, 2017 at 12:04 pm

    V v v v reethi… Next part kon iraku up kohladheynee!!!

    1. Layaa says:
      June 7, 2017 at 5:24 pm

      Than you dear EYEMEE ? insha allah maadhamaa reyga upkohla dheynan ..?

  11. Flower princess says:
    June 7, 2017 at 12:19 pm

    Vaahaka varah ves furihama. Waiting…..

    1. Layaa says:
      June 7, 2017 at 5:24 pm

      Thank you dear flower princess ??

  12. nonns says:
    June 7, 2017 at 12:35 pm

    Wow. Vaahaka varah cute. When next part??

    1. Layaa says:
      June 7, 2017 at 5:33 pm

      Thank you dear nonns ?? insha allah maadhamaarey

  13. Adha? says:
    June 7, 2017 at 1:23 pm

    Varah salhi mi part ves.. waiting for next part ?

    1. Layaa says:
      June 7, 2017 at 5:30 pm

      Thank you dear adha ??

  14. Some one says:
    June 7, 2017 at 1:30 pm

    V riiithi!!! When nxt prt?

    1. Layaa says:
      June 7, 2017 at 5:28 pm

      Thank you dear some one. ??

  15. ♥♥♥♥♥♥♥♥♥ says:
    June 7, 2017 at 2:25 pm

    Varah reethi. Waiting 4 next part.

    1. Layaa says:
      June 7, 2017 at 5:25 pm

      Thankyou dear.. ??

  16. ♥♥♥♥♥♥♥♥♥ says:
    June 7, 2017 at 2:27 pm

    Varah reethi. Waiting 4 next part. Kon irakun next part.

  17. Aai says:
    June 7, 2017 at 3:01 pm

    Vv reethi layaa v molhu vaahaka liyan dear???? kon irakun tha nxt part?

    1. Layaa says:
      June 7, 2017 at 5:26 pm

      Thanks alot dear.. Aai ..??

  18. Noor says:
    June 7, 2017 at 4:01 pm

    Varah salhi mi part ves..ideas thah hama perfect..❤

    1. Layaa says:
      June 7, 2017 at 5:19 pm

      Thank you so much dear Noor ??

  19. Au says:
    June 7, 2017 at 6:23 pm

    Vr reethi…waiting for next part..?❤

    1. Layaa says:
      June 7, 2017 at 11:33 pm

      Thank you dear Au.. ??

  20. Yaanaa says:
    June 8, 2017 at 11:08 am

    Vrh loabi mi bai vx i love this story

    1. Layaa says:
      June 8, 2017 at 12:21 pm

      Thank you dear Yaanaa. Thanks Alots. ??

Comments are closed.


All Right Reserved!