Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… 23 ވަނަ ބައި

writer Level 310 Stories100 Comments
June 6, 2017 6 Mins Read
44 Comments

އިންތިހާ އަށް މީހެއް ދެކެ ލޯބިވުމަކީ ކުށަކަށް ވަންޏާ އެކުށުގެ ސަޒާ ލިބެނުންދާތާ އެތަށް އަހަރެއް ވެ ނިމިދަނީއެވެ. މާޔާއާއި ނަކީލް އާއި ދެމެދު ވައިރޯޅިއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތް އިރު މާޔާގެ ހިތްދިޔައީ ނެނގިނނެގި ފައި ޖެހެމުންނެވެ.

“ކޮން… ކޮން ވާހަކައެއް..” މާޔާއަށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް އެހެން ބުނެވުނީ ސިއްރު ބޭޒާރުވިހެން ހީވުމުންނެވެ.

ނަކީލް މާޔާ އުނަގަނޑުގައި އަތް އެޅުވުމަށްފަހު ގެނައި ހަރަކާތަކުން މާޔާ އައިސް ޖެނުހީ ނަކީލްގެ ތަނަވަސް މޭގައެވެ. ނަކީލް ސީދާ މާޔާގެ މޫނަށް ބަލަހައްޓައިގެން ހުރި އިރު އެ ދެލޮލުން މާޔާއަށް ވެސް ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. މާޔާގެ ހިތުގެ ތެޅުން އަވަސްވެފައިވާ އިރު ނަކީލްއަށް ވެސް އެއަޑު އިވެމުންދިޔައެވެ.

” ހަމަ ނޭނގޭތަ މައި އަކަށް… މައިގެ ކީލް ކައިރީ ބުނަން ޖެހޭ އެއްވެސް ވާހަކައެއް ހަމަ ނެތީތަ؟” ނަކީލް މާޔާގެ މޫނާއި މޫނު ކައިރިކޮށްގެން ހުރެ ވާހަކަ ދެއްކީ ވައިއަޑުންނެވެ. އެއަޑުގައިވެސް އެކުލެވިފައިވާ ކޮންފަދަ ރިހުމެއް ހެއްޔެވެ. މާޔާގެ މޫނު އެހާ ކައިރިން ފެނުމުން އެވަގުތުވެސް ހިތަށް ތަދުވުން ނޫން އިތުރުކަމެއް ނުވިއެވެ.މިލޯބި ކުއްޖާ ނަކީލްއަށް ގެއްލިދާނެ ކަމުގެ ބިރު ހިތުގައި ވަނީ އަށަގެންފައެވެ.

“ކީލް…އައި ލަވް ޔޫ..” މާޔާ އަށް ބުނެވުނީ އެހާވަރަށެވެ. އަޑުބެދި ރޮވޭ ގޮތްވުމުން ނަކީލްގެ މޭތެރޭ މޫނު ފޮރުވައިލީ އެހިތަށް ވެސް ކޮށްފައިވާ އަސަރަކުންނެވެ. ނަކީލް ކައިރީ އެވާހަކަތަށް ބުނާނީވެސް ކިހިނެތް ހެއްޔެވެ. ހުރިހާ އެއްޗެއް މާޔާއަށް ޓަކައި ދެވަނަ ފަހަރަށް ދޫކޮށްލުމުން ދެންވެސް ޖެހޭނީ ކެހިދީފައި ދާށެވެ. ނަކީލް ގައިގއި ދެއަތުން ބާރަށް ބައްދައިގަތީ ހިމާޔަތަށް އެދޭ ހާލުގައެވެ. ނަކީލް މާޔާގެ ބޮލުގައި ދަތްދޮޅި ޖައްސާލުމަށްފަހު ފަޒާގެ ތެރެއަށް ނޭވާއެއް ދޫކޮށްލީ ލޮލުން ފައިވަން ތައްޔާރަށް ހުރި ކަރުނަތަކާއި ހަގުރާމަކުރަމުންނެވެ.

ތިރީ ތުންފަތުގައި ދަތް އަޅައިގަނެވުނީ އެކަރުނަތަށް މިނިވަންކަމާއި އެކީ އޮހިގަންނަން ފެށުމުންނެވެ. ނަކީލް ވެސް މާޔާ އެއަތުގެ ތެރޭ އިތުރަށް ބޮޑި ކޮށްލީ ކެތްތެރިކަން ކޮޅުން ލާހެން ހީވުމުންނެވެ. ކޮންފަދަ އިމްތިހާނެއް ހެއްޔެވެ. މާޔާ ނަކީލް މިހާވެސް ދުރުކޮށްލީ ކީއްވެހެއްޔެވެ. އެވާހަކަ ބުނާވަރަށް ވުރެ ނަކީލް މާދުރީ ހެއްޔެވެ. މާޔާވެސް ނަކީލް ދެކެ އިންތިހާއަށް ލޯބޮ ވާކަމާއި މެދު އެހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ހިތުގައި އުފެދިފައިވާ ޝަކުވާތަކުގެ ސަބަބުން ނަކީލް މިއަދު ބަލިކަށިވެއްޖެއެވެ. މީހެއްގެ އެހީއަކަށް ބޭނުންވެއްޖެއެވެ. ނަމަވެސް އެހީ ވާން ހުރި މީހާވެސް ނަކީލް ދުރުކޮށްލަނީ ނޫންހެއްޔެވެ.

” މައި އަހަރެން ދޫކޮށްފަ ނުދައްޗޭ ދެން…” ނަކީލް ބުނެލި ބަސްތަކުން މާޔާއަށް އިތުރަށް ރުއިން ނޫން އެހެން ކަމެއް ނުކުރެވުނެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނީ އެސުވާލަށް ދޭނޭ ޖަވާބެއް ނުވިސްނުމުންނެވެ.

” އޮންލީ ޑެތް ކޭން ސެޕަރޭޓް އަސް…” މާޔާ އެހެން ބުނެލީ ކިތަންމެ މަޑުން ކަމުގައި ވިޔަސް ނަކީލްއަށް އެބަސްތަށް ކިތަންމެ ރަގަޅަށްވެސް އަޑުއިވުނެވެ. ނަކީލްގެ ހުރިހާ ލޯލިތަކެއް ކޯޅަށް ޖެހުނީ މާޔާ އެ މާނަކުރަނީ ކީއްކޭކަން ވިސްނުމުންނެވެ. އެއީ އެހެން ދުވަހެއްނަމަ ނަކީލްއަށް އެ ޖުމްލައިން ހަަމަޖެހުން ލިބުނީސް ކަން ގައިމެވެ. ނަމަވެސް މާޔާ މިހާރު ހުރީ ކޮންހާލަތެއްގައި ކަން އެނގުމުން ނަކީލް އަށް ޔަޤީންވި  ކަމަކީ މާޔާ މިހާރު ހުރިހާ އުއްމީދެއް ދޫކޮށްލީ ކަމެވެ. ނަކީލް މާޔާ ގަޔާއި ދުރުކޮށްލީ ކުއްލިއަކަށެވެ. މާޔާ ވެސް ސިހިގެން ދިޔަނަމަވެސް ނަކީލްގެ ރޮއެފައިވާ ދެލޯ ފެނުމުން އެހިތުގައިވެސް ރިއްސައިލިއެވެ.

” ސޯ މައި މިހާރު ހުރިހާ އުއްމީދެއްވެސް ކަނޑައިފިންދޯ… އެއްވެސް ވަރަަކަށް މަސައްކަތްނުކޮށް…ތީ ނުވިސްނޭ މޮޔައެއްތަ… މިހުރިހާ ދުވަހު އުޅުނު މަޤާމާއި ކިޔެވި ކިޔެއްވެއްޔަކުން ކުރި ފައިދާއެއް ނެތް ދޯ ހަމަ…” ނަކީލް މާޔާއަށް ފުރަގަސްދެމުން ބުނެލީ ދެޖީބަށް އަތްޖަހަމުންނެވެ. ނަކީލްގެ އަޑުގައި ހިތްހަމަ ނުޖެހުމުގެކުލަވާރާއި އެއްވަރަށް ވޭން ވެސް އެކުލެވިގެންވެއެވެ.

” ކީލް ތިކިޔާ އެއްޗެއް ނުވިސްނުނު… ” މާޔާ ހާސްވެފައި ހުރެވެސް ބުނެލީ މިހެންނެވެ.

” މައި އަށް އެނގޭނެ ހަމަ ރަގަޅަށްވެސް މިިކިޔާ އެއްޗެއް… އޯކޭ … ނޭނގެންޏާ ބުނެދީފާނަން… މައި ބްރެއިން ޓިއުމަރ އެއް އިންކަން އެނގޭއިރު ފަރުވާ ނުހޯދީ ކީއްވެ.. މައި އަތުގަ ލާރި ނެތީކީއެއްނޫން… މައި ނުކިޔަވާ ހުރީ ކީއެއްނޫން…  މައި ކީއްވެތަ އަޅާނުލާ ހުރީ… ކީއްވެތަ ނުބުނީ… އެހާ ފަސޭހަތަ ހަމަ ގިވްއަޕް ކުރަން… އަހަރެން ހަމަ އަސްލުވެސް ވަރަށް ދެވަރަވެއްޖެ މިއަދު މައި އަށް އަހަރެން އެއްވެސް ގޮތަކުން މުހިއްމު ނުވީމަ… އޯކޭ… އަހަރެން މުހިއްމު ނުވި ތާގައި ނަތީޤްވެސް މުހިއްމު ނުވީތަ…. ” ނަކީލް މާޔާ އާއި ކުރިމަތިލާ މާޔާގެ ކޮނޑުގައި ދެފަރާތުން ހިފާ ބައްޑުންކޮށްލީ އެހިތުގެ ޝަކުވާތަކެވެ. މާޔާއަށް ކުރެވުނު ހާވެސް ކަމަކީ އިސްޖަހައިގެން ހުރެ ރުއިމެވެ. މާޔާގެ ސިއްރު ނަކީލްއަށް ބޭޒާރުވީ ކިހނެތްހެއްޔެވެ. އަނެއްކާ އެފައިލް ފެނުނީ ހެއްޔެވެ.

“މައި… ޕްލީޒް ޑޯންޑް ޓޫ ދިސް ޓު އަސް… މައި އާއި ނުލައި ނޫޅެވޭނީކީ އެއްނޫން… އައި ކޭން ލިވް ވިތްއައުޓް ޔޫ… އެކަމް މައި އާއި ނުލައި ދިރިއުޅުމުގެ އެއްވެސް މާނައެއްނެތް… އައި ޖަސްޓް ޑޯންޓް ވޯންޓް ޓު ލިވް ވިތްއައުޓް ޔޫ…” ނަކީލް މާޔާގެ މޫނުގައި ފިރުމައިލީ ކަރުތަށް ފޮހެދެމުންނެވެ.

” އައި އޭމް ސޮރީ.. އައި އޭމް ސޯ ސޮރީ..” މާޔާ ތަކުރާރުކޮށް އެހެން ކިޔަން ފެށުމުން ނަކީލްއަށް ކެތްކުރަން ދަތިވިކަހަލައެވެ. މާޔާ ގެނެސް މެޔާ ލައި ބޮޑިކޮށްލީ ހިމާޔަތް ދޭ ފަދައަންނެވެ.

“ޝްޝްޝް…އިޓްސް އޯލް ރައިޓް ޕްރިންސަސް…” ނަކީލް މާޔާގެ އިސްތަށިގަނޑުގައި ފިރުމަމުން އެހެން ބުނެލީ ލޯތްބާއި އެކީގައެވެ. ލޯބިވާ މީހަކު ރޯތަން ބަލަންވެސް ކެތްވާނީ ކިހިިނަކުން ހެއްޔެވެ.

” އެނގޭ މައި މޮަޔަކަން…އެކަމަކު ކީލް ބުނެބަ… ކީލް މައި އާ އެހާ ދުރު..ކިރިޔާ ހުރިހާ ކަމެއް ހަމަ އަކަށް އެޅެން ފެށީ.. އައި ގޮޓް ޔޫ ބެކް…. އެވެސް މައި ގެ ކީލް އެއްނޫން..އެކަމަކު ސްޓިލް އެގޭ ކީލް ލޯބިވާކަން… ލޯބިދޭން މަސައްކަތްކުރާކަންވެސް… އައި ވައި ވޯންޓެޑް ކުރީގެ ކީލް… މައި ދެންކެ އިންތިހާއަށް ލޯބިވި ކީލް… އެ ކީލް ލިބެން ނެތް ކަން އެނގޭއިރު ކިހިނެތް ބުނާނީ… މައި ފައިޓްކުރުމުގެ ބޭނުމަކީ ކޮބާ… ކީލް އެހެން މީހަކާއި އިދެގެން ލައިފް އެއް ފެނިފަ އޮއްވާ މައި ކަހަލަ މީހެއް ކިހިނެތް … ކިހިނެތް ކީލް…ބުނެބަ… މައި ޓްރީޓްމެންޓް ނަގަން ފެށިނަމަ ކީލް އަށް ކިތަންމެ ވަރަކށް ސިއްރުކުރަން އުޅުނަސް އެނގޭނެ … ބޮލުން އިސްތަށިފައިބާ ތަލަ ވީމަ ކީލް މައި މަތިން ފޫހި ވާނީ… ޔޫ ވިލް ރެމެމްބަރ އެން އަގްލީ މީ.. ނަތީޤްވެސް ހަދާން ހުންނާނީ އެހެން… އެގޮތެއް މައިއެއް ބޭނުމެއްނޫން..” މާޔާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އަދިވެސް ހުރީ ނަކީލްގެ ހިމާޔާތުގެ ދަށުގައެވެ. އެ އަތުތެރޭގައެވެ.

މާޔާ ކީ ކޮންމެ ލަފްޒަކުންވެސް ނަކީލްއަށް އަމިއްލަ ނަފްސު އިތުރަށް ކުށްވެރިކުރެވުން ނޫން އެހެން ކަމެއް ނުވިއެވެ. އަމިއްލަ ނަފްސު ގުރުވާން ކުރަން މާޔާ އުޅުނީ ނަކީލްގެ އުފަލަށް ހެއްޔެވެ. ނޫނީ މާޔާއަށް އަމިއްލައަށް ވިސްނުނު ގޮތެއްގެ ސަބަބުން ހެއްޔެވެ.

” މައި ހަމަ އަސްލުވެސް މޮޔަ ދޯ… ތިއީ ޑޮކްޓަރ ސައިކޯ… ކީލް އަބަދުވެސް ކިޔަނީ ރަގަޅަށް އެހެންވީމަ…ތީ ހަމަ ސައިކޯ ޑރ.” މާޔާ ރޯތާ ގިނަ އިރުވުމުން ނަކީލްވެސް ލޯ ފޮހެލުމަށްފަހު މާޔާއަށް ޖެއްސުންކޮށްލީ މާޔާ ހެއްވާލެވޭތޯއެވެ. މިހާރު މީހަކު ރޮއެ ވަރުބަލިވާނެ ހާ އިރު ވެއްޖެވިއްޔާއެވެ.

” އައި އޭމް ސޮރީ މައި… މައި އަށް ހުރިހާ ކަމެއްވެސް ވީ އަހަންނާއި ހުރެ.. އައި ވިލް ލަވް ޔޫ ލައިކް ބިފޯ.. އުހުން އެއަށް ވުރެ ވެސް ބޮޑަށް… މީ ހަމައެކަނި މާޔާގެ މީހެއް… ޔޫ ހޭވް ޓު ފައިޓް… އިނގޭ… ދެން އެކަމް މައި އަށް މާފްކުރާނީ އެންމެ ޝަރުތެއްގެ މަތިން..” ނަކީލް މާޔާ ގަޔާއި ދުރުކޮށްލަމުން މާޔާގެ ކަރުނަތަށް ފޮހެލީ ލޯތްބާއި އެކުގައެވެ. މާޔާ ލޮލުގެ އިޝާރާތުން ކޮން ޝަރުތެއްހޭ އަހާލީ ނަކީލް ކިޔަން އުޅެނީ ކޮންކަމަކު ކަން ނޭނގުނީމައެވެ.

” މައި ޖެހޭނެ މީގެ ފަހުން އަހަރެން ބުނާ ކޮންމެ ކަމެއް ކުރަން… އެއްބަސް ތަ..” ނަކީލްވެސް މާޔާއާއި ސުވާލުކޮށްލީ ހިނިތުންވެލައިގެން ހުރެއެވެ. މާޔާއާއި ހިތުގައިވި ހުރިހާ ވާހަކައެއް ހިއްސާކުރެވުމުން މިހާރު ވަނީ ބޮޑު ލުޔެއް ލިބިފައެވެ. މާޔާވެސް ހިނިތުންވެލަމުން ބޯ ޖަހައިލީ އެއަށް އެއްބަސް ވުން ނޫން އެހެން ގޮތެއް ނީންނާނެކަން އެނގޭތީއެވެ. ނަކީލްއަކީ ކަމެއް ކުރަން ފައިވިއްދައިފިއްޔާ އެކަމެއް ކޮއްގެން ނޫނީ ނުހުއްޓާނޭ މީހެއްކަން މާޔާއަށް އެނގެއެވެ. އެހެންކަމުން ނަކީލްބޭނުން ވާ ގޮތަށް ހުރިހާ ކަމެއްވެެސް މާޔާ ކުރަން ބޭނުންވިއެވެ. ނަކީލް މާޔާ ދެކެ އެވާ ލޯބީގެ ހައްޤުގައި ވިޔަސް ހެވެއެވެ. ފަހުން ވެސް މާޔާ އެއްވެސް ކަމެއް ނުކުރިއޭ ބުނާނެ ފުރުސަތެއް ނަކީލްއަށް ދޭކަށް ބޭނުންނުވިއެވެ. މާޔާ ކެރިގެން ކުރިމަތިލާނެއެވެ.

” މައި ގެ ވެސް ޝަރުތެއް އެބައޮތް..” މާޔާ ބުނެލިގޮތުން ނަކީލްއަށް ހިނިތުންވެވުނެވެ. ބުނި ގޮތުންވެސް ކޮންމެވެސް މޮޔަ ކަމަކު ކިޔަން އުޅޭހެން ނަކީލްއަށް ހީވިއެވެ.

” މައި ފައުރާ ހޯދަމުން ގޮސް ބޯ ތަލަވެއްޖިއްޔާ ކީލް ވެސް ބޯ ބާލާނީކީ ނޫން…މިހެން މިބުނީ މިހާރު ހުރިހާ ފިލްމަކުން ފެންނަނީ އެހެން ވާތަން… މައި އަށް އެންމެ ކަމުދަނީ ކީލްގެ ހެޔަރ.. ޔޫ ވިލް ލުކް އަގްލީ..” މާޔާ އަގަޔަށް ވައްތަރެއް ޖެއްސިގޮތުން ނަކީލްއަށް ކޮންޓްރޯލް ކޮށްގެން ހުރި ހިނިގަނޑުވެސް ނުހިފެހެއްޓުނެވެ. ނަކީލް ހެމުން ދިޔަ ގޮތުން މާޔާހުރީ ހަމަ ރަަގަޅަށްވެސް ރަކިވެފައެވެ.

” ސްޓުޕިޓް ގާލް… ތިހެނޭ ވާނީ މާގިނައިން ޑްރާމާ ބަލަންޏާ… އެހެންނޫނަސް މައި ތަލަވިއޭ ކިޔާފަ ކޮންމެހެން ކީލް ކީއްކުރަން ބޯ ތަލަކުރަންވީ.. މައިގެ އިސްތަށިގަނޑު މީހަކަށް ފެންނާނީކީވެސް ނޫނިއްޔާ… އެކަމް ދޯ… ހިހިހިހި… ބަޓް ޔޫ ޑޯންޓް ނީޑް ހެއަރ އޯ އެނީތިންގް ޓު ލުކް ބިއުޓިފުލް… މައި ތީ އެހެންނޫނަސް މުޅި ދުނިޔެއިންވެސް އަހަންނަށް ފެނުނު އެންމެ ރީތިކުއްޖާ…” ނަކީލް މާޔާ ނޭފަތުގައި ހިފުމުން މާޔާ ދެން ކީލް އެ ކިޔާ ގޮވައިލީ ރަކިވެފައި ހުރެއެވެ. މިހެން ނުބުނެވުނު ނަމައޭވެސް ރަގަޅޭ ހިތަށް އެރީ ނަކީލް އެހާވަރަށް ލަދުގެންނެވުމުންނެވެ.

” އަދިވެސް އެބައިން އެއް ޝަރުތު…މައި އަށް ކަމެއް ވިއްޔާ.. މިބުނީ މައި މަރުވިއްޔާ ކީލް އެހެން މީހަކާއި އެކޫ މޫވް އޮން ކުރައްޗޭ އިނގޭ.. މައި މަތިން ހަދާން ނައްތާލާފަ…” މާޔާ  ކުރި ޝަރުތަކުން ނަކީލްގެ މޫނުމަތިން ދެންމެ ވެރިކުރުވި ހިނިތުންވެސް ފިލައިގެންދިަޔއެވެ.ނަކީލް މާޔާއާއި ކައިރިވެލުމަށް ފަހު ކޮށްލި ކަމަކުން މާޔާއަަށް ބުނަން އުޅުނު ވާހަކަވެސް ފުރިހަމަ ނުކުރެވުނެވެ. ނޭވާ ކުރުވާ އަތަށް އެޅުމުން ނަކީލް މާޔާ އާއި ދުރުވިއިރު އޭރުވެސް މާޔާހުރީ ކުޑަވަރެއްގެ ޝޮކެއްޖެހިފައި ހުރިގޮތަށެވެ.

“ތިކަހަލަ މޮޔަ ޝަރުތުތަށް ދުވަހަކުވެސް ނުކުރައްޗޭ… އައި ލަވް ޔޫ…  ދެން ތިހެން ބުނީތީ އަދަބު ލިބޭނެ އިނގޭ..” ނަކީލް ސީރިއަސް ވެފައި ބުނި ނަމަވެސް އެއަޑުގައި އެކުލެވިފައިވަނީ ލާނެތްކަމެވެ.

” އަބަދުވެސް..” މާޔާ އެހެން ބުނީ ނަކީލް އަދަބު ދޭނެ ވާހަކަ ބުނުމުންނެވެ. ” އެކަމް އަދަބު ދެވޭނީ އަތުލެވިގެންތާ..”  ދެން ފެނުނީ ފޯރިގައި މިހެން ބުނެ ނަކީލްގެ އަތުގައި ނުޖެހުމަށް މާޔާ ދުއްވައިގަތްތަނެވެ. މުޅި ގޭނެތެރޭ ގުގުމާފައިވަނީ ދެފަރިންގެ ހުނުމުގެ އަޑެވެ.

…………………………………………………………………………

” އަހަރުމެން ހެއްދި ޓެސްޓުތަކުން އެނގިފައިވާ ގޮތުންނަމަ ދެއާރ އިޒް ހައި ރިކަވަރީ ކާންސް.. ޓިއުމާރ ކުޑަކޮށް ބޮޑުވެފައި އިނަސް ހަށިގަނޑަށް ފެތުރިފައި ނުވާތީ ރަގަޅުވުމުގެ ފުރުސަތުވެސް ބޮޑު… އެކަމަކު ބަލީގެ ކުރީ ކޮޅާއި ބަލައި މިހާރު ފުދޭވަރަކަށް ދުވަސްވެފައި ހުރުމުން ފޯލްސް ހޯޕް ދޭކަށްވެސް ބޭނުމެއް ނުވޭ… އެނީތީންގް ކޭން ހެޕަން… ބްޓް ލެޓްސް ސްޓާޓްވިތް ޓެރަޕީ ނައު…” ޑޮކްޓަރ ކިމް ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައިވާ ސީރިއަސް ކަމުން މާޔާއިނީ ފިނިވެފައެވެ.ނަކީލް މާޔާގެ އަތުގައި ހިފަށް އަތަށް ބާރުކޮށްލީ ކޮންމެ ފަދަކަމެއް ވިޔަސް އެކީގައި ހުންނާނެ ކަން ބުނެދިނުމުގެ ގޮތުންނެވެ.

” ދެ އޮޕްޝަން އެއް އެބައޮތް .. އެއްގޮތަކީ ސާޖަރީ ކޮށްގެން ޓިއުމަރ ނެނގުން… އެކަމް އެ ނަގާފަ އިންތަނުގެ ގޮތުން ވަރަށް ރިސްކް ބޮޑު… ދެން އޮތް އަނެއް ގޮތަކީ ކީމޯ ތެރަޕީ… މިދެގޮތުންވެސް ސަކްސެސް ރޭޓް މިކޭސް ގަ އުޅެނީ ލެޓްސޭ ޓްވެންޓީ ފަސެންޓް… ދެން ގޮތެއް ނިންމާނީ ތިބޭފުޅުން…” ކިމް ވާހަކަ ކުރުކޮށްލަމުން ފުރުސަތު އެރުވީ މާޔާމެންނަށެވެ.

” ސާޖަރީ ކުރަންޏާ…” ނަކީލް ބުނަން އުޅުނު ވާހަކަ ޑރ ކިމް އަށް ވިސްނުނުފަދައެވެ.” އައި ވޯންޓް ރެކޮމެންޓް އަ ސާޖަރީ ނައު.. ލެޓް ސޭ.. މިމަހަށް ކީމޯ ހައްދާފައެއަކުން އެއްވެސް ކުރިއެރުމެއް ނުލިބިއްޖިއްޔާ އިޓް ކޭން ބީ އަވަރ ލާސްޓް ހޯޕް.. މިހެން މިބުނީ އެއީ ވަރަށް ރިސްކް ބޮޑު ކަމަކަށްވާތީ… އޮޕަރޭޝަނަށް ކާމިޔާބު ނުވެއްޖިއްޔާ އިޓް ކޭން ކޮސްޓް ޔުއަރ ލައިޕް…އެކަމަކު ކާމިޔާބު ވިޔަސް މާޔާ މިހާރު ތިއުޅޭ ގޮތަށް ނޫޅޭވިވެސް ގޮސްދާނެ..ނުކުޅެދޭ މީހަކަށްވެސް ވުން އެކަށީގެންވޭ…” ޑރ ކިމް ގެ ވާހަކަ ހުރިގޮތުން ނަކީލް ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެއީ މުޅި ކޮރެއާގައި ވެސް އެންމެ މޮޅު ކެންސަރ ސްޕެޝަލިސްޓަށް ވެފައި އެ ދެއްކިވާހަަކަތަކާއި އެއްބަސް ވުން ނޫން އެހެން ގޮތެއް ނެތެެވެ.

” އައި އޭމް ރެޑީ..ޑރ ބޭނުން ގޮތަކަށް ކަންތައް ކުރެއްވީމަ ހުންނާނީ ރަގަޅަށް…އައި ވޯންޓް ޓު ފައިޓް.. ” މާޔާ ޑރ މުހާތަބު ބުނެލިއިރު އެއަޑުގައިވާ ސާބިތުކަމުން ޑރ ކިމްގެ މޫނުމަތީވި ހިނިތުންވުންވެސް ފުޅާވެގެންދިޔައެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ބޮއްސުންލި ޙަޔާތް

Next

އެ ކޮޓަރީގެ ސިއްރު (02)

Next
June 6, 2017

އެ ކޮޓަރީގެ ސިއްރު (02)

Previews
June 6, 2017

ބޮއްސުންލި ޙަޔާތް

44 Comments!

  1. writer says:
    June 6, 2017 at 5:55 pm

    mi part kuruvedhaane… ekam exams thah anaathy mihaaru fudhey varakah busy college ga… promise kurythy miadhu mi genesdhiny vaguthu v varakun mi genesdhiny… next part i ll try emme las vegen friday ah veytho… hope u like it… thank you…

  2. Lim says:
    June 6, 2017 at 5:58 pm

    Me first dhw.. Adhi nukiyan

    1. writer says:
      June 6, 2017 at 6:00 pm

      yh congratulations … kiyaafa comment eh kohlachey Lim

  3. AKI says:
    June 6, 2017 at 6:08 pm

    v reethi mi part ves thanks writer

    1. writer says:
      June 6, 2017 at 6:15 pm

      thank you AKI

  4. Lim says:
    June 6, 2017 at 6:45 pm

    Vv salhi…

    1. writer says:
      June 6, 2017 at 8:27 pm

      Thankyou

  5. sam♥ says:
    June 6, 2017 at 7:01 pm

    this is my first cmnt writer.. ekm stry hama fehtynnsure kiyan v reeethii mi vaahakaa inthixaar kohlevey mi vahakayah ….. thankxx writer mihaa lovely ♥story eh genes dheythyy
    ..best of luck mayaa …. heheheh ..so swt n lovely mayaa n kyl ulhey goveh hehehe…. keep it up writer….love u ♥

    1. writer says:
      June 6, 2017 at 8:30 pm

      Thank you sam… lets all hope for the best?

  6. Maureen says:
    June 6, 2017 at 7:07 pm

    Nice

    1. writer says:
      June 6, 2017 at 9:25 pm

      Thanks maureen

  7. ????? says:
    June 6, 2017 at 7:23 pm

    V salhi mibaii vess

    1. writer says:
      June 6, 2017 at 9:26 pm

      Thankyou

  8. Song joong ki... Korean says:
    June 6, 2017 at 7:43 pm

    ey hama habeys ingey mi baivx!? vv reethi! thankolheh kury hama! ekamu maayaa maraa nulahchey writer! ?

    1. writer says:
      June 6, 2017 at 9:28 pm

      Thanks… hama miadhu liyefa up kohly miadhu kuraane vaahaka bunefa othyma… aslu ves writer ah ves heevey kuruhen… but was so busy… now maaya is fighting nu … lets see what happens

  9. nonns says:
    June 6, 2017 at 7:53 pm

    Wow. varah reethi mi part.keep it up writer

    1. writer says:
      June 6, 2017 at 9:29 pm

      Thank you

  10. Shiu says:
    June 6, 2017 at 8:09 pm

    Wow….waiting for friday

    1. writer says:
      June 6, 2017 at 9:31 pm

      Thank you

  11. Aisha says:
    June 6, 2017 at 10:24 pm

    Maaya ah vaane… Waiting 4 the next part ❤

    1. writer says:
      June 6, 2017 at 11:08 pm

      Dhww…. ?

    2. Aisha says:
      June 7, 2017 at 4:41 pm

      Yes

  12. Chum handi says:
    June 6, 2017 at 11:02 pm

    Fantastic…. good luck on your exams? Waiting for the next part….

    1. writer says:
      June 6, 2017 at 11:09 pm

      Thank you chum handi

  13. AN33 says:
    June 7, 2017 at 12:07 am

    Wow varah reethi ???

    1. writer says:
      June 7, 2017 at 9:21 am

      Thanks

  14. Adha? says:
    June 7, 2017 at 12:58 pm

    Wow! Great! Waiting for next part?

    1. writer says:
      June 7, 2017 at 3:43 pm

      Thank you?

  15. Book Lover says:
    June 7, 2017 at 4:48 pm

    Maya haadha brave ey dho writerrr!!!!
    Buneveynee mi part ves hama vvvvvv reethi !!!!??

    1. writer says:
      June 7, 2017 at 6:40 pm

      Dhww…. maaya aslu v brave ey dhw.. thank you?

  16. ina says:
    June 7, 2017 at 7:58 pm

    konthaaku tha tumor iny

    1. writer says:
      June 7, 2017 at 11:30 pm

      Brain… brain aky eki bai thakah behifa inna ehchakah vefa komme part akun ves control kuraane ethah functions… so it gets quite complicated sometimes

  17. Crazi says:
    June 7, 2017 at 9:11 pm

    Maya maru vaanee balachey..eh hen ve durugaa viyas kiyanee dho writer..hope story will b nice ending

    1. writer says:
      June 7, 2017 at 11:35 pm

      Hehe… possible.. higaa dhw dhn vaagotheh balamaa… varah avahah egeyne mi vaahaka ah dhurugai viyas kiyany kyve kan…keep reading to find out

    2. Lim says:
      June 8, 2017 at 11:43 am

      Dhen no…. Maya mara nulache

    3. writer says:
      June 8, 2017 at 3:36 pm

      Higaa dhw vaa gotheh balamaa…hehe

  18. Eeny says:
    June 7, 2017 at 11:51 pm

    Wow beautiful story❤

    1. writer says:
      June 8, 2017 at 8:04 am

      Thank you

  19. Anonymous says:
    June 8, 2017 at 10:48 am

    wowww… so touching.. waiting for another part

    1. writer says:
      June 8, 2017 at 11:43 am

      Thank you

  20. Noor says:
    June 9, 2017 at 12:06 am

    Goodluck for the exam dear..n story is just fabulous like b4. Keep it up dear..waiting for the next part..?????

    1. writer says:
      June 9, 2017 at 12:12 am

      Thank you noor for being so supportive

  21. ??? says:
    June 9, 2017 at 4:16 am

    Konn irakunn mivaahaka anhbaii geness dheynii ☺

  22. ????? says:
    June 9, 2017 at 4:19 am

    Aneh baii geness dheeba avahah plx

Comments are closed.


All Right Reserved!