Skip to content
އެސްފިޔަ

ވޭނީ ލޯބި 2 ވަނަބައި

އިހުސާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ އެއަށްފަހު އެދުމަތީގަ ދަބަސް ބެހެއްޓުމަށްފަހު އެދުގަ އިށީނެވެ. އެއަށް ފަހު މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓރީގައި ވަނީ އޭނާ އެމީހަކު ދެކެ އިންތިހާއަށް ލޯބިވި މީނާގެ ހަނދާން ތަކެވެ. އެ ހަނދާން ތައް އާވާން ފެށުމުން އިހުސާންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އިހުސާން އޭނާގެ ލޯތްބަށްޓަކާ ވީ ބޮޑު ގުރުބާނީގެ މަތިން ހަނދާން ނައްތާލާ އޭނާއަށް ޖެއްސިި ބިކަހާލެވެ. އޭނާގެ ބޮލުުގާ އެޅުވި ބޮޑު އިލްޒާމެވެ. މިކަނތައްތައް ހަނދާން އާވާން ފެށުމުން އޭނާގެ ލޮލުން ކަރުނަ ހިލި ރޮވޭގޮތް ވިއެވެ. “ކީއްވެތަ އަހަރެންނަށް ތިހެން ތިހެދީ އަހަރެންގެ ކުށަކީ ކޮބާ؟” އިހުސާން ފެން ކަޅިވެފައިވާ ހާލު ޝަކުވާ ކުރިއެވެ ނަމަވެސް މިއަދު އެޝަކުވާތައް އަހާކަށް މީނާއެއް ނެތެވެ. އެވަގުތު އިހުސާނަށް ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ އިހުސާން އަކީ ހިތްވަރުގަދަ ކެތްތެރި ޒުވާނެކެވެ. ވީމާ ނުރޯން ވަރަށް ހިތްވަރު ކުރިއެވެ. ނަމަވެސް ހަމަ ރޮވެނީއެވެ. އޭނާގެ ހިތަކަށް ބާރެއް ނުފޯރުވެއެވެ. އިހުސާންގެ ސިކުނޑި އޭނާއަށް ވިސްނައި ދެމުން ދިޔައީ އެބޭވަފާތެރިޔާ އޭނާއަށް ދިނީ އަނިޔާ ކަމެވެ. އެފަދަ މީހަކަށްޓަކައި ކަރުނަ އަޅާ ރުއި މަކީ ބޭކާރު ކަމެއް ކަމެވެ. ައިހުސާން ވެސް ބޭނުން ވަނީ އެކެހި ވެރިޔާގެ މަތިން ހަނދާން ނައްރާލާށެވެ. ނަަމަވެސް އޭނާގެ މޮޔަ ހިތް އެގޮތް ބޭނުން ނުވާތީ ހިތާމަ ކުރެވެނީއެވެ.

ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން މީނާ އޭނާގެ ފަރި ހިނގުމުގައި ހިނގަމުން ދިއައީ އެނަގެ ދޮންތަމެންގެއަށެވެ. މީނާ އަކީ ދުޅަހެޔޮ ސިއްހަތެއްގެ ވެރި ބުރުސޫރަ ރިވެތި ދޮން ކުއްޖެކެވެ. މީނާގެ މަންމަ ނިޔާވި ފަހުން މީނާ ކައިބޮއެ ހަދަނީ ދޮންތަމެން ގެއިންނެވެ.
“އަހަނ! މީނާ ތި އައީ ދޯ” މީނާ އައިސް ވަނުމާ އެކު ދޮންތަ ބުނެލިއެވެ. މީނާ ހިނިތުން ވެލާފަ ބޯޖަހާލިއެވެ.

އިހުސާން އެދުގައި އޮށޯވެލިއެވެ. އޭނާބޭނުންވީ ފެންވަރަން ނުވަދެ އިހަށް ކުޑަ އިރު ކޮޅަކު އޮވެލާށެވެ. އިހުސާން އުއްޑުން އޮވެ ދެލޯ ހުޅުވާ ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައި ގަތީ ބޮލާ ދިމާ މަތީގަ އެނބުރި އެނބުރި ހުރި ފަންކާއެވެ. އޭގެ ފިޔަތަކަށް ބަލަން ޝައުގު ވެރިކަމާއެކު އޮތެވެ.އެވަގުތު އޭނާގެ ހިޔާލާއި ފިކުރު ގޮސް ހުއްޓުނީ ސުކޫލް ދުވަސް ވަރު ހިނގި ލޯބީގެ ހާދިސާ އަށެވެ. އެލޯބި ލިބުނު ގޮތާއި އެލޯބި ބީވެގެން ދިޔަ ހިތާމަ ވެރި ގޮތެވެ. އޭނާގެ ލޮލުގަ ވާ އައިބުގެ ސަބަބުން އުފުލަން ޖެހުނު ހިތާމަ ތަކެވެ. އެ ކުއްޖާ ކުރި މަލާމާތެވެ. އެހާދިސާއަށް ފަހު އިހުސާން އަންހެން ކުދިން މަަތިން ފޫހިވިއެވެ. އޭނާ އަޒުމް ކަަނޑަ އަޅައިގެން ހުރީީ ދެން ދުވަހަކުވެސް އޭނާގެ ދިރިއުޅުމަށް އަންހެން ކުއްޖަކަށް ޖާގަ ނުދޭށެވެ ލޯތްބޭ މިކިޔާ ޖަޒުބާތު އޭނާގެ ހިތުން ފޮހެލާށެވެ. އެގޮތުގައި ދެމިހުރި ދުވަސް ވަރު އެއްވެސް ކަމަކާ ހިތާމަ އެއް ފިކުރެއް ކުރާކަށް ނުޖެހެއެވެ. އިހުސާންގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. ރައްޓެހިންނާއެކު މަޖާ ކޮށް އުޅުނީ ވަރަށް އުފާވެރި ކޮށެވެ. އެދުވަސް ވަރު ކޮށްލާފަ ހުރި މަޖާކަންތައްތައް ހަނދާން ވުމާއެކު އިހުސާނަށް ހެވޭ ގޮތް ވިއެވެ.
“ދަރިފުޅާ ކިހިނެއް ވެފަ ތިއޮތީ؟ ” އިހުސާން އަށް ހޭވެރިކަން ވީ މަންމަގެ އަޑަށެވެ. “ކަމެއް ނުވޭ މަންމާ ވަރުބަލިވެފަ ހުރި ލެއް ބޮޑު ކަމުން ޖައްސާލެވުނީ” އިއްސޭ މަންމަގެ މޫނަށް ބަލާލުމަށް ފަހުއިސް ޖަހާލައިގެން އިދެ ބުނެލިއެވެ.
” ދެން ދޭބަ އަވަަހަށް ފެންވަރަން” މަންމަ އެދުނެވެ. “ލައްބަ މިދަނީ ” އިހުސާން ތެދުވެ އިށީންނަމުން ބުނެލިއެވެ.

އިހުސާން ފެންވަރާ ރީތިވެލައިގެން ނިކުތް އިރު މަންމަ ހުރީ ސައި ތައްޔާރު ކޮށްފައެވެ. ކުޑަ ގޮތެއް ހަދާލައިގެން ނިކުތީ ބޭރަށެވެ. އިހުސާންގެ މަގުސަދަކީ އޭނާގެ ބެސްޓް ފުރެންޑް ސަމްހާއާއި ބައްދަލު ކޮށްލުމެވެ.

އިހުސާން ގެއިން ނިކުމެ މަގުމަތީގަ މަޑުކޮށްލިއެވެ. ދާންވީ ކޮން މަގަކުން ކަމެއްވެސް އިހުސާން އަކަށް ނޭގުނެވެ. ރަށް އޮތީ މުޅިން ބަދަލު ވެފައެވެ. އިހުސާނަށް ރަށަށް އެއާދެވުނީ 7 އަހަރު ފަހުން ނެވެ. މިހާ ދުވަސް ވާއިރު ލައްކަ ބަދަލު އައްނާނެ ތާއެވެ.

ގޭދޮށުމަގު މަތީގަ ހުއްޓާ އެހެން ދިޔަ މީހަކު ކުރެއް އެގެ ހުންނަ ހިސާބާއި ދާންވި މަގުއޮޅުން ފިލުވައިގެން ނައްޓާލިއެވެ.

ސަމްހާ އަކީ އިހުސާންގެ ކުޑަ ދުވަހުގެ އެކުވެރިޔާއެވެ. ސުކޫލް ދައުރުފެށުނީ ވެސް އެކު އެކީގައެވެ. އިހުސާން ކިޔެވުމުގަ ކުޑަ ތަން ކޮޅެއް ބުރަހެލި ކަމުން ސުކޫކް ދައުރު ނިންމާލެވުނީ ސަމްހާ އަށް ވުރެ ފަހުންނެވެ. ސަމްހާ އަކީ ތޫނުފިލި ކިޔެވުމަށް މޮޅު ކުއްޖެއް ކަމުން ސަމްހާ އާއި އެއްހަމައެއްގައި ހިފަހައްޓާލުން އިހުސާނު އަށް ވީ ވަރަށް ބުރަކަމަކަށެވެ.
“އައްސަލާމް އަލައިކުމް” އިހުސާން ސަމްހާ މެންގޭ ދޮރާށި ހުޅުވާލުނަށް ފަހު އެތެރެއަށް ބޯ ދިއް ކޮށްލަމުން ގޮވާލިއެވެ.
“ވާލައިކުމުއްސަލާމް” އެތެރެއިން ސަލާމް ބަލައިގަތީ ސަމްހާގެ މަންނައެވެ.
އިހުސާން އެތެރެއަށް ވަނެވެ. ގެއަކި އެއްމެ މިޒަނާނުގެ ފެންވަރަށް ހަދާފަ ހުރި ބޮޑުގެއެކެވެ. ގޭގެ ކުރިމަތީގަ ތަފާތު ބާވަތް ތަކުގެ މާއަޅާ ގަސް ހަށްދާފައި ވެއެވެ.ގެއަށް އެގަސް ތަކުގައި ފޮޅިފައިވާ މާމެލާ މެލީގެ މީރުވަހުން އެމާހައުލު ވަނީ ޖަރީ ކުރުވާފައެވެ އެތަނަށް ވަނުނާއެކު ސިކުނޑި ތާޒާވެގެން ދިތައެވެ.
މީހަމަ އަހަރެން ކުރިން އައިސް އުޅުނު ގޯތިބާ ހާދަ ބޮޑު ބަދަލެއް އައިއްސިއޭ ދޯ އިހުސާނުގެ ހިތަށް އެރިއެވެ. އެރީތި ގެއާއި އނަލަ ވަގީއްޗާ ފެނިފަ އިހުސާން ހުރީ ހައިރާވެ އަންތަރީސް
ވެފައެވެ.
“އައްސަލާމް އަލައިކުމް ” އިހުސާން ގޭގެ މައި ދޮރާއި ހަމައަށް ގޮސް އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ.
“ވާލައިކުމުއްސަލާމް ” ބަދިގެ ފަރާތުގައި އުޅެފައި ފޭގެ ނައި ދޮރު ހުޅުވާލުމަށްފަހު މިފަހަރު ނިކުތީ ކުޑަ އަންހެން ކުޖެކެވެ.
“ކީއްކުރާ ބޭބެއެއްތޯ؟ ” އެކުއްޖާ އަހާލިއެވެ.
“ސަމްހާ އެބައުޅުއްވާތޯ ؟” އިހުސާން އަހާލިއެވެ. އަދި އެކުޑަ ކުއްޖާގެ މޫބަށް ވަރަށް ޝައުގުވެރި ކަމާއެކު ބަލާލިއެވެ. ހީވަނީ ކުޑަ ކުޑަ ސަމްހާއެއް ހެންނެވެ

އިހުސާން ވާހަކަ ދައްކާ އަޑަށް ސަމްހާގެ މަންމަ ނިކުތެވެ. އެމީހަ ފެނުމާއެކު އެއީ ސަމްހާގެ މަންމަ ކަން އެނގުނެވެ. ނަމަވެސް އެއަންހެން މީހައަކަށް އިހުސާނެއް ނޭގުނެވެ. އެކަން އެއަންހެން މީހާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ތަކުން އެނގުނެވެ.
“ދައްތާ މަށެއް ނޭގުނުތަ މީ އިހުސާން އިއްސެއޭ ކޮބާ ސަމްހާ؟ ” އިހުސާން ހިނިތުން ވެލާފައި ވާހަކަ ދެއްކިއެވެ. އަދި ސަމްހާ ކޮބައިތޯ އަހާލިއެވެ.

އިހުސާން އޭނާގެ ތައާރަފެއް ދިނުނާއެކު ސަމްހާގެ މަންމަ އަށް ހީވީ އޭނާގެ މޫނުމަތީގަ އެތިފަހަރެއް ޖެހި ހެންނެވެ. ބަލާކަށް ނުހުރެ އިހުސާންގެ މޫނު މައްޗަށް ކުޚުޖަހައިފިއެވެ. ކުޅުޖެހުމާއެކު ލިބުނު ހައިރާން ކަމާއެކު އެއަންހެން މީހަގެ މޫނަށް ބަލާލެވުނެވެ. ސުވާލު ތަކުން ފުރިފައިވާ ބެލުމަކުންނެވެ. އިހުސާން ބަލައި ލުމާއެކު އެމީހާ ތުން އަނބުރާލިއެވެ.
“ހުރި ނުލަފާކަން ނިކަން ދެކިބަލަ ކަލޭ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލާފަ އެވަރުން ނުފުދިގެން އެއްމެ ފަހުން ގެއަށް ވެސް އައީ ދޯ ހުންނަ ލަދު ހަޔާތް ކުޑަކަން ނިކަން ދެކިބަލަ” ސަމްހާގެ މަންމަ ހަޅޭއް ލަވަމުން ގެންދިޔައެވެ. އެމީހާ ހީވަނީ ރުޅިއައިސްފައިވާ ސިންގާއެއް ހެންނެވެ.
ނުނިމޭ

Comments (12)

  1. Z,M

    Vaahaka varah salhi

    1. H Ziyaad
      Z,M

      Thanks

  2. Khajja

    Vaahaka v rythi ??ekam haadha kurey ?? spelig misstakes ves v ginakanfaahagakurevun n feshun thanun isse kiyaafa kulli akah ihusaan kiyan feshyma odd gothen huri but oral kon stry v v rythi ekam ihusqan dheraeh dhygen miulheny kaakah kameh olhun araifi mi prt ge nimun hisaab ga kuriyan oiy baiga understand vaane kamah ummydhu kuran n nxt prt in feshigen stry dhiguvaane kamavves ummydhukuran ?? keep it up n gud nyt

    1. H Ziyaad
      Khajja

      Shukuriyyaa

  3. Addu manje

    Varah reethi.. mibai ga ves typing mistakes hurikan faahaga kurevey… ekm kuree dhuvahuge bayaa balaafai kudakoh mistakes madhu hen heevany.. kuriah oii thanugaives mi kamah samaalu vegen liyun edhen..
    Waiting for nxt part..
    🙂 🙂 🙂

    1. H Ziyaad
      Addu manje

      Thanks

  4. nonns

    Mi part ves vvreethi but varah short. Nexxt part dhigukohllevi dhaane tha?? And when is next part??

    1. H Ziyaad
      nonns

      Thanks

  5. Kuddy

    Varah salhi vaanehen heevey… nxt prt dhigukoh genesdheyne kamah unmeedh kuran…

    1. H Ziyaad
      Kuddy

      Thanks

  6. Saadhu

    V reethi.ekamaku maa kuree

    1. H Ziyaad
      Saadhu

      Thanks

Comments are closed.