Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (15)

Aisha Level 3100 Comments10 Stories100 Login
June 7, 2017 8 Mins Read
75 Comments

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް އެއްމަސް ވެގެން ދިޔަ ގޮތެއްވެސް އަފްރީންއަށް ނޭނގުނެވެ. ހިތާމައިގެ ކަނޑަކަށް މީހާ އަރަގުވެފައިވާއިރު ދުނިޔޭގެ ލޯމައްޗަށް އޭނާ ދައްކަމުން ދިޔައީ އެހެން މަންޒަރަކެވެ. ނަމަވެސް އެކަނިވާ ވަގުތުތަކުގައި އެހިތުގައި އަޅާ ވޭން ދެނިވޮޑިގެން ވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ.

ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މާހައުލުގައި ވަނީ ތެތް ފިނިކަމެއް ހިފާލާފައެވެ. އަފްހަމްއާއި ލިއުޝާ އަދި އަމާންއާއި އަފްރީން މަޝްވަރާކުރަމުން ދިޔައީ އަފްހަމްމެންގެ ކައިވެނި ޕާޓީގެ ތީމް ކުލައާއި ބެހޭ ގޮތުންނެވެ. ހަތަރު މީހުން އިންޓަނެޓުގައި ކުލަ ސާޗުކުރަމުން ގޮސް އަފްރީން އޭނާއަށް ކަމުދިޔަ ކުލަ ފޯނުން ދައްކާލިއެވެ. ޕުލަމް އަދި ގުރޭ ކުލައިގެ އެތީމް އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ. “ހެދުން ފަހާނީ ކިހިނެއް އަފޫ؟؟” ލިއުޝާ އަފްރީން ކުރެން އެއްސެވެ. “އަފޫތަ ބުނަންވީ؟؟”އާނ ދެން ކާކު؟؟ ތިހާ ރީތި ކުލައެއް ތި ދެއްކީ އަޅެ ދީބަ އައިޑިއާއެއް މަށަށް ޔަޤީން އަފޫގެ އައިޑިއާރސްތައް ވަރަށް ސަޅިވާނެކަން” ލިއުޝާ ހިނިތުންވެލަމުން ބުންޏެވެ. “އޯކޭ.. ޑުރެސް އިނގޭ… ބުރުގާ އަޅައިގެން ތިބޭ މީހުން ގުރޭ ކުލައިގެ ހެދުމެއް ދެން ޝޯލް ޕުލަމް ކުލައިން ބުރުގާ ނާޅާ ތިބި މީހުންގެ ޑުރެސް ޕުލަމް ކުލައިން ދެން ޖުވެލަރީސްތައް ގުރޭއިން.. އެގޮތް އޯކޭތަ” އަފްރީން އެންމެންގެ މޫނަށް ބަލާލަމުން ބުންޏެވެ. “އޭރުވެސް އަފޫ އިނީއޭ ހަމަ އަނގަމަޑުން ލައިގެން ބަހެއްވެސް ނުކިޔާ..މަށަށް ޔަޤީން މިސިކުނޑީގައި ލައްކަ ސަޅި އައިޑިއާރސް އެބަ ހުރިކަން އަވަހަށް ބުނެބަލަ” އަފްހަމް އަފްރީންގެ ބޮލުގައި ޖަހާލަމުން ބުންޏެވެ. “ތެދެއް ދެން ބޯއީސް ޑުރެސް ކޯޑު ކިޔާބަލަ” ލިއުޝާވެސް އަފްހަމްއާއި އެއްބައި ވެލަމުން ބުންޏެވެ. “ދޮންބެ ރީތިވާނީ މި ޕިކްގައި މިއިންކުލައިގެ ވެސްޓެއްލީމަ ދެން ބޯއީސް މިއަށްވުރެ ކުޑަތަންކޮޅެއް ލައިޓް ގުރޭ ކުލައިގެ ގަމީހެއް ލާނީ” އަފްރީން އެންމެންގެ މޫނަށް ބަލާލީ އެމީހުންނަށް އެހިޔާލު ކަމުދޭތޯއެވެ. އެންމެން އަތުގެ ބޮޑުވައި އިނގިލި ދައްކާލީ ހިނިތުންވެ ތިބެއެވެ. “އެހެންވީމާ ހިނގާ ނޯޓް ކުރަމާ ދޯ” ލިއުޝާ ފޮތް ނަގާ އަފްރީން ކީގޮތައް ހުރިހާ އެއްޗެއް ލިޔަން ފެށިއެވެ. “ސްޓޭޖްގެ ބެކްގުރައުންޑް ތިދެމީހުންނަށް.. އަފޫއަށް ހޯލް” “އޯކޭ… މަށާ މާންއާއި ހަދާ ސްޓޭޖް ފެނި ތިމީހުން ތިބޭނެ އަނގަހުޅުވިފަ” “އެނގިދާނެތާ” ލިއުޝާ އާއި އަފްރީން އެއްފަހަރާ ބުންޏެވެ.

ހަފްތާފެށި ބިޒީ ޝެޑިއުލްއެއްގައި މަސައްކަތްކުރަން ޖެހުމުން އަފްރީންއަށް ކަމަކާ ވިސްނާނެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް އަމާންމެންގެ ކޮންޕެނީއާއި އެކު ރާވާފައިވާ ޕާޓީއަށް ދެމީހުން އެކީ މަސައްކަތްކުރަން ޖެހުމުން އަފްރީންގެ ހިތުގެ ހާލު ދިޔައީ ބޮޑުވަމުންނެވެ. ނަމަވެސް ކެއްތެރިކަމާއިއެކު އަފްރީން ދިޔައީ އަމާންއާއި ކުރިމަތިލަމުންނެެވެ.

އެކުވެރިންނާއިއެކު ބާޒާރަށް ނިކުމެ އުޅުނު ހަޔާ ދިޔައީ އޭނާއަށް ކަމުދާ ކަހަލަ ހެދުމާއި އަދި އެނޫނަސް އެތައް ބައިވަރު އެއްޗެއް ގަންނަމުންނެވެ. ވިޔަފާރިކޮށް ނިމުނުއިރު ހަޔާ ހިފަންޖެހިފައިވާ ކޮތަޅުތައް ގިނަކަމުން އޭނާ މަގުމަތީ މަޑުކޮށްލައިގެން ހުރީ ޓެކްސީއެއް ލިބޭތޯއެވެ. އެހެން ހުއްޓާ ޕުރައިވެޓް ކަޅު ކުލައިގެ ކާރެއްގައި ހަޔާ ކައިރިއަށް އައިސް މަޑުކޮށްލީ ދެވަނަ މީހެއް ނޫނޭ އެއީ ލަޔާންއެވެ. ލަޔާން ހަޔާ ކައިރީގައި ގެއަށް ގެންގޮސްދީފާނަމޭ ބުނެ ހަޔާ ހިފައިގެން ހުރި ކޮތަޅުތައް ކާރުގެ ފަހަތު ސީޓައް ލައިދިނެވެ. އަދި ހަޔާ ކައިރީގައި ކާރަށް އެރުމަށް އެދުނެވެ. ހަޔާ ދެހިޔާލެއްގައި ހުރެ ކާރަށް އަރާ އިށީނނެވެ. ލަޔާން ކާރު އާދައިގެ ސްޕީޑެއްގައި ހަޔާގެ ގެއާއި ދިމާލަށް ދުއްވާލިއެވެ. “ޔާން ރަނގަޅުތަ؟؟” ވަރަށް ހިތްވަރުކޮށްފައި ލަޔާން ކުރެން ހަޔާ އެެއްސެވެ. ލަޔާން އެއްމިޔަކަނުން ހީލަމުން ބޯޖަހާލިއެވެ. “އައި އޭމް ރިއަލީ ސޯރީ” ހަޔާ ލަޔާންގެ މޫނަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ. “އަހަރެން އުފާ ކުރަން ވަގުތު ފާއިތު ނުވަނީސް ހަޔާއަށް ހެޔޮވިސްނިނުން ލިބުނީމަ” ލަޔާން އެއިން ގޮތައް މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ. ހަޔާ ހިނިތުންވުމަކުން ފުއްދާލިއެވެ. ލަޔާން ކާރުގޮސް ހަޔާމެން ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމަށްފަހު ކޮތަޅުތައް ހަޔާގެ އަތައް ދިނެވެ. “އަހަރެން އަދިވެސް މިހިރީ ހަޔާގެ އިންތިޒާރުގައި.. ގުޑް ނައިޓް” އެހެން ބުނެފައި ކާރަށް އަރާ ލަޔާން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ.

ލިއުޝާގެ ކޮޓަރީގައި އަފްހަމްއާއި ލިއުޝާ ތިބީ ލިއުޝާއަށް ކަމުދާނެ ކަހަލަ ވެޑިން ޑުރެސްއެއް ހޯދުމަށެވެ. އަފްހަމް ލިއުޝާއަށް ކުދި ކުދި ގޯނާ ކުރަމުން ދިޔައިރު ލިއުޝާގެ ސަމާލުކަން ވަނީ ފޯނަށް ހުއްޓިފައެވެ. އެއްގަޑިއިރުގެ މަސައްކަތުން ލިއުޝާއަށް ކަމުދާ ކަހަަލަ ވެޑިން ޑުރެސްއެއް ފެނުނެވެ. އަދި އަފްހަމްއަށް އެ ހެދުން ދައްކާލިއެވެ. އަފްހަމްވެސް ހިނިތުންވެލަމުން އުޝް ލާފައި ހުންނައިރު ވަރަށް ރީތިވާނެއޭ ބުންޏެވެ. ލިއުޝާ ފޯނު ބާއްވާފައި އެނދުމަތީ އޭނާގެ ކައިރީގައި އޮށޯއްވެލައިގެން އޮތް އަފްހަމްގެ ކޯތާފަތުގައި ބޮސްދިނެވެ. އަފްހަމް ލިއުޝާއާއި ދިމާލަށް ބަލާލިއިރު އެތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ލިއުޝާއަށް އަފްހަމްގެ ދެލޮލުން ފެނުނީ ނިމުމެއް ނުވާ ލޯތްބެވެ. އަފްހަމް އޭނާގެ ހަޔާތައް ފޮނުވިކަމަށްޓަކާ ކޮންމެ ނަމާދަކަށްފަހު އޭނާ ހެއްދެވި ފަރާތައް ޝުކުރު ކުރެއެވެ. ލިއުޝާ އަފްހަމްގެ ފަން އިސްތަށިގަނޑު ތެރެއަށް އަތްމަހާލުމުން އަފްހަމްއަށް ލޯމަރާލެވުނީ ލިބުނު އަރާމަކުންނެވެ. އަފްހަމް ލިއުޝާގެ އުނގުގައި ބޯއަޅާލަމުން އޭނާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. ލިއުޝާ ހިނިތުންވެލަމުން އަފްހަމްގެ ބޮލުގައި ފިރުމާލިއެވެ.

“މަންމާ” އެނދުމަތީ ލެޕްޓޮޕުން މަސައްކަތެއްކުރަން އިން އަފްރީން މިޝާ ކޮޓްރިއަށް ވަނުމުން ލެޕްޓޮޕް ލައްޕާލުމަށްފަހު އެނދުގައި ރީއްޗަށް އިށީނދެލިއެވެ. “ދަރިފުޅު އަބަދު އޮފީސް މަސައްކަތް ކުރަން އިންނަތަން މަންމައަށް ފެންނަނީ..ތިހެން އުޅެންޏާ ބޮލުގައި ރިހެން ފަށާފާނެ” މިޝާ އަފްރީންގެ އަތުގައި ފިރުމާލަމުން ބުންޏެވެ. “އެހާ ބުރަކޮށެއްވެސް ނޫޅެމޭ މަންމާ” “ހޫމް އެންމެ ރަނގަޅޭ ހިނގާބަލަ ފިހާރައަކަށް ގޮސްލަން މަންމަ ބޭނުން ބަދިގެ ސާމާނުތައް ގަނެލަން” އަފްރީން ހިނިތުންވެލަމުން އެނދުންތެދުވެ ކުލޯސެޓަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނިކުތެވެ. އަފްރީންގެ ހަޔާތުން އަމާން ދިޔަ ފަހުން އޮފީސް ނޫން އެހެން ތާކަށް އޭނާ މިދަނީ ފުރަތަމަ ފަހަރަށެވެ. އަފްހަމްއާއި ލިއުޝާ ކިތަންމެ ވަރަކަށް ކީޔަސް އަފްރީން ހުންނަނީ ނުދާން އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް މިޝާ ބުނުމުން އެ މަންމަގެ އެދުމުގައި ކޮޅުފައިން ޖަހަން އޭނާއަށް ނުކެރުނީއެވެ. އަފްރާހް މިޝާއާއި އަފްރީން ގެންގޮސްލީ އެރަށުގެ އެންމެ މަޝްހޫރު ސުޕަރ މާކެޓަށެވެ. އެތަނުން ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނައިރު ރަށުގެ އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ތާކަށް އެތަން ވާނެކަން ޔަޤީނެވެ. އަފްރާހް މިޝާމެން ފިހާރައަށްލާފައި ގެއަށް ދިޔައީ ނިމުނީމައި ގުޅާށޭ ބުނެފައެވެ. ޝޮޕިން ޓުރޯލީއެއް ހިފައިގެން އަފްރީންއާއި މިޝާ އޭމީހުން ނޯޓްކޮށްގެން ގެނައި އެއްޗެހިތައް ނަގާ ޓުރޯލީއަށް އަޅަން ފެށިއެވެ. އަފްރީން ހުރީ އެހާ ބައިވަރު އެއްޗެހި އެއްފަހަރާ ނަގާތީވެ ވަރަށް މަޖާވެފައެވެ. މެލޭޝިޔާގައި އުޅުނު އިރުވެސް މިޝާއާއި އެކު ޝޮޕިންއަށް ގޮސްފައި އަފްރީން އުޅޭގޮތުން ހީވާނީ ކުޑަކުއްޖަކަށްއާ ކުޅޭއެއްޗެއް ލިބިގެން އުޅޭހެންނެވެ. ވިޔަފާރިކޮށް ނިންމާލުމަށްފަހު އަފްރާހްއަށް ގުޅާ އެމީހުން ބަލާއުމަށް ބުނެފައި އެތަނުން އެމީހުން ނިކުތެވެ. އަފްރާހް އަންނަންދެން ދޮރުމަތީ މަޑުކޮށްލައިގެން ތިއްބާ އަމާންގެ މަންމަ ނިޝާ އައިސް މިޝާކައިރި ހުއްޓިލިއެވެ. “ބަދިގެ ސާމާނު ގަންނަން އައިސްދޯ ތިއުޅެނީ” ނިޝާ ހިނިތުންވެލަމުން ބުންޏެވެ. “އާން މިހާރު މިތާގެވެސް ތަކެތީގެ އަގުބޮޑޭ ދޯ ކުރިއާއި އަޅާބަލާފަ” މިޝާވެސް ވާހަކަ އަޅުވާލިއެވެ. އަފްރީން ހުރީ މިޝާއާއި ނިޝާގެ ރައްޓެހިކަމަށް އޭނާއާއި ހެދި އެއްވެސް ބުރޫއެއް ނާރާތީ ވަރަށް އުފާވެފައެވެ. “އަފޫ ކިހިނެއް؟؟.. އަހަރުމެންގެ ވާހަކައެއް ނުހުއްޓޭނެ ދުވަހަކުވެސް އެ ހެޔޮ ކިތަންމެ ގިނައިން ދިމާވިޔަސް ދޯ މިޝާ” “ރަނގަޅު.. ނިޝާއްތަ ކިހިނެއް؟؟” ހިނިތުންވެލަމުން އަފްރީން ބުންޏެވެ. “އިރާދަކުރެއްވީތީ ރަނގަޅު ހަމަ” ތިންމީހުން ވާހަކައިގައި ޖެހިފައި ތިއްބާ އަފްރާހް އައުމުން ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އެންމެން ވަކިވިއެވެ.

އެއްމަސްވެގެން ދިޔައިރު އަމާންއަށް ވަރަށް ބޮޑު ބަދަލެއް އައިސްފިކަން ހަޔާއަށް ވިސްނުނެވެ. ކުރީގައި އަމާން އޭނާދެކެ ލޯބިވާހެން މިހާރު އޭނާދެކެ ލޯބިވާކަމަށް އޭނާއަށް ޝައްކެވެ. އަމާން އޭނާގެ އަތުން ބީވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި ވެއެވެ. އަމާން އޭނާއާއި ވަކިވެއްޖިއްޔާ ދެން އޭނާއަށް ކެއްނުކުރެވޭނެކަން އެއީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އަމާން ރައްޓެހިވި ކުއްޖާއަށް އޭނާގެ ހިތް ހިބަކޮށްފިކަން ހަޔާއަށްވަނީ އަމާންގެ އަމަލުން ޔަޤީން ކޮށްދީފައެވެ. އަމާންގެ ލޯބީގައި ދީވާނާވެފައިވާ ހަޔާ ހުރީ އަމާން ހާސިލްކުރުމަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް ތައްޔާރަށެވެ. މިފަހަރު ތަޤުދީރުވެސް ހަޔާއާއި އެއްކޮޅަށް ހުރިއިރު އަމާން އާއި އަފްރީންގެ ދުނިޔެ ހަޔާގެ ކަޅު ވިލާތަކުން ބައްދަމުންދާކަން ދެމީހުންނަށް ރޭކާވެސް ނުލައެވެ.

އާދައިގެ މަތިން އަފްރީންއާއި އަމާން އުޅުނީި އަވެދިނެތި ޕާޓީގެ ކަންތައްތައް ނިންމުމުގައެވެ. އެހެން އުޅުމުގެ ތެރޭން ދެމީހުންގެ އިހްސާސްތައް އެކަކު އެނެކަކަށްޓަކާ ވަރުގަދަވަމުން ދާކަން ދެމީހުންނަށް ވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ދެމީހުންވެސް އެމީހުންގެ ހިތުގެ ހާލު ފޮރުވަމުން ދިޔައީ އަނެކަކުގެ ހިތުގައިވާ އެއްޗެއް ނޭނގޭތީއެވެ. ޕާޓީ ބާއްވާ ދުވަސް ކައިރިވުމުގެ ސަބަބުން ދެމީހުންވެސް ދިޔައީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. “އަފޫ ކެއުމުގެ ކަންތައް ހަވާލުކުރަން އެންމެ ރަނގަޅުވާނީ ކޮންބަޔަކާ؟؟” އަމާން އަފްރީން ކުރެން އެއްސެވެ. “ދިވެހި ސަޤާފީ ޕާޓީއެއްވީމަ އެންމެ ރަނގަޅުވާނީ މަންމަމެން އެކަން ކުރިއްޔާ ރެސްޓޯރެންޓްތަކަށް އޯޑަރ ދިނަކަސް އެކަހަލަ ކެއުމެއް ތައްޔާރު ކުރެވިދާނެހެންނެއް އަފޫއަކަށް ހީއެއް ނުވެ.. މަންމަމެންނާ ވާހަކަ ދައްކާލަންވީނު.. ވަންޏާ އަގެއް ކަނޑައަޅާފަ މަންމަމެންނަށް އެމަސައްކަތް ހަވާލުކުރާނީ” ވިސްނާނަން އިނދެފައި އަފްރީން ބުންޏެވެ. އަމާން އެންމެ ރަނގަޅޭ ބުނެ ފޯނު ނަގާ ނިޝާއަށް ގުޅާލުމަށްފަހު އެއްފަރާތަކަށް ޖެހިލާ ވާހަކަދައްކަން ފެށިއެވެ. އޭރު އަފްރީން ތަން ޑެކޮރޭޓް ކުރަންވީ ގޮތް ރަށުގައި އެމަސަތްކަތް ކުރާ ޤުރޫޕްއަކަށް ކިޔާދެމުން ދިޔައެވެ. އަފްރީން އެމީހުންނަށް ވާހަކަދައްކާ ނީންމާލުމަށްފަހު އެބުރިލިއިރު އަމާން ބަލަހައްޓައިގެން ހުރުމުން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. އަމާން ދެފެރާތަށް ބޯހަލުވާލުމުން ހިނިތުންވެލަމުން އަފްރީން އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެދުވަހު އަފްރީން އޮފީހުގައި ވަރަށް ދަންވަންދެން މަސައްކަތް ކުރުމަށްފަހު އަފްހަމްއަށް ގުޅާފައި ބަލާއައިސްދިނުމަށް އެދުނީ އަވަހަށް ގެއަށްދާން ބޭނުންވެފައި ހުރިވަރުންނެވެ. އަފްހަމް އަންނަންދެން އޮފީހުގައި ހުންނަ އޭނާއަށް ހާއްސަ ކޮޓަރިއަށް ދާނީ އޭ ހިތާ އަފްރީންގޮސް ކޮޓަރީގެ ތަޅުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން އަފްރީން ހުރީ ހައިރާންވެފައެވެ. މިރޭ އޭނާ އިޝާ ނަމާދު ކުރީވެސް އެކޮޓަރީގައެވެ. ދެން ކުއްލިއަކަށް ކޮޓަރީގައި ތަޅުލެވެންވީ ކީއްވެގެންހެއްޔެވެ؟؟ އެވިސްނުމުގައި ހުރެ ދަބަހުން ތަޅުދަނޑި ނަގަން ދަބަހުގެ ޒިބް ކަހާލިތަނުން ކޮޓަރީގެ ދޮރު ހުޅިވިގެން ދިޔައެވެ. ކުރިމަތީ ތިބި ދެމީހުން ފެނި އަފްރީންގެ ދެބުމަ ގޮއްޖެހިގެން ދިޔައީ އަދި އަތް މުއްކަވާލެވުނީ އައި ރުޅިންނެވެ. “ހަޔާ ވަޓް ދަ ހެލް ތި ގަނޑެއް ގަންނަން އިނގުނީ މަގޭ އޮފީހުގަތަ” އަފްރީން ހުރީ ރުޅިއައިސް ރަތްވެފައެވެ. ވާނީވެސް އެހެންތާއޭ ހަޔާ އާއި އޭނާގެ ކައިރީގައި ހުރި ޒުވާނާ އެތިބީ އެއްވެސް ނިވާކަމެއް ނެތިކަން ދެމީހުންގެ ގައިގައި އޮޅާލައިގެން ތިބި ބުލޭންކެޓް ފެނުމުން އަފްރީންއަަށް އެނގުނެވެ. މިތަންތަ ހަމަ ފެނުނީ ތިގަނޑެއް ގަންނަން” އަފްރީން ހީވަނީ ހަޔާ ރޮލާ ކާލަން އުޅޭހެންނެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އަމާންގެ ހަޔާތާ ދުރަށްދިޔައީ އަމާން އުފަލުގައި ވުމަށް އެދޭތީއެވެ. އެކަމަކު އޭނާގެ ލޯކުރިމަތީ ހަޔާ އެދަނީ އަމާންއަށް ބޭވަފާތެރިވަމުންނެވެ. “ސޯ ޔޫ ނޯ މީ ގުރެއިޓް.. މާން އަހަރެން ބަހައްޓާފަ ނެގި މީހާ.. އަހަރެން ހީކުރީ ފަތްމިންޏެއްކަމަށް އެކަމަކު ކަލޭ ގައިގައި މަށާ އަޅާ ބަލާފައި ރީތި އެއްވެސް ސިފައެއް ނެތް” “އަހަންނަށް އަހަރެން ހުރި ސިފަ ކަމުދޭ ކަލޭ ފަތްމިންޏައްކަށް ވެގެނެއްނު ތިވައްތަރަށް ތިއުޅެނީ” އަފްރީންގެ ޖުމްލަ އަޑުއިވުމުން ހަޔާ ޖަހާލީ ހިނިގަނޑެކެވެ. “މޮޔަ އަންހެނާ ހަޔާގެ ކިބައިން ސަލާމަތެއް ނުވާނެ ތިހާ ފަސޭހަކުން ބަލަން ހުންނާތި މާންއަށް އިނގެންވެސް އިނގޭނެ އެކަމު އަންނާނީ އަހަރެންގެ ކައިރިއަށް” ހަޔާ ނުލަފާވައްތަރަކަށް ހީލަމުން އަފްރީންގެ މޫނުމައްޗަށް ދޮރުޖެހިއެވެ.

މިޝާގޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އަފްރީން ގެއަށް ނައިސްގެންނެވެ. އޭނާގެ ހިތް ބިރުގަންނަމުންދާތީ އޭނާ ހުރީ ވަރަށް ހާސްވެފައެވެ. އަފްރީންއަށް ކަމެއް ވާން އުޅެނީއޭ އެހިތްބުނާވަރުން އޭނާއަށް ތާކުގައި އިށީނދެލައިގެން އިނދެވެނީކީއެއް ނޫނެވެ. އަފްހަމް އަފްރީން ބަލާ ދިޔައީއްސުރެ މިޝާ އެހުންނަނީ އިންތިޒާރުގައި ވަގުތު ގުނާލަ ގުނާލައެވެ.

އިޝާނަމާދުކޮށްލައިގެން ގެއަށް އައި އަމާން ފޯނު ނަގާ ބަލާލީ ފޯނު ރިންގުވާންފެށުމުންނެވެ. ސިކްރީންއަށް އަރާ އިން ހަޔާގެ ނަން ފެނުމުން އެމޫނުމަތީގައިވި އުޖާލާކަން ގެއްލިގެން ދިޔައެވެ. ނަގަން ނުނަގަން ހުރެފައި ފޯނު ނަގާ ކަންފަތުގައި ޖަހާލުމުން އޭނާއަށް އިވުނީ ހަޔާ ހަޅޭއްލަވައިގަތް އަޑެވެ. “ހެޔޮނުވާނެ ކީއްވެގެންތަ އަހަރެންނަަށް ތިހެން ތިހަދަނީ؟ ތިއީ އަހަރެން ދަންނަވެސް މީހެއް ނޫން އަހަރެން މިރަށަށް އައީކީ މީހަކަށް ގެއްލުމެއް ދެކަށް ނޫންނޭ ހޮޔޮނުވާނެ ތިހެން ނަހަދާ.. އަހަރެން މީހުންނަށް ދައްކާނީ ކޮންމޫނެއް؟؟” ހަޔާގެ އަޑުން އޭނާ ބިރުގެންފައި ހުރިވަރު ހާމަވާން ހުއްޓެވެ. “ތިހާ ރީތި ކުއްޖަކު ދޫކޮށްލަން ވެދާނެތަ ތިމަލުގެ ފޮނިކޮޅުބޯހިތުން ހުންނަތާ ކޮންދުވަހެއް؟؟.. އަހަރެންނަށް ލާރި ލިބެން އޮއްވާ އެފުރުސަތު ގެއްލުވާލާހާ ބޮޑު މޮޔައެއް ނޫނޭ މަށަކީ؟؟.. މިބޮޑު އިމާރާތް ކަލޭ ދެކުނީމެއްނު މިތާގެ ވެރިމީހާ މަށަށް އެއްލައްކަ ރުފިޔާ ދީފައި ބުނީ ކަލޭ މިރަށަށް އަންނަ ދުވަހު މިތަނަށް ގެނެސް މަގޭ ބޭނުން ފުދުނީމަ ކަލޭ ގެންގޮސް ކަލޭގެ ހޮޓެލްއަށް ލާށޯ” ދެން އިވުނީ ފިރިހެނެއްގެ އަޑެވެ. “އަހަރެން މިތާންގެ ވެރިމީހާއަށް ކޮންކަމެއް ކޮށްގެން އެއީ؟؟” ހަޔާގެ އަޑުގައިވަނީ ހައިރާންކަމެވެ. “ކަލޭ އެނިކަމެތި އަންހެނާގެ ލޯބި ޖަހާގަތީ އެއްވެސް ކުށެއްނެތި ފުން ހިތާމައަކަށް އޭނާ ވައްޓާލީ.. ކަލޭ ތިއީ އެންމެގެ އެނދުގެ ފަޅުފިލުވާދޭ އަންހެނެއްނު މަގޭ ތަންމަތި މާ އަރާމުވާނެ” ހަޔާ ހަޅޭއްލަވައިގަތް އަޑާއެކު ކުއްލިއަކަށް ފޯނު ކެނޑުނެވެ. އަމާން ހުރީ ކަންފަތައް އިވުނު އަޑުތައް ޤަބޫލްކުރަންވެސް ނޭނގިފައެވެ. ހުއްޓުން އަރާފައި އޭނާ ހުއްޓާ ހަމަހޭވެރިކަންވީ އޭނާގެ ފޯނަށް އަފްރީން ގުޅުމުންނެވެ. އަމާން އަޅާނުލާ ފޯނު ޖީބަށްލަމުން މިސްރާބު ޖެހީ ޔުނީކް އިންޑަސްޓުރީގެ އޮފީހާއި ދިމާލަށެވެ. ފޯނުން ހަޔާ ހުރިތަނުގެ އެޑުރެސް ނޭނގުނަސް އަފްރީންނޫން އެހެން އެއްވެސް އަންހެނަކު ރަށުގައި ވިޔަފާރީގެ ރޮނގުން މަސައްކަތް ނުކުރާތީވެ އެދައްކަނީ ޔުނީކް އިންޑަސްޓުރީގެ ވާހަކަކަން އަމާންއަށް އެގުނެވެ. ސައިކަލަށް އަރާ ދުއްވާލިއިރުވެސް އަމާން ދުޢާ ކުރަމުން ދިޔައީ އަފްރީންގެ އޮފީހުގައި ހަޔާ ނުވުމަށެވެ.

އަފްރީން ބަލާ އޮފީހާއި ދިމަލަށް ދަނިކޮށް ސައިކަލުގެ ޓަޔަރުގެ ހަން ފަޅައިގެން ދިއުމުން އަފްހަމް ސައިކަލު ރަނގަޅަށް ލޮކް ކޮށްލިއެވެ. އަދި އަފްރާހްއަށް ގުޅާ އެވާހަކަ ބުނުމަށްފަހު ކާރުގައި އެމީހުން ބަލައި އައިސް ދިނުމަށް އެދުނެވެ. އަފްހަމްއަށް ނޭނގުނަސް އޭނާއަށް އޭނާގެ ކޮއްކޮ ވެއްޓެން އޮތް އަނދަވަޅުން ސަލާމާތް ކުރެވެން އޮތް ފުރުސަތު ގެއްލުނީއެވެ.

ބާރު ސްޕީޑުގައި އަމާން ސައިކަލާއި ގޮސް ޔުނީކް އިންޑަސްޓުރީގެ ދޮރުމައްޗަށް ސައިކަލު ޕާކުކޮށްލިއެވެ. އަދި ދުވެފައި އެތެރެއަށް ވަދެ ލިފްޓަށް އަރާފައި ދާންވީ ފުލޯއެއް ނުވިސްނުމުން ދެވަނަ ފުލޯއަށް ފޭބީ އެތާގައި އަފްރީންއަށް ހާއްސަ ކޮޓަރިއެެއް ހުންނަ ހަނދާންވީމައެވެ. ދުވެފައި އެކޮޓަރިއާއި ދިމާލަށް ދިޔަ އިރު ފެނުނު މަންޒަރުން އަމާން ހުރީތާންގައި ގަބުއަރާފައި ހުރެވުނީއެވެ. ކޮޓަރިތެރެއިން ހަޔާ އެހީއަށް އެދި ހަޅޭއްލަވަމުން ދިޔައިރު އަފްރީން ކޮޓަރީގެ ދޮރުމަތީގައި ހުއްޓި އެއްވެސް ކަމެއް ނުކޮށް ހުރުމުން އަމާންއަށް ފޯނުން އޭނާއަށް އަޑުއިވުނީ ރަނގަޅައްކަން އެނގުނެވެ. ނަމަވެސް އަފްރީން އެވަރުގެ ކަމެއް ކޮށްފާނެކަމަށް އަމާންއަށް އަދިވެސް ޤަބޫލްނުކުރެވެ. އަފްރީން ހުރީ ހަޔާ ހިނިތުންވެލައިގެން އޭނާގެ ކުރިމަތީ ހުރެފައި ދެވަނަ ސިކުންތުގައި ދޮރުލައްޕާ ތަޅުލާފައި އެހީއަށް އެދި ގޮވަން ފެށުމުން ވާނުވާނޭނގިފައެވެ. “އަފޫ…” އަފްރީން ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަމާން ވަރަށް ބާރަށް އޭނާއަށް ގޮވާލުމުންނެވެ. އަދި ރުޅިއައިސް ރަތްވެފައި ހުރެ އޭނާއާއި ދިމާލަށް އަންނަން ފެށުމުން އަފްރީންއަށް ކުރެވުނުހާވެސް ކަމަކީ ހައިރާންވެފައި އަމާންއަށް ބަލަހައަޓައިގެން ހުރުމެވެ. އަމާން އައިގޮތަށް އައިސް ކޮޓަރީގެ ދޮރުގަައި ފައިން ދެތިންފަހަރު ޖެހިޖެހީނުން ދޮރު ހުޅުވާލިއެވެ. އަމާން ކޮޓަރިއަށްވަދެ އެތާގައި ހުރި ޒުވާނާގެ މޫނުމަތީގައި މުއްކަވާފައި ޖެހިޖެހީނުން އޭނާގެ ތުންފަތްފަޅާލިއެވެ. އެވަރުން ނުވެގެން އޭނާލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ކޮޓަރިން ބޭރަށް ހޫރާލިއެވެ. އަފްރީން ކޮޓަރިތެރެއަށް ވަދެ ބޯދިއްކޮއްލިއިރު ހަޔާ ހުރީ ހެދުންވެސް ލައިގެންނެވެ. ހަޔާ ހެދުންލީ ކޮންއިރަކުތޯ އަފްރީންގެ ހިތައްއެރިއެވެ. ހެދުމުގެ އަތް ކުޑަކޮށް ކޮށިފައި ހުރިއިރު އިސްތަށިގަނޑު ހުރީ ހޭވިފައެވެ. އަމާން ދިޔަގޮތައްގޮސް ހަޔާގެ ގެނެސް އެމޭގައި ލައްކޮށްލިއެވެ. އަދި ރުޅިވެރި ނަޒަރަކުން އަފްރީންއަށް ބާލާލިއިރު ހީވީ އެދެލޮލުން އަފްރީން ފިއްސާލަފާނެހެންނެވެ. “އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ތިއީ ތިހާ ދަށުދަރުޖައިގެ މީހެއް ކަމަކަށް.. އަންހެނަކަށްވެހުރެ އަނެއް އަހަންހެނަކަށް މިހެން ހަދަންވިސްނީތީ އަހަރެން ހަމަ ހައިރާންވެއްޖެ.. ތިއީ އަހަރެން ދަންނަ އަފްރީންއެއް ނޫން.. ތިއީ އަހޫގެ ކޮއްކޮ ނޫންނަމަ އަހަރެންގެ އަތުގެ ހޫނު ހަމަލާއެއް ތިކޯމައްޗަށް އެރީސް” އަމާންގެ އަޑުގައި ރުޅިއާއި އެއްވަރަށް ހިތާމަވެސް އެކުލެވިގެން ވިއެވެ. އެވަގުތު ހަޔާގެ ތުންފަތްމަތީގައި ދުވެލި ނުލަފާ ހިނިތުންވުންމުން އަފްރީންގެ ހުރިހާ ސުވާލެއްގެ ޖަވާބުލިބުނެވެ. “މާން އަދި ތިވިސްނަނީ މުޅިން ގޯސް…” “ހުއްޓާލާ އަހަރެން ހާދަ ތައުރީފެއް ކުރީމޭ ތިހާ ރަނގަޅު އަންހެނެއް އަަހަރެން ނުދެކެމޭ ކިޔާފަ.. ހަޔާއަށްވުރެވެސް ނުބައި މީހަކަށްނު ތިވީ” “މާން.. މާން އަޑުއަހާބަލަ އަހަރެން ކީއްވެގެންތަ އެހެން ހަދަންވީކީ؟؟ އަހަރެން ދައްކާ ވާހަކަ އެއްފަ..” އަފްރީން ވާހަކަދައްކަ ދައްކަ އޮއްވާ އަމާން ހަޔާ ގޮވައިގެން އޮފީހުން ނިކުމެގެން ހިގައްޖެއެވެ. އަފްހަމް ގޮސް ޔުނީކް އިންޑަސްޓުރީގެ ގޭޓުން ވަތްއިރު އަފްރީން ދޮރުމަތީގައި ހުއްޓުން އަރާފައި ޖެހިބުދެއްހެން ހުރުމުން ފޯނު ކަންފަތާ ދުރުކޮށްލާފައި ގޮސް އަފްރީންގެ ދެކޮނޑުގައި ހިފަހައްޓާލަމުން ކިހިނެއްވީތޯ އެއްސެވެ. އަފްރީން ފަޑު ހިނިތުންވުމަކާއިއެކު ކަމެއް ނުވޭ ބުނިގޮތުންވެސް ކަމެއް ވެއްޖެކަން އަފްހަމްއަށް ޔަޤީންވިއެވެ. އަފްހަމް އެއްޗެކޭ ބުނަން އަނގަހުޅުވާލިތަނުން އަފްރާހް ކާރުގައި އައިސް އެމީހުން ކައިރީ މަޑުކޮށްލުމުން އަފްހަމް އެވާހަކަ ފަހައްބާއްވާލައިފައި ކާރަށް އެރިއެވެ. އަފްރީންވެސް މޫނުމައްޗަށް ހިނިތުންވުމެއް ގެނުވަމުން އެތެރެހަށީގައި ހިނގަމުން ދިޔަ ހައިޖާނުގަނޑު ފަރުދާގެ ފަހަތުގައި ފޮރުވާލިއެވެ. އެކަމަށް މިވީ އެއްމަސް ދުވަސް ތެރޭ އާދަވެފައި ވުމުން އެއީ މިހާރު އޭނާއަށް މާބޮޑު ކަމެއް ނޫނެވެ. ގެއަށް ވަތް އިރު ސިޓިންރޫމް ތެރޭ ހާސްވެފައި ދެކޮޅު ދެކޮޅައް ހިނގާލަ ހިނގާލަ ހުރި މިޝާ ފެނުމުން އަފްރީންއަށް ހިންދިރުވާލެވުނެވެ. މިޝާއަށް އަފްރީން ހެޔޮހާލުގައި ހުއްޓާފެނުމުން ހިތައް ފިނިކަމެއް ލިބުނެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ އަފްރީންއަށް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ ކަމުގައެވެ. އެވާހަކަ ދައްކަން މިއީ އެންމެ ރަނގަޅު ވަގުތައް ނުވުމުން މިޝާ އަފްރީން ކުރެން އެދުނީ ފެންވަރާ ތާޒާ ވެލައިގެން ތިރިއަށް ކާން އައުމަށެވެ. އަފްރީންވެސް ބޯޖަހާލަމުން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ދަބަސް އެނދުމަތީ ބޭއްވުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. ކޮންފަދަ ބަދުނަސީބު ކަމެއް ހެއްޔެވެ؟؟ ހިތްފުރާ ރޯލެވެންވެސް ނެތެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ފާހަނައަށް ވަދެ ފެންވަރާލައިގެން ނިކުމެ ތެތް އިސްތަށިގަނޑު ހެއާރ ޑުރެއާއިން ހިއްކާލުމަށްފަހު އިސްތަށިގަނޑު ފަހަތައްދޫކޮށްލިއެވެ. އަދި ކޮޓަރިން ނިކުމެގެން ސިޑީގެ ހަރުފަތް ލަސްލަހުން ގިރާކޮށްލިއިރު އެދެލޮލުގައިވަނީ ކޮންކަހަލަ އިހްސާސްއެއްކަމެއް ނޭނގެއެވެ. ކާމޭޒުކައިރީ ހުއްޓުނު އަފްރީންގެ ތުންފަތްމަތީވި ހިނިތުންވުންމުން ބަލަން ހުރި މީހަކަށް ހީވާނީ ދެމީހަކު ފެނުނުހެންނެވެ. އަފްރީން ގޮނޑީގައި އިށީންދެ ކާންފެށީ އެހެންޏާވެސް އެހުންނަ މަޖާ މޫޑްގައި ހުރެއެވެ. ނަމަވެސް މީހަކަށް ނުފެނުނަސް އެހިތްވަނީ ޒަހަމްވެފައެވެ. މޫނުމަތިން އެއްވެސް އެއްޗެއް ދޭހަ ނުވިޔަސް އެފުރާނައިގައި އެއްވެސް ދިރުމެއް ނެތެވެ. ކައިގެން އަފްރީން މައްޗަށް ދިޔައީ ވަރަށް ވަރުބަލިވެއްޖެކަމަށް ބުނެއެވެ. އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުޖަހާ ތަޅުލުމަށްފަހު އެނދުކައިރިއަށް ތިރިވީ ގޮތް ހުސްވެފައި ހުރި މީހެއް ހެންނެވެ. އޭނާއަށް ރޮއެގަނެވުނީވެސް ފަސްވަރަކަށް މިނެޓް އެހެން އިނދެފައެވެ. އަފްރީން އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔައެވެ. އޭނާއަށް މީހަކަށް ދެރައެއް ދެވުނީ ހެއްޔެވެ؟؟ އިތުރަށް އޭނާ އިމްތިހާނު މިކުރަނީ ކީއްވެހެއްޔެވެ؟؟ މިހާރުވެސް އެހިތުގެ ދިރުންވަނީ ނެތި ގޮސްފައެވެ. އަދި އިތުރަށް ކިތައް އިމްތިހާން އެބަ އޮތް ހެއްޔެވެ؟؟ ވެއްޓިފައިވާ އަނދަވަޅުން އަރަން މަސައްކަތްކުރަމުން ދަނިކޮށް އަނދަވަޅު އިތުރަށް ފުންވީ ކީއްވެގެން ހެއްޔެވެ؟؟ މިއަދު އޭނާ މިވަނީ ބަލިކަށިވެފައެވެ. ދުނިޔޭގެ ނަޒަރުގައި އޭނާ ކިތަންމެ ކުރިއަރަމުން ދިޔަ ކަމުގައިވީނަމަވެސް އެމޭތެރޭގައި އޮތް ހިތްވަނީ ޗިސް ޗިސްވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

އެ ކޮޓަރީގެ ސިއްރު (02)

Next

މަލާކް… 6ވަނަބައި

Next
June 7, 2017

މަލާކް… 6ވަނަބައި

Previews
June 6, 2017

އެ ކޮޓަރީގެ ސިއްރު (02)

75 Comments!

  1. ????❤ says:
    June 7, 2017 at 2:01 am

    Wow

    1. Aisha says:
      June 7, 2017 at 2:03 am

      Thank u ❤

  2. Aisha says:
    June 7, 2017 at 2:01 am

    Hi.. Hurihaa kudhin sorry for uploading late.. Aisha 10 ga submit kurin hikuriee 12 haairu up vaane kamah cox usually 11 ga submit kurieema ves 1 ah up vaathieeve… Sorry 4 that.. Let me know the mistakes igey eyrun Aisha ah improve kureveyniee dhw.. Hope u will like this part too ? and thank u all for being so supportive ❤ love Yuh all ? enjoy.. Gud nyt ?

  3. Afoo says:
    June 7, 2017 at 2:10 am

    It’s so beautiful but why it’s always happening for her??

    1. Aisha says:
      June 7, 2017 at 10:04 am

      Thank u afoo ?let’s see dhw vaagotheh ?

  4. rish says:
    June 7, 2017 at 2:13 am

    Vrh reethi knirakun next part

    1. Aisha says:
      June 7, 2017 at 3:17 am

      Thank u rish ? Thursday ga

  5. AKI says:
    June 7, 2017 at 2:24 am

    thanks varah furihama.

    1. Aisha says:
      June 7, 2017 at 3:21 am

      Most welcome ? thank u AKI ?

  6. Z,M says:
    June 7, 2017 at 2:27 am

    Varah furihama

    1. Aisha says:
      June 7, 2017 at 3:22 am

      Thank u Z,M ?

  7. luv luv says:
    June 7, 2017 at 2:35 am

    whn nxt part??/
    this part is awesum <3

    1. Aisha says:
      June 7, 2017 at 3:24 am

      Thursday ga.. Thank u dear ?

  8. Jeem says:
    June 7, 2017 at 2:35 am

    Vv reethi

    1. Aisha says:
      June 7, 2017 at 3:25 am

      Thank u jeem ??

  9. nuherr says:
    June 7, 2017 at 2:41 am

    alhe afreen ah haadha dheraekey dhw… vv reethi story… kon irakun next part…. 😀 <3

    1. Aisha says:
      June 7, 2017 at 3:27 am

      Thedhekey dhw afreen ah dho dheragoiy mi vani.. Thursday ga ?

  10. Aamin says:
    June 7, 2017 at 4:06 am

    Alhe afu ah thihen nahadhaba ? Afu vs dhen ehves ehchekey nubune hunnani tha??? Haadha dhera ve ey afu ah vaa gothun. Hama roveni? Nd hayaa I hate you ?.. next part avahan up konladhechey… stry varan reethi igy ?

    1. Aisha says:
      June 7, 2017 at 4:17 am

      Alhey higaaba balaalan dho enmen hadhaa gotheh ? thank u Aamin ❤

  11. Redrose says:
    June 7, 2017 at 4:33 am

    Nice ??

    1. Aisha says:
      June 7, 2017 at 10:03 am

      Thank u Redrose ??

  12. ShAhu says:
    June 7, 2017 at 4:34 am

    hayaa haadha goahey.. and poor afuu… ???
    btw story varah reethi..its awesome.. when next part??

    1. Aisha says:
      June 7, 2017 at 4:40 am

      Thank u shAhu ❤ In sha Allah thursdayga ?

  13. Any says:
    June 7, 2017 at 5:02 am

    Masha allah aisha hadha Mol hey vaahaka liyan aisha thee miharu any ge fan akahvehje????

    1. Aisha says:
      June 7, 2017 at 10:06 am

      Thank u any varah happy vehje konmeakas thank u so much dear ???

  14. Khajja says:
    June 7, 2017 at 5:10 am

    Wow masha allah v rythi v inthizaaru kurevunun fahun up vefa mi iny stry n maan kyvvetha afoo ah trust nukurany hayaa kithaffaharu mihaaru maan ah landu dhyfitha? adhives eyna dhasnuvey dhw thiya hayaa hiyennuvey dhuvahakuves rangalhuvaane heneh maru dheke birun kurygaves maan kaairy dhogu huvaathah kury roifa aee ekahala myhunge vaththaru?? anyway stry v rythi v super keep it up ly❤❤❤❤❤?????

    1. Aisha says:
      June 7, 2017 at 10:07 am

      Thank u khajja ? ly ???

  15. sam♥ says:
    June 7, 2017 at 5:23 am

    wow stry v reeethiii …..lovely … afo haadha varakah dheraa thikuranyyy Aisha… n hayaa haadhaa goss manje yekey aeee dhwww v fooohiveyyy.
    .. waiting next part

    1. Aisha says:
      June 7, 2017 at 10:08 am

      Thank u Sam ?

  16. Ary says:
    June 7, 2017 at 6:23 am

    Wow, v salhi, kithanme dhigukoh up koh dhinas mashah vaanee hama kuru, ahaavx reethi mi vaahaka?❤

    1. Aisha says:
      June 7, 2017 at 10:10 am

      Alhey thank u dear ??? really appreciate it ?

  17. aish says:
    June 7, 2017 at 6:38 am

    Haadha dheraey afoo ah vaagoih..rovihge hama.. Vahaka v salhi..koniraku next part? Waiting for next part..

    1. Aisha says:
      June 7, 2017 at 10:15 am

      Thank u dear ? evarah nurohchey.. Thursdayga ?

  18. Nikko says:
    June 7, 2017 at 8:37 am

    Afoo ah hama ehvx ufaleh nethytha. Ehvx kusheh nethi afoo mathi eh elhuv huhna goih kuda kan hayaa. Afoo ge offeehuga eyna nujehey evaru ge kameh kuraakah.. maan vx afoo ah trust nukuraa varu ehery.. hayaa ge goih haadha ladhu kuda ey plx maan ah hayaa ge hagygaih avahah kiyaadhy..

    1. Aisha says:
      June 7, 2017 at 10:19 am

      Let’s see dhw Nikko vaagotheh ? thank u dear ❤

  19. Khadu says:
    June 7, 2017 at 9:43 am

    Vara sali afoo happy kodynvjy???

    1. Aisha says:
      June 7, 2017 at 10:27 am

      Thank khadu ❤ let’s sew see dhw vaagotheh ?

  20. Anonymous says:
    June 7, 2017 at 10:58 am

    WAITING FOR TOMORROW.. mi part vx varah reethi..

    1. Aisha says:
      June 7, 2017 at 11:31 am

      Thank u Anonymous ?

  21. Xaan says:
    June 7, 2017 at 11:20 am

    Alhey haadha salhiyey koniraku next part kiyaahithun kehmadhuvany

  22. XAAN says:
    June 7, 2017 at 11:30 am

    Alhey v salhi konirakun next part kiyaahithun kehmadhuvany

    1. Aisha says:
      June 7, 2017 at 11:32 am

      Thank u XAAN ?tomorrow dear

  23. nonns says:
    June 7, 2017 at 12:23 pm

    Dhen alhe aisha heyo nuvaane ennu afoo fakeerah thihaalu jasaakah. To heck with you stupid hayaa!!. Dhen maanves hayaa ah trust kuran jeheytha. Varah foohivey. Nonns ah hama rovijje. Haadha hiyyvaru gadha ey dhw afooves. When next part??

    1. Aisha says:
      June 7, 2017 at 12:40 pm

      Alhey e hayaa kura kanthakey eiee.. Hehe.. Asluves dhw..Thursday ga ?

  24. Chif says:
    June 7, 2017 at 1:05 pm

    ?vv nice?

    1. Aisha says:
      June 7, 2017 at 1:18 pm

      Thank u so much ?

  25. naann says:
    June 7, 2017 at 1:10 pm

    Story varah varah nice.. Waiting for the next part.. Adhi kithah episodes eba oi??

    1. Aisha says:
      June 7, 2017 at 1:22 pm

      Thank u naann ? seedha adhadheh neyge 5 varakah episode hen heevaniee.. Depends on my ideas ?

  26. Adha? says:
    June 7, 2017 at 1:21 pm

    Afoo deserves better than this.. ?.. nd i think afoo should share her feelings with someone.. hithutherey foruvaigen amihla nafsah hurt kurun rangalheh noon dw aisha?? varah reethi mi part ves.. waiting for next part ?

    1. Aisha says:
      June 7, 2017 at 1:24 pm

      Yes dear afoo should share aslu ga vex.. Thank u Adha ❤

  27. Rau says:
    June 7, 2017 at 3:45 pm

    salhi varah…. waiting for the next part…❤

    1. Aisha says:
      June 7, 2017 at 4:38 pm

      Thank u rau ?

  28. Some one says:
    June 7, 2017 at 3:50 pm

    V v v lwbi!!! Huvaa v real dhn… When nxt prt??

    1. Aisha says:
      June 7, 2017 at 4:40 pm

      Thank u dear ?? aishaa varah happy vehje ehaa real koh story genesdhevunieema

  29. malkoo says:
    June 7, 2017 at 7:26 pm

    It’s beautiful aisha
    Ekam afoo ah haadha dheraekyy
    Hayaa varah foohi
    Avahah next part genes dhehchy

    1. Aisha says:
      June 7, 2017 at 7:36 pm

      Thank u dear ? yes wait for tomorrow night ?

  30. Hhhj says:
    June 7, 2017 at 8:58 pm

    Ehves reeche nun v hadi

    1. Aisha says:
      June 7, 2017 at 10:36 pm

      Glad to knw what u think about my story

  31. Shizu says:
    June 7, 2017 at 10:25 pm

    Varah furihama

    1. Aisha says:
      June 7, 2017 at 10:35 pm

      Thank u dear ❤

  32. Shai says:
    June 8, 2017 at 11:10 am

    Alhey dhen afoo ah ehen nahadhaa dheravey … haha ok vrh loabi vaahaka ……

    1. Aisha says:
      June 8, 2017 at 3:44 pm

      Alhey.. Hehe.. Thank shai ??

  33. XAAN says:
    June 8, 2017 at 12:57 pm

    koba vaahaka kiyaahihvany hama

    1. Aisha says:
      June 8, 2017 at 3:45 pm

      Mire ah wait kohlaa dhen ❤

  34. rish says:
    June 8, 2017 at 10:31 pm

    Alhe aisha avahah story up kohdhyba mihaaru kiyaahithun nunidhigen miulheny..☺

  35. writer says:
    June 8, 2017 at 10:58 pm

    Aisha ge vaahaka kiyaahithun mi inany vaahaka ves liyaa hiy nuwefa ?

    1. AKI says:
      June 8, 2017 at 11:55 pm

      ehen nuhadhaa writer ves avahah vaahaka up kohla dheebaa pls pls

  36. Adha? says:
    June 8, 2017 at 11:08 pm

    Alhey aisha mirey thankolheh avahah up koh dheeba.. plz plz

  37. Nyn says:
    June 8, 2017 at 11:40 pm

    Koba story

  38. Some one says:
    June 8, 2017 at 11:58 pm

    Alhe storyy????? ??

  39. Friend says:
    June 9, 2017 at 12:16 am

    Kobr story? ?

  40. Ohh says:
    June 9, 2017 at 12:47 am

    Thursday ga o buny up vaaby but still up eh nuvey thythi kada dho aslu bunaa dhivahah up kureveytho balanvaane dho eyrun dho kiyun therin foohi nuvaany aisha ??

  41. Aisha says:
    June 9, 2017 at 1:33 am

    Alhey I have submitted.. Ekamu up eh nuvey Aisha kieehkuraaniee.. Farah dheravey aslu aka my there is nothing I can do

    1. Aisha says:
      June 9, 2017 at 1:35 am

      Varah dheravey alsu up nuvieema Aisha bunaa re ah ? but I can’t do anything about that my lovely readers ?

  42. AKI says:
    June 9, 2017 at 1:43 am

    alhey haadha dhera habare thidhinee ???

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (16)←


All Right Reserved!