Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކޮޓަރީގެ ސިއްރު (02)

Dhathu Level 1
June 6, 2017 3 Mins Read
26 Comments

ވަރަށް ބޮޑަށް އެކަމާ މެދު ވިސްނުމަށްފަހު އަހަންނަށް އެނގުނީ އެ ކޮޓަރިއަށް ވަދެވެން އޮތީ އެންމެ ގޮތަކުން ކަމެވެ. އެއީ ހަމްދޫނު އަތުން އެތަނުގެ ތަޅުދަނޑި ހޯދުންކަމެވެ. އަދި އެކަން ކުރެވޭނީ ހަމްދޫނާ އެކުވެރި ވެގެންކަމެވެ. މިފަހަރު އެކޮޓަރީގެ ސިއްރު ހޯދާފަ ނޫނީ އަހަރެން ހަމަނޭވާއެއް ނުލާނަމެވެ.

އެހެންކަމުން އަހަރެން އެންމެ ފުރަތަމަ ބެލީ ހަމްދޫނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދޭތޯއެވެ. އޭނާގެ ދިރިއުޅުން ހުންނަގޮތެވެ. އެނާ އާންމުކޮށް ކުރާ ކަންތަކުގެ މައުލޫމާތެވެ. ހަމްދޫނުގެ ދިރިއުޅުމާ ގުޅިފާވަނީ ކޮންބައެއްތޯއެވެ. މި ކަންތަށް ކުރުމުގެ ބޭނުމުގައި އަހަރެން ހަމްދޫނަށް ފާރަލާން ފެށީމެވެ.

އެއްދުވަހަކު އެންމެން ޝޫޓިންގައި ބިޒީކޮށް އުޅެނިކޮށް ގޭގެ ބޮޑު ގޭޓުންލާފައި ވަރަށް ފާޑެއްގެ ސިފައެއްގައި ހުރި މުސްކުޅި ފުރައިގެ ފިރިހެނަކު ވަދެގެން އާދެއެވެ.

އެމީހާގެ ގައިގައި ހުރީ ބޮޑު ކަޅު ފޮތިގަނޑެއް އޮޅާފައެވެ. ބޮލުގެ އިސްތަށިގަނޑު ދިގުއިރު ހީވަނީ ދުވަހަކުވެސް ބޮލުގައި ތެޔޮކޮޅެއް ނުލާހެނެވެ. މުޅި ބޯ ހުރީ ހޭވިފައެވެ. މޫނުމަތީގައި ފާޑެއްގެ އެއްޗެއް އުނގުޅާފައި ހުރިއިރު މުޅި މޫނުހުރީ ހުދުކުލައިގައެވެ. އެމީހާގެ އެއް ކޮނޑުގައި ބޮޑު ކަޅު ދަބަހެއް އަޅުވާފައި ހުއްޓެވެ. އަދި އަނެއް އަތުގައި ފާޑެއްގެ ގިގުނި ފައްޗެއް އޮތެވެ. އެމީހާގެ މޫނުމަތި ހުރީވެސް ވަރަށް ބިރުވެރި ގޮތަކަށެވެ. ހިނގަނީވެސް ކޮރެއް ޖަހަމުންނެވެ.

އެމީހާ ވަދެގެން އައިއިރު ކޮންމެވެސް އެއްޗެހިތަކެއް ކިޔައެވެ . “ކޮޓަރި ކައިރީ ނުދޭ…… ކޮޓަރި ކައިރީ ނުދޭ……” އެމީހާ ވަންތަން ފެންނައިރަށް ހަމްދޫނުގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ. މުޅި މީހާ ދާހިއްލާ ތުރުތުރު އަޅަންފެށިއެވެ. ހަމްދޫމު އަވަސް އަރުވާލާފައި އެމީހާ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. ވަރަށް ސިއްރުން އަހަރެންވެސް އެމީހުން ފަހަތުން ނުކުތީމެވެ un excelente sitio. އެމީހުން ދައްކާ ވާހަކަ އަޑުއެހޭތޯއެވެ.

ހަމްދޫނު ވަރަށް ސިއްރު ސިއްރުން ހުރެ އެމީހާއާއި ވާހަކަ ދެއްކިއެވެ.

ހަމްދޫނު: ބާބާ ކިއްކުރަން މިތަނަށް ތިއައީ.. އަހަރެން ބުނީމެއްނު އެމީހުން ތިއްބަ ނާންނާންށޭ.. އެމީހުންނަށް އެނގިއްޖެއްޔާ ކިހިނެއް ހަދާނީ…..

ބާބާ: ކޮޓަރި ކައިރި ނުދޭ… ކޮޓަރި ހުޅުވަނީމާ އޭނާ އަންނާނެ.. ގޯސް ހުންނަނީ… ވަރަށް ބިރުވެރި…

ހަމްދޫނު: އަހަންނަށް އެކަން އެނގޭ.. އެކަމު މިހާ ގިނަ މީހުން އުޅޭއިރު އަހަރެން ކިހިނެއް އެންމެނަށް ފާރަލާނީ.. އަހަރެންވެސްމީ އެންމެ މީހެކޭ.. ހުރިހާ އެންމެނެއް ނުހިފޭއްޓޭނެއެންނު.. ބާބާ އެހާވަރަށް އަޅަނުލާ.. އަހަރެން މީހަކު އެކޮޓަރި ހުޅުވިއަކަ ނުދޭނަން..

ބާބާ: ހުޅުވިމާ ގޯސް ވަނީ.. ކަލެ މަރުވަނީ.. އޭނަ ވަރަށް ބާރު ގަދަވަނީ.. އޭރުން އަހަރެން އެހީ ނުވަނީ.. އަހަރެން ދަނީ.. ބަލައިގެން އުޅޭތި…

އެބާބާ ކިޔާ މީހާ ވާހަކަ ދެއްކި ގޮތުން އެއީ ދިވެއްސެއް ނޫންކަން ވަރަށް ރަނގަޅަށް އެނގެއެވެ. މިއީ އަނެއްކާ ހަމްދޫނު މީހުންގެ ސަމާލުކަން ހޯދަން ކުރާ ކަމެއް ބާވައެވެ. އެކަމަކު ސިއްރުން ތިބެގެން ވާހަކަ ދެއްކީމާ އެނގޭނީވެސް ކާކަށް ހެއްޔެވެ؟ ހަމްދޫނުގެ އެ ހިނިތުން ވުމުގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއް އެބަވެއެވެ. އެކަން ގުޅިފައި އެވަނީ އެ ކޮޓަރިއަށާއެވެ. އެދުވަހުގެ ފަހުން އެކޮޓަރީގެ ސިއްރުހޯދުމަށް އަހަރެންގެ ޝައުގުވެރިކަން ބޮޑުވެގެން ދިޔައެވެ.

މިއަދު ހިނގި ހާދިސާއިން ބާބާއާއި އެކޮޓަރިއާއި ގުޅުމެއް ވާކަން އަހަންނަށް އެނގުނެވެ. އެހެންކަމުން އަހަރެން ދެންބެލީ ބާބާއާއި ބެހޭގޮތުން މައުލޫމާތު ހޯދޭތޯއެވެ.

އެތަކެއް ބުރަ މަސައްކަތުން ހޯދުނު މައުލޫމާތުން އަހަންނަށް އެނގުނީ އެބާބާއަކީ އެތަނުދެ މީހުން ގަބޫލުކުރާ ގޮތުގައި މޮޅު ފަންޑިތަހަދާ ހީހެއްކަމެވެ. ފަންޑިތައިގެ އަޑު އިވުމުން އަހަރެންގެ ޝައުގުވެރިކަން ގެއްލިގެން ދިޔައެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ކާމިޔާބު ލިބޭނީ ގަދައަޅާ މަސައްކަތް ކުރާ މީހުންނަށެވެ. އެހެންކަމުން ބާބާގެ ޗެޕްޓާ އެހަށް އެއްފަރާތް ކޮށްފައި އަހަރެން ބެލީ ހަމްދޫނާބެހޭ އިތުރު މައުލޫމާތު ހޯދޭތޯއެވެ.

ހަފްތާއެއް ވަންދެން ރަނގަޅަށް ބެލުމަށްފަހު އަހަންނަށް އެނގުނީ ހަމްދޫނު އަބަދުވެސް ތަޅުދަނޑިއެއް ޖީބަށްލައިގެން އުޅޭކަމެވެ. ހަމްދޫނު އެތަޅުދަނޑި ތަނެއްގައި ބާއްވާތަނެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެއީ އެކޮޓަރީގެ ތަޅުދަނޑިކަން އަހަންނަށް ޔަގީންވިއެވެ. އެތަޅުދަނޑި ހޯދުމަށްޓަކައި އަހަރެން ދެން ބެލީ ހަމްދޫނާ ރައްޓެހި ވެވޭތޯއެވެ.

އެހެންކަމުން އަހަރެން ހަމްދޫނާ އެކީ ބޭރަށް ދާންފެށީމެވެ. ރެސްޓޯރެންޓު ތަކަށްގޮސް ހަމްދޫނަށް ކާންދީ އޭނާއާއިއެކީ ގިނަ ވަގުތު ހޭދަކުރަން ފެށީމެވެ. މިހެން އުޅެމުން މަސްދުވަހު ތެރޭ އަހަންނަކީ ހަމްދޫނު އިތުބާރު ކުރެވޭ ވަރުގެ މީހަކަށް ވީމެވެ.

އެއްދުވަހެއްގެ ހެނދުނު ގަޑިއެވެ. ހަމްދޫނު ފާހާނާއަށް ވަން ގަޑި ބަލާ އަހަރެން އޭނަގެ ކޮޓަރިއަށް ވަނީމެވެ. ތަޅުދަނޑި ހޯދުމުގެ ނިޔަތު ގައެވެ.

އަހަރެން އެންމެ ފުރަތަމަވެސް ހޯދަންފެށީ ހަމްދޫނުގެ އަލަމާރި ތެރެއެވެ. ހެދުންތަށްތެރެ ހޯދާ ހޯދާވެސް އަހަންނަށް ތަޅުދަނޑި ފެންނަގޮތެއް ނުވިއެވެ. އެކަމަކު އަލަމާރީގެ އެއް ކަނެއްގައި ކުޑަކުޑަ ކަބަޑެއް ހަދާފައި ހުއްޓެވެ. އޭގެ މަތީގައި ތަޅުދަނޑިއެއްވެސް އޮތެވެ. އަހަރެން އެތަޅުދަނޑި ނަގާ އެކަބަޑު ހުޅުވީމެވެ.

އަހަރެން ހީކުރީ ކަބަޑުތެރޭގައި އޮންނާނީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށެވެ. އެކަމަކު ކަބަޑުތެރެއިން އަހަންނަށް ފެނުނީ ލުނބޮއެކެވެ. އޭގައި އެއްޗެހިތަކެއް ލިޔެފައި ހުއްޓެވެ.

އަހަރެން އެލުނބޮލަށް ބަލަހައްޓައިގެން ހުއްޓައި ހަމްދޫނު ފާހާނާއިން ނުކުންނަ އަޑު އިވުނެވެ. އަވަހަށް ލުނބޯ ބާއްވާފައި އެއްޗެހިތަށް ހުރިގޮތަށް ބަހައްޓާފައި އެކޮޓަރިން ނުކުމެގެން ދިޔައީމެވެ.

މިހެން ދެތިން ދުވަހު އުޅެއުޅެވެސް ހަމްދޫނުގެ ކޮޓަރިތެރޭން ތަޅުދަނޑި ފެންނަ ގޮތެއް ނުވިއެވެ. ހަމްދޫނު ފާހާނާއަށްވެސް ވަންނަނީ އެތަޅުދަނޑި ހިފައިގެން ބާވައެވެ. އެހެންކަމުން ތަޅުދަނޑި ހޯދޭނެ އެހެން ގޮތެއް ފެނޭތޯ އަހަރެން ބެލީމެވެ.

މިރޭ ޝޫޓިން ނިމުނީ ވަރަށް އަވަހަށް ކަމުން އެންމެން ނިދަން ދިޔައިރުވެސް ހަމްދޫނު އިނީ ބޭރުގައި ހުރި ބެންޗުގައެވެ. ރެޔަކީ ހަނދުވަރުދޭ ރެޔަކަށްވުމުން އުޑުމަތީގައިވާ ތަރިތައް ރީތިކޮއްފެނެއެވެ. އެރީތި މަންޒަރަށް ގެއްލިފައި ހުއްޓައި އަހަންނަށް ވަރަށް މޮޅު ހިޔާލެއް އައެވެ.

ވަގުތުން ވަގުތަށް ބަދިގެއަށްގޮސް އަހަރެން ބޯ ޖޫސްފުޅިން ދެތަށި ޖޫސް އަޅައިގެން އެއްތައްޓަށް އަހަރެން ގެންގުޅޭ ނިދާ ބޭހުން ތިންގުޅަ ބޭސް ލާފައި ގިރާލައިގެން ބޭރަށް ނުކުތީމެވެ. ބޭރަށް ނިކުމެ ހަމްދޫނު އިން ބެންޗުގައި އިށީނދެ ހަމްދޫނަށް ނިދާބޭސް އަޅާފައި ހުރި ޖޫސްތަށި ދީފައި ބޯލާށޭ ބުނީމެވެ.

ޖޫސްތަށި ބޯއިރަށް ހަމްދޫނު ގާތަށް ނިދިއަންނަން ފަށައިފިއެވެ. ހަމްދޫނު ނިދީމައި އަހަރެން މުޅި ކޮޓަރިތެރެ އެފުއް މިފުށަށް ޖެހިއިރުވެސް ތަޅުދަނޑިއެއް ނުފެނުނެވެ. ހަމްދޫނު އެތަޅުދަނޑި ފޮރުވިޔަސް އެފޮރުވީ ކޮންތާކަށް ބާވައެވެ.

އޭގެ އަނެއް ދުވަހު އެންމެން ޝޫޓިންގައި ތިއްބައި ސިފައިން އައެވެ. ހަމްދޫނު ޖީބަށް އަތްޖަހައިގެން ހުރެފައި އަވަސްއަރުވާލާފައި ދާން ހަދައިގެން ޖީބުގައި އޮތް އެއްޗެއް ވެއްޓުނެވެ. އަހަރެން ގޮސް އޭތި ނެގިއިރު އެއީ އެތަޅުދަނޑިއެވެ.  އަހަރެން އަވަހަށް އެތާއޮތް ކުލޭގަނޑަކަށް އެތަޅުދަނޑީގެ ތައްގަނޑު އެރުވީމެވެ.

ހަމްދޫނު އައީމައި އޭނާއަށް ތަލުދަނޑި ދޭއިރަށް ތަޅުދަނޑި ޖަހައިގަނެގެން ބޭރަށް ދިޔައެވެ. ހަމްދޫނުގެ އެހަރަކާތުން އެއީ އެކޮޓަރީގެ ތަޅުދަނޑިކަން އަހަންނަށް ޔަގީންވައެވެ.

އެރޭ ޝޫޓިން ނިމުމުން އަހަރެން ދިޔައީ ތަޅުދަނޑި ހަދާދޭ މީހެއްގެ ގާތަށެވެ. އޭގެ ދެދުވަސް ފަހުން އަހަންނަށް ހަމްދޫނު އަތުގައި އޮތްކަހަލަ ތަޅުދަނޑިއެއް ލިބުނެވެ.

މިރެޔަކީ ހަމްދޫނުގެ ހުރިހާ ސިއްރެއް ފަޅާއަރާނެ ރެއެވެ. އެންމެން ނިދަން ދިއުމުން ހަމްދޫނުވެސް ހުރިހާ ދޮރުތަކެއް ތަޅުލާފައި ގޭތެރެ ނިއްވާފައި ނިދަންދިޔައެވެ. އެތަން ފާރަލާން ހުރެފައި އެންމެން ނިދިކަން ޔަގީން ކޮށްފައި އަހަރެން އެކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ. ކޮޓަރިއާއި ކައިރިވާ ވަރަކަށް އަހަރެންގެ ހިތް ތެޅޭލެއް އަވަސްވަމުން ދިޔައެވެ. ކޮޓަރީގެ ދޮރުމައްޗަށް އަރާފައި ފުންނޭވާއެއް ލީމެވެ. އަތުގައި އޮތް ތަޅުދަނޑި ނަގާފައި ތަޅުވަޅަށް ލައްވާފައި އަނބުރާލީމެވެ. ތަޅުގައި ހިފާފައި އަހަރެން ދޮރުހުޅުވާލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhathu

Level 1

Other Articles

Previous

ދުރުގައިވިޔަސް… 23 ވަނަ ބައި

Next

ލޯބި އަހަރެން ވާނަމޭ (15)

Next
June 7, 2017

ލޯބި އަހަރެން ވާނަމޭ (15)

Previews
June 6, 2017

ދުރުގައިވިޔަސް… 23 ވަނަ ބައި

26 Comments!

  1. Greeny says:
    June 6, 2017 at 9:01 pm

    Dhen kihineh vaany. Me first dhw .varah salhi mi partves thankolheh dhigukoh genes dhyba plx

    1. Dhathu says:
      June 6, 2017 at 9:32 pm

      Thanks Greeny!!! yeah its my first time… and dhigukureveytho try kuraanan

  2. Lillii says:
    June 6, 2017 at 9:04 pm

    Haaadha biruveri ihsaaasthah kureveyey…. Oh god. Murey dhn nuves nidheyne well im 13 yrs .. Still im so scared to read scary stories at night… Anyways story is very nice. Wen is the next part! Eagerly waiting.. Wait.
    I AM FIRST YIPEEE

  3. Ainth says:
    June 6, 2017 at 9:24 pm

    v salhi bt maa kury thankolheh dhigukoh genes dhybala

    1. Dhathu says:
      June 6, 2017 at 9:33 pm

      Thanks Ainth

    2. Dhathu says:
      June 6, 2017 at 9:36 pm

      sorry guys!! personal problem akaa hedhi vaahaka up nukoh lasvy…mihaar exam ves nimihje so try kuraanan las nukoh up kureveytho…its my first time so unmeedhu kuran understand vaane kamah…

  4. yaania says:
    June 6, 2017 at 9:41 pm

    Interesting… good luck dear..☺☺

    1. Dhathu says:
      June 6, 2017 at 9:44 pm

      Thanks

  5. ryaania says:
    June 6, 2017 at 9:42 pm

    Interesting… good luck dear..☺☺

  6. Scarlet says:
    June 6, 2017 at 9:43 pm

    Varah reethi….keep it up??

    1. Dhathu says:
      June 6, 2017 at 9:49 pm

      Thanks scarlet

  7. yaania says:
    June 6, 2017 at 9:43 pm

    Sorry axlu maa ginain touch khlevunyma egothah vefa iny.. sorry v bodah..

    1. Dhathu says:
      June 6, 2017 at 9:47 pm

      Its ok dear

  8. Aisha says:
    June 6, 2017 at 10:47 pm

    Varah reethi.. ❤

    1. Dhathu says:
      June 7, 2017 at 12:28 am

      Thanks Aisha

  9. pritty hajja says:
    June 6, 2017 at 11:10 pm

    very nice.. waiting fr the next part…. good luck… loves it so much

    1. Dhathu says:
      June 7, 2017 at 12:29 am

      Thank you

  10. Aish.. says:
    June 7, 2017 at 1:55 am

    V reethi….
    waitin for the next part..❤

  11. Z,M says:
    June 7, 2017 at 4:58 am

    Next part a inthizaaru kuran.dhen vaanee kihineh

  12. Aishath Sharumeela Sharu says:
    June 7, 2017 at 9:02 am

    Haadha kuru koh thiahvure dhigu kollun edhen

  13. Vasy says:
    June 7, 2017 at 12:05 pm

    Haadha dhuvaheh vejjeye mi vaahaka ah inthixaaru kuraathaa. Thankolheh avahah up kohdhyba. Komme dhuvahaku balan up veythow ?

  14. nonns says:
    June 7, 2017 at 12:44 pm

    Omg. Kihinebbaa dhen vaany. Konirakun next part up kohdheyny? Waiting…….

  15. Dhathu says:
    June 7, 2017 at 2:32 pm

    Thanks everyone next part inshaallah 9 ga up kohdheynan

  16. Anonymous says:
    June 8, 2017 at 11:53 am

    oh my god dhn kihineh baa vaany.. vvv salhi mi story..

  17. Leeeeshh says:
    June 8, 2017 at 4:14 pm

    Vrh kiyaa hiya vaa kahala vaahakaeh .vrh reethi.dhen vaane kihineh kameh Hama visneny?

  18. princess says:
    June 10, 2017 at 2:32 pm

    Interesting waiting…….

Comments are closed.

Next Episodeއެ ކޮޓަރީގެ ސިއްރު (03)←


All Right Reserved!