Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު (3 ވަނަ ބައި)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
June 24, 2017 5 Mins Read
44 Comments

“އަހަންނަށް ކިޔަނީ ޚަދީޖާ..” އެ އަންހެންމީހާ ބުނެލިއެވެ. އަދި ހިތްކަލިތާ ފަދަ ހިނިތުންވުމެއް އިބުރާހީމަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު އޭނާ އިބުރާހީމަށް ފުރަގަސްދީފައި ދާން ހިނގައިގަތެވެ. ނަމަވެސް އިބުރާހީމްކޮށްލި ކަމަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ.

ޚަދީޖާ ފަހަތް ބަލާލިއެވެ. އޭރު އިބުރާހީމް ހުރީ އޭނާގެ ކަނާއަތުގައި ހިފަހައްޓައިގެންނެވެ. އެވަގުތު ޚަދީޖާގެ ދެލޯ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. ކިތަންމެ ބޭނުން ނުވިޔަސް އިބުރާހީމް އެއަތުން ދޫކޮށްލީ ޚަދީޖާ ހިތްހަމަނުޖެހުނީކަން އެނގުމުންނެވެ.

“އިބުރާހީމް ބަލާ އަންނާނަން އަހަރެން.. އިބުރާހީމް އަހަންނަށް ބަދަލު ދޭންޖެހޭނެ..” ބަރު އަޑަކުން ޚަދީޖާ އެހެން ބުނެލުމުން އިބުރާހީމަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެއާއެކު ވީނުވީއެއް  ނޭނގި ޚަދީޖާ ގެއްލިއްޖެއެވެ. އަވަސް ނޭވާތަކެއް ލަމުން އިބުރާހީމް ގެއަށް ވަދެ ދޮރު ތަޅުލިއެވެ. އެވަގުތު ހައްވަ ދުވަމުން އައިސް އިބުރާހީމް ގައިގައި ބައްދާލިއެވެ.

“އިބުރާހީމާ.. ރަނގަޅުތަ؟ ކަމެއް ގޯހެއް ނުވެ ދޯ؟” ހައްވަ ދެއަތުން އިބުރާހީމުގެ މޫނުގައި ހިފަހައްޓާލަމުން އަހާލިއެވެ. އިބުރާހީމް އެއްޗެކޭ ނުބުނެ ގޮސް އެނދުގައި އޮށޯވެލިއެވެ. އޭނާގެ ޚިޔާލާއި ސިކުނޑީގައި ވަނީ ޚާދީޖާގެ ސޫރަ ބިންވަޅު ނެގިފައެވެ. އެ ސިކުނޑީގައި ޚަދީޖާ އެންމެފަހުން ބުނެލި ބަސްތައް ގުގުމަމުން ދިޔައެވެ. ނޭނގި ނަމަވެސް ޚަދީޖާ އޭނާ ބަލައި އަންނާނެ އިރަކަށް އިންތިޒާރު ކުރެވެން ފެށިއެވެ.

ދުވަސްތައް މަސްތަކަކަށް ބަދަލުވެގެން ދިޔައިރުވެސް އިބުރާހީމަށް ޚަދީޖާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ބައެއް ރޭރޭ އޭނާ ދަންވުމުން ގޭގެ ދޮރު ހުޅުވައި ބޭރުބަލައިވެސް ހަދައެވެ. ޚަދީޖާ ނައުމުން އޭނާ ހިތާމައިގެ ކަނޑަކަށް ވެއްޓިގެން ދިޔަ ކަހަލައެވެ. އަދިވެސް އެއްފަހަރު ޚަދީޖާ ދެކިލުމަށް އެހިތް ބޭޤަރާރުވާން ފެށިއެވެ.

އިބުރާހީމަށް އަނެއްކާވެސް އުފަލެއް ލިބުނީ ހައްވަ ބަލިވެއިންކަން އެނގުނު ހިސާބުންނެވެ. އޭނާ ހައްވައަށް މީރުހެން ހީވާ އެއްޗެއް ގެއަށް ގެނެސްފައި ބަހައްޓައެވެ. އޭނާގެ ފަރާތުން މި ލިބޭ އޯގާތެރިކަމުގެ ސަބަބުން ހައްވަވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ދުވަސްފުރައި ހައްވަ ވިހެއީ ފިރިހެން ކުއްޖެކެވެ. ނަމަކަށްކީ ޔޫސުފެވެ. އެދުވަހު އިބުރާހީމު ކުކުޅު ކަތިލައި ރަށު އެންމެނަށް ބެހިއެވެ. އޭނާ ހުރީ އެހާވެސް އުފާވެފައެވެ.

އެއްރެޔަކު އިބުރާހީމް ނިދާފައި އޮއްވާ މީހަކު އޭނާގެ ކަންފަތައް ފުމޭކަމުގެ އިހުސާސްކުރެވެން ފެށިއެވެ. ދެލޯ ހުޅުވައި ބަލާލިއިރު އޭނާއަށް ލިބުނީ ސިހުމެކެވެ. އޭނާއަށް އޮވެވުނީ ގޭގެ އެނދުމަތީގައެއް ނޫނެވެ. ރަށުގެ އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައެވެ. އިބުރާހީމް ތެދުވެ ގައިން ވެލިތައް ފޮޅާލިއެވެ. އަދި ބިރުންހުރެ ހަތަރު ފަރާތައް ނަޒަރު ހިންގާލިއެވެ.

“ޚަދީޖާ…” އިބުރާހީމަށް ޚަދީޖާގެ ނަމުން ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ މިތަނަށް ގެނައީ ޚަދީޖާ ކަމުގައި އެހިތް ބުނަމުން ގެންދިޔައީތީއެވެ. އިރުކޮޅެއްނުވެ ދުންތަކެއް ފާޅުވެފައި ޚަދީޖާ އެތަނުން ނިކުމެގެން އަތުވެއްޖެއެވެ. އިބުރާހީމްގެ ކުރިމަތީގައި އޭނާ ހުއްޓެލިއެވެ.

“އިބުރާހީމް އަހަންނަށް ވަޢުދެއް ވާންވީ… އަހަންނަށް އިބުރާހީމްގެ އާއިލާ ސަލާމަތްކޮށްދެވޭނީ އޭރުން…” ޚަދީޖާ ސީދާ އިބުރާހީމްގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ. އިބުރާހީމް ޚަދީޖާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ. މިރޭ ޚަދީޖާ ކުރިއަށްވުރެވެސް ރީތިހެން ހީވެއެވެ.

“ކޮން ވަޢުދެއް؟” އިބުރާހީމް އަހާލިއެވެ.

“އިބުރާހީމްގެ ފިރިހެންދަރިއަށް ލިބޭ ކާފަ ދަރިފުޅުގެ ކައިވެނި އަހަރެންގެ އާއިލާގެ ކުއްޖަކާ ކުރުވާނެކަމަށް ވަޢުދުވާންވީ…” ޚަދީޖާ އެހެން ބުނުމުން އިބުރާހީމަށް ދެލޯ ހަނިކޮށްލެވުނެވެ. ޚަދީޖާ އެދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟

“އެހެން ގޮތަކަށް ބުނާނަމަ އިބުރާހީމުގެ މުނި ކާފަ ދަރިފުޅާ އަހަރެންގެ އާއިލާގެ މެންބަރަކާ ކައިވެނި ކުރުވާނެކަމަށް އެއްބަސްވާންވީ..” ޚަދީޔާ ބުނެލިއެވެ. އެ މޫނުމަތިން ފެންނަން ހުރި ސީރިއަސްކަމުން އިބުރާހީމްގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އެހާ ބޮޑު ކަމެއް ކުރަން އޭނާ އެއްބަސްވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކުރެވުނީ ހަމަ އެހާ ބޮޑު ކުށެއް ހެއްޔެވެ؟ އޭނާ ކުރި ކުށެއްގެ ސަބަބުން އޭނާގެ މުނިކާފަ ދަރީގެ ހަޔާތް ބަރުބާދުކޮށްލަން އެއްބަސްވާންވީ ހެއްޔެވެ؟

“އަހަރެން ވަޢުދުވަން..” އިބުރާހީމް އެހެން ބުނީ އިތުރު ގޮތެއް ނެތުމުންނެވެ. އޭނާގެ އާއިލާއަށް އެއްވެސް ގެއްލުމެއް ވާކަށް އޭނާ ނޭދެއެވެ. އެރޭ ޚަދީޖާ އިބުރާހީމާ ވަކިވީ ވަދާޢީ ސަލާމްކޮށްފައެވެ. ދެން ދުވަހަކުވެސް އިބުރާހީމް ކައިރިއަށް ނާންނާނެކަމަށާއި، އިބުރާހީމްގެ މުނިކާފަދަރި ގެންދާނެކަމަށް ބުނުމަށްފަހު ޚަދީޖާ ގެއްލުނެވެ.

އިބުރާހީމްގެ ދަރިފުޅު، ޔޫސުފް ބޮޑުވަމުން އާދެއެވެ. އޭނާ ޔޫސުފަށް މި ވާހަކަތައް ކިޔައިދިނީ ޔޫސުފު ފުރާވަރަށް އެޅިފަހުންނެވެ. އަދި ޔޫސުފަށް ލިބޭ ކާފަދަރިއަށް ވެސް މި ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އޭނާ ވަޞިއްޔަތްކުރިއެވެ. (ކާފަގެ ވާހަކަ ނިމުނީ)

ކާފަގެ އެ ވާހަކައަކީ އަހަންނަށް މާ މުހިންމު އެއްޗަކަށް ނުވިއެވެ. ނަމަވެސް އަހަންނަށް ދެވަނަ ފަހަރަށް އެ ވާހަކައާއި މެދު ވިސްނާލަން ޖެހުނީ ކާފަ މަރުގެ ތަންމަތީގައި އޮތް އިރުވެސް އެ ވާހަކަ މަތިން ހަނދާންކޮށްދެމުން ދިއުމުންނެވެ.

“ވާހަކަ… އެ ވާހަކަ…” ވާހަކަ ދައްކަން އުނދަގޫ އިރުވެސް ކާފަ އަހަރެންގެ އަތުގައި ހިފާފައި އެހެން ބުނަމުން ގެންދިއަޔީ އަހަރެން ބިރުގަންނަހާ ގިނައިންނެވެ.

#~#~#

ޒާން ފޮތް ލައްޕާލުމަށްފަހު ދެބުމަ ގޮށް ޖަހާލިއެވެ. އޭނާގެ ބައްޕަ އެ ފޮތުގައި ލިޔެފައި އެ ހުރީ ކޮންކަހަލ ވާހަކަތަކެއްބާއޭ އެހިތަށް އަރަމުން ދިޔައެވެ. އަދި އޭނާގެ ބައްޕަގެ ކާފަ އެ ކިޔައިދިނީ ސަފަރުކަތްދަ ވާހަކައާއި ވައްތަރުގޮތެއް ހުރި ވާހަކައެކެވެ. ނަމަވެސް ޒާން އަޑުއަހާފައިވާ ގޮތާ އެވާހަކަ ތަފާތެވެ. އަނެއްކާ އެއީ ހަޤީޤަތެއްބާވައެވެ؟ އެ ވާހަކައާއި އޭނާގެ ބައްޕައާއި ހުރީ ކޮން ގުޅުމެއް ބާވައެވެ؟ ދެން އޮތް ބައި ފަހުން ކިޔަން ނިންމުމަށްފަހު އެނދު ކައިރީގައި ހުރި ކަބަޑަށް އޭނާ އެ ފޮތް ލައި ފޮރުވިއެވެ. ވަރުބަލި ވެފައި އޮތްވަރުން އޭނާއަށް އެވަގުތު ނިދުނީއެވެ.

ޒާންއަށް ހޭލެވުނީ ޒާޔާ ގޮވާތީއެވެ. އޭރު ހަވީރުވެއްޖެއެވެ.

“ދޮންބެ ބުނީމެއްނު ހަވީރު އައިސްކްރީމް ގަންނަން ދާނަމޭ ޒާއްކޮ ސްކޫލުން އައީމަ؟ ހިނގާ ދާން..” ޒާޔާ އެހެންކިޔާފައި ޒާންގެ އަތަށް ދަމަން ފެށުމުން އެންމެފަހުން ނޯވެވިގެން އޭނާ ތެދުވީއެވެ. މޫނު ދޮވެލައި ހަދައިގެން އައިއިރު ޒާޔާ އޭނާގެ އެނދުގައި ދެފައި ވަށްކޮށްލައިގެން އިނެވެ.

“އަވަސްކުރޭ ދޮންބޭ.. ފިހާރަ ލައްޕާ ގަޑި ޖެހެނީއޭ!” ދަތްދޮޅީގައި ދެއަތް ވިއްދާލަމުން ޒާޔާ ގޮވާލިއެވެ. ޒާން ހީލަމުން އަލަމާރިން އަޅި ކުލައިގެ ގަމީހެއް ނަގައި ލިއެވެ. އަދި ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅާލިއެވެ.

“ދޮންބެއަށް އިނގޭތަ؟ ޒާއްކޮއަށް ނިއު ކޮޓަރިއެއް ލިބިއްޖެ.. މިރޭ ޒާއްކޮ ނިދާނީ އެ ކޮޓަރީގަ..” ޒާން އާއެކު ކޮޓަރިން ނިކުންނަމުން ޒާޔާ ބުނެލީ ނުހަނު ފޯރިއާއެކީގައެވެ. ކޮޓަރިން ނިކުމެފައި ޒާން ހިނގައިގަތީ ލަތީފްގެ ކޮޓަރިއާ ދިމާއަށެވެ. އޭރު ޒާޔާ މާ ކުރިން ގޮސް ގެއިން ނިކުމެއްޖެއެވެ. ޒާން އެކޮޓަރި ހުޅުވައި ބަލާލިއިރު މާރިޔާ އެ ކޮޓަރި ރީތިކޮށް ސާފުކޮށްފައިވާތަން ފެނުނެވެ. އަދި ކޮޓަރީގައި ހުރި މޭޒުމަތީގައި ޒާޔާގެ ފޮތްތައް ތަރުތީބުން އަތުރާލާފައިވާތަން ފެނުމުން ޒާންއަށް ހީލެވުނެވެ. އެހާ އަވަހަށް ޒާޔާ އެކޮޓަރިއަށް އެއްޗެހިތައް ވައްދަންފެށީއެވެ.

ޒާން ގެއިން ނިކުތްއިރު ޒާޔާ މަގުމަތީގައި ހުއްޓެވެ. ގޭގެ ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތީގައި މާރިޔާވެސް އިނެވެ.

“ހަމަ ގޮސް ގޮވީއޭދޯ ދޮންބެއަށް! މަންމަ ބުނިން ނުގޮވާށޭ..” ޒާން ފެނުމުން މާރިޔާ ބުނެލިއެވެ.

“ޒާއްކޮ އައިސްކްރީމް ބޯހިތުންނޭ ދޯ ގޮވީ؟” ޒާޔާގެ އަތުގައި ހިފާލަމުން ޒާން ލޯތްބާއެކު ބުނެލިއެވެ. އެއާއެކު ޒާޔާ ލޯބިކޮށް ހީލިއެވެ. ކަކުލާ ހަމައަށް އަންނަ ފިޔާތޮށިކުލައިގެ ހެދުމެއް ލާފައިވީއިރު ޒާޔާގެ ބުޅި އިސްތަށިކޮޅު އޮތީ ފަހަތައް ދޫކޮށްލާފައެވެ. ޒާޔާއާއެކު ޒާން މިސްރާބުޖެހީ އެގެއާ ޖެހިގެން ހުރި ގޯޅީގައި ހުންނަ ފިހާރައަށެވެ. ޒާޔާ ބޭނުންވާ ވައްތަރުގެ އައިސްކްރީމް ގަނެގެން އެ ފިހާރައިން ނިކުތްތަނާ އެމީހުންނަށް އެރުނީ ރާޔާގެ ކުރިމައްޗަށެވެ. ޒާން މަސައްކަތްކުރީ ޒާޔާގެ އަތުގައި ހިފައިގެން އަވަހަށް އެތަނުން ދެވޭތޯއެވެ. ނަމަވެސް އޭގެ ކުރިން ޒާޔާ ރާޔާއާ ވާހަކަދައްކަން ފަށައިފިއެވެ.

“ރާޔައްތާ!” ޒާޔާ ގޮވާލުމުން ރާޔާ ހިނިތުންވެލިއެވެ. ޒާންއާ ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު އޭނާވެސް ޒާޔާއާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ.

“އަނހާ.. ޒާއްކޮތަ މީ؟ ހާދަ ދޮންވެއްޖޭ މިހާރު..” ޒާޔާގެ ކޮލުގައި ހިފާލަމުން ރާޔާ ބުނެލިއެވެ. އެއާއެކު ޒާޔާ ހީލިއެވެ.

“ރާޔައްތަ ކީއްވެ މިހާރު ނާންނަނީ ޒާއްކޮ ގޮވައިގެން ބީޗަށް ދާން؟” ޒާޔާގެ އެ ސުވާލާއެކު ރާޔާ ބަލާލީ ޒާންއަށެވެ. ދުރުބަލަހައްޓައިގެން ހުރިއިރު ޒާން މަސައްކަތްކުރަމުން ދިޔައީ ރާޔާއަށް ނުބަލާށެވެ.

“ރާޔައްތަ މިހާރު ވަރަށް ބިޒީއޭ.. އެހެންވެ ނުދެވެނީ.. ދެން ޒާއްކޮ އަވަހަށްދޭ އިނގޭ ގެއަށް.. ދޮންބެ އެ ހުރީ ލަސްވެފަ..” ރާޔާ އެހެން ބުނުމުން ޒާޔާ ޒާންއާއެކު ގެއާ ދިމާއަށް ހިނގައިގަތެވެ. ދަމުންވެސް އޭނާ އެނބުރި ރާޔާއަށް ބަލާލަމުން ‘ބާއި’ އޭ ބުނެލިއެވެ.

ގޭދޮށަށް އައި ގޮތަށް ޒާން މަޑުކޮށްލުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔަގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ޖޯލިފަތީގައި އިން މާރިޔާއަށް ނަގައިގަނެވުނެވެ. ޒާޔާ އައިސް މާރިޔާ ގާތުގައި އިށީންދެ، އައިސްކްރީމްތަށި ކަނޑައިގެން ކާން ފެށިއެވެ.

“އިނގޭތަ މަންމާ؟ ދެންމެ ދިމާވި ރާޔައްތަ އާ..” ޒާޔާ އެހެން ބުނުމުން މާރިޔާއަށް ހުރިހާ ކަމެއް ސާފުވިއެވެ. ނިތްކުރީގައި ފިރުމާލަމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. ރާޔާ މިރަށުގައި އުޅޭހާ ހިނދަކު ޒާންއަށް އުނދަގޫވާނެކަން އޭނާއަށް އެނގެއެވެ. ކުޑަ ރަށެއްގައި އުޅޭއިރު ކުރިމައްޗަށްވެސް އެރޭނެތާއެވެ. ރާޔާ މަތިން ހަނދާން ނައްތާލުމަށްފަހު ޒާން ދިރިއުޅުމާއިގެން ކުރިޔަށް ދާނީ ކޮންއިރަކުން ހެއްޔެވެ؟

ކޮޓަރިއަށް ވަތް ޒާން ބަންލާފައި ދޮރުޖެހިއެވެ. އޭނާގެ ދެބުމަ ގޮށް ޖެހިފައިވީއިރު އެ ދެލޯ ފެންކަޅިވާން ފަށައިފިއެވެ. އެނދުގައި އިށީންދެ އޭނާ ދެއަތުން މޫނު ފޮރުވާލިއެވެ. އޭނާއަށް އެހާ ބޮޑު ދެރައެއް ދީފައި ރާޔާއަށް ހަމަޖެހިގެން އުޅެވޭ ހެއްޔެވެ؟ ރާޔާގެ މަކަރުވެރިން ކުރިން އެނގުނުނަމައެވެ. އަދި މާ ރަނގަޅު މީހަކަށް ވެގެން އޭނާ ޒާޔާއާ ވާހަކަ ދައްކައިފިއެވެ. އެ ހަނދާންތަކާ ދުރަށްދާން ކިތަންމެ ގިނައިން މަސައްކަތްކުރި ނަމަވެސް އެ ހަނދާންތަކާ ކައިރިއަށްދެވޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.

ޢިޝާ ނަމާދުކޮށްލައިގެން މާރިޔާ ގޮސް ޒާންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭނާ ހީކުރިގޮތަށް ޒާން ކޮޓަރިއަކު ނެތެވެ. މިރޭ ވެސް ޒާން އަތިރިމައްޗަށް ދިޔައީކަން އޭނާއަށް އެނގުނެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާ ޒާޔާ ގޮވައިގެން ބަދިގެއަށް ދިޔައީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްޓަކައެވެ.

** **

ދޮންވެލިގަނޑު މަތީގައި އިންއިރު ޒާންގެ ސިކުނޑީގައި ޒަލްޒަލާއެއް އުފެދިފައިވާ ކަހަލައެވެ. ވިސްނާވަރަކަށް އޭނާގެ ބޮލުގައި ރިހުން އިތުރުވާހެން އޭނާއަށް ހީވެއެވެ. ހިތްދަތި ކަމުގައި އޭނާ ވަގުތުތައް ހޭދަކުރާތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ؟ އޭނާގެ މި ހިތާމަތަކަށް ލުޔެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ އެހެން އަންހެން ކުއްޖެއް ހޯދައި، އާ ފެށުމަކުން ފަށަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކަށް އެކަމެއް ނުވާނެއެވެ. ރާޔާ ނޫން އެހެން ފަރާތެއް ދެކެ އޭނާއަކަށް ލޯތްބެއް ނުވެވޭނެއެވެ. ލޯބިނުވާ މީހަކާ ގުޅިގެން އުޅޭނީވެސް ކިހިނެއް ހެއްޔެވެ؟

ވިސްނާ ފިކުރުކުރުމުގައި ޒާން އެތަނުގައި އެތައް އިރެއް ހޭދަކުރިއެވެ. އޭނާއަށް ހޭވެރިކަމެއް ލިބުނީ ފޯނު ރިންގުވާން ފެށުމުންނެވެ. މާރިޔާ އެ ގުޅަނީ އޭނާއާމެދު ކަންބޮޑުވާތީކަން އޭނާއަށް އެނގެއެވެ. އާދައިގެ މަތިން ފޯނު ނަގައި އޭނާ މިދަނީއޭ ބުނެލުމަށްފަހު ބޭއްވިއެވެ. ލޯބިވާ މަންމައަށްވެސް އޭނާއާހެދި ހާދަ ބޮޑަކަށް ވިސްނަންޖެހޭނެއެވެ. މަންމަ ދެކެ ކިތަންމެ ލޯބިވި ނަމަވެސް މާރިޔާ އެދޭ ކަންތައް އޭނާއަށް ފުރިހަމަކޮށްދެވޭކަށް ނެތެވެ. މީހަކާ އިނދެވޭކަށް އޭނާއަކަށް ނެތެވެ. އެ ހިތް އެވަނީ ހަލާކުވެފައެވެ.

ޒާން ތެދުވެ އެއްގަމަށް ދާން އެނބުރެލިތަނާ އޭނާ އަށް ސިހުނުވަރުން މޭގައި އަތްވެސް އަޅާލެވުނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުއްޓެވެ. ރަތްކުލައިގެ ހެދުމުގައިވާ އެ ފަތްމިންޏެއް ފަދަ އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑު މުޅި އެ ހިސާބުގައި ފެތުރިފައިވިއެވެ. އޭނާ ޒާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒާންގެ ކައިރިއަށް ޖެހެލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އައިރީން…(5)

Next

އެ ތޫފާނީ ރޭ (1)

Next
June 24, 2017

އެ ތޫފާނީ ރޭ (1)

Previews
June 24, 2017

އައިރީން…(5)

44 Comments!

  1. Liaa says:
    June 24, 2017 at 10:31 am

    Hey guys… ummeedhu kuran mi part ves kamudhaane kamah… leave a comment if u liked it ingey.. ?
    Loves ?

  2. Makkow says:
    June 24, 2017 at 10:44 am

    Me first dw liaa…luv ur stwries liaa…nd one more thing..liaa fb use kuranyaamu fb id dhevidhaanetha? cux i wanna ask u something about esfiya vaahaka site personally..!ones again i luv this stwry

    1. Liaa says:
      June 24, 2017 at 1:03 pm

      Thankss Makko… i ll let u know later ingryy ?

    2. Liaa says:
      June 24, 2017 at 4:02 pm

      Makkow*

  3. Metal 0-1 says:
    June 24, 2017 at 11:07 am

    V salhi

    1. Liaa says:
      June 24, 2017 at 3:53 pm

      Thank u dear

  4. shau says:
    June 24, 2017 at 11:12 am

    Were can I get first part of this storie??

    1. Yalaa says:
      June 24, 2017 at 12:35 pm

      Story ge heading dhashuga e iny ehnu Liaa ge name. Click that and u will get everything ??

    2. Liaa says:
      June 24, 2017 at 3:54 pm

      Shau.. Yalaa e buni gothah hadhaalaa ingey ?

  5. sam♥ says:
    June 24, 2017 at 11:48 am

    wow

    1. Liaa says:
      June 24, 2017 at 3:54 pm

      Thankyou sam ❤

  6. Jjey:) says:
    June 24, 2017 at 12:00 pm

    Nice?

    1. Liaa says:
      June 24, 2017 at 3:55 pm

      Thankyou dear ?

  7. laii says:
    June 24, 2017 at 12:46 pm

    Waiting 4 the next part!

    1. Liaa says:
      June 24, 2017 at 3:56 pm

      Thankyou laii 🙂

  8. Reader says:
    June 24, 2017 at 12:58 pm

    V dhigu vaane tha adi mi story ?
    Salhi .

    1. Liaa says:
      June 24, 2017 at 3:57 pm

      Reader.. ☺ Ehaa dhigeh nuvaane..

  9. ..Adha? says:
    June 24, 2017 at 1:44 pm

    Liaa…. varah reethi mi part ves…?❣ Waiting for next part ?

    1. Liaa says:
      June 24, 2017 at 3:58 pm

      Thanks Adha ?

  10. Ramones says:
    June 24, 2017 at 1:53 pm

    kaidha

  11. ROMAN REGINS says:
    June 24, 2017 at 1:57 pm

    Love it

    1. Liaa says:
      June 24, 2017 at 3:59 pm

      Thanks ROMAN BEGINS ☺

  12. Scarlet says:
    June 24, 2017 at 2:13 pm

    Mi part ves reethi❤…waiting for next part??

    1. Liaa says:
      June 24, 2017 at 4:00 pm

      Shukuru Scarlet ☺?

  13. xim says:
    June 24, 2017 at 2:30 pm

    woow eh part ahvurenn aneh part furihama …..keep going????

    1. Liaa says:
      June 24, 2017 at 4:00 pm

      Thannks xim ☺

  14. §ama? says:
    June 24, 2017 at 2:39 pm

    Woww??

  15. Aisha says:
    June 24, 2017 at 3:12 pm

    V salhi

    1. Liaa says:
      June 24, 2017 at 4:01 pm

      Thannks Aisha ☺

  16. lal says:
    June 24, 2017 at 4:32 pm

    Liaaaaaaaaa you are my favourite author….i love your stories..mibai ves varah reethi…kon irakun next part??…liaa knows how to respect reader’s feelings…and i love you more because avahaha up kuraathee…once again love this story and love you…ummwah…..??????????
    EIDH MUBAARAK LIAA

    1. Liaa says:
      June 25, 2017 at 2:10 pm

      Alhey.. Thankyou dear… ufaavey thi kahala readers ulheythy… ☺
      Lov yew too dear ?

  17. lals says:
    June 24, 2017 at 4:34 pm

    Love this story…when next part???
    EIDH MUBAARAK LIAA DEAR
    ???????????

    1. Liaa says:
      June 25, 2017 at 2:11 pm

      Thank u lals ?

  18. lal says:
    June 24, 2017 at 6:11 pm

    vvvvv reethi mi part ves
    ..kn irakun next part???
    EIDH MUBARAK LIAA DEAR…

  19. inaa says:
    June 24, 2017 at 6:18 pm

    mi story nimmaafa andhiri faraai season 2 genesdheebaa….plx plx plx plx liaa

    1. Liaa says:
      June 25, 2017 at 2:13 pm

      Thank u inaa…
      Alhey.. baivaru kudhin eba beynunvey dhw andhirifaraai s2 kiyaalan.. Liaa ah veehaa avahakah genasdheynan dear.. ?

  20. Kitty says:
    June 24, 2017 at 8:02 pm

    Kon dhuvas thakeh ga tha up vany story v salhi

    1. Liaa says:
      June 25, 2017 at 7:51 pm

      Thanks kitty… liaa eba balan komme dhuvahaku up koh dheveythw… kameh dhimaa nuwanyaa everyday up kohdheynan insha allah..

  21. lovegirl says:
    June 25, 2017 at 12:52 am

    Vvv reethi mi part ves. Waiting for the next part. ♥♥♥

    1. Liaa says:
      June 25, 2017 at 7:51 pm

      Thankss lovegirl ?

  22. who am i? says:
    June 25, 2017 at 2:18 am

    wow vvv reethi ❣
    keep it up

    1. Liaa says:
      June 25, 2017 at 7:52 pm

      Thankss dear… ?

  23. xim says:
    June 25, 2017 at 1:11 pm

    eid mubarik Liaa???

    1. Liaa says:
      June 25, 2017 at 7:53 pm

      Eid mubaarak xim ah ves ?

Comments are closed.


All Right Reserved!