“އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ އަޙްމަދު ސަޢީދުގެ އަންހެން ދަރިފުޅު ޑޮކްޓަރ މައިޝާ ސަޢީދު، އުސް އިމާރާތެއްގެ ޓެރެސްއިން ވެއްޓި މަރުވެއްޖެ”
އަރައިގެން އައި އިރާއިއެކު ސޯޝަލް މީޑިއާގެ ފަލަ ސުރުޙީތައް ފަޅުފިލުވައިދެމުން ދިޔައީ އެއް ވާހަކައެކެވެ. ކައިވެނި ކުރިތާ ހަތަރުގަޑިއިރުވެސް ހަމަނުވަނިސް ޓެރަސްއިން ފުއްމާލައިގެން އަމިއްލައަށް މަރުވި އަންހެން ކުއްޖެއްގެ ވާހަކައެވެ. މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްއަޑަކުން މިވާހަކަ ދައްކަމުން ދިޔައެވެ.
ބައެއް މީހުން ބުނަމުންދިޔައީ އެއީ ކުއްޖާގެ ޢާއިލާއިން ލޯބިވެރިޔާ ނޫން އެހެން މީހަކާ ގަދަކަމުން އެކުއްޖާ ދެވުމުން ވީގޮތްކަމަށެވެ. އަނެއްބަޔަކު ދެކޭގޮތުގައި ހަޞަދަވެރިއަކު އެކުއްޖާ ޤަތުލް ކުރީއެވެ. އެނާ މަރުވީ އަމިއްލައަކަށް ނޫނެވެ. މީހުންގެ ސަމާލުކަން ދަމައިގަތުމަށް އެމީހަކަށް ލެވުނު މިންވަރަކުނު ފޮނިތޮށި ކާފޫރުތޮޅީގެ ރަހަ ލައްވަމުން ވާހަކަ ދައްކާ މީހުންވެސް މަދެއްނޫނެވެ.
*ފަސްމަސް ފަސް*
ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތި ބައްދާލާފައިވާ ކަޅުވިލާތަކުގެ ސަބަބުން އިތުރަށް އަނދިރިކޮށްލާފައި ވީއިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ސިންކުގެ ކައިރީގައި ތަށިތައް ދޮންނަންހުރި ޝިމްލާގެ ހަރަކާތްތައް އަވަސްވެފައިވެއެވެ. ޝިމްލާ ބޭނުންވަނީ ވާރޭ އޮއްސާލުމުގެ ކުރިން ބަދިގޭގެ ކަންތައްތައް ނިންމާލުމަށްފަހު ގޭތެރެއަށް ވަންނާށެވެ.
“ޓްރީ ޓްރީ ޓްރްރްރްރް” ދޮވެފައި ބަންޑުން ޖަހަންދިޔަ ބަތްކާތަށި ޝިމްލާގެ އަތުން ދޫވެ ޓައިލްސްތައް މައްޗަށް ވެއްޓުނެވެ. އިވިގެންދިޔަ އަޑާއިއެކު ފެންނަންއޮތީ ފަޅިފަޅިވެފައިވާ މުށިތަކެވެ. ޝިމްލާއަށް ދެލޯ ބޮޑުކޮށްލެވުމާއިއެކު ކަނާތުން މޭގައި ޖައްސާލެވުނީ ހާސްކަމާއި އެކުއެވެ. އަވަސް ހަރަކާތަކާއިއެކު މުށިތައް ނަގާ ޑަސްބިނަށް އަޅާލުމަށްފަހު ޓައިލްސްތައް ރީތިކޮށް ސާފުކޮށްލިއެވެ.
ޝިމްލާގެ ފިޔަވަޅުތަކަށް މެޑުޖެހުމެއް އައީ ބަދިގޭގެ ދޮރުކަނީގެ ދެފަރާތުން އަތް ވިއުދާލައިގެން ހުރި ޙަލީމަ ފެނުމުންނެވެ. ދޮންމަންމަގެ އަލިފާން ކަނި ބުރަމުންދާ ދެލޯފެނި ޝިމްލާގެ ހިތް ހުއްޓުނުހެން ހީވިއެވެ.
“ކަލޭ ހީކުރީ ސިއްރުސިއްރުން މުށިތައް ފޮރުވީމަ މަށަށް ނޭނގޭނެ ކަމަށްތަ؟ އަޅެ މިދިޔަމަހު އަހަރެން ގަތް ތަށިސެޓެކޭ އެއީ. ޖެއްސުން ކުރިއަސް ފުކެއް ބޮޑުވަރު ދޯ ތީ؟ ބަލަ ކަލޭ ބަފާ ދިން ލާރިއަކަށް ނޫނޭ މަ އެތަކެތި ހޯދީ އެ ތަޅާ ކުދިކުރާކަށް. މަށަށް މިހިރީ ދޮންދަރިއެއް ލިބިފަ. މަ ހިތަށް އަރާ މިކަމުން ސަލާމަތް ވާނީ ކޮންދުވަހަކުން ބާއޭ!” ދޮންމަންމަގެ އަޑު ބާރުކަމުން ޝިމްލާ ބޭނުންވީ ކަންފަތުގައި އަތް އަޅާށެވެ. ނަމަވެސް އެކަން ކުރަން ނުކުޅެދުނީ ދެން ނިކުންނާނެ ނަތީޖާ މާ ގޯސްވާނެތީއެވެ.
ޙަލީމަ ގޭތެރެއަށް ވަންނަން ހިނގައިގަތުމުން ޝިމްލާވެސް ކާގެއާއި ބަދިގެ ރަނގަޅަށް ތަޅުލުމަށްފަހު ޙަލީމަގެ ފަހަތުން ހިނގައިގަތެވެ.
“ހަބަރުދާރު! ދެން އެންމެ ފިޔަވަޅެއްވެސް އެތެރެއަށް ނާޅާތި! ނިކުމޭ ބޭރަށް!” ޝިމްލާ ގޭތެރެއަށް ވަންނަން ދިމާކޮށްލުމުން ޙަލީމަ ކުރިއަށްވުރެވެސް ބާރަށް ބުނެލިއެވެ.
“ބަންންންންންން!” ދޮރު ލެއްޕުނު އަޑާއިއެކު ތަޅުލިއަޑުވެސް ޝިމްލާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. އެހެންކަމުން ދެން މިރޭ ގޭތެރެއަށް ވަނުމުގެ ހުއްދަ ނުލިބޭނެކަން ޔަޤީންވުމުން ޝިމްލާ މަޑު ހިނގުމެއްގައިގޮސް ގޭގެ ވަށައިގެން ރާނާފައިވާ ތިރި ފާރުބުރިމަތީ އިށީނދެލިއެވެ. އެވަގުތު ޖަހަމުންދިޔަ ކެރިތިކިތަކުގެ އަޑު ގަދަވަމުންގޮސް ވާރޭ ބޯކޮށްލައިފިއެވެ.
ވެހޭ ވާރެއަކަށް ބެލުމެއްނެތި ދޮންމަންމަ މިރޭވެސް ޝިމްލާ ގެއިން ބޭރަށް ނެރުމުން އޭނާގެ ހިތް ކުދިކުދިވި ކަހަލައެވެ. އުމުރުން އެންމެ އަށް އަހަރުއްސުރެ މިކަން ތަޖްރިބާކުރަމުން އަންނަ ޝިމްލާ މިހާރުވަނީ ރޭގަނޑުގެ އަނދިރިކަމަށްވެސް ހޭނިފައެވެ. މިކަން މިއޮއް ދަންވަރު ވެހެމުންދާ ބޯ ވާރޭގެތެރޭ އެކަނިމާއެކަނި ފާރުބުރިމަތީ ހަމަޖެހިލައިގެން އިށީނދެލައިގެން އިން ޝިމްލާއަށް ބަލާލުމުން ޔަޤީންވިއަސް ޙަޤީޤަތަކީ އޭނާ ދޮންމަންމަގެ ޢަމަލުތައް ހުންނަގޮތުން ހިތާމަކުރާކަމެވެ. މިފަދަ ކޮންމެ ވަގުތަކުވެސް ޝިމްލާގެ މާޒީ އޭނާ ވަށާލައެވެ.
***
ޝިމްލާގެ އުމުރުން އެންމެ އަށް އަހަރުގައި ކޮއްކޮ ވިހެއުމުގެ ތެރޭގައި މަންމަ ނިޔާވުން ވެގެންދިޔައީ ޝިމްލާގެ ދިރިއުޅުމަށް އައި ވަރުގަދަ ތޫފާނެއް ކަމުގައެވެ. ލޯބި ލޯބި ފިރިހެން ކޮއްކޮއެއް އުރާލަން ލިބުމުން އެކަމުގެ އުފާ ފާޅުކުރަނިކޮށް މަންމަ ނިޔާވި ޚަބަރު ކަންފަތުގެ ތޫރިއާއި ހަމައަށް ފޯރީ ބާރަށް ގޮވި ބޮމެއް ފަދައިންނެވެ.
ޝިމްލާއާއި ކުޑަކުޑަ ފައިންގެ ހައްޤުގައި ބައްޕަ ކުރި ދެވަނަ ކާވެނިވީ އެދެކުދިންގެ އުފާވެރިކަން ފަސްލާ ފޮރުވުން ކަހަލަ ކަމަކަށެވެ. ދޮންމަންމަގެ ލޯތްބާއި އޯގާތެރިކަމަކީ ހަމައެކަނި ބައްޕަގެ ލޯމައްޗަށް ދައްކާލި ދަޅައެއްކަން ފުރަތަމަ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ޝިމްލާއަށް ސިއްރުވެފައެއް ނުވެއެވެ. ބައްޕައަކީ ކަންނެއްޔަށްދާ މީހަކަށް ވެފާ ގިނަ ދުވަސް ރަށުން ބޭރުގައި އުޅެންޖެހުމުން ދޮންމަންމަގެ އަނިޔާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. ޝިމްލާގެ ފުރާނަފަދަ ލޯބިވާ ކޮއްކޮ ފައިން އާއި ދޭތެރޭ ދޮންމަންމަގެ އަޅާލުން ކުޑަވުމުގެ ނަތީޖާއަކަށްވީ އެކުއްޖާއަށް ދޮޅު އަހަރަށްއޮއްވާ އައި ގަދަ ހުމެއްގައި ފަރުވާ ހޯދުން ލަސްވުމުގެ ސަބަބުން އެކުއްޖާ މިދުނިޔެ ދޫކޮށް ދިއުމެވެ. ޝިމްލާގެ ހިތުގައި ފުން ފާރުގަނޑެއް އެދުވަހު ލެވުނީ ލޯބިވާ ކޮއްކޮއަށްޓަކާ އެއްވެސް ކަމެއް ކޮށް ނުދެވުމުންނެވެ. ރޮއިރޮއި ދެލޯ ރަތްވެ ދުޅަވިއިރުވެސް ބައްޕަގެ އާދޭހާއި އެކުވެސް ޝިމްލާގެ ރުއިން އެދުވަހު ނުހުއްޓުނީ އެހެންވެއެވެ. ބައްޕަގެ ކުރިމަތީ ރޮއި ހިތާމަ ފާޅުކުރިއަސް އެއީ ދޮންމަންމަގެ ހިތަށް ލިބުނު ލުޔެއްކަން ދޮންމަންމަގެ ދުލުން ހާމަނުކުރިއަސް ޝިމްލާއަށް އެނގެއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ޝިމްލާ ޙަޔާތުގެ ދުވަސްތައް ގުނަމުންދަނީ އެކަނިވެރިއެއްގެ ގޮތުގައެވެ. ދޮންމަންމައާއި ޝިމްލާގެ އެއްބަފާ ކޮއްކޮ ހަނާގެ އަނިޔާ އެކި ގޮތްގޮތުން ލިބެމުންދާކަން ބައްޕައަށް އަންގަން ޝިމްލާ ފަސްޖެހުނީ ދޮންމަންމަ ބުނިފަދައިން ބައްޕަ ޝިމްލާގެ ވާހަކަ ދޮގުކޮށް އެކަމާ ނުރުހި ޝިމްލާއާއި ގުޅުން ކަނޑާލަފާނެކަމުގެ ބިރުހީވާތީއެވެ. މިހާރުވެސް ދޮންމަންމައާއި ހަނާކޮއްކޮގެ ޝަކުވާތަކުގެ ސަބަބުން ގިނަ ފަހަރަށް ބައްޕަ ކުށްވެރިކުރަނީ ޝިމްލާއެވެ.
***
އަމިއްލަ ހިތްދަތި ދިރިއުޅުމާއިމެދު އިތުރަށް ފިކުރުކުރަން ބޭނުން ނުވެފައި އިން ޝިމްލާ ފާރުބުރިމަތިން ފުންމާލުމަށްފަހު މަގުގެ އެއްފަރާތުން މަޑުމަޑުން ކުރިއަށް ހިނގަމުންދިޔައީ ވެހެމުންދިޔަ ބޮޑުތިކި ވާރޭއަށް ބެލުމެއްނެތިއެވެ.
ގަދަ ވިދުވަރާއިއެކު ޖެހި ގުގުރީގެ އަޑުފައްގަނޑު ގަދަކަމުން ޝިމްލާ ކަންފަތްމަތީ ދެއަތް އަޅާލިއެވެ. އަނދިރިކަންދެކެ ޖެހިލުން ނުވިނަމަވެސް ބާރު އަޑުތަކަށް އޭނާ އަބަދުވެސް ސިހުންވެއެވެ. އެވަގުތު ޝިމްލާގެ ހަށިގަނޑުގައި އައިސް ބީހިލި ފިނި ވައިރޯޅީގެ ސަބަބުން ތެމި ފޯވެފައިހުރި ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތަކެއް ކޮަޅަށްޖެހިގެންދިޔައެވެ. ގުގުރީގެ އަޑާއި އެކު ޖެހެމުންދިޔަ ގަދަ ވައިރޯޅިތަކުގެ ސަބަބުން ރުއްގަސް ހެލޭއިރު އެކިޔާ ބާރު އަޑުފައްގެނޑުގެ ސަބަބުން ޝިމްލާގެ ހިތަށް ނާމާންކަން އިޙްސާސްވިއެވެ.
އަވަސް ފިޔަވަޅުތަކަކާއިއެކު އެންމެ ކައިރީގައި ފެންނަންހުރި ގޭގެ އަސްކެނިދޮށަށް ޝިމްލާއަށް ވަދެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ބިރުންހުރެ އެގެއާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. ފާރުތައް ކަޅުވެ ކުލަފައިބާފައިވާއިރު ބަލާބެލުމަށް ހީވަނީ ފަޅުގެއެއްހެންނެވެ. ނަމަވެސް އެތެރޭގައި ދިއްލާފައިވާ ބޮކީގެ މަޑު އަލި ލައްޕާލެވިފައިވާ ބޮޑުދޮރުގެ ދަށުން ބޭރަށް ފެންނަން ހުއްޓެވެ.
ދޮރާ ދިމާއަށް ބަލަހައްޓައިގެންހުރި ޝިމްލާގެ ދެލޯ ހަނިކޮށްލެވުނީ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތް މީހެއްގެ މޫނު އެ ފަނޑު އަނދިރީގެ ތެރެއިން ސިފަކުރެވޭތޯއެވެ.
“އެތެރެއަށް ވަންނަންވީނުން” ޝިމްލާގެ ޙިއްޞުތައް މަސައްކަތް ކުރުން ހުއްޓުނީ ދޮރުމަތީގައި ހުރި ޒުވާނާގެ އަސަރުކުރުވަނިވި ފިރިހެންވަންތަ އަޑު ކަންފަތުގެ ތޫރިއާއި ހަމައަށް ފޯރުމުންނެވެ. އެއަޑުގައިވާ ޖާދުލުން ޝިމްލާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވައިފިއެވެ.
“އަހަންނަށް ކިޔަނީ ސާޝާ” އަނެއްކާވެސް އެއިވުނީ އެ ޖާދުވީ އަޑެވެ.
އެޒުވާނާ ދިއްކޮއްލި އަތުގައި ޝިމްލާގެ ތުރުތުރު ލަމުންދާ އަތުން މަޑުމަޑުން ހިފާލިއިރު އެއަތުން ތަޅަމުންދިޔަ ފެންތިކިތައް ވެލިގަނޑު ތެންމަމުންދިޔައެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އެޒުވާނާގެ އެދުމަށް ޝިމްލާ ހުޅުވާފައިވާ ދޮރުން އެތެރެއަށް ވަދެގެންދިޔައެވެ.
***
ބެލްކަނީގެ ދޮރުފޮތިގަނޑު ކަހާލުމަށްފަހު ވެހެމުންދާ ވާރެއަށް ނަޒަރު ހުއްޓާލައިގެންހުރި އަލްވިންގެ ދެލޯވަނީ ފެންކަޅި ވެފައެވެ. އަތުގައިވާ ޖޯޑުން ކޮފީ ފޮދެއް ބޯލަން މެނުވީ އިތުރު ހަރަކާތެއްވެސް ކޮށްނުލާ ހުރިއިރު އެ ކަސްރަތީ ހަށިގަނޑު ވަނީ ތެދުކޮށްލެވިފައެވެ. ކުރު ސޯޓަކާއިއެކު ހުސްގަޔާ އަލްވިން ހުރިއިރު އޭސީ ފުލް ކޮށްފައިހުރިނަމަވެސް އެ ސިކްސް ޕެކް ހަށިގަނޑުގައި މުތީތަކެއްފަދައިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ވިއްސާރަ ރެއެއްގައި ވިއްޔާ މިއީ އަލްވިންގެ ހާލެވެ.
އެ ތޫފާނީ ރޭގެ ހަނދާންތަކަށް ފަސްމަސް ފާއިތުވެގެން ދިޔައިރުވެސް މިއަދުވެސް އަލްވިންގެ ހިތުގައި ދެންމެ ހިނގާދިޔަ ކަމެއްހެން އެކަން ހަރުލާފާވެއެވެ.
ކައިވެނީގެ ޕާޓީއަށްފަހު މާ ގިނައިރުތަކެއް ނުވަނިސް ވައިގަދަވެ އުޑުމަތި ބަނަކޮށްލާފައި ކުއްލިގޮތަކަށް ބޯކޮށް ވެހެންފެށި ވާރޭގެ ތެރޭގައި އަލްވިން އޭނާގެ އަލަތު އަނބިމީހާ މައިޝާ އޭނާގެ އަތުން ބީވެގެންދިޔަގޮތުގެ ހަނދާންތައް މިއަދުވެސް އާވުމުން އެދެލޯ ކަރުނުން ފުރެއެވެ. އެއީ ބިރުވެރިކަމުން ފުރިގެންވާ ރެއެކެވެ. އެރޭ ހިނގާދިޔަ ކޮންމެ ޙާދިސާއަކީ އަލްވިންގެ ޚިޔާލީ ޑައިރީގައި ރައްކާކުރެވިފައިވާ ޞަފްޙާއެކެވެ.
އާކައިވެނީގެ އުފާ ހާސިލްވެސް ނުވަނިސް އަލްވިންގެ ލޯބިވާ އަނބިމީހާ އޭނާ ދޫކޮށް މިދުނިޔެއާއި އަލްވަދާއު ކިއުމަށްފަހު އެހިތުގެ ވިންދު ޖެހުން ހުއްޓިފައިވާފަދައެވެ. ދެވަނަ އަންހެން ކުއްޖަކަށް މިވީހާތަނަށް އެހިތުން ޖާގައެއް ދެވިފައި ނުވާއިރު އެފަދަ ނަޒަރަކުން އަންހެން ކުއްޖަކާއި ދިމާއަށް ބަލާލުމަކީވެސް އަލްވިން ދުވަހަކުވެސް ނުކުރަން އަމިއްލަ ނަފްސަށް ވަޢުދުވެފައިވާ ކަމެކެވެ. އޭނާ ބޭނުންވަނީ މައިޝާގެ ހަނދާންތަކާއިއެކު ޙަޔާތުގެ ބާކީ މިއޮތް ދުވަސްތައް ވޭތުކޮށްލާށެވެ. އެކަމަށްޓަކާ އަލްވިން ކެތްކުރާނެއެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އެހިތަށް އަރާ ފައިބަމުންދާ އެރޭގެ ބިރުވެރި ހާދިޘާގެ ސަބަބުން އަލްވިންގެ ހިތް ފުނޑުފުނޑު ވެގެންދެއެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަލްވިންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ.
***
ސިޓިންރޫމްގައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް ތަނުގެތަރުތީބުކަމާއި ރީތިކަން ފެންނަމުން ދިޔައިރު ޝިމްލާ ހިތާއިހިތުން ތަޢުރީފު ކޮށްލިއެވެ. ސިޓިންރޫމްގައި މަޑުވެސްކޮށްނުލާ ޝިމްލާގެ އަތުގައި ހިފައިގެން އެދިޔަގޮތަށްގޮސް އެޒުވާނާ ވަނީ ރީތި ތަނަވަސް ކޮޓަރިއަކަށެވެ. ކޮޓަރީގައިވެސްވަނީ ހަމަ ސިޓިންރޫމްގައިވާފަދަ ފަނޑު އަލިކަމެކެވެ. އެއަލިކަމުގެ ތެރެއިން އެބޮޑު ކޮޓަރީގައި އަތުރާލެވިފައިވާ ކަޅުކުލައިގެ ޒަމާނީ ފަރުނީޗަރ ސެޓް ފެންނަންހުރިއިރު ކޮޓަރީ ފުރިހަމަކަން ޝިމްލާއަށް ތަސައްވަރު ކޮށްލެވުނެވެ. ގޭގެ ބޭރުން ފެންނަގޮތާއި އެތެރެން ފެންނަމުންދާ މަންޒަރު އުޑާއި ބިމާހާ ތަފާތެވެ.
ފަންކާގެ ބަދަލުގައި އޭސީ ޖައްސާފައިވާއިރު ވާރެއާއި ތެމުމުގެ ސަބަބުން ޝިމްލާ ހީކަރުވައިގަތެވެވެ.
“ޒްޒްޒް ޒްޒްޒް ޒްޒްޒް”
ޝިމްލާގެ ދަތްދޮޅިކޮޅު ބާރަށް ތުރުތުރުލާންފެށިއެވެ. މިމަންޒަރު ދޭކަށް ސާޝާއަކަށް ކެތެއްނުކުރެވުނެވެ. އެބޮޑު ކަޅު އަލަމާރީގެތެރެއިން އަތްދިގު ޓީޝާޓަކާއި ޓްރެކްސޫޓެއް އަދި ކުޑަ ތުވާއްޔެއް ޝިމްލާގެ އަތަށް ދިއްކޮށްލުމަށްފަހު ސާޝާ އެކޮޓަރިން ނިކުމެގެން ދިޔައެވެ. ޝިމްލާ މަޑު ހިނގުމެއުގައި ގޮސް ވަނީ ފާޚާނާއަށެވެ.
ފާޚާނާވެސް ހައިރާންވާހާ ފުރިހަމަވެފާ ތަނަވަހެވެ. އަގުބޮޑު ފާޚާނާ ސެޓެއް ބަހައްޓާފައިވާއިރު ފިނި ފެނާއި ހޫނުފެން ބޭނުންކުރެވޭގޮތައް ތައްޔާރުކޮށްފައިވާ މާގަނޑެއް ހުއްޓެވެ. ޝިމްލާ ހީކަރުވާގެންފައި ހުރިވަރުން ފެންވެރީވެސް ފުދޭވަރަކަށް ހޫނު ފެނުންނެވެ.
އަތުގައި އޮތް ކުޑަ ތުވާލިން ބޮލުން ފެންހިއްކަމުން ޝިމްލާ ފާޚާނާއިން ނިކުތެވެ. ޝިމްލާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކުޑަދޮރުގައިރީ ފުރަގަސްދީގެންހުރި ދިގު އިސްކޮޅެއް ލިބިފެއިވާ ކަސްރަތީ ހަށިގަނޑުގެ ވެރިޔާއެވެ.
“ހަރޗްސްސް ހަރޗްސްސް ހަރޗްސްސް”
އޭސީ ޖައްސާފައި ހުރުމުން ޝިމްލާގެ ހަށިގަނޑަށް އަނެއްކާވެސް ފިނީގެ އަސަރު ކުރަން ފަށައިފިއެވެ. މާބޮޑަށް ފިނިބޮޑުވުމުން އޭނާއެށް އަބަދުވެސް ގިނައިން ކިނބިހި އެޅެއެވެ. ޝިމްލާ މަޑު ހިނގުމެއްގައި ގޮސް އެނދުމަތީ އިށީނދެލިއެވެ. ދެން އިވުނީ އޭސީ ނިވުނުއަޑެވެ.
“އަދިވެސް ހީކަރުވަނީތަ؟” ޝިމްލާގެ ފުރަގަހުން ދެއަތް ގެނެސް ބަނޑުގައި ބައްދާލަމުން ސާޝާގެ ފިރިހެންވަންތަ ބަރުއަޑުން ބުނެލިއެވެ. އޭރު ސާޝާގެ ހޫނު ނޭވާތައް ޝިމްލާގެ ކޯތާފަތުގައި ބޮސްދެމުންދެއެވެ. ޝިމްލާ ވަގުތުން ބޯޖަހާލިއެވެ. އަދި ސާޝާއާއިވީ ފަރާތައް އެނބުރިލިއެވެ.
“ލަބް ޑްބް ލަބް ޑަބް” އެވަގުތު ސާޝާގެ ޖާދުވީ މޫނު އެހާ ގާތުން ފެނުމުން ޝިމްލާގެ ހިތް ތެޅެންފެށީ ވަރަށް ބާރަށެވެ. ބޮޑު ދެލޮލާއި ފަލަ ބުމައެކެވެ. އެ ބޮޑު ދެލޮލުގެ ތެރެއިން ފެންނަންހުރި އަޅިކުލައިގެ ކަޅީގެ ސަބަބުން ލޮލަށް ލިބިފައިވާ ފުރިހަމަކަމާއެވެ. ތުނބުޅި މަތިމަސް ރީތި ވަރަކަށް ދިގުކުރެވިފައިވާއިރު ފަން ކަޅު އިސްތަށިކޮޅުން ކަންފަތުންބައެއް ފޮރުވިފައިވެއެވެ. ތުންފަތުގައިވާ ހިނިތުންވުން އިތުރަށް ފުރިހަމަކޮށްދެނީ ކޮލަށް އެޅިފައިވާ އަޑިކޮޅުގެ ސަބަބުންނެވެ. ޝިމްލާ މަޑުމަޑުން އެސްފިޔަތައް ތިރިކޮށްލަމުންގޮސް ދެލޯ މަރާލިއެވެ.
ލޯމެރިފައިވާ ޝިމްލާގެ އެއްކޮށް ދޫކޮށްލެވިފައިވާ ކަޅުކަންގަދަ ބުޅި އިސްތަށިކޮޅުގެ ތެރެއަށް އަތުގެ އިނގިލިތައް ވައްދާލަމުން ތެތްކޮންހުރި އެދިގު އިސްތަށިގަނޑުގައި ސާޝާ އަތްހިނގާލިއެވެ. އަދި ޝިމްލާގެ މޫނަށް ޖަޒުބާތުން ފުރިގެންވާ ނަޒަރަކުން ބަލާލިއެވެ. ޖަންބުކުލަ އަރާ ދޮން މޫނެކެވެ. އެބޮޑު ދެލޯ މެރިފައިވީއިރުވެސް ރީތިކަން ހާމަވެއެވެ. ކަޅުކަންގަދަ ހިމަ ބުމައެކެވެ. ފިނިފެންމަލެއްފަދަ ތުންފަތުގައިވަނީ ހިތްދަމައިގަންނަފަދަ ބާރެކެވެ. ސާޝާ އޭނާގެ ހިތުގެ އެދުމަށް އިޖާބަދެމުން ޝިމްލާގެ ތުންފަތުގައި ބޮސްދިނެވެ.
މީގެ ކުރިން ދުވަހަކުވެސް ފިރިހެނެއްގެ ބީހިލުން ތަޖުރިބާ ކޮށްފައިނެތް ޝިމްލާއަށް ސާޝާގެ ކޮންމެ ބީހިލުމަކަށް ހިތުގެ އެންމެ އަޑިން އިޖާބަދެވެމުން ދިޔައިރު އެއީ އަމިއްލަ އިޚްތިޔާރަކާއިނުލާ ޝިމްލާއަށް ކުރެވެމުންދާކަމެއްކަން ހުދު އޭނާއަށްވެސް ނޭނގެއެވެ. ނޭނގިނަމަވެސް ޝިމްލާވެސް އެ ލޯބިވެތި ހަރަކާތްތަކުގައި ބައިވެރިވުމުންދިޔައެވެ.
“އަހަންނަށް މިއުޅެވެނީ ކިހިނެތް؟ ނޫން. ކިހިނެތް މިވީ. މިއީ އެހެން މީހެއްގެ ހައްޤެއް. އަހަންނާއި ހަވާލުވެފައިވާ އަމާނާތެއް. ” ސާޝާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީތީ ދެރަވިއެވެ. އަދި ޝިމްލާއާއި ދުރައްޖެހިލިއެވެ.
ބަރުވެފައިވާ ދެލޯ ހުޅުވާލަމުން ޝިމްލާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.
“އަހަރެންނަށް މި ފަޅުގޭގެ ތެރެއަށް ވަދެވުނީ ކިހިނެތް؟”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.




Eid Mubarak to ol. Hey here is da first episode of the story. Hope ol my readers will like it. Love u ol
v reethii vaane hen heevani dhn ehaa las nukoh up kohdhehchey.. eyrun kiyeyni dhw. mi part salhi.
Hehe. Week aku 2 fahar nuny 3 fahar upkureveyny hyvagothun. Don’t hv much free tym
Thnkx
wow .. intresting .. thankxx stry up kohlaadhinyy maa psenhi…♥♥♥…
…….. EID MUBAARAK … psenhi …. waiting next part….
Thnkx sam
Eid mubaarak .. v nice story..kon irakun next part
Thnkx. Tuesdayga insha Allah
eid mubarak psenhi……. vv reethi story
Thnkx shafu
Kon irakun nxt part
Thnkx. Tuesdayga insha Allah
eid mubaarak… psenhi.. stry v salhii igey … waiting next part..
Thnkx sam
EID MUBAARIK DEAR.Story varah varah salhi…❤❤❤
Thank you Noor
Eid mubaarik!!!
I love the way you discribe the sounds!!!
good job!!
He he thnkx yax
Salhi, waiting for next part
Thnkx jim
*jum
Reethii story eh
Thnkx Reenu
Wow. Varah loabibmi part. When next part. And EID MUBARIK ingey
Thnkx nonns. Tuesday Insha Allah
I luv this part.. varah reethi.. Btw saashaa eiy boy name ehyma??! Aslu varah odd e name boy akah kyma.. Cox Kookie ge hurey girl kokkoeh saashaa kiyaa.. ehve story kiyaairu e name annairah girl eh gothah sifavany.. But it’s ok , story is nice
Thnkx kookie. Sasha kiya boy eh me ah engeny. N Ey asl girl n boy name eh. Dhuvaskolhaku kiyalanikoh rangalhuvaane he he
Si Na
???
Eid mubaarak psenhi ? varah reethi mi part… waiting for next part ❣?
thnkx Adha 🙂
thnkx Roman Regins
Eid mubaarik and love this story
haha lyk it tha….. love it
Thnkx Anonymous. 🙂
? v reethi. Waiting for a new ep ?
Thnkx maroon 🙂
wow! Suprb
keep it up dear ❣❣❣❣??
Biruveri vaahaka eh tha
Saashaa eii boy akah kiyaa namehtha? Bodah vahthary girl akaa ?
Interesting… ??