Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަނަރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
June 23, 2017 3 Mins Read
16 Comments

“ލައިތް. އަމް. އެގޭގަ އޮތް ހޭންޑް ބޭންގެ ބަލާ…”އަލާނިޔާ ފަކީރުގެ އަޑު ނުވެސް ނިކުމެއެވެ. އެކަނިވާ ހުރިހާ ވަގުތެއްގައި ރޮއެރޮއެ އެފަކީރު ވަނީ ބަލިވެފައެވެ. ލައިތް އަލާޏިޔާ ދިޔުން މަނާކުރިއެވެ. އަދި ސިނާއަށް ގުޅާލުމަށްފަހު އެ ގެނަސްދިނުމަށް އެދުނެވެ. ދެން ހަގީގަތް ފަޅާއަރާކަށް ގިނައިރެއް ނޯންނާނެތާއެވެ. ނަމަވެސް އޭގެ ކުރިން އެ އެންމެ ސަލާމަތުން ތިބެންވެސް އެބަޖެހޭ ނޫންހެއްޔެވެ؟

ފަނަރަ ވަރަކަށް މިނެޓު ފަހުން ސިނާ އަލާނިޔާގެ ދަބަސް ހިފައިގެން އައެވެ. އަލާނިޔާ އޭތި އަޅުވާލަމުން ފޯނު އޮތްތޯ ބަލާލަން ދަބަހަށް އަތްކޮށްޕާލި ވަގުތު މެންދުރު ނަމާދަށް ގޮވުމާއެކު ދަބަސް ބަހައްޓާލުމަށްފަހު އަލާނިޔާ ނަމާދު ކުރުމަށް އަވަސްވެގަތެވެ. ސަހަރާގައި ގައުމުގެ ވެރިންނާ މުލައިލްއަށް ހެޔޮއެދޭ އެތަށްބަޔަކު ޖަމާއަތުގައި ނަމާދު ކުރިއެވެ. އަލާނިޔާ ލައިތް އަދި ޔުސްރާ ހީވަނީ ބައިތިއްބާފައި ތިބި ބުދު ތަކެއްހެނެވެ. ކޮންމެ މީހަކުވެސް ނަމާދުން ފޭބުމަށްފަހުވެސް ހުއްޓުން އަރާފައި ތިބީ ހިތް ކުދި ކުދި ވެފައިވާ ހާލުއެވެ.  މުލައިލް ވަޅުލުމަށް އެތެރެޔަށް ގަބުރުސްތާނު ތެރެޔަށް ވަދެގެން ދިޔަ ވަގުތު ނޫނެކޭ ކިޔާ ހަޅޭއްލަވައިގަތުމަށްފަހު އަލާނިޔާ އެންމެން ތަކުގެ ތެރެއިންލާފައި ގޮސް މުލައިލްގެ ސަންދޯކުގައި އޮޅުލައިގަތެވެ.  ސަންދޯކުގައި މުލައިލް ގެނދިޔައީ ދިވެހި އަސްކަރިއްޔާއިންނެވެ.އެމަންޒަރު ލައިވްކޮށް ޓީވީންވެސް ދައްކަމުން ދިޔައިރު އެންމެނަށް ލިބިގެން ދިޔައީ ސިހުމެކެވެ. އެންމެ އިސްވެރިޔަކަށްހުރި ލައިތް އަލާނިޔާ ނަގައިގެން ގޮސް ޔުސްރާއާ ހަވާލު ކުރިއެވެ. އެރުވެސް މުޅިތަނުގައި ހިފާލައިފައި ވަނީ އަލާނިޔާގެ ވޭޏީ ހަޅޭކުގެ އަޑެވެ. މަގޭ މުލައިލް ނުގެންދާށޭ ތިހެން ހެދީމަ މުލައިލްއަށް އުނދަގޫވާނޭ ކިޔާ ރޮމުން ދިޔައެވެ. އެވަގުތަކީ މަންޒަރު ފެނުން ކޮންމެ މީހެއްގެވެސް ހިތް  ކަތިލެވިގެންދާނޭ ވަގުތުކޮޅެއްކަން ޔަގީނެވެ.

މުލައިލް ވަޅުލެވުމާއެކު ހުރިހާ އެންމެންހެން އެތަނުން ދާންފެށިއެވެ. ޔުސްރާމެން ބޭރުގައި ތިބި އިރު ލައިތް އޭނާގެ ރަސްމީ ޔުނީފޯމުގެ ތޮފި ނަގާލަމުން  ގަބުރުސްތާނުގެ ތެރެއަށް އަލުން ވަނެވެ. އަދި މުލައިލްގެ މަހާނަ ކައިރީގައި އިށީނެވެ.”މުލް.. މައި މޭން.. ހަނދާންވޭތަ ކައޭ މަގޭ ފޮތެއް ނަގައިގެން މުޅި ކްލާސްތެރޭ ދުވި ދުވަސް. ކީއްވެހޭ މާ މަޑުން އިންނަނީ ކިޔާފަ.. ބީ މައި ފްރެންޑޭ ކިޔާފަ..ހަހަހަ…އަހަރެން ވަރަށް ހަނދާން ހުރޭ… ތީ ހަމަ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެއްފަދަ….މު.. އައި ނީޑް..ޔޫ….” ލައިތް އަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ދެމީހުން އެއްކޮށް އުޅުނު ދުވަސްތަކެވެ. އެކުގައި ކުރި މަޖާ ކަންތައްތަކެވެ. އެގޮތުގައި ލައިތް އެތަށް އިރަކު އިނެވެ. އެންމެފަހުން އަލާނިޔާމެން ބޭރުގައި ތިބިކަން ހަނދާންވުމުން ވެލިތަށް ފޮޅާލަމުން ލައިތް ބޭރަށް ނިކުމެލިއެވެ. އޭރު ޔުސްރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އަލާނިޔާއަށް އޮތީ ނިދިފައެވެ. ތަގުދީރު އެކުދިންނާ ކުޅެމުން އެދަނީ ކޮންފަދަ ކުޅިވަރެއް ހެއްޔެވެ؟ އެންމެ ފުރަތަމަ އެކުދިންގެ ކުޑައިރުގެ އުފާވެރި ދުވަސްތައް ފޭރިގަތީއެވެ. އެޔަށްފަހު އެ އުފާވެރި ހަނދާންތަކެވެ. ދެން އެކުވެރިންނާ ލޯބިވާ ފަރާތްތަކެވެ. މިހާރު އެކުދިންގެ ހަޔާގެ އެއްބައެވެ.

ލައިތް ފެނުމާއެކު ޔުސްރާ މަޑުމަޑޫން އަލާނިޔާއަށް ގޮވާލިއެވެ. ވަރުބަލި ތަމާއެކު ދެތިންފަހަރު އެސްފިޔަ ތަޅުވާލުމަށްފަހު އަލާނިޔާ ތެދުވެ ކޮނޑުގައި ދަބަސް އަޅުވާލަމުން ބޭރަށް ނިކުމެލިއެވެ. އެތަނުގައިތިބި އެކަކުވެސް އޭނާއަށް ނުފެންނަ ކަހަލައެވެ. ލައިތްގެ ކާރުގައި ތިން މީހުން ދިޔައީ ލައިތްމެންގެ ގެއަށެވެ. ލިފްޓަށް އެރުމަށްފަހު ލައިތް ކުޓަރި ހުންނަ ބަޔަށް ފިތާލިއިރު އަލާނިޔާ ފިތާލީ ޓެރަހަށެވެ. ލައިތްމެން އަލާނުލާ ތިން ވަނަ ބުރިޔަށް ފޭބުމަށްފަހު އަލާނިޔާމައްޗަށް ދާން ދޫކޮށްލިއެވެ. މައްޗަށް ދެވުމާއެކު އަލާނިޔާ މިސްރާބު ޖެހީ ރެއިލިންގް އާދިމާއަށެވެ.

“އަހަރެން މިދުނިޔޭގަ ހުއްޓަސް ނެތަސް އެކަކަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ.  އަހަރެން ބޭނުމެއް ނޫން…ކީއްވެ؟؟!!!…އެންމެ ފުރަތަމަ ދުވަހު އެ ލޮއެއްބައް ފެންބޮވައިގަނެފަ ހުރި ދުވަހުވެސް ކިހިނެއްވީ؟؟!!! އެދުވަހުވެސް އަހަރެން ވީ ލޯބީގަ ނާކާމިޔާބު ވީ މީހާއަށް. އެކަމުވެސް އެންމެ ގާތް އެކުވެރިޔާއާ ކާފަޔަށްޓަކާ ކެތްކުރީ.. އެކަމު ކާފަވެސް ވީ އަހަރެންގެ އިތްފަތްތެރިކަން ނިގުޅައިގަތް މީހާއަށް. އަހަރެންގެ އުފާވެރިކަން ހިތާމަޔަށް ބަދަލު ކޮށްލި އަހަރެންގެ މައިންބަފައިންގެ ގާތިލަށް. އެވަރުންވެސް އަހަރެން ކެތް ކުރިން. ދެން އެންމެ ލޯބިވާ ފުރާނަފަދަ އެކުވެރިޔާ ގެއްލުނީ..ފެނުން ދުވަހު އެހެރީ މީހުން މަރާ ގާތިލަކަށްވެފަ… އެވަރުންވެސް..އެވަރުންވެސް އަހަރެންގެ ލޯބީގެ ހައްގުގަ ކެތްކުރިން. އެކަމު ދެން މިހާރު އަހަރެން ދިރި ހުރުމުގެ ބޭނުމެއް ނުފެނޭ.. ކީއްވެތަ އަހަރެންނަށް އުފާވެރި ކަމެއް ނެތީ؟؟!! ކީއްވެތަ އަހަރެން އަބަދު ގުރުބާން ވާންޖެހެނީ. އަހަރެންގެ ލޯބި ގެއްލެނީ…”

އަލާނިޔާގެ ވޭނީ އަޑު ވަނީ މުޅި މާހައުލުގައި ހިފާލާފައެވެ. އޭނާވަނީ ދުނިމަތިން ފޫހިވެފައެވެ. ކަރުނަތަށް ފޮހެލަމުން އަލާނިޔާރެއިލިން މައްޗަށް އަރާ ހަމަޖެހިލިއެވެ. މި އަރައި ގަނެވެނީ ކިހާ ބޮޑޫ ފާފަޔެއްކަން ހަނދާން ނައްތާލަމުން އަލާނިޔާ އެންމެފަހު ފަހަރަށް ވަށައިގެން ވީ މާހައުލަށް ނަޒަރު ހިންގާލިއެވެ. ކެހިވެރިކަމާ ހިތާމައިން ފުރިގެންވީ އަދި ސަލާމަތެއް އުފާވެރިކަމެއް ނުވާތަނެކެވެ. އަލާނިޔާ ދެލޯ މަރާލިއެވެ.

“ޔުސް.. އަހަރެމެން މިހެން އަތް އުރާލައިގެން ތިބިއްޔާ އަނެއްކާވެސް ފެންނާނީ އިތުރު މީހަކު އަހަރެމެންގެ ތެރެއިން ވަކިވާތަން. އެހެން ވާކަށް އަހަންނެއް ބޭނުމެއްނޫން. ރޫ އަކަސް ކާސިމަކަސް ކޮންމެ މީހަކަސް މަށަށް ވަރިހަމަ. އެންމެ ފުރަތަމަ މީހާ މަރާލި ދުވަހުން ފެށިގެން އެއީ އަހަރެމެންގެ ދުޝްމަނެއް. އެންޑް އަސްލު ކުރިން ތިމީހުން މިގެޔަށް ނުގެނައީ އަހަރެން މިގެ ޑަބަލް ހެކް ކުރަން ވެގެން. އަސްލު އަހަންނަށް އިނގުން އަހަރެން ޑިރެކްޓާރ ވީމަ މިގޭގެ ހުރިހާ ސިސްޓަމަކާ ބެހޭނެކަން. މިހާރު އެހެނަސް އެއްވެސް މީހަކަށް އަހަރެމެން ދައްކާ ވާޙަކައެއްއަޑެއްވެސް ނޭހޭނެ. ކުރާކަމެއް ނުވެސް ބެލޭނެ. ދެން އަހަރެމެން ކަންކަން ރާވާޏީ މިގޭގެ. އަހަރެން ބެލި ބެލުމުން އިނގުނީ ޕޮލިސްޓޭޝަންވެސް އެއްކޮށް ހެކް ކޮށްލާފަ އޮތްކަން. އަހަންނަށް މިހާރު ޔަގީނާ ގާތަށް އިނގިއްޖެ އެއީ ރޫކަން. ބިކޯޒް އެއްދުވަހު ކޮމްޕް ގަޑީގަ އަހަރެން ތޯ ރޫއަށްތޯ ކުރިން ހެކް ކުރެވެނީ ބެލި އިރު ކުރެވެނި އޭނައަށް. އޭނަ ވަރަށް މޮޅުވާނެ މިކަހަލަ ކަންކަމަށް. ލާނީ އައިމަ އަހަރެމެން ކަންކަން ރާވަން ފަށާނީ.”

ކުރިޔަށް ފިޔަވަޅެއް އަޅަން ފައި ނެގި އަލާނިޔާއަށް ހުއްޓެވުނީ އަޅުވައިގެން ހުރި ދަބަސްތެރެއިން އެއްޗެއް ވައިބްރޭޓް ވުމުންނެވެ. އެޔާއެކު ބެލެންސް ކަޓައިގެން އަލާނިޔާ އިތިފުށަށް ޓެރަސް މައްޗަށް ވެއްޓުނެވެ. އަލާނިޔާ ވީ ތަކަށް ނުބަލާ އޭނާގެ ދަބަހުގައި ހުރި ހުރިހާ އެއްޗެއް އެއްކޮށް  ވަރާލިއެވެ. އެޔާއެކު އޭނާޣެ ފޯނު ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ނަމަވެސް އެޔަށް ވުރެ އަލާނިޔާ ހއިރާން ވީ ދަބަސް ތެރޭ އޮތް ކުޑަކުޑަ ފޮތް ފެނުނީމައެވެ. އޭނާއަކީ އެއް އިރެއްގައިވެސް އެކަހަލަ ފޮތެއް ގެންގުޅުނު މީހެއް ނޫން ވިއްޔާއެވެ. ޝައުގުވެރި ކަމާއެކު އަލާނިޔާ އެފޮތް ހުޅުވާޅިއެވެ.

…………………………………………………………………………………………………….

 

“ލޯބިވާ ލާނީއަށް،

ނުނިމޭ..

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ނޭނގުމެއްގެތެރޭގައި..(6) ފަހުބައި

Next

އައިރީން…(5)

Next
June 24, 2017

އައިރީން…(5)

Previews
June 23, 2017

ނޭނގުމެއްގެތެރޭގައި..(6) ފަހުބައި

16 Comments!

  1. imagination ?? says:
    June 23, 2017 at 9:48 pm

    hei.. miulheni envelope test feshigen ingey.. maadhan i have english. ekm ves in sha allah maadah nadhi eh part upp kohlla dheynan because mi part kuru vi ma. taker care. nyts

  2. Song Hye-Kyo..KOREAN says:
    June 23, 2017 at 9:55 pm

    Yet me first

  3. Saadhuna says:
    June 23, 2017 at 9:55 pm

    Me first haha.Ekm haadha kurey waiting for next l’art
    When neXT part???

    1. Saadhuna says:
      June 23, 2017 at 9:56 pm

      Part*

  4. Luhan says:
    June 23, 2017 at 9:56 pm

    V reethi…ekm nxt prt kn irakn up kohdheyny?

  5. Love says:
    June 23, 2017 at 10:02 pm

    kaakuge envelop eh baa dhw aey.. Waiting for nxt part..

  6. ..Adha? says:
    June 23, 2017 at 10:43 pm

    Enme kiyaahiyvi hisaabun nimuny e… varah reethi mi part ves hama superb as always… ?
    Waiting for next part..?❣

  7. sam♥ says:
    June 23, 2017 at 11:23 pm

    alhey ehme reeethi hisaabun e nimunyyy … waiting next part
    stry hama v salhii igey … thankx up kohladhiinymaa…

  8. §ama? says:
    June 23, 2017 at 11:43 pm

    Ok.. best of luk for your exam and waiting for the next part

  9. Naana says:
    June 23, 2017 at 11:59 pm

    Wowww…..vrh salhiii…..waiting…..?

  10. nonns says:
    June 24, 2017 at 12:12 am

    Wowww. Mi part varah salhi ingey. Hageegaiy falhaa aran dhw eulheny. Oooooh. I cant wait for next ep

  11. Hawwi says:
    June 24, 2017 at 12:31 am

    Salhi..waiting for next part

  12. Aisha says:
    June 24, 2017 at 1:30 am

    Nice mi part
    Ekm thankolheh kuru

  13. Shii says:
    June 24, 2017 at 11:57 pm

    Alhey v salhi.

  14. ROMAN REGINS says:
    June 25, 2017 at 3:54 am

    When next part and love it

  15. Thaku says:
    June 26, 2017 at 7:07 am

    Baraabarah vaahaka update nukurevenyaa nuliyey vaahaka

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސޯޅަވަނަބައި)←


All Right Reserved!