Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރީން…(5)

Aufyy <3 Level 1100 Comments10 Stories
June 24, 2017 4 Mins Read
17 Comments

ހަމަ އެވަގުތު އަހަރެން ފައިދަށުގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެން ރުޅިވެރި ނަޒަރަކުން ކައިރި ހުރި ޒުވާނާ އާއި ދިމާލަށް ބަލައިލީމެވެ. އެ ޒުވާނާއަށް އަހަރެން ހުރިހެން ހީވެސް ނުވާފަދައެވެ.”ވަޓް ދަ….ކިހިނެއް ވެގެންތަ ތިއުޅެނީ؟؟؟ އަހަރެން މިތާ އުޅޭތީ އުދަނގޫ ވިއްޔާ ރީއްޗަށް ބުނެބަލަ…” އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގަތެވެ.

އެޒުވާނާ އެއިން ގޮތަށް އިނދެ އަހަރެންނާ ދިމާލަށް ބަލައިލަމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ނަމަވެސް އެ އިހުސާސްތައް އެއް ފަރާތް ކޮށްލާ އަހަރެން އިސްކުރީ ރުޅިއެވެ. އެ ޒުވާނާ ކުރިމަތީ ހުރި ފެންތަށި ނަގާ އޭނަ މޫނަށް ޖެހީމެވެ.”މީ މިއަދު އަހަަރެން ގަޔަށް ފެން ޖެހީތީ އޭގެ ބަދަލު..” އަހަރެން ފަތަހައިގެ ހިނިތުންވުމެއް ހަދިޔާކޮށްފައި ކަނުގައި އިން މޭޒުގައި އިށީނދެ ކާން ފެށީމެވެ.

އެދުވަހަށް ފަހު އެމީހުންގެ އުދަނގޫ އަހަރެންނަކާއި ނުޖެހެއެވެ. މިކަމާ ހިތްހަމަޖެހުމުގެ ބަދަލުގައި އަހަރެން ދެރަވީ ކީއްވެ ކަމެއް އަހަރެންނަށް ކުޑަކޮށްވެސް ބުނާކަށް ނޭނގުނެވެ.އަހަރެން ހިތް އެދެނީ އެރީތި ފިރިހެންވަންތަ އަޑު އަހާލުމަށެވެ. އެ ހަރުދަނާ މޫނުގައި ބީހިލުމަށެވެ.އެ ތޫނު ދެލޮލަށް ބަލަން ހުރުމަށް އެތަށް ފަހަރަކު އަހަރެންގެ ބަސްނާހާ ހިތް އަހަރެންނަށް އަމުރު ކުރާކަހަލައެވެ.

ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖަކާއި ދެތެރޭ މިހާވަރަށް ވިސްނެން ފެށުމުން ޙުދު އަހަރެންވެސް ހައިރާން ވިއެވެ. މި ކުރެވޭ އިހުސާސްތަކަށް ދޭނެ ނަމެއް ވިސްނާ ވިސްނާވެސް އަހަރެންގެ ޅަސިކުނޑިއަކަށް ނޭރިއެވެ.

ހަފްތާ ބަންދަކަށްފަހު އަނެއްކާވެސް ކޮލެޖް ހުޅުވުނެވެ.އަހަރެން ކުލާހަށް ވަދެ އެންމެ ފުރަތަމަވެސް ބަލައިލެވުނީ ސަހީމް ކޮބައިތޯއެވެ. އެއީ ހަމަ އެޒުވާނާއެވެ. އަހަރެންނަށް އޭނަގެ ނަން އިނގުނީވެސް ވަރަށް ފަހުން އިއްތިފާގަކުންނެވެ. ސަޓާފް ރޫމަށް ދިޔައިރު މުދައްރިސް މޭޒުމަތީ އޭނަގެ ސްޓުޑެންޓް ކާޑު އޮތުމުންނެވެ.

ނަމަވެސް އަހަރެން މާޔޫސްވީ އޭނަ ފެންނަން ނެތެމުންނެވެ. ހަފްތާ ނިމިގެން ދިޔައިރުވެސް އޭނަގެ ހަބަރެއް ނުވުމުން އަހަރެން ކަންބޮޑުވިއެވެ. އަހާނީވެސް ކާކު ކައިރި ހެއްޔެވެ؟ސަމީރާ ކައިރި އެހުމަށް ވުރެ ނޭހުން ވެސް ރަނގަޅެވެ. ދިމާ ކުރަން ފަށާ މީހާ މިއިން ދުވަހަކުވެސް ހުއްޓާލާނެހެން ހިއެއް ނުވެއެވެ.

އެހެނަކަމުން ވަރަށް ހިތްވަރު ކޮއްގެން ސަހީމުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ހާޝިދު ކައިރި އަހަރެން އެހީމެވެ. އޭނަ ފަރާތުން އަހަރެންނަށް ލިބުނީ އެއްގޮތަކަށްވެސް ހީކޮށްފައިނުވާ ވަރުގެ އެއްޗެކެވެ. އަހަރެންނަށް ހީވީ އަހަރެންގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަހަރެންގެ ލޯ ކަރުނުން ތެމުނެވެ.

ކާރަށް އެރިގޮތަށް ދުއްވުނު ބާރަކަށް އަހަރެން ބެލީ ހޮސްޕިޓަލާއި ދިމާލަށް ދެވޭތޯއެވެ. އަހަރެން މަޑުކުރުމެއް ނެތި ދިޔައީ އައި.ސީ.ޔޫ އާއި ދިމާލަށެވެ. ހާޝިދު ދެއްކި ވާހަކަ އަދިވެސް އަހަރެންގެ ކަންފަތްކައިރި ގުގުމާކަހަލައެވެ. “ބަންދު ތެރޭ ސަހީމުއާއި ދިމާވި ކާރު އެކްސިޑެންޓެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވީ…ހާލު ދެރަ ކަމުން އައި.ސީ.ޔޫއަށް ބަދަލް ކޮށްފި…އަދިވެސް ހޭ ނާރާކަމަށް ސަހީމު ދައްތަ ދެންމެ ގުޅާފަ ބުނީ…”

ހާސްވެފައި ހުރި ވަރުން އަހަރެން އައި.ސީ.ޔޫ ދޮރު ހުޅުވާލައިފައި ވަނީ އެހެން ކަމަކަށް ސަމާލުކަމެއްނެތް ހާލުގައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވެފައި އަހަރެންނަށް ހުރި ފިޔަވަޅު މަތީ ހުރެވުނެވެ. ސަހީމްގެ އަތަށް އައި.ވީ ގުޅާލެވިފައި ވާއިރު އެހެން މެޝިންތަކެއްވެސް ގުޅާލެވިފައިވެއެވެ. ލޯ މެރިފާ ވީއިރު ހީވީ ފުން ނިންޖަކުން ނިދާލާފައި ވާހެންނެވެ.

އަހަރެންނަށް ހޭ ވެރިކަންވީ ނަރުސްކުއްޖެއް އަހަރެންނާ ވާހަކަ ދެއްކުމުންނެވެ. ” ސޮރީ…އެކަމަކު މިތާ ޕޭޝަންޓް އާއި އެއްކޮށް މަޑު ކުރެވޭނީ އެންމެ މީހަކަށް…” ސަހީމް ކައިރި އޭނަ ދައްތަ ހުރުމުން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތްކަން އަހަންނަށް ވިސްނުމުން އަހަރެން އެތަނުން ނުކުތީމެވެ.

ސަހީމްއާއި ބައްދަލު ނުކޮށް ގެއަށްދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އަހަރެން ބޭރުގަ ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެލީމެވެ. އަހަރެންގެ އިންތިޒާރަށް ނިމުމެއް އައީ ސަހީމް ދައްތަ ނުކުމެ ޑޮކްޓަރަކަށް ގޮވާލުމުންނެވެ. އެ މޫނުމަތިން ފާޅުވާން ހުރި ހިނިތުންވުމުން ސަހީމް ހޭއެރީކަން އަހަރެންނަށް ނަގައިގަނެވުނެވެ.

އަހަރެންނަށް ސަހީމް ދައްތަ އާއި ދިމާލަށް ދެވުނީ ބޭއިޙްތިޔާރުގައެވެ. “އަޅުގަނޑު ބޭނުން ސަހީމް އާއި ބައްދަލު ކޮށްލަން…” ވަރަށް ހިތްވަރު ކޮށްފައި އަހަރެން އެދުނީމެވެ. ހިތްހެޔޮ ހިނިތުންވުމަކާއި އެކު އޭނަ އަހަރެން ވަންނަން ތަން ދެއްކިއެވެ. އަހަރެން އަވަސްވެގަތީ ސަހީމް ކައިރިއަށް ދެވޭތޯއެވެ.

ކުޑަ ދޮރާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތް ސަހީމް ފެނި އަހަރެންގެ ހިތް އަވަސްވެގަތެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ސަހީމް ކައިރިއަށް ހުއްޓުނީމެވެ. އޭނާ އަހަރެންނަށް ބަލައިލީ ސުވާލު އުފެދިފައިވާ ނަޒަރަކުންނެވެ. “އަމްމް….ހާޝިދު ބުނީ ސަހީމް މިތާ އޮތް ވާހަކަ އެހެންވެ އައިސްލީ..” ސަހީމް އެއްޗެކޭ ހިތަށް އެރުވުމުގެ ކުރިން އަހަރެން ބުނެލީމެވެ.

ސަހީމާއި އަހަރެންގެ ރަޙުމަތްތެރިކަން ފެށިގެން ދިޔައީ އެދުވަހުން ފެށިގެންނެވެ. ސަހީމް ހޮސްޕިޓަލުން ދޫކުރަންދެން އަހަރެން އެތަނަށް ދިޔުން ޢާންމުވިއެވެ. އެކި އެކި ބަހަނާތަކުގައެވެ. ސަހިމް ހޮސްޕިޓަލުން ދޫކޮށްލުމުން ދެދުވަހަކަށް ފަހު ކޮލެޖަށް ނުކުންނަން ފެށިއެވެ. އަހަރެމެންގެ ހުރި ގާތްކަން ކްލާސް އެންމެނަށް ވެސް ފާހަނގަ ކުރެވުނެވެ. މިކަމުން ހާޝިދަށް އުނދަގޫވާހެން ވެސް އަހަރެންނަށް ހީވާ ފަހަރު މަދެއްނޫނެވެ.އަދި ބައެއް ފަހަރު ހާޝިދު ވާހަކަ ދައްކާ މިޒާޖުންވެސް އަހަރެންނާ ގަޔާވާހެން ހީވިއެވެ. .ނަމަވެސް ކޮންމެ ފަހަރަކުވެސް ކުށްހީއެއް ކަމަށް ނިންމާލައިގެން ހުންނަނީއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް އާއަހަރުގެ ދުވަސް އައިސް ޖެހެނީއެވެ. އަހަރެމެން ކްލާސް ކުދިން ނިންމީ އާއަހަރު ފާހަނގަ ކުރުމުގެ ގޮތުން ދަތުރެއް ރާވާށެވެ. ދަތުރު ދާން ނިންމީ ބްރިގްޓަން ބީޗަށަވެ. އެއި އަހަރެންނަށް ވަރަށް ކަމުދާ ތަނެއް ކަމުން އަހަރެން ހުރީ ދާން ކެތްމަދުވެފައެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް އަހަރެން ލެޕްޓޮޕް ބަހައްޓާފައި ފާހަނައަށް ވަނީމެވެ.ފަތިސް ނަމާދުކޮށް ނިންމާލުމަށް ފަހު އަހަރެން ބަދިގެއަށް ދިޔާއީ ކޮފީ ތައްޓެއް ބޯލުމުގެ ނިޔަތުގައެވެ. 8 ޖަހާ އިރު ދަތުރު ދާން ބަލާ އަންނާނެ ކަމަށް ބުނެފައޖ އޮތުމުން އަހަރެން ބޭނުންވާ ސާމާނުތައް ދަބަހަކަށް އަޅާލީމެވެ.

އަހަރެން ތިރިއަށް ފޭބީ ބަރުގޮނު އަޅާލި އަޑަށެވެ. މަންމަ އާއި ބައްޕައަށް އަޑު އިވޭ ވަރަށް ދަނީއޭ ބުނެ ވޭނާ ދިމާލަށް ދުއްވައިގަނެވުނު ގޮތެއް ވެސް ނޭނގެއެވެ. އަހަރެން ހުރީ އެހާވެސް ‘އެކްސައިޓް’ ވެފައެވެ. ވޭނަށް އަރާ އެންމެ ފަހަތު ސީޓުގައި އަހަރެން ހަމަޖެހިލީމެވެ. އެއާއިއެކު ސަހީމްވެސް އަހަރެންނާ ޖެހިގެން ހުރި ސީޓުގައި އިށިންނެވެ. އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ.

ދާން ބޭނުންވާ މަންޒިލަށް ދެވުމުން އަހަރެން އެހެން މީހުންނަށްވުރެ ކުރިން ވޭނުން ފޭބީމެވެ. ދޮންވެލިގަނޑުގައި ރާޅު ބީއްސާލި މަންޒަރުން އަހަރެންނަށް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހިތް ފަސޭހަ މަންޒަރަށް ގެއްލިފަ އިންދާ އަހަރެން ސިހުނީ ކަންފަތް ކައިރިން ސަހީމްގެ އަޑު އިވުމުންނެވެ. އަހަރެން އެނބުރި ބަލައިލި ތަނުން އަހަރެންގެ މޫނު ޖެހުނީ ސަހީމްގެ ތަނަވަސް މޭމަތީގައެވެ.

އެހިނދު އޭނަގަޔަށް ޖަހާފަ ހުރި އަރްމާނީ ބޮޑީ ސްޕްރޭގެ ވަހުން އަހަރެންގެ ހިތަށް ގޮތެއް ވެގެން ދިޔަކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެންނަށް ބޭއިޙްތިޔާރުގައި ލޯމެރުނެވެ. އެވަގުތުކޮޅު އަބަދަށް ދެމިގެންދާން ހިތާހިތުން ދުޢާ ކުރެވުނެވެ. އަހަރެންނަށް ހޭވެރިކަން ވީ ސަހީމް ބުނެލި އެއްޗަކުންނެވެ. “އަހަރެން ގައިން ހަމަ އެހާ މީރުވަސް ދުވާތަ އެބަ؟؟ ގައިމު ފެންވެސް ނުވަރާ މިއައީ…” އަހަރެން ލަދުން މަރުނުވީ ކިރިޔާއެވެ. އެވަގުތު ސަމީރާ އެތަނަށް އައުން އެއީ އަހަރެންގެ ނަސީބު ކަމުގައި އަހަރެން ދެކުނީމެވެ.

އަހަރެމެން ހުންނަން ހަމަ ޖެހުނީ އެތާ ކައިރި އޮތް ލޮޖެއްގައެވެ. ސާމާނުތައް ބަހައްޓާއި އެންމެން އަވަސްވެގަތީ މެންދުރު ނަމާދު ކުރުމަށެވެ. ނަމާދުން އަވަދިވެގެން އަހަރެން އަނެއްކާވެސް ނުކުމެލީ ބޭރަށެވެ.އަތިރި މަތީ ރާޅުޖަހާ ހިސާބުގައި ހުރި ސަމީހް ފެނި އަހަރެން މެއަށް ފިނިވިއެވެ. ކަކުލާ ހަމައަށް އަރާ ސޯޓަކާއެއްކޮށް އަތްދިގު ޓީޝާޓެއް ލައިން ހުރިއިރު ނުހަނު ގުޅެއެވެ. ދެ ޖީބަށް އަތް ޖަހާލައިން ހުރިއިރު ބަލާ ފޫހިނުވާ މަންޒަރެކެވެ.

އަހަރެން ސަހީމާއި ދިމާލަށް ދިޔައީ އޭނައާއި ވާހަކަ ދައްކާލަން ބޭނުން ވެފއި ހުރިވަރުންނެވެ. “ކީއްވެ އެކަނި މިތާ ތިހުރީ..” އަހަރެން ވާހަކަ ފެށީ ދުުރުންނެވެ. “މިހުރީ ނަމާ އަންނަން ދެން…” އެއްމިޔަކަނުން ހީލަމުން ސަހީމް ބުނެލިއެވެ.އަހަރެން ހުއްޓުނީ އެހެން މީހަކު އަހަރެންނާ މުޙާތަބު ނުކުރާ ނަމަކުން ސަހީމް ވާހަކަ ދެއްކީމައެވެ. އެ ހިނިތުންވުން ފެނި އަހަރެން ހަތަރެސްފައި ގަނޑުވި ކަހަލައެވެ.

އަހަރެންނަށް ހުރެވުނީ ސަހީމާއި ދިމާލަށް ބަލާށެވެ. އަހާލަން ބޭނުން ވިއެވެ. “ސަހީމް އަހަރެންނާ ތިހާ ގާތްކަމެއް ބަހައްޓަނީ ކީއްވެ؟؟އަހަރެން މީ ސަހީމްއަށް ހާއްސަ މީހެއް ތަ؟؟؟އަހަރެންނަށް މިކުރެވޭ ކަހަލަ އާދަޔާޙިލާފު އިހުސާސުތައް ކުރެވޭ ތަ؟؟؟” ނަމަވެސް އެ ލަފްޒުތައްވީ އަހަރެންގެ ހިތުތެރޭ ރައްކާކުރެވިފައެވެ. ދުލުން ބޭރު ކުރާނެ ހިތްވަރު ނެތިފައެވެ. “ދެން ތިހާ ވަރަށް ނުބެލިޔަސް އިނގޭ އަހަރެން މީ ރީތި މީހެއްކަން…” ލާނެތް ކަމާއެކު ސަހީމް ބުނެލިއެވެ. އަހަރެން ލަދުގަތް ނަމަވެސް އެކަން ނުދައްކަން ވެގެން ސަހީމްގެ ކޮނޑުގައި ބޮނޑިއެއް އަޅުވާލީމެވެ.

“ސަހީމް އަހަރެން ވާހަކައެއް އަހާލަންތަ؟؟” އަހަރެން ވެލިގަނޑުމަތީ އިށީނަމުން އަހާލީމެވެ. ސަހީމްވެސް އަހަރެން ގާތުގައި އިށީނަމުން ބޯޖަހާލިއެވެ. “ސަަހީމް ލޯބިވާ ކުއްޖެއް ހުރޭތަ؟؟” ސަހީމްގެ މޫނަށް އަރާފައިބަމުންދާ ކުލަތައް ބަލަން ހުރެ އަހަރެން އަހާލީމެވެ. “ހްމްމް….ވަރަށް ލޯބިވާ ކުއްޖެއް ހުރޭ..އެކަމް އަހަރެން ފިނޑިކަމުން ބުނަން ނުކެރެނީ…ހިތަށް އަރަނީ އެ އަންހެން ކުއްޖާ އަހަރެން ދެކެ ލޯތްބެއް ނުވާނޭ…އެހެންވެ ބިރުގަންނަނީ ބުނަން…” ސަހީމް މޫނު މަތިން އަހަރެންނަށް ފެނުނީ ސީރިއަސްކަމެވެ.

“ލޯބި ވަނީ ކިހިނެއް؟؟” މިފަހަރު އަހަރެން ކުރި ސުވާލުން ސަހީމް ފެށީ ހޭށެވެ. އަހަރެންނަށް ވާނުވާ ނޭނގި ބަލަން ހުރެވުނީއެވެ.”ނަމާ ދައްކާ ވާހަކަ ދޯ…ލޯބި އެއީ ވާ އެއްޗެއް ނޫން..ވެވޭ އެއްޗެއް…ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށްވެސް އެންމެ ފަގީރު ނިކަމެތި މީހާދެކެ ލޯބި ވެވިދާނެ…ލޯތްބަކީ އަހަރެމެން ބާރުގެ ދަށުގަ އޮންނަ އެއްޗެއް ނޫން…” ސަހީމްގެ ޖަވާބުން އަހަރެން ވިސަނާލީމެވެ. އަހަންނަށް ސަހީމް ދެކެ ލޯބިވެވުނީ ބާއޭ އަނެއްކާވެސް އަހަރެން ހިތަށް އެރިއެވެ.

–ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަނަރަވަނަބައި)

Next

ޞަފަރު (3 ވަނަ ބައި)

Next
June 24, 2017

ޞަފަރު (3 ވަނަ ބައި)

Previews
June 23, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަނަރަވަނަބައި)

17 Comments!

  1. Ssss? says:
    June 24, 2017 at 5:51 am

    Me first… Adhi nukiyan mi part… Ekamu comment kohlaahithun mi kurii…hehehe?

    1. kiaara says:
      June 24, 2017 at 8:53 am

      Heheh…ssss first… 🙂

  2. Athoo says:
    June 24, 2017 at 6:33 am

    V kuru dhw alhe digu koh genes dheeba plx

    1. kiaara says:
      June 24, 2017 at 8:52 am

      Owk… 🙂

  3. sam♥ says:
    June 24, 2017 at 7:59 am

    stry vvv reeethii … ekm next part dhigukohla dheh chey … thankxx stry up kohlaa dhiny maaa ……♥♥♥waiting next part…

    1. kiaara says:
      June 24, 2017 at 8:48 am

      Thank you…
      🙂

    2. kiaara says:
      June 24, 2017 at 8:51 am

      Guyx m really sorry for the late and short upload…i have my reasons….i hope you guyxx would understand… 🙂

  4. sem says:
    June 24, 2017 at 9:10 am

    I understand kia. Story v reethi

    1. kiaara says:
      June 24, 2017 at 2:00 pm

      Thank you.. 🙂

  5. nonns says:
    June 24, 2017 at 10:08 am

    Wow. Varah rrrthi mi part. Kuras dhigas kiyaalan libuneethy ufaa kuran. Keep it up kiaa dear. When next ep? 😀

    1. kiaara says:
      June 24, 2017 at 2:17 pm

      Thank you nonn…sunday ga up kohla dheveythw mi balany…. 🙂

  6. Reader says:
    June 24, 2017 at 12:52 pm

    Eid vileyrey 00:00 dhigu parteh pls

    1. kiaara says:
      June 24, 2017 at 1:59 pm

      I will try my best reader… 🙂

  7. ..Adha? says:
    June 24, 2017 at 2:22 pm

    Varah reethi mi part ves.. and thank u up kohleema.. ?waiting for next part.. ❣?

    1. kiaara says:
      June 24, 2017 at 3:25 pm

      Thank yuh adha dear… 🙂

  8. Khadheeja says:
    June 24, 2017 at 4:55 pm

    V salhi ??

    1. kiaara says:
      June 24, 2017 at 6:09 pm

      Thank you …?

Comments are closed.

Next Episodeއައިރީން…(6)←


All Right Reserved!