Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……04

Noor💙 Level 710 Stories100 Comments100 Login500 Comments
June 25, 2017 10 Mins Read
53 Comments

އެބެލުމުގައި އެވާ ލޯބިކަމަކުން ޔޫލް އެހާ ލޯބިން ފަލަކުއަށް ބަލައިލާ ކޮންމެ ފަހަރަކު އެ ހިތުގައިވި ލޯބި އެތަށް ގުނައަކަށް އިތުރު ވެގެން ދެއެވެ.

****************

ކުޑަކޮށް ޖެހިލުން ވެފައި ހުރެފައިވެސް ފަލަކު ގޮސް ޔޫލްގެ ފަހަތަށް އަރައި ހަމަޖެހިލިއެވެ.ނަމަވެސް ޔޫލްގެ ގައިގައި ނުޖެހި އިނދެވޭތޯވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔައެވެ.އެކަން ޚުދު ޔޫލްއަށްވެސް އިޙްސާސް ކުރެވެމުން ދިޔައީތީ އޭނާވެސް ސައިކަލް ދުއްވަމުން ދިޔައީ ވަރަަށް ބަލައިގެންނެވެ.އަދި ފަލަކު ގޮވައިގެން ހުޅުމާލޭގެ ރީތި މަގުތަކުގައި ދުއްވާލަން ކިތަންމެ ބޭނުން ވެފައި އިން ކަމުގައި ވިޔަސް ޚިޔާލު ބަދަލު ކޮށްލަން މަޖުބޫރުވީ ފަލަކުގެ ހަރަކާތް ތަކުން އޭނާ ޖެހިލުން ވެފައި ހުރިވަރު ހާމަ ވަމުން ދިޔައީތީއެވެ.ޔޫލް ފަހަރެއް ގައިވެސް ފަލަކުގެ ހިތް ނުތަނަވަސް ކަމެއްގެ ތެރެއަށް ދޫކޮށްލާ އަމިއްލަ އުފަލާއި ހިތް ހަމަޖެހުން އިސްކުރާކަށް ބޭނުމެއްނޫނެވެ.

ސައިކަލް ޕާކު ކޮށްލުމަށްފަހު ދެމީހުން ގޮސް ސެންޓްރަލް ޕާކުގައި ހުރި ގޮނޑި އެއްގައި އިށީނެވެ.ދެމީހުންނަށްވެސް ކުރެވެމުން ދިޔައީ އުފާވެރި އިޙްސާސެކެވެ.ފަލަކު ލިބިދާނެ ކަމަށް އުއްމީދު ކަނޑާލައިގެން ހުރި ޔޫލްއަށް އޭނާގެ ލޯބި ޙާސިލް ވުމުން އެހިތް އުފަލުން ފުރިފައި ވާއިރު ފަލަކުގެ ޙަޔާތްވެސް ވަނީ ފުރަތަމަ ނަޒަރުން ހިތްދެވުނު އެ ރީތި ޒުވާނާގެ ލޯބިން އުޖާލާ ވެފައެވެ.ދެމީހުން އެ ހިތްގައިމު މާޙައުލުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހު ޕާކުން ނިކުންނަން ހިނގައިގަތީ ދިހައެއް ޖަހަން ކައިރި ވެފައިހުއްޓައެވެ.

************

ޔޫލް ސައިކަލް ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ސައިކަލުން ފޭބުމަށްފަހު ފަލަކު އެތެރެއަށް ވަންނަން ހިނގައި ގަތްތަނާ ޔޫލްގެ އަޑު އިވުނެވެ.”ވިލް ޓެކްސްޓް އިނގޭ”.ފަލަކުވެސް އެނބުރި ޔޫލްއަށް ބަލައިލަމުން ބޯޖަހާލީ އާނއެކޭ ބުނާފަދަ ގޮތަކަށެވެ.

ފަލަކު ފާޚާނައަށް ވަދެ ފެންވަރާލައިގެން ނިދާހެދުން ލައިގެން ނިކުމެ އެނދުގައި އޮށޯވެ ހަމަޖެހި ލުމަށްފަހު ފޯނުބަލައިލި އިރު ނުދަންނަ ނަމްބަރަކުން ދެ މެސެޖް އައިސްފައި އިނެވެ.ހަމަ އެވަގުތުވީ ޝައިބާވެސް ޑިއުޓީ ނިންމާލާފައި އައިސް ކޮޓަރިއަަށް ވަތް ވަގުތަށެވެ.”ފަލްކީ މި ވީކެންޑްގަ އުޅޭ މަޖާކޮށްލަން ވިލިނގިއްޔަށް ދާން…ފިރިހެން ގުރޫޕު އެބަ ޕްލޭންކުރޭ ދަތުރެއް…ބައިވެރިވާން ވާނެއްނު”.އަތުގައި އޮތް ހޭންޑް ބޭގް އެނދުމައްޗަށް އެއްލާލާފައި ތުވާލި ހިފައިގެން ފާޚާނައަށް ވަންނަމުން ޝައިބާ ވާހަކަ ދެއްކިއެވެ.ފަލަކުވެސް ދާން އެއްބަސް ވަމުން ފޯނަށް އައިސް އިން މެސެޖު ކިޔާލުމަށް އަވަސްވެގަތެވެ.

“ލަވް…ތޭންކްސް ފޯ ބީން މައި ޕްރިންސެސް…””ވިލް ނެވާ ލެޓް ޔޫ ގޯ”.މެސެޖުތައް ކިޔާލުމަށްފަހު ފަލަކުގެ މޫނު މައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައީ އެއީ ޔޫލްގެ މެސެޖެއްކަން ޔަޤީން ވުމުންނެވެ.އަދި އަވަސް ކޮށްލާފައި އީވެން އައި ފީލް އައިއޭމް ދަ ލަކިއެސްޓް އޭ ކިޔާ ރިޕްލައި ކޮށްލިއެވެ.

ފަލަކުގެ ރިޕްލައި އަކަށް އިންތިޒާރު ކުރަމުންދިޔަ ޔޫލްގެ ފޯނަށް މެސެޖެއް އައުމުން އަވަހަށް މެސެޖް ކިޔާލީ ކެތްތެރި ކަމެއް ނެތިއެވެ.ފަލަކުގެ މެސެޖު ފެނިފައި ޔޫލްގެ ހިތް ދިޔައީ ފުރިގެންނެވެ.އޭނާ އަށް ޙަޤީގަތުގައިވެސް އެ ރީތި ހޫރެއްފަދަ ލޯބިކުއްޖާ ޙާސިލްވީކަން ޤަބޫލު ކުރަން އުނދަގޫ ވަނީއެވެ.ހަމައެކަނި މެސެޖު ކޮށްލައިގެން ވެސް އޭނާއަށް ކެތްވަނީކީ ނޫނެވެ.ނަމަވެސް ފަލަކުއާއި ޝައިބާ އެއްރޫމެއް ޝެއަރ ކުރާތީ ގުޅައިގެން އަދި ވާހަކަ ނުދެއްކޭނެ ކަމަށް ފަލަކު ބުނެފައިވާތީ މެސެޖު ކޮށްލައިގެން ހިތްހަމަ ޖައްސާލުން ނޫން ގޮތެއް ނެތެވެ.ދެމީހުން މެސެޖުން ލޯބީގެ މާތައް ފޮޅުވަމުން ދިޔައެވެ.ނަމަވެސް ޝައިބާ ފާޚާނައިން ނިކުތުމުން ފަލަކު ސީޔޫ ޓުމޯރޯ، ގުޑްނައިޓް ޖަހާލުމަށްފަހު މެސެޖު ކޮށްލާފައި ޔޫލްގެ ރިޕްލައިއަށް ބަލައި ލުމެއްވެސް ނެތި ފޯނު ބާލީސް ދަށަށް ލިއެވެ.

ފާޚާނައިން ނިކުމެގެން އައި ޝައިބާ އެނދުގައި އޮށޯތުމަށްފަހު ފަލަކުއަށް ކުރިމަތިލަމުން ވާހަކަ ދެއްކިއެވެ.”މިރޭ ވެޑިން ވަރަށް ސަޅިތަ؟ޕެން ޑްރައިވް ބަލާ ގެއަށް އައި އިރު ފަލްކީ ނެތީމަ މަންމަ ގާތު އެހީމަ ބުނި އަރޫއާ ދެމީހުން ވީ ހުޅުމާލެއަށް ޕާޓީއަކަށް ގޮސްފަޔޯ”އާނ ވަރަށް ސަޅިއޭ ކިޔައި ދޮގުހަދާލި އިރު ފަލަކުގެ މޫނުމަތިން ދާ ތިކިތައް ފައުޅުވެގެން ދިޔައެވެ.ހަޤީގަތުގައި ޝައިބާއަށް އޮޅުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ.ނަމަވެސް އޭނާ އެހުރީ އެވާހަކަަ ދައްކަން ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.އެހެން ނޫނަސް އޭނާއަށް އަދި ވަގުތު ބޭނުން ވެއެވެ.ހުރިހާ ކަމެއްވެސް ވެގެން އެދިޔައީ އޭނާއަށް ވިސްނާލާނެ މާބޮޑު ފުރުސަތެއް ނުލިބިއެވެ.ލޯތްބަކީވެސް ހާދަ ފާޑެއްގެ އެއްޗެކެވެ.އޭނާ ބޭނުންވީ ދިރުއުޅުމުގެ އެ ބޮޑު ނިންމުން ނިންމުމުގެ ކުރިން ރަނގަޅަށް ވަގުތު ނަގާށެވެ.ނަމަވެސް އަނެއްކޮޅުން އެމީހަކަށްޓަކައި އެހިތުގައި ވިންދު ޖަހަމުން އެދާ އޭނާގެ ހިތުގެ ވެރިޔާ އެލޯބިން ގަނަތެޅޭތަން ބަލަން އޭނާގެ ހިތަށް ކެތް ނުވީއެވެ.ދެކުދިން އެގޮތުގައި އަނގަތަޅަން ތިބެ ނިދިއިރު ހުރީ ބާރަގަޑި ބައިވެސްފައެވެ.ފަލަކުއަށްވެސް ނިދުނީ ބާލީސް ދަށަށްލީ ފޯނު ބަލައިލަންވެސް ހަނދާން ނުވެ އޮއްވައެވެ.އަނެއްކޮޅުން ފަލަކުގެ ރިޕްލައި އަކަށް ކެތްމަދު ވެފައިއޮތް ޔޫލްވެސް ވަނީ ލޮލަށް ނިދި ސަވާރުވެ ހުވަފެނީ ދުނިޔެއެއްގައެވެ.

ފޯނުގެ އެލާމްއަޑަށް ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލުމަށް ފަހު ފޯނުން ގަޑިބަލައިލި ތަނާ ޔޫލް ފޮނުވާފައި އިން މެސެޖު ފެނުމުން ފުންމައިގެން ތެދުވެ ދެފައި ވަށްކޮށްލުމަށްފަހު މެސެޖު ކިޔައިލިއެވެ.”ތީ އެންމެ ފުރަތަމަ ނަޒަރުންވެސް މިހިތާ ކުޅެލި އަންހެން ކުއްޖާ..ލޯބިވާވަރު ބުނެދޭންވެސް ދަތިވާ ވަރަށް ލޯބިވޭ..ތީ މިޙަޔާތަށް އައި ހަމައެކަނި ލޯބި..ތިޔަ ނޫން ލޯތްބަކަށް މިހިތަކުން ދުވަހަކުވެސް ޖާގައެއް ނުދެވޭނެ..ޑޫ ޔޫ ފީލް ދަ ސޭމް ފޯ މީ؟؟؟”

މެސެޖު ކިޔާލުމުން ފަލަކުގެ ހިތަށް ލިބުނު ހިތްހަމަ ޖެހުން ބުނެދޭންވެސް ދައްޗެވެ.އޭނާ ބޭނުންވީ ޔޫލްގެ ކުރިމައްޗަށް ގޮސް އެސުވާލަށް ޖަވާބު ދޭށެވެ.އެހެންވެ ތެދުވެގެން ގޮސް ފާޚާނައަށް ވަނީ ޑިއުޓީއަށް ދިޔުމަށް ފެންވަރާލުމަށެވެ.

**************

ކޮންސަލްޓޭޝަން ރޫމްގައި ޕޭޝަންޓުން ބަލަމުންދިޔަ ޔޫލްގެ ހިތް ވަނީ ނުރުހިފައެވެ.ފަލަކު ހެނދުނު ނަމަވެސް މެސެޖު ކިޔާފައި ރިޕްލައި ނުކުރުމުންނެވެ.އެހެންވެ އޭނާ މިއަދު ޑިއުޓީއަށް އައީވެސް ތަންކޮޅެއް އަވަހަށް ކަމުން ފަލަކު އަށްވެސް އަދި ޔޫލްއެއް ނުފެންނާނެ އެވެ.ފަލަކުވެސް ހަމަ ގަސްތުގައި ޔޫލް ނުފެނުމުންވެސް ގުޅައިވެސް ނުލާ އޭނާވެސް ގޮސް ރޫމަށްވަނީ ބްރޭކް ގަޑީގައި ޔޫލްއާއި ދިމާކުރާށެވެ.ޔޫލް އޭނާ ފެންނަ ހިސާބަށްވެސް އެ ނައީ ހިތްހަމަ ނުޖެހިފައި ހުރީމަކަން ފަލަކުއަށް ހަމަ ރަނގަޅަށްވެެސް އެނގެއެވެ.

***********

ޝިނާނުއާއި ވާހަކަ ދައްކަމުން އައިސް ކެންޓީނަށް ވަތްއިރު ފަލަކުއާއި އަރޫޝާ މޭޒެއްގެ ކައިރީ ތިބިތަން ފެނުމުން ޔޫލް އެދިމާ ބަލާލާފަވެސް ފޯނެއް އައިކަމަށް ހަދާލާފައި ޝިނާނުގެ ކޮނޑުގައި ޖަހާލުމަށްފަހު ބޭރަށް ދާން ހިނގައިގަތެވެ.ހަމަ އެވަގުތު ފަލަކުގެ ފޯނަށްވެސް މެސެޖެއް އައުމުން ބަލައިލިއިރު މެސެޖު ކުރީ ޔޫލްއެވެ.ފަލަކުގެ އިންތިޒާރުގައި ހޮސްޕިޓަލް ދޮރުމަތީގައި ހުރި ކަމަށް ބުނެއެވެ.ފަލަކުވެސް އަރޫޝާގެ ކަންފަތް ބުޑުގައި ސިއްރުން އެއްޗެކޭ ބުނެލުމަށްފަހު ކެންޓީނުން ނިމުތުމަށް ހިނގައިގަތެވެ.އަރޫޝާ ލާނެތް ގޮތަކަށް ހީލަމުން އޯކޭ އޭ ބުނެލީ އެދެމީހުންގެ ގުޅުން އޭނާއަށް ސިއްރުވެފައި ނުވާތީއެވެ.

****************

ސިޓިން ރޫމް ސޯފާގައި އޮށޯވެލައިގެން އޮތް ޝައިބާ މެސެޖުން ވާހަކަ ދައްކަމުން ދިޔައީ ޒީލް އާއެވެ.އޭނާވަނީ ފަލަކުގެ ލޯބި ކާމިޔާބު ކުރުމަށް ޒީލްއަށް އެހީވާން އެއްބަސް ވެފައެވެ.ފަލަކުގެ ހިތުގައި ޒީލްއަށްޓަކައި އެއްވެސް އިޙްސާސެއް ވޭތޯ ބަލައިލުމެއް ވެސް ނެތިއެވެ.ހުކުރުދުވަހު މެންދުރުފަހު ވިލިނގިއްޔަށް ދަތުރުދާން ރޭވީވެސް ޝައިބާ އިސްވެހުރެ ޒީލްއަށް ފަލަކު އާއި ވާހަކަ ދެއްކުމުގެ ފުރުސަތު ފަހި ކޮށްދިނުމަށެވެ.

**************

ޙަލުވި ހިނގުމެއްގައި ނިކުމެގެން އައި ފަކުއަށް ބޭރުގައި ސައިކަލް މަތީގައި މަޑު ކޮށްލައިގެން އިން ޔޫލް ފެނުމުން ޔޫލްގެ ރީތި ކަމަށް ހިތާއި ހިތުން ތަޢުރީފް ކޮށްލެވުނެވެ.ނަމަވެސް އެދެމީހުންް އެކުގައި ތިއްބާ މީހަކަށް ފެނިދާނެތީ ޖެހިލުން ވެފައިވެސް ހުރީ އިންތިހާއަށެވެ.އެއްވެސް ސުވާލެއްވެސް ކުރުމެއް ނެތި ސައިކަލް ފަހަތަށް އަރައި އަވަހަށް ހަމަޖެހިލީ އެތަނުން އަވަހަށް ދާން ބޭނުންވެފައި ހުރީތީއެވެ.ފަލަކު އެހާ ފަސޭހައިން އައިސް އެއްވެސް ޝަކުވާއެއްނެތި ސައިކަލަށް އެރީތީ ޔޫލްގެ ތުންފަތަށް މަޑު ހިނިތުން ވުމެއް ވެރިވިއެވެ.ޔޫލްވެސް އަވަހަަށް ސައިކަލް ދުއްވާލީ ބްރޭކްގަޑި ހަމަވުމުގެ ކުރިން އަވަހަށް އަންނަން ޖެހޭތީ އާއިވެސް އެކުގައެވެ.

“އައި އޯލްސޯ ފީލް ދަ ސޭމް”.ޔޫލްގެ ކަންފަތް ބުޑުގައި ވަރަށް ލޯބިން ރޭގެ މެސެޖަށް ޖަވާބު ދިނުމަށްފަހު ވަރަށް ލޯބިވެޔޭ ބުނެލިއެވެ.ޔޫލް އިނީ އެބަސްތައް އަޑުއަހާފައި ފަލަކުގެ ގައިގައި ލޯބިން ބައްދާލަން ބޭނުން ވެފައެވެ.ޔޫލްގެ ހިތުގެ ޙާލު ފަލަކުއަށް އިނގޭ ކަހަލައެވެ.ޔޫލްއަށް ޖެއްސުން ކޮށްލުމުގެ ގޮތުން ޔޫލްގެ މޭމަތީގައި އަތް ހިންގާލިއިރު ފަލަކު މޫނުމަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ.ހީވެސް ނުކޮށް އިންދާ ފަލަކުގެ ފަރާތުން އެކަހަލަ ޢަމަލެއް ފެނުމުން ޔޫލްގެ ދެލޯ ހަނި ކޮށްލުމަށްފަހު ކުޑަކޮށް ފަލަކުއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.”ބަދަލު ހިފުން އޮންނާނެ އިނގޭ”.ޔޫލްގެ އެ ތޫނު ބަސްތަކުން ފަލަކުގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް އެނގުން ވެލައިގެން ދިޔައެވެ.ކުއްލިއަކަށް ޔޫލްގެ މޭމަތިން އަތް ދަމައި ގަނެވުނީވެސް އެހެންވެއެވެ.ފަލަކުގެ އެ ހަރަކާތުން ހިފަހައްޓައިގެން އިން ޔޫލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

ފަނަރަ ވަރަކަށް މިނެޓް ދުއްވުމަށްފަހު،ފަލަކު އުއްމީދުކުރި ގޮތާއި ޚިލާފަށް ސައިކަލް ގޮސް މަޑުކޮށްލީ ދެބުރިއަށް ނަގާފައި ހުރި ރީތި ގެއެއްގެ ދޮރުމައްޗަށެވެ.ފަލަކު ހީކުރީ ޔޫލް ފަލަކު ގޮވައިގެން އެދަނީ ރެސްޓޯރެންޓަކަށް ކަމަށެވެ.ފަލަކުއަށް ހައިރާންވެފައި ހުރެ ޔޫލްއަށް ބަލައިލެވުނެވެ.ޔޫލް ސައިކަލް ޕާކުކޮށްލުމަށްފަހު އައިސް ފަލަކުގެ އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް ހިނގައި ގަންނަމުން އެއީ އޭނާގެ ގެ ކަމަށް ބުނުމުން ފަލަކުގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ.”ޑޯންޓް ވޮރީ..މޯމް އެކަނި ގޭގަ އުޅޭނީ..ވަރަށް ފްރޭންޑްލީ ވާނެ.”ފަލަކު ހިތްހަމަ ޖައްސާދެމުން ޔޫލް އަނެއްކާވެސް ފަލަކުގެ އަތުގައި ހިފައިގެން ގޮސް އެތެރެއަށް ވަތް އިރު ޔޫލް ރައްޓެއްސަކު ގޮވައިގެން އަންނަ ވާހަކަ ގުޅާފައި ބުނެފައިވާތީ އެމީހުންގެ އިންތިޒާރުގައި ސީމާ އިނެވެ.

ޔޫލްއާއިއެކު އައިސް ހުރި ރީތިކަން ހުސްކޮށްގެން ހުރި ފަލަކު ފެނުމުން ސީމާއަށްވެސް ހިތާއިހިތުން ﷲގެ ކުޅަދުން ވަންތަކަމަށް ތަޢުރީފު ކޮށްލެވުނެވެ.މަންމަ ފަލަކުއަށް ބަލަހައްޓައިގެން ބަހެއްވެސް ބޭރުކޮށްލަން ނޭނގިފައި ހުރުމުން ޔޫލް ގޮސް ސީމާގެ ފުރަގަހުން އަތް ގެންގޮސް ކޮނޑުގައި ހިފަހައްޓާލަމުން މީ އަހަރެން ލޯބި ލޯބި މޯމް އޭ ބުނެލިއެވެ.ސީމާވެސް ފުޅާ ހިނިތުން ވުމަކާއިއެކު ގޮސް ފަލަކުގެ އަތުގައި ހިފައިލަމުން ނަން އޮޅުން ފިލުވާލުމަށްފަހު ދެކުދިން ގޮވައިގެންގޮސް ކާ ކޮޓަރިއަށް ވަނެވެ.

ކައި ނިމިގެން އޮފީހަށް ދިޔުމަށް ޔޫލްގެ ސައިކަލް ފަހަތަށް ފަލަކު އަރައި ހަމަޖެހިލުމުން ޔޫލް ސައިކަލް ދުއްވާލިއެވެ.ސައިކަލް ގޮސް އޮބާލަންދެން ބެލްކަނީގައި އެމީހުންނަށް ބަލަހައްޓައިގެން ހުރި ސީމާގެ ހިތް އުއްމީދުން ފުރިފައި ވާއިރު މޫނުމަތިން އުފާވެރިކަން ފައުޅު ވޭވޭ ހުއްޓެވެ.ވާނީވެސް އެހެންތާއެވެ.އެވީ ކުޑަކުޑައިރުކޮޅުގެ ތެރެއިންވެސް ލޯބިވާ ދަރިފުޅު ފަލަކުއަށް ސިއްރު ސިއްރުން ބަލަމުންދިޔަ ލޯބިން ފުރިގެންވި ބެލުންތައް އޭނާއަށްވަނީ ފެނިފައެވެ.އަނެއް ކޮޅުން ފަލަކު ކަހަލަ މަޑުމައިތިރި ރިވެތި އަޚްލާޤެއްގެ އަދި އެހާމެ ރީތި ދޮންދޮން ޖަންބެއްފަދަ ކުއްޖެއް އެމީހެއްގެ ދަރިފުޅުގެ ނަސީބުގައި ވުމަށް ނޭދޭނެ މަޔަކު ވާނެ ހެއްޔެވެ؟

***************

ޑިއުޓީ ނިމިގެން ގެއަށްދާން ނިކުތްއިރު ޝިނާންމެން ދައްކަމުން ދިޔައީ މާދަމާ މެންދުރުފަހު ވިލިނގިއްޔަށްދާ ވާހަކައެވެ.އަދި ބޭނުންނަމަ އެމީހެއްގެ ޕާރޓްނަރވެސް ބައިވެރިކުރެވޭ ގޮތަށް ނިންމާފައިވާތީ އަރޫޝާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.އޭނާއަށް އެޑަމްއާްއިއެކު މަޖާ ކޮށްލެވޭނެ ތީއެވެ.މިއީ ފަލަކު އާއި އެއްކޮށް މަޖާކޮށްލަން ލިބޭ ފުރަތަމަ ފުރުސަތަށްވާތީ ޔޫލްވެސް ހުރީ ދަތުރާއި ވަރަށް ގަޔާވެފައެވެ.

ދަތުރުގައި ޔޫލްއާއި ރަނގަޅަށް ވާހަކަ ދައްކަން ފުރުސަތު ލިބޭނެކަމުގެ ފޮނި އުއްމީދުގައި ޝައިބާވެސް އަލަމާރި ހާވަމުން ދިޔައީ މާދަމާ ދަތުރުދާން ލާނެ ހެދުމެއް ހޯދުމަށެވެ.އަފީފާ އައިސް ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމައްޗަށް އަޅާލާފައި ހުރި ހެދުންތައް ފެނުމުން މިއީ ކޮން ކަމެއްތޯ ސުވާލު ކޮށްލިއެވެ.ޝައިބާވެސް ވަރަށް ޅަވެލާފައި މާދަމާ ދަތުރުދާން ލާނެ ހެދުމެއް ނޭނގުނޭ ކިޔައި ޝަކުވާ ކޮށްލިއެވެ.ކުޑަ ކުއްޖެއްހެން މޫނުމައްޗަށް ޖައްސާލި ވައްތަރުން އަފީފާގެ މޫނު މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.އަދި މަންމަގެ ދަރިފުޅަށް ލާނެ ހެދުމެއް ނޭނގިގެން ތިވަރުވާނީ ކޮންމެވެސް ޚާއްސަކަމެއް ދަތުރުގައި އޮތީމަކަން ގައިމޭ ކިޔައި ޝައިބާ އާއި ގާތް ރަޙުމަތްތެރިއަކު ފަދައިން ދިމާ ކޮށްލިއެވެ.އެވަގުތު ދެން މަންމަވެސް ދައްކާ ވާހަކައޭ ކިޔައި ޝައިބާ ލަދުން ވާހަކަ ބަދަލު ކޮށްލިއެވެ.ނަމަވެސް ލޯބިވާ ދަރިފުގެ އުޅުމަށް ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުންވެސް އެދަރިފުޅަށް ކޮންމެވެސް މީހަކު ދެެކެ ލޯބި ވެވިއްޖެކަން އަފީފާއަށް ވަނީ ކުޑަ ގޮތަކަށް ފަހުމް ވެފައެވެ.

***********

ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައި ސީމާ ފެނިފައި ފުޓްބޯޅަ މެޗެއް ބަަލައިލަން އޮތް ޔޫލް ތެދުވެ ބިއްދަށަށް ޖެހިލަމުން މަންމައަށް އިށީންނަން ތަން ދައްކަމުން ރިމޯޓް ނަގައި ޓީވީގެ އަޑު މަޑުކޮށްލިއެވެ.ސީމާ އެނދުގެ މިޔަދަށުގައި އޮތް ކަންނެޔޮ ނަގައި ބިއްދަށަށް ލަމުން ވާހަކަ ދެއްކިއެވެ.”އެއީވެސް ޑޮކްޓަރެއްތަ؟ވަރަށް މަޑުމައިތިރި އަޚްލާޤު ރަނގަޅު ކުއްޖެއްހެން ހީވަނީ..”ނަން ނުބުނި ކަމުގައި ވިޔަސް މަންމަ އެ ދައްކަނީ ފަލަކުގެ ވާހަކަ ކަން ޔޫލް އަށް އިނގުނެވެ.އަދި ޔޫލްގެ ހިތަށް ބުނެދޭންވެސް ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނީ މަންމަ އިސްވެ އައިސް ފަލަކު ވާހަކަ އެގޮތަށް ދައްކާނީ މަންމައަށް ފަލަކު ވަރަށް ކަމުދިޔައީމަ ކަން އެނގޭތީއެވެ.އޭނާގެ ހިތް އުފަލުން ފުރުނުވަރު ފޮރުވަމުން އާނ އެކޭ ބުނެލީ ވަރަށް ނޫންކަަމަށް ހަދާލާފައެވެ.އަނެއްކޮޅުން ސީމާ ފަލަކުގެ ވާހަކަ ދެއްކުމުން ޔޫލްގެ މޫނުމައްޗަށް ވެގެން އެދިޔަ ގޮތް ފެނުމުން ސީމާވެސް ހިނިގަނޑު ހިފަހައްޓާލައިގެން އިނީ ދަރިފުޅު އިސްވެ އެވާހަކަ ދައްކަންދެން އޭނާއަށް އެއިގެން ކަމެއް ރެއަކާވެސް ލީކަން އަންގާ ދަރިފުޅު ލަދު ގަންނަވަން ބޭނުން ނުވާތީއެވެ.

***************

“އަޅެ އަހަރެމެން ލަސްވެގެން މިހާރު ޝިނާނުވެސް ގުޅައިފި…އެންމެން އެތިބީ މިހާރު ލޯންޗަށް އަރާފަޔޯ…”ހާސްވެފައި ޝައިބާ ވާހަކަ ދެއްކިއެވެ.ހުކުރު ދުވަހުގެ މެންދުރުފަސް ކަމުން މަޖީދީމަގުގެ ޓްރެފިކް މާ ބާރުބޮޑުހެން ހީވެއެވެ.ޝައިބާއާއި ފަލަކު އިނީ ޓެކްސީގައެވެ.ލޯންޗަށް އަރަން ބުނި ގަޑި ފަހަނަ އަޅައި ދިހަމިނެޓް ހިނގީއެވެ.ޓެކްސީއަށް އެރި ފަހުންވެސް ފަލަކުގެ ފޯނަށް ޔޫލް ހަތަރު ފަހަރު ގުޅައިފިއެވެ.ނަމަވެސް ކޮންމެ ފަހަރަކުވެސް ޝައިބާއަށް ޝައްކު ވެދާނެތީ ބިޒީ ކޮށްލަނީއެވެ.

ޓެކްސީއިން ފައިބައިގެންގޮސް ކުރިމަތީގައި އޮތް ލޯންޗުތަކަށް ބަލަނިކޮށް އެތަނުން ލޯންޗަކުން ޔޫލް ހަނައަޅަާލިތަން ފެނުމުން ފަލަކުއާއި ޝައިބާ އެދިމާލަށް ދިޔައެވެ.އެމީހުން ލޯންޗަށް އަރަން ދިޔުމުން ޔޫލް ފަލަކުއަށް އަތް ދިއްކޮށްލިއެވެ.

ޔޫލް ދިއްކޮށްލި އަތުގައި ޝައިބާ ހިފައިލީ ނުހަނު އުފަލުންނެވެ.ފަލަކުއަށް ހުރެވުނީ ޔޫލްގެ އަތުގައި ހިފުމަށް ނެގިއަތް ލިބުނު ހައިރާން ކަމުގައި ތިރި ކޮށްލަންވެސް ނޭނގިފައެވެ.ޒީލް ބަލާކަށް ނުހުރެ އައިސް ފަލަކުގެ މަޑުމަޑު އަތްތިލައިގައި ހިފައި ލޯންޗަށް އެރުވިއެވެ.ފަލަކުއަށް ހަމަހޭވެރިކަން ވުމުން ބޭއިޚްތިޔާރުގައި ޔޫލްއަށް ބަލައިލެވުނެވެ.އޭރު ޝައިބާވެސް ޔޫލްއަށް ތޭންކްސް އޭ ބުނެ ތުއި ވެލާފައި ގޮސް އަރޫޝާ މެންގާތު ފަހަތު ސީޓުގައި އިށީނެވެ.ޔޫލްގެ މޫނުމަތިން ފައުޅުވެގެން ދިޔަ ހިތްހަމަ ނުޖެހުމުން ފަލަކުގެ ހިތްވެސް ނުތަނަވަސް ކޮށްލިއެވެ.

ފަލަކު އިސްދަށަށް ޖަހާލައިގެން ގޮސް ލަހުފާގެ ގާތުގައި އިށީނެވެ.އޭނާއިނީ އިސްއުފުލާ ޔޫލްއަށް ބަލައިލަންވެސް ނުކެރިފައެވެ.ޖަޒުބާތުގައި ޖެހިގެން ޔޫލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް އެނގެއެވެ.ފިޒާން ކައިރީ އިން ޔޫލްގެ ނަޒަރު ފަޅި ސިކުންތަކަށްވެސް ފަލަކުއާއި ވަކިނުވެއެވެ.އެހިތުގައި އުފެދިފައިވާ ހާޖާނުގަނޑުވެސް އެހާބޮޑެވެ.ޒީލްގެ ހަރަކާތް ތަކުން ޔޫލް އިނީ ހަމަ ރަނގަޅަށްވެސް ރުންކުރު ވާގޮތް ވެފައެވެ.އޭނާ އެހާ ލޯބިވާ ކުއްޖަކަށް އެގޮތަށްް އެހެން މީހަކު ކަޅި އަޅާތަން ބަލަން ކެތްވާނެ ހެއްޔެވެ؟

ޝައިބާ އިނީ އުފަލުންގޮސް ފޮޅިފައެވެ.ވާނީވެސް އެހެންތާއެވެ.އެހިތުގެ ރާޖާގެ އަތުގައި ހިފައިލެވުމުން އެހިތަށް ލިބުނު ހަމަ ޖެހުން ބުނެދޭންވެސް ނޭނގެއެވެ.އޭނާ ދެކެމުން އައި ހުވަފެން ތަކުގައި ކުލަޖެހެން އުޅޭކަމުގެ ފޮނި އުއްމީދު ކުރެވެމުން ދިޔައިރު، އަރޫޝާވެސް ޝިނާން ކައިރީ އިން އެޑަމްއަށް ބަލަމުން ދިޔައީ ނުހަނު ލޯބިންނެވެ.

ކުރު ދަތުރަކަށްފަހު ވިލިނގިއްޔަށް ދެވުނުއިރު ހުރީ ދެގަޑި ބައިވެފައެވެ.އެމީހުން ދިޔައީ އިރު އޮއްސުމުން އެނބުރި މާލެ އަންނަ ގޮތަށެވެ.ހުރިހާ އެންމެން ވާހަކައިގައި ތިބެގެން ދިޔައީ މޫދަށް އެރޭނެ ރީތި ދިމާއެއް ހޯދާށެވެ.ކުއްލިއަކަށް ލަހުފާ އެމީހުން ކައިރީގައި ނެތްހެން ހީވެގެން ބަލައިލިއިރު އޭނާހުރީ ފިރިމީހާގެ އަތުގައި ހިފައިގެން ތަންކޮޅެއް ފަހަތުގައެވެ.

“އާ ކައިވެނީގަ އުޅޭ ދެ ލަވް ބާޑަށް ވަގުތު ދީފަ އަހަރެމެން ހިނގާ”އަރޫޝާ ހިނިގަނޑެއް ޖަހާލާފާއި ބުނެލިއެވެ.އެވަގުތު ދެންތިބި މީހުންވެސް ހޭން ފެށިއެވެ.

ރީތި ދޮންވެލިގަނޑު މަތީގައި އިށީނދެ ލައިގެން އިން ފަލަކު ސިއްރު ސިއްރުން ލޮލުގެ ހިމަކޮޅުން ޔޫލްއަށް ބަލައިލިއެވެ.އޭރު ޝިނާންއާއި، ފިޒާން އާއި ޒީލްއާއިއެކު ޔޫލްވެސް އޮތީ މޫދުގައެވެ.ލަހުފާމެން ދެމަފިރިން ދިޔައީ ވަކިން އެހެން ދިމާއަކަށެވެ.ޔޫލްމެންނާއި ވަކިން އަރޫޝާއާއި އެޑަމްވެސް މޫދުގައި އެކަކު އަނެކަކަށް ފެން ޖަހައި ސަކަރާތް ޖަހަމުން ދިޔައެވެ.ފަލަކު ކައިރީ އިން ޝައިބާ އަށްވެސް ކެތް ނުކުރެވިގެން މޫދަށް އެރެންދާން ތެދުވެ ފަލަކުގެ އަތުގައި ހިފައި ދަމާލިއެވެ.ނަމަވެސް ފަލަކު އަދި ފަހުންނޭ ކިޔައި އަތް ފޮޅުވާލީ މޫދަށް އެރެން ޖެހިލުން ވެފައި އިނީމައެވެ.ޝައިބާއަށް ފަތަން އެނގުނަސް އޭނާއަކަށް ފަތާކަށްވެސް އެނގެނީއެއް ނޫން ވިއްޔާއެވެ.

މޫދަށް އެރިގެން ދިޔަ ޝައިބާ ފަތާލާފައި ގޮސް ހުއްޓުނީ ޔޫލްމެން ގާތުގައެވެ.ޒީލްއަށް ބެލެމުން ދިޔައީ އެއްގަމުގައި އެކަނިއިން ފަލަކުއަށެވެ.އެންމެންގެ މަޖަލުގައި ބައިވެރި ވަމުންދިޔަ ޔޫލްވެސް ވިސްނަމުން ދިޔައީ އޭނާގެ އަތުތެރެއަށް ފަލަކު ގެނެވޭނެ ގޮތަކާއި ދޭތެރޭގައެވެ.

ޔޫލް ވިސްނުމުގައި ހުއްޓާ ފެނުނީ ޒީލް މޫދުން އަރައިގެން ގޮސް ފަލަކު ނަގައިގަނެގެން ގެނެސް މޫދަށްލީތަނެވެ.ޔޫލްގެ ދެބުމަ އައި ރުޅިން ގޮށް ޖަހާލެވުނުއިރު ދެއަތްވެސް މުށްކަވާލެވުނެވެ.އެވަގުތު ޝިނާން މެންވެސް ޒީލްއާއި ބައިވެރި ވެގެން ފަލަކު ގަޔަށް ފެން ޖަހަމުން ދިޔައެވެ.

“މިވަރުން ދަންޏާ ދަތުރު ނިމޭއިރު ޔަޤީން ޒީލް ފަލަކު ކާމިޔާބު ކުރާނެކަން”.ކައިރީގައި ހުރި ޝައިބާ ބުނެލި އެއްޗަކުން ޔޫލްގެ ލޭ ކެކިގެން ދިޔައެވެ.އޭނާއަށް ޝައިބާއާއި ހަތަރުކަޅި ހަމަކޮށް ބަލައިލެވުނީ އެބުނި އެއްޗެއް އިތުރަށް ޔަޤީން ކުރަން ބޭނުން ވުމުންނެވެ.

“ހޭއި..ޑޯންޓް ބީ ޓޫ ސަޕްރައިޒްޑް…ޔޫލް އަދި ހޮސްޕިޓަލާއި ޖޮއިން ކުރިތާ މާ ގިނަދުވަސް ނުވާތީ ނޭނގެނީ….ޒީލް ވަރަށް ލޯބިވޭ ފަލަކުދެކެ….މި އެންމެނަށްވެސް އިނގޭނެ އެކަން….އަހަރެމެން ވަރަށް ދިމާވެސް ކުރަން…”ޝައިބާގެ ވާހަކަ ތަކުން ޔޫލްގެ ހިތަށް އުނދަގޫ ވަމުން ދިޔައީ އިންތިހާއަށެވެ.އޭރު އެންމެން ފެން ޖަހާތީ ދެއަތްތިލަ ނުފުށުން ވާގޮތަށް މޫނުމަތީގައި ހުރަސް ކޮށްގެން ހުރެ ފަލަކު ހަޅޭއް ލަވަމުން ދިޔައެވެ.

އެންމެ ފަހުން ފަލަކުވެސް މޫދަށް އެެރެވުނީތީ އެމީހުންނާއި ސަކަރާތް ޖަހަމުން ދިޔައެވެ.ނަމަވެސް ޔޫލްގެ މޫނުމަތިން ދަތުރަށް ހުރި ޝައުޤު ވެރިކަން ވަނީ ފިލާ ގޮސްފައެވެ.ޒިލް ފަލަކު ނަގައި ގަނެގެން ގެނެސް މޫދަށްލީ ގޮތް އޭނާގެ ހިތުން ފިލައިގެން ނުދާނެއެވެ.ފަލަކުއަކީ އޭނާގެ ހިތުގެ ވިންދަށް ވާއިރު، އެ ހަށިގަނޑުގައި އެހެން މީހަކު އިނގިލި ކުރި ޖައްސާލަންވެސް ރުހެވޭނީ ކޮން ހިތަކުން ހެއްޔެވެ؟

އަނެއްކޮޅުން ހޮސްޕިޓަލުގައި ޒީލްއާއި ފަލަކުއާއި އަޅުވާ ކިޔާކަން އޭނާއަށް ނޭނގުނަސް ގައިމު ފަލަކުއަށް އިނގޭނެ ނޫން ހެއްޔެވެ؟ވީއިރު މިއޮއް ހުރިހާ ދުވަހު އެކަމާއި އަޅާވެސް ނުލާ ހުރެގެން ޒީލްއަށް ހިތްވަރު ދިނީތީ އޭނާހުރީ ފަލަކު ދެކެވެސް ނުރުހިފައެވެ.

**************

“ކޮބާ އެކުދިން އަދިވެސް ނާދޭތަ؟މިހާރު އެއޮއްގެން އިރު އޮއްސި ހައެއް…….”ވުޟޫ ކޮށްލައިގެން މިސްކިތަށްދާން ނިކުތް ޒުހޭރު އަފީފާއާއި ދައްކަމުން ދިޔަ ވާހަކަ ފުރިހަމަ ނުވަނީސް ފެނުނީ ތެމި ފޯވެގެން ތިބެ ފަލަކުއާއި، ޝައިބާ އައިސް ގެއަށް ވަތް ތަނެވެ.ޒުހޭރު ނިކުމެގެން ދިޔައީ ފެންވަރައިގެން ނިކުމެ ދެކުދިން އަވަހަށް ނަމާދަށް އަރާށޭ ކިޔާފައެވެ.

**************

ފެން ވަރައިގެން ނިކުމެ ސޯޓުބުރިއެއް ލައިގެން ހުސްގަޔާ ހަދާލާފައި އޮތް ޔޫލް ވިސްނަމުން ދިޔައީ ޝައިބާ ދެއްކި ވާހަކައާއި ދޭތެރޭގައެވެ.އަނެއްކޮޅުން ޒީލްގެ ހަރަކާތް ތަކުންވެސް އޭނާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

************؛

ފެން ވަރައިގެން ނިކުމެ ދިއްލެމުންދިޔަ ފޯނު ނަގައި ބަލައިލިއިރު ޔޫލްގެ ނުވަ މިސްޑް ކޯލް ފެނިފައި ފަލަކުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.ޔޫލް އެވަރަށް ގުޅިއިރު ޝައިބާ ކޮޓަރީގައި ނެތްކަން އެއީ އޭނާގެ ނަސިބެވެ.

ފޯނު އެނދުގައި ބޭއްވުމަށްފަހު ބޮލުގައި ފުނާއަލަން ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓުނުތަނާ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ.ބަލައިލިއިރު ޔޫލްގެ މެސެޖެކެވެ.

“ކަމް އައުޓް ލަވް…މިއިނީ ބޭރުގަ…ނީޑު ޓު ގޯ ސަމްވެއަރ…”މެސެޖު ކިޔައި ލުމަށްފަހު ފަލަކު ހާސްވާގޮތް ވިއެވެ.އަވަހަށް ތައްޔާރު ވެލައިގެން ނިކުތީ އޭނާ ނުގޮސްފިނަމަ ޔޫލް ކިތަންމެ އިރެއްވިޔަސް ނުދާނެ ކަން އިނގޭތީއެވެ.

“ހޮސްޕިޓަލަށްތަ؟އަނެއްކާ އެމަޖެންސީ ޕޭޝަންޓެއް ގެނައީތަ؟”ކޮފީ ތައްޓެއް ހިފައިގެން ސިޓިން ރޫމް ސޯފާގައި އިން ޝައިބާއަށް މާ ރީތި ވެލައިގެން ހޭންޑް ބޭގް ކޮނޑުގައި އަޅުވާލައިގެން ނިކުތް ފަލަކު ފެނުމުން ސުވާލު ކޮށްލިއެވެ.

“ނޫން..އެއީ އިއްޔެ ފިހިގެން ގެނައި ޕޭޝަންޓް ބަލާލަން މިދަނީ..މަންމަގާތު ބުނެލައްޗޭ..”ފަލަކު އެއް ނޭވާއިން ކަހަލަ ގޮތަކަށް ފައްޗަކަށް އަމުނާލާފައި އަވަހަށް ގޮސް ދޮރާށި ހުޅުވާލިއިރު ތަންކޮޅެއް ދުރުގައި ސައިކަލް މަތީގައި އިން ޔޫލް ފެނުނެވެ.

ހަލުވެ ހިނގުމެއްގައި ގޮސް ފަލަކު ސައިކަލަށް އެރުމުން ޔޫލްވެސް މަޑުކުރާކަށް ނުހަދައި ސައިކަލް ދުއްވާލިއެވެ.

**************

“ޕްރޮޕޯސް ކުރަން އެންމެ ރަނގަޅު ވާނީ ފަލްކީގެ ބާތުޑޭގަ…..މާގިނަ ދުވަހެއް ނެތޭ…..ކަމިން ސަޓަޑޭ..”ޝައިބާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޒީލްއާއި އެވެ.

ފޯނު ނިންމާލުމަށްފަހު ސޯފާގައި ހަމަޖެހިލިތަނާ ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެން ފޯނުގެ ގެލަރީ ހުޅުވާލިއެވެ.ހުސްވެސް ޔޫލްގެ ފޮޓޯއެވެ.ލޯންޗުގަޔާއި މޫދުގައި ނަގާފައި ހުރި ފޮޓޯތަކެވެ.ފޯނުގެ ސްކްރީނުން ޔޫލްގެ މޫނުގައި ޝަހާދަތް އިނގިލި ކާއްތަމުން ދިޔަ ޝައިބާއަށް އޭނާއިން ސޯފާގެ ފުރަގަހުގައި ހުރި އަފީފާ ފެނުނު ނަމަ ގައިމު ލަދުން ގޮސް ހަލާކުވީސްތާއެވެ.އަހަރެންގެ ދަރިފުޅުގެ ހިތުގައި ލޯބި ހޭލައްވައިގެން މިއުޅޭ ޒުވާނާއަކީ މިއީތާއޭ އަފީފާ ހިތާއި ހިތުން ކިޔަިލިއެވެ.އޭނާައަށް އެފޮޓޯތައް ފެނުނު ކަމަށްވެސް ހަދާނުލާ ގޮސް ކޮޓަރިއަށް ވަތްއިރު މޫނުމަތީގައި ލުއި ހިނިތުން ވުމެއް ވިއެވެ.

************

ސައިކަލް ޕާކު ކޮށްލުމަށްފަހު ޔޫލް ފަލަކުގެ އަތުގައި ހިފައިގެން ގޮސްވަނީ ހެންވޭރު ކޮޅުގައި ހުރި ގެއަކަށެވެ.ރީތިކޮށް ޒަމާނީ ފެންވަރަށް ހަދާލާފައި ހުރި ރީތި ބޮޑު ގެއެކެވެ.އެއްވެސް މީހެއްގެ ހިލަމެއްވެސް ވާކަށް ނެތެވެ.

އެތެރެއަށް ވަދެގެން ގޮސް ކަނާތް ފަރާތުގައި ހުރި ސިޑިން މައްޗަށް އެރުމަށްފަހު ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ޔޫލް ފަލަކުއާއި ކުރިމަތި ލިއެވެ.ފަލަކު މިއޮއް ހުރިހާއިރު ހަމަ ސުވާލެއްވެސް ކޮށްނުލާ އެހުރީ ޔޫލް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅާފައިވެސް ފަލަކުއަށް ދެރަގޮތެއް ވިޔަކަ ނުދޭނެކަން ކަށަވަރު ވާތީއެވެ.

“މިއީ ކޮން ގެއެއް؟ކީއްކުރަން މިގެއަށް…….”ޔޫލް ފަލަކުގެ ގައިގައި ވަރަށް ބާރަށް ބައްދައިލުމުން ނޭވާލާންވެސް އުނދަގޫ ވެފައިހުރި ފަލަކުގެ ދޫ ހަރަކާތް ކުރުންވެސް ހުއްޓުނެވެ.

“އަހަންނަށް ފަލަކުއާއި ނުލާ އަހަރެންގެ ލައިފް ހިތަށްވެސް ނުގެނެވޭނެ.ފަލަކު ނުލިބިއްޖިއްޔާ އަހަރެން ދުނިޔެއިން މޮޔަވެސް ވެދާނެ….”ޔޫލް އެހުރި ގޮތަށް ފަލަކުގެ ގައިގައި ބައްދައިގެންހުރެ ވާހަކަ ދައްކަމުން ދިޔައެވެ.އެ އަޑުގައި މިރޭ އެވަނީ ތަފާތު ރިހުމެކެވެ.ފަލަކުވެސް ޔޫލްގެ ގައިގައި ދެއަތުން ވަށާލާ އިތުރަށް ބާރު ކޮށްލީ ޔޫލްގެ ހިތުގެ ތެޅުން އޭނާައަށް އިޙްސާސް ކުރެވެމުން ދިޔައީތީ އެ ހިތަށް ތަސައްލީއެއް ދިނުމުގެ ގޮތުންނެވެ.

ޔޫލްގެ ވާހަކަތައް ނިމުމަކަށް އައުމުން ފަލަކު ޔޫލްއާއި ތަންކޮޅެއް ދުރު ވެލުމަށްފަހު ޔޫލްގެ ދެއަތުގައި ހިފައި އެ ދެ އަތްތިލަ ގެނެސް އޭނާގެ މޫނާއި ކައިރި ކޮށްލުމަށްފަހު ބޮސްދިނީ ވަރަށް ލޯތްބާއި އެކުގައެވެ.އަދި ޔޫލް ފަދައިން އޭނާވެސް އިތުރު މީހެއްގެ ޙައްޤަކަށް ދުވަހަކުވެސް ވުމަށް ނޭދޭ ކަމަށް ބުނެލީ ފުރިހަމަ އިތުބާރާއި އެކުގައެވެ.އަދި ޔޫލްގެ ލޯތްބަށް އޭނާގެ ހިތާއި ފުރާނައިން ވަފާތެރި ވާނެކަމަށް ބުންޏެވެ.

ފަލަކުގެ އެބަސްތަކުން ޔޫލްގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.ޔޫލްވެސް ފަލަކުގެ ނިތްކުރިއަށް ބޮސްދިނީ ހިތުގެ ފުން މިނުން އެތައް ވަޢުދު ތަކެއް ވަމުންނެވެ.ކޮންމެ ފަދަ ހާލަތެއް މެދުވެރި ވިޔަސް ފަލަކުއާއި ދުވަހެއްގައިވެސް ވަކިނުވުމަށެވެ.

“އަޅެ.. ހިނގާ އަވަހަށް ގެއަށްދާން….މިއައީވެސް ހޮސްޕިޓަލަށޭ ކިޔާފައި ދޮގު ހަދާފަ…”ކުއްލިއަކަށް ހަނދާންވެގެން ފަލަކު ބުނެލިއެވެ.އެ މޫނުމަތިން ހާސްކަމާއި ކަން ބޮޑުވުން ފައުޅު ވެގެން ދިޔައެވެ.

ޔޫލް ފަލަކުގެ އަތުގައި ހިފައިލައިގެން އެގެއިން ނިކުމެ ސައިކަލަށް އަރާފައި ނަމްބަރަކަށް ގުޅާލިއެވެ.މާ ގިނަ އިރެއްނުވެ ޖެހިގެން އޮތް ގޯޅިން ނިކުތް ސައިކަލެއް އައިސް އެމީހުންގެ ގާތަށް މަޑު ކޮށްލިއެވެ.

ޔޫލް އަތުގައި އޮތް ތަޅުދަނޑި އެ ސައިކަލުގައި އިން ޒުވާނާއާއި ޙަވާލު ކުރުމަށްފަހު ތޭންކްސް އޭ ބުނެލިއެވެ.އެޒުވާނާ ތަޅުދަނޑި ޖީބަށް ލަމުން ފަލަކުއަށް ބަލާލާފައި ހިނިތުން ވެލިއެވެ.ފަލަކުވެސް ހިނިތުންވެލީ އެއީ ޔަޤީނުންވެސް ޔޫލްގެ ވަރަށް ގާތް ރައްޓެއްސަކަށް ނޫނީ ނުވާނެކަން އެނގޭތީއެވެ.ހަމަ އެވަގުތު ޔޫލްވެސް މިއީ މަގޭ ބެސްޓް ފްރެންޑޭ ކިޔައި ފަލަކުއަށް ޝާން ތަޢާރަފް ކޮށްދިނެވެ.

ގެއަށްދިޔަ މަގުމަތީގައި ފަލަކުއަށް ޔޫލްގެ ފަރާތުން އިނގުނު ގޮތުގައި މިރޭ އެމީހުން އެ ދިޔައީ ޝާންގެ ގެއަށެވެ.ޝާންގެ މަންމަމެން ވީ ޓާމް ޗުއްޓީކަމުން އެމީހުންގެ އުފަން ރަށް އަށްޑޫއަށް ގޮސްފައެވެ.އެހެންވެ އޭނާ ފަލަކުއާއި ބައްދަލް ކުރެވޭނެ ގޮތެއް ނެތިގެން އުޅެނިކޮށް ޝާން އެކަން ފަހިކޮށްދިނީއެވެ.

ޔޫލް ފަލަކު ގެއަށް ލުމަށްފަހު މަޑުވެސް ކޮށްލުމެއް ނެތި އަވަހަށް ދިޔައީ މީހަކަށް ފެނިދާނެތީ ފަލަކު ބިރުން އުޅޭވަރުންނެވެ.

***********

އެހެންޏާ ކޮންމެ ރެއަކު ނިދެންދެން އަނގަތަޅަތަޅައި އޮންނަ ޝައިބާ އަނގައިންވެސް ނުބުނެ އޮތުމުން އަނެއްކާ ބަލީތޯ ފަލަކު ސުވާލު ކޮށްލިއެވެ.ޝައިބާ ސިހިފައި ދަތުރުދިޔަ ވަރުބަލިކަން ނުފިލާތީ ހަމަ އޮވެލީއޭ ބުނެ އަވަހަށް ފޯނުގެ ގެލަރީ ކްލޯޒް ކޮށްލީ ޔޫލްގެ ވާހަކަ ފަލަކުއާއި ހިއްސާކުރަން އަދި އަވަސްހެން ހީވާތީއެވެ.

އެގޮތުގައި ރެޔާއި ދުވާލު ތަކުރާރު ވަމުންދިޔައެވެ.ފަލަކުއާއި ޔޫލްގެ ލޯބި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން ދިޔައިރު ،ޝައިބާގެ ހިތުގައިވެސް ޔޫލްގެ ލޯބި ބިންވަޅު ނެގިފައިވަނީ އިތުރު އެހެން ލޯތްބަކަށް ޖާގައެއް ދެވެން ނެތް ފަދަ އަކުންނެވެ.

ފަލަކުއާއި ޝައިބާ ދިރިއުޅުމަށްޓަކައި ފޮނި އުއްމީދު ތަކެއް ކުރަމުން ދިޔައީ، އެކަކު އަނެކެއްގެ ހުވަފެންތައް ހިއްސާކުރުމަށް ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.ބޯމަތިން ނަގަމުން ދިޔަ ކަޅުފުސް ވިލާތަކުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުގައެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އެ ތޫފާނީ ރޭ (1)

Next

ޢީދު މުބާރަކް

Next
June 25, 2017

ޢީދު މުބާރަކް

Previews
June 24, 2017

އެ ތޫފާނީ ރޭ (1)

53 Comments!

  1. Lim says:
    June 25, 2017 at 12:01 am

    Yay me first.. Thanks noor

    1. Noor says:
      June 25, 2017 at 11:07 am

      ?yes u dear u r the first…

  2. Noor says:
    June 25, 2017 at 12:02 am

    Here is the 4th part of “milku kollee hithey”..mi vaahakaige 5th part Tuesday ga genesdheyne vaahaka dhannavan..wish u oll a v.happy EID..

  3. song joong ki..KOREAN says:
    June 25, 2017 at 12:02 am

    me second

    1. song joong ki..KOREAN says:
      June 25, 2017 at 12:03 am

      happy eid ul fitr

    2. Noor says:
      June 25, 2017 at 11:08 am

      ?Happy Eid…

  4. HARLEY quinn says:
    June 25, 2017 at 12:09 am

    woww.. awsome, i love the gift thamks noor..
    EID MUBARIK..

    1. Noor says:
      June 25, 2017 at 11:08 am

      ?Happy Eid to u too dear…ur wc

  5. HARLEY quinn says:
    June 25, 2017 at 12:10 am

    THANK U NOOR

    1. Noor says:
      June 25, 2017 at 11:09 am

      ?Always wc HARLEY quinn

    2. Noor says:
      June 25, 2017 at 11:10 am

      ?Always wc dear

  6. Mifu says:
    June 25, 2017 at 12:26 am

    Mi part ves vara reethi…waiting next part.. Eid mubaarik

    1. Noor says:
      June 25, 2017 at 11:10 am

      ?Eid Mubaarik…thanx dear

  7. Tutee ? says:
    June 25, 2017 at 12:27 am

    Vrh rythi mi part wes . .. Aslu vrh vrh rythi ??.. Waiting for next part ?

    1. Noor says:
      June 25, 2017 at 11:11 am

      ?Awwwwhhh..thanx Tutee

  8. Lovely? says:
    June 25, 2017 at 12:29 am

    Happy eid to all …..story varah habeyss

    1. Noor says:
      June 25, 2017 at 11:12 am

      ?Awwwwhhh..thanx Lovely,,?

  9. nonns says:
    June 25, 2017 at 12:32 am

    Wowow. Varah obi ingey mi partves. Alhe im gettin kind of angry with zeel and shaiba. Dunno why. When next part. And eid.mubarik

    1. Noor says:
      June 25, 2017 at 11:13 am

      ?Awwwwhhh..thanx nonns…Eid mubaarik dear.

  10. ..Adha? says:
    June 25, 2017 at 12:33 am

    Wow.. hama bunaane ehcheh ves neyngun.. ❣varah reethi.. shaiba nd zeel ulhey gotheh.. falak kaary nuves bunela zeel nd falak thaikuruvanvegen e ulheny varah foohi..?btw thanks noor for the lovely gift.?Eid mubaarak!?

    1. Noor says:
      June 25, 2017 at 11:14 am

      ?Awwwwhhh..thanx Adha..ur wc dear..Eid Mubaarik

  11. sam♥ says:
    June 25, 2017 at 12:36 am

    EID MIBAARAK .noor ..
    stry v lovely♡♡♡.. alhey falak n yoool dhuru nukuraathii … yool n falak v cute … heheh … lovely stry♥♡ .waiting next part … noor ..thankxx stry up kohlaa dhiny maa …keep it up … noor.

    1. Noor says:
      June 25, 2017 at 11:16 am

      ?Happy Eid to u too sam..ur wc dear…thanx

  12. shaf says:
    June 25, 2017 at 12:45 am

    Wow vrh reethi…thnkiu Noor

    1. Noor says:
      June 25, 2017 at 11:16 am

      ?Thanx shaf..ur wc dear

  13. Ssss? says:
    June 25, 2017 at 12:49 am

    Varah rythi… Thank u noor… Eid mubarik

    1. Noor says:
      June 25, 2017 at 11:18 am

      ?thanx Ssss.wc dear..Happy Eid to u too

  14. annoying reader says:
    June 25, 2017 at 12:55 am

    love it. plzz bodu thoofaan ais falky ah majubooru nukurachey yool ya vakivaan. eyrun story sad vaane. shaiba and zeel gulhuva. yagyn then shaiba ge mom blackmail kurani falki. plz dnt tear them apart. ilove this story and i want falky and yool together.

    1. Noor says:
      June 25, 2017 at 11:21 am

      ?happy to c ur lovely comment..Lets c wat happens…”konme haalatheh medhuveri viyas falak dhookoh nulumah yool promis kuriennu…Lets c if he stays with his words”…thanx dear

  15. Mal says:
    June 25, 2017 at 12:56 am

    Salhi

    1. Noor says:
      June 25, 2017 at 11:22 am

      ?thanx Mal

  16. Anonymous says:
    June 25, 2017 at 1:20 am

    Nice story.. It’s interesting.. Will wait for the next part.. Eid mubarik?

    1. Noor says:
      June 25, 2017 at 11:23 am

      ?thanx Anonymous..Eid Mubaarik

  17. writer says:
    June 25, 2017 at 2:01 am

    In the end falak will be forced to sacrifice her happiness for shaiba dhw… dont let that happen… vvv reethi …eid mubarak

    1. Noor says:
      June 25, 2017 at 11:24 am

      ?thanx writer..Lets c dhw…Eid Mubaarik dear

  18. ROMAN REGINS says:
    June 25, 2017 at 3:48 am

    Vvv reethi eid Mubarak noor

    1. Noor says:
      June 25, 2017 at 11:24 am

      ?thanx dear…Eid Mubaarik

  19. kiaara says:
    June 25, 2017 at 6:04 am

    Wow noor….vr vr lwbi mi episode ves.?..falak and yool haadha cute eyhh…?? waiting dhn oii part ahh…?

    1. Noor says:
      June 25, 2017 at 11:25 am

      ?thanx 4 the lovely comment dear..

  20. yaanaa says:
    June 25, 2017 at 11:13 am

    ?don’t let your readers get disappointed… nice story!❣❤

    1. Noor says:
      June 25, 2017 at 11:28 am

      ?thanx dear…i assure u that nothing such thing will happen dear…

  21. Mazuw says:
    June 25, 2017 at 2:23 pm

    noor..! i love ur stwriess…and this stwrie too…mi prt vs veh vrh reethi…hama awesume..alhey..noor mi stwrie ga use kohfa huri sifakurunthah ves haadha ryhchey…! Noor ge stwries thah abadhu kiyaa noor ge emme varugadha fan eh mazuw akii..:)

    1. Noor says:
      June 25, 2017 at 2:29 pm

      Awwwhhh reallyyy..??im so happy to know that dear..n u too r a great writer..???

  22. Yoo si jin says:
    June 25, 2017 at 3:43 pm

    Nice storyy.. keep it up..

    1. Noor says:
      June 25, 2017 at 4:21 pm

      Thanx dear

  23. .. says:
    June 25, 2017 at 3:58 pm

    Dhon dhon janbeh fadha kuhjaku libunyma ufa nuvaany kaaku hey?? Naseebeh kalhu kuhjaku nulibunu kan eyrun kihaa dhera vaane

    1. Noor says:
      June 25, 2017 at 4:24 pm

      Madumaithiri, akhlaagu rangalhu vaahakaves eyge kuriah genesfa innaane..i’ve written abt Falak only..plx dnt try to take wrong meaning..

    2. .. says:
      June 26, 2017 at 12:56 am

      #hajam

  24. Rau says:
    June 25, 2017 at 11:31 pm

    Love this story… waiting next part ah…❤

    1. Noor says:
      June 25, 2017 at 11:32 pm

      Thanx Rau…

  25. .. says:
    June 26, 2017 at 12:55 am

    #hajam

  26. Nas says:
    July 8, 2017 at 11:15 pm

    I love this story you can do better than this god always keep blessings you Masha Allah!

  27. Ainth says:
    August 18, 2017 at 8:01 pm

    Masha Allah. Varah rythi vaane vaahaka eh hen hyvani. Thigothuga kuriah dhey

Comments are closed.

Next Episodeމިލްކު ކޮށްލީ ހިތޭ……05←


All Right Reserved!