ތިޝާ ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނަ އެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރި އެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ހަަމަ އެވަގެތު އެ މީހާގެ ފޯނު ރިންގުވާން ފެށި އެވެ. ފޯނު ނެގުމަށްފަހު “ގިވް މީ އަ ސެކަންޑް” އޭ ބުނެލި އެވެ. އަދި އިސްޖަހާލަމުން ތިޝާއަށް ބަލާލުމެއްނެތި ބޭސް ކޮަތަޅު އެނދުމަތީގައި ބަހައްޓާފައި ބާރަށް ހިނގަމުން ގޮސް އެތަނުން ނިކުތެވެ. ގަބުވެފައި […]
އާދައިގެ މަޑު ހިގުމެއްގާ ދާއިންގެ މިސްރާބް ތުޑިއަށް ޖެހިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދާއިންއަށް ތުޑިއަށް އާދެވުނެވެ. ” ނާޖީ…. ނާޖީ…. ބަލާބަ. އެހެރަ އަންނަނީ ދާއިން މިދިމާލަށް ” ޝައުނާއަށް އެއްލިކަޅިއަކުން ދާއިން އަންނަތަން ފެނުމުން ނާޖީއަށް ދައްކާލިއެވެ. ” އޭތް ދާއިންނޭ….!! ދެން ކިހިނެއްތަ ހަދާނީ ” ނާޖީއަށް ސިހިފައި ބުނެލެވުނެވެ. ” ނާޖީ ގޮސް އެހެރަ ގަސްގަނޑު ކައިރިގައި ފިލާހުރޭ. އަހަރެން މިތާ އިންނާނަން. މިފަހަރު ދާއިންއާ ވާހަކަ ދައްކާނީ އަހަރެން. އަވަހަށްދޭ…..! ” […]
( ހަވަނަ ބައި) ” އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް… ” ޔަގީންކަމާއެކު ބަލްޚާ އެހެން ބުނެލަމުން ހިޝާންގެ އަތްތިލަމަތީ އޭނާގެ އަތް ބާއްވާލިއެވެ. އެހިނދު ހިޝާންގެ ހިތުތެރޭ އުތުރި އަރަމުންދިޔަ ލޯބީގެ ޖަޒުބާތުތަކުގެ މައްޗަށް ގަދަވެގަންނަމުން، އޭނާގެ އެދުމުގެ ކުރިއަށް ބަލްޚާގެ ބޭނުން އިސްކުރިއެވެ. ބަދަލުވެފައިވާ ހާލަތުގެ ސަބަބުން ބަލްޚާގެ ކިބައިން އޭނާ ބޭނުންވި ޖަވާބު ހޯދަން އޭނާ ފަސްޖެހުނެވެ. ” ބަލްޚާ! ހަދަންވީ ގޮތަކީ… ތިގެއިން ނިކުންނަންވީ!” ފުން ނޭވާއެއް ބޭރުކޮށްލަމުން ހިޝާން އެހެން ބުނެލުމާއެކު […]
ގޭތެރޭން އިވެމުންދަނީ ޓީވީއެއްގެ އަޑެވެ. ސިޓިންގރޫމްގެ ފަންކާ ހުރީ ޖަހާ ބާރުކޮށްފައެވެ. އެއްވެސް ދިރޭފުރާނައެއްގެ ހިލަމެއް ނުވެއެވެ. ފަރުޝާ އޮފީސް ނިންމާފައި ގެޔަށްއައިސް ވަތްވަގުތާ މިދިމާވީ ސަމާޓީވީ ބަލަން އިނދެފައި ފާހާނައަށް ވަންނަން ދިޔަވަގުތާއެވެ. ޓީވީ ބަލަން އެކަކުވެސް ނެތި އެތަން ހުހަށް ދޫކޮށްލުމުގެ އިތުރުން ގޭގެ ބޮޑުދޮރު ތަޅުނުލާހުރީތީ ފަރުޝާ ގެ ރުޅި އައްޑިހައަށް އެރި އެވެ. “ލަލީތާ…..ލަކްޝްމީ….”އަޑުގެ ކޮޅަށް ގޭގައި ގެންގުޅޭ ބިދޭސީ ދެމީހުންނަށް ގޮވަމުން ހަޅޭއްލަވަމުން އަމިއްލަޔަށް ޓީވީގެ ރިމޯޓު ނަގައިގެން އައިސް ޓީވީ ނިއްވާލިއެވެ. އޭރު ލަލީތާ ދުވެފައި އައިސް ހުއްޓެނީއެވެ. “ލައްބަ މޭމް” ފަރުޝާ ލަލީތާއަށް ބަލާލިއިރު ލަލީތާގެ އަތުގައި އޮތީ ތަށިދޮންނަ އިސްޕަޖްގަނޑާއި އޯމޯފޮނެވެ. “ކަމެއް ނުވޭ…ދޭ!” ފުންނޭވާއަކާއެކު ފަރުޝާ ބުނެލިއެވެ. ޓީވީ ހުޅުވައިގެން ބަލަން އިނުމަކީ ގޭގައި ގެންގުޅޭމީހުން ކޮށްއުޅޭ ކަމެއްނޫނެވެ. އެހެންވީމާ ލަލީތާއަށް ވަރުބޭލުމެއް ނެތެވެ. ލަލީތާ ދިއުމުން ފަރުޝާ މަންމަ ކޮބާތޯ އެކޮޓަރިއަށް ވަނެވެ. ދޮރު ހުޅުވާލުމާއެކު ފެނުނީ ސަމާއާއި ރީނާ މާމައާ އެކު މޮނޮޕޮލީ ކުޅެން ތިއްބައެވެ. ސަމާވެސް ފާހާނައަށް ދާން ދިޔަކުއްޖާވެސް ގޮސް އެއިނީ މިހާރު މާމައަށް އެކުޅޭނެ ގޮތް ކިޔާދޭށެވެ. މިމަންޒަރުން ފަރުޝާ ގާތައް އައީ ހިންޏެވެ. މަންމަ އެކޭ ކުޑަކުއްޖެކޭ އެއްވަރެވެ. “ޕިސް ޕިސް ޕިސް……… ” ދެ ކިހިއްޔަށް އަތް ވިއްދާލާފައި ފަރުޝާ ދެކޮޅަށް ބޯހޫރާލަމުން ޕިސްތަޅާލީއެވެ. ދެކުދިން ކުޅުން ހުއްޓާލުމަށް ފަހު މާމަގެ އެދުމަށް އިހަށް ކޮޓަރިން ނިކުތެވެ. ސަލްމާއަށް އޭނާގެ ދަރިފުޅު އައިސް އެހުރީ ކޮންމެވެސް ބޮޑުކަމެއް ޖެހިގެން ކަން ނިކަން ފަސޭހައިން ދެނެ ގަނެވުނެވެ. “ދަރިފުޅާ މިއަދު މާ ބުރަ ދުވަހަކީތަ؟” ސަލްމާ ފަރުޝާއަށް ބަލާލުމަށްފަހު އަތުގެ އިޝާރާތުން ، ގާތުގައި އިށީނުމަށް އައުމަށް އެދުނެވެ. “އާން މި ދުވަސް ކޮޅު ވަރަށް ބުރަ. އަނެއްކާ އެހެން ކަމެއްވެސް ޖެހިއްޖެ. އެބަޖެހޭ ތިންދުވަހަށް ރިސޯޓުގަ މަޑުކޮށްލަން. ބޭރުން ބަޔަކު އެބައާދޭ ރަށުގެ ސަރވޭއެއް ކުރަންވެގެން، އެމީހުން ބޭނުންވޭ ޑޮކިއުމެންޓްރީއެއް ހަދަންވެސް. އެހެންވެ އެބަ ޖެހޭ އެތާ ހުންނަން. ” ސަލްމާމެން ދެމައިން އެތައް އިރަކު ރިސޯޓުގެ ކަންކަން ދާގޮތާ ބެހޭގޮތުން ވާހަކަ ދައްކަން ތިއްބެވެ. އެރިސޯޓަކީ ފަރުޝާއާއި ފަރީޝާގެ ނަމުގެ މައްޗައް އޮންނަ ރިސޯޓެކެވެ. އެކުދިންގެ ބައްޕަ ފަހުދަކީ އުޅުންހުރި ހަރުދަނާ މީހަކަށް ވެގެން ދިޔައީ ސަލްމާއާއި ކައިވެނި ކުރުމަށް ފަހުއެވެ. އޭގެ ކުރިން މިޔުޒިކްޝޯތަކުން ބައިސްކޯފުން އެއްފިލްމަކަށް ފަހު އަނެއްފިލްމެއް ބަލަން ދިޔުމުގައި ދުވަސް ތައް ހޭދަކުރިއެވެ. ފަހުދު ސަލްމާއާއި ކައިވެނިކޮށްގެން އެގެޔަށް ބަދަލުވި ފަހުން ގޭތެރޭގެ ކަންކަމާ ހަވާލުވިއެވެ. ފަހުދުގެ މަންމަ އާބިދާގެ އެދުމަށް ސަލްމާ އިނގިރޭސި ކުލާހަކަށް ގޮސް އިގިރޭސި ބަސް ދަސްކުރިއެވެ. އެހެން އެކި އެކި ކަންކަން ދަސްކޮށް މާލޭގެ ދިރިއުޅުމަށް ސަލްމާ ހޭނުނުލެއްވަރަށް އަވަހެވެ. ފަހުދުގެ އުޅުމަށް ވެސް އަންނަމުން ދިޔަ ހެޔޮ ބަދަލަކީ ސަލްމާ ގެ ހަރުދަނާ ކަން،ކަން އާބިދާއާއި މުޙައްމައިދީއަށްވެސް އެނގެއެވެ. ސަލްމާ ފަހުދާއި އިންތާ ގިނަ ދުވަސްތަކެއް ނުވެ ފަރީޝާ ލިބުނެވެ، އަދި އެއަށްފަހު ފަރީޝާއަށް ދޮޅުއަހަރުވެސް ނުވަނިސް ފަރުޝާ ލިބުނެވެ. އޭގެ ފަހުންވެސް ސަލްމާ ތިންފަހަރެއްގެ މަތިން ތިން ފިރިހެންކުދިން ވިހެއެވެ، އެހެން ނަމަވެސް ތިން ކުދިންވެސް މިދުނިޔެއާއި ވަކިވީ އެކުދިންގެ އުމުރުން އެންމެ ހަތް ދުވަސްވެސް ނުވަނީހެވެ. ސަލްމާއާއި ފަހުދަށް ފިރިހެން ކުދިން ލިބުމަށް ތަގުދީރުގައި ނުވަނީ ކަމަށް ބަލާފައި އިތުރަށް ކުދިން ނުހޯދަން ނިންމީއެވެ. މިއަދު އެދެ އަންހެން ކުދިންނަކީ ބައްޕަގެ ވިޔަފާރީގައި ހިފައިގެން ތިބި ޤާބިލް ކުދިންނެވެ. ފަރުޝާގެ ފިރިމީހާ ހަނީފް އަކީ މޮޅެތި ފާސްތަކެއް ނަގައިގެން އައިސް މިވިޔަފާރިތެރެއަށް ވަންމީހެކެވެ. ދެން ހުރީ ފަރީޝާއެެވެ. ފަރީޝާގެ ފިރިމީހާއަކީ ވެސް އިންޑިޔާގައި ވަޒަންވެރިވެގެން އުޅޭ އާއިލާއަކަށް އުފަން ކުއްޖެކެެވެ. އެތާނގައި އެމީހުންގެ އަމިއްލަ ވިޔަފާރިއެއްވެސް ހިންގައެވެ. މާލޭގައިވެސް ބޮޑެތި ފިހާރަތައް ހުރެއެވެ. ދެކުދިންގެ ދިރިއުޅުންވެސް ވަރަށް ހަރުދަނާއެވެ. އެއްކުއްޖަކު އަނެއްކުއްޖެއް ދެކެ ނިހާޔަތައް ލޯބިވެއެވެ. އުފަން ދެދަރިންނަށް ވެސް ދަރީން ލިބުނީއެވެ. ސަމާ މިއަހަރު ޖީސީއީ އޯލެވެލް ހަދާނެއެވެ. […]
ޒިވާންގެ ކޮޓަރީގެ ބޮޑު އެނދުމަތީގައި އިށީނދެލައިގެން އަރުޝީ އިނީ ޒިވާންގެ އިންތިޒާރުގައެވެ. ބިރުން ގޮސް މީހާ ފިނިވެފައި އިން އިރު ދެއަތް ދެއަތާ މޮޑެވެމުން ދިޔައީ މިރޭ ކުރިމަތިލާންޖެހޭނޭ އިމްތިހާނާ ދޭތޭރޭ ވިސްނަމުންނެވެ. އިރުކޮޅަކުން ޒިވާން އައިސް ވަންތަން ފެނުމާއެކު އަރުޝީއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެެ. ވަނުމަށްފަހު ކޮޓަރީގެ ދޮރުލައްޕާލައި ތަޅުލުމުން އަރުޝީގެ މެޔަށް ފިނިވެގެން ދިޔައެވެ. އެއަށް ފަހު ޒިވާން މަޑުން މަޑުން އަރުޝީއާއި ދިމާއަށް އަންނަން ފެށުުމުން އަރުޝީ އިސްޖަހާލީ ބިރުގަނެފައި ހުރި ޒިވާން […]
“އެހެންތަ! އެހެންވިއްޔާ އަހަރެން އިންނަން ބޭނުމީ އަހަރެންގެ އާ މަމް އާ…. މައި ހޮޓް މަމް…. ހީން…. ރަޔާހީން ދެކެ އަހަރެން ލޯބިވަނީ. އަހަރެންނަށް ހީން ލިބުނުނަމަ އަހަރެންގެ ކަރުދަށުން ކަންފަތް ދަށުން މިކަހަލަ ނިޝާންތަކެއް ނުފެންނާނެ” މާކިލް ރަޔާހީންގެ އަތުގައި ހިފާ ދަމައިގަތުމާއެކު ރަޔާހީން ލުއި ފަތެއްހެން ގޮސް ތަތްލީ މާކިލްގެ މޭމަތީގައެވެ. ކިތަންމެ ގަޓުވެފައި ހުއްޓަސް ރަޔާހީންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ރަޔާހީން ހިތް އެދެން ފެށީ އޭނާގެ އެހީތެރިޔާ އަވަހަށް އެތަނަށް ފާޅުވުމަށެވެ. […]
ކައިލް ފުރައިގެން ދިޔުމުން އެބޮޑު ގޭގައި ކިޔާރާއާއި ނަކީލް އެކަނި ވިދަފައެވެ. ކިޔާރާއާއި ދުރުގައި ހުންނަން ކޮތަންމެ ބޭނުންވިޔަސް އެކުވެރިޔާގެ އެދުމަށް ކަމޭހިތުމުގެ ގޮތުން ވެސް ކިޔާރާގެ ކަންތައްތައް ބެލެހެއްޓުމުގަަަަަަަަަައި ނަކީލް ފަރުވާތެރިވާންފެށިއެވެ. އަމާނާތެއް ހަވާލުކުރެވުމުން އެއަށް ހިޔާނަތްތެރިނުވުމަށެވެ. ނަކީލްގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމުންވެސް ކިޔާރާގެ ހިތް އިތުރަށް ނަކީލްއަށް އެދެވެން ފެށިއެވެ. ރޭގަނޑުގެ ހިމޭންވަގުތެކެވެ. ފަޒާތެރޭ ހިފާފައިވަނީ ގަނޑުވާކަަހަލަ ފިނިކަމެކެވެ. ކިތަންމެ ފިނި ކަމުގައި ވިނަމަވެސް ހިތްފަސޭހަ ރެއެކެވެ. ކިޔާރާ ޓެރަހަށް ދިޔައީ ފޫހިވާންފެށުމުންނެވެ. […]
އާދައިގެ ވަރަކަށް ވައިޖެހޭ އުޑުމަތި ސާފް، އަވިގަދަ ދުވަހެކެވެ. ދާއިން އިނީ ތުޑީކޮޅާ ދިމާލު އަތިރިމަތީގައެވެ. އެހިސާބުގެ މާހައުލު ވަރަށް ހިތްފަސޭހައެވެ. ވައި ގަސް ރުކުގައި އަޅައިގަތުމުންނާއި، ގޮޑުދޮށަށް ބީއްސާލާ ކުދި ކުދި ރާޅު ތަކުގެ އަޑުން މުޅި އެހިސާބުގައި ހިތްގައިމު މިއުޒިކީ އަޑެއް ގުގުމަމުން ދެއެވެ. ހަލާކުވެ ފުޑުފުޑު ވެފައިވާ ހިތަކަށް ވެސް ހިތްހަމަ ޖެހުން ލިބޭނެކަން ޔަގީނެވެ. އެމާހައުލުގެ އުފާ ހާސިލް ކުރާނެ ކިތަށް މީހުން އުޅޭނެ ހެއްޔެވެ؟. ދާއިންވެސް އެފާ ހާސިލް ކުރަން […]
ކުރީގެ އަދަދާއި ގުޅޭ: އެވަގުތު، ރުޅިއައިސްފައި ހުރެގެން އަޑަށް ބާރުލާފައި، ޔަޒްދާންއަށް އެހެންބުނެވުނީ ބުނަންޖެހޭ ވަރަށްވުރެ މާބާރަށެވެ. އެހާ ބާރަށް ބުނުމުން ޝައިހާވެސް ބިރުންގޮސް ޒާރާގެ ފުރަގަހަށްވަދެ ފިލިއެވެ. މާބާރަށް އެހެން ބުނެފައި ޔަޒްދާންއަށް ރުޅިއިސްކުރެވުނުކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. އޭރު، އެތާ ތިބިމީހުންގެ ލޯތަށްވެސް އަމާޒުވެފައި ހުރީ ޔަޒްދާންއަށެވެ. ޒާރާވެސް ހުރީ ބިރުންހުރި ޝައިހާގެ ކޮނޑުގައި އަތުން ހިފަހައްޓައިގެންނެވެ. “ސޮރީ.. އެކަހަލަ އެއްޗެއް ބުނީމަ އަހަންނަށް ރުޅިއިސްކުރެވުނީ.. އެކަމަކު އަހަންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން..” […]