Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (8)

Crystal Level 210 Stories100 Comments
August 12, 2017 4 Mins Read
12 Comments

ކުރީގެ އަދަދާއި ގުޅޭ: އެވަގުތު، ރުޅިއައިސްފައި ހުރެގެން އަޑަށް ބާރުލާފައި، ޔަޒްދާންއަށް އެހެންބުނެވުނީ ބުނަންޖެހޭ ވަރަށްވުރެ މާބާރަށެވެ. އެހާ ބާރަށް ބުނުމުން ޝައިހާވެސް ބިރުންގޮސް ޒާރާގެ ފުރަގަހަށްވަދެ ފިލިއެވެ.

މާބާރަށް އެހެން ބުނެފައި ޔަޒްދާންއަށް ރުޅިއިސްކުރެވުނުކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. އޭރު، އެތާ ތިބިމީހުންގެ ލޯތަށްވެސް އަމާޒުވެފައި ހުރީ ޔަޒްދާންއަށެވެ. ޒާރާވެސް ހުރީ ބިރުންހުރި ޝައިހާގެ ކޮނޑުގައި އަތުން ހިފަހައްޓައިގެންނެވެ.

“ސޮރީ.. އެކަހަލަ އެއްޗެއް ބުނީމަ އަހަންނަށް ރުޅިއިސްކުރެވުނީ.. އެކަމަކު އަހަންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން..” ތަންކޮޅެއް ހަމަޖެހިލަމުން، ޒާރާގެ މޫނަށް ބަލާލާފައި ޔަޒްދާން ބުނެލިއެވެ. އެހެންނަމަވެސް ޒާރާގެ މޫނުމަތީން ޔަޒްދާންއަށް ފެނުނީ އަދިވެސް ކަންބޮޑުވެފައި ހުރި ކަމުގެ އަސަރުތަކެވެ.

“އަހަންނަކީ..”ލައިގެންހުރި ޖީބަށް އަތްކޮށްޕާލާފައި ކާކުކަން އަންގައިދިނުމަށް ކޮންމެވެސް އެއްޗެއް ނަގަން ޔަޒްދާން އުުޅުނެވެ. އަޅެ ކޮބައިތަ އެކާޑު؟ ޔަޒްދާން ޖީބަށް އަތްކޮށްޕާލިއިރު އެކައްޗެއްވެސް ނެތެވެ.

ދޮންބެ ބޭނުންވާ ކަންތައް ޝައިކޮ ވިޔަކަ ނުދޭނަން.. ހިތާހިތުން އެހެންކިޔާފައި ޒާރާގެ ފުރަގަހުގައި ހުރެގެން ޒާރާއަށް ނުފެންނަގޮތަށް ޝައިހާގެ އަތުގައި އޮތް ކާޑު ޔަޒްދާންއަށް ދައްކާލިއެވެ. އެއީ ޔަޒްދާން ހޯދަމުން ދިޔަ ކާޑުކަން އެނގުމުން އަނެއްކާވެސް ޔަޒްދާން ރުޅިއަންނަގޮތްވިއެވެ. އެހެންނަމަވެސް ޒާރާ ހުރުމުން މިފަހަރު އެރުޅިގަނޑު އެތެރެއަށް ހިންދާލިއެވެ.

“މިއީ ޝައިހާގެ ބޭބެ.. ޝައިހާ އެ ދުވަނީ އަހަންނަށް އަތުނުވަންވެގެން..” އެންމެފަހުން ޔަޒްދާން ބުނީ އެހެންނެވެ. ޔަޒްދާން އެހެންބުނުމުން ޒާރާ ބަލާލީ ޝައިހާ އަށެވެ. “އޭ ދޮގެއް ޒާރާ ދައްތާ.. އެއީ ޝައިކޮގެ ބޭބެއެއް ނޫން.. ޒާރާ ދައްތައަށް ދޮގު ހަދާފަ އެ ބޭޑް މީހާ އެއުޅެނީ ޝައިކޮ ގެންދަންވެގެން..” ޒާރާ ބަލައިލުމުން ރޮއިގަނެފައި ޝައިހާ ބުނެލިއެވެ.

” ޝައިހާ ދެން ހިނގާ ގެއަށްދާން.” ޝައިހާ އެހެންއުޅެން ފެށުމުން އެންމެފަހުން ޔަޒްދާންގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ. “ނޫން ނުދާނަން.. ތިއީ ޝައިކޮގެ ބޭބެއެއްނޫން.. ޒާރާ ދައްތާ.. ޝައިކޮ ބޭޑް މީހާއާ އެކީ ނުފޮނުވައްޗޭ..” ޝައިހާ ރޮއިރޮއިފާ ޒާރާ ކައިރީ އާދޭސް ކުރަން ކުރަން ފެއްޓިއެވެ.
“ދެން ހުއްޓާލާ ޝައިކޯ.. ޝައިކޮ ކިޔާ އެއްޗިހި ޒާރާ ދައްތަ ގަބޫލްކުރަމޭ.. ހިނގާ ދޯ ޝައިކޮގެ މަންމަ ފެނޭތޯ ބަލަން..” ޝައިހާގެ އަތުގައި ހިފައިގެން ޒާރާ ދާން ހިގައިގަތެވެ. އެވަގުތު އަނެއްކާވެސް ފަހަތަށް އެނބުރިފައި ދޫނެރިފައި ޝައިހާ ޔަޒްދާންއާ ދިމާއަށް އަގައިން ވައްތަރެއް ޖައްސާލިއެވެ.

“ޝައިކޯ.. ޝައިކޮގެ މަންމައެއް މިތާކު ނެތެއްނު..” ޕާކްގެ އެކިތަންތަން ބަލާފައި ޒާާރާ ބުނެލިއެވެ. “އޭނަ މަންމައެއް ނާދޭ.. ޝައިހާ ގޮވައިގެން މިތަނަށް އައީ އަހަރެން.” އެއަށް ޖަވާބުދިނީ ޔަޒްދާންއެވެ. ޒާރާމެން ހިނގާވަރަކަށް ޔަޒްދާންވެސް އެމީހުންގެ ފަހަތުން ހިނގައެވެ.

“ޝައިހާ ކިޔާ އެއްޗެހި ގަބޫލްނުކޮށްބަލަ.. ޝައިހާގެ ބޭބެއޭ މީ..” ޒާރާ އެއްވެސް ވާހަކައެއް ނުދައްކާތީ ޔަޒްދާން ބުނެލިއެވެ. “ޝައިހާ.. ދެން ތިހެން ނޫޅެ ހިނގާ ދޮންބެއާ އެކީ ދާން.. މިހާރު އެއޮއް އިރުއޮއްސެން އުޅެނީ.. މަންމަ މިހާރު ޝައިހާ ހޯދާނެ..” އިރުއޮއްސެން ކައިރިވާތީ ދެން އެތާނގައި އިތުރަށް މަޑުކުރެވޭކަށް ޔަޒްދާންއަކަށް ނެތެވެ. މަންމަ އޮތީ އިރުއޮއްސުމުގެ ކުރިން ޝައިހާ ގެއަށް ގެންނަން ބުނެފައެވެ. އެހެންނަމަވެސް އެހެންބުނާ ކޮންމެފަހަރަކު ޝައިހާ އައިސް ޒާރާއާ ތަތްވެގަނެއެވެ.

ޒާރާ ގައިގައި ތަތްވެގަނެގެން ހުއްޓާ، ގަދަކަމުން އަތް ނައްޓުވައިގެން ގެންދާކަށް ޔަޒްދާންއަކަށް ނުކެރުނެވެ. އެންމެފަހުން އެތާ ހުރެހުރެފައި އެއްގޮތަކަށްވެސް ޝައިހާ ގޮތް ދޫނުކުރުމުން ޔަޒްދާންއައީ ގެއަށެވެ.

******************************

“ދަރިފުޅާ އައީދޯ؟ ކޮބާ ޝައިހާ؟” ގެއަށް އައި ޔަޒްދާންއާ އެކު ޝައިހާ ފެންނަން ނެތުމުން ވަފިއްޔާ ސުވާލުކޮށްލިއެވެ. “ޝައިކޮ ހިގައްޖެ ޒާރާއާއެކު.” ޔަޒްދާން ބުނެލިއެވެ. “ޒާރާއާ އެކީ ދިޔައްޔޭ؟” ވަފިއްޔާއަށް އަހައިލެވުނެވެ.

“އާނ.. ޝައިހާ އެއްގޮތަކަށްވެސް އަހަންނާއެކު އަންނާކަށް ގަބޫލެއްނުވި.. މަންމަ ހާސްނުވޭ.. ޒާރާ ޝައިހާ ރަގަޅަށް ބަލާނެ.. އެހެންވެ އެ ގެންދިޔައީ.. ނުބެލޭނެނަމަ ނުގެންދިޔައީސް.. ޝައިހާ، މިއަދު އެއްފަހަރު ބުނި އެއީ ޝައިހާގެ އާންޓީ އެކޯ..”
ޔަޒްދާން ހީކުރީ ޝައިހާ ގެންދިއުމުން ވަފިއްޔާ ހާސްވީކަމުގައެވެ. އެހެންބުނެފައި ކޮޓަރިއަށްގޮސް ޒާރާގެ ފޮޓޯގަނޑު ހިފައިގެން ޔަޒްދާންއައެވެ.

“މަންމާ މިއީ ޒާރާއަކީ..” ޒާރާގެ ފޮޓޯގަނޑު ވަފިއްޔާ އަތަށް ދެމުން ޔަޒްދާން ބުނެލިއެވެ. “މިއީތަ ޒާރާ އަކީ؟.. އާނ.. މިއީ ޝައިހާގެ އާންޓީއެއް.. މަންމައަށް ޒާރާ އެނގޭ.. އެކަމަކު ނަން ނޭނގެނީ.. ވަރަށް ހިތްހެޔޮ ރަގަޅުކުއްޖެއް.. ކުރީ ދުވަހަކުވެސް ޒާރާއާ ދިމާވެގެން ޝައިހާ އެހެން ހެދިއޭ.. ހަމަ ކުރުނުކޮށް އުޅެން ފެށީމަ ޒާރާ، ޝައިހާ ގެންދިޔައީ.. ދެން ޝައިހާ މިގެއަށް ގެނައިރު ހުރީ ފެންވެސް ވަރުވާފަ.. ކާންވެސް ދީފަ.. މަންމަ އެހިން ގެންގުޅެން އުނދަގޫ ހެއްޔޭ ބުނީމަ ބުނި އުނދަގުލެއް ނުވެޔޭ.. ޝައިހާ ކިޔާ އެއްޗިހިން ވަރަށް ހެވެޔޭ.. ވަރަށް މަޖަލޭ ބުނީ.. އަދި ކިރިޔާ މަންމައަށް މި އެނގުނީ އެއީ ޒާރާކަން..” ޒާރާގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރެ ވަފިއްޔާ ބުނެލިއެވެ.

“މަންމަ ކޮންމެސް ޑައިރީ ފެނުން ވާހަކަ ޒާރާ ކައިރީ ނުބުނައްޗޭ.. ޒާރާ އަދި އަހަންނާ ވާހަކައެއްވެސް ނުދައްކާ.. އަހަރެން ނުވެސް އެނގޭނެ ކަންނޭނގެ.. ޝައިހާކީ އެއްޗަކުން ޒާރާ، އަހަރެންދެކެ ރުޅިއައިހެން ހީވަނީ.. ޝައިހާ މިއަދު ޒާރާއާ އެކީ އެ ދިޔައީ ދޮގެއް ހަދައިގެންވިއްޔަ..” އެހެންބުނެފައި ކަންތައްވީގޮތް ޔަޒްދާން ކިޔާލަދިނެވެ.

“އާނ.. ޝައިހާގެ ތިހުންނަ ސިޔާސަ ކަމުންނޭ ކުރީދުވަހުވެސް ޒާރާ ކައިރީ މަންމަ އެހެން އެހީ.. އެކަމަކު ޒާރާ ކައިރީ ހުންނަނީ ވަރަށް ބަސްއަހައިގެން ހެން ހީވަނީ.. ޒާރާ ބުނި ކުލާހުގަވެސް ޝައިހާ ވަރަށް ކިޔަވަން އުޅެއޭ.. ވަރަށް މަޑުންނޭ އިންނާނީވެސް.. އެދުވަހު މަންމަ ކައިރީ އެހި ކުއްޔަށްދޭ ގެއެއް އިނގޭ ހެއްޔޭ؟ ބުނީމަ މަންމަ ބުނީން މިގޭގަ ހުންނާނެއޭ އިތުރު ކޮޓަރިއެއް.. މިގެއިން ލިބިދާނެއޭ.. ބުނީމަ ވަރަށް އުފާވެފަ ހުރީ.. ބުނި ޒާރާ އުޅެނީ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި ގާތް އެކުވެރިއަކާ އެކީއޭ.. ދެން އުޅެނީ އެ ކުއްޖާގެ ފިރިމީހާއޭ.. އެކުއްޖާ މިހާރު ފިރިމީހާގެ ރަށަށް ބަދަލުވާން އުޅޭތީ އެމީހުން އެ އެޕާރޓްމެންޓް ދޫކޮށްލަނިއްޔޭ.. ދެން މިހަފްތާ ނިމިގެން ދެން އަންނަ ހަފްތާ އެއީ އަންނަ މަސްވިއްޔަ.. އޭރަށް ޒާރާ ބަދަލްވާނީ މިގެއަށް..” ވަފިއްޔާ ކިޔައިދިނެވެ.

ޒާރާ އެގެއަށް ބަދަލްވާ ވާހަކަ ބުނުމުން ޔަޒްދާންގެ ހިތް އުފަލުން ނަށައިގަތެވެ. ޔަޒްދާން ހިތަށް އެރިއެވެ. މިއަދު މިހެންވިއަކަސް މައްސަލައެއް ނެތެވެ. ޒާރާ އެގެއަށް ބަދަލުވުމުން ޒާރާއާ ގުޅުން ބަދަހި ކުރާނެ އެތަށް ފުރުސަތެއް ޔަޒްދާންއަށް ލިބޭނެއެވެ.

އެރޭ، ރޭގަނޑު އަނެއްކާވެސް ޒާރާގެ ޑައިރީ ހިފައިގެން ޔަޒްދާން އެނދުގައި ޖައްސައިލިއެވެ. ފޫހިވީމާވެސް މިހާރު ޔަޒްދާންއަށް ކިޔެނީ އެޑައިރީއެވެ. މިހާރު އެތައް ފަހަރަކު އެޑައިރީ ޔަޒްދާންއަށް ކިއިއްޖެއެވެ. އެހެންނަމަވެސް އަނެއްކާވެސް ޔަޒްދާން ޑައިރީ
ކިޔާހިތްވީއެވެ. ހަމަ ޑައިރީގެ ފުރަތަމަ ކޮޅުން ފެއްޓިގެންނެވެ.

“މީ މިހާރު ކިތައްވަނަ ފޮތްކަމެއްވެސް އަހަންނަކަށް ނޭނގެ.. 8.. ނޫން.. 10.. އަހަރެންގެ ހިތްބުނަނީ މީ 10 ވަނަ ފޮތޭ.. ކޮންމެ ފަހަރަކުވެސް މީހަކަށް ފެނިދާނެތީ ޑައިރީ ލިޔެފައިވެސް ގަނޑުތައް ވީދާލާފަ އަނެއްކާ އެހެން ފޮތެއްގައި ލިޔަނީ.. އެކަމަކު މީހަކަށް ކިޔައިދިނުމަށްވުރެ މިގޮތަށް ޑައިރީއެއްގައި ލިޔަން އަހަންނަށް މާ ފަސޭހަ…” ދެން ޑައިރީގައި ލިޔެފައިހުރީ ޒާރާއާ އާހިލްގެ ރައްޓެހިވެގެން އުޅުނުއިރުގެ ލޯބީގެ ވާހަކަތަކެވެ. އެވާހަކަތައް ކޮންމެފަހަރަކުވެސް ޔަޒްދާންއަށް ކިޔެނީ ރުޅިއައިސްގެން ތުންފިއްތައިގެން އިނދެއެވެ.

“އާހިލްދެކެ އަހަރެން ވަރަށް ލޯބިވިން. އެކަމަކު އޭނަ އަހަރެން ދެކެ ލޯތްބެއްނުވި. އަހަންނަށް ފަހުން އެކަން ޔަގީންވެސްވި. އަހަންނާ ރުޅިވުމަށްފަހު ދެތިން ހަފްތާ ނުވަނިސް އޭނަ އެހެން ކުއްޖަކާ ރައްޓެހިވީ. އެކަމަކު ރުޅިވެފައިވެސް އޭނަ އަހަރެން ކައިރީ ބުނީ ވަރަށް ލޯބިވެޔޭ.. އެހެން ކުއްޖަކާ ރައްޓެހިވީ ސީރިއަސްކޮށެއް ނޫނޭ.. އެހެން ބުނީމަ އަހަރެންވެސް ހީކުރީ އެއީ ތެދެއް ކަމަށް.. އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ އަހަންނަށް ސްކޫލް ތެރެއިންވެސް ފެނޭ.. އެއީ އެހެން ރަށެއްގެ ކުއްޖެއް.. އަހަންނަށް އެނގުން އެއީވެސް ވަރަށް ރަނގަޅު ކުއްޖެއްކަން.. އަހަރެން ފެނުނީމަ އޭނަ ވަރަށް ބަލާނެ.. އާހިލް އެހެން ބުންޏަސް އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭތީ ވަރަށް ހިތަށް ތަދުވި.. އެހެންވެ އެއްދުވަހަކު އަހަރެންނަކީ ކާކުކަން ނޭނގޭ ގޮތަށް އެކުއްޖާ ކައިރީ ޗެޓް އެޕްލިކޭޝަން އަކުން އެހިން އާހިލްއާ ރައްޓެހިވެގެން ދޯއޭ އުޅެނީ.. އާހިލް އަދި ތިކުއްޖާއާ ރުޅިވާނެއޭ.. ރަގަޅަކަށޭ މިބުނަނީ.. ދެން އެކުއްޖާ ބުނެފަ އިންނަނީ ހިތަށް އަރާދޯއޭ އެނގޭނަމައޭ.. ތިހާ ރަގަޅިއްޔާ ކާކުކަންވެސް ބުނާނެއެއްނުހޭ..”

“އެކަހަލަކަންތައް އެއީ އަހަރެންވެސް ކޮށްއުޅޭ ކަމެއް ނޫން.. އެހެންވެ އަހަންނަށްވެސް އެނގުން މިކުރެވުނީ ރަގަޅުކަމެއް ނޫންކަން.. އަހަރެން އަސްލު އެކުއްޖާ ކައިރީ އެހެންއެހީ ރުޅިއަށްވުރެ ބޮޑަށް އަސްލު ހަގީގަތް ބަލަން ބޭނުންވެގެން.. އަހަރެން ބޭނުންވީ އާހިލް ހަގީގަތުގައިވެސް އޭނަ ދެކެ ލޯބިވޭތޯ ނޫނީ ނޫންތޯ ބަލަން.. އަހަރެން ހުރީ ނުލާހިކު ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ.. އަހަރެން ބޭނުންވީ އާހިލް އޭނަދެކެ ހަގީގަތުގައިވެސް ލޯބިވަންޏާ އާހިލް މަތިން ހަނދާން ނައްތާލަން.. އެކަމަކު އެކުއްޖާ ދިން ޖަވާބަކުން އަހަންނަށް އެގޮތެއް ސާފެއްވެސް ނުވި.. ދެން އެކަމަކު އަހަރެން ހުރީ.. ދެން ދުވަސްކޮޅެއް ފަހުން އެނގުން އާހިލް އެކުއްޖާދެކެ ލޯބިނުވާކަންވެސް.. އާހިލް އެކުއްޖާއާ ރުޅިވެ ރުޅިވެފަވެސް އެތައް ފަހަރަކު ރައްޓެހިވި.. އެކުއްޖާއާ އާހިލްގެ ޕްރޮއިލްވެސް އަހަންނަށް ވަރަށް ބެލުން.. އެއީވެސް އަހަރެން ކުރިން އުޅޭގޮތެއް ނޫން.. އެކުއްޖާގެ ސްޓޭޓަސްތައް ފަހުން ފަހުން ހުންނަނީ ވަރަށް ހިތާމަ ވެރިކޮށް.. އަހަރެން ހިތަށް އެރީ ލޯތްބަކީ މީ ހާދަ ވޭން ހުރި އެއްޗެކޭ.. ދުވަހަކުވެސް ލޯބި ނުވެވުނުނަމައޭ.. ރުޅިވިފަހުން އާހިލްގެ ކަންތައް ހުންނަނީވެސް ވަރަށް އަޖައިބު ގޮތަކަށް. ރަށަށް ދެވުނީމަ އުޅެނީ އަބަދު ވާހަކަދައްކަން.. އެކަމަކު މާލެ އައިސްފަ އަހަރެން މީ ހުންނަ މީހެއް ކަމަށްވެސް ނަހަދާނެ..” އެއަށްފަހު ދެން ޑައިރީގައި ލިޔެފައި އޮތީ ރިޝްވާންގެ ވާހަކައެވެ.

“ރިޝްވާންވެސް ފަހުން އަހަންނާ ލޯބީގެ ގުޅުމެއް ބާއްވާކަށް ބޭނުމެއްނުވި.. ރިޝްވާން ބުނާ ތަންތަނަށް ނުދެވޭތީ ގިވްއަޕް ކުރީއޭ
ބުނީ.. ޓަޔަޑްވީއޭ.. އެހެންވެ އަހަރެންގެ ހިތުގައި ރިޝްވާންއާމެދު ލޯތްބެއް ކިރިޔާ އުފެދުނުތަނާހެން އަހަންނަށް ރިޝްވާންވެސް ގެއްލުނީ.. ރިޝްވާން ބޭނުންވީ ރައްޓެހިކަން ބާއްވަން.. އެކަމަކު އަހަރެންނަށް ކަމުދާ މީހުންނާ ރައްޓެހިކަން ބޭއްވުމަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫން.. ކުރީގެ ކަންތައްތައް ހަނދާންވާތީ.. އެހެންވެ އަހަރެން ރިޝްވާން ކައިރީ އެހެންބުނެފަ ރިޝްވާން އަންފްރެންޑްކޮށްލީ..” އެހިސާބަށް ކިޔާފައި ޔަޒްދާން ޑައިރީ ލައްޕާލާފައި ނިދަން އޮށޯތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ދިހައެއް ( ބާރަވަނަ ބައި )

Next

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 1 ވަނަ ބައި

Next
August 12, 2017

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 1 ވަނަ ބައި

Previews
August 12, 2017

ދިހައެއް ( ބާރަވަނަ ބައި )

12 Comments!

  1. click a shot ? says:
    August 12, 2017 at 6:45 pm

    Varah reethi mi part ves

  2. Shii says:
    August 12, 2017 at 7:09 pm

    V salhi

  3. Mysh says:
    August 12, 2017 at 7:26 pm

    Zaaraa aai yazdhan gulhuvadhyba

  4. Ram says:
    August 12, 2017 at 10:31 pm

    Habbu ?

  5. khajja says:
    August 13, 2017 at 1:31 am

    Masha allah v rythi v furihama when nxt prt avahah upkollaadhechchey gud nyt?❤???

  6. merr says:
    August 13, 2017 at 2:38 am

    mi story haadha reehchey
    when is the next part dear crystal

  7. ROMAN REGINS says:
    August 13, 2017 at 4:12 am

    Wow nice

  8. zainab says:
    August 19, 2017 at 6:33 pm

    dhn meege next part eh up vaane kameh neynge

  9. Tobby says:
    August 21, 2017 at 4:35 pm

    Miy adhi meeheh kiyaafa rovey varuge diary ehtha??

  10. Abbeyy says:
    September 8, 2017 at 1:57 am

    Salhi

  11. shamy says:
    October 31, 2017 at 5:10 pm

    mihaaru kihaa duvahen vehjey aneh part koba??

  12. Maya says:
    December 3, 2017 at 2:41 pm

    Mihaaru mioh aharu nimeny koba the next part

Comments are closed.

Next Episodeޒާރާ (1-8 ވަނަ ބައި) ޚުލާސާއެއް←


All Right Reserved!