ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 2 ވަނަ ބައި
އާދައިގެ މަޑު ހިގުމެއްގާ ދާއިންގެ މިސްރާބް ތުޑިއަށް ޖެހިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދާއިންއަށް ތުޑިއަށް އާދެވުނެވެ. ” ނާޖީ…. ނާޖީ…. ބަލާބަ. އެހެރަ އަންނަނީ ދާއިން މިދިމާލަށް ” ޝައުނާއަށް އެއްލިކަޅިއަކުން ދާއިން އަންނަތަން ފެނުމުން ނާޖީއަށް ދައްކާލިއެވެ. ” އޭތް ދާއިންނޭ….!! ދެން ކިހިނެއްތަ ހަދާނީ ” ނާޖީއަށް ސިހިފައި ބުނެލެވުނެވެ. ” ނާޖީ ގޮސް އެހެރަ ގަސްގަނޑު ކައިރިގައި ފިލާހުރޭ. އަހަރެން މިތާ އިންނާނަން. މިފަހަރު ދާއިންއާ ވާހަކަ ދައްކާނީ އަހަރެން. އަވަހަށްދޭ…..! ” ޝައުނާ މޮޅު ރޭވުމެއް ރާވާލިއެވެ. ” ޝައު ވާހަކަ ދެއްކީމަ އަހަރެން….. ” ނާޖީ ހައިރާންކަމާއެކު އަހާލިއެވެ. ” ސާބަހޭ. އަހަރެން ނޫޅެން ކަމެއް ކުރާކަށް. މިހެން މިހަދަނީ ވެސް ނާޖީއަށް ރަގަނޅަކަށް. ދެންވެސް ދާއިންއަށް ނުފެންނަނީސް ދޭބަލަ….. ” ޝައުނާ އަވަސް އަވަހަށް ބުނެލިއެވެ. ޝައުނާ ބުނިގޮތަށް ނާޖީ ކަންތައްކުރިއެވެ. ގަސްގަނޑު ކައިރީ ހުންނައިރު ޝައުނާ އިށީދެގެން އިންތަން ވަރަށް ރީތިކޮށް ފެނެއެވެ. ދާއިން އައިސް ކުރިންދުވަހު ނާޖީއާ ވާހަކަ ދައްކަން ހުރި ހިސާބުގައި މަޑުކޮށްލިއެވެ. އަދި ވަށައިގެން ބަލާލިއެވެ. ” ޝައުނާ މިތާ ކީއްކުރަނީތަ؟ ” ދާއިންއަށް ޝައުނާ ފެނުމުން ސުވާލުކޮށްލިއެވެ. ” ކަމެއްނުކުރަން. ހަމަ އިނީ. ދާއިން މިތާ ކީއްކުރަނީ ” ދާއިންގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ޝައުނާ ވެސް ދާއިންއާ ސުވާލުކޮށްލިއެވެ. ” ހަވީރު ގަޑި ވީމަ ހިނގާލަން ނިކުމެފަ މިތަނަށްވެސް ޖައްސާލީ ” ޝައުނާގެ ސުވާލަށް ޖަވާބު ދެމުން ދިޔައިރު ވެސް ދާއިން ވަށައިގެންވާ ހިސާބުގަނޑަށް ބަލަމުން ދިޔައެވެ. ހީވަނީ މީހަކަށް ފެނިދާނެތީ އުޅޭހެންނެވެ. ” ޝައުނާ އެކަނި އުޅޭ ދުވަހެއްތަ؟ ކޮބާ ނާޖީ….. ” ދުރުދުރުން ދާއިން މަންޒިލާ ހަމައަށްދާން މަސައްކަތް ކުރަންފެށިއެވެ. ” ނޫނޭ އެކަނި އުޅޭ ދުވަހައްނޫން. ނާޖީ ކޮބައިތޯ ބަލަނީ ކިހިނެއްވީތަ؟ އަނެއްކާ ގުޅުމެއް އޮށްނަނީތަ؟ ” ޝައުނާ ސުވާލު ކޮށްލިއެވެ. ” ގުޅުމެއް އޮށްނަނީއެއް ނޫން. ހަމަ އަހާލީ. ގިނައިން ދެމީހުން އެކުގައުޅޭތަން ފެނިފަ، މިވަގުތު ޝައުނާ އެކަނި ފެނުނީމަ މި ސުވާލުކޮށްލީ ” ދާއިން ބުންޏެވެ. ” އެހެންތަ؟ އަހަރެންހީކުރީ ގުޅުމެއް އޮންނަނިކަމަށް ” ދެމީހުން ދައްކަމުންދިޔަ ވާހަކަތައް ސާފުކޮށް ނާޖީއަށް އަޑުއިވެމުން ދިޔައެވެ. ” ނާޖީ…. ” ކުއްލިއަކަށް ޝައުނާ ބުނެލިއެވެ. އެވަގުތު ދާއިން ވަށައިގެން ހޯދާ ބަލަންފެށިއެވެ. ” ކޮބާ ނާޖީ ” ނާޖީ ދެކޭހިތުން ކެއްމަދުވެފާހުރި ދާއިންއަށް އަހާލެވުނެވެ.
” އައްދޭ…! ހާދަވަރެއް….! އެހެންވީމައޭ އަހަރެން މިބުނީ ކޮންމެވެސް ގުޅުމެއް އެބައޮތޭ ” ޝައުނާ ލާނެއް ފާޑަކަށް ހީގަންނަމުން ބުންޏެވެ. ނާޖީގެ ގާތަށްވެސް ހިނިއައެވެ. ދާއިންއަށް ވީގޮތުންނެވެ. ޝައުނާ ބަލާލުމުން ނާޖީ އަތުގެ އިޝާރާތުން ބަރާބަރު ކަމަށް ދައްކާލިއެވެ. އޭރުވެސް ދާއިން ވަށައިގެން ހޯދަނީއެވެ. ” ތިޔަވަރަށް ވަށައިގެން ނުބަލާ ބުނެބަލަ. ނާޖީ ހޯދަނީ ކީއްކުރަންތަ؟ ” އަނެއްކާވެސް ޝައުނާ ސުވާލު ތަކުރާރު ކޮށްލިއެވެ. ” އަހަރެން ވާހަކައެއް ބުނަންވެގެން ” ދާއިން ބުންޏެވެ. ” އަނެއްކާ ކޮންވާހަކައެއްތަ؟ ” ދާއިންގެ ކޮންމެ ޖުމްލައަކުން ޝައުނާ ދިޔައީ ސުވާލު އުފައްދަމުންނެވެ. ” އަހަރެން ބޭނުންވަނީ ނާޖީގެ ގާތުގައި ބުނަން ” ދާއިން ބުންޏެވެ. ” އަހަރެންވެސް ތިވާހަކަ ވަރަށް އަމާނާތްތެރިކަމާއެކު ނާޖީގެ ގާތުގައި ބުނެފާނަމޭ. ބުނެބަލަ ” ޝައުނާގެ ކޮޅު ދުލެއްނުކުރިއެވެ. ” ނޫނޭ. އަހަރެން ބޭނުންވަނީ ހަމަ ނާޖީގެ ގާތުގައި ބުނަން ” ދާއިން ވެސް ގޮތުގައި ހިފެހެއްޓިއެވެ. ” އެއްމެ ރަގަނޅު. އަހަރެންގެ އެއްމެ ސުވާލަކަށް ޖަވާބުދީ. އޭރުން އަހަރެން ތިޔަ ވާހަކަ ނާޖިގެ ގާތުގައި ބުނަން ޗާންސެއް ހޯދަ ދޭނަން ” ޝައުނާ ވިސްނާލާފަ ބުނެލިއެވެ. ” ކޮބާތަ ސުވާލަކީ. އަނެއްކާ އަހަރެންނަށް ޖަވާބު ދެވޭކަހަލަ ސުވާލެއް ކުރައްޗޭ ” ޖީބަށް އަތްޖަހާ ހަމަ ޖެހިލަމުން ދާއިން ބުނެލިއެވެ. ” ދާއިން ނާޖީދެކެ ލޯބިވޭތަ؟ ” ޝައުނާގެ ސުވާލުން ދާއިން ސިހުނެވެ. ޖަވާބުގާ ބުނާނީ އާއެކޭ ނުވަތަ ނޫނެކޭ ބާއޭ ދާއިންގެ ހިތަށް އެރިއެވެ. ” ކޮބާ ޖަވާބު ” ލަސްވުމުން ޝައުނާ އަހާލިއެވެ. ” އާނ… ވަރަށް ބޮޑަށް. އެކަމަކު ޝައުނާ ނުބުނާތި. އަހަރެން ބުނާނީ ” ދާއިންގެ ޖަވާބުން ޝައުނާވެސް ސިހިގެން ދިޔައެވެ. ދާއިންގެ ހިތުގެ އެދުން އެނގިހާމަ ވުމުން ޝައުނާ ވަރަށް އުފާވިއެވެ. ރަހުމަތްތެރިޔާގެ ލޯބި ކާމިޔާބު ވާންއުޅޭކަމުގެ ފެހި ސިގުނަލް އެޅީ ދާއިންގެ އެ ކުރު ޖަވާބުންނެވެ. ދުރުގައި މަންޒަރުބަލަން ހުރި ނާޖީއަށް ދާއިންގެ ޖަވާބުން ދުނިޔެ މިލްކުވިފަދައޭ ހީވިއެވެ. ދުވެފަގޮސް ދާއިންގެ ގައިގާ ބައްދާލަފާނަމޭ ކިތައްމެ ފަހަރަކު ނާޖީގެ ހިތަށް އަރަމުން ދިޔައެވެ. ޖަޒުބާތުގެ އޮއިވަރު ނާޖީގެ ހިތުގާ ބާނިލާ ކެކިގަތެވެ. ” ދެން އަހަރެން ކޮންތާކަށް ނާޖީ ފޮނުވަންވީ….. މިބުނީ ގެނެސްދެންވީ ” ސަމާސާ ގޮތަކަށް ޝައުނާ ބުނެލިއެވެ. ” މިތަނަށް. މާދަމާ ހައެއް ޖަހާއިރު ރަގަނޅުވާނެ ” ދާއިން ވިސްނާލާފަ ގަޑި ބުނެލިއެވެ. ” ޝައުނާއަށް ހީވޭތަ ނާޖީ މާދަމާ މިތަނަށް އަންނާނެހެން ” ދާއިން ސުވާލުކޮށްލިއެވެ. ” ދާއިން ތިކަން އަހަރެންނަށް ދޫކޮށްލާ. ނާޖީ އަހަރެންގެ ވާހަކަތަކަށް ބީރުކަންފަތެއް ނުދޭނެ. ހުރިހާ ކަމެއްވެސް ރަގަނޅު ވާނެއޭ ދާއިން ” ޝައުނާ ދާއިންއަށް ހިތްވަރު ދިނެވެ. އުންމީދު އާކޮށްދިނެވެ. އެއުންމީދަކީ ނާޖީގެ ވެސް އުންމީދެވެ. ދެކެމުން އައި ފޮނި ހުވަފެންތަކެކެވެ. ” ދެން އަހަރެން ދަނީ. ކޮންމެސް ނާޖީ ގެނެސްދެތި ” ފޯނަށް ބަލާލުމަށްފަހު ދާއިން މިހެންބުނެފަ ހިގައިގަތެވެ.
ދާއިން ދިޔުމުން ނާޖީ ގަސްގަނޑުގެ ބިއްދޮށު ފިލާ އޮތުމަށްފަހު ދުވެފަ އަތުވެއްޖެއެވެ. ” ނާޖީ…. ” ނާޖީ އައިސް ޝައުނާގެ ކައިރީ ވެލިގަނޑު މަތީ އިށިމުން ޝައުނާ ގޮވާލިއެވެ. ” ހޫނ…. ކިހިނެއްވީ؟ ” ނާޖީ ޝައުނާގެ މޫނަށް ބަލާލިއެވެ. ” މާދަމާ މިތަނަށް އަންނާނަންތަ؟ ” ޝައުނާ ނާޖީ އާއި ސުވާލުކޮށްލިއެވެ. ” ކީއްވެ ނާންނަންވީ. އަހަރެން ދާއިންދެކެ ހާދަ ލޯތްބެއްވެޔޭ. އަހަރެންގެ ބައްޕަ ދުނިޔޭގަ ނެތަސް މަންމަ އާއި ބައްޕަ އަދި ދޮންބެ ފިޔަވާ ދެން އަހަރެން އެއްމެ ލޯބިވަނީ ދާއިން ދެކެ ” ދެފައި ވައްކޮށް ރަގަނޅަށް ވެލިގަނޑުމަތީ ހަމަޖެހިލުމަށްފަހު ނާޖީ ބުންޏެވެ. ” އަހަރެންނަށް ދާއިން އާމެދު ވިސްނެން ފެށުނީ ސްކޫލް އުޅުނު ދުވަސް ވަރު. އެކަމަކު ދާއިން ފަހުން މާލެ ކިޔަވަން ދިޔައީ. އަހަރެން ހީކުރީ ދާއިން އަހަރެންނަށް ގެއްލުނީކަމަށް. އެކަމަކު މިއަދު އަހަރެންގެ ހުވަފެންތައް ކާމިޔާބު ވުމުގެ ފެހި ސިގުނަލް އަޅައިފި. މާލެއިން އައިސް ދާއިން އަހަރެންގެ ބޭނުން ޖެހިގެން އަންނާނެ ވަގުތަކަށް އަހަރެން މިހުންނަނީ ބަލަބަލާ. މިއަދު އަހަރެން ވަރަށް އުފާވެއްޖެ ” މިހެންބުނެ ނާޖީ ހޭންފެށުމުން ޝައުނާ ވެސް ހޭންފެށިއެވެ. ރަހުމަތްތެރިޔާގެ އެއުފަލުގާ ބައިވެރި ވާހާލުގައެވެ.
ރޭގަނޑުގެ އަދިރިކަން ފަހަނައަޅާ، ދުވާލުގެ އަލިކަމަށް ދުނިޔެ ހޭލީ ދާއިން ވެސް ހޭލާ އޮށްވައެވެ. އޭނާއަށް ހަމަ ނިދި ނުލިބެއެވެ. ހިތަށް އަރަމުން ދިޔައީ ހިތުގެ ހާލު ފާޅުކުރުމުން ނާޖީ ބުނާނެ އެއްޗަކާމެދުއެވެ. ދާއިންގެ އެދުމަށް ނާޖީ ފުގަސްދީފިނަމަ ދާއިންގެ ހިތްހަލާކުވާނެއެވެ. ނަމަވެސް އެއަށްވުރެއް ބޮޑަށް ދާއިން ހިތުގައި އުންމީދު އާވަމުން ދިޔައީ ނާޖީ ގޯހެއް ނުހަދާނެ ކަމެވެ.
ނާޖީ ވެސް ބޮޑުފަތިހާ ހޭލިއެވެ. އަދި ދާއިން ދައްކާފާނެހެންހީވާ ވާހަކަތަކާ ވިސްނާލެވުނެވެ. ދާއިންގެ ހިޔާލުގެ ތެރެއަށް ގެއްލިފަ އިންދާ ނާޖީއަށް ހަމަ ހޭވެރިކަމެއް ގެނުވީ ހައްވަގެ އަޑުންނެވެ. ” ކީކޭ މަންމާ!!! ” ދާއިން ކޮޓަރީ ދޮރު ހުޅުވާ ލުމަށްފަހު ބުނެލިއެވެ. ” ދަރިފުޅު ސައިނުބޮއި ހުރީމަ މަންމައަށް މިއުޅެނީ ކަމެއް ކުރަން ވެސް ނުދެވިގެން. ލަސްނުވެ އަވަހަށް އާދޭ ” ޒަރީނާ މިހެންބުނެ ކާގެއާ ދިމާލަށް ދިޔައެވެ. ދާއިން އެއްމެ ފަހުފަހަރަށް ލޯގަނޑުން ފަރިބަލާލުމަށްފަހު ކޮޓަރިން ނިކުމެގެން ކާގެއާދިމާލަށް ދިޔައެވެ. ” ދަރިފުޅު ތަނަކަށް ދާންވެގެންތަ ތިއުޅެނީ ” ޒަރީނާ އަހާލިއެވެ. ” އާނ…. ޒުހާންމެންގެ ގެއަށް ގޮސްލަންވެގެން. ކިހިނެއްވީ. މަންމަ ކަމެއް ކުރަންވެފަ އޮތީތަ؟ ” ދާއިން ވެސް ސުވާލުކޮށްލިއެވެ. ” ނޫނޭ…. މާރީތިވެލައިގެން ހުރީމަ އަހާލީ ” ދާއިން ހިތުންވުމަކުން ޒަރީނާއަށް ޖަވާބު ދިނެވެ.
ސައިގެ ކަންތައް ވަރަށް ކުޑަގޮތަކަށް ނިއްމާލުމަށްފަހު ދާއިން ކާގެއިން ނިކުތެވެ. ދިހަވަރަކަށް މިނިޓް ފަހުން ދާއިންއަށް ޒުހާނުގެ ގެއާހަމައަށް ދެވުނެވެ. ޒުހާން އިނީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ބައިވަރު ގަޑުތަކެއް މޭޒުމަތީ ހުއްޓެވެ. ” ދާއިން… ކިހިނެއްވިތަ؟ ހާދަ ހެނދުނަކާ….. އަނެއްކާ ކޮންވަޑާމެއް؟ ” ދާއިން ފެނުމުން ދަތްދޮޅީގައި އަތްވިއްދާލަމުން ހައިރާންކަމާއެކު ޒުހާނު އަހާލިއެވެ. ” ކަމެއް ވެއްޖެތަ؟ ހަމަ ޒުހާން ކައިރިއަށް މި އައީ ” ޒުހާން ކައިރީ އިށީންމުން ދާއިން ބުނެލިއެވެ. ” އަހަރެންނަށް ހާދަ ހީވެޔޭ ކަމެއް ވެގެން އުޅޭހެން ” ދާއިން މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން ޒުހާން ބުނެލިއެވެ. އެހާހިސާބުން ދާއިން ހިތުގެ ޑައިރީ ހުޅުވާލިއެވެ.
މެންދުރުގެ އެއްމެ އަވި ބާރުވެގެން އައި ވަގުތެވެ. ނާޖީ އުޅުނީ ބަދިގެ ތެރޭގައެވެ. މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. ކާއްޓެއް ގާނާ އޭގެން ކިރުފެލާލުމަށްފަހު ނާޖީ ނިކުތީ ހަނޑޫކޮޅެއް ހޮވާށެވެ. އެހެން އިންދާ މީހަކު އައިސް ނާޖީގެ ފުރަގަހުން ހަޅޭލަވައިގަތެވެ. ނާޖީ ސިހުނެވެ. ” ކޮބާ އަދި ވެސް އެހެން މީހުންނަށް ލަޑުދޭތި. އަމިއްލަ މީހާވެސް ތި ދިޔައީ ސިހިގެން ” ޝައުނާ ހެމުން ބުނެލިއެވެ. ” ހޫމް…. ޝައުދޯ ” ފޫހި ގޮތަކަށް ނާޖީ ބުނެލިއެވެ. ” އާނ… ދެން އެހެން ކާކު؟ އެކަމަކު މިއަދުގެ ފަހުން ސިއްސުވާނީ އަދި ސަމާސާ ކުރާނީވެސް ދާއިން އާއެކުދޯ. ދެން އަހަރެން ނުވާނެދޯ އެއްވެސް މީހަކަށް ” ޝައުނާ ދިމާކޮށްލިއެވެ. ” ނޫނޭ ޝައު… އަހަރެން ދާއިން އާއި ގުޅުނަސް މިގުޅުން އަބަދުވެސް އޮށްނާނެ. ޔޫ އަރ މައި ބެސްޓްފުރެންޑް ” މިހަކާ ގުޅުމަކުން ދުވަސްވީ ރަހުމަތްތެރިކަން ނުގެއްލޭނެ ކަމަށް ނާޖީ ބުންޏެވެ. ” ދީ އަހަރެންގެ އަތަށް ތި ހަނޑޫކޮޅު ހޮވާލާނަން ” ދޮލަގުގައި ހިފަމުން ޝައުނާ ބުންޏެވެ. ” މިދެން ނިމުނީޔޭ ” ޝައުނާގެ އަތް ދޮލަގުން ނައްޓާލަމުން ނާޖީ ބުނެލިއެވެ. ” ކާކުގެ އެއްޗިއްސެއްތަ ރޯނުގައެހުރީ ” ދެ ޓީޝާޓާ، ދެ ޖިންސް ރޯނުގައި ހިންކަން އަޅާފަ އޮތްތަން ފެނިގެން ޝައުނާ ނާޖީ ކުރެން ސުވާލުކޮށްލިއެވެ. ” މިގޭ ރޯނުގަ ހުންނާނީ މިގޭ މީހުންގެ އެއްޗެހި ނޫން ދެން އެހެން ކޮންބައެއްގެ އެއްޗިއްސެއްތަ؟ ” ނާޖީގެ އެޖަވާބުން އިތުރަށް ޝައުނާގެ ހިތުގާ ސުވާލު އުފެދުނެވެ. ” ބޭބެ އައިތަ؟ ކޮންއިރަކުތަ އައީ…. ނާޖީ ނުވެސް ބުނަމެއްނު ބޭބެ އައި ވާހަކަ ” ޝައުނާ ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. ” އަދި ނުބުނެވިފައެއް ނެތެއްނު. އިއްޔެ ހަވީރު އައީ ” ނާޖީ ބުނެލިއެވެ. ” އެހެންތަ؟ އެހެންވިއްޔާ އެބަ އަންނަން ބޭބެއަށް ޖެއްސުން ކޮށްލާފަ ” މިހެންބުނެ ޝައުނާ ހިގައިގަތެވެ. ނާޖީގެ ބޭބެ ހަމީދު ފެނިއްޖެނަމަ ހަމީދުއަށް ޖެއްސުންކޮށް ސަކަރާތް ޖެހުމަކީ ޝައުނާގެ އާދައެކެވެ. ހަމަ އެގޮތަށް ހަމީދު ވެސް ޝައުނާ އާއި ސަމާސާކޮށް ހަދައެވެ.
ޝައުނާ ގޭތެރެއަށް ވަދެގެން ދިޔަގޮތަށް ދިޔައީ ހަމީދުގެ ކޮޓަރި އާއި ދިމާލަށެވެ. ދޮރުމައްޗަށް ހުއްޓި ދެތިންފަހަރު ޓަކި ޖަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން މަޑުމަޑުން ދޮރުހުޅުވާލާފާ އެތެރެއަށް ބޯދީ ބަލާލިއެވެ. ޝައުނާއަށް ހަމީދު ހުސްގަޔާ އެނދުގާ އޮށްވާ ފެނުނެވެ. ހަމީދު އޮތީ ނިދާފަކަމެއް ނުވަތަ މަކަރު ހަދައިގެން ކަމެއް ޝައުނާ އަކަށް ނޭންގެއެވެ. ޝައުނާ ރަގަނޅަށް އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. އަދި ދޮރުކައިރީ ހަމީދުގެ ފިރިހެންވަންތަ ހަށިގަނޑަށް ބަލަން ޝައުނާއަށް ހުރެވުނެވެ. ޖަޒުބާތުން ފުރިގެންވާ ނަޒަރަކުންނެވެ. އެހިދުން ފެށިގެން ޝައުނާގެ ހިތަށް މިއިން ދުވަހަކު ނާރާޒާތެއްގެ އެއްޗެހި ތަކެއް އަރަންފެށިއެވެ. އެހެން މީހަކާ މެދު ވިސްނާ ނުލެވޭވަރަށް ޝައުނާއަށް ހަމީދު އާއި މެދު ވިސްނާ ވެސް ލެވުނެވެ. އިރުގަނޑެއް ވަންދެން ޝައުނާ ހަމީދުއާ ދިމާލަށް ބަލަން ހުރެފަ ކޮޓަރިން ނިކުތެވެ. އަދި ބަނދިގެ އާއި ދިމާލަށް ދިޔައެވެ. ” ކައްކާ ނިމުނީތަ؟ ” ޝައުނާ އަވަދިނެތި ބަނދިގޭގަ މަސައްކަތުގަ އުޅުން ނާޖީއަށް މުހާތަބްކޮށް ބުންޏެވެ. ” އާނ… މިދެން މިއަދުގެ މަސައްކަތް ނިމެންއުޅެނީ ” ބަނދިގެ ތެރޭގައި ފެންއަޅާފަ ހުރި ތެއްޔެއް ހިފައިގެން ބޭރަށް ނިކުމެ އެ ފެން އުކާލަމުން ނާޖީ ބުނެލިއެވެ.
ހަވީރު 5 ޖަހައިފިއެވެ. ބައްދަލުވުމަށް ކިޔާފައޮތް ގަޑި ކައިރި ވަމުންއާދެއެވެ. ދާއިން ފިނިވެ، ހިތް ނުތަނަވަސް ވާންފެށިއެވެ. ވަގުތު ކުޑަތަން ވާވަރަކަށް ހިތް ބިރުގަންނަމުން ދިޔައެވެ. ދޭތެރެ ދޭރެއިން ހިތާ ދިމާލުގާ ދާއިން އަތް އަޅާލައެވެ. ގަޑިއަށް ބަލާލަ ބަލާލާ އޮތް ދާއިންއަށް ބައެއް ފަހަރު ގަޑިހިނގާލެއް މާއަވަސްހެން ވެސް ހީވެއެވެ. އަނެއްބައި ފަހަރު މާލަސްވާހެން ވެސް ހީވެއެވެ. ކޮންމެއަކަސް މިކަހަލަ އެތައް ފިކުރުތަކެއްގަ އޮށްވާ ފަސްގަޑި ބައިވެއްޖެއެވެ. އަވަސް އަވަހަށް ދާއިން ފާހާނާއަށް ވަދެ ފެންވަރަން ފެށިއެވެ. އަދި ދިހަވަރަކަށް މިނިޓްފަހުން ދާއިން ފާހާނާއިން ނިކުމެ ތައްޔާރުވެލައިގެން ގެއިން ނިކުމެގެން ތުޑިއަށް މިސްރާބް ޖެހިއެވެ. ވަގުތަކީ ދާއިންގެ ރައްޓެހިންތައް ކުޅެނިމިގެން ގެއަށްދާން އަންނަ ވަގުތުކަމުން އެއިން މީހަކަށް ދާއިން ފެނިދާނެތީ އެހެން މަގަކުން ހިނގަމުން ގޮސް ތުޑިއަށް ފޭބިއެވެ.
ދާއިންއަށް ތުޑިއަށް ދެވުންއިރު ހައެއްޖަހާ ކުޑައިރު ކޮޅެއްވިއެވެ. އޭރު ނާޖީ ހުރީ ތުޑިއަށް އައިހެވެ. ނާޖީ ފެނުމުން ދާއިން ގައިން ހީބިހި ނަގައިގަތް ކަހަލައެވެ. ދާއިން މަޑުމަޑުން ހިގާފަ ގޮސް ހުއްޓުނީ ނާޖީގެ ކޮޑާކޮޑު ޖެހޭ ހިސާބްގައެވެ. އެއަށްފަހު ދާއިން ނާޖީގެ މޫނަށް ބަލާލިއެވެ. ހީވަނީ ނާޖީ ރުޅި އައިސްފަ ހުރިހެންނެވެ. ” ދެން ބުނެބަލަ. އަހަރެން މިތަނަށް ގެނައީ ކޮންވާހަކައެއް ބުނަން ވެގެންތަ؟ ދާއިން އަހަރެން ކައިރީ ބުނަންޖެހޭ ވާހަކަ ވެސް ހުރޭތަ؟ ” ހިތްހަމަ ނުޖެހިފާ ހުރިކަހަލަ ރާގަކަށް ނާޖީ ސުވާލުކޮސްލިއެވެ. ނަމަވެސް އެއީ ހުސް އާޓެވެ. ހަގީގަތަށް ބުނާނަމަ ނާޖީއަށް ވަރަށް މޮޅަން އެކްޓް ކުރަން އެނގެއެވެ. ނާޖީގެ ރާގު ހުރި ގޮތުން ދާއިން ބުނަން އުޅުން ވާހަކަ ބުނަން ފަސްޖެހުނެވެ. ނާޖީ އެއަށް ވުރެއް ބޮޑަށް ރުޅި އަތުވެދާނެތިއެވެ. ނާޖީގެ އާބަސް ނުލިބި ނާޖީ ރުޅިއައުން އެއީ ދާއިން ފަހަރެއްގައި ވެސް ބޭނުންވާ ގޮތެއްނޫނެވެ. ނަމަވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށްފަ ދާއިން އެއްޗެއް ބުނެވޭތޯ މަސައްކަތް ފެށިއެވެ. ” އަހަރެން……. އަހަރެން……!!! ” ދާއިންއަށް ބުނެވުނީ މިވަރަށެވެ. ” ކޮން އަހަރެންނެއްތަ؟ ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފްސާފްކޮށް، އަވަހަށް ބުނެބަލަ ” ދާއިން ވާހަކަ ދައްކަދައްކާ ހުއްޓާ ނާޖީ ބުނެލިއެވެ. ” ނާޖީ. އަހަރެން ނާޖީ ބޭނުން. އަހަރެން ނާޖީ ދެކެ ވަރަށް ލޯބިވޭ…. ވަރަށް ބޮޑަށް ލޯބިވޭ ” ނާޖީގެ ރާގާ، ބަހުރުވަ ހުރިގޮތުން ވަރަށް ހިތްވަރުކޮށްލާފަ ދާއިން ހިތުގެ އެދުން ހާމަކުރިއެވެ. ދާއިންގެ ވާހަކަ އަޑު އަހަމުން ދިޔައިރު ނާޖީ ހުރީ ހެވިފައެވެ. ދާއިންގެ އެފޮނި، މާނަ ފުން ބަސްކޮޅު ނިމުމާއެކުހެން ނާޖީ ދާއިންއާ ކުރިމަތި ލުމަށްފަހު ދާއިންގެ އަތުގާ ހިފިއެވެ. ދާއިން ދިޔައީ ސިހިގެންނެވެ. ” އަހަރެންވެސް ދާއިން ބޭނުން. މުޅިއުމުރަށް ބެނުން. ދުވަހަކުވެސް ވަކިނުވާ ގޮތަށް. ދިރިއުޅުން ފަށަންވެސް ބޭނުންވަނީ ދާއިން އާއި އެކު….!!! އަދި ދިރިއުޅުން ނިމިގެން ނިމިގެންދާން ވެސް ބޭނުންވަނީ ދާއިން އާއި އެކު. އަހަރެން ދާއިން ދެކެ މިވާލޯބި ގަލަމަކުން ވެސް ބަޔާންކުރަން ދަތި ” އެއްވެސް ޖެހިލުމެއްނެތި ނާޖީ ބޭނުންވާ ގޮތް ހާމަކުރިއެވެ.
ދާއިންއަށް ވީގޮތެއްވެސް ނޭންގުނެވެ. ހައިރާންކަމާއެކު ދާއިން ނާޖީގެ ޖާދޫއެއްފަދަ ރީތި ދެލޮލަށް ބަލާލެވުނެވެ. އެވަގުތު ނާޖީ ހިނިތުންވެލިއެވެ. އަދި ދާއިންގެ އަތުން ދޫކޮށްލިއެވެ. ” ހަމަ ތެދެއްތަ ތިބުނީ ” ދާއިން ވެސް ޖެހިލުމެއްނެތި ނާޖީގެ މޫނުގެ ދެފަރާތުގައި އަތުން ހިފާލާފަ ސުވާލުކޮށްލިއެވެ. ޖަވާބުގައި ނާޖީ ބޯޖަހާލިއެވެ. ” އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އަހަރެން ހީނުކުރަން ނާޖީ އަހަރެން ބޭނުންވެފަ ހުންނާނެ ކަމަކަށް ” ދާއިންއަށް އުފަލުން ބުނެލެވުނެވެ. އަދި ލޮލުގެ ތެރެއަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. ސްކޫލް ދުވަސްވަރުން ފެށިގެން ނާޖީގެ ހިތުގައި ރަސްކަން ކުރަމުންދިޔަ ދާއިން ނާޖީ ދެކެލޯބިވާކަށް އެގުމުން ނާޖީއަށް ވެސް ވަނީ އުފަލުން ރޮވިފައެވެ. ބަލާކަށް ނުހުރެ ނާޖީ ދާއިންގެ ގައިގާ ބައްދާލިއެވެ. ދާއިންގެ މޭގެތެރޭގައި ފޮރުވެން އުޅުންކަހަލައެވެ. ދާއިން ފުރަގަހުން ނާޖީގެ ބުރަކަށިގައި ދާއިންގެ ދެއަތް ވަށާބާރުކޮށްލިއެވެ. އެހިނދު ނާޖީއަށް ތަފާތު އިހުސާސެއް ކުރެވުނުވެ. އިރުކޮޅަކު އެހެން ދެމީހުން ތިބުމަށްފަހު ދާއިން ނާޖީ އޭނާގެ ހަށިގަނޑާ ދުރުކޮށްލިއެވެ. އަދި ނާޖީގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު ނާޖީގެ ނިއްކުރިޔަށް ދޮނެއްދިނެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޝައުނާއަށް ވެސް އުފާވެރިކަމުގެ އަސަރުކުރިއެވެ. ޝައުނާ ދެކޭގޮތުގާ ނާޖީގެ އުފަކީ ޙުދު އަމިއްލަ މީހާގެ ވެސް އުފަލެވެ.
” އޭތް ދާއިން….! ތީދެން ބޮޑުވަރެއް. އަލަށްތަ ކުއްޖެއްދެކެ ލޯބި ވެވިގެން ތިއުޅެނީ ” ތަންކޮޅެއް ދުރުގައި ޝައުނާ ހުރެފަ އަތްޖަހާލުމަށްފަހު ބުނެލިއެވެ. ޝައުނާގެ އަތްޖަހާލުމުން ދެމީހުންވެސް ސިހުނެވެ. ޝައުނާ ފެނުމުން ދާއިން ނާޖީގެ މޫނަށް ބަލާލިއެވެ. ” ޝައުނާ މީތާގަ ކީއްކުރަނީ ” ދާއިންއަށް ސުވާލުކޮށްލެވުނެވެ. ” އަހަރެން މިހުރީ ދެން އެއްމެފަހުން އޮލިމްޕަހުގައި އަޅުވާ ފިލްމުގެ މަންޒަރެއް ސޫޓް ކުރަމުންދާ ތަންބަލަން. އެކަމަކު އަހަރެން މީ ތިޔަމަންޒަރު ފުރިހަމަ ކޮށްދިނުމުގާ އިސްރޯލެއް އަދާކުރި އެކެއް ” ފަހުރުވެރިކަމާއެކު ޝައުނާ ބުނެލިއެވެ. ތެދެކެވެ. ޝައުނާގެ ވެސް ހިތްވަރު ނާޖީއަށް ލިބުނު ވަރު ވަކި ކުޑައެއް ނޫނެވެ. އެހެންވީމާ ޝައުނާގެ ބައިވެރިވުން ކުޑައެކޭވެސް ބުނެވޭކަށް ނެތެވެ. ” ދާއިން ދެން އަހަރެން ގެއަށްދަނީ. ވަރަށް އަނދިރިވެސް ވެއްޖެއެއްނުދޯ. މަންމަ މިހާރު އަހަރެން ހޯދަންއުޅޭނެ ކަންނޭގެ ” ޝައުނާ އައިސް ނާޖީގެ ގާތުގައި މަޑުކޮށްލުމުން ވަށައިގެން ވާހިސާބަށް ބަލާލުމަށްފަހު ނާޖީ ބުންޏެވެ. “އާނ އޯކޭ..! އަވަހަށް ގެއަށްދޭ. އަހަރެންވެސް ދެންދާނީ ގެއަށް ” ދާއިން ވެސް މިހެންބުނީ ފުދޭވަރަކަށް ލަސްވެއްޖެ ކަމުގެ އިހްސާސް ކުރެވި އެތާގައި ތިއްބާ އެހެންބަޔަކަށް ފެނިދާނެ ކަމުގެ ބިރު ހީވެގެންނެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދާއިން އޮތީ އެނދުގެ ހުރަހަށް ވާގޮތަށް އޮށޯވެގެން ބާލީހެއްގައި ބައްދާލައިގެން ނެވެ. ނުނިދައެވެ. މިރެއަކު ދާއިންގެ ލޮލަކަށް ނިއްޖެއް ނައެވެ. ނިދަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކުރިހުރިހާ ކަމެއްބޭކާރުވިއެވެ. ދާއިންގެ ލޮލުގާ ނިދީގެ ކަންފަށެއްވެސް ނެއްކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ސާދަވިލޭރޭގެ ހަނދާ ދިމާއަށް ބަލަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ ދާއިން ގަބޫލްކުރާގޮތުން ނާޖީއަކީ ސާދަވިލޭރޭގެ ހަނދެވެ. އެހަނދުގެ ވަށައިގެން ތަރިއެއް ފަދައިން ދާއިން އެނބުރެއްބޭނުން ވެއެވެ. ކޮންމެއަކަސް ނިއްޖާ ދުރުވެވިގެން ދާއިން ކުރަމުން ގެންދިޔައީ ނާޖީގެ ހިޔާލެވެ. ހޭލާ ހުރެގެން ބަލަމުން ގެންދިޔައީ ނާޖީގެ ހުވަފެންތަކެވެ. އެރީތި މޫނެވެ. އެހިނިތުންވުމެވެ. މިކަހަލަ ހިޔާލުތަކުގާ ދާއިން އެނދުގައި ފުރޮޅި ފުރޮޅި އޮށްވާ ގަޑިން މެންދަމުން އަލިވެ 3 ޖެހިއެވެ. ދާއިންގެ އެދަށް ބަލާލުމުން ހީވަނީ ތޫފާނެއްގެ އައިސްފަވާހެންނެވެ. ގޮދަޑީގައި އަޅާފައިވާ ބެޑްސީޓް ވަނީ ދިމަދިމާލުން ރޫޖެހިފައެވެ. ބާލިސްތައް ވެސް ވަނީ އުކަލެވިފައެވެ. ދުވަހަކުވެސް ތަރުތިބު ނުކުރާކަހަލައެވެ.
” ޒަރީނައްތާ ކޮބާ ދާއިން ” ގެތެރޭގައި ކޮންމެވެސް މަސައްކަތެއްގަ އިން ޒަރީނާ ކުރެން ޒުހާން އަހާލިއެވެ. ” ދައްތައަށް ހީވަނީ ނިދާފަހެން އޮތީ ” ޒަރީނާ ބުންޏެވެ. ” އަދިވެސް ނިދާފަތަ؟ މިހާރު ގަޑިން އެހެރަ 11 ޖަހަން އުލެނީ. ރޭހަތަރުދަމު ހޭލާތަ ދާއިން އުޅުނީ ” ހައިރާން ކަމާއެކު ޒުހާންއަށް އަހާލެވުނެވެ. ” ދައްތަ އަކަށް ނޭންގެ. ރޭގަ ކައިގެން އައިސް ކޮޓަރިއަށް ވަތްގޮތަކަށް ނުނިކުމޭ. އެކޮއި ދޭބަލަ ކޮބައިތޯ ބަލާލަން ” ޒަރީނާއަށް އެއްމެ ފަހުން ދާއިން ފެނުންއިރު ބުނެދިނުމަށްފަހު ދާއިންގެ ކޮޓަރިއަށް ޒުހާން ފޮނުވިއެވެ.
ޒުހާން ގޮސް ދާއިންގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލިއެވެ. ޖަވާބެއް ނުލިބުމުން ޒުހާން ތަލުގައި ހިފާ އަނބުރަލިއެވެ. އިސާހިތަކު ދޮރުހުޅުވުނެވެ. ޒުހާން ކޮޓަރިތެރެއަށް ވަދެ ދާއިންގެ އެނދާ ދިމާއަށް ބަލާލިއެވެ. ދާއިން އޮތީ ވަރަށް އަރާމުކޮށް ނިދާފައެވެ. ޒުހާން ގޮސް އެނދުގައި އިށީދެ ދާއިންއަށް ގޮވަންފެށިއެވެ. ” ދެން ނާޖީ އުދަގޫ ނުކޮސްބަލަ…..! ވަރަށް ނިދިއައިސްފަ މިއޮތީ ” މިހެންބުނެ ދާއިން އަނެއްފަރާތަށް ފުރޮޅިލިއެވެ. ދާއިންގެ މިޖުމްލައިން ޒުހާން ހައިރާންވިއެވެ. އަދި އެހާމެ ހިނިވެސް އައެވެ. ” ހުރެބަލަ. މިއަދު ރީތިކޮށް ނިދިޔަ ދޭނަމޭ ” ޒުހާން އެނދުން ތެދުވަމުން ބުނެލިއެވެ. ޒުހާން އެދިޔަގޮތަށް ގޮސް ދާއިންގެ ފާހާނާއަށްވަދެ އަތަށް ފެންއަޅައިގެން އައިސް ދާއިންގެ މޫނަށް އޮށްސާލިއެވެ. ” އައްޗީ…..!!! ކޮންއެއްޗެއްތަ؟ ” ދާއިން މޫނުގައި އަތްއުގުޅަމުން ބޯހިއްލާ ވަށައިގެން ބަލާލިއެވެ. ޒުހާން ފެނުމުން ދާއިން ވަތަރުތަކެއް ޖައްސައިގަތެވެ. ” ޒުހާންދޯ. ކީއްކުރަނީތަ؟ ” ދާއިން އަނެއްކާވެސް ހަމަޖެހިލަމުން ބުނެލިއެވެ. ” ކުރިކަމެއް ނޭންގުނުތަ؟ . ދާއިންއަށް ގޮވާގޮވާ ނުތެދުވިމަ ފެންއެޅީ” އެނދުގައި އިށީންނަމުން ޒުހާން ބުންޏެވެ. “ކީއްކުރަންތަ މިހާ ހެނދުނާ ތިއައީ. ކަމެއް އޮތީތަ؟ ” ބާލީހުގައި ރަގަނޅަށް ބައްދާލަމުން ބައްޑުންއޮވެ ދާއިން ސުވާލުކޮށްލިއެވެ. ” ހެނދުނޭ.! އޭތް ދާއިން ގަޑިއަށް ބަލާބަލަ. މިހާރު މެންދުރު ވަނީ. ހެނދުނާ މެންދުރާވެސް ވަކިނުވަނީތަ؟ ” ދާއިންގެ ގައިގާ ބާލިހުން ޖަހަމުން ޒުހާން ބުނެލިއެވެ. ޒުހާން މިހެން ބުނުމުން ދާއިން ފޯނުގެ ގަޑިއަށް ބަލާލިއެވެ. ” ދޮގެއްނޫން. 11 ގަޑި ބައިވާން އުޅެނީދޯ. އެހެންވިމާ ރޭގަ ނިދުނީ…!!! ” މިހެންބުނެ ދާއިން މޯޅިއަކަށް ދެމިލިއެވެ. ” ރޭގަ ނިދުނީއޭ ކިޔާފަ ކީކޭ ބުންނަންތިއުޅުނީ ” ޒުހާން ސުވާލުކޮށްލިއެވެ. ” އެއްޗެއް ނޫން….. !!! މިހެންބުނެ ދާއިން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. އިތުރަށް ލަސްވެއްޖެނަމަ ޒުހާންގެ ފަރާތުން އަތުވެދާނެ ދެވަނަ ހަމާއަށް ފިލަންވެގެންނެވެ.
” ނާޖީ…. ނާޖީ…. ” ޝައުނާ ގެއަށް ވަދެގެން އަންމުން ނާޖީއަށް ގޮވަމުން ބަދިގެފަރާތަށް ނިކުތެވެ. ” އޯތް…! ކިހިނެއްވީތަ؟ ” ނާޖީގެ އަޑު ޝައުނާގެ ކަންފަތުގައި ޖެހުނެވެ. އެވަގުތު ޝައުނާ ދެފަރާތް ބަލާލިއެވެ. ” ކޮންތާކުތަ ތިއުޅެނީ ” ޝައުނާ ސުވާލުކޮށްލިއެވެ. ” ގިފިލީގައި މިއުޅެނީ. ޖޯލިފަތިގައި މަޑުކޮށްލާ. މިނިކުންނަނީ ” ނާޖީ މިހެން ބުނުމުން ޝައުނާ ގޮސް ގެކައިރީ ހުރި ޖޯލިފަތީގައި އިށީދެއްޖެއެވެ. އަދި ރަގަނޅަށް ހަމަޖެހިލާ ޖެހިގެންއިން ޖޯލިތެރޭއިން ފޯއްތަބައްނަގާ ދުފަންފެށިއެވެ. ތަބައްހިފައިގެން އިންއިރު ދޭތެރެ ދޭތެރެއިން ލަވައިގެ ތަންތަންކޮޅު ޝައުނާ ދިޔައީ ކިޔަމުންނެވެ. އޭރު ހަމީދު ހުރީ ތަންކޮޅެއް ދުރުގައި ޝައުނާގެ ހަރަކާތްތައް ބަލާށެވެ. ހެވިފައެވެ. އިރުގަނޑެއް ވިއިރުވެސް ޝައުނާގެ ހަރަކާތްތަކަށް ބަދަލެއްނާދެއެވެ. އެފިޔަވަޅުމަތީގައި ހަމީދު ހުރީއެވެ. ހަމީދު އެހެން ހުއްޓާ ނާޖީ ގިފިލިން ނިކުމެގެން އައެވެ. އަދި ދުރުގައި ހަމީދު ޝައުނާ އާއި ދިމާލަށްބަލަން ހުރިތަން ނާޖީއަށް ފެނުނެވެ. ހަމައެހިދުން ހަމީދު ތެޅިގަނެފަ އަނެއްފަރާތަށް އެނބުރުނެވެ. އެކަމެއް ޝައުނާއަކަށް ނޭންގެއެވެ. ” ނިކުމެވިއްޖެދޯ….؟ އަޅެފަހެ އިތުރު ވަޅެއް ބަހައްޓާފަތަ ތިޔައައީ. އާނ…! އެހެންޏާ އެހެން ނުބުނާވަރެއްތަ؟ މިހާރު ކޮންއިރެއްތަ މިތާ އިންނަތާ ” ނާޖީ ގިފިލީގައި ލަސްވުމުންނާއި، ގިނައިރު އިންނަން ޖެހުމުން ނާޖީފެނުމާއެކު ޖެއްސުމުގެ ރާގުގާ ޝައުނާ ބުނެލިއެވެ. ” އަދި ވަޅެއް ނުބެހެއްޓިގެން މިއުޅެނީ. އެކަމަކު އަހަރެން މިއައީ ތިބުނާ ވަޅުބަހައްޓަން ވަޅުގަނޑެއް ކޮނެފަ. ވަޅުބަހައްޓަން ޖެހޭނީ ޝައުއަށް… އޯކޭ….! އެހެންވީމާ އެބައަށްނަށް ތައްޔާރު ވެލައިގެން ” ޝައުނާ ބުނިވާހަކައަށް ޖެއްސުމުގެ ޖަވާބެއް ދިނުމަށްފަހު ނާޖީ ގޭތެރެއަށް ވަދެގެން ދިޔައީ ދުރުގައި ހުރި ހަމީދުއަށް ބަލާވެސް ލާފައެވެ.
ނާޖީ ދިޔުމުން އަނެއްކާވެސް މަޑުމަޑުން ޝައުނާއަށް ކަމުދާ ބައެއް ލަވަތައް ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ޝައުނާ ކިޔަމުން ދިޔަ ލަވައަށް ހުއްޓުމެއް އައީ ޝައުނާ އާއި ދާދިކައިރިން މީހަކު ކަރުކެހިލުމުންނެވެ. ޖޯލީގައި އޮށޯވެގެން އޮތް ޝައުނާއަށް ސިހިފައި އަޑު އައި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ފެނުނީ ހަމީދުއެވެ. ހަމީދު ފެނުމާއެކު ޝައުނާ ރަކިވެގެން އިސްޖަހާލިއެވެ. އަދި ޖޯލިންތެދުވިއެވެ. ” ކާކަށް ކިޔާދޭ ލަވައެއްތަތީ؟ ” ހަމީދު މަޑުހިގުމެއްގައި އައިސް ޖޯލީގައި އިށީންނަމުން ސުވާލުކޮސްލިއެވެ. ” އެއްވެސް މީހަކަށް ނޫން ” ޝައުނާ އިސްޖަހައިގެން ހުރެ ބުންޏެވެ. ” މިތާއިށީދެބަލަ. ނާޖީ އަންނަންދެން ވާހަކަ ދައްކާލަން ” ޖޯއްޔަށް އިސާރާތްކޮށް އިށީނުމަށް ހަމީދު ޝައުނާ ކުރެން އެދުނެވެ. ” ޝައުނާ ހާދަލަދުން ތިއުޅެނީ. މީގެކުރިން އަހަރެން ނުދެނަހުރިން ޝައުނާ ތިއީ ތިހާލަދުން އުޅޭ ކުއްޖެއްކަމަކަށް ” ޖޯލީގައި އިށީދެގެން އިންއިރުވެސް ޝައުނާ އަނެއްފަރާތަށް މޫނު އަނބުރައިގެން އިނުމުން ހަމީދު ބުނެލިއެވެ. ” އެހެންތަ؟ އަހަރެން ނޫޅެން ލަދުންނެއް ” މިހެންބުނެ ޝައުނާ ހަމީދު އާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ހަމީދުގެ އެބެލުމުގާ އެވާ އަސަރުގަދަ ކަމުން ޝައުނާ އަނެއްކާވެސް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ހަމީދު ބަހެއްވެސް ނުބުނެ އިނެވެ. އިރުކޮޅެއްފަހުން އަނެއްކާވެސް ޝައުނާ ހަމީދު އާއި ދިމާލަށް ބަލާލިއެވެ. ހަމީދުގެ އެ ޖަޒުބާތުން ފުރިގެންވާ ބެލުމަކަށް ބަދަލެއްނާދެއެވެ. ” ތީދެން ކޮންކަމެއްތަ؟ ތިހާވަރަށް ބަލަން އަހަރެންގެ މޫނުގާ އެއްޗެއް ހުރީތަ؟ ” ހަމީދު އެވަރަށް ބަލާތީ ޝައުނާ ބުނެލިއެވެ. ” މޫނުގައި އެއްޗެއް ހުރެގެންތަ މީހުން މީހުންނާ ދިމާލަށް ބަލަނީ ” ހަމީދު ބުންޏެވެ. ” އެހެންވިއްޔާ ހަމީދުގެ އެއްޗެއް އަހަރެންގެ އަތުގައި އޮތީތަ؟ ” ޝައުނާ އަނެއްކާވެސް އަހާލިއެވެ. ” އާނ… ! އަހަރެންގެ ވަރަށް ބޮޑު އެއްޗެއް ޝައުނާގެ އަތުގާ އެބައޮތް ” ޖޯލީގައި ހަމަޖެހިލަމުން ހަމީދު ބުނެލިއެވެ. ” އަނެއްކާ ކޮންއެއްޗެއްތަ؟ ” ޝައުނާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ހިތް ” އެއްވެސް ޖެހިލުމެއްނެތި ހަމީދު ބުނެލިއެވެ.
ހަމީދުގެ އެޖުމްލައިން ޝައުނާގެ ހިތް އުތުރި އަރައިގެން ދިޔަ ކަހަލައެވެ. އެވަގުތު އުފާވެރިކަމުގެ ހިނިތުންވުމެއް ޝައުނާގެ ތުންފަތުގާ ކުޅެލިއެވެ. ” އަހަރެން މީހެއްގެ ހިތެއް ނުގެންދަން. އަދި މީހަކު އަހަރެންގެ އަތަކަށް ހިތެއްވެސް ނުދޭ ” ޝައުނާ ހަމީދު އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ނާޖީ ގޭތެރެއިން ޝައުނާއަށް ގޮވާލި އަޑު އިވިގެން ދިޔައެވެ. ” އެހެންތަ؟ އެހެންވިޔާ އަހަރެން ބަލާނަން އަހަރެންގެ ހިތް ޝައުނާ ގެންގޮސްފަ ނުވެތޯ ” މިހެންބުނެ ޖޯލިން ތެދުވަމުން ޝައުނާގެ ކައިރިއަށް ޖެހި ރޭގަނޑުގައި އެގެއިން ބައްދަލުކުރަން ދަޢުވަތު ދިނުމަށްފަހު ހަމީދު އެތަނުން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ޝައުނާ ތައްޔާރުވަމުން ދިޔައީ އެރޭގެ ބައްދަލު ވުމަށެވެ. ޝައުނާ ކިތައްމެ ނޫންކަމަށް ހެދިގެން އުޅުނަސް ހަމީދު ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެކަން ޝައުނާ ދިޔައީ ސިއްރު ކުރަމުންނެވެ. އެކަމަކު ބައެއްފަހަރު ކޮންޓްރޯލުން ނެއްޓޭފަހަރު ވެސް އާދެއެވެ. ހަމީދުއަށް ޝައުނާ ފެނުމުން ކުރާ ސަމާސާ ތަކުންނާއި، ބުނެލާ ބަސްބަހުންނެވެ. ޝައުނާ ވަރަށް ހެދިލައިގެން ހަމީދުމެންގެ ގެއަށް އައެވެ. ގެއަށް ވަންނަން ވެގެން ނެގި ފިޔަވަޅަށް ހުއްޓުމެއް އައީ ގޭތެރެއިން ބޭރަށް ނިކުންނަން އައި ހަމީދު ފެމުންނެވެ. ކުރިޔަށް ނެގި ފިޔަވަޅު ފަހަތަށް ޖައްސާލުމަށްފަހު ޝައުނާ އެއްފަރާތަށް ޖެހިލީ ހަމީދު ބޭރަށް ނިކިތުމަށް ތަންދެއްކުމުގެ ގޮތުންނެވެ. ހަމީދު އާދައިގެ މަޑު ހިގުމެއްގައި ގޮސް ގެއާތަންކޮޅެއް ދުރުގައި އަނދިރި ކޮޅެއްގައި މަޑުކޮށްލިއެވެ. އަދި ތުބުން ފުމެލިއެވެ. އެއަޑާއެކު ޝައުނާ އެދިމާއަށް ހިގައިގަތެވެ. ފަސްޖެހުމެއްނެތިއެވެ. ” އަދިވެސް ލަދުންތަ ތިހުރީ ” ޝައުނާ ހަމީދު އާއި ހަމައަށް ދިޔުމުން ހަމީދު ސުވާލުކޮށްލިއެވެ. ހަމީދުގެ ސުވަލާއެކު ޝައުނާ ޖަވާބު ވެސް ދިނެވެ. ” އަދި ވެސް ޝައުނާ ގަބޫލެއް ނުކުރާނެތަ އަހަރެންގެ ހިތްވަނީ ޝައުނާގެ ހިމާޔަތުގަ ކަމެއް ” ޔަގިންކަމާއެކު ހަމީދު ބުނެލިއެވެ. ” އާނ…. ! ގަބޫލެއް ނުކުރެވޭ ” ޝައުނާ ބުނެލިއެވެ. ” ހުސްދޮގު…؟ ގަބޫލް ނުކުރެވޭނަމަ ޝައުނާ މިރޭމިތާކު ނުހުންނާނެ. އަދި އަހަރެން ބުނެގެން ނުވެސް އަންނާނެ ” މިހެންބުނެ ހަމީދު ޝައުނާގެ އަތުގާ ހިފާ އޭނާޔާ ކައިރިކޮށްލިއެވެ.
” ދޮގު ނުހަދާ ބުނެބަލަ. އަހަރެން ދެކެލޯބި ވޭތަ؟ ” ހަމީދު ޝައުނާގެ ދަތްދޮޅީގައި ހިފާ އުފުލާލުމަށްފަހު ސުވާލުކޮށްލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ޝައުނާ ބޯޖަހާލިއެވެ. ” އަހަރެން ވެސް ޝައުނާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުން ވީހާވެސް އަވަހަށް މެރީކުރަން. ރައްޓެހިވެގެން ގިނަދުވަހު އުޅޭކަށް ބޭނުމެއްނޫން ” ހަމީދުގެ އެފޮނި ފަށުވި ބަސްތައް އަޑު އިވުމުން ޝައުނާގެ ލޮލުން ކަރުނަ ހިލުނެވެ. އަދި އެކަން ހަމީދުއަށް ފާހަގަ ވެސް ވިއެވެ. ” އިރާދުކުރެއްވިޔާ ޝައުނާ ދެރަވާ ވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. އެކަމަކު ދެރައީ މާދަން އަނެއްކާ ވެސް އަހަރެން ރިސޯޓަށް ފުރަންޖެހޭތި. ބައެއް ފަހަރު ހިތަށް އަރާ ނުދާނަމޭ ވެސް ” ހަމީދު ޝައުނާ އާއި ދުރަށް ދާކަށް ބޭނުމެއް ނުވިއެވެ. އަބަދުވެސް ކައިރީގައި ހުންނަން ބޭނުންވެ އެކަން ހާމަކުރިއެވެ. އެހެން ނަމަވެސް އެކަން އެހެންވާކަށް ނެތެވެ. ” ނޫނޭ ހަމީދު…! ތިޔަހެން ކަންތައް ކޮށްގެން ނުވާނެ. ދެންމެ ތިބުނީ ބޭނުންވަނީ ވީހާވެސް އަވަހަށް މެރީކުރާށޭ. އެހެންވިމާ މަސައްކަތް ވެސް ކުރަން ވާނެއްނު. އަނެއްކޮޅުން ހަމީދު ހަދަން ފަށާފަ އެހުރި 4 ކޮޓަރި ނުނިމެނީސް ކިހިނެއް މެރީކުރާނީ ” ޝައުނާ ހަމީދުއަށް ވިސްނާދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ. ” ތިކަން ގަބޫލް ކުރަމޭ. ލޯބި ބުނިގޮތަކަށް ކަންތައް ކުރާނީ ” ހަމީދު ފުރަގަހުން ޝައުނާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އަދި ޝައުނާ ހަމީދު އާއި ވީފަރާތަށް އަނބުރާލުމަށްފަހު ޝައުނާގެ ތުންފަތުގާ ތުންފަތް ޖައްސާ ދޮނެއް ދިނެވެ. ބޭއިރުތިޔާރުގާ ޝައުނާއަށް ހަމީދުގެ ގައިގާ ބައްދާލެވުނެވެ. އެހެން އިރުކޮޅަކު ތިބުމަށްފަހު ޝައުނާ ގެއަށް ދާންބޭނުންވާ ވާހަކަ ބުންޏެވެ. ހިތާ ދެކޮޅަށެވެ.
އޭގެ އަނެއްދުވަހެވެ. ހެނދުނު ހެނދުނާ ހަމީދު ފުރައިގެން ރިސޯޓަށް ދިޔައެވެ. ދިރިއުޅުމަށް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. ނާޖީ އާއި ދާއިން ވެސް ދަނީ ދިރިއުޅުމަށް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. ހުވަފެންތަކެއް ދެކެމުންނެވެ. ހެނދުނުގެ ހުރިހާ މަސައްކަތެއް ނިއްމާލުމަށްފަހު ޝައުނާ އަވަސްވެގަތީ ނާޖީ ގާތަށް ދިޔުމަށެވެ. އެގޮތުން ވަކިހިސާބަކަށް ހިނގުމަށްފަހު ދުވަމުން އައިސް ނާޖީ މެންގެއަށް ޝައުނާ ވަނެވެ. ” ސާބަހޭ….! ތަނެއްގަ ހުޅުހިފައިގެންތަ ދުވަމުން ތިޔައައީ ” ގޭތެރޭ އަންނަ އެއްޗެހި ފަތްޖަހަން ހުރި ނާޖީ ޝައުނާ ފެނުމުން އަހާލިއެވެ. ” ނޫނޭ. ތަނެއްގަ ހުޅުހިފީއެއްނޫން. އެކަމަކު ހުޅުހިފާފާނެތީ މިއުޅެނީ ” މާނޭވާ ލަމުން ޝައުނާ ވާހަކަ ދެއްކިއެވެ. ” ހުންއަންނާނެ ކަމަށް ރަޖާލަނީދޯ ” ހިނިގަނޑެއް ޖަހާލަމުން ނާޖީ ބުނެލިއެވެ. ” މިހުރީ ފަހަރިއަށް ވީބައި. ދޮންބެގެ އެއްޗެހި ފަތްޖަހަންޖެހޭނީ ފަހަރިއަށް ” ނާޖީގެ އެއްޗެހި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ. ” ފަހަރިއޭ…!!! އަހަރެން ކޮންއިރަކުތަ ނާޖީގެ ފަހަރިއަށްވީ ” ނާޖީގެ ފަހަތުން އެއްޗެހިތައް ހިފައިގެން ހިނގައިގަންނަމުން ޝައުނާ ބުނެލިއެވެ. ” އަދި ނުވޭ. އެކަމަކު ކުރިޔަށް އޮތީ އެދުވަސް. އެހެންވެ މިހާ އަވަހަށް ފަހަރިކިޔަން ދަސްކުރަން ކަމަށް މިއުޅެނީ. މާގިނަ ވާހަކަ ނުދައްކާ މިތާ އެނދުމަތީ އިނދެގެން ތިފައްޖަހާބަލަ ” ނާޖީގެ ފަހަތުން ޝައުނާ ކޮޓަރިއަށް ވަނުމުން ނާޖީ ބުނެލިއެވެ. ޝައުނާ ހުރީ ހައިރާންވެފައެވެ. އެހުރިހާ ކަމެއް ނާޖިއަށް އެނގުމުންނެވެ. ” ނާޖީއަށް ކިހިނެއް ތިކަން އެނގުނީ ” ޝައުނާ އެއްޗެހިތައް ފަތްޖަހަމުން ސުވާލުކޮށްލިއެވެ. ” އެގުނީއެއްނޫން. ލޮލުންފެނި، ކަންފަތުން އަޑުއިވުނީ. ހީކުރީދޯ ވަރަށް ސިއްރުންކަމަށް ތިއުޅެނީ ” އެއްޗެހިތައް އަލާމާރިއަސް ލުމަށްފަހު ނާޖީ ބުނެލިއެވެ. ” ސިއްރުން އުޅެން ކަމަށް މިއުޅެނީ. އެކަމަކު ސިއްރެއް ނުވިތާދޯ ” ޝައުނާ ނާޖީ އާއި ދިމާލަށް ބާލާލުމަށްފަހު ބުނެލިއެވެ. ” ދެން އަވަސް ކޮށްބަލަ. މިއަދު ވަރަށް ގިނަ މަސައްކަތްވެސް ކުރަންވެފަ އެބަހުރި ” ޝައުނާ ފަތްޖެހި ހަމީދުގެ ބައެއް އެއްޗެހި އެނދުމަތިން ނަގަމުން ބުނެލިއެވެ. ” މިދެން ނިމުނިއޭ ” އެއްމެ ފަހުއެތި ފަތްޖަހާލުމަށްފަހު ތެދުވަމުން ޝައުނާ ބުނެލިއެވެ. އެއަށްފަހު ދެމީހުން އެއްކޮށް ކޮޓަރިން ނިކުމެގެން ދިޔައެވެ.
ކިޔުންތެރިންގެހިޔާލަކީ ލިޔުންތެރިންގެ ކުރިއެރުން…
12 Comments
Comments are closed.
v reethi
Shukuriya fathun…….
v. salhi ..waitin for the next part
shukuriya saee…. next part varah avahah up kuraanan
Varah nice story waiting another part.
Thanx
Hama copy vaahaka eh mee
vaahakayakee copy vaahaka eh nun 123. vaahakayakee kurin ves konmeves varakah up kohfavaa vaahaka eh. nama ves loging vumuga mahsala eyru ulheythy up kurun huhtaalevifa dhuvas thakeh vandhen othumahfahu anehkaa vesup kuran mifeshy… faharehga ves mee copy vaahaka eh nun..
Nice???
Thanx Xxxx
wow..
amazing..
story varah reethi.
next part akah waiting
Thanx amy…. varah avahah anehbai up kuraanan