Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (ބާބު 2) ދެވަނަ ބައި.

saana Level 110 Stories
August 12, 2017 One Min Read
15 Comments

ގޭތެރޭން އިވެމުންދަނީ ޓީވީއެއްގެ އަޑެވެ. ސިޓިންގރޫމްގެ ފަންކާ ހުރީ ޖަހާ ބާރުކޮށްފައެވެ. އެއްވެސް ދިރޭފުރާނައެއްގެ ހިލަމެއް ނުވެއެވެ. ފަރުޝާ އޮފީސް ނިންމާފައި ގެޔަށްއައިސް ވަތްވަގުތާ މިދިމާވީ ސަމާޓީވީ ބަލަން އިނދެފައި ފާހާނައަށް ވަންނަން ދިޔަވަގުތާއެވެ. ޓީވީ ބަލަން އެކަކުވެސް ނެތި އެތަން ހުހަށް ދޫކޮށްލުމުގެ އިތުރުން ގޭގެ ބޮޑުދޮރު ތަޅުނުލާހުރީތީ ފަރުޝާ ގެ ރުޅި އައްޑިހައަށް އެރި އެވެ.

“ލަލީތާ…..ލަކްޝްމީ….”އަޑުގެ ކޮޅަށް ގޭގައި ގެންގުޅޭ ބިދޭސީ ދެމީހުންނަށް ގޮވަމުން ހަޅޭއްލަވަމުން އަމިއްލަޔަށް ޓީވީގެ ރިމޯޓު ނަގައިގެން އައިސް ޓީވީ ނިއްވާލިއެވެ. އޭރު ލަލީތާ ދުވެފައި އައިސް ހުއްޓެނީއެވެ. “ލައްބަ މޭމް”

ފަރުޝާ ލަލީތާއަށް ބަލާލިއިރު ލަލީތާގެ އަތުގައި އޮތީ ތަށިދޮންނަ އިސްޕަޖްގަނޑާއި އޯމޯފޮނެވެ. “ކަމެއް ނުވޭ…ދޭ!” ފުންނޭވާއަކާއެކު ފަރުޝާ ބުނެލިއެވެ. ޓީވީ ހުޅުވައިގެން ބަލަން އިނުމަކީ ގޭގައި ގެންގުޅޭމީހުން ކޮށްއުޅޭ ކަމެއްނޫނެވެ. އެހެންވީމާ ލަލީތާއަށް ވަރުބޭލުމެއް ނެތެވެ. ލަލީތާ ދިއުމުން ފަރުޝާ މަންމަ ކޮބާތޯ އެކޮޓަރިއަށް ވަނެވެ. ދޮރު ހުޅުވާލުމާއެކު ފެނުނީ ސަމާއާއި ރީނާ މާމައާ އެކު މޮނޮޕޮލީ ކުޅެން ތިއްބައެވެ. ސަމާވެސް ފާހާނައަށް ދާން ދިޔަކުއްޖާވެސް ގޮސް އެއިނީ މިހާރު މާމައަށް އެކުޅޭނެ ގޮތް ކިޔާދޭށެވެ. މިމަންޒަރުން ފަރުޝާ ގާތައް އައީ ހިންޏެވެ. މަންމަ އެކޭ ކުޑަކުއްޖެކޭ އެއްވަރެވެ.

“ޕިސް ޕިސް ޕިސް……… ”

ދެ ކިހިއްޔަށް އަތް ވިއްދާލާފައި ފަރުޝާ ދެކޮޅަށް ބޯހޫރާލަމުން ޕިސްތަޅާލީއެވެ. ދެކުދިން ކުޅުން ހުއްޓާލުމަށް ފަހު މާމަގެ އެދުމަށް އިހަށް ކޮޓަރިން ނިކުތެވެ. ސަލްމާއަށް އޭނާގެ ދަރިފުޅު އައިސް އެހުރީ ކޮންމެވެސް ބޮޑުކަމެއް ޖެހިގެން ކަން ނިކަން ފަސޭހައިން ދެނެ ގަނެވުނެވެ.

“ދަރިފުޅާ މިއަދު މާ ބުރަ ދުވަހަކީތަ؟” ސަލްމާ ފަރުޝާއަށް ބަލާލުމަށްފަހު އަތުގެ އިޝާރާތުން ، ގާތުގައި އިށީނުމަށް އައުމަށް އެދުނެވެ.

“އާން މި ދުވަސް ކޮޅު ވަރަށް ބުރަ. އަނެއްކާ އެހެން ކަމެއްވެސް ޖެހިއްޖެ. އެބަޖެހޭ ތިންދުވަހަށް ރިސޯޓުގަ މަޑުކޮށްލަން. ބޭރުން ބަޔަކު އެބައާދޭ ރަށުގެ ސަރވޭއެއް ކުރަންވެގެން، އެމީހުން ބޭނުންވޭ ޑޮކިއުމެންޓްރީއެއް ހަދަންވެސް. އެހެންވެ އެބަ ޖެހޭ އެތާ ހުންނަން. ”

ސަލްމާމެން ދެމައިން އެތައް އިރަކު ރިސޯޓުގެ ކަންކަން ދާގޮތާ ބެހޭގޮތުން ވާހަކަ ދައްކަން ތިއްބެވެ. އެރިސޯޓަކީ ފަރުޝާއާއި ފަރީޝާގެ ނަމުގެ މައްޗައް އޮންނަ ރިސޯޓެކެވެ. އެކުދިންގެ ބައްޕަ ފަހުދަކީ އުޅުންހުރި ހަރުދަނާ މީހަކަށް ވެގެން ދިޔައީ ސަލްމާއާއި ކައިވެނި ކުރުމަށް ފަހުއެވެ. އޭގެ ކުރިން މިޔުޒިކްޝޯތަކުން ބައިސްކޯފުން އެއްފިލްމަކަށް ފަހު އަނެއްފިލްމެއް ބަލަން ދިޔުމުގައި ދުވަސް ތައް ހޭދަކުރިއެވެ. ފަހުދު ސަލްމާއާއި ކައިވެނިކޮށްގެން އެގެޔަށް ބަދަލުވި ފަހުން ގޭތެރޭގެ ކަންކަމާ ހަވާލުވިއެވެ. ފަހުދުގެ މަންމަ އާބިދާގެ އެދުމަށް ސަލްމާ އިނގިރޭސި ކުލާހަކަށް ގޮސް އިގިރޭސި ބަސް ދަސްކުރިއެވެ. އެހެން އެކި އެކި ކަންކަން ދަސްކޮށް މާލޭގެ ދިރިއުޅުމަށް ސަލްމާ ހޭނުނުލެއްވަރަށް އަވަހެވެ. ފަހުދުގެ އުޅުމަށް ވެސް އަންނަމުން ދިޔަ ހެޔޮ ބަދަލަކީ ސަލްމާ ގެ ހަރުދަނާ ކަން،ކަން އާބިދާއާއި މުޙައްމައިދީއަށްވެސް އެނގެއެވެ. ސަލްމާ ފަހުދާއި އިންތާ ގިނަ ދުވަސްތަކެއް ނުވެ ފަރީޝާ ލިބުނެވެ، އަދި އެއަށްފަހު ފަރީޝާއަށް ދޮޅުއަހަރުވެސް ނުވަނިސް ފަރުޝާ ލިބުނެވެ. އޭގެ ފަހުންވެސް ސަލްމާ ތިންފަހަރެއްގެ މަތިން ތިން ފިރިހެންކުދިން ވިހެއެވެ، އެހެން ނަމަވެސް ތިން ކުދިންވެސް މިދުނިޔެއާއި ވަކިވީ އެކުދިންގެ އުމުރުން އެންމެ ހަތް ދުވަސްވެސް ނުވަނީހެވެ. ސަލްމާއާއި ފަހުދަށް ފިރިހެން ކުދިން ލިބުމަށް ތަގުދީރުގައި ނުވަނީ ކަމަށް ބަލާފައި އިތުރަށް ކުދިން ނުހޯދަން ނިންމީއެވެ. މިއަދު އެދެ އަންހެން ކުދިންނަކީ ބައްޕަގެ ވިޔަފާރީގައި ހިފައިގެން ތިބި ޤާބިލް ކުދިންނެވެ. ފަރުޝާގެ ފިރިމީހާ ހަނީފް އަކީ މޮޅެތި ފާސްތަކެއް ނަގައިގެން އައިސް މިވިޔަފާރިތެރެއަށް ވަންމީހެކެވެ. ދެން ހުރީ ފަރީޝާއެެވެ. ފަރީޝާގެ ފިރިމީހާއަކީ ވެސް އިންޑިޔާގައި ވަޒަންވެރިވެގެން އުޅޭ އާއިލާއަކަށް އުފަން ކުއްޖެކެެވެ. އެތާނގައި އެމީހުންގެ އަމިއްލަ ވިޔަފާރިއެއްވެސް ހިންގައެވެ. މާލޭގައިވެސް ބޮޑެތި ފިހާރަތައް ހުރެއެވެ. ދެކުދިންގެ ދިރިއުޅުންވެސް ވަރަށް ހަރުދަނާއެވެ. އެއްކުއްޖަކު އަނެއްކުއްޖެއް ދެކެ ނިހާޔަތައް ލޯބިވެއެވެ. އުފަން ދެދަރިންނަށް ވެސް ދަރީން ލިބުނީއެވެ. ސަމާ މިއަހަރު ޖީސީއީ އޯލެވެލް ހަދާނެއެވެ. އަންނަ އަހަރަކީ ރީނާ ވެސް ޖީސީ ހަދާ އަހަރެވެ. މާމަދަރިންވެސް ދެން މިހާރު ކިޔަވާ ނިމުނީއެވެ. ސަލްމާގެ ދިރިއުޅުން މިހާހިސާބަށް މިގެނެސްދިީ ތާފާތު އެތައް ކުލަތަކެއް އެ ދިރިއުޅުމުގައި ޖައްސަމުންނެވެ. އުފަލާ ހިތާމަ، އެކަނިވެރިކަމާ އެކުވެރިކަން ދެކެމުންނެވެ. މީ ހަމަ ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ދިމާވާނެ ކަންކަމެވެ. ތަފާތަކީ ސަލްމާއަކީ ދިމާވި ކޮންމެ ހާލަތަކަށް ﷲ އަށް ވަކީލުކޮށް އެދިމާވި ހުރަހެއް ނައްތާލާ ކުރިމަގު އުޖާލާ ކުރަން މަސައްކަތް ކުރާމީހެއްކަމެވެ. މިދުވަސް ސަލްމާއަށް މިފެނުނީ އެހެންވީމައެވެ. މީ ސަލްމާ ދެކެން ބޭނުންވި ތަނެވެ. އެކުދިން ހެޔޮގޮތުގައި ބެލިއްޖެ ކަމުގެ ފޮނިމީރުކަން މިއަދު އިހްސާސް ކުރެވެއެވެ.

******

ރޭގަނޑުގެ ކެއުމުގެ ވަގުތަކީ ގޭ އެންމެންވެސް ކާމޭޒުދޮށުން ދިމާވާން ޖެހޭނެ ގަނޑިއެއް ކަމުގައި އޮންނަނީ ނިންމާފައެވެ. އެއީ އާބިދާ އާއި މުޙައްމައިދީގެ ދުނިޔޭގައިވެސް ކަންތައް ކުރަމުން އައި ގޮތެވެ. މިހާރު ސަލްމާ ގޭގެ އެންމެ އިސްމީހާގެ ގޮތުގައި ހުރުމުންވެސް އެގަވާއިދަކަށް ބަދަލެއްނާދެއެވެ. ރޭގަނޑުގެ ކާގަޑީގައި އާއިލާގެ އެންމެން ކަންކަމާއި މަޝްވަރާ ކުރުމާއި ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށް ދާގޮތުގެވާހަކަ އަހާއޮޅުން ފިލުވާ ހަދާނެއެވެ. އެގޮތުން މިރޭގެ މައުޟޫއަކަށް ނަގަން ޖެހިފައި އޮތީ ރީނާގެ ޕިކްނިކް ދަތުރުގެ ވާހަކައެވެ. ކެއުމުގެ ވަކިހިސާބަކުން ސަލްމާ ރީނާއަށް ބަލާލާފައި ނިއްއަރުވާލީ ރީނާ އެވާހަކަ ބުނާށޭ ބުނާކަހަލަ ހަރަކާތަކުން ނެވެ. ހަމަ އެޔާއެކު ރީނާގައިން ވަރު ދޫކޮށްލާފައި ތުންކޮޅު އޫކޮށްލާ ޅަ ވެލިއެވެ. ބޮޑާ ހާކާލާފައި މަޑުމަޑުން ފަރީޝާއަށް ނުފެންނާނެ ހެން ބޯހޫރާލީ ނޫނެކޭ މާމަ ބުނެދޭށޭ ބުނާކަހަލަ ގޮތަކަށެވެ. ސަލްމާ ވައްކަޅިން ފަރީޝާއަށް ބަލާލާފައި ބުނެލިއެވެ. ” ރީނާ އެބައޮތޯ ސުކޫލު ދަތުރެއް ދާންވެފަ، ދޯ ދަރިފުޅާ؟” ރީނާ މަޑުމަޑުން ބޯޖަހާލާފައި ލޮލުގެ ހަނިކޮޅުން އޭނަގެ މަންމައަށް ބަލާލިއެވެ. ފަރީޝާގެ މޫނު މައްޗައް ރޫތައް ގިނަކޮށްލާފައި ސުވާލު ފަތިއެއްފައްޗަކަށް އަމުނާލިއެވެ.

” ކާކާ އެކީ، ކޮންތާކަށް ދަނީ، ކޮންބަޔެއް ދަނީ، ކޮންއިރަކުން ދާ ދަތުރެއްތީ؟” ރީނާ ނޭވާ ހިފަހައްޓާލަން ޖެހުނީ މަންމަ ނުފޮނުވާނެޔޭ ހީވި ވަރުން ގަތް ބިރުން ނެވެ. އެހެން ނަމަވެސް މަޑުމަޑުން ދަތުރުގެ ތަފްސީލު ކިޔާދިނެވެ. އަދި އިންތަނުން ތެދުވެ ކެއި ތަށި އަތަށް ނަގައިގެން ގޮސް ސިންކަށް ލިއެވެ. ފަރީޝާއަށް ފުރަގަހަށް ދެވުމުން ސަލްމާއަށް ހަނާ އަޅާފައި ނިކަން އާދޭހުގެ ބަލާލުމެއް ގެ މެސެޖް އޭނާގެ މާމައަށް ފޮނުވާލިއެވެ. ސަލްމާ އަށް ދެތުންފަތް ފިތާލެވުނީ އެކުޑަ ދަރި އުޅޭލެއް ލޯބިކަމުން ނެވެ، އުމުރުން ކިތައްމެ ދޮށިވިޔަސް ދަރިން ވާނީ ދަރިން ނަށެވެ. ޚާއްސަކޮށް ސަލްމާގެ މާމަ ދަރިންދެކެ އުފަން ދަރިން ދެކެވެސް ނުވާ ވަރަށް ލޯބިވެއެވެ.

“ފަރީޝާ ދެން އޭނަ މިފަހަރު އެކަނި ފޮނުވާ، މީ އާ ތަޖުރިބާއެއް ކަމަށް ބަލާފަ ރީނާ ފޮނުވާ”

“މަންމާ ދެން………………” ފަރީޝާ ކަންބޮޑުކަމާއެކު ވާހަކަ ފެށި ނަމަވެސް މަންމަ ގެ ކުރިމަތީ ބަސް ނުބުނަން ވެގެން ހުއްޓާލިއެވެ.

“ދަރިފުޅާ ރީހާން އާ ދެމީހުން ވާހަކަ ދައްކާފަ ގޮތެއް ނިންމާ، މަންމަ  އަށް ފެންނަ ގޮތް މިބުނީ. ރީނާ އަށްވެސް މިހާރު މިއޮއް ފަނަރަ އަހަރު ފުރެނީ.”

ރީނާ ފަރީޝާގެ ބިއްދަށުގައިހުރީ އުފަލުން ނަށާލަން ބޭނުންވެފައެވެ. މާމަ ހާދަ ރަގަޅޭ ހިތައް އެރިއެވެ. ރީނާގެ މައްސަލަ ހައްލުކޮށް ދެވުމުން ސަލްމާ ދެން އެނބުރިލީ ސަމާއާއި ދިމާއަށެވެ. ސަމާއަކީބަސްމަދު ކުއްޖެކެވެ. އެހެން ނަމަވެސް ރީނާގެ ސަކަރާތުގައި ބައިވެރިވާލެއްވެސް މަދެއްނޫނެވެ. “ދަރިފުޅާ ސަމާ. މިހަރު ރިވިޝަން ޕޭޕަރުތައް ކިހާ ހިސާބަކަށް ނިންމާލެވިއްޖެ”

ސަލްމާގެ ސުވާލުން މޭޒު ދޮށުގައި ތިބި އެންމެން ގެ ސަމާލުކަން ސަމާއަށް ހުއްޓިގެން ދިޔައެވެ. އާއިލާގެ އެންމެންވެސް ސަމާގެ ކުރިއަށް އޮތް ޓެސްޓަށް ތައްޔާރު ވަމުން ދާގޮތް ބަލާހަދައެވެ. އެމީހަކަށް ވެދެވޭނެ އެހީތެރި ކަމެއް ވެދެމުން ދެއެވެ. ސަލްމާ ބަލަނީ ވީހާވެސް ސަމާ ހިތްހަމަ ޖައްސައްިގެން ގެންގުޅެވޭތޯއެވެ. ރީނާގާތުވެސް ސަމާއަށް އުނދަގޫވާނެ ކަހަލަ އެއްވެސް ކަމެއްނުކުރުމަށް ސަލްމާ އޮންނަނީ ބުނެފައެވެ. އެހެން ނަމަވެސް ރީނާއަށް އެބުނި އެއްޗެއް އަޑު އިވޭ ކަމަކަށް ނަހަދައެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ފަނަރަ ވަނަ ބައި)

Next

ލޯބިން އަންނާށޭ ކަލާ…

Next
August 13, 2017

ލޯބިން އަންނާށޭ ކަލާ…

Previews
August 12, 2017

ހިތުގެ މިލްކުވެރިޔާ (ފަނަރަ ވަނަ ބައި)

15 Comments!

  1. khajja says:
    August 13, 2017 at 2:31 am

    Masha allah v rythi when nxt prt avahah up kuracchchey gud nyt???❤❤???????????

  2. maroon says:
    August 13, 2017 at 3:28 am

    Wow… v reethi…goyye well done with ur life.. saana well done with the story… ❤❤❤
    So reena aky dhn saka mizaajuge sulaimaanu dhw gothakah..

    1. maroon says:
      August 16, 2017 at 8:14 am

      Saana when next part. Komme dhuvahaku ethah faharaku beley mi story up veythw

  3. Song joong ki... KOREAN says:
    August 13, 2017 at 6:20 am

    Saana welldone!!! Goyye ah dhn ufaavri life akah edhen. But adhivx v heevey kaahtey annaanehen.. Hehe. Good luck dear

    1. maroon says:
      August 13, 2017 at 3:01 pm

      He will He will dhw saana… v inthizaaru kurevey dhemyhun meet vaane episodakah.. ?

    2. song joong ki..KOREAN says:
      August 13, 2017 at 3:27 pm

      hehe. yeah maroon, he will!! waiting for that moment

  4. Ram says:
    August 13, 2017 at 7:44 am

    V salhi ❤❤

  5. Adha? says:
    August 13, 2017 at 9:50 am

    Vvvv reethi ❤❤❤❤

  6. Luv says:
    August 13, 2017 at 10:21 am

    Kobaatha fahudh?

  7. Dhiye ? says:
    August 13, 2017 at 11:23 am

    Haadha rangalhu maama ekey ekudhinnah libifa ehery.. hehe ❤️
    Varah reethi mi part ves… avahah aneh part up koh dheeee ?

  8. pinky says:
    August 13, 2017 at 1:59 pm

    Kobaa thar kaashi theyo Dhon maniku

  9. click a shot ? says:
    August 13, 2017 at 2:27 pm

    Varah reethi mi part ves..wonderful ??

  10. Kamana says:
    August 13, 2017 at 2:43 pm

    Mibai haadhahaavaa kurey.. ekamaku goyyege hayaathuga vanee ufaaverikan kamah vanyaa kamana men ves mithibee nikan hinhama jehigen..

  11. Kamana says:
    August 18, 2017 at 9:06 pm

    Kobaatha next part.. haadha dhuvahekey saana. V kiyaahithun kiyaa vaahaka eh me.. dhen plx saana vaanuvaa angaala dheebala.. konme dhuvahaku mivaahaka up veytho bala balaa mihunnanee.?

    1. song joong ki..KOREAN says:
      August 18, 2017 at 9:43 pm

      yeah. waiting saana 😀

Comments are closed.


All Right Reserved!